Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34

Sh@_n@ Level 410 Stories100 Comments100 Login
December 30, 2018 4 Mins Read
21 Comments

ސާރާ ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ފޯނާ ކުޅެމުން ހޮސްޕިޓަލް އިން ނުކުތްތަނުން މީހަަކު ކުރިމައްޗަށް އެރުމުން އެއްފަރާތަކަށް ޖެހުނެވެ. ސާރާ އެއް ފަރާތަކަށް ޖެހުމުން އެމީހާވެސް ސާރާ ޖެހުނު ފަރާތަށް ޖެހުނެވެ. ސާރާ އަނެއްކާވެސް އަނެއް ފަރާތަށް ޖެހުނެވެ. ޖެހުމާއެކު އެމީހާވެސް ޖެހުނެވެ. ސާރާ ހައިރާންވެ ހުރެ ކުރިއަށް ބަލާލިއެވެ. އެއާއެކު ސާރާގެ ދެލޯ ދިޔައީ ބޮޑުވެ, މީހާ ރޫ ރޫ އަޅައިގަތެވެ. މާޒީގެ ސޮފްހާތަށް ކުރިމަތީގައި ހުޅުވެމުން ދިޔައެވެ. އިސާހިތަކު ދެލޯ ފެންކަޅިވެ ގައިން އޮށްދާ ހިއްލަން ފެށުނެވެ. އެމީހާގެ ކިބައިން ސަަލާމަތް ކުރައްވާތޯ ދުޢާ ކުރެވުނީ ގަތްފާވާ ބިރެއްގެ ބޮޑު ކަމުންނެވެ.

އަހަ, ދޫނި ހާދަ ބިރުގަނެފައި, ހާދަހާ ދުވަހެއް ފަހުންނޭ މި ބައްދަލްވީ ދޯ, އަދިވެސް ތި ރީތި ކަމަކަށް ބަދަލެއް ނާދޭ, މިހާރު އަދި ހީވޭ ވަކިން ލޯބިހެން” ނަޢުފަލްގެ ކޮންމެ ޖުމްލައަކުން ސާރާގެ ހިތަށް ދިޔައީ ބިރުވެރި އިންޒާރެއް ދެމުންނެވެ.

އެއްވެސް އެއްޗެކޭ ނުބުނެ އެއްފަރާތަށް ޖެހިލާ ސާރާ ދުއްވައިގަތެވެ. ސާރާ ދިޔަ މަންޒަރު ބަލަން ހެވިފައި ނަޢުފަލް ހުއްޓެވެ. އަދި ހިތާ ދިމާލުގައި އަތް އަޅާލާ މިއޮއް ވާ ގޮތެކޭ ބުނެލިއެެވެ.

ސާރާ ތެޅެމުން ފޮޅެމުން ގެއަށް ދިޔައިރު ފައުޒިއްޔާ އުޅެނީ ފައުޒާން އަށް ކާން ނުދެވިގެންނެވެ. ސާރާ ފެނުމާއެކު ފައުޒާން މަންމީ އޭ ކިޔައި ދުވެފަ އައިސް ސާރާގެ ގައިގަ ބައްދައިގަތެވެ. ސާރާ ވަގުތުން މޫނުމަތީގައިވި ހާސްކަމާއި ބިރުވެރިކަން ފިލުވާލީ އެހެން މީހަކަށް ޝައްކެއް ވެދާނެތީއެވެ. އެކަން ވަރަށް ފުރިހަމަ ކަމާއެކު ސާރާ ކާމިޔާބުވެސް ކުރިއެވެ.

” އަހަ, ދަރިފުޅު ތި އައީތަ, މަންމައަށް މިއުޅެނީ މިކަންވެސް ނުވެގެން” ފައުޒިއްޔާ ފައުޒާންއަށް ކާންދެން ގެންގުޅުނު ތަށި ބަހައްޓަމުން ބުނެލިއެވެ. ސާރާ ފައުޒާން އުރާލަމުން އައިސް ސޯފާގައި އިށީނެވެ. އަދި ފައުޒާންއަށް ކާންދޭން ފެށިއެެވެ. ފައުޒާން މަޑުމަޑުން އިނދެ ކަމުންދިޔައެވެ. ފައުޒާންއަށް ކާންދިނުމަށް ފަހު އިރުކޮޅަކު މަޑުކޮއްލާ ފައުޒާން ފެންވެރުވުމަށްފަހު ނިންދަވާލިއެވެ. އަދި ފައުޒާންގެ ކައިރީ އޮށޯވެލީ ވެފާ ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. އޮށޯތުމާއެކު މިއަދު އަރުޝްއާ އެކީ ހޭދަ ކުރެވުނު ފޮނި ފޮނި ވަގުތު ހަނދާންވެ ހިނިއައެވެ. އަދި މޫނުމަތީގައި އަތް އަޅާލީ ލަދުންނެވެ.

އިރުކޮޅެއްނުވެ ބިރެއްފެނިގެން ތެދުވާހެން ސާރާއަށް ކޮޅަށް ތެދުވެވުނެވެ. ވަށައިގެން ބަލާލެވުނީ ނަޢުފަލް ހުރި އިހްސާސެއް ވެގެންނެވެ. އެެހެން ނުވާންވީ ސަބަބެއްނެތެވެ. ސާރާގެ ހިތް ތެޅެނީ ނަޢުފަލް އައިސް އިތުރު ގޯހެއް ހަދާފާނެތީއެވެ. ނަޢުފަލްގެ ތުންފަތުގައި ވި އެ ވިހަ ހިނިތުންވުމަކީ ނުރައްކާތެރި އިންޒާރެއްގެ ފެށުމޭ ހިތް ބުނަނީއެވެ. ސާރާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ދެލޯ މަރާލީ ހުރިހާ ކަމެއް ރަނގަޅަށް ވުމަށް އެދި ދުއާ ކުރަމުންނެެވެ.

” މަންމާ” ދާ ހިއްލާ ފޯވެފައިވާ ހައިފާއަށް ބާރަކަށް ހަޅޭލަވައިގަނެ ނިދިން ތެދުވެވުނެވެ. ވަށައިގެން ބަލާލެވުނީ ކައިރީގައި، ހުވަފެނުގަ ރޯން އޮތް އެ ކުއްޖާ ފެނޭތޯއެވެ. އިރުކޮޅެއްނުވެ އަނެއްކާވެސް ކުޑަކުއްޖެއްގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ އަޑު ބާރުވަމުންދިޔައެވެ. އެންމެ ފަހުން ހައިފާ ދެ ކަންފަތުގައި އަތް އަޅާ ދެލޯ މަރާލީ ރޮމުންނެވެ. އޭރުވެސް ހައިފާގެ ހިތް ތެޅެމުންދިޔައެވެ. ހުވަފެނުގަ ފެނުން ކަންތަށް ދިމާނުވުމަށް އެދި ދުއާ ކުރެވެންފެށިއެވެ. ހަގީގަތުގައިވެސް ހައިފާ ހުރީ ވަރަށް ބިރުގަތްވެފައެވެ.

އިރުކޮޅެއްނުވެ އެ އަޑު ކެނޑުނުހެން ހީވުމުން ކަންފަތުން އަތް ނެގިއެވެ. އަދި ރޮމުން ބަނޑުގައި އަތް ޖައްސާލާ ދެލޯ މަރާލިއެވެ.
” ދަރިފުޅާ” ހައިފާއަށް މަޑުމަޑުން ބުނެލެވުނެވެ.

އަރައިގެން އައި އިރާއެކު ސާރާ އަވަސް ކުރަމުން ދިޔައީ ހޮސްޕިޓަލަށް ދިއުމަށެވެ. އެހެންކަމުން ސައި ހެދުމަށްފަހު ފައުޒާންއަށް ސައި ދީ ހެދިއެވެ. އަދި ފައުޒިއްޔާ ކައިރިއަށް ފައުޒާން ލުމަށްފަހު މެންދުރަށް ކައްކާލީ ފައުޒިއްޔާއަށް ފަސޭހަ ކޮއްދިނުމުގެ ގޮތުންނެވެ. ހުރިހާ ކަމެއް ނިންމާލައިގެން ގަޑި ބަލާލި އިރު ގަޑިން 10 ޖަހަނީއެެވެ. އެހެންކަމުން އަވަސް ހަރަކާތާއެކު ފެންވަރާ ތައްޔާރު ވެލިއެވެ.

ދަރިފުޅޫ, މަންމި މިދަނީ ހޮސްޕިޓަލަށް, މާމަގެ ބަސްއަހާތި, ގުރުއާން ކިޔަވާލާތި އިނގޭ, ވަރަށް ބަސްއަހާ ކުއްޖެއްނު ތީ” ސާރާ ނުކުންނަމުން ފައުޒާންގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. މި މަންޒަރު ބަލަން ފައުޒިއްޔާ ހެވިފައި އިނެވެ.

“ހައިފާ” ހަފީޒާގެ ބާރު އަޑާއެކު ހައިފާގެ ކަންކަށިމައްޗަށް ހޫނު ހަމަލާއެއް އެރިއެވެ. އެ ހަމަލާއާ އެކު ހައިފާގެ ރުއިމުގެ އަޑު އިވިގެންދިޔައެވެ. އަދި ވޭނީ އަޑަކުން މަންމާއޭ ބުނެލެވުނެވެ.

“މަށަކަށް މަންމަ ކިޔާނެ ކަމެއްނެތް، އަޅެ ފަހެ ކަލޭ ތިޔަ އުޅެނީ އަހަރެން މުޅި ދުނިޔެއަށް ބަދުނާމް ކުރަންތަ, މަށަށް ލިބި ލިބި އޮތް މުއްސަނދިކަން ފޭރިގަންނަންތަ, ކަލެއަށް ކޮން ހިތްވަރެއް ލިބުނީ އެ ބޭސް ގުޅަ އެއްލާލަން, ކަލޭ ބަދުނާމުން ސަލާމަތް ކުރަންދޯ އަހަރެން މިއުޅެނީ, އަހަރެން ލަދު ގަނޭތީ އަހަރެންގެ ދަރިއެކޭ ބުނަންވެސް” ހަފީޒާގެ އަޑު ވަނީ މުޅި ކޮޓަރި ތެރޭ ގުގުމާލާފައެވެ.

“އަދި އެއްފަހަރު ބުނެބަލަ ބޭސް ނުކާނަމޭ” ހަފީޒާ ހައިފާގެ ކޯމަތީގައި އަޅާފައިވާ އަތް ނައްޓުވާލާ ކޮލުގައި ދެ އަތުން ހިފާ ބުނެލިއެވެ. ހައިފާއަށް ވީ ތަދުން އިތުރަށް ރޮވެންފެށުނެވެ. ކުއްލިއަކަށް ހަފީޒާ ހައިރާންވެގެން ދިޔައީ ހައިފާއަށް އެ ލިބުނު ހިތްވަރެއްގެ ސަބަބުންނެވެ. ހަފީޒާގެ އަތް ނައްޓުވާލާ އަތް ފޮޅުވާލުމުން ހަފީޒާ ރަނގަޅަށް ވެސް ހައިރާންވިއެވެ.

” މަންމައަށް ކަމަކު ތިގޮތަށް ކަންތަކެއް ނުކުރެވޭނެ, މިހާރުވެސް މި ބުނަނީ, އަހަރެން މި ދަރިފުޅު ބޭނުމޭ, އެ ބޮޑު ފާފަ ކުރުމަށްފަހު އެކަން ސިއްރު ކުރަން އިތުރު ފާފައެއް ކުރަންވީތަ, ނޫން, މި ދަރިފުޅުގެ ބައްޕައަކީ ކާކުކަން ނޭނގުނަސް, މުޅި ދުނިޔެ އަހަރެންނާ ދެކޮޅުވިޔަސް, މަލާމާތް ކުރިޔަސް ފަހަކަށް ނުޖެހޭނަން, މީ މަގޭ ދަރިއެއް, މި ދަރިފުޅަށް އަނިޔާވެރި ވާކަށް އަހަރެން ބޭނުމެއްނޫން” ހައިފާ އަޑުގެ ނެތްތަނަށް އެހެން ކިޔާ ހަޅޭލަވައިގަތެވެ. ހަފީޒާ އައި ރުޅިން އަނެއްކާވެސް ހައިފާގެ ކޮޅުގައި ހިފާ ފިތާލުމަށް އަތް ނެގިއެވެ. އެހެންނަމަވެސް ހައިފާ ހުށިޔާރު ކަމާއެކު ހަފީޒާގެ އަތުގައި ހިފެހެއްޓިއެވެ.

” މަންމަ ބޭނުންހާ ގޮތެއްދެން ނުހެދޭނެ, އަހަރެން އަރުޝްއާ އިންނާކަށް ބޭނުމެއްވެސް ނޫން, އަހަރެން އެމީހުންނަށް ހަގީގަތް ކިޔައިދޭނަން, މަަންމަހާ އަމިއްލަ އެދުން ބޮޑު މީހަކު އަހަރެން ނުދެކެން, ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތް ބުނެދިންނަމަ އަހަރެންނަށް މިހާލް ނުޖެހޭނެ, އަޑުއަހަން މައިންބަފައިންގެ ޒިންމާއެކޭ ދަރިންނަށް ހެޔޮ މަގު ދެއްކުން, އެކަމަކު މަންމަ ކުރީ ކީއް؟ ދުނިޔޭގަ ހުރި ދުވަހުއޭ އުފާ ހާސިލް ކުރެވޭނީ, ބޭނުން ކަމެއް ކުރެވޭނޭ ބުނެ ނަސޭހަތް ދިނީ, އަރުޝްގެ އާއިލާގެ ކުރިމައްޗަށް އަރާނެ ހިތްވަރު ނެތަސް އެމީހުންނަށް ހުރިހާ އެއްޗެއް ކިޔައިދޭނަން” ހައިފާ މިހެން ބުނެ ހަފީޒާގެ އަތް ހޫރުވާލުމަށްފަހު ރޮމުން ރޮމުން އެތަނުން ނުކުމެގެން ދިޔައެވެ.

” މި ހައިފާއަށް ކިހިނެއްވެފަ މިހުރީ, މީހަކު ކައިރީގަ ބުނުމުގެ ކުރިން އަވަހަށް ހުއްޓުވަންވީ” ހަފީޒާ މިހެންބުނެ ކޮޓަރިން ނުކުތެވެ.

ސާރާ ހިނގަމުން ދިޔައީ އަރުޝް ބާއްވާފަ އޮތް ރޫމާ ދިމާލަށެވެ. ދޮރު ހުޅުވާލުމަށް އަތް ނެގި ވަގުތު ސާރާގެ އަތުގައި މީހަކު ހިފިއެވެ. ސާރާ ހައިރާންވެ ހުރެ ފަހަތް ބަލައިލިއެވެ. ފަހަތް ބަލާލި ވަގުތު އަރީޝާގެ ރުޅިވެރި މޫނުފެނިފައި ސާރާގެ ހިތުގެ ވިންދުވެސް ހުއްޓުނު ކަހަލައެވެ.

އަރީޝާ ބަލާކަށް ނުހުރެ ސާރާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް މީހުން މަދު ހިސާބަކަށް ގެންދިޔައެވެ. ސާރާ ކިހިނެއްވީހޭ އަހާލީ ބިރުންހުރެއެެވެ.

” ކިހިނެއްވީހޭ, ނޭނގޭތަ ވެގެން އުޅޭ ގޮތެއް, ކަލޭގެ ސަބަބުން އާމިރު އަހަރެންނާ ރީތިކޮށް ވާހަކަ ވެސް ނުދައްކަނީ, ކަލޭގެ ސަބަބުން އަހަރެންނާ އެކުވެރިޔާގެ ގުޅުން ހީނަރުވަނީ, އެއް އިރެއްގަ އަރުޝްއާ ރައްޓެހިވިޔަސް މިހާރަކު ނުޖެހޭނެ އަރުޝް ފަހަތުން އުޅޭކަށް, އޭނަ އަކީ ހަމަ އެކަނި ހައިފާގެ ހައްގެއް, މިހާރު މިވަގުތު މިތަނުން ދުރަށްދޭ, ހައިފާހާ ރަނގަޅު އުޅުން ހުރި އެހެން ކުއްޖަކު އަރުޝްއަކަށް ނުލިބޭނެ, މަޔަކާއި ދަރިއަކު ޖައްސަން މަސައްކަތް ކުރަން ތިޔަހާ މޮޅު މީހަކު ނުހުންނާނެ, ” އަރީޝާ އެހެންބުނުމަށްފަހު ސާރާ އެއްޗެކޭ ބުނުމުގެ ފުރުސަތެއްވެސް ނުދީ އެތަނުން ދިޔައެވެ.

ސާރާ ހުރިތަނަށް ގަބުވެފައި އަމިއްލަ ދިފާޢުގައިވެސް އެއްޗެކޭ ނުބުނެ ހުރެވުނެވެ. ދެލޯ ފުރި ކަރުނަ ލޮލުން ފައިބަން ފެށިއެވެ. އެ ކަރުނަތަށް ފުހެލާނެހާ ހިތްވަރު ވެސް ސާރާއަކަށް ނުލިބުނެެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅި އައި ކޮޅަަށް ދުއްވައިގަތެެވެ. މަންޒަރު ބަލަން ކިތަންމެ ބަޔަކު ތިބި ނަމަވެސް ސާރާ އެކަމާ އަޅާވެސް ނުލިއެވެ. ރޮމުން ދުވަމުން ދިޔަ ސާރާ ފެނި ހޮސްޕިޓަލަށް ވަންނަން އައި އާމިރުއަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
ސާރާ ދިޔަ ދިމާލަށް ބަލަން ހުރެ އެދިމާލަށް ދިޔައެވެ. އެހެންނަމަވެސް އެހާ އަވަހަށް ސާރާ އާމިރުގެ ލޮލު ކޮޅަށް ގެއްލުނެވެ. ވެދިޔަ ކަންތަށް އާމިރުގެ ސިކުނޑިއަށް ނަގާގަންނަން ގިނަ އިރެއް ނުނެގިއެވެ. ދެ އަތް މުއްކަވާލަމުން އަރުޝް އޮތް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ނުނިމޭ

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހަޔާތުގެ ބައިވެރިޔާ

Next

އަހަރެން މި ދަނީ މަންމަގެ އުނގުތެރެއަށެވެ.

Next
December 30, 2018

އަހަރެން މި ދަނީ މަންމަގެ އުނގުތެރެއަށެވެ.

Previews
December 30, 2018

ހަޔާތުގެ ބައިވެރިޔާ

21 Comments!

  1. Saara says:
    December 30, 2018 at 2:37 pm

    Masha allah… me 1st dhww… haadha kurey

  2. Saara says:
    December 30, 2018 at 2:38 pm

    Masha allah… me 1st dhww… haadha kurey ❤❤..when is next…

    1. Sh@_n@ says:
      December 30, 2018 at 5:31 pm

      Yess. Kuru dhw

  3. nunnu says:
    December 30, 2018 at 3:03 pm

    mee aslu 43 vana part ennu? shaana ah olhunee dhw.. thankolhe kuru mi part, ekam reethi

    1. Sh@_n@ says:
      December 30, 2018 at 5:29 pm

      Thanx dear. Hama ragalhah vess olhunee

  4. Sh@_n@ says:
    December 30, 2018 at 3:31 pm

    Sry dear olhigen 34 Jehifa. Ekm dhen othy last part, dhigu vaane

  5. life says:
    December 30, 2018 at 3:58 pm

    kon dhuvahakun next part?

  6. Xuam says:
    December 30, 2018 at 4:10 pm

    Mash Allah … Varah reethi….

    1. Sh@_n@ says:
      December 30, 2018 at 5:28 pm

      Thanx dear

  7. shaashaa says:
    December 30, 2018 at 6:14 pm

    wow.v.reethi mi part ekam mahsala aky maakuree next part vex mihaa reethi vaane kamah heekuran when next part

    1. Sh@_n@ says:
      December 30, 2018 at 10:18 pm

      Thanx shaashaa?❤?❤??

  8. Sis says:
    December 30, 2018 at 7:04 pm

    Haadha kurey shana sis.. ?? Next part dhigu kohlahchey… ???????? but haifa ah e v kihineh baa? Ehaa sudden koh e kujja beynun V? ????? anyway Mi part vx hama varah reethi ingey.. ??????????? when next part? That’s the last dhw.. ?? varah varah varah varah curious.. ????????????????? #DESPERATELY IN WAITING ❤️❤️❤️❤️❤️❤️❤️

    1. Sh@_n@ says:
      December 30, 2018 at 10:20 pm

      V kuru dhw. Ekm last part v ma dhigu kuraanan. Keep waiting

  9. Naju says:
    December 30, 2018 at 8:43 pm

    V v v rythi mi story ??? just wow ???

    1. Sh@_n@ says:
      December 30, 2018 at 11:12 pm

      Thank you naju❤?❤❤?

  10. Ninja hijaby says:
    December 30, 2018 at 10:37 pm

    When is the last part dear? ❤ v kamudhey.

    1. Sh@_n@ says:
      December 31, 2018 at 8:40 am

      Varah avahah genesdheynan insha allah. Mihaaru bodu bai nimihje

  11. Reader? says:
    December 31, 2018 at 6:20 am

    Maa shaa allah…..keep it up…❤❤❤❤❤❤❤❤❤❤❤❤

  12. Haii says:
    December 31, 2018 at 2:08 pm

    Masha allah…..when next partttt

  13. Gud❤ says:
    December 31, 2018 at 9:50 pm

    Kuru bt nice

  14. Sh@_n@ says:
    January 1, 2019 at 12:30 pm

    Hiii all readers, 44 in naane up kuran fonuvaafa, but e e lasteh nun ingey, last episode akee 45

Comments are closed.


All Right Reserved!