ބޭނުންވަނީ ޔާރާ… 15 ( ފަހުބައި ޕަރޓް 2)
އައިކާއަށް ކަންބޮޑުވެފައި ބަލާލެވުނީ ކައިރީގައި އެވަގުތު އިން ޒޯހާގެ މޫނަށެވެ. ނަމަވެސް ޒޯހާގެ މޫނުމަތީގައި ނުތަނަވަސްކަމުގެ ކަނފުޅެއްވެސް ނެތެވެ. “ހަމަޖެހޭ.. އޭނަ އެއްވެސްކަމެއް ނުކުރާނެ އިކާއަށް އާދެބަލަ އަހަންނާއެކު..” އެވަގުތު ޖައިލަމް މަޑުމަޑުން އައިކާގެ ކަންފަތް ދޮށުގައި އެހެން ބުނުމާއެކު އަތުގައި ހިފައިގެން މިސްރާބުޖެހީ ދުރުގައި ހިނިތުން ވެފައި ބަލަންހުރި އާޔާ އާއި ދިމާއަށެވެ. ނުތަނަވަސް ވެފައިވާ ހިތަކާއެކު ނަމަވެސް އައިކާ ޖައިލަމްގެ ބަހަށް އިތުބާރުކޮށް ދިޔައީ ވެވިފައިވާ މަތިޭި ލޯތްބެއްގެ ސަބަބުންނެވެ.
*********
މާހައުލުގައި ވެރިވެފައިވާ ހަލަބޮލިކަމުގެ ތެރޭންވެސް ލަޔަކްގެ ނަޒަރު ހުއްޓިފައިހުރީ ސީދާ އައިރާއަށެވެ. ނޭންގިނަމަވެސް ލަޔަކްގެ ހިތުގައި އައިރާއަށް ދެވިފައިވާ މަގާމު އިހުނަށްވުރެވެސް ފުންވެފައި ކުރެވޭ އިހްސާސްގެ ފޮނިކަން ލަޔަކް އަށްވަނީ މިހާރު ގަބޫލުކުރަން މަޖުބޫރުވެފައެވެ.
އެދުވަހު ހޮސްޕިޓަލުންވެސް އެއްވެސް އިޙްތިޔާާކާއިނުލާ އައިރާކައިރިއަށް އޭނާއަށް ދެވުނީ ގަޔާވެވޭތީކަން މިހާރު ލަޔަކް ގަބޫލުކުރެއެވެ. ނަމަވެސް ދެރަވަނީ އެކަން ހާމަކުރަން ފަސްޖެހެވޭތީއެވެ.
ލަޔަކް ހިޔާލީ ދުނިޔޭގައި އައިރާއާއި އެކުގައި ވަނިކޮށް ސިހުނީ ކުއްލިއަކަށް އެތަނަށް އައި ލޫޔާއާއި އަލޫކް އޭނާގެ މޫނުކުރިމަތީގައި ފުއްޓަކި ޖަހާލުމުންނެވެ. އެދެމީހުން ލަޔަކްގެ ނަޒަރު ހުއްޓިފައިވާ ދިމާ އިގޭހާލުހައިވެސް “ކޮންތާކަށް ގެއްލިފައި”ހޭ ކިޔާ ސުވާލުކޮށްލީ ލަޔަކްގެ އަނގައިން އެބަސްތަށް ބޭރުކުރުވާށެވެ. އެއްވެސް ފަސްޖެހުމެއްނެތި ލަޔަކަށް އޭނާގެ ހިތުގެ ހާލަތު ލޫޔާއާއި އަލޫކް ކައިރީގައި ހާމަކޮށްލީ ޖައިލަމްއަށް ފަހު އެންމެއިތުބާރުކުރާ ފަރާތަކީ އެދެމީހުން ކަމުގައި ވާތީއެވެ.
“ތީ ތިހާ ފިނޑިމީހެއްވެސް ނޫނެއްނު.. ދޭބަލަ ނިކަން އެއިނީވެސް އެކަނި މިވަގުތު ދިޔަސް ލަޔަކްބޭނުން ހުރިހާ ވާހަކައެއް ދައްކާލެވޭނެ.. ބީ އަ މޭން .. ބްރޯ.. ” ލަޔަކްގެ ކޮނޑުގައި ޖަހާލަމުން އަލޫކް އެހެން ބުނެލުމާއެކު ލޫޔާވެސް އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ. ނަމަވެސް މިފަހަރު ވަގުތު އެކަމަށް ތަންނުދިނީއެވެ. ފުޅާހިނިތުން ވުމަކާއެކު އައި އައިކާ އައިރާއަށް ގޮވާލުމާއެކު އައިރާވެސް އަވަހަށް އެދިމާއަށް މިސްރާބު ޖެހީއެވެ. އިސްޖަހާލި ލަޔަކް ގެ ކޮނޑުގައި އަލޫކް ޖަހާލަމުން “ބެޓަރ ލަކް ނެކްޓް ޓައިމް “އޭ ބުނެލީ ހިތްވަރު ދޭފަދައަކުންނެވެ.
ޕާޓީކެ ކަންކަން ނިމި ހުރިހާ މީހުން އެމީހުންގެ ގެއަށް ގޮސް ހަމަޖެހިލެވުނީ އެރޭގެ ބާރަވެސް ޖަހާބޮޑުވީ ފަހުންނެވެ. އައިރާވެސް ޕާޓީގައި ނިންމާފައި ގެއަށް އާދެވުންއިރު ވެފައިވާ ވަރުބައްޔާއެކު އަވަހަށް ނިދާލަން ބޭނުންވެފައިވާތީ ފެންވަރާ ތާޒާވެލައިގެން ނިކުމެ އަވަހަށް އޮށޯވެލީ ނިދާލުމަށެވެ. ނަމަވެސް އެވަގުތު ފޯނުގެ އަރިމަތީގައިވާ ނޯޓިފިކޭޝަން ލައިޓް ދިލޭތީ ފޯނުނަގާ ބަލާލީއެވެ. އެއާއެކު ހިތަށް ލިބުން ހިތްހަމަޖެހުމާއި ލިބުނުއުފަލެއްގެ ބޮޑުކަމުން ލޮލުގައިވާ ނިދީގެ އަސަރާއި ހަށިގަނޑުގައިވާ ލޮޑުކަން އެކީހެން ފިލާދިޔަފަދައެވެ. ފުންމާފައި ތެދުވެ އެނބުރިގަތް އިރު ދިނިޔޭގެ ހުރިހާ އުފަލެއްއެކީހެން އައިރާގެ އަތުތެރޭގައި ވާފަދައެވެ. މެސެޖް ދިހަބާރަފަހަރުވެސް ކިޔާލެވުނީ ހަމަ އެންމެ ފުރަތަމަ ފަހަރެކޭ އެއްފަދައިންނެވެ. ހިނިތުން ވެލާފައި އޭގައިވާ ގޮތަށް އަމަލުކުރުމަށް އަޒުމުކަނޑައެޅީ އެއީވެސް ލިބޭ އިތުރު ހިތްހަމަ ޖެހުމަކަށް ވާނެތީއެވެ.
ކަވެނިކުރެވުނު ހަތަރުކުދިން އެރޭގައި ރިޒޯޓަށް ދިޔަކަން އެއީ އައިރާގެ ނަސީބެވެ. އެހެންނޫނަމަ މިރޭ އައިކާމެންނަށް އޭނާގެ އެއަމަލުން އުނދަގުވާނެކަން ޔަގީނެވެ. އެހާވަރަށް އުފަލުން ކޮޓަރިތެރޭގައި ފުމެވިއްޖެއެވެ. އެހުރިހާ ވަގުތަކު އެހެން އުޅެއުޅެފައި އައިރާގެ ލޮލަށް ނިދިސަވާރުވީ ކިހާއިރަކު ކަމެއް ހުުދު އޭނާއަށްވެސް ނޭންގެއެވެ. ހޭލެވުނީ ދޮރުގައި އޭނާގެ މަންމަ ޓަކިޖަހާއަޑަށެވެ. “ދަރިފުޅާ އެއްގެން ހަތްގަޑިބައިވަނީ މިއަދު އޮފީހަށްވެސް ނުދަނީތަ..” އައިރާގެ ކޮޓަރީގައި ޓަކިދެމުން ސީމާ ގޮވާލިއެވެ.
*****
ރިޒޯޓް ގައި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޖައިލަމް އާއި ނާލް އެމީހުންގެ އަލަތު އަބީން ގޮވައިގެން މާލެ އައީ ހަވީރުވާން ވެފައިވަނިކޮށެވެ. އޭރު ކޮންމެ ކުއްޖެއްގެ މީނުމަތީގައިވެސް މައުނަވީ ހިނިތުންވުމެއް ފަނޑުނުވެ ވެއެވެ. ވާނީވެސް އެހެންތާއެވެ. ލޯބިވާމިހުން ހަޔާތަށް ގެނެވުމުން އެކަމާ އުފާ ނުކުރާނީ ފަހެކާކުހެއްޔެވެ.
ގަޑިން ހަތަރެއްޖެހުމާއެކު ޝިފްޓް ޑިއުޓީ ނިންމާލާފައި ނިކުތް އައިރާމިއަދު އެހާވަރުން ކާރެއް ހޯދާކަށް ގަސްތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ޖެހިގެން އޮތް ގޯޅިން ލަނބާލަމުން އޭނާ ނިކުތީ މަޖީދީމަގަށެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ފުރަތަމަ ޖެހިގެންހުރި ފިހާރަޔަށް އައިރާވަނެވެ.
“އަސްލު އަދިވެސް އެކަހަލަގޮތަކަށް ވެސް ދޮންތައާއި ބައްދަލުވެދާނޭ ހީވެސް ނުކުރަން.. އެކަމަކު ރޭގެ އެވަގުތުކޮޅަށް ފަހު ދޮންތަދެކެވީލޯބި އިތުރުވެއްޖެ.. ” ޖައިލަމްގެ ކޮނޑުގައި ބޯއަޅައިލައިގެން އިން އައިކާ ރޭގަ ހިނގާދިޔަކަންތަށް ހަނދާންކޮށްލިއެވެ. އޭރު އެދެމަފިރިން ހުރީ އައިކާމެންގޭގައި އައިކާގެ ކޮޓަރީގައެވެ. “އިންޝާﷲ އާޔާގެފުރާނައަށް ހެޔޮރަޙްމަތް ލައްވާނެ .. ހިންގާބަލަ ދެން އެއްޗެއްކާލަން މަންމަބުންޏެއްނު ސައިހަދާފަ ހުރިވާހަކަ އަހަރެންގެ ބަނޑުން އެބަ އަޑުކިޔައޭ.. ” މާހައުލުގައިވާ ސީރިއަސްކަން ކަނޑުވާލަމުން ތެދުވެ ޖައިލަމް ބަނޑުގައި އަތްކާތާލީ އައިކާ ހެއްވާލުމަށެވެ. އެކަން އޭނާއަށް ކާމިޔާބުވެސްވީމެއެވެ.
ކޮޓަރިން ނިކުތް ޖައިލަމް އާއި އައިކާ އަށް ނިކުމެވުނީ ސީމާ އެހިސާބަށް އައިސް ހުއްޓުން ވަގުތުގައެވެ. “ދަރިފުޅުމެން ތިނިކުތީދޯ.. މިހާރު އައިރާވެސް އެބަނިކުމޭ.. މިއަދު ނިކަން ހެވިލާފަ ހުރިދުވަހެއް.. އެކަމަކު ޑިއުޓީއަށް ފޮނުވަންޖެހުނީ ގަދަކަމުން ނަގައިގެން.. ” ހީލާފައި ސީމާ އައިކާމެންނާއި ހެނދުނު ހިނގާދިޔަ ހާދިސާ ހިއްސާކޮއްލިއެވެ.
ސައިބޮއެ ނިމިގެން ކޮޓަރިއަށް ވަތް ޖައިލަމް އަތުމޭގައި ލައްކޮއްލައިގެން އިން އައިކާ ދުރަށްޖައްސާލީ ފޯނުރިންގުވާން ފެށުމުންނެވެ. “ހެލޯ.. އާން ހަނދާން އެބަހުރި މިހާރު މިދަނީ.. “ގުޅީ ކާކުކަން އެނގުމާއެކު ފޯނުނެގުމާއެކު ޖައިލަމް ބުނެލިއެވެ. “ދޫނި އަންނާނަން އިނގޭ ނިކަން އަވަހަށް..” ފޯނުބޭއްވުމާއެކު ނިކަން އަވަހަށް އައިކާއަށް އަވަސް ނަޒަރެއްދެމުން ޖައިލަމް ތެދުވިއެވެ. އެއާއެކު އައިކާވެސް ޖައިލަމްގެ ޓީޝާޓް ރީތިކޮށްލަދެމުން ބައްދާލާފައި ލަސްނުކޮށް އައުމަށް އެދިލިއެވެ. “އަޅެ .. ދޫންޏާ ތީ މަގޭ އަނބިމީހާއޭ.. އެހެންވީމަ ދުރުގަ ގިނައިރަކު ނުހުރެވޭނެކަން އިނގެއެއްނުދޯ.. ބަލައިގެން އުޅެއްޗޭ.. ” ޖައިލަމްވެސް އައިކާގައިގަ ބައްދާލުމަށްގަހު ނިތުގައި ބޮސްދިނީ ނުހަނު ލޯތްބާއެކުގައެވެ. އެއަށްފަހު ދަނީ ކަމުގައި ބުނެ އަވަހަށް ދިޔައެވެ.
ޖައިލަމް ދިއުމާއެކު އައިކާ ހޫމް އަޅުވާލާފައި ކުޑަދޮރު ކައިރިއަށް ލެފިލީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަށް އެއްވެސްވަރަކަށް އުންމީދުކޮށްގެން ނޫނެވެ. ނަމަވެސް ފެނުނު މަންޒަރާއެކު ކުއްލިއަކަށް އައިކާގެ ދެލޮލަށް ކަރުނަޖަމާވެލީ ބަސްބުނާނެހާ ހިނދުކޮޅެއްވެސް ނުވަނީހެވެ. ޖައިލަމް އެހެން އަންހެނަކު ފަހަތަށް އަރުވައިގެން ދާންޖެހޭ ހެއްޔެވެ. އެވެސް އަދި ކުޑާނަމަ ހިތަށް ހަމަޖެހުމެއް ލިބުނީހެއް ނޫންހެއްޔެވެ. އައިކާ ހިތުގައި ތަފާތު ވަސްވާސްތަށް އެނބުރިގަތީ ހައްތަހާވެސް ހިތަށް އުނދަގޫވާހާ ގޮތްގޮތަށެވެ.
******
އައިރާއަށް ބުނެފައިވާ މަންޒިލަށް ދެވުންއިރު އަލޫކް އާއި ލޫޔާގެ އިތުރުން ލަޔަކްވެސް އެތާންގައި ހުއްޓެވެ. އަލޫކްގެ ގެ އަލަށް ފެނުމުން އައިރާހުރީ އާޝޯހްވެފައެވެ. އެހާވެސް ހިތްގައިމެވެ. ހަމައެއާއެކު އަލޫކް ކައިރީގައިހިރި ލަޔަކް ބަލާގޮތުން އައިރާ އިންނަނީ ހީވަނީ ވިރިގެން ގޮސްދާނެހެންނެވެ. އެހާވެސް ލަޔަކްގެ ބެލުމުގައިވާ ތޫނުކަން ގަދައެވެ. ޖައިލަމް އައިރާ ލާފައި ދާން އުޅުމުން އަލޫކްއާއި ލަޔަކް އެކަން ހުއްޓުވުމުން އިސް ޖަހާލާފައި އެތެރެއަށް ވަނީ ހަގީގަތުގައި ވަންނަހިތަކުންނޫނެވެ. ނަމަވެސް މިވީގޮތުން ލޯބިވާ އަނބިމީހާއަށް ލަސްވާނެކަން އަންގަންޖެހޭތީ މެސެޖްކޮށްލީ އައިކާގެ ހާލަތު ރޭކާވެސް ނުލާ ހާލުގައެވެ.
*ހެއި ލޯބި ދޫނިހީކުރިވަރަށްވުރެ ލަސްވެދާނެ.. ބަސްއަހައިގެން ބަލައިގެން އުޅެއްޗޭ .. ފޫހިވަންޏާ މަންމަކައިރިއަށް ގޮސްލާއިނގޭ.. ލަވް.ޔޫ..* މެސެޖްކިޔާލުމާއެކު އައިކާގެ ގިސްލުމުގެ އަޑުވީ ހައްތަހާގަދައެވެ. ނަމަވެސް ބޭރަށް އިވިދާނެތީ އަނގަމަތީގައި އަތްއަޅާލިއެވެ.
“އަސްލުވެސް ބުރުގާ އަޅާލީމަ ވަރަށް ހިތްގައިމު އަދިކިރިޔާ އަހަރެންގެ ހިތްއެދޭ ފުރިހަމަގޮތަށް ތިހުރެވުނީ.. ކުއްލިއަކަށްބުނީމަވެސް އެހާއަވަށް ބަދަުކޮށްލާނޭ ހީވެސް ނުކުރަން.. ” ލަޔަކް އަށް އައިރާ އާއި އެކުގައި އެކަނި ހޭދަ ކޮށްލާނެ ވަގުތު ދީފައި އެދެމީހުން ޓެރެސްގައި ބައިތިއްބާފައި ލޫޔާމެން ދިޔައީ ތިރިއަށް ކާންތައްޔާރު ކުރުމަށް ކިޔާފައެވެ.
” އަހަރެންގެ އަތުގަ ގިނައިން ހުންނާނީ އަތްދިގު އެއްޗެހި އެހެންވެ މީއެހާ އުނދަގުކަމެއްވެސް ނޫން.. މިއަދު އެކަމަކު ޝޯލްތަށް ގަތީ .. ” އިސްޖަހާލައިގެން އިނދެ އައިރާ އެހެން ބުނިއިރުވެސް މޫނުމަތީގައިޥާ ޖަންބުކުލަ ފިލާނުދެއެވެ. އެކަންވީ ލަޔަކް އަށް މަޖާ ކަމަކަށެވެ. އެހެންވެ އިތުރަށް އައިރާ ރަކިކޮށްލުމަށް ކުދި ކުދި ގޯނާ ކޮށް ހެދިއެވެ.
ކުއްލިއަކަށް ފޯނު ރިންގްވާންފެށުމާއެކު އައިކާ ފޯނުބަލާލިއިރު ދޮރުގައި ޓަކިދީފިއެވެ. ދެފިކުރުގައި ހުރެ ފޯނު ސައިލެންޓަށް ލާފައި ފާޚާނާއަށް ވަދެ މޫނުދޮވެލައިގެން ނިކުތް އިރުވެސް ފޯނުރިންގް ވަމުން ދިޔައެވެ. އެހެންވެ ފުރަމަ ފޯނާއި ދިމާއަށް އައިކާ ދިޔައެވެ.
“ހާދަވަރަކަށް ގުޅިއްޖޭ.. ކީއްތަތިކުރަނީ.. ނިކުމެބަލަ މިތިބީ ތިގޭގައޭ.. ” ފޯނުނެގުމާއެކު އެއްފަށްޗަކަށް ޒޯހާ އަމުނާލިއެވެ. “މިނިކުންނަނީ..”އޭ ބުނެ އައިކާވެސް އަވަހަށް ނިކުތީ އެންމެ ފަހުންލިބުން އެކުވެރިޔާ ކުއްލިއަކަށް އައުމުން ވީގޮތް އޮޅުން ފިލުވާލަން ބޭނުންވެފައި ވީ ހާލުގައެވެ.
ކެއުމުގެ ކަންކަން ނިމުމާއެކު ކުއްލިއަކަށް ލޫޔާ އައިރާ ގެ ލޮލުގައި މަޑުފޮކޮޅެއް އައްސާލިއެވެ. އަދި ލޫޔާ ކައިރީގައި ހުރިކަން ހާމަކޮށްދިނުމުގެ ގޮތުން އަތުގައި ހިފާލިއެވެ. ދެވޭ ނުދެވޭ ތަނެއް ނޭންގޭހާލުވެސް ލޫޔާގެ އަތުގައި ހިފައިގެން އައިރާ މަޑުމަޑުން ކުރިއަށްދިޔައިރު ކުއްލިއަކަށް މަޑުއެއްޗެއް ފައިގައި ޖެހޭހެން ހީވިއެވެ. ޖައިން ހީބިހިނަގައިގެން ދިއުމާއެކު ލޫޔާގެ އަތުގައި ބާރަށް އައިރާއަށް ހިފާލެވުނެވެ. އެވަގުތު ލޫޔާވެސް އެތާންގައި މަޑުކޮށްލުމަށް އައިރާގާތުގައި އެދުނެވެ.
ލޯމަތީގައިވާ ފޮތިގަނޑު ނެގުމާއެކު އައިރާއަށް ބޭއިޙްތިޔާރުގައި ދެލޯބޮޑުކޮށްލުމާއެކު މޫނުމަތީގައި އަތްއަޅާލެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވުމުންނެވެ. ކިތަންމެ ގާތްކޮށް އުޅުންނަމަވެސް އެންމެ ފަހަރަކުވެސް ލޯބިވޭ ނުބުނާ ލަޔަކް މިހާރު އެހުރީ ކުރިމަތީ އެއްފައިމައްޗަށް ތިރިވެ ރަނުގެ މުތީތަކަކުން ޖަރީކޮށްފައިވާ އަނގޮޓިއެއް އޭނާއާއި ދިމާއަށް ދިއްކޮށްލައިގެންނެވެ. އަދި ފަހަތުގައި ކުދިބޮކިތަކަކުން ވިލް ޔޫ މެރީ މީ.. ޖަހާލާފައިވާއިރު އައިރާއަށް ހުއްޓިހުރެވުނީ ފިނިފެންމަލުގެ ފިޔައިން ހިތެއްގެ ބައްޓަމަށްހަދާފައިވާ ފިޔަތަކުގެ މަތީގައެވެ. ލިބުނު އުފަލާއެކު އައިރާގެ ލޮލުން ކަރުނަ ފާއްދާލިއިރު ލަޔަކް “އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވާނަންހޭ.. ” އަހާލައިފިއެވެ.
އައިރާގެ ދުލުން “ޔެސް” އޭ ބުނެވުމާއެކު އަޑުގަދަވެގެން ދިޔައެވެ. ނަމަވެސް އެހަށް އެއަޑަކަށް ނުބަލާ އައިރާ ލަޔަކްއަށް އޭނާގެ އަތުގައި އެއަނގޮޓި އަޅުވާލުމުގެ ފުރުސަތުދިނެވެ. އެވަގުތު ލަޔަކް ސިއްރުސިއްރުން “އައި ލަވް ޔޫ..” އޭ ބުނެލިއެވެ.
ފޯރީގައި އަތްޖަހަމުންދިޔަ އައިކާއަށް ޖައިލަމް ދިޔަތަނާއި ގޮވައިގެން ދިޔައި ކާކުކަން އެނގުމާއެކު ހިތުގައިވާ ލޯބި އިތުރުވެގެން ދިޔައެވެ. އަދި ދުވަހަކުވެސް ފިރިމީހާއަށް ޝައްކުގެ ނަޒަރަކުން ނުބެލުމަށް އަމިއްލަނަފްސަށް ވައުދުވިއެވެ. ޒޯހާމެން އައުމާއެކު ނުދާންހުރެފައިވެސް ބޭރަށް އާދެވުމުން މިހާރު އައިކާހުރީ ނިކަން ހިތްހަމަޖެހިފައެވެ. އަދި އައިރާކައިރިއަށް ޖެހިލާ މަރުހަބާ ކިޔާލުމާއެކު ބުރުގާ އެޅީ އަންގާވެސް ނުލައޭ ބުނެލީ އަދިވެސް ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވުމުންނެވެ. އައިރާ ފަހުން އެވާހަކަ ދައްކާނަމޭބުނެ ލަޔަކް ގޮވާލުމުން ދިޔައިރު ޖައިލަމް އައިސް އައިކާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.
******
އެއްމަސްފަސް…
ފައިވް ލެޖެންޑްގެ ހުރިހާ މުއައްޒަފުން ހޭލަމޭލަވެ އުޅެނީ ހަވާލުކުރެވިފައިވާ ޒިންމާ ވަގުތަށް ނިންމާލެވޭތޯއެވެ. ފައިވްލެޖެންޑް އިސްބާނީ ކަމުގައިވާ މުސްތަފާ ދެވަނަދަރިއެއް ފަދައިން ބަލާ ލަޔަކްގެ ކައިވެނީގެ ހަފްލާއަށް ތައްޔާރީތަށް ކުރުމުގައެވެ.
ހެނދުނުއްސުރެ އައިރާ ނުފެނުމުން ކަރުއެލޭގޮތް ވެފައި ވީނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބަލައެވެ. ނަމަވެސް އެހާވަރުން އެކަން ފޮރުވައިގެން އުޅެނިކޮށް ޖައިލަމް އާއި އަލޫކްއަށް އެކަން ފާހަގަވެ އައިސް ދިމާކޮށްލައިފިއެވެ. “ބަލަ އޭތް .. ތިޔަކީ ދެން މީހަކު ހަނދުއޮއްސޭވަރުގެ ކަމެއްތަ .. މީހާ ހީވަނީ މައިމަރުވެފަ އިން ފިޔޮކެއްހެން ވީޔާ.. ހަހަ.. ” ދެމީހުން އެކޯގައި އައިސް ތަފާތު އެއްޗެހިކިޔާ ހެދުމުން ލަޔަކްވެސް ދެރަނުވާން ހެމުން ގެންދިޔައެވެ.
ބިއުޓީޝަނުންގެ މޮޅު ހުނަރާއިއެކުގައި އައިރާ ތައްޔާރުކޮށްލާފައިވަނީ މެރޫން ކުލައިގެ ޕަރީއެއްފަދައިންނެވެ. ހަގީގަތުގައިވެސް އައިރާފެންނަލެއް ވަރަށް ތަފާތެވެ. މުސްލިމުން ހިޖާބުން ޖަރީވުމުން ތަފާތީކަމުގައި ކޮންމެ މީހަކުވެސް ދިޔައީ ބުުންނަމުންނެވެ. ހުރިހާ މަންމަމެންގެ ފަރާތުން ލިބުނު ތަފާތު ތަޢުރީފުގެ ބަސްތަކުން އައިރާ އިނީ އުފަލާއެކު އެހާމެ ލަދުވެސް ގެންފައެވެ. މިހުރިހާއިރުވެގެން ދިޔައިރު ލަޔަކް ނުފެނުން ނަމަވެސް އެހާދުވަހު ކުރި ދިގު އިންތިޒާރުގެ ނިމުން އަންނާތީ އައިރާ އެކަމާ މާނޮޑު ފަރުވާލެއް ނުބަހައްޓައެވެ.
ބްރައިޑް ތައްޔާރުކޮށް ނިމުމާއެކު އާއިލާގެ މެންބަރުން ތައްޔާރުކުރުމުގައި ބިއުޓީޝަނުން ހަރަކާތްޔެރިވަމުންދެއެވެ. އެވަގުތު އައިރާއަށް ކައިެީގައި މީހަކު ހުރިކަހަަލަ އިހްސާސްއެއް ވެގެންދިޔައެވެ. އާއިލާމީހުން ތައްޔާރުވުމަށް ދިޔައީ އެމީހުންނަށް ހާއްސަކުރެވިފައިވާ ބަޔަށް ވުމުން އެތާން ގައި އައިރާ ކައިރީގައި ބަހައްޓާފައި ދިޔަ ކުއްޖާ ވެސް އެވަގުތު ފާޚާނާއަށް ދިޔުމުން އިތުރުމީހަކު އަންނާނެއެކޭ އައިރާ ހިތަކަށްވެސް ނާރައެވެ. ނަމަވެސް ފަހަތް ބަލާލިއިރު ހިނިތުން ވެލާފައި އިން އާޔާ ފެނުމުން އައިރާއަށް ކޮޅަށް ތެދުވެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.
ރީނދޫ ކުލައިގެ ހެދުމެއްގައި އާޔާ ހުރިއިރު ބޮލުގައި ރަތްފިނިފެންމަލުގެ ކްރައުންއެއް އޮތެވެ. އާޔާ ފެނުމާއެކު އައިރާއައިސް “ދޮންތާ” އޭކިޔާ ބައްދާލީ އުފަލުންނެވެ. އާޔާވެސް ކޮއްކޮގައިގައި ބައްދާލުމަށްފަހު ބުރަކަށީގައި ފިރުމާލީއެވެ. އަދި އުފަލާއެކު ކޮއްކޮއަށް މަރުހަބާކީ އެހާ ކެތްތެރިކަމާއެކު އިންތިޒާރުކުރިކަންތަށް ކާމިޔާބުވުމުން ތައުރީފް ކުރަމުންނެވެ. ދެކުދިން އެއުފާވރި ވަގުތު ކޮޅު ނިމުމަކަށް އައީ އެވަގުތު އެތަނަށް އައި ބިއުޓީޝަނުން އައިރާ އަށްގޮވާލުމުން ނެވެ. އާޔާ ހިނިތުންވެލާފައި ކޮއްކޮ ނިތުގައި ބިސްދިނުމަށްފަހު ދިއުމަށްއިޒުނަ ދިނުމުން އައިރާވެސް ހިނިތުންވެލާފައި އެމީހުނާ ދިމާއަށް މިސްރާބުޖެހިއެވެ. އައިރާއަށް ފެނުން ނަމަވެސް އެތާންގައި ތިބި އެހެންމީހުނަށް އާޔާ ނުފެންނާނެކަން އައިރާއަށް ހަނދާންވުމުން ހިނިއަންނަގޮތްވިއެވެ.
އަށެއްޖަހާއިރު ކައިވެނި ކުރަން ހަމަ ޖެހިފައި ވުމާއެކު ކާރުގައި އައިރާ އާއި އެހެނިހެން ހުރިހާ އަންހެންވެރިން މިސްރާބުޖެހީ ފައިވްލެޖެންޑްގެ މައިއިމާރާާތާއި ދިމާއަށެވެ. ޕާޓީ އާއި ކައިވެނި ކުރަން އެހެން ތަނެއް މުސްތަފާއަކަށް ކަމަކު ނުދިޔައެވެ. އެއިމާރާތުގެ ޓެރެހަކީ ތަނަވަސް ތަނަކަށް ވުމާއެކު އެކަމަށް އެންމެ އެކަށައެޅޭނެ ތަންކަން އެންމެންވެސް އިއްތިފާގުވީއެވެ.
ޓެރަހުގައި ކައިވެނި އޮތްނަމަވެސް ފައިވް ލެޖެންޑްގެ ހުރިހާ އާއިލާތަކެއް ތައްޔާރުވެގެން އައިސް މަޑުކޮށްލީ ހަމަ އެހާމެ ތަނަވަސް ބޯލްރޫމްގައެވެ. ހުރިހާ އަންހެނުން ތައްޔާރު ވެގެން އައިރު ގިނަ ފިރިހެނުން ވަނީ އެތަނަށް އައިސް ހަމަ ޖެހިލާފައެވެ. ނަމަވެސް ލަޔަކް ޖެހުނީ ތައްޔާރުވެގެންވެސް އައިސް އެތެރޭގައި މަޑުކުރާށެވެ. ހައްތަހާވެސް އަލޫކް އާއި ޖައިލަމްގެ އިތުރުން ނާލްގެ މޮޅުރޭވުމެވެ. އެމީހުނަށް ވެގެންވަންޏާ މިރޭ އައިރާ ފޮރުވަން ވެސް ފަހަކަށް ނުޖެހޭނެއެވެ.
“އަޅާނުލާ ތިޔަދަނީ ޖަރީހެދުމުގާ.. މަށާދިމާ ހަމަވީމާ ބަލާނުވެސްލާ.. އެހެންވިޔަސް ފޫއްސެއް ހަމަ ނުވާނެ ރަންޏާ .. މަގޭ ދެލޯގެންދާށޭ ނަގަންކެރެންޏާ.. ” ބޯލްރޫމްގެ އެތެރެއަށް ވަދެގެން އައި އައިރާށް ހުއްޓެވުނީ ފަހަތުން އިވުނު ލަވައިގެއަޑުން ނެވެ. އޭރު ފަހަތުގައި ހުރި ޖައިލަމް ކޮނޑުގައި އައިކާ ބޮނޑިއެއްއަޅާލިއިރު ދެންތިބިމީހުން ހެނީއެވެ. ދުރުގައިތިބި އަލޫކް އާއި ލޫޔާވެސް ހެމުން ހެމުން އޭރު އައިރާއާއި އަރާ ހަމަ ވަނީއެވެ. އެކަހަލަ ލާނެތް ކަމެއް ކިރުން އެއީ ޖައިލަމްގެ އާދައަކަށް ވެފައިހުމުން އެންމެންވެސް އެކަން ސީރިއަސްކޮށް ނުނަގައެވެ.
ވަގުތުޖެހުމާއެކު ކައިވެނީގެ މޭޒަށް ހާޒިރުވުމަށް އައިރާ ގޮވައިގެން ދިޔައީ ލޫޔާ އާއި އައިކާގެ އިތުރުން ނަވާރުއެވެ. އެހުރިހާ އިރު އައިރާ ފެނުނަނުދީ މަލީހް އާއި އަރޫންގެ އިތުރުން ޖަޒްލާން ކުރި މަސައްކަތް ކާމިޔާބުވުމުން އެމީހުން ތިބީ އެތެރެއެތެރޭން ހީލަހީލައެވެ.
ޓެރެހަށް އެރުމާއެކު ލަޔަކްއަށް އައިރާނޫން އެހެން މީހަކު ނުފެންނަފަދައެވެ. އެހެންދިމާއަކަށް ކަޅިޖަހާވެސް ނުލައެވެ. އެކަމާވެސް ކައިރީގައިތިބި ފިރިހެންގްރޫޕުން ކުދިކިޔަމުން ދިޔައެވެ.
“އަނބިގަބޫލު ކޮށްފިން..” ލަޔަކްގެ ދުލުން އެބަސް ބޭރުވުމާއެކު އައިރާއަށް އުފަލުން ރޮވުނެވެ. ނަމަވެސް އަވަސް އަވަހަށް އިސްޖަހާލުމާއެކު ތުންފަތުގައި ދަތްއަޅާލުމާއެކު ކަރުނަތަށް މަތަކޮށްލީ އެހެންމީހަކަށް އެކަން ނޭންގުމަށެވެ.
ކައިވެނީގެ ކަންކަން ނިމުމާއެކު އެކުވެރިކާމައެކު އެއްއާއިލާއެއްގެ ގޮތުގައި މަސައްކަތްކުރާ ފައިވްލެޖެންޑްގެ ހީވާގި ފިރިހެން ކުދިން އަވަހަށް މާހައުލު ޕާޓީއަށް ޑިޒައިންކުރެވިފައިވާ ތައްޔާރީތަށް ގެނެސް އަތުރާލިއެވެ. މުޅިޓެރަސް ތައްޔާރު ކޮށްފައިވަނީ މޭރޫން ފިނިފެންމަލާއި ގޯލްޑް ރިބަނުންނެވެ.
ލަޔަކް ވެސް އަވަށް ލާފައިވާ ހުދުގަމީހުގެ މަތިން މެރޫން ޖެކެޓްލަމުންއައިސް ހުއްޓިލީ ފޮޓޯގްރާފަރުން ނަށް ވަގުތު ދިނުމަށެވެ. 9ޖެހުމާއެކު އާއިލާ އާއިއެކުގައި އަދި ބްރައިޑްސް ވަކިން ފޮޓޯ ޝެޝަން ނިންމާލުމަށްފަހު ޕާޓީއަށް އެނބުރިލިއެވެ.
ރާއްޖޭގެ މަޝްހޫރު އެތަށް ވިޔަފާރުވެރުންނާއި މަޝްހޫރު އެތަކެއް ތަރީންނެއް ބައިވެރިވި ޕާޓީގައި ލައިވް މިއުޒިކާއެކު ޕާފޯމް ކޮށްދިނީ ޝަލަބީއާއި ޝައިނާއެވެ. ޕާޓީ އެހާ ފުރިހަމަ އަށް ނިންމާލެވުމާއެކު އިއުލާން ކުރެވިގެންދިޔައީ އެންމެންވެސް ސަޕްރައިޒް ކޮއްލި ހަބަރެކެވެ. ލަޔަކްގެ ދެމަފިރިން މިރެއިން މިރެއަށް ފްރާންސްގެ ޕެރިހަށް މުސްތަފާގެ ޕްރައިވެޓް ޖެޓްގައި ދަތުރު ފަށަނީއެވެ. މިހަބަރުވެގެންދިޔައީ އައިރާ އާއި ލަޔަކްއަށްވެސް ފުރިހަމަ ސަޕްރައިޒްއަކަށެވެ. މުސްތަފާމިހުރިހާއިރު އެކަން ހާމަނުކުރީ ރަޝްފާއާއި ސީމާގެ ވެސް އެދުމުގެ މަތީންކަން އެނގުމުން ލަޔަކް އާއި އައިރާ އަށް ހިނިތުންވެވުނެވެ. މަންމަމެން ލޯބިވާވަރު ވަޒަން ކުރެވުމުންނެވެ.
ބަރާބަރު އެގާރަ ޖެހިއިރު ލަޔަކްމެންގެ ދަތުރު ފެށުން އިރު އެދަތުރުގައި އެހެން އެއްވެސް ބަޔަކު ބައިވެރިނުވިނަމަވެސް ލޫޔާގެ ޕައިލެޓް ކަމުގައި ދާތީ އަލޫކް އެމީހުނަށް އުނދަގޫކުރުމުގައި އަވަދިނެތި އުޅެއެވެ.
މަންޒިލަށް ފޯރިއިރު ހެނދުނުވެފައި ވީނަމަވެސް ދެމަފިރިން ހިތުގައިވާ ޖަޒުބާތުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ހާމަވެގެންދިޔައީ ލަޔަކްމެން ހުންނަށް ހަމަޖެހިފައިވާ ގެއަށް އާދެވުމުންނެވެ. އެއީ ޕެރިހުގައިވާ އެފިލް ޓަރާއި މާދުރުޛުން ހިސާބަކުން މުސްތަފާ ގަނެފައިވާ ގެއެކެވެ.
ލޫޔާމެން ވެފައިވާ ވަރުބައްޔާއެކު ނިދިނަމަވެސް ލަޔަކް އާއި އައިރާގެ ލޯބީގެ ހުޅުކޮޅު ގެ އަލިބހިނދެއްހިނދެކަށް ދިޔައީ ގަދަވަމުންނެވެ. ލަޔަކްގެ އަތުތެރޭގައި އޮތް އައިރާއަށް ހިތާފުރާނައިން ފިދާވެވެމުން ދެވުނީ ފުންނޭވާތަކާއި އެކުގައެވެ.
އަބަދުވެސް ބޭނުންވަނީ ލަޔަކް ކަމުގައި ހިތުލައިގެން ހުރިއައިރާ އަށް މިއަދު ލިބެމުން އެދަނީ ކުރި ދިގުއިންތިޒާރީގެ ފޮނިމީރުކަމެވެ. އެވަގުތު އާޔާ ބުނެލިބަސް ހަނދާންވުމާއެކު އައިރާގެ ހިތުންވުން ފުޅާވެގެން ދިޔައެވެ. “ބޭނުންވަނީ ޔާރާ.. އޭ ބުނެ ކޮއްކޮތިކުރީ ގުރިހަމަ ޖިހާދެއް އިންޝާﷲ ތިޔަކައިވެނީގައި ބަރަކާތް ލައްވާނެ..” ކައިވެނީގެ ކުރިން އާޔާގެ ހެޔޮދުޢާ ކޮއްކޮއަށް ކޮއްދިނެވެ.
(ނިމުނީ)
3 Comments
Comments are closed.
Hawwi dhen ekugai vaan edhemay up kuranee kon irakun evaahaka ninma bala
Ekon vaahakaeh
ލަޔާގެ ނަމުގައި ކުރިޔަށް ގެންދިޔަ ވާހަކައެއްނޫނެވެ އެއީ