Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 20

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
January 20, 2019 9 Mins Read
24 Comments

އެކުވެރިން އޭނަދެކެ ވާ ލޯބި އިހުސާސްވުމުން އޭނާ ވަރަށް އުފާވިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ އާއިލާއެއްވެސް ވެއެވެ. އެހެނަސް ލޯބިވާ ބައިވެރިއެއް ނެތެވެ. ސުވާލަކީ އާއިލާ އާއި އެކުވެރިންގެ ފަރާތުން ކިތަންމެ ވަރަކަށް ލޮއެބާއި އަޅާލުން ލިބުނު ނަމަވެސް އަލޫފްގެ ހަނދާންތަކުން ދުރަށް ދެވިދާނެ ހެއްޔެވެ؟ އަބަދު މިހެން ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެވިދާނެ ހެެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ” ހޭއި… މިންނު… ކޮން ކަމަކަށް ގެއްލިފަތަ… ” ވިސްނުމަށް ގޮސް ގެއްލިފައި އިން މިންހާ ސިހުނީ ނާއިލް އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން ވާހަކަ ދެއްކުމުންނެވެ. ” ކަ… ކަމެއް… ނުވޭ… އެއްްވެސް ކަމެއް ނުވޭ… ” ހަމަޖެހެން މަސައްކަތް ކުރަމުން މިންހާ ވާހަކަ ދެއްކިއެވެ. ” އިއްޔެ އެވީ ކަންތަކާ ދޯ ތި ވިސްނަނީ… ” މިންހާގެ މޫނަށް ބަލަހައްޓާއިގެން އިނދެ ނާއިލް އެހެން ބުނެލުމާއެކު މިންހާއަށް ވަގުތުން އިސްޖަހާލެވުނެވެ. މިންހާގެ އެ އިސްޖަހާލުމުން ތިން މީހުނަށްވެސް މިންހާ ވިސްނަމުން ދަނީ އަލޫފް އާ މެދު ކަން ޔަގީންވެގެން ދިޔައެވެ. އެއާއެކު ތިން މީހުނަށްވެސް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދެވުނެވެ.

ނާއިލް ސޯފާއިން ތެދުވެގެން އައިސް މުށިގަނޑު މަތީގައި އިށީންދެ އުނގު މަތީގައި އޮތް މިންހާގެ އަތުގައި ހިފާލަމުން ފުން ނޭވައެެއް ދޫކޮށްލިއެވެ. އެއަށްފަހު މިންހާގެ މޫނަށް ނަޒަރު ހުއްޓާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ލިސެން މިންނު… ވީ އޯލް ނޯ… މިންނުގެ ލައިފްގަ ވަރަށް ބޮޑު ކަމެެއް ހިނގައިފިކަން… ޔޫ އާ ގޮއިން ތްރޫ އަ ޑިފިކަލްޓް ޓައިމް… ވީ އޯލް ނޯ ދެޓް ޔޫ ލަވް ހިމް ސޯ މަޗް… އިނގޭ މިންނު ވަރަށް ވަރަށް ދެރަވާނެކަންވެސް… އެކަމަކުވެސް… ފޮގެޓް އެބައުޓް ހިމް… އަލޫފް މަތިން ހަނދާން ނައްތާލާ… އިނގޭ އެހާ ފަސޭހައިން އަލޫފް މަތިން ހަނދާންނައްތާ ނުލެވޭނެކަން… ބަޓް އެއީ މިންނުއަށް ރަނގަޅު ގޮތް… ކަންތައް ވެދިޔަ ގޮތާ މެދު މިންނުގެ ލޮލުން އެންމެ ކަރުނަތިއްކެެއްވެސް ވެއްޓޭކަށް ތުއްތު ބޭނުމެއްނޫން… އާފްޓާ ވަޓް ހީ ޑިޑް… ހީ ޑަޒަންޓް ޑިޒާވް ޔޫ… އެކަހަލަ ބޭވަފާތެރިޔަކަށް ކަރުނަ އަޅާ ރޯންވީ ކީއްކުރަން… ވާނެ އެއްވެސް ފައިދާއެއް އެބެއްތަ… ނެތެއްނު… ވިއްޔާ ވާނީ މިންނުއަށް ގެެއްލުން… ޔޫ ޝުޑް ބީ ހެޕީ މިންނު… ތި ރިލޭޝަންޝިޕްގެ މިހިސާބުންވެސް މިންނުއަށް އަލޫފްގެ އަސްލު އިނގިގެން ދިޔައިމަ… އަލޫފްގެ އެ ހަނދާންތަކުގަ ފިކުރުކޮށް މިންނު ހަލާކުވެގެންދާކަށް ތުއްތު އެއް ނޭދެން… އަހަރެމެން އެކަކުވެސް ނޭދެން… ކުޑާއްތަމެންވެސް ނޭދޭނެ ހަމަގައިމުވެސް… ކުޑާއްތަމެނަށް މިކަން އިނގިއްޖެއްޔާ ކިހާ ދެރަވާނެ މިންނު… މިންނު ބޭނުންތަ އެހެން ވާން… ތުއްތުއަށް އިނގޭ އަލޫފްގެ ހަނދާންތަކާ ދުރުވާން މިންނުއަށް ވަރަށް ގިނަ ވަގުތު ބޭނުންވާނެކަން… ބަޓް ޕްލީޒް… އަލޫފްގެ ހަނދާންތަކާ ދުރުވާން މަސައްކަތްކުރޭ… ޓްރައި މިންނު… އޯރް އެލްސް މިންނު މިކަމުގަ ހަލާކުވެގެން ދާނީ… ވީ އޯލް އާ ވިތް ޔޫ… މިންނު ބޭނުން ކޮންމެ ވަގުތަކުވެސް އަހަރެމެންގެ ހެލްޕް ލިބޭނެ… އަބަދުވެސް މިންނު އާއެކު އަހަރެމެން ވާނަން… އެއްވެސް ކަމެއް ޝެއާކުރަންވިޔަސް މިންނުއަށް ތުއްތުއާވެސް ޝެއާ ކުރެވޭނެ… އަލޫފްގެ ފަރާތުން އެއްވެސް އުނދަގުލެެއް ކުރިމަތިވިޔަސް ތުއްތު ގާތު ބުނީމަ ތުއްތު ހުރިހާ ކަމެެއްވެސް ރަނގަޅު ކޮށްދޭނަން… ހުރިހާ ޝަކުވާއެއް މިންނު ހިތުގަ ފޮރުވައިގެން ނުހުންނާށޭ ތުއްތު މިބުނަނީ… އެއީ އޭރުން މިންނުއަށް ގެއްލުން ވާނީ… އޯކޭ… ޖަސްޓް ޓްރައި ޓު ފޮގެޓް އެބައުޓް ހިމް.. ހީ ޑަޒަންޓް ޑިޒާވް ޔުއާ ލަވް… މިންނުއަށް ވިސްނޭތަ ތުއްތު މިބުނި އެއްޗެއް… ” މިންހާގެ އަތަށް ބާރުކޮށްލަމުން އޭނަ ދައްކަން ބޭނުންވި ވާހަކަތައް ނާއިލް އެއްފަހަރާ ދެއްކިއެވެ. އޭރު ހުއްޓުމެއްނެތި ތާޒާ ކަރުނަތަކުން މިންހާގެ ކޯތާފަތް ތެތްމަމުން ދިޔައެވެ. އެމަންޒަރުތައް ބަލަން އިން އިއާންގެ ހިތުގައިވީ ރިހުމެއް އުފެދިފައެވެ. އެހެނަސް އޭނައަށް އިތުރު ގޮތެއް ނެތެވެ. އޮތް ގޮތަކީ ކެތްތެރިކަމާކު މަންޒަރުތައް ބަލަން އިނުމެވެ.

ތިން މީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ މިންހާ އެއްޗެކޭ ބުނާނެ އިރަކަށެވެ. ” ތޭންކްސް ތުއްތު… ތޭންކްޔޫ ގާއިޒް ފޯ ސަޕޯޓިން މީ… ތުއްތު ތި ދެއްކި ހުރިހާ ވާހަކައެއްވެސް ގަބޫލުކުރަން… އައި ވިލް ޓްރައި މައި ބެސްޓް… އަލޫފް މަތިން ހަނދާން ނައްތާާލަން… ބަޓް އައި ނީޑް ޓައިމް… ” ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލަމުން ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ޝުކުރުވެރި ނަޒަރަކުން ބަލައިލަމުން މިންހާ ބުނެލިއެވެ. އެއާއެކު އެންމެންވެސް ލުއި ހިނިތުންވުމަކާއެކު މިންހާއަށް ބަލައިލީ އެތިން މީހުންވެސް މިންހާއާއެކު ވަމޭ ބުނާ ފަދައިންނެވެ. އެއާއެކު ނާއިލް ދެން އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާތީ ވާހަކަ އޮޅުވާލިއެވެ. އެކަން ފާހަގަވީ ނަމަވެސް މިންހާ އިތުރު އެއްޗެކޭ ނުުބުނެ އެމީހުންގެ ވާހަކައިގައި ބައިވެރިވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ” އާދޭ ހުރިހާ ކުދިންވެސް ކާން… މިއަދު ދާންވާނީ ހުރިހާ ކުދިންވެސް މިގޭން މެންދުރު ކައިގެން..، އާދޭ އަވަހަށް… މިންނު ބޭސްކާން ވާއިރަށް ވާނެ ކާން… އަދި މުޅިއަކުން ރަނގަޅެއް ނުވެއެއްނު… އާދޭ ހުރިހާ ކުދިން… ” ވާހަކައިގައި ތިބި ހަތަރު ކުދިންވެސް ސިހިފައި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލީ ނާހިދާގެ އަޑަށެވެ. ހަތަރު ކުދިންވެސް ހިނިތުންވެލަމުން ނާހިދާގެ ފަހަތުން ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. މިންހާގެ އާއިލާއެކު މެންދުރުގެ ކެއުން ނިންމާލުމަށްފަހު އިއާން އާއި އަޝްރާގެ އިތުރުން ނާއިލް ގެއަށް ދިއުމަށް ނުކުތެވެ.

ބިޔަކޮށް ހެދިފައިވި ހިރުނދު ގަސްދޮށުގައި އޭނަގެ ބައިސްކަލުގައި އިށީންދެ އިން އަލޫފްގެ މޫނު މަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. ތިން ދުވަސް ފާއިތުވެ ދިޔައިރުވެސް އޭނަައަށް މިންހާގެ ސޫރަ ފެންނަ ގޮތެއް ނުވެއެވެ. އެރީތި ސޫރަ ދެކިލާ ހިތުން ކޮންމެ ދުވަހަކު އެގޭ ކުރިމަތިން އެތައް ފަހަރަކު ބުރުޖެހެއެވެ. އެހެނަސް ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހެނީ މާޔޫސްކަމާާއެވެ. ބައިސްކަލު މަތީގައި އިން އިރުވެސް އަލޫފްގެ ނަޒަރު އަމާޒުވެފައި ވަނީ މިންހާގެ ގޭގެ ދޮރާއި ދިމާލަށެވެ. ހަވީރުގެ މި ހިތްފަސޭހަ ވަގުތު މިންހާ ބޭރަށް ނިކުމެދާނެކަމުގެ އުއްމީދުގައި އިން އަލޫފްގެ މޫނު އުޖާލާވީ ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުން މިންހާ ފެނުމުންނެވެ. ކަޅު ކުލައިގެ އަބާޔާއަކާއެކު ބަށި ކުލައިގެ ޝޯލްއެއްގައި ހުރި މިންހާ ފެނި އަލޫފްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ތުނި ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޮސްއެއް ޖައްސާފައިވާއިރު މަސްކަރާ އަޅާފައިވި ދިގު އެސްފިޔަތަކުން އެދެލޯ އިތުރަށް ފުރިހަމަ ކޮށްދެއެވެ. ގަދަ މުށި ކުލައިގެ ކަޅިއެއް ލިބިފައިވި ބޮޑު ދެދެލޮލަށް އަވި އެޅިފައިވާއިރު އެދެލޮލުގެ ރީތިކަން ލަފުޒުތަކުން ބަޔާންކޮށްދެން ދައްޗެވެ. އެހާވެސް ފުރިހަމައެވެ. އަލޫފް ހިނިތުންވެލުމުންވެސް މިންހާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. ބޭރަށް ނިކުން ގޮތަށް އޭނައަށް އަލޫފްއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. މީގެ ދެތިން ދުވަހުގެ ކުރީގެ ހާދިސާ ސިކުނޑިއަށް ވެރިވުމާއެކު މިންހާގެ ލޮލަށް މިފަހަރުވެސް ކަރުނަތައް ޖަމާވާން ފެށިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ގޮތުން މިންހާ އަވަސް އަވަހަށް އިސްޖަހާލަމުން ފަސްއެނބުރި އަޝްރާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. މިންހާގެ އެދުރުކަމުން އަލޫފްގެ ހިތަށް ތަދުވިއެވެ. އެހެނަސް އެވަރުން ބަލި ގަބޫލުކުރަން ބޭނުން ނުވާތީ އަވަހަށް މިންހާގެ ގާތަށް ދިއުމަށް ބައިސްކަލު ދުއްވާލިއެވެ.

ހިނގަމުން ދިޔަ މިންހާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ހިތުގެ ތެޅުމާ އެއްވަރަށް އޭނަގެ ނޭވާވެސް ދިޔައީ އަވަސްވަމުންނެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ނަފްސު ހަމައަކަށް އަޅުވަން ކުރި މަސައްކަތް ނާކާމިޔާބުވީ ބައިސްކަލުގައި އައިސް އަލޫފް އޭނަ އާއި ދާދި އެއްވަރަށް ދުއްވަމުން ވާހަކަ ދެއްކުމުންނެވެ. ” މިނޫ… ލިސެން ޓު މީ… އައިމް ސޮރީ… ރިއަލީ ސޮރީ… ޕްލީޒް… ޓޯކް ޓު މީ… މިނޫ… ” އަލޫފްގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން މިންހާ އޭނަގެ ހިނގުން ބާރުކޮށްލިއެވެ. އިސްޖަހައިލައިގެން ހުރެ އޭނައަށް ބަލައިވެސް ނުލާ މިންހާ އޭނަގެ ހިނގުން ބާރުކޮށްލުމުން އަލޫފް ކުރިއަށްވުރެވެސް ބޮޑަށް މާޔޫސްވިއެވެ. ” މިނޫ… ޕްލީޒް… ވާހަކަ ދައްކަބަލަ… ” މިންހާ އެއްޗެކޭ ނުބުނުމުން އަލޫފް ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކިއެވެ. އޭރުވެސް އަލޫފް ދިޔައީ މިންހާ އާއި އެއްވަރަށް މިންހާ އާ ނުހަނު ގާތުން ބައިސްކަލު ދުއްވަމުންނެވެ. ”އަލޫފް… ޖަސްޓް ގޯ އަވޭ ފްރޮމް ހިއާ… މަގުމައްޗޭ މީ… މީހަކަށް ފެނިއްޖިއްޔާ ކީކޭތަ ހިތަށް އަރާނީ… އެން އައި ޑޯންޓް ވޯންޓް ޓު ޓޯކް… އަދި އަލޫފް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށްވެސް ބޭނުމެެއް ނޫން… ޖަސްޓް ގޯ…” ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދަން މަސައްކަތްކުރަމުން ހަރުކަށިކަމާއެކު މިންހާ ވާހަކަ ދެއްކިއެވެ. އަލޫފްއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ޖެހިގެން ހުރި އަޝްރާގެ ގޭގެ ބޮޑު ދޮރު ހުޅުވާ އެގެއަށްވަދެ މިންހާ ބޮޑު ދޮރު ލައްޕާލިއެވެ. މާޔޫސްކަން ލިބުނު ނަމަވެސް އަދި ބަލި ގަބޫލުކުރާކަށް އަލޫފް ބޭނުމެެއް ނުވިއެވެ. މިންހާގެ ލޯބި ލިބެންދެން އޭނަ މަސައްކަތްކުރާނެއެވެ. ”ދެވަނަ ފަހަރަށްވެސް ތިހިތުން އަހަރެން ލޯބި ހޯދާނަން މިނޫ… ޔޫ ވިލް ބީ އޯލްވޭސް މައިން..” ހިތުގައިވި ބަސްތައް އަލޫފް އޭނަގެ ދުލުން ބޭރުކޮށްލުމަށްފަހު ގެއަށް ދިއުމަށް ބައިސްކަލުގައި މިސްރާބުޖެހިއެވެ.

ދޮރުގެ އަނެއް ފަރާތުގައި ދޮރުގައި ބުރަކަށި ޖައްސާލައިގެން ހުރި މިންހާއަށް އަލޫފްގެ ބަސްތައް ހަމަ ރަނގަޅަށްވެސް އަޑުއިވުނެވެ. ދެލޯ މަރާ ބާރުކޮށްލިއިރު ދެއަތްވެސް މުށްކަވާލެވުނީ ހިތަށް ކުރަމުން ދިޔަ އަސަރަކުންނެވެ. ހިތާ ދެކޮޅަށް އެގޮތަށް ކަންތައް ކުރަން މިންހާއަށް ހާދަ އުނދަގޫވިއެވެ. އަލޫފް ފެނުމުން އޭނަގެ އަމިއްލަ ނަފްސަށް އޮންނަ ބާރު ގެެއްލިގެން ދަނީ އަދިވެސް އަލޫފްއަށްޓަކައި އެހިތުގައިވާ ލޮއެބެއްގެ ސަބަބުންނެވެ. އަލޫފް ފެނުމުން އޭނައަށް އިހުސާސްތައް ކޮންޓްރޯލް ނުކުރެވެނީ އަދިވެސް އަލޫފްދެކެ އިންތިހާއަށް ލޯބިވާތީއެވެ. ދެލޯ މަރާ ތަގުޅިކޮށްގެން ހުރެ މިންހާ ދެލޯ ހުޅުވާލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުމުންނެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ގޭތެރެއަަަށް ވަނުމަށް ހިނގައިގަތެވެ.

ބެލްކަނީގައި އެމަންޒަރުތައް ބަލަން ހުރި އިއާންގެ މޫނު މަތީގައިވި އަސަރުތައް ދެނެގަންނާކަށް ނޭނގެއެވެ. ރެއިލިންގައި ދެއަތުން ހިފަހައްޓާފައިވީއިރު ހިނދެއް ހިނދަކަށް އިއާން ދިޔައީ ދެއަތަށް ބާރުކުރަމުންނެވެ. ނާއިލް އެކޭ އެއްގޮތަށް އިއާންވެސް އަލޫފް މިންހާ އާ ވައި އެޅިލަންވެސް ނޭދެއެވެ. އަލޫފްގެ ސަބަބުން މިހާރުވެސް މިންހާގެ ހިތަށް ލިބެމުން ދަނީ އަނިޔާއެވެ. އެއްވެސް ހާލެއްގައި އިއާން އަލޫފް މިންހާގެ ގާތުގައި ވާކަށް މިހާރަކު ނޭދެއެވެ. މިންހާދެކެ ކިތަންމެ ލޯބިވި ނަމަވެސް ކުރިން އިއާން ބޭނުންވީ އަލޫފް އާއި މިންހާ އެކަކު އަނެކަކާ ގުޅިގެން އުޅުމެވެ. އެއީ މިންހާގެ އުފާތައް ގުޅިފައިވަނީ އަލޫފް އާ ކަމަށްވާއިރު އަލޫފް މިންހާއަށް ވަފާތެރިވެ ލޮއެބާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ދޭނެކަމަށް އޭރު އިއާންއަށް ގަބޫލުކުރެވުމުންނެވެ. އެހެނަސް މިހާރު އޭނަގެ ގަބޫލުކުރުން ބަދަލުވެއްޖެއެވެ. އަލޫފް މިންހާއަށް ބޭވަފާތެރިވުމުން އަލުން އަލޫފް މިންހާގެ ދިރިއުޅުމަށް އައިސް މިންހާގެ ހިތަށް އަނިޔާތަކެއް ދޭކަށް އިއާންއަކަށް ގަބޫލެއް ނުވެވޭނެ ނޫން ހެއްޔެވެ؟ ހިތާއި ފުރާނައިން މިންހާދެކެ ހަގީގީ ލޯބިވާއިރު މިންހާގެ އެނާޒުކު ހިތަށް ކުޑަނަމަވެސް އަނިޔާއެއްވާކަށް އިއާން ނޭދެއެވެ. އަބަދުވެސް އޭނަ ބޭނުންވަނީ މިންހާ ހިނިތުންވެފައި އުފަލުގައި ހުރުމެވެ. އޭނަގެ ހިތުގައި ކިތަންމެ ވޭނެއް އެޅި ނަމަވެސް މިންހާ އުފަލުން ހުރެއްޖެނަމަ އޭނަވެސް ހުންނާނީ އުފަލުންނެވެ.

” އައްސަލާމްޢަލައިކުމް… ” އާދައިގެ ހިނގުމެއްގައި ހިނގާފައި ގޮސް ހުޅުވާފައިހުރި ދޮރުގެ ކުރިމަތީގައި ހުއްޓި ހުރެ އިސްލާމް ދީނުގެ ރިވެތި ސަލާމުން މިންހާ ސަލާމް ގޮވާލިއެވެ. ”ވަޢަލައިކުމްސަލާާމް… ” އެއާއެކު ސިޓިން ރޫމު ހުރަސްކޮށް ހިނގާފައި ދިޔަ އާސިމާއަށް އެއަޑު އިވުމާއެކު ސަލާާމް ބަލައިގަތެވެ. ” އަނހާ… މިންނު… އާދޭ އަވަހަށް އެތެރެއަށް… މިހާރު ކިހިނެއްތަ… ރަނގަޅުތަ މިހާރު… ” ހިތްހެޔޮ ހިނިތުންވުމަކާއެކު އާސިމާ މިންހާ ފެނުމާއެކު ވާހަކަ ދެއްކިއެވެ. ” ހަމަ އެދުވަހު ރަނގަޅުވެއްޖެ ނަސީބަކުން އާސިމާއްތާ… އަޝޫ ކޮބާ… ” މިންހާވެސް އެތެރެއަށް ވަންނަމުން ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ” އަޝޫ ވެއްޖެ ކޮޓަރީގަ… ތައްޔާރުވަނީހެން ހީވަނީ… ދޭބަލަ މިންނު ބަލައިލަން… ” އާސިމާ އެހެން ބުނުމާއެކު ބޯ ޖަހާލަމުން މިންހާާ ސިޑިން މައްޗަށް އަރަން ފެށިއެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުނުލައި ކަމުން މިންހާ އަޝްރާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ” މިންނު… އާދޭ… މި ނިމުނީ އިނގޭ ދެން… ” ދޮރު ހުޅުވުނު އަޑަށް ސޯފާގައި ފަޔަށް އިސްޓާކީނު ލައްވަން އިން އަޝްރާ އިސްއުފުލާލަމުން އެހެން ބުނެލުމާއެކު މިންހާވެސް ކޮޓަރި ތެރެއަށް ވަދެ ސޯފާގައި އިށީނެވެ. ފުރިހަމައަށް ތައްޔާރުވެވުމުން ދެއެކުވެރިން އެކުގައި ގެއިން ނިކުމެ ޕާކަށް ދިއުމަށް މިސްރާބުޖެހިއެވެ.

ޕާކުގައި ފުދޭވަރަކަށް ގިނަ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. އެންމެންވެސް ދަނީ ހަވީރުގެ މިހިތްގައިމު ވަގުތު އުފާވެރިކަމާއެކީ ހޭދަކުރަމުންނެވެ. އެކި ކުލަ ކުލައިގެ މާތައް ފޮޅިފައިވި ގަސްތަކުން ޕާކު ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ޕާކުގެ އެކި ތަންތަނުގައި ކުޑަކުދިން ކުޅެން ތަފާތު ކުޅޭ އެއްޗެހި ބެހެއްޓިފައިވީއިރު އެކި ތަންތަނުގައި އިށީނުމަށް ހަދާފައިވި ބުރުތަކެއްވެސް ވެއެވެ. މިންހާ އާއި އަޝްރާވެސް ގޮސް އެތަނުން ބުރެއްގައި އިށީނެވެ. ” ހާދަ ހިތްފަސޭހައޭ ދޯ މިތަން މިންނު… ” ހިނިތުންވެލަމުން އަޝްރާ އެހެން ބުނެލިއެވެ. އެހެނަސް އެއަޑު އޭނަ ދާދި ގާތުގައި އިން މިންހާގެ ކަންފަތާއި ހަމައަށް ފޯރި ހެނެއް ހިޔެއްނުވެއެވެ. ބަލާާބެލުމަށް ހީވަނީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައި އިންހެންނެވެ. ” މިންނު… ކިހިނެެއްވެފަތަ ތިއިނީ… ކޮންކަމަކާތަ ތި ވިސްނަނީ… އަހަރެން ކައިރިއަށް އައި އިރުވެސް ހީވަނީ ކަމަކާ ފިކުރު ބޮޑުވެފަ ހުރިހެން… ބުނެބަލަ… މިންނުއަށް އިނގެއެއްނު އަހަންނާ ކޮންމެ ވާހަކައެއްވެސް ހިއްސާކުރެވޭނެކަން… ” މިންހާގެ އަތުގައި ހިފަހައްޓާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” އަލޫފް އާ ދިމާވީ އަޝޫ ގާތަށް ދަނިކޮށް… އިނގޭތަ އަހަރެންގެ ފަހަތުން އައީ އޭނަ ތިގެޔާ ހަމައަށްވެސް… ސޮރީ އޭ ބުނެ ބައިވަރު ފަހަރު… އެކަމަކު… އައި ޓޯލްޑް ހިމް ދެޓް އައި ޑޯންޓް ވޯންޓް ޓު ޓޯކް… ބަޓް އައި… އައި ކާންޓް ކޮންޓްރޯލް މައި އިމޯޝަންސް… އަލޫފް ފެނުނީމަ ނޭނގެއޭ ވާގޮތެއް… އިހުސާސްތަކަކަށް އަހަރެންގެ ބާރެއް ނުފޯރުވޭ… އެހެންވެ އަހަރެން ބޭރަށް ނުނިކުންނަންވެސް ހުރީ… އަލޫފް ފެނިއްޖިއްޔާ އަހަންނަށް އިނގޭ އޭރުވެސް މިހެން ވާނެކަން… އެން އިޓްސް ރިއަލީ ޑިފިކަލްޓް ހިތާ ދެކޮޅަށް ކަންތައް ކުރަން… ” އަޝްރާގެ މޫނަށް ބަލަހައްޓާއިގެން އިނދެ މިންހާ އޭނަ ބުނަން ބޭނުންވި ހުރިހާ އެއްޗެއް އެއްފަހަރާ ބުނެލިއެވެ.

” މިންނު… އައި ނޯ އިޓްސް ޑިފިކަލްޓް… އެކަމަކ އަލޫފް އާވެސް ކުރިމަތިލާން ޖެހޭނެ ދޯ… އަބަދު ގޭގައެއް ނީންދެވޭނެ އެއްނު… ބޭރަށް ނިކުމެވެސް އުޅެންވާނެ އެއްނު… އުނދަގޫވިޔަސް ޔޫ ހޭވް ޓު ޓްރައި މިންނު… އާފްޓާ ވަޓް ހީ ޑިޑް… ހީ ޑަޒަންޓް ޑިޒާވް ޔުއާ ފޮގިވްނެސް… ޖަސްޓް އިގްނޯރް ހިމް… ޓްރައި ޓު ކޮންޓްރޯލް ޔުއާ އިމޯޝަންސް… އޯކޭ… ” އަޝްރާ މިންހާއަށް ވިސްނޭ ފަދައިން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. އަޝްރާގެ ވާހަކަތައް ގަބޫލުކުރަމުން އިސްޖަހާލައިގެން އިން މިންހާ އެވަގުތު މަޑުމަޑުން ބޯ ޖަހާލިއެވެ. އެގޮތުގައި ހަވީރުގެ ވަގުތުތައް ދެއެކުވެރިން އެކުގައި ހޭދަކުރިއެވެ. ގެއަށް ދިއުމަށް މިސްރާބުޖެހީ އިރުއޮއްސެން ގާތްވުމުންނެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ގޮސް ސުކޫލުގެ ކިޔެވުން ހުޅުވެން ހަފްތާއަކަށް ވެއްޖެއެވެ. މިދިޔަ ދުވަސްތަކުގައިވެސް މަގުމަތިން އަލޫފް މިންހާ އާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް މިންހާ ކޮންމެ ފަހަރަކުވެސް އަލޫފްގެ ވާހަތަކަށް ދެނީ ބީރު ކަންފަތެކެވެ. ” ދަރިފުޅާ މިންނު… މިއިނީ އަޝޫގެ ޔުނީފޯމު ރަނގަޅު ކޮށްލާފަ… މިހާރު އިންނާނީ ތަންކޮޅެއް އަތް ދިގުކޮށްލާފަ… ދޭބަލަ އާސިމާއްތައަށް އެ ގެން ގޮސްދެން… ” ސިޓިން ރޫމުގައި ޓީވީ ބަލަން އިން މިންހާ ގާތު ބަދިގެއިން ނިކުން ނާހިދާ އެހެން ބުނުމާއެކު މިންހާ އޭނަގެ ކޮޓަރިއަށް ގޮސް ކުޑަކޮށް ތައްޔާރުވެގެން ނިކުތެވެ. އެއަށްފަހު މޭޒު މަތީގައި އިން ކޮތަޅު ހިފައިގެން އާސިމާމެންގެ ގެއަށް ދިޔުމަށް ހިނގައިގަތެވެ. މިންހާ އެގެއަށް ގޮސް އާސިމާއަށް ކޮތަޅު ހަވާލުކުރިއެވެ. މިންހާ ގެއަށް ދާން ނިކުތީ އަޝްރާ އާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހުއެވެ.

އާދައިގެ ހިނގުމެއްގައި ހިނގަމުން ދިޔަ މިންހާއަށް ފަހަތުން މީހަކު ތުމުން ފުމެލި އަޑު އިވުނެވެ. އެއާއެކު މިންހާއަށް އެއީ އަލޫފްކަން އިނގި އޭނަގެ ހިނގުން ބާރުކޮށްލިއެވެ. ހިނގަމުން ދިޔަ މިންހާއަށް ސިހިފައި ދެފިޔަވަޅު ފަހަތަށް ޖެހިލެވުނީ ބާރު މިނެއްގައި ބައިސްކަލު ދުއްވާފައި އައިސް އޭނަގެ ކުރިމައްޗަށް އަލޫފް ބައިސްކަލުގައި މަޑުކޮށްލުމުންނެވެ. މިންހާއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ މަގުމަތީގެ އެއްވެސް ހިސާބަކުން މީހަކު ފެންނަން ހުރިތޯއެވެ. ނަސީބުކަންދިމާކުރި ގޮތުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ”މިނޫ… އައިމް ރިއަލީ ސޮރީ… ޕްލީޒް ވާހަކަ ދައްބަލަ… އަދި އެއް ޗާންސް ދީބަލަ… އައި ވޮންޓް ޑިސަޕޮއިންޓް ޔޫ… ޕްލީޒް… ” ބައިސްކަލު މަތީގައި އިނދެ އަލޫފް ވާހަކަ ދެއްކިއެވެ. ” އަލޫފް ކިހިނެއްވެގެންތަ ތިއުޅެނީ… މިހާރު ކިތައް ފަހަރު ބުނާނީ ތިހެން މަގުމަތިން އަހަންނަށް އުނދަގޫނުކުރާށޭ… މީހަކަށް ފެނިއްޖިއްޔާ ކކޭތަ ހިތަށް އަރާނީ… ” އަލޫފް ދެއްކި އެއްވެސް ވާހަކައަކަށް ބެލުމެއްނެތި މިންހާ ނުރުހުންތެރިކަމާއެކު ބުނެލިއެވެ. ” ޖަސްޓް ފޮގިވް މީ އެން ގިވް މީ ވަން މޯރް ޗާންސް… އޭރުން އަހަރެން މިހެން މިނޫއަށް އުނދަގުލެއް ނުކުރާނަން… ” ސާބިތުކަމާއެކު އަލޫފް ބުނެލިއެވެ. ” އައި ކާންޓް ފޮގިވް ޔޫ… އެން އަހަރެންގެ ލައިފް އިން ދެން އަލޫފްއަކަށް ޖާގައެއް ނުދެވޭނެ… ހާދަ އިތުބާރެއް ކޮށްފަ އަހަރެން އަހަރެންގެ ލައިފްއިން އަލޫފްއަށް ޖާގަ ދިނީމެއްނު… އެކަމަކު އަލޫފް ކިހިނެއް ކަންތައް ކުރީ… އަހަރެންގެ އިތުބާރު ގެއްލުވާލީ… ދޮގު ހަދާ އޮޅުވާލީ… ދެން އަލޫފް ބުނެބަލަ ކުރިން ކުރިހެން އިތުބާރުކޮށްފަ އަހަރެންނަށް އަލޫފްއަށް އަލުން އިތުރު ފުރުސަތެއް ދެވިދާނެތަ… ހައު ކޭން އައި ފޮގިވް ޔޫ ސޯ އީސިލީ ފޯ ވަޓް ޔޫ ޑިޑް… އައި ކާންޓް ފޮގިވް ޔޫ… ” މިންހާ ރައްދުގައި އެހެން ބުނެ އަލޫފްއަށް ފަސްދީފައި ހިނގައިގަތެވެ. އެހެނަސް މިންހާއަށް ކުރިއަށް ދެވޭ ގޮތް ނުވީ އަލޫފް އޭނަގެ އަތުގައި ހިފެހެއްޓުމުންނެވެ. ލިބުނު ސިހުމުގައި މިންހާއަށް ދެލޯ ބޮޑުކޮށްލަމުން އަލޫފްގެ މޫނަށް ބަލައިލެވުނެވެ. ” ޔޫ ޑޯންޓް ހޭވް އެނީ ރައިޓް ޓު ހޯލްޑް މައި ހޭންޑް… ” ދެވަނަ ސިކުންތުގައި ރުޅިވެރި މޫނަކާއެކު މިންހާ އެހެން ބުނެ އަލޫފްގެ އަތް ފޮޅުވާލިއެވެ. އަދި ފަސްއެނބުރި ބެލުމެއްނެތި ހިނގައިގަތެވެ. އޭރު އެދެ މީހުނަށް ނުފެންނާނެހެން އެތަނާއި ކައިރީގައި ހުރި ގެއެއްގައި އެމަންޒަރުތައް ބަލަން ހުރި ޝަމްހާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

މިންހާ އެދިޔަ ގޮތަށް ގޮސް ސިޓިން ރޫމުގައިވެސް މަޑުކުރުމެއްނެތި ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަންއިރު އޭނައަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހިތާ ދެކޮޅަށް އެހެން ކަންތައް ކޮށްކޮށް އޭނަ މިހާރު ވަރުބަލިވެއްޖެއެވެ. ހިތް އެދުނަސް ދެވަނަ ފަހަރަށް އޭނަގެ ދިރިއުޅުމުން އަލޫފްއަށް ޖާގައެެއް ދޭކަށް ސިކުނޑި އެއްބަހެއް ނުވެއެވެ. އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކޮށް ހިތާއި ސިކުނޑީގައި އުފެދިފައިވި ހައިޖާނުގަނޑުން މިންޖުވާން އޭނަ ނުހަނު ބޭނުމެވެ. އެހެނަސް އަލޫފްގެ އަމަލުތަކުން އެކަން ދަނީ އޭނައަށް އިތުރު ދަތިކުރުވަމުންނެވެ.

އަލޫފް ހުރީ މިންހާގެ ހަރަކާތްތަކުން ވަރަށް މާޔޫސްވެފައެވެ. މިންހާގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އޭނަ ހީކޮށްފައެއް ނުވެއެވެ. މާޔޫސްކަން ވެރިވެފައިވި މޫނަކާއެކު އަލޫފް އޭނަގެ ގެއާއި ދިމާލަށް ބައިސްކަލުގައި މިސްރާބުޖެހިއެވެ. ގެއަށް ގޮސް ހިޔާ އެޅިފައިވި ބަގީޗާ ތެރެއިން ބެންޗެއްގައި އަލޫފް އިށީނެވެ. އެއާއެކު ކުރީގެ އެތައް ޚިޔާލުތަކަކުން އޭނަ ވަށާލިއެވެ. ޚިޔާލުތަކުގައި އިން އަލޫފް ސިހުނީ ފަހަތުން ކޮންމެވެސް މީހަކު އޭނަގެ ކޮނޑުގައި އަތްލުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު ޝަމްހާ ފެނުމާއެކު އަލޫފް ވަގުތުން ޝަމްހާގެ އަތް އޭނަގެ ކޮނޑު މަތިން ނެގިއެވެ. އަދި އަޅާވެސް ނުލައި އަނެއް ފަރާތަށް އެނބުރި ބެންޗުގައި ހަމަޖެހިލިއެވެ. ” ވަޓް އާރް ޔޫ ޑުއިން އަލޫފް… އަލޫފްއަށް އިނގޭތަ ތި ކުރެވޭ ކަމެއް… އަލޫފް ތިކަންތައް ކުރަނީ ހަމަ އެ މިންހާ ބޭނުންވާ ގޮތަށް… ހަމަ ތެދަށޭ މި ބުނަނީ… މިންހާ އަލޫފްދެކެ ހަގީގީ ލޯބިވާނަމަ އަލޫފް މަޢާފަށް އެދުނީމަ މަޢާފުކޮށްފަ އަލުން އިތުރު ފުރުސަތެއް ދޭންވީނު… ދެން ދެމީހުން ހެޕީކޮށް އުޅެންވީނު… މިންހާ ލޯބި ނުވާތީއެއްނު މިހާރު ކަންތައް ކުރާހެން ކަންތައް އެ ކުރަނީ… އަލޫފް..، އިޓްސް ޖަސްޓް އަ ކިސް… އެން އެކަން އަލޫފް މިންހާ ގާތު ނުބުނިކަން އެއީ އަލޫފްގެ މިސްޓޭކް… ދިސް ސީޒް ނޮޓް ސެވެންޓީންތް ސެންޗުއަރީ… ދިސް އީޒް ޓުވެންޓީ ފަސްޓް ސެންޗުއަރީ އަލޫފް… މިޒަމާނުގަ އިޓްސް ނަތިން.. އަހަންނަކަށް ހިޔެއްނުވޭ އެކަހަލަ ކަމެއް ނުހިނގާ އެއްވެސް ރިލޭޝަންޝިޕެއްް އޮވެދާނެ ހެނެއް… ޝި އީޒް މޭކިން ފަން އޮފް ޔޫ… މިންހާއަށް އިނގޭޭ އޭނަ ކިތަންމެ ވަރަކަށް އިންކާރުކުރިޔަސް އަލޫފް އޭނަގެ ފަހަތުން އަންނާނެކަން… އޭނަ ކިތަންމެ ވަރަކަށް އަލޫފްއަށް ފުރަގަސްދިނަސް އަލޫފް އޭނަގެ ފަހަތުން މަޢާފަށް އެދި އަދޭސްކުރަމުން ހިނގާނެކަން… އަލޫފް ތިކަންތައް ކުރަނީ ހަމަ މިންހާ ބޭނުން ވާގޮތަށް… މީގެ ކުރިން އަންހެން ކުދިން ދީވާނާވެގެން އަލޫފްގެ ފަހަތުން ހިނގަނީ… މިހާރު އަލޫފް އަންހެން ކުއްޖެއް ފަހަތުން މޮޔަވެގެން މަޢާފަށް އެދި އާދޭސްކުރަމުން ހިނގަނީ… އައި ކާންޓް ބިލީވް ދިސް… މިންހާ ފެންނަ ފެނުމަށް އިނޮސެންޓް ހެން ހީވިޔަކަސް އޭނަ އަސްލު އެހާ އިނޮސެންޓެއް ނުވާނެ… އަހަރެން ހިތަށް އަރާ އަލޫފްއަށް ނުވިސްނެނީ ކީއްވެ ބާއޭ… ” ޝަމްހާ އޭނަގެ ވާހަކައިން އަލޫފްގެ ސިކުނޑިއާ ކުޅެލިއެވެ.

” ޔެސް… ޔޫ އާ ރައިޓް… މިހުރިހާ ދުވަސްވީއިރު އަހަންނަށް ތިކަންތައް ނުވިސްނުނީ ކީއްވެތަ… އެތައް ފަހަރަކު މަޢާފަށް އެދެމުންވެސް އަހަރެންގެ މަޢާފު ގަބޫލުނުކުރީނު… ދެން މިންހާއަށް ފެނިގެންދާނީ މުޅިން އެހެން އަލޫފް… އަހަންނަށް އިތުރު ޗާންސެއް ނުދިވެނުކަމަށް ރިގްރެޓް ކުރާނެ މިންހާ… އައި ވިލް މޭކް ޝުއާ ދެޓް… ” ބެންޗުގައި އިށީންދެ އިން އަލޫފް ކުއްލިއަކަށް ކޮޅަށް ތެދުވެ ވާހަކަ ދެއްކިއެވެ. އޭރު އޭނަގެ ދެލޮލުން ނަފްރަތު ނޫން އިތުރު އެއްޗެއް ނުފެނެއެވެ. އަލޫފްގެ ދެއަތްވެސް ވަނީ މުށްކެވިފައެވެ. އިންތިހާއަށް މާޔޫސްކަން ލިބިފައިވި ވަގުތެއްގައި ޝަމްހާގެ އެ ވާހަކަތައް އަލޫފްއަށް ވަރަށް ފަސޭހައިން ގަބޫލުކުރެވުނެވެ. ދެރަވެ މާޔޫސްވާ ހާލަތްތަކުގައި ޝައިތާނާާ އަހަރެމެންގެ ސިކުނޑިއަށް ވަރަށް ފަސޭހައިން ބާރުފޯރުވައެވެ. އަލޫފްގެ އެވާހަކަތަކުން ލިބުނު ހިތްހަމަޖެހުމާއެކު ޝަމްހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނައަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ކުރިއަށް ކުރަން އޮތް ކަމެއް ކުރާނީ ދެން އަލޫފްއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝަމްހާ ހިތާ ހިތުން ވާހަކަ ދެެއްކިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ފިކުރު

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……….! (6 ވަނަ ބައި)

Next
January 20, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……….! (6 ވަނަ ބައި)

Previews
January 20, 2019

ފިކުރު

24 Comments!

  1. ifoo says:
    January 20, 2019 at 7:32 am

    Salaam dear readers ???❤️❤️❤️… Here is the 20th part ???… Kihineh baa aloof dhn kanthah kuraanee ???… Hope mi part hurihaa kudhinnah vx kamudhaane kamah ???… Next part In Sha Allah Wednesday ga ???… Keep waiting dear readers ???… Thankyou soooooo all for the support n love ❤️❤️❤️?????????…

  2. ?? says:
    January 20, 2019 at 8:41 am

    not Aloof. bt Iyan and minha gulheyny kn irakunthr..btw i love both ur stories..❤️❤️ mi part vx vv reethi..cant wait for the next part..

    1. ifoo says:
      January 21, 2019 at 8:11 pm

      Let’s see what happens ???… Couples aa vaa kudhin vx adhi ingeyne ???… Heenukuraa gothakah vx kanthah vedhaane ???.. Heheh ???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ifoo ge stories reethi v ma ???❤️❤️❤️… Hope to see ur comment more often ???… Much loves from me ❤️❤️❤️?????????…

  3. saayaa says:
    January 20, 2019 at 10:08 am

    Varaa reethi ingey

    1. ifoo says:
      January 21, 2019 at 8:13 pm

      Saayaa ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️.. V v v ufaavehje comment kohleema ???… Hope to see ur comment more often ???… Much loves from me ??????❤️❤️❤️???…

  4. Sanaan says:
    January 20, 2019 at 10:33 am

    Varah reethi masha Allah

    1. ifoo says:
      January 21, 2019 at 8:14 pm

      Sanaan ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje story reethi v ma ???… Much loves from me ❤️❤️❤️?????????…

  5. Naum says:
    January 20, 2019 at 1:17 pm

    OBINESS TO THE MAX?❤?

    1. ifoo says:
      January 21, 2019 at 8:15 pm

      Naum ❤️❤️❤️… Thankyou soooooo much for the support n love ?????????❤️❤️❤️… Ifoo v v v ufaavehje ingey story ehaa kamudhiyaima ???… Much loves from me ❤️❤️❤️?????????…

  6. Scarlet says:
    January 20, 2019 at 2:36 pm

    Story is so awesome ? I have been through such a situation and it was so hard
    Please minnu aaan ah libey goi hadhaaadhybah dear ❤️??

    1. ifoo says:
      January 21, 2019 at 8:18 pm

      Scarlet ❤️❤️❤️… Really??? I hope now everything is fine ???… Thankyou soooooo much ❤️❤️❤️?????????… Ifoo v v v ufaavehje mi part scarlet ah kamudhiyaima ???… Kury part ge comment kiyaalaafa I tried my best to make it better ???… Let’s see what happens ???… Much loves from me ❤️❤️❤️?????????…

  7. unique says:
    January 20, 2019 at 2:43 pm

    this story is just osm
    keep your good work going
    all the best

    1. ifoo says:
      January 21, 2019 at 8:20 pm

      Unique ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Much loves from me ❤️❤️❤️?????????…

  8. munni says:
    January 20, 2019 at 5:58 pm

    mi story v nice
    maasha allah avahah up kohdheche aney part please

    1. ifoo says:
      January 21, 2019 at 8:24 pm

      Munni ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah on Wednesday ???… Ifoo ge schedule v v bxy koh onnaneee… So that’s why knme partehvx after 2 days genesdheveny… Week ehga 3 parts ???… Keep waiting ???… Much loves from me ???❤️❤️❤️??????…

  9. Cute Lips says:
    January 20, 2019 at 7:23 pm

    hoon haadha size olhigen ulhey dhaitha eh … shaithan akah vureh nubai insi eh.. i hate her..

    1. ifoo says:
      January 21, 2019 at 8:25 pm

      Hehhe ???…

  10. @Ikleel says:
    January 20, 2019 at 10:03 pm

    Yes…❤❤????…Its finally here again…❤❤????….Hwx you ifoo dear…?? I am still not fine??????…But hope you will be fine…❤❤????
    This story is just awrsome….❤❤????….I just love this story…❤❤????…Mi part vex vrh vrh reethi…❤❤????…Alhe please ifoo minnu ah ehen nuhadhaa…??????…Make her happy….??????…Alhe aan haadha sad vaane ey dhw…??????…I feel really sorry for minnu and aan…??????…I want aan to be happy with minnu…❤❤????….I think aan will get minnu soon…❤❤????…And Minnu must forget about that aloof….And start a new chapter with aan…❤❤????…Hope it will happen soon…❤❤????….Keep it up your good work dear ifoo…You are just amazing girl with superb talent…❤❤????…Waiting for next part…❤❤????…I will wait till wed…❤❤????… I will give my full support you dear…????❤❤…Miss you and love you…❤❤????…Much loves…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      January 21, 2019 at 8:30 pm

      Awwnn ❤️❤️❤️???… Thankyou soooooo much @Ikleel for the colourful, supportive comment ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Heenukuraa gothakah vx kanthah hingaa faane ???… Once again thankyou so much n much loves from me ❤️❤️❤️?????????…

  11. Naju says:
    January 21, 2019 at 2:41 pm

    Wonderful ??? Ifoo mi partvx v v v rythi ingey ?????… n ehaame intresting ?????… Alhey minnu ah dhera gotheh nuhadhachey plxxxx ifooo aan aa avahah gulhuvabala ?????… Keep up the good work dear ❤❤❤❤❤… curiously waiting for the next ?????… much n more loves ??????????????????❤❤❤???????????????

    1. ifoo says:
      January 21, 2019 at 8:31 pm

      Naju ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  12. Olaflover says:
    January 21, 2019 at 5:28 pm

    Alhey Tuesday ah update kureveykah neiy tha?? Haadha reehchey.. i cant wait.. pls up kohla dheeba

    1. ifoo says:
      January 21, 2019 at 8:35 pm

      Olaflover ❤️❤️❤️… Alhey I’m soooo sorry ifoo v bxy koh ulhen jeheythy week ehga 3 parts genesdheveny ???… Dhigu genesdhen adhi more time beynun vey that’s why ingey dear Wednesday ga next part In Sha Allah ???… Hope you will wait ???… Thankyou soooooo much n v v v ufaavehje story ah ehaa inthizaaru kuraakan ingunyma ❤️❤️❤️?????????…

  13. Mailyn says:
    January 21, 2019 at 11:43 pm

    Wow????…..
    V reethi…
    Masha Allah…
    V dhuvas fahun rep mi kurevuny….. but vaahaka up vaa varakah kiyan…????…..
    Im always with u ifoo…❤❤

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 21←


All Right Reserved!