ކާވެނި… ކާވެނި ކުރަނީ ކީއްކުރަން ހެއް! ކާވެންޏަށް ތައްޔާރުވާއިރު އަޅެ ހިތައް ނާޅާ ހެވެ. އަހަރެން ކައިވެނި ކުރަން އަދި ތައްޔާރު ހެއްޔެވެ. އަހަންނަށް އަނބިމީހާގެ ވާޖިބުތައް ފުއްދޭނެހެވެ. ފިރިމީހާގެ ވާޖިބުތައް ފުއްދޭނެހެވެ. ހަމަގައިމުވެސް ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ދެމީހުން މައްސަލަ ޖެހުނީމާ ވަރިވާނެވެ. ކުދި ކުދި ކަންތައްތަކަށް ޒުވާބުކޮށް ނުހަދާށެވެ. ދެމަފިރިންނަށް މައްސަލަ ޖެހިއްޖެއްޔާ ދެމީހުން ހައްލު ކުރަން އުޅޭށެވެ. ކައިވެންޏަކީ ދެމީހުންނަށް ދިރިއުޅުމުގެ އާ ސޮފްހާއަކަށް އެއްލާލެވޭ މަންޒިލެވެ. އެ މަންޒިލަށް ދެމަފިރިންގެ ދިރިއުޅުން ބިނާކުރުމަށް […]
މަންމައަކީ އަހަރުމެން ހިމާޔަތް ކޮށްދޭ ބައެކެވެ. މަންމަ އަހަރުމެންނަށް އިންތިހާއަށް ލޯބިވާނެވެ. އަދި ކުށެއް ކޮށްފިނަމަ އެކަމަށް އަދަބުވެސް ދޭނެއެވެ. ކުރުކޮށް ބުނަންޏާ މަންމަ އަހަރުމެން ގާތުގަ އަބަދު ހުންނާތީ އުފާވެއެވެ. މަންމައަކީ އަހަރެމެންގެ ސިއްރުތައް ހިފަހައްޓާ މީހެކެވެ. ރަނގަޅު މަގަށް ގެންގޮސްދޭ މީހެކެވެ. އެކަމު މިދުނިޔޭގައި މަންމަ ނެތް ކުދިންވެސް އުޅެއެވެ. އަދި މަންމަ އަމިއްލަ ދަރި ގައިގައި އަނިޔާކޮށް އަދި ކުދިން ނުބަލަން ވެގެން އަމިއްލަ ދަރި ދޫކޮށް ދާ މީހުންވެސް ތިބެއެެވެ. އެކަމަކު […]
ދިރިއުޅުން ބިނާ ކުރަނީ ކިހިނެއް؟ ހަޔާތުގެ ބައިވެރިޔާ އާ އެކީ ދިރިއުޅުން ފެއްޓުމުގެ ކުރިން އޭނާއަކީ ތިމާއާއެކީ އަބަދަށް އެކުގައި ދިރިއުޅުން ފައްޓަން ރަނގަޅު މީހެއް ހެއްޔެވެ؟ އަހަންނަށް އެހެން ހިތަށް އަރައެވެ. އަހަރެންނަކީ އާދައިގެ އަންހެނެއްވެސް ބުނެވޭނެއެވެ. ބައެއް މީހުންނަށް އަހަރެން ވަރަށް ފްރެންޑްލީ، މަޖާ މިޒާޖެއްްގެ މީހެކޭވެސް ބުނެއެވެ. ރުޅިގަދައޭވެސް ބުނެއެވެ. ފޮނި މީހެކޭވެސް ބުނެއެވެ. އެކަމަކު އަހަރެން އެއަށް އަހަރެން އަޅައެއް ނުލަމެވެ. އެހެންމީހުން ދައްކާ ވާހަކައިގައި ތެދު ވެއެ. އެކަމު އަހަރެންނަކީ […]
ލޯތްބަކީ ކޮބައިހެއްޔެވެ؟ ލޯބި ވެވެނީ ކިހިނެއްހެވެ؟ މިފަދަ ސުވާލުތައް ވަރަށް ގިނައިން އަޑު އިވެއެވެ. ޖަވާބު ދެވެނީ އެކި ގޮތްގޮތަށެވެ. އެކަމު އެބުނެވެނީ ހަމަ އެކައްޗެވެ. ދުނިޔޭގެ ޑައިރެކްޓަރުން ޑައިރެކްޓްކުރާ ލޯބީގެ ފިލްތައް ބަލައިގެން ކިތައް މީހުން ބާވައޭ ހިތަށް އަރުވަނީ އަޅެ އަހަންނަށްވެސް އެގޮތަށް ލޯބި ވެވޭނަމައެވެ. އިނގޭހެއްޔެވެ؟ ލޯބި ވެވޭނީ އެއްފަހަރުއެއް ނޫނެވެ. އެތައް ފަހަރު ލޯބި ވެވެއެވެ. އެކަމު ގިނަ މީހުން ބުނަނީ ލޯބި ވެވޭނީ އެންމެ ފަހަރުއެވެ. އެހެންވެއްޖެއްޔާ ސުވާލެއް ކޮށްލަންހެއްޔެވެ؟ […]
ހިތަށް އަރައޭ ދުނިޔެއަށް އުފަންވީ ކޮންކަމަކަށް ބާއޭ. އަހަރުމެން ދުނިޔެއަށް ހެޔޮއަމަލާއި ނުބައިއަމަލު ދެނެގަންނަންށެވެ. އަދި އަހަރުމެންގެ ރަސްކަލާނގެ މާތްﷲ އީ އަހަރުމެންގެ ކަލާނގެ ކަމަށާއި އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ނުވާކަމަށް ހެކިވުމަށެވެ. އާދެ! އަޅުގަނޑު މިދަންނަވަނީ އިސްލާމްދީންގެ ވާހަކަ. އަހަރުމެންގެ ކާބަފައިން އުޅުނު ދުވަހާއި އަހަރުމެން މިހާރު އުޅޭ ގޮތުގަ ވާހަކަ. ދުނިޔޭގަ ވާކަންތައްތަކުގެ ވާހަކަ. އަހަރުމެން އުފަންވެގެން ބޮޑުވެގެން ދާއިރު ތިޔަބައިމީހުންނަށް އުޅެވޭގޮތް އިނގޭހެއްޔެވެ. ބައެއްމީހުން ކިތަންމެ ރަނގަޅަސް އަމިއްލަ […]
މަލައިކާއަށް ފައިޒާން މަންމަ ގައިގައި ބައްދާލަމުން ރޮވުނެވެ. އެވަގުތު ހޮސްޕިޓަލް ވާރޑް ކައިރި މަޑުކޮށްލައިގެން ފައިޒާން ހުރީ އިސްޖަހައިގެންނެވެ. އަދި އެވާހަކަތައް އަޑު އިވިފައި ފައިޒާން އަށް އަމިއްލަ ނަފްސަށް ކުށްވެރިވެވުނެވެ. މަލައިކާގެ އެއްވެސް ކުށެއް ނެތެވެ. ހުރިހާވެސް ގޯހެއް ހެދީ ފައިޒާންއެވެ. ފައިޒާން އަށް އެތަނުން ދުރަށް ޖެހި ހޮސްޕިޓަލު ތެރޭގައިން ކެފޭ ތެރެއަށް ވަދުނެވެ. އެތާނަށް ވަންއިރު އެތާނގައި ކިއުގައި މަޑުކޮށްލައިގެން ހުރީ ފައިޒާންގެ ބިޓެވެ. މަލްޝާ އެވެ. މަލްޝާއާ ދިމާވީ މީގެ ދެމަސް […]
އަހަރެން މިކިޔާދޭން މި އުޅެނީ އަހަރެންގެ ރައްޓެއްސަކަށް ދިމާވި ހާދިސާއެއްގެ ވާހަކައެވެ. ޗުއްޓީގައި ހަސަން ދިޔައީ ހަސަންގެ އާއިލާ މީހުންނާއެކީ ކާފަގެ ރަށަށެވެ. އެ ރަށުގައި އޭނާގެ ރައްޓެހިންނާއެކީ ކޮންމެ ދުވަހު ރޭގަނޑު 12 ޖެހުމަށްފަހު ވަލަށް ކުކުޅު ހޯދަން ދެއެވެ. ރައްޓެހިންނާއެކު ކުކުޅު ފިހެ ސަކަރާތް ޖެހުމަށެވެ. އެއް ރެއެއްގެ ވަގުތެވެ. ހަސަނާއި އޭނާގެ ގާތް ތިން ރަހުމަތްތެރިން ދަންވަރު ގަޑީގައި ޓޯޗު ބައްތި ހިފައިގެން ކުކުޅު ހޯދަން ވަލަށް ދިޔައެވެ. އެރޭ ހަސަނުމެން ވަަލަށް ވަދެގެން […]
މަލައިކާ ސާރާގެ ކޮނޑުގައި އަތްއަޅަމުން އަހާލިއެވެ. “ސާރާ! ކިހިނެއް. މިއަދު ކޮން ކަމެއް އޮތީ؟” “އާނ! މަ ރަނގަޅު. މިއަދު ނެތޭ ކަމެއް. މަލައިކާ ކިހިނެއްތަ. ފައިޒާންއާ ވާހަކަ ދައްކަންތަ އަދިވެސް؟” ސާރާ އަހާލިއެވެ. “ހޫމް. ދިމާވި އިއްޔެ. އަހަރެންގެ ހާލު އެހި ދެން ބުނަނީ ފައިޒާން މަންމަ އަހަރެން ހޯދިކަމަށް..” “މަލައިކާ! އަދިވެސް ފައިޒާން ދެކެ ލޯބިވަން ދޯ. އޭނަ މަތިން ހަދާން ނެތޭނީ ކޮން އިރަކުން؟؟ އޭނަ ދޯ މަލައިކާ ދޫކޮށްލާފަ ދިޔައީ… މަލައިކާ […]
އޭ އުޚްތާއެވެ. ނިކަން މިދިމާލަށް ބަލާލަބަލާށެވެ. އަހަރެންގެ ދަރި ތިބާއަށް ކުރީ ކޮން ކުށެއް ހެއްޔެވެ؟ އަހަރެންނަށް ކުރެވުނު ކުށުގެ އަދަބު އަހަރެންގެ ދަރިއަށް ލިބެންވީ ކީއްވެހެއްޔެވެ؟ މިހާރު އަހަންނަށް އިޚްސާސް ވެއްޖެއެވެ. އެހެންމީހުންނަށް މަލާމާތްކޮށް، އެމީހުންނަށް އަޅާނުލާ ގަދަރުނުކޮށް އުޅުނީމަ އަހަރެންނަށް ލިބުނީ ހިތާމަވެރި ހަޔާތެކެވެ. އަހަރެންގެ ބަނަވެފައިވާ ދުނިޔެއަށް ލޯ ހުޅުވައިދިނީ މީގެ 2 މަސް ކުރިން އަހަރެންގެ ދަރިފުޅަށް ލިބުނު ޒަހަމްތަކެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ދަރިންނަށް އަޅާލެވުނުބާއެވެ؟ މައިންބަފައިން ދަރިންނަށް […]