
ވިންދޭ ލޯބި ތީ އެދޭ 12
” އޯ ނޯ… ” ފާޚާނާއިން ނިކުން އަލޫފަށް އޭނަގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އީލާފް ފެނި ދެން ވާނޭ ގޮތް ހިތަށް އެރުމާއެކު ބުނެލެވުނެވެ. އޭރުވެސް އީލާފްގެ މޫނު މަތިން ކުރިންވެެސް ފެންނަން ހުރި ރުޅިވެރިކަން ފެންނަމުން ދެއެވެ. އަލޫފް ފެނުމާއެކު އީލާފް ކޮޅަށް ތެދުވިއެވެ. ” ވަޓް އީޒް ދިސް ދޮންބެ… ދޮންބެ… ދޮންބެ އުޅެނީ މިންހާ އާ ރައްޓެހިވެގެންތަ… ދޮގު ހެދީ ދޯ ދޮންބެ އަޅުގަނޑަށް… ” ރުޅި އައިސް ރަތްވެފައިވި ދެލޮލުން އަލޫފަށް ބަލަހައްޓާއިގެން އީލާފް ވާހަކަ ދެއްކިއެވެ. ” އީލޫ… ލިސެން… ލިސެން ޓު މީ އީލޫ… ” އީލާފް އާއި ގާތަށް ހިނގައިގަންނަމުން ވާހަކަ ދެއްކި އަލޫފްގެ ހިނގުން ހުއްޓުނީ އީލާފް ވަގުތުން އޭނަގެ އަތުގެ އިޝާރާތުން ހުއްޓުމަށް ބުނުމުންނެވެ. ” ނޯ… އައި ޑޯންޓް ވޯންޓް ޓު ހިއާ އެނީތިން… ހިތަކަށް ނާރާ ދޮންބެ މިހެން ކަންތައްކޮށްފާނެ ކަމަކަށް… ކިތައް ފަހަރު ދޮންބެ ގާތު އަޅުގަނޑު ބުނިން މިންހާ ކަމަކު ނުދެއޭ… އައި ހޭޓް ހާ… އައި ޖަސްޓް ހޭޓް ހާ… މިންހާގެ ނަން އިވުނަސް ފޫހިވޭ… އަޅުގަނޑު ބޭނުންވާ ކޮންމެ އެއްޗެއް… ހާސިލްކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް މިންހާ ހާސިލްކުރާނެ… ކިޔެވުމުގަވެސް ނޫނީ އަމިއްލަ ދިރިއުޅުމުގަވެސް… އެންމެ ފަހުން ދޮންބެވެސް ޖަހައިގަތީ… ” ހިތްހަމަނުޖެހިފައިހުރެ އީލާފް ދިޔައީ އޭނަގެ ހިތުގައި އުފެދިފައިވި ޝަކުވާތައް ބޭރުކުރަމުންނެވެ. އީލާފްގެ ރުޅިގަނޑުގެ ގޮތް ރަނގަޅަށް އިނގޭތީ އަލޫފް އެއްވެސް އެއްޗެކޭ ނުބުނެ އީލާފް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުއްޓެވެ. ” ޔޫ ޕްރޮމިސްޑް މީ ދޮންބޭ… ޕްރޮމިސް ކުރީމެއްނު އަޅުގަނޑު ގަބޫލުވާ ކަހަލަ ކުއްޖެކޭ ދޮންބެ ހޯދާނީ… ދޮންބެއަށް އިނގޭނެ ހަމަ ރަނގަޅަށްވެސް އަޅުގަނޑަށް މިންހާ ކަމުނުދާކަން… އަޅުގަނޑު މިންހާއަށ ނަފްރަތު ކުރާކަން… ދެން ކީއްވެ… އަޅުގަނޑު ލައިކް ޑިސްލައިކް ދޮންބެއަކަށް މުހިއްމެއްނޫން ދޯ… ” މިފަހަރުވެސް ހިތްހަމަނުޖެހިފައި ހުރެ އީލާފް ވާހަކަ ދެއްކިއެވެ.
” އީލޫ… އިޓްސް ނޮޓް ލައިކް ދެޓް… ލިސެން ޓު މީ… ” އަލޫފް ކުރިއަށް ޖެހިލާ އީލާފްއަށް ވިސްނައިދޭން މަސައްކަތް ކުރުމުން ކުރީ ފަހަރެކޭ އެއްފަދައިން އީލާފް މަނާކުރިއެވެ. ” ނޯ… އިޓް އީޒް ލައިކް ދެޓް… އެހެންނޫންނަމަ ދޮންބެ މިންހާއާ ރައްޓެހިނުވީހެއްނު… މައި ލައިކްސް ޑިސްލައިކްސް ޑަޒަންޓް މޭޓާ ޓު ޔޫ އެނީ މޯރް… ދޮންބެއަށް މުހިއްމީ ހަމައެކަނި މިންހާ… މަންމައަށްވެސް މުހިއްމީ މިންހާ… މިންހާ މިންހާ މިންހާ… އައި ޖަސްޓް ހޭޓް ހާ… ދޮންބެ އުޅޭނެ ގޮތަކަށް އުޅޭ… އެކަމަކު ހަނދާންކުރާތި… ދޮންބެ މިންހާ އާ ރައްޓެހިވެގެން އުޅޭހާ ހިނދަކު ދޮންބެއަކަށް ދޮންބެގެ ކުރީގެ އީލޫއެއް ނުލިބޭނެ… ދޮންބެއަށް ފެންނާނީ ދޮންބެއާ ދުރުދުރުން އުޅޭ އީލޫއެއް… ކުރިންހެން ދޮންބެ އާއެކު ސަކަރާތް ޖަހާ މަޖާކޮށް ވަގުތު ހޭދަކުރާ އީލޫއެއް މިންހާ އާ ރައްޓެހިވެގެން ހުރިހާ ހިނދަކު ނުފެންނާނެ… ގޮޓް އިޓް… ” އޭނާ ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު އަލޫފަށް އިތުުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އީލާފް ބާރު ހިނގުމެއްގައި ކޮޓަރިން ނިކުތެވެ. އަލޫފް އެތައް ފަހަރަކު ގޮވުމުންވެސް އަޅާއިވެސް ނުލާ އީލާފް ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ.
އަލޫފަށް އޭނަގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މާހަލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަގެ ހިތާއި ސިކުނޑީގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. އެއްކޮޅުން އޭނަގެ ލޯބިވާ ކޮއްކޮއެވެ. އެއީ އޭނަގެ ދިރިއުޅުމުގެ އެއްބައެވެ. އެ ކޮއްކޮއާ ދުރުގަ ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން އޭނަގެ އަލަތު ލޮއެބެވެ. އޭނަގެ ހިތުގެ ވިންދެވެ. އެލޮއެބާ ދުރަށް ދާނީވެސް ވަކި ކިހިނެއް ހެއްޔެވެ؟ އަލޫފް މަޑު ހިނގުމެއްގައި ގޮސް ބިއްލޫރި މޭޒު މަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އޭރު މިންހާގެ ފަސްވަރަކަށް މެސެޖާ މިސްކޯލެއްވެސް އިނެވެ. މީހާ ހަމައަކަށް އެޅިލަމުން ސޯފާގައި އިށީންދެ އަލޫފް މިންހާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
މަޑުމަޑުން އުނދޯލި ހެއްލާލަ ހެއްލާލަ އިން މިންހާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މެސެޖު ކުރުމުން އަލޫފްގެ ރިޕްލައިއެއް ނުލިބުނުއިރު ގުޅުމުން ފޯނެއްވެސް ނުނެގިއެވެ. ހިތް ނުތަނަވަސްވެފައި އިން މިންހާ ސިހުނީ އަތުގައި އޮތް ފޯނު ރިންގުވުމުންނެވެ. އަވަސް އަވަހަށް ބަލައިލިއިރު ގުޅަމުން ދަނީ އަލޫފެވެ. ” އަލޫފް… އީޒް އެވްރިތިން އޯކޭ… ކީއްވެ ރިޕްލައި ނުކުރީ… އައި ވޯޒް ސްކެއާޑް… ” ފޯނު ނަގައި އަލޫފް ވާހަކަ ދެއްކުމުގެ ކުރިން ހާސްވެފައި ހުރި މިންހާ ވާހަކަ ދެއްކިއެވެ. ” މިނޫ… އީލޫއަށް އަހަރެމެންގެ ގުޅުމުގެ ވާހަކަ އެނގިއްޖެ… ” މަޑުމައިތިރި އަޑަކުން އަލޫފް ވާހަކަ ދެއްކިއެވެ. މާޔޫސްވެފައިވީ މިންވަރު އަލޫފްގެ އަޑުންވެސް އިނގިގެންދެއެވެ. މިންހާއަށްވެސް ހުރެވުނީ ބުނަންވީ ކީކޭ ކަމެއް ނޭނގިފައެވެ. އަލޫފް ވަނީ ކުރިންވެސް އޭނަ ގާތު އީލާފް އޭނަ އާ މެދު ހިތްހަމަނުޖެހޭކަން ބުނެފައެވެ. އަދި އެތައް ފަހަރެއްގެ މަތިން ޚުދު އީލާފްގެ އަމަލުތަކުންވެސް ނޫނީ އޭނަ ކަންތައް ކުރާ ގޮތުން ނުވަތަ ބުނެލާ ބަސްތަކުންވެސް އެކަން ވަނީ މިންހާއަށް ވަރަށް ރަނގަޅަށް ހާމަވެފައެވެ. ” އަލޫފް… ދެން… ދެން ކިހިނެއް ހަދާނީ… ” ކަންބޮށުވެފައިހުރެ މިންހާ ސުވާލުކުރިއެވެ. ” މިނޫއަށް އެނގެއެއްނު އީލޫގެ ރުޅިގަނޑު… ރުޅި އައިސް ހުންނަ ގަޑީގަ އެހެން މީހަކު ބުނާ އެއްޗެއް އަޑެއްވެސް ނާހާނެ… ބުނެފި ގޮތެއްގަ ހިފަހައްޓާނެ… އޭނަ ހަމައަކަށް އެޅުނީމަ އަހަރެން ވާހަކަ ދައްކާނަން… ” އަލޫފް ޖަވާބުގައި ބުނެލިއެވެ. އަދި މިންހާ ގާތު އެކަމާ އެއްވެސް ވަރަކަށް ނުވިސްނަން ބުނެ ދަތުރު ވާހަކަ ފެށީ އޭނާ ހުރިހާ ކަމެއްވެސް ހަމައަކަށް އަޅުވާނަމޭ ބުނުމަށްފަހުއެވެ. އެގޮތުގައި މަޣްރިބް ނަމާދުގެ ބަންގި ގޮވަންދެން ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.
މަޣްރިބް ނަމާދުކޮށްލުމަށްފަހު އަޝްރާ މުސްޙަފް ހިފައިގެން ޤުުރުޢާން ކިޔަވާލަން އިނެވެ. ހިތްހަމަޖެހޭ ވަރަށް ކިޔަވާލުމަށްފަހު މުސްޙަފް ކަބަޑަށް ލީތަނާ އޭނަގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. އެއާއެކު އަޝްރާ ގޮސް ދޮރު ހުޅުވާލިއެވެ. ” ދޮންބެ… ” ދޮރު މަތީގައި ހުރި އިއާން ފެނި އަޝްރާއަށް ބުނެލެވުނެވެ. ”ދޮންބެ އެތެރެއަށް ވަނަސް އޯކޭތަ… އަޝޫ އާ ވާހަކައެއް ދައްކާލަން ބޭނުން… ” ކޮޓަރީގެ ދޮރު މަތީގައި ހުރެ އިއާން ބުނެލިއެވެ. ” ޔެއާ… ޝުއާ… އާދޭ… ދޮންބެ ނުޖެހޭނެއެއްނު ތިހެން އަހާކަށްވެސް… ” އިއާންއަށް އެތެރެއަށް ވަނުމަށް ތަން ދައްކަމުން ހިނިތުންވުމަކާއެކު އަޝްރާ އެހެން ބުނުމާއެކު އިއާން އަޝްރާގެ ކޮޓަރިއަށް ވަދެ ގަދަ މުށި ކުލައިގެ ސޯފާގައި އިށީނެވެ. އިއާން ދައްކަން އެއުޅޭ ވާހަކައަކާމެދު ހިތުގައި ސުވާލު އުފެދިފައި ހުރެ އަޝްރާވެސް އައިސް ސޯފާގައި އިށީނެވެ. ”މާހިލްބެމެން ޕާޓީ އޮތް ރޭ އަޝޫ ޝާއިފާ މީޓްކުރިން ދޯ… ކީއްކުރަން މީޓް ކުރީ… ” ޔަގީންކަން އެކުލެވިގެންވީ ރާގެއްގައި އިއާން ބުނެލި އެއްޗަކުން އަޝްރާ ސިހުނެވެ. އޭނައަށް ހައިރާންވެފައި އިއާންއަށް ބަލަހައްޓާއިގެން ހުރެވުނެވެ. ” ދޮންބެ… ދޮންބެއަށް ކިހިނެއް އިނގުނީ… އަޅުގަނޑަކަށް ދޮންބެއެއް ނުފެނޭ… ” މަޑުމަޑުން އަޝްރާއަށް ބުނެލެވުނެވެ. ” ދޮންބެއަށް ފެނުނީ… މިންނުއާ… އަލޫފް އާ ދެމީހުން ތިބިތަން… ސޯ އޭރު އަޝޫ ހޯދާ ހޯދާވެސް ނުފެނުނީމަ ޔަގީންވި އަޝޫ ޝާއިފްއާ ބައްދަލު ކުރިކަން… ” އުނދަގުލުން ނަމަވެސް އިއާން ބުނެލިއެވެ. އޭނައަށް އުނދަގޫވީ މިންހާ އާއި އަލޫފްގެ ވާހަކަ ބުނާށެވެ. އެރޭ އޭނައަށް ފެނުނު ކޮންމެ މަންޒަރެއް އެވަގުތު އަނެެއްކާވެސް އޭނަގެ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. އެކަމުން އިއާންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ހިތަށް ތަދުވެގެން ދިޔައެވެ.
” އައިމް ސޮރީ ދޮންބެ… އައި ނޯ މިންނުއާ އަލޫފް ފެނުނީމަ ދޮންބެއަށް ވަރަށް ހާޓްވާކަން… ” ދެރަވެފައި އިނދެ އަޝްރާ އިއާންގެ މޫނަށް ބަލަހައްޓާއިގެން އިނދެ މަޢާފަށް އެދުނެވެ. ”ހެހެހެ… އިޓްސް އޯކޭ… އަޝޫގެ މިސްޓޭކެއް ނޫނެެއްނު އެއީ… ދޮންބެ ކުރިންވެސް ބުނީމެއްނު އަޝޫ މިންނު އަދި އަލޫފްގެވެސް މައްސަލައެއް ނޫނޭ މީ… އެއްވެސް މީހެއްގެ މައްސަލައެއް ނޫން އެއީ… ލޯބިވުމަކީ ކުށެއްް ނޫން… އަދި ލޯބިވާ ކޮންމެ މީހަކަށް އެލޯބި ލިބުމުގެ ނަސީބު ނުލިބިދާނެ… އައި ކޭން އަންޑަސްޓޭންޑް… ” ލުއި ހުނުމަކުން އޭނަގެ ހިތުގައި އަޅަމުންދާ ވޭން އެއްފަރާތްކޮށް އިއާން ވާހަކަ ދެއްކިއެވެ. ” ހޫމް.. ދެން ހިނގާބަލަ ދޮންބެ ދައްކަން އައި ވާހަކަ ދެއްކޭތޯ ބަލަން… އަޝޫ ގާތު ކުރިންވެސް ދޮންބެ ބުނިން ދޯ އެގޮތަށް ދެމީހުން ބައްދަލުނުކުރުމަށް… އެއީ ރަނގަޅު ކަމެއް ނޫނޭ… ޕްލަސް މަންމަމެން މީހަކަށް އެނގިއްޖިއްޔާ އަޝޫއަށް އެނގޭ ދޯ ހިތްހަމަނުޖެހޭނެކަން… އަދި އެހެން މީހަކަށްވިޔަސް ފެނިއްޖިއްޔާ ރަނގަޅެއްނުވާނެ… ސޯ ޑޯންޓް ރިޕީޓް އިޓް އެގެއިން… އޯކޭ… ” އިސްޖަހާލައިގެން އިން އަޝްރާއަށް ނަޒަރު ހުއްޓާލައިގެން އިނދެ އިއާން ނަސޭހަތްތެރިވިއެވެ. އަޝްރާ އިއާންގެ ވާހަކަތައް ގަބޫލުކުރުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެންމެ ރަނގަޅު ކަމުގައި ބުނެ އަޝްރާގެ ބޮލުގައި ފިރުމާލަމުން އިއާން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އިއާން ދިއުމާއެކު އަޝްރާ އޭނަގެ މޭގައި އަތް އަޅާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.
ކޮޓަރިއަށް ވަން އީލާފް އޭނަގެ ރުޅިގަނޑު ބޭލީ ކޮޓަރީގައި ހުރި ތަކެއްޗަށެވެ. އެނދު މަތީގައި ހުރި ބާލީސްތައް ކޮޓަރީގެ އެތަން މިތަނަށް އުކާލާ ޑްރެސިން ޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނުތައްވެސް އަތުން ޖަހާ ބުރުވާލިއެވެ. އޭރު އައިސްފައިވި ރުޅިން އޭނަގެ ލޮލުން ކަރުނަވެސް އަންނަމުންދެއެވެ. ސޯފާ މަތީގައި އޮތް އޭނަގެ ފޯނު ނަގައި އަވަސް އަވަހަށް ޝަމްހާއަށް ގުޅާ އެވަގުތު ވީހާވެސް އަވަހަކަށް އެގެއަށް އައުމަށް އެދި ބުނެ ފޯނު ކަނޑާލީ ޝަމްހާއަށް އިތުރަށް އެއްޗެކޭ ބުނާނެ ފުރުސަތުވެސް ނުދީއެވެ. އޭގެ ދިހަ ވަރަކަށް މިނިޓު ފަހުން ޝަމްހާ އައިސް އީލާފްގެ ކޮޓަރިއަށް ވަނެވެ. ” އީލޫ… ސާބަސް… މިކޮޓަރިއަށް ބިންހެލުމެއް އައިއްސަތަ މިއޮތީ.. ހާދަ ވަރެއް ކޮށްލާފަ… ކޮންކަމަކާ ރުޅި އައީ… ” ކޮޓަރިތެރެއަށް ވަދެ އެ ކޮޓަރީގެ އެކި ތަންތަނަށް ނަޒަރު ހިނގަމުން ޝަމްހާ ވާހަކަ ދެއްކިއެވެ. ”ސާބަސް ޝަމޫއަށް… ބިންހެލުން އައީކީ މިކޮޓަރިއަކަށް ނޫނޭ… ބިންހެލުން އައީ އަހަރެމެންގެ ދިރިއުޅުމަށް… ދޮންބެ އުޅެނީ މިންހާ އާ ރައްޓެހިވެގެން… އެން ދޭ ލަވް އީޗް އަދާ…” ރުޅި އައިސްފައި ހުރެ ދަތްޕިލަ ޖައްސާ ބާރުކުރަމުން އީލާފް ބުނެލި ވާހަކައަކުން ޝަމްހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ” ވަޓް… އެދެމީހުން ރައްޓެހިވެގެނޭ އުޅެނީ… ” ލިބުނު ހައިރާންކަމުގައި ޝަމްހާއަށް އަވަސް އަވަހަށް ބުނެލެވުނެވެ. ” ހޫމް… ދެމީހުން ރައްޓެހިވެގެން އުޅެނީ… މިއަދު އަހަންނަށްވެސް މި އިނގުނީ…” އީލާފް މިހެން ބުނެ އޭނައަށް އިނގުނު ގޮތް ޝަމްހާއަށް ތަފްސީލުކޮށް ކިޔައިދިނެވެ.
” އީލޫ ގާތު އަހަރެން ކުރިންވެސް ބުނީމެއްމު އެދެމީހުންގެ ދެމެދުގަ ކޮންމެވެސް ގުޅުމެއް އޮވެޔޭ… އެކަމަކު އަހަރެން އެވަރަށް ބުނީމަވެސް އީލޫ ގަބޫލުނުކުރީއެއްނު… އޭރު އީލޫ އަހަރެންގެ ވާހަކަ ގަބޫލުކުރިނަމަ ތިކަންތައް ތިހިސާބަކަށް ނުދިޔައީސް… ” ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަަކާއެކު ޝަމްހާ ވާހަކަ ދެއްކިއެވެ. ”އަހަންނަށް ކިހިނެއްތަ އިނގޭނީ.. އަހަރެން ކިހިނެއްތަ ޝަމޫ އެހެން ބުންޏަސް ދޮންބެ އެކަން ދޮގު ކުރީމަ ގަބޫލުކުރާނީ… ޝަމޫއަށްވެސް އެނގޭނެ ދޮންބެ ޕްރޮމިސްވެސް ކުރި ކަން… މީގެ ކުރިން ދޮންބެ ދުވަހަކުވެސް އަހަންނަށް ފޭކް ޕްރޮމިސްއެއް ނުކުރޭ… އެކަމަކު މިންހާ ދޮންބެގެ ލައިފަށް އައިފަހުން ދޮންބެވެސް ބަދަލުކުރުވައިފި… މީ ހުސް މިންހާގެ ކަންތަކޭ… މިންހާ އަހަރެންގެ އެއްވެސް ކަމެއް ކާމިޔާބު ވިޔަކަ ނުދޭ… ކިޔެވުމުގަވެސް އަހަންނަށްވުރެ މަތި… އިއާންގެ ލޯތްބަށް އަހަރެންގެ ހިތް އެދޭތާވެސް ކިހާ ދުވަހެއް… އެކަމަކު އަދިވެސް އިއާންގެ ކުޑަވެސް ސަމާލުކަމެއް އަހަންނަކަށް ނުލިބޭ… އިއާންގެ ހުރިހާ ސަމާލުކަމެެއްވެސް ލިބެނީ މިންހާއަށް… އަނެއްކޮޅުން މަންމަގެ ދުލުންވެސް މިންހާއަށް އަބަދު ކަހަލަ ގޮތަކަށް ތަޢުރީފުކުރޭ… މިންހާ މި ކަމެއް ކުރޭ އޭނަ ކަމެއްކުރޭ… އަހަރެން އެއްވެސް ކަމެެއް ނުކުރޭ… އެންމެ ފަހުން އަހަރެންގެ ދޮންބެވެސް އަހަންނާ ދުރުކުރުވަނީއެއްނު… އެކަމަކު އަހަރެން ދުވަހަކުވެސް އެހެން ވިޔަކަ ނުދޭނަން… މިންހާއަށް ދުވަހަކުވެސް އަހަރެންގެ ދޮންބެ ހާސިލްވިޔަކަ ނުދޭނަން… ” އިންތިހާއަށް ރުޅި އައިސްފައިހުރެ އީލާފް އެހެން ބުނެލިއިރު އޭނަގެ ދެލޮލުގައިވީ ނުރައްކާތެރި ބެލުމެކެވެ. ”އަދި އަހަރެން އަހަރެންގެ ލޯބި ދުވަހަކުވެސް މިންހާ ހާސިލްކުރިޔަކަ ނުދޭނަން… ” މަކަރުވެރިކަމުން ފުރިގެންވީ ހިނިތުންވުމެއް އީލާފްއަށް ހަދިޔާކުރަމުން ޝަމްހާ ބުނެލިއެވެ.
އިއާން ދެއްކި ވާހަކަތަކާއިމެދު އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަޝްރާ ކޮޓަރިން ނިކުމެ ތިރިއަށް ފޭބިއެވެ. ސިޓިން ރޫމު ސޯފާގެ ކުރިމަތީގައި ހުރި ގަދަ މުށި ކުލައިގެ މޭޒު މަތީގައި އޮތް އޭނަގެ މަންމަގެ ފޯނު ހިފައިގެން ސިއްރު ސިއްރުން އަނެއްކާވެސް ގޮސް ކޮޓަރިއަށް ވަނެވެ. އަޝްރާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް ޝާއިފަށް މެސެޖު ކޮށްލިއެވެ. މެސެޖު ކޮށްލުމާއެކު ޝާއިފްގެ ކޯލެއް އަންނަން ފެށިއެވެ. ފުޅާ ހިނިތުންވުމަކާއެކު ފޯނު ނަގައި އަޝްރާ ހެލޯ އޭ ބުނެލިއެވެ. ” އަހަންނަށް ވަގުތުކޮޅެއް ދެވޭވަރު ވީތަ… ” ނުރުހުންތެރިކަން އެކުލެވިގެންވީ ރާގެއްގައި ޝާއިފް ވާހަކަ ދެއްކުމުން އަޝްރާގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުން މަޑުމަޑުން ފޭދިގެން ދިޔައެވެ. ”ޝާއިފް… މިއަދު ދަތުރު ދާ ވާހަކަ ބުނީމެއްނު… ދަތުރު އައިސް ހަމަޖެހިލައިގެން ހަމަ މިމެސެޖުކޮށްލީ… ” މަޑުމައިތިރިކަމާއެކު އަޝްރާ ވާހަކަ ދެއްކިއެވެ. ” އަހަންނަށް އިނގެޔޭ އަޝްރާއަށް މިހާރަކަށް އައިސް ވަގުތު ވަނީ ހަމައެކަނި ނާއިލް އާއެކ ވަގުތު ހޭދަކުރަންކަން…” ނުރުހުންވެފައި ޝާއިފް ދެއްކި ވާހަކައިން އަޝްރާވެސް ހިތްހަމަނުޖެހުނެވެ. ” ޝާއިފް ޕްލީޒް… ކީއްވެތަ އަބަދު ނާއިލް އަހަރެމެން ދެމެދަށް ތި ގެންނަނީ… އަބަދު ކީއްވެތަ ޝާއިފް އެވާހަކަތައް ތަކުރާރުކޮށް ތިދައްކަނީ… ” އަޝްރާއަށްވެސް މިފަހަރު ވާހަކަ ދެއްކުނީ ހިތްހަމަނުޖެހުމާއެކުއެވެ. ” މިވާހަކަ ދައްކަން ޖެހެނީ އަޝްރާގެ އުޅުން ހުންނަ ގޮތުންނޭ… އަޝްރާއަށް އިނގޭނެ އަޝްރާާ ނާއިލް އާއެކު ފެނުމުން އަހަރެން ހިތްހަމަނުޖެހޭކަން… އެކަމަކު އަޝްރާ ތިއުޅޭ ގޮތެއް ބަދަލެއްނުކުރޭ… ތަކުރާރުކޮށް އެއް މަންޒަރުތަކެއް އަހަންނަށް ފެންނަނީ… އެހެންވީމަ މިވާހަކަ ދެއްކޭނެ އެއްނު…” ޝާއިފްގެ ވާހަކަތަކުން އޭނަ އިންތިހާއަށް ރުޅި އައިސްފައިވާ ކަން ހާމަވެގެންދެއެވެ. ” އޯކޭ… ކާމް ޑައުން… ޓުޑޭ އޮންވާޑްސް އަހަރެން ބަލާނަން ޝާއިފަށް އެފަދަ މަންޒަރެއް ނުފެނޭތޯ… ނާއިލް އާ ވީހާވެސް ދުރުން އުޅެވޭތޯ ބަލާނަން… އޯކޭ… ” ކަންތައްތައް މާގޯސްވެގެން ހިނގައިދާނެހެން ހީވުމުން ޝާއިފްގެ ރުޅިގަނޑު އެންމެ އަވަހަށް މަޑުވާނީ އޭނާ މަޑުމައިތިރިކަމާއެކު ޝާއިފް ހިތްއެދޭ ގޮތަށް ވާހަކަ ދެއްކުމުންކަން އަޝްރާގެ ސިކުނޑިއަށް ވިސްނުމުން އޭނާ ވާހަކަ ދެއްކީ އެފަދައިންނެވެ. ކަންތައްވީވެސް އަޝްރާ ހީކުރި ގޮތަށެވެ. ޝާއިފްގެ ރުޅިގަނޑު މަޑުވެ ކަންތައްތައް އަނެއްކާވެސް އެވަގުތަށް ހަމައަކަށް އެޅުނެވެ.
ޝާއިފްގެ ފޯނު ކޯލު ނިންމާލުމަށްފަހުވެސް އަޝްރާއަށް އިނދެވުނީ ދެކެވުނު ވާހަކަތަކާއި މެދު ވިސްނާށެވެ. އޭނައަށް ބުނެވުނު ގޮތަށް ކަންތައް ކުރަންޖެހޭނެއެވެ. މި މައްސަލަ އޭނަ ހީކުރި ވަރަށް ވުރެވެސް ބޮޑުވެފައިވުމުން ހިތުގައި ކަންބޮޑުވުން އުފެދިފައިވެއެވެ. ޝާއިފްގެ ބަދަލުވެފައިވި މިޒާޖުން އަޝްރާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވެއެވެ. އެއްކޮޅުން ޝާއިފް ދެއްކި ވާހަކަތައް އޭނަގެ ކަންފަތުގައި ހަރުލާފައިވާއިރު އަނެއްކޮޅުގައިވީ އޭނަގެ އެކުވެރިންނާއި ލޯބިވާގެ ދޮންބެގެ ވާހަކަތަކެވެ. އެކުވެރިންނާއި ދޮންބެގެ ވާހަކަތަކަކީ ތެދު ހަގީގަތް ނަމަވެސް އަޝްރާ ޚިޔާރުކުރީ އޭނަގެ ޝާއިފްގެ އެދުމެވެ. ޝާއިފް ބޭނުން ނޫންނަމަ އޭނާ ދެން އުޅޭނީ ނާއިލްއާ ވީހާވެސް ދުރުންނެވެ. އެކި ޚިޔާލުތަކުން އޭނަގެ ސިކުނޑީގައި އުފެދިފައިވި ހައިޖާނުގަނޑު ހިނދެއް ހިނދަކަށް ދިޔައީ ބޮޑުވަމުންނެވެ. އެކަމުގެ ސަބަބުން ބޮލުގައި ރިހުމެއްވެސް އުފެދިފައިވިއެވެ. ޚިޔާލުތަކަށް ގެއްލިފައި އިން އަޝްރާ ގަޑިއަށް ބަލައިލުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ގަޑިން ހަތް ގަޑި ބައިވަނީއެވެ. ބަންގި ގޮވިއިރުވެސް އޭނައަކަށް ނޭނގުނެވެ. އިތުރަށް ވަގުތު ބޭކާރުކުރަން ނަހަދާ އަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްގެން އައިސް ނަމާދުކުރަން ފެށިއެވެ.
އިޝާ ނަމާދުން އައިސް ކައިގެން ނާއިލް ވަނީ އޭނަގެ ކޮޓަރިއަށަވެ. ހުދާއި އަޅި ކުލައިން ފަރުމާކުރެވިފައިވި އެ ތަނަވަސް ކޮޓަރި ބަލައިލަން ނުހަނު ހިތްގައިމެވެ. ކޮޓަރިއަށް ވަންއިރު ބެލްކަނީގެ ބިއްލޫރި ދޮރު ކަހާލާފައިވުމުން ކޮޓަރި ތެރެއަށް ތާޒާ ފިނި ވައިރޯޅިތައް ވަންނަމުން ދިޔައެވެ. އެ ވައި ރޯޅިތައް ދިޔައީ ހުދު ކުލައިގެ ކާޓެއިންތަކާއި އެކި ސަމާސާ ކުރަމުންނެވެ. ދަތުރުގެ ވަރުބަލިކަން އިހުސާސްވަމުން ދިއުމާއެކު ނާއިލް ގަސްތުކުރީ ނިދާލުމަށެެވެ. ބެލްކަނީގެ ދޮރު ދަމާލުމަށްފަހު އެއްޗެހި ބަދަލުކޮށްގެން އައިސް ކިންގް ސައިޒުގެ ބޮޑު އެނދުގައި އޮށޯތެވެ. އޮށޯވެ ލޯ މަރާލުމާއެކު އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ އަޝްރާގެ ހިތްގައިމު ސޫރައެވެ. އެއާއެކު ބިރެއް ފެނުނުހެން ނާއިލް ފުންމައިގެން ތެދުވިއެވެ. އަޝްރާގެ ސޫރަ އޭނައަށް ފެންނަންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް އެރުމާއެކު އެއީ މިއަދު މާ ގިނަ ވަގުތު އަޝްރާ އާއެކު ހޭދަކުރުމުން ވީ ގޮތެއް ކަމަށް ހިތާ އަނެއްކާވެސް ނާއިލް އެނދުގައި އޮށޯވެ ނިދާލުމުގެ ބޭނުމުގައި ދެލޯ މަރާލިއެވެ. މާގިނަ އިރެއްނުވެ ނިދީގެ ފުން ކަނޑަށް ނާއިލް ގެނބިގެން ދިޔައެވެ.
26 Comments!
Comments are closed.
Salaam dear readers ❤️❤️❤️???… Here is the 12th part ???… Hope all will like this part too n feel free to comment your views ???… Avahah liyevunyma mi up kohly ???… Next part In Sha Allah Sunday ga ???… Thankyou all n love you all ❤️❤️❤️?????????…
Yesss….i’m first dhw…???…btw mi part vx vrh vrh vrh reethi…?….naash hithah aranii dhn aloof kihineh baa eyy kantha kuraanii…??…and naail ah vx ashra dheke loabivevenii kanneynge..i guess….???…shaaif kiive tha abadhu shakku kuranii…??…varah rulhi aadheyy….shaaif dheke…??…eelaaf dhn kuraane kameh vx neyge…??…waiting for the next part curiouslyy….??…keep up the great work ifoo…????…much loves frm naash…❤❤???????????????????????????❤❤❤??????????????……masha allah for your talent…??????❤❤??????
Naash ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… N congratulations on being first ❤️❤️❤️??????… V v v ufaavehje comment kiyaalaafa ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…
Mi ep ves v v v v v v v v v v v reethi ????❤️❤️?? ifoo haadha rangalhey❤️❤️ waiting.. waiting..
Kokko ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much loves from me dear ❤️❤️❤️?????????…
Amazing ??? Ifoo mi partvx v v v rythi ingey ??????⭐⭐⭐… I just love it ?????????… omg naail ah ashra dheke loabi vevunyyao ???❤❤❤???… Alhey aloof dhn kihineahbaa hadhaany n shaaif ulhey gothun v foohi abadhuvx shaku I really hate that type of boys ???… Naju v v v happy vey aslu ifoo storyge zarihyaa invx dheenee kankamah samaalukan hunnavaraku ingey… I’m really happy to know this n I really appreciate your hard work ?????????… May Allah always bless u … Keep up the good work dear ??????❤❤❤… curiously waiting for the next ?????????… Much n more loves from naju ??????????????????⭐⭐⭐☀☀☀❄❄❄
Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… May Allah bless you too ❤️❤️❤️???… Much more loves from me dear ❤️❤️❤️?????????…
Me 3rd dhw mifaharu???..dhnme online veli gady stry up vefa inyma hama kiyaa hithun much kiyaaly❤❤❤..Sunday ah wait kuran dhw mi jehuny???..Saturday ga can u plx upload stry???..Cox vrh kiyaa hihvey eba nxt prt ifoo???..ur one of my fav author mihaaru❤❤❤..n abadhuvx vrh inthizaaru kurevey mi stry kiyaalan libeyne irakah ???…LYSM❤❤❤
Beryl Stone ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… I will try my best Saturday ga up kureveythr ???… Thanks a lot dear once again ❤️❤️❤️?????????… Much more loves from me dear ❤️❤️❤️?????????…
Thiya eelaaf fobuvaa mirashah psychiatrist akah dhahkan ehuree hama rangalhah ves moyavefa ehengnaafahe eynaayakah neynguniyya loabi eiy gadhabaarun hoadheyne ehcheh noon kamehves
Good point….ehn nun vaanii….maa avahah rulhi iss kuranyyaaa….
Hehe ???… Thankyou Noor ❤️❤️❤️???…
Yeyy…!!! Its finally here again…❤❤❤??????…..This part also amazing and very intresting…??????❤❤❤….Vrh vrh reethi manzaru thah sifa kohfa huri goiy…???❤❤??….Heevany hama aslah vex kurimathy ga hingai dhaa kameh hen…??????❤❤❤…Alhe dhen kihineh baa vaany…??? ?????? Aloof minnu aa break up vaany tha…??? Noony Eelaaf aa shamha ge plane akun e dhe myhun dhuru kuruvaany tha..??? Shaaif mee kihineh vaa meeheh tha…?? Abadhu shakku kurany…Dhn ehen vangnaa ashoo foohi vaany nun…Alhe dhen aan ah kihineh baa vaany…??? I want him to be happy…He is my favourite guy ….❤❤❤??????…Really want to get his love…❤❤❤??????…Alhe e 2 kudhin gulhuvaba…??????….Story ga dheenee kan kamah samaalu kan dhyfa hunnaathy vrh kamudhey…❤❤❤??????….Minnu ge imaginations vrh vrh loabi…❤❤????….Keep it up your good work darling…❤❤❤??????…You are the best and this story is the best…❤❤❤??????….Waiting for next part…Miss you and loves you a lot…❤❤❤❤????????….
THE BEST STORY….
@lkleel ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Thihurihaa suvaalehge javaabu libeynee story kuriah dhaa varakun ???… Let’s see what happens…. Much loves ❤️❤️❤️?????????…
Wow Mi story varah reethi ingey ? varah interesting and hee vx nukuraa kahala kanthah Mi VANI ??… Varah thafaathu ehn stories thakaai. ? Aslu sis abadhu vx Mi story Kiyan Ekam adhi kiriyaa comment eh Mi kohlevuni hehe ?? Mi part ah vx hama evvana dhey varu vey ingey.. ?? And I hope ifoo sis ah Mi story nimmeyne Kamah.?. Mikahala reethi stories hunnani gina faharu medhu there akun stop akah AISSA ?.. So I really hope ifoo sis ah readers beynun vaa gothah stop eh nethi nimmeyne Kamah.?. And when I say stop eh nethi doesn’t mean komme dhuvahaku up kuraashey.. ? Mi buni months vandhen up nukoh hunna vaahaka ? and i wish you all the best with the story sis and good luck ? #DESPERATELY IN WAITING ❤️❤️❤️
Sis ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V ufaavehje story kiyaakan ingunyma plus eahvure vx ufaavehje comment kohleema ❤️❤️❤️???… Thanks a lot ???❤️❤️❤️??????… In Sha Allah ifoo mi story vx hama nimemdhen genesdheynan ???… Parts thah liyeveyhaa avahah hama up kuramun mi dhany ???… V v v ufaavehje comment kiyaalaafa ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…
Ishuge favirat saabahey???????????????????ekam aa an dho he is so sad dhooo??????❤❤m innu is nice eelaaf Is bad girl eelaaf ge cut goi baadhalu Koba
Pls pls ❤❤???❤???????❤?❤m innu is my favirout ???????❤❤????❤????????and another is you ifoo dear because for story ❤?????????❤??more love from meeeeeeee☺☺☺☺☺☺☺?????????❤❤?❤❤❤????☺????????????????❤❤??????????????????????????????????????????????????????????
ishu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Again ur comment is soooooo colourful ???… Yahh… Aan is soooooo sad ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…
Eelaaf aai shamhaa ah vareh vehjeyey aloof aa minnu aai dhemyhunge gulhun bust v ma?but aan dhw ??I am very sad about him??But eelaaf ah nudhehche aan ingey ?dhn shaaif ves eulhenii kihineh?loves from queen ???❤?
Queen ❤️❤️❤️… Thankyou sooo much ❤️❤️❤️?????????… Let’s see what happens ???… Much loves from me ❤️❤️❤️?????????…
again i have no words varah loabi mi story hama awesome
unique bali vma ol vefa adhi mikiyaalevuny heheh
missed the story next part ah varah curious
i hope ashra n shaaif avahah brkup veythw heheh ik im selfish but naail n ashoo together look much cuter heheh
n talking about aloof n minnu dhw
they even look nice together but hope to see aan with minnu
insha allah they’ll get their true love hehe
miss yuh ifoo
sooo much loves
Unique ❤️❤️❤️… Ur soooooo sweet dear ???❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???… Let’s see couples ah vany kn kudhinneh thr ???… It’s ok dear lahun viyas story kiyaalaafa comment eh kohlanyaa ???.. Unique ah avas shifaa akah edhen ❤️❤️❤️??????… Miss you too n much more loves from me dear ❤️❤️❤️?????????…
Dear i reed this story but i dont comrnt nice storyy????????????❤??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????☺☺???☺?☺☺☺??????????????????????????????mor lov frm me??????????????????????????????????????????❤❤❤❤???????????????
Lovely ❤️❤️❤️… Thankyou soooooo much dear for the colourful Comment ❤️❤️❤️?????????… V v v ufaavehje ???… Hope to see ur comment more often ??? n much more loves from me dear ❤️❤️❤️?????????…
Darling mi part ves varah varah furihama ❤❤???? Masha allah you’re so good ???? And eelaaf and shamha anekka kon kahala landeh dheynbaa miulheny minnu ah ????? So curious.. And shaaif ah ves vejje mihaaru gotheh hadhan ???? Ashoo ah abadhu ehchehi kiya kiyaa viyya hunnany naail ey kiyaigen.. Anekka naail ves jessun koh kohfa ashoo dheke loabivany kanneynge ???? Varah varah interesting.. Kiyaalaa hithun inyma kanneynge ehaa kuru hen ves heevy ???? Abadhu ves bunaahen you are amazing.. ???❤???? Sending you lots and lots of love ???????????????❤❤❤???????????????❣❣❣??
Mihaaru sweet Livy ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… Livy ge knme comment akun vx encourage vey ifoo ???… V v v ufaavehje ???… Let’s see what eelaaf shamhaa plans… N what happens for shaaif ???… Much more loves from me dear ur one of the best reader I got ❤️❤️❤️?????????…