ކުދިން ބަލަން ޖެހެނީ އަހަންނަށެވެ.އަހަންނަށް މިއިނދެވުނީ ކައްނެތް ފުޅައަކާއެވެ.މިއީ އަހަރެން އޭނާ ރަނގަޅަށް ދަސްނުކޮށް ކުރިކަމަކުން ވީ ކަމަކެވެ.ކައިވެއްޏަށް 6 އަހަރުވީއިރުވެސް އޭނާ އސްލާހެއް ނުވިއެވެ.އަހަރެން އެތަށް ފަަަަަަަަަަަަހަރަކު ލައުރީން ނަސޭހަތް އަށް ނަސޭހަތް ދީފީމެވެ. އަންހެން ކުއްޖަކަށް ވެ ހުރެ ގޭތެރޭގެ ކަންކަން ނުކުރަންޔާމުން ކޮންމެ މީހަކުވެސް އެއްޗެހި ކިޔާނެންނުންހެއްޔެވެ؟ޔޫސުފް ވާ ކެތްގަދަ އެންނުން ހެއްޔެވެ؟އާއެކެވެ. ޔޫސުފް ވރަށް ކެތްގަދައެވެ. އަހަންނައް އަބަދުމެ އަބަދަށް ރޮވެއެވެ.އަހަރެން އެއްދުވަހު ލައުރީން އާ ދިމާލައް އެއްޗެހި ކީމެވެ.އަދި އެދުވަހު […]
އަހަރެން އިންތިހާއަށް އޭނަދެކެ ލޯބިވީމެވެ. ނަމަވެސް އަހަރެންދެކެ އޭނައެއް ލޯތްބެށް ނުވެއެވެ. އަހަރެން އެނަގެ ކައިވެއްޔައެހީމެވެ.އޭނާ އެއްބަސް ވިއެވެ.އަހަރެންގެ ކައިވެނި އަވަސް ގޮތަކަށް ކުރަން ނިންމީމެވެ.އެނާގެ މިޒާޖެއް ނުބަލަމެވެ.އެނާގެ އުޅުމަށް ނުބަލަމެވެ.އެއީ އަހަންނަށް ކުރެވުނި މޮޔަކަމެކެވެ.އަހަރެން އޭނައަކީ ދީނަށް ލޯބި ކުރާ މީހަކުތޯއެށްނުބަލަމެވެ.އަހަންނައް ބެލުނީ ހަމައެންމެ ކަމކަށެވެ.އެއީ އޭނާގެ ސިފަ އަށެވެ. ރެއަކީ ކައިވެނި އޮތް ރެއެވެ.އަހަރެންގެ އަލަތު ކައިވެނި ވަރަށް ކުލަގަދަކޮން ފާހަގަ ކުރީމެވެ.އެނައަށްޓަކައިި އަހަރެން ހިތާ ފުރާނައިން ގުރުބާން ވީމެވެ.އެެކަން މިހާރުވެސް ފެންނަނީއެއްނުންހެޔެވެ.50,000 […]
އަހަންކީ ކުޑައިރުންސުރެ ސްކޫލް ކެޕްޓަން އަށް ވާން ބޭނުން ވިކުއްޖެކެވެ.މިއަދު އެކަން ހާޞިލްވެއްޖެއެވެ. އަހަންނަަަަށް 1000 ކުދިން ތެރެއިން 800 ވޯޓްލިބުނެވެ.އަހަންނަކީ ޔޫސުފްއެވެ. އަހަންނަށް އޭލެވެލް އިމްްްތިހާން އިންވެސް ވަަަރަށް މަތިން މާކުސް ލިބުނެވެ.މިހާރު ސްކޫލްދައުރުވެސް ނިމިއްޖޭއެވެ. 1އަހަރި ފަސް އަހަންނަކީ މިހާރު ވަޒީފައިގައި އުޅޭ މީހެކެވެ.އަދި އަދަން ދާންދެންވެސް އަންހެކުއްޖަކާރައްޓެހި ނުވަމެވެ.އަހަންނަކީ ވަރަށް މިނިވަންކަމާއެކު އުޅެން ބޭނުން ވާމީހެކެވެ.އެކަމް އަހަންނަށް ވަރަށް ކަމުދާ އަންހެންކުއްޖެށް ފެނުނީ އަހަރެންގެ ވަޒީފާންނެވެ.އެއީ ލައުރީންއެވެ.އެކުއްޖާ ފުރަތަމަ ފެނުނި ދުވަހުވެސް އަހަރެން […]
“ޖެކް އެންމެ ރަނގަޅު ގޮތަކީ ޖެކް ރަހުވާއާ މެރީ” ޝައުން އެހިސާބަށް ބުނުމާއެކު އަޝްޖައު ދެފާރަތަށް ބޯ ހޫރާލިއެވެ. “ޕްލީޒް.” އާދޭހާއެކު އަޝްޖައު ބުންޏެވެ. އަޝްޖައު ކުރުނުކޮށް ކިޔަންފެށުމުން އެންމެ ފަހުން އަހަންނާ ޝައުންއާ ކައިވެންޏަށް އެއްބަސްވީމެެވެ. ތިން މަސް ފަސް……….. “ރަހޫ ވޭކްއަޕް” އަރާމު ނިންޖަކުން އަހަންނަށް ހޭލެވުނީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ދަރިފުޅު ޒައުނާ ހުއްޓާނުލައި ގޮވަން ފެށުމުންނެވެ. ހޭލެވުނެއް ކަމަކު ތެދުވާ ހިތެއް އަހަންނެއް ނުވިއެވެ. “ޒައު ލެޓް މީ ސްލީޕް” މޫނު މަތީގައި ބާލިސް އަޅަމުން އަހަރެން ބުނީމެވެ. “ނޯ ރަހޫ އައި ކާންޓް ލެޓް ޔޫ ސްލީޕް. ޔޫ އާ ގެޓިން މެރިޑް އާފްޓާ ތްރީ ޑޭސް” ތިން ދުވަސް ފަހުން އަހަރެންގެ ކައިވެނި […]
“ކަލޭ…..” ވާހަކައިގެ ތެރެއިން އިޝްރާގެ ގައިގައި ޖަހަން ޒިދާންް މަޅާލި އަތާއެކު އޭނާގެ ވަހަކަ ހުއްޓިގެންދިޔައީ ހަމަ ކުއްލިއަކަށެވެ. ހަމަ އެވަގުތު އިޝްރާއާއި ލުބްނާއަށް ދެލޯމަރާލަމުން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް މިނެޓެއްހާއިރު ވެގެންދިޔައިރުވެސް އޭނާގެ ގަޔަށް އެއްވެސް ހަމަލާއެއް ނޭރުމުން އިޝްރާ ދެލޯ ހުޅުވާލަާ މަޑުމުޑުން އަނެއް ފަރާތަށް އެނބުރުނު ވަގުތު ފެނެނު މަންޒަރުން އަނގަމަތީ އަތްއަޅާލެވުނެވެ. އިޝްރާ ގައިގައި ޖަހަން ޒިދާން މަޅާލައިގެންހުރި އަތުގައި އައިހަމް ހިފަހައްޓައިގެން ހުރިއިރު އިޝްރާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އައިހަމްއަކީ މީގެ ކުރިން މީހެއްގެ ކަމެއްގައި އުޅެ އޭނާއަށް އަނިޔާވިޔަސް އަޅައެއްލާނެ ކުއްޖެއް ނޫނެވެ. އަބަދުވެސް އޭނާ ބުނާނީ މީހުންގެ ކަންކަމާއި ނުބެހި އުޅުމަށެވެ. މީހުންގެ ކަންކަމާއި ބެހިގެން އޭނާއަށް ކިތަންމެ ބޮޑު އަނިޔާއެއް ވިޔަކަސް އޭނާއަށް އަޅާލާފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ކުރިމަތީގައި އެހުރީ ހަމަ އައިހަމްތޯ ޤަބޫލުކުރަންވެސް އޭނައަށް ދަތިވިއެވެ. “ކަލޭ ހަނދާންކުރާތި! ކޮންމެ މީހަކާއި ބެހި އުނދަގޫކުރިއަކަސް އިޝްރާއާއި ލުބްނާއާއި ކުޅެން ނަހަދާތި! އެހެންނޫނީ އެކަމުން ނިކުންނާނެ ނަތީޖާ ވަރަށް ހިތިވާނެ! އެކަން ހަނދާންބަަހައްޓާތި!” އިންޒާރެއް ފަދަ ގޮތަކަށް ބުނެލަމުން އިޝްރާއާއި ލުބްނާއަށް އޭނާއާއި އެއް ހަމައެއްގައި އައުމަށް ބުނެފައި ހިނގައިގަތެވެ. ހިތްހަމަޖެހިފައިހުރެ ލުބްނާއާއި އިޝްރާހިނގައިގަތް ވަގުތު ޒިދާން ބުނެލިއެއްޗަކުން އެ ތިންމީހުންގެ ފިޔަވަޅުތައް ގަނޑުވިއެވެ. “ކަލޭމެން ހަނދަންކުރާތި! ތިހެން ކަލޭމެން ބޭނުންވާގޮތަކަށް ބޭނުންހާ ކުޅިއެއް އަބަދަކު ނުކުޅެވޭނެ އިނގޭ! މީގެފަހުން އަހަރެމެންވެސް އަހަރެމެން ބޭނުން ކުޅިއެއް ކުޅެލާނަން! އޭރުން އެނގިދާނެތާދޯ މޮޅުވަނީ ކޮންބައެއްކަން. ހެހެ…” ޒިދާން ބުނެލި އެއްޗަކުން އައިހަމް ގޮއްމުއްކެވިގެން ދިޔައެވެ. ނަމަވެސް އިޝްރާގެ އެދުމުގެ މަތިން އޭނާ އަޅައިނުލާ ލައިބްރަރީއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ފޮތްތައް ހަވާލުކޮށްފައި ގެއަށް އައި މަގުމަތީގައި އެ ތިންމީހުންގެ ތެރޭގައި ވީ ހަމަހިމޭންކަން އައިހަމްއަކަށް ކަމަކު ނުދިޔައެވެ. އެ ހަމަހިމޭންކަމުގެ ފަހަތުގައި ވީ ސަބަބު އޭނާއަށް ކަނޑައެޅިގެން އެނގުނުނަމަވެސް އެ ހަމަހިމޭންކަން ފޫދުއްވާލުމަށްޓަކައި އޭނާ ވަހަކަދައްކަންފެށިއެވެ. “އިޝް! ދެން އިޝްގެ ރިޒަލްޓް ލިބި ކިޔަވަން ބޭރަށް ފުރަންޖެހޭ ދުވަސްކޮޅާ ދޭތެރޭ ކޮންކަމެއްތަ އޮތީ؟ އަބަދު ގެއަކު ނުތިބެވޭނެއެއްނު!” މާޙައުލުގެ ގޮތުން އޭނާ މުޅިން އެހެން ވާހަކައެއް ފެއްޓީ އެކުދިންނަށް އިތުރު ކަމަކާއިމެދު ފިކުރުކުރަން ދޮރެއް ހުޅުވަން ބޭނުންނުވުމުގެ އިތުރަށް މިހާރު އެކުދިން ކުރަމުންދިޔަ ފިކުރުތަކުން ދުރުކޮށްދެވޭނެ މަގެއް ފެނޭތޯއާއިއެކުއެވެ. އިޝްރަ ހިނިތުންވެލައި މި ބަންދުގައި ކަންތައްކުރަން އެމީހުން ރާވާލާފައިވާގޮތް ކިޔައިދިނެވެ. “ދެން އައީ ކޮންއިރަކު ދަނީ؟” އިޝްރާވެސް ކޮށްލީ ސުވާލެކެވެ. ” ދެން 2 މަސް ފަހުން ދާނީ. މިފަހަރު ދެން ނަސީބުވެސް ގަދައީ ކަންނޭނގެ އިޝްގެ ޗުއްޓީ ދުވަސްކޮޅާ މަގޭ ޗުއްޓީ ދުވަސްކޮޅާ ދިމާވިކަންވެސް. ނޫންނަމަ މަ މިފަހަރު ނޭނގެ ހަދާނެ ގޮތެއްވެސް. ހެހެ…” ބޯކަހާލަމުން ހިނިއައިސްފައިހުރެ އައިހަމް ޖަވާބުދިނެވެ. އެވަގުތު ހިނގަމުންއައިސް އިޝްރާމެން ހުއްޓުމުން އައިހަމްވެސް ހުއްޓުނެވެ. ” އައީ! މީ ލުބޫމެންގެ. ލުބޫ! ދެންދޭ އެތެރެއަށް. މަ މިއަދު ހަވީރު ދާނަން އައީ ގޮވައިގެން ރަށުތެރެ ދައްކާލަން. ރެޑީވައްޗެ އެގަޑިއަށް އިނގޭ! މަ އަންނާނަން ބަލާ. މިހާރު މަގޭ މަންމަވެސް އުޅޭނެ ލަސްވެގެން. އެހެންވެ އިހަށް މި ދަނީ އިނގޭ! ސީޔޫ ލޭޓަރ ގާރލް!” ލުބްނާއަށް ހަނާއަޅާލަމުން އިޝްރާ ބުނެލިއެވެ. އެއަށްފަހު އޭނާގެ ގެއާ ދިމާލަށް މިސްރާބު ޖެއްސެވެ. “އިޝްޔާ! ކޮއްކޮ އަދިވެސް ނާދޭތަ ލައިބުރަރީއަށް ގޮސްފައެއް؟ މިހާރު ކޮންއިރެއް ދިޔަފަހުން؟” ދޮރުމައްޗަށް އެރިވަގުތު މަންމަގެ އަޑު އިވުމުން އިޝްޔާ ހުއްޓިލާ އައިހަމްއަށްވެސް މަޑުކޮށްލަން އެންގީ އެ ދައްކަ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ. އޭނާ ނައިސް ލަސްވެގެން އަދިވެސް މަންމަ ނިކަން ކަންބޮޑުވޭތާއޭ އިޝްރާގެ ހިތަށް އެރިއެވެ. “މަންމާ! ކޮއްކޮ ދިޔައީ އައިއްކޮއާ އެއްކޮށޭ! އެހެންވީމާ އައިއްކޮ އޭނާ ބަލާނެއެއްނު. ގައިމު މަށަށް އެނގޭ އެއްޗަކީ އައިއްކޮ އިޝްދެކެ ނިކަން ލޯބިވާކަން. އެހެންވީމައި އިޝްކޮއަށް ކަމެއް ވިއަކަސް އައިއްކޮ ހުންނަނެއެއްނު އިޝްގެ ސަލާމަތަށް! ދެން މަންމަ އެހަ ކަންބޮޑުނުބަލަ! އެހެންނޫނަސް މިހާރު އެކުދިން އުޅޭނީ އަންނަށޭ!” މަންމަގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އިޝްޔާ ތަފާތު ވާހަކަދެއްކިއެވެ. އެވަގުތު އިޝްރާ ސިޓިންރޫމުން ވަދެގެންއައިސް އޭނާގެ މަންމައަށް ގޮވަލިއެވެ. ” މަންމާ! އަޅުގަނޑު މިހުރީ ހަމަ ގަދަފަދަކޮށޭ! ފޮތްތައް ލާފައި އަންނަމުން މިސްމެންނާ ވާހަކަދައްކާލަން މަޑުކޮށްލީ. އެހެންވެގެން ލަސްވީ” މަންމަ މާ ބޮޑަށޭ މިހަރު ތި ހާސްވަނީ! މިހަރު އިޝް މީ އިޝްގެ އަމިއްލަ ސޭފްޓީ ހޯދަން އެނގޭވަރުގެ ކުއްޖެކޭ! އެހެންވީމައި މަންމަ ތިވަރަށް ހާސްވުމުގެ އެއްވެސް ބޭނުމެއްނެތޭ ކިތައްދުވަހުތަ އިޝް ބުނާނީ؟ އޭނ! ދެން މީގެފަހުން މަންމަ ތިހެން އިޝްގެ ކަންކަމާއި ތިވަރަށް ހާސްވެގެން އުޅެންޏާ އިޝް މަންމަދެކެ ވަރަށް ރުޅިއަންނާނެ އިނގޭ!” އިޝްރާ މޫނަށް ވައްތަރެއް ޖައްސާލަމުން ވާހަކަދެއްކީ އޭނާގެ މަންމަގެ މޫޑު ރަނގަޅުކޮށްލުމުގެ ގޮތުންނެވެ. އެއަށްފަހު ހިނިތުންވެލާފައި އޭނާގެ ކޮޓަރިއާއި ދިމައަށް މިސްރާބު ޖެއްސެވެ. އައިހަމްވެސް އޭނާގެ އަަމިއްލަ ކޮޓަރިއައި ދިމާލަށް މިސްރާބު ޖެހީ ދަތުރު ވަރުބަލިވެފައިވުމުގެ ސަބަބުންނެވެ. ****2 ގަޑިއިރު ފަސް**** ނިދިފައިއޮތް އިޝްރާއަށް ސިއްސައިގެންގޮސް ހޭލެވުނީ އޭނާގެ ފޯނު ބާރުބާރަށް ހަޅޭއްލަވައިގެން އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލަލިއިރު ލުބްނާގެ ނަން އަރާފައި އިނުމުން އިޝްރާ އަވަސްއަވަހަށް އެ ކޯލަށް ޖަވާބުދިނެވެ. “ހަލޯ.” “ހަލޯ އިޝް. ކޮބާ ކޮންއިރަކުން އަންނަނީ؟ މަ މިހުރީ ރެޑީވެގެން މިހާރު؟” ލުބްނާ އަހާލިއެވެ. ” އެބަދަން 15 މިނިޓް ތެރޭގައި.” ލުބްނާއަށް ޖަވާބުދީފައި އިޝްރާ ފޯނުކޯލު ކުރުކޮށްލީ އަވަހަށް ތައްޔާރުވެގެން ދިއުމަށްޓަކައެވެ. (ނުނިމޭ)
އަހަންކީ މާޒީގެ ހިތިނަތީޖާއެށް ލިބިފައިވާ މީހެކެވެ.އެހެންނަމަވެސް މިހާރު އަހަންނަށް ވިސްނިއްޖެއެވެ.އެއީ މީހާ ހަންގަނޑު ކަޅު ވީމާ ކާއެށް މީހެއްގެ މިޒާޖެއް ނޭނގޭނެވެ.މީހާ އަރާ އުސް ފައިވާނަކުން އެއީ ކޮންކަހަލަ މީހެއް ކަމެއް ނޭނގެނެވެ.މީހަކު ދަސް ކުރަންވެސް އެތަށް ދުވަހެއް ނަނގައެވެ.އެކަމް އަހަންނަށް އެހެންނެށް ނުވިއެވެ.އަހަންނައް ބެލުނީ ދޮން މޫނަކަށެވެ.އަހަރެންގެ ލޯތްބަށް އެދި މީހަކު ގޮވަ ގޮވާ ހުއްޓާ އަހަންނަށް އެހެން ފަރި މޫނަކަށް ބެލުނީއެވެ.އަހަރެން އޭނަ އާ ކައިވެނި ކުރީ މޫނުގެ ސިފަ ބަލާފައެވެ.މިހާރު އަހަނަނަށް ލިބިފައިވަނީ […]
ސިހުރޭ، ޖިންނިއޭ، މިއީ އަބަދުވެސް އަހަރެންގެ ކަންފަތަށް އިވޭ އަޑެކެވެ. ކުޑައިރުއްސުރެ ބޮޑުވީ މިކަހަލަ ވާހަކަ އަޑު އަހައަހައެވެ. އަހަރެންނަކީ އުމުރުން ތިންއަހަރު ވީއްސުރެ މިކަހަލަ ވާހަކަ އަޑުއަހައިގެން ބޮޑުވި ކުއްޖެއެވެ. މަންމަ ބުނާ ގޮތުންނަމަ އާއިލާގެ އެންމެނަށްވުރެ އަހަރެން އަނގަބޮޑެވެ. އަހަރެން ވަރަށް ކުޑައިރުގެ ހަނދާންތައް ހުރެއެވެ. އުމުރުން ގާތްގަނޑަކަށް ތިންއަހަރު ފުރުނު އިރުގެ ހަނދާންވެސް ހުރެއެވެ. މިއީ އަހަރެންގެ ވާހަކައެވެ. އަހަންނަކީ ރާއްޖެތެރެއަށް އުފަން އަންހެން ކުއްޖެކެވެ. އަޑު އަހާށެވެ. އޭރު ރަށުގައި ބަނދަރު […]
ދުވެފައި ދިޔަ އަމްރު ފެނުނީ ނިޝާންއާއި އެތަނުގައި ތިބި ދެތިން މީހުންނަށެެވެ. ނިޝާން ވެގެން އުޅޭ ކަމެއް ނޭނގުނު ނަމަވެސް އެނގުނީ އަމްރު ދުވެފައި އެދަނީ ދެންމެ ވަޅުލި މީހާގެ މަހާނަ ކައިރިއަށް ކަމުގައެވެ. އެކަން ވިސްނުނު ނިޝާން އަވަހަކާއި އައިސް އަމްރު ހިފަހައްޓައި އަތުލަފި ކޮއްލައިފިއެވެ. އަމްރު ދެންވެސް މަސައްކަތް ކުރަމުން ދިޔައީ އެތަނަށް ދާށެވެ. ދޭތެރެއަކުން ނިކަތު ބުންޏޭ މަންމައޭވެސް ބުނެލިހެން ނިޝާނަށް ހީވިއެވެ. އަމްރު އުޅެންފެށި ގޮތުން ކައިރީގައި ތިބި މީހުންވެސް ހާސްވި […]
އަސްލު ލޯތްބަކީ ކޮބާ؟ މީ ލޯތްބަކީ މި ވާހަކައިން އަނގޭނެ މީ ލޯތްބަކީ ކޮބައިކަން……….. އާ ދުވަހަކަށް އިރު އެރީއެވެ. ފަތިސް ނަމާދު ކޮއްގެން ނިދި ނިޝާ ހޭލައިފިއެވެ.އަދި ބަދިގެއައް ދިޔައެވެ.އޭނަގެ މަންމަ ރޮށި ފިހަން ހުރިތަން އޭނާއަށްް ފެނުނެވެ.އޭނާ އަވަހއް ގޮސް ތައްޔާރު ވެލައިގެން މަންމަަ އަށް އެހީތެރިވުމަށް އައެވެ.ދެމައިން މަސައްކަތައިގެން ކުރިއައް ދިޔައެވެ. ލިޔާ ހޭލިއެވެ.އަދި ކައިރީގައި އޮތް ފޯނުނަގާ ބަލާލީ ޖަވާބެއް ލިބިއްޖެ ތޯ ނިދަން އޮއްތައްމުން އޭނާ ޝާން އަށް ކޮއްލި […]