******** ނޯޓް: މިވާހަކައިގެ އެއްވަނަ އެޕިސޯޑުން ފެށިގެން ފަސްވަނަ އެޕިސޯޑާއި ހަމައަށް ގެނެސްދީފައި އިންނާނީ ފެންވަރު އޮންލައިންގައެވެ. އެބައިތައް ކިޔާލަން ބޭނުންވާ ކިޔުންތެރިންނަށް އެ ސައޓް މެދުވެރިކޮށް އަދި އަޅުގަނޑުގެ ފޭސްބުކް ޕޭޖް ‘އުޝާލީގެ ވާހަކަ’ މެދުވެރިކޮށް ކިޔާލެވޭނެއެވެ. ******** 05 ވަނަ އެޕިސޯޑްގެ ތެރެއިން…… ދޫކޮށްލާފައި ހުރި މާގަނޑު ދަށުގައި ބަންޑުން ވެއްޓިފައި އޮތް ޔަނާލް ފެނި ފައިޒަންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ކުރު ޓީޝާޓް ކޮޅަކާއި ހަރުވާޅަކާއެކު ބުރުގާ ނާޅާ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިއަދަކީ ފުސްނަކަތުގެ ނުވަވަނަ ދުވަހެވެ. ކުޑަކޮށް ފުސްވިލާ ބުރާލިކަމުގައި ވިޔަސް މޫސުން ރީތިވާން އުޅޭހެން ހީވެއެވެ. ފާތުން އޮތީ ގޯތިތެރޭގައި ހުރި ފަތްޖެހި އެނދެއްގައެވެ.އަތުގައި ކަރުދާސްގަޑެއް އޮތެވެ. އެއީފާތުންގެ ކުޑައިރުގެ ރަޙުމަތްތެރިއަކު ފޮނުވާފައިވާ ސިޓީއެކެވެ. ފާތުން އެތަކެއްފަހަރު އެސިޓީ ކިޔައިފިއެވެ. އަނެއްކާވެސް އެސިޓީ ކިޔަން ފަށައިފިއެވެ. ފާތުންއެވެ! ކަލާއަށް އޮތް އެންމެ މޮޅުފަރުވާއަކީ މާޒީ ހަނދާން ނައްތާލުމެވެ. ކޮންމެ މީހެއްގެވެސް ފުސްމާޒީއެއް ވާނެއެވެ. ހޭނުޖެހޭއިރު ވިޔާ ނުދާކަންތައް ކުރެވޭނެއެވެ. ކަތިގޯޅިންވެސް ދެވޭނެއެވެ. ޢާއިލާ […]
އަހަރެން ވަރަށް މޮޅަށް ކިޔަވަމުންއައި އަހަރެކެވެ. ގޭތެރޭގައި ހުއްޓައި އަހަރެންގެ ހަގަށް ހުންނަ ކޮއްކޮ އައިސް ބޮލުގައި ބާރަކަށް ޖެހުމުން އަހަރެން ސިހިފައި އަވަހަށް ބަލާލީމެވެ. ނަމަވެސް ކޮއްކޮ ތިރިއަށް ބަލަހައްޓައިގެން ހުރުމުން ކޮއްކޮ ޖެހީ އަހަރެންގައި ނޫންކަން އިނގުނެވެ. ކޮއްކޮ ގޭގެ ދޮރު ލެއްޕަމުން އަތުގެ އިޝާރާތުން ދޮރުމަތީގައި އޮތް ބޮޑު ކަކުނި ދައްކާލިއެވެ. އެއީ ގޮނޑުދޮށުގައި ހަރު ކޮންގެން އުލޭ ކަހަލަގެ ކަކުންޏެވެ. އަހަރެން ހައިރާންވީ އޭތީގެ ބުރަކަށި މަތީގައި އަރަބިން ލިޔެފައި ހުރުމުންނެވެ. […]
“ޒޯޔާ…ދަރިފުޅާ ޒޯޔާ … ” ޒުލޭޙާ އޭނާގެ ދަރިފުޅަށް ފަތިސްނަމާދަށް ގޮވިއެވެ. ޒޯޔާ އަވަހަށް ތެދުވެގެން ގޮސް ފެންވަރައިގެން ނިކުމެ ނަމާދު ކޮށްލިއެވެ. ނަމާދު ކޮށް ނިމުމުން މުޞޮށްލަ މޭޒުމަތީ ބާއްވައިފައި މަންމަ ކައިރިއަށް ބަދިގެއަށް ދިއައެވެ. ޒުލޭޙާ އާއި އެކު ރޮށި ފިހެގެން ސައި ބޯން އިށީނެވެ. ޒޯޔާއަކީ ޒުލޭޙާއަށް ށާއި ފާރޫޤް އަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. އެ ދެމީހުން ވެސް ޒޯޔާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ޒޯޔާއަށް ކުޑަކުޑަ […]
“އާނ ކީއްކޮށްދޭންވީއޭ!” ލުބްނާގެ ކޮޓަރީގައި ހުރި ކުއިން ސައިޒުގެ ބޮޑު އެނދުގައި އިށީނދެލަމުން އިޝްރާ އަހާލިއެވެ. އޭރު ލުބްނާހުރީ އޭނާ އަޅައިގެންހުރި މެރޫންކުލައިގެ ޝޯލް ނަގާށެވެ. “މީ…. ވަރަށް ބޮޑުކަމެއް! ނޭނގެ ތިދެމީހުންނަށް ވާނެކަމެއްވެސް!” އަތުގައިއޮތް ގިޓާގެ ނަރުތަކައި ކުޅެލަމުން ލިބާން އެހެން ބުނުމުން ލުބްނާ ޝޯލްގައި އިން ފަހު ޕިން ވަކިކޮށްލަމުން ލިބާންއާއި ދިމާލަށް އެނބުރިލިއެވެ. “ދެން ވާނެތޯ ނޫނީ ނުވާނެތޯވެސް އެނގޭނީ ބުނީމައިދޯ! ބުނެބަލަ ހާސަރު ދިގުނުކޮށް” ލިބާން އާއި ދިމާލަށް އެނބުރެލަމުން ލުބްނާ ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ލިބާން އެހެން ބުނެފިއްޔާ ލުބްނާ ހިތްހަމަނުޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެންމެފުރިހަމަ ގޮތުގައި އެކަން ކުރަން ބޭނުންވާތީ ލިބާންއަށް އެހެން ބުނެވުނީއެވެ. “އެނގެއެއްނު މާދަމާރޭ ޝޯ އޮންނަކަން! އެ ޝޯގަ ބާން ޕާރފޯރމްކުރާ ލަވަ ޓެސްޓުކޮށްލަންވީ!” ލިބާން އެބުނީ މިދިޔަ އަހަރު 12 ނިންމި ކުދިންގެ ފަރާތުން ސޮކޫލުގެ އެހެންކުދިންނަށް މާދަމާ ރޭ ބާއްވަދޭ ހާއްސަ ޝޯއެއްގެ ވާހަކައެވެ. ލިބާންއަަކީ މިދިޔައަހަރު ސްކޫލުގެ އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަންކަމަށްވެފައި އަދި އޭގެ އިތުރުން ސްކޫލުގެ ގިނަދަރިވަރުންތަކެއްގެ ފަރާތުން ލިބާންގެ ލަވައަކަށް އެދިފައިވާތީ ލިބާން ވަނީ މި ޝޯގައި ލަވަކިޔަން ނިންމާފައެވެ. ނަމަވެސް ހަގީގަތުގައި އޭނާ މި ލަވަ މިވަގުތު ކިޔަން ބޭނުންވަނީ ހަމައެކަނި ލަވަ ޓެސްޓުކުރުވަން ނޫންކަމެވެ. މިވަގުތު އިޝްރާ އެތާ އިނުމުންކަމެވެ. ލިބާންއަށް ނޭނގި ނަމަވެސް އޭނާއަށް ވަނި އޭނާގެ ހިތް އިޝްރާއަށް ދެވިފައެވެ. އަބަދުވެސް އޭނާގެ ޚިޔާލުތަކުގެ ތެރޭގައި އިޝްރާ ވެއެވެ. އިޝްރާ އުފާވެއްޖެނަމަ އޭނާވެސް އުފާވެއެެވެ. އިޝްރާ ދެރަވެއްޖެނަމަ އޭނާވެސް ދެރަވެއްވެ. އަބަދުވެސް އިޝްރާއައި ދޭތެރޭ އޭނާއަށް ވިސްނެއެވެ. ސަބަބެއް ނޭނގިނަމަވެސް އޭނާއަށް މި ވަނީ އިޝްރާދެކެ ނުހަނު ބޮޑަށް ލޯބިވެވިފައިކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާގެ ހިތުގައި ރަނިކަންކުރަނީ އިޝްރާއެވެ. ހިތުގެ އެދުމަކީ އިޝްރާއެވެ. “ތިއީކީ މާކަބޮޑު ކަމެއް ނޫނެއްނު؟ އަވަހަށް ފަށާ!” ދެފައި ވައްކޮށްލަމުން އެނދުމަތީގައި އޮތް ބާލީހެއް ނަގާ އުނގަށް ލާފައި އިޝްރާ ބުނެލިއެވެ. އެވަގުތު ލުބްނާވެސް އައިސް އެނދަށް އަރާ ހަމަޖެހިލިއެވެ. އަތުގައި އޮތް ގިޓާގެ ނަރުތަކާއި ކުޅެލަމުން ލިބާން ފުންނޭވާއެއްލާ ލަވަ ފެށިއެވެ. “ބޭނުންވަނީ ޔާރާ، ލޯބިން ބަލާ ލީމާ، ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ، ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ، ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ ،ބޭނުންވަނީ ޔާރާ، ހާދަފަރި ހިނިތުންވަނީއޭ، މޭގައޮވެގެން ހިތްރޮނިއްޏޭ، ހާދަ ކައިރީގާ ހުރީމޭ، ލޯބިވާވަރު ނޭގެނީހޭ، ލޯބިން މިރޭ އާދޭ، ބޭނުންވަނީ އާދޭ، ހީވޭ އިނގޭ ގާތަށްމަގޭ، އާދޭ ކަލާ، ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ، ހީވޭ އިނގޭ ގާތަށް މަގޭ، އާދޭ ކަލާ […]
އެކުވެރިން އޭނަދެކެ ވާ ލޯބި އިހުސާސްވުމުން އޭނާ ވަރަށް އުފާވިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ އާއިލާއެއްވެސް ވެއެވެ. އެހެނަސް ލޯބިވާ ބައިވެރިއެއް ނެތެވެ. ސުވާލަކީ އާއިލާ އާއި އެކުވެރިންގެ ފަރާތުން ކިތަންމެ ވަރަކަށް ލޮއެބާއި އަޅާލުން ލިބުނު ނަމަވެސް އަލޫފްގެ ހަނދާންތަކުން ދުރަށް ދެވިދާނެ ހެއްޔެވެ؟ އަބަދު މިހެން ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެވިދާނެ ހެެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ” ހޭއި… މިންނު… ކޮން ކަމަކަށް ގެއްލިފަތަ… ” ވިސްނުމަށް ގޮސް ގެއްލިފައި އިން […]
“މަންމަ ކޮބާ؟” މިރްޒާނަށް ފިނިވެގެން ދިޔަ ހިތަކާއެކީ އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު މުޙްސިން އޭނައާއި ދިމާލަށް ހިތާމަވެރި މޫނަކާއެކީ ބަލާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. “ނޭނގެ ބައްޕާ….މަންމަ އަހަންނާއި އެކީގަ އުޅުނީ އަހަންނަށް 10 އަހަރު ވަންދެން. އަހަންނަށް 5 އަހަރު ވަންދެން މަންމަ މުޅިންހެން އުޅުނީ ށަވިޔަނި އަތޮޅުގެ ރަށެއްގަ. އެ ރަށުގެ އޮފީހުން ވަޒީފާއެއް ހޯދައިގެން މަންމައާއެކީ ވަރަށް އުފަލުގަ އަހަރެން އުޅެމުން ދިޔައީ. ހެދުން ފަހައި ދީގެންނާ ތަންތަން ޒީނަތްތެރިކޮށްގެން […]
ތުބުން ރީތިލަވައެއްގެ ރާގުކުޅެމުން އައިސް ދޮރުހުޅުވާލި މިދުއާމްއަށް ދެބުމަ ގާތްކޮށްލެވުނީ އޭނާގެ މަންމަ ހުރިހާލުފެނިފައެވެ. އުފަލެއް ނޫނީ ހިތާމައެއް އަދި ބިރުވެރިކަމެއް ދިމާވިޔަސް ހިދާގެ މޫނުމަތީން ނިކަން އަވަހަށް ދާތިކީގެ އަސަރުފާލުވާކަން މިދުއާމް އަށް ވަނީ އެނގިފައެވެ. ” މަންމާ.. ކިހިނެއްވެފަ ތިހުރީ.. މީކޮންހާދަލެއް މިއޮހެރެނީ..” ހިދާގެ މުނުމަތި ފުހެލާދެމުން މިދުއާމް އެއްބުމަ އަރުވާލާފައި އަހާލިއެވެ. ” ދަރިފުޅާ ބައްޕަ މާދާމާ އަންނާނެ.. ދަރިފުޅުވާނެ ބައްޕަ ބަލާދާން.. ހަމްޒާ މާ ކުޅަދާނަ އެކޮޅުގަ ހުރި ކްލައިންޓުންނާ ޑީލްކުރަން.. […]
” އެބަދަން 15 މިނިޓް ތެރޭގައި.” ލުބްނާއަށް ޖަވާބުދީފައި އިޝްރާ ފޯނުކޯލު ކުރުކޮށްލީ އަވަހަށް ތައްޔާރުވެގެން ދިއުމަށްޓަކައެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރާ ރީތިިވެލައިގެން އިޝްރާ ނިކުތްއިރު އައިހަމް އިނީ ތައްޔާރުވެގެން ނިކުމެ އޭނާގެ އިންތިޒާރުގައެވެ. ދެމީހުން އަވަހަށް ލުބްނާމެންގެއާއި ހިސާބަށްދެވުނުއިރު ލުބްނާ ހުރީ ލަސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިޝްރާ ފެނުމުން އެންމެ ފުރަތަމަވެސް އައިސް ޝަކުވާ ކޮށްލިއެވެ. ” ތީ 4 އަށް ރެޑީވާން ބުނި މީހާއަށް ވީ ވަރު. މިހާރު މަ މިތާ އިންއިރު މީހަކު ނިދާފައި ހޭލައިގެން ތައްޔާރުވެގެންއަންނަހާވެސް އިރުވެއްޖެ!” ލުބްނާއަށް ބަލައިލެވުނީ އައިހަމްއާއި ދިމާލަށެވެ. މެރޫން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްގައި އޭނާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލާފައިވާ އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހިސާބަށް އޮޅާލާފައިވީއިރު އެ ރީތި މުލައްދަނޑިން ބައެއް ހާމަވެފައިވިއެވެ. އައިހަމްގެ ރީތި ސޫރަ ފެނުމުން މީގެ ކުރިން އޭނާގެ ހިތަށް ނުވާ ގޮތެއް ވެލިއެވެ. އޭނާގެ ޒުވާން ހިތުގައި އާ އިހުސާސްތަކެއް ކެކި އުތުރިއަރައިގަތް ކަހަލަ އިޝާރާތެއް އޭނާއަށް ވެލިއެވެ. މީގެ ކުރިން ފިރިހެން ކުއްޖަކާއިމެދު ދުވަހަކުވެސް ނުވިސްނާ ލުބްނާއަށް މިއަދު އަލަށް ފެނުނު އައިހަމް އާއި ދޭތެރޭ ވިސްނެން ފެށުނީތީ ޚުދު އޭނާވެސް ހައިރާންވިއެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ކަޅި ތިރިކޮށްލާ އިޝްރާގެ އަތުގައި ޖަހާލަމުން “ދެންވެސް އަވަހަށް ދާން ހިނގާށޭ” ބުނެލިއެވެ. ޙަޤީޤަތުގައި އޭނާ އެހެން ބުނީ އެގޮތުގައި އިތުރަށް ހުރެގެން އޭނާ އެއްވެސް […]