އެ ލޯންޗުން ފޭބި ދެފިރިހެން ކުދިން ފެނިފައި ޒޯޔާއާއި ރީނާއަށް އާޝޯހުވެފައި ބަލަހައްޓައިގެން ތިބެވުނީއެވެ. އެ ދެފިރިހެން ކުދިންގެ ކޮޑުގައިވެސް ބޮޑު ދަބަހެއް އަޅުވާފައިވާއިރު ލޮލުގައި މޮޅު އަވިއައިނެއް އަަޅައިފައި ވެއެވެ. އެތަނުން އިސްތަށިގަނޑު ދިގުކޮށްފައި ހުރި ފިރިހެން ކުއްޖާއަތުގައި ގިޓާލާ ދަބަހެއް ވެސް އޮތެވެ. ޒޯޔާމެން އެލޯންޗާއި ކައިރިއަށް އައިސް މަޑުކޮށްލައިގެން ތިއްބެވެ. ފަޔާޒްއާއި އަޔާން ލޯންޗުންފައިބައި އެތާތިބި ދެއަންހެން ކުދިންނަށް ބަލައިލިއެވެ. އަޔާން ޒޯޔާ އާއި ދިމާލަށް އޭނާގެ ކަނާއަތް ދިއްކޮށްލިއެވެ. ” ހެލޯ… […]
21 ޑިސެމްބަރ 2002 އެކުޑަކުޑަ ދާރަ ތަކުގައި ލޯ ޖަހައިގެން ހުރި ރުކާޔަތުގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެގެން ހިނގައިދާނެ ހެންނެވެ. އަނގައިން ބަހެއް ނުބުނެވި ރުކާޔަތުގެ ލޮލުން ކަރުނަގަނޑު އޮހިގަތީ ނިކަތު ދުވަމުން އައިސް ކޮޓިއަށް ވަނީމައެވެ. ތަޝްކީލް އޭރު ދޮރުގައި ހިފައްޓައިގެން އިނީ ދޮރު ހުޅުވިޔަ ނުދޭށެވެ. ކުއްލިއަކަށް ތަޝްކީލް ދިޔައީ ބުރައިގެންނެވެ. އެތެރެއަށް ވަދެގެންއައި މީހާ އޭރު ހުރީ އަލާމާރިއަށް ފުރަގަސް ދީގެންނެވެ. ސަލާމަތް ވާން ތަޝްކީލް ދުވެފައި ދިޔައީ ކޮޓަރީގެ ކަނަށެވެ. […]
07 ވަނަ ބައިގެ ތެރެއިން…… “މީގެފަހުން ނަނާގެ ތިދެލޮލުން ކަރުނަ ބަލާކަށް އަހަރެން ބޭނުމެއްނޫން. އައި ހޭޓް ޓިއަރސް. އަދި އެވެސް ނަނާގެ ލޮލުން. އަބަދުވެސް ބުނަމެއްނު މިކަހަލަ އަގުބޮޑު އެއްޗެހި ވޭސްޓްނުކުރާށޭ….ނަނާއަށް ނޭނގުނަސް ނަނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވަން. މިއަދަކު ނޫން. ސްކޫލު ނިންމާލިއިރު ވެސް. އެކަމަކު އަހަރެން ހުންނާނީ ނަނާ ބެހެއްޓި ހިސާބުގައި. ބެސްޓްފްރެންޑްގެ ގޮތުގައި” ފައިޒަންގެ ވާހަކަތައް އިވުމަށްފަހު ޔަނާލް އިނީ ބަސްހުއްޓިފައެވެ. ފައިޒަން ލޯބިވާ ވާހަކަ ބުނުމުންނެވެ. އޭނާ ހަނދާންވީ ސްކޫލުގައި ކިޔަވަމުން ދިޔަ […]
“އައިހަމް ތީ މި ސްކޫލް މިދިޔައަހަރު ނިންމި ކުއްޖަކަށް ނުވިޔަސް ދޮންތައާއެކު ޕާރޕޯމްކުރާތީ ޗާންސްް ލިބޭނެ.” ލިބާން އެކަށް ޔަގީންކޮށްދިނެވެ. “ސޯ މާދަމާ 9 އަށް އަހަރުން ގެއަށް ދެމީހުން އަންނައްޗޭ! ޑޯންޓް ބީ ލޭޓް އިނގޭ! އިހަށް ދެން އަހަރުމެން ދަނީ އިނގޭ ބާއި ގާއިސް.” އެކުވެރިންނާއެކު ހިތްހަމަޖައްސާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އިޝްރާއާއި އައިހަމް ގެއަށް ދާން ނިކުތެވެ. ގެއާއި ދިމާލަށް މިސްރާބުޖެހިވަގުތު އިޝްރާ އައިހަމްއާއި ވާހަކަދެއްކީ މާދަމާރޭގެ ޝޯއާއި ގުޅޭގޮތުން ސަމާލުވަންޖެހޭ ބައެއް ކަންތައް ހުރުމުންނެވެ. ” އައީ! އހަރުން ސްކޫލްގައި ބައެއް ގާލްސް ނިކަން އޯވަރ ވާނެ. ސޯ ބެޓަރ ޓު ޕްރެކްޓިސް މޯރ ސޯންގްސް. އައިމީން ލައިކް ސޯލޯ ސޯންގްސް. ސޯ ދެޓް ޔޫ ވިލް ބީ ރެޑީ ފޯރ އިޓް އީވެން އިފް ޔޫ ހޭޑް ޓު ޕާރފޯމް. ހެހެ. އައެމް ސޭއިންގް ތިސް ބިކޯޒް ދެއާރ އިޒް އަ ހައި ޕޮސިބިލިޓީ އޮފް ތިންގްސް ހެޕެނިންގް ލައިކް ދެޓް ވިތް ޔުއަރ ސުޕަރ ސިންގިންގް.” ވާހަކައިގައި ހުއްޓާ ހިސާޕަކު ގެއަ ހިސަބަށް އަދެވުމުން އިޝްރާް މިސްރާބު ޖެހީ ކާގެއާ ދިމަލަށެވެ. ޔަގީނުންވެސް މިގަޑީގައި އެންމެން އުޅޭނީ ކާގޭގައި ކަމަށް ވާތީއެވެ. އެއާއެކު އައިހަމް ސިޓިންރޫމަށް މިސްރާބު ޖެހިވަގުތު އިލްފް ގޮވައިގެން އިޒާން އުޅޭތަން ފެނުމުން އިލްފްއައިއެކު ސަކަރާތް ޖަހާލަން އައިހަމް އުޅުނެވެ. އޭނާ ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާތީ ގަތުގައި ކުޑަކުއްޖަކު ހުރެއްޖެނަމަ ކިތަންމެ ގިނައިރަކުވެސް އޭނަ ފޫހިކަމެއްނެތި އުޅެފާނެއެވެ. “ޒާން! އައިކޮ! އިލްފް ގޮވައިގެން އާދޭ ކާން!” ކާގޭގައި ހުރެފައި އިޝްޔާ ގޮވާލުމުން އައިހަމް އިލްފް އުރާލައިގެންހުރެ ކާގެއަށް ދިޔައެވެ. އެވަގުތު ކާއެއްޗެހީގެ ވަސް ދުވުމުން އައިހަމްއަށް ބަނޑުހައިކަން އިހުސާސްވިއެވެ. “ހަދަ ބަނޑުހައޭ! މި އިޝްއާ ހެދި ރަނގަޅަށް ކައިވެސް ނުލެވި މިއުޅެނީ.” ނިކަން ވެލާފައި އިޝްރައާއި ދިމާލަށް އެހެން ބުނެލުމުން އަިހަމްގެ ބޮލަށް އެރީ އިޝްރާގެ އަތުގެ ހޫނު ހަމަލައެކެވެ. ވީތަދުން އައިހަމްއަށް ބޮލުގައި އަތްއަޅައިލެވުނެވެ. “ދެން ތަދުވީއޭ ނުބުނާތި! އިޝްއެއް ނުހިފަހައްޓަން އައީ ކެޔަ ނުދީއެއް. އެއީ އިޝްގެ މައްސަލައެއް ނޫން އައީ ނުކައި ހުރުމަކީ އިނގޭ!” ގޮނޑި ދަމާލާފައި އިށީންނަމުން އިޝްރަ އައިހަމްއަށް ބުނެލީ އަދި ބޮލުގައި ފުއްޓަތްކެއްވެސް ޖަހާލާފައެވެ. އެވަގުތު ކާމޭޒުކައިރީގައި ތިބި އެންމެންގެ ހިިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. “އާނ މަންމާ! އަދި ހަނދާންނެތިފައއޭ މިހިރީ! ބުނީމެއްނު ދޯ މާދަން ރޭ ޝޯއެއް އޮންނަ ވާހަކަ ދޯ! އެޝޯގައި ލަވަކިޔަން އިޝްއާއި އައީއަށް ފުރުސަތު ލިބިއްޖެ. ވަރަށް ކުއްލި ގޮތަކަށް ވީމަ މާދަމާ ހެނދުނު 9 ޖަހައިރު ލުބޫއާއި ބާންއާއި އަންނާނެ މިގެއަށް ޕްރެކްޓިސް ކުރަން. ލުބޫއަށްވެސް ފުރުސަތު ލިބުނު. ބާން މިދިޔަ އަހަރު އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަނަށް ވީމައި މި ޗާންސް އިޝްމެނަށް އަސްލު މި ލިބުނީ. ހަގީގަތުގައި އައީ މަގޭ ކޮއްކޮއަކަށް ވީކަމުން އައީ ވަރަށް ނަސީބުގަދަ. މި ޝޯގައި ޕާރފޯމްކޮށްލަ އައީގެ މަޤްބޫލުކަން އިތުރުކޮށްލެވޭނެ ފުރުސަތެއް އައީ އަށް ތި ލިބުނީ މަގޭ ސަބަބުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ. ހެހެ!” ހިނިގަނޑެއް ޖަހާލަމުން އިޝްރާބުނެލި ގޮތުން އެންމެން ގާތަށްވެސް ހިނިއައެވެ. “އާނ ދެން އެހެންވީމައި މާދަމާ އަހަރުންނަށް މައްޗަށް އެރުން މަނާވީ ދޯ!” ހެމުން ހެމުން އިޒަން އެހެން ބުނެލީ އެންމެފަހުންފަހަރު އިޝްރާ، ލުބްނާ އަދި ލިބާން ސްކޫލް ލަވަ މުބާރާތަށް ޕްރެކްޓިސްކުރަން ތިއްބާ އިޝްރާގެ ފޮތެއް ބަލާ އެކުލާސް ކުއްޖަކު އައުމުން އެވާހަކަ ބުނަން އޭނަ މައްޗަށް އަރައިގެން އިޝްރާ އޭނާއަށް ކޮއްލި ވަރު ހަނދާންކޮށްލަމުންނެވެ. “އާނ! މާދަމާ 9 ގެ ފަހުން މަންމައާ ދޮންތައާ ދޮންތަބޭ އަދި އިލްކޮއަށް އިޝްމެން ޕްރެކްޓިސްކޮށް ނިމުމުގެ ކުރިން މައްޗަށް އެރުން މަނާ! އިޝްމެން ޕްރެކްޓިސްކޮށް ނިމޭ ފަހުން މައްޗަށް އެރިއަކަސް މައްސަލައެއް ނެތް!” ފަހަރަކު މީހަކާއި ދިމާލަށް ވަކިވަކިން ބަލާލަމުން އިޝްރާ ބުނެލިއެވެ. “ދެން މިރޭ ކޮންކަމެއް އޮތީ؟” ކައިނިމިގެން ތަށިދޮންނަން އިޝްރާ ދަނިކޮށް އައިހަމް އަހާލިއެވެ. “އިޝްދެން މި ދަނީ ނިދަން. ދޮންތަބެ ދާންވީނު އައީ ގޮވައިގެން ސައިކަލު ބުރެއް ޖަހާލަން! އައީ އަތުގައިވެސް އޮންނާނެ ލައިސެންސް. ދޯ އައީ!” އައިހަމްއަށް ދޯ ޖަހާލަމުން އިޝްރާ އެހެން ބުނެލުމުން އައިހަމް ބޯ ޖަހާލިއެވެ. “ކައިނިންމައިގެން ދެ ފިރިހެނުން މިސްރާބު ޖެހީ ސައިކަލު ދުއްވާލަން ދާށެވެ. އިޒާންގެ ސައިކަލު ފަހަތަށް އަރައިގެން ދެމީހުން ފުރަތަމަ މިސްރާބު ޖެހީ އިޒާންގެ ރައްޓެއްސެއްގެ ގެއަށް ސައިކަލެއް ހޯދާށެވެ. ސައިކަލު ހޯދައިގެން އެމީހުން ރަށުތެރޭގެ ހުރިހާ ހިސާބެއް ބަލާލުމަށް މުޅި ރަށުތެރޭގައި ދުއްވާލުމަށްފަހު ގެއަށް އާދެވުނުއިރު 10:30 ވެއްޖެއެވެ. އެހެންކަމުން އައިހަމްވެސް ދެން އިތުރަށް މަޑުކުރުމެއްނެތި ނިދަން ދަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އައިސް އައިހަމް އެނދުމަށްޗަށް ވެއްޓިގަތީ ހަށިގަނޑަށް އިހުސާސް ކުރެވެމުންދިޔަ ވަރުބަލިކަމެއްގެ ސަބަބުންނެވެ. އެވަގުތު އޭނާގެ ހަނދާނަށް ވެރިވެގަތީ ލުބްނާއެވެ. މިއަދު ކަންތައް ހިނގި ހުރިހާ ކަމެއް އެވަގުތު އައިހަމްގެ ލޯމައްޗަށް ސިފަކޮށްލެވުނެވެ. ލުބްނާ ހާދަ ތަފާތެވެ. އަންގައިވެސް ލުމަކާއި ނުލާ އޭނާގެ ހުރިހާ އިޙްސާސްތަކަކާއި ކުޅެލައިފިއެވެ. އައިހަމްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ފުޅާ ހިނިތުންވުނެއް ވެރިވިއެވެ. ލުބްނާގެ ޚިޔާލުތަކުގެ ފުން ކަނޑަށް ޣަރަޤުވެގެން އޮއްވާ ހިސާަތަކު އައިހަމްގެ ދެލޯ މެރިއްޖެއެވެ. ****9 ގަޑިއިރު ފަސް**** ސިއްސައިގެންގޮސް އައިހަމްއަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި ހުރި ގަޑި ސޯނާވާން ފެށި އަޑަށެވެ. ގަޑިން 07:30 ވެފައި ހުރުމުން އިތުރަށް ނިދަން ނުހަދާ އެލާމް އޮފްކޮށްލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ރީތިވެލައިގެން ސިޓިންރޫމަށް ނުކުމެލިއެވެ. އޭރު އިޝްރާވެސް އުޅެނީ ސިޓިންރޫމުގައި އިލްފް ގޮވައިގެން ސަކަރާތް ޖަހާށެވެ. އައިހަމް ފެނުމުން އިޝްރާ އައިހަމަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
އިތުރު ގަޑީގައިވެސް މިންހާއަށް އޭނަގެ ފުރިހަމަ ސަމާލުކަން ކިޔެވުމަށް ދެވޭ ގޮތެއް ނުވިއެވެ. އަލޫފް އާއި ޝަމްހާ އާއި ދެމެދު ބަދަލުކުރެވެމުން ދިޔަ ހިނިތުންވުންތަކާއި އެކަކު އަނެކަކާއި ބަދަލުކުރެވެމުންދިޔަ ނަޒަރުތަކުން މިންހާގެ ހިތުގައި އަޅަމުންދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. މޭގެ ތެރޭގައި ތޫނު ތަދެއް އުފެދިފަިވާއިރު ބޮލުގައިވެސް ދިޔައީ އެވަރަށް ރިއްސަމުންނެވެ. އިރުއިރުކޮޅުން ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިނދަން މިންހާ ދިޔައީ އޭނައަށް ކުރެވުނު ވަރަކަށް މަސައްކަތްކުރަމުންނެވެ. މިންހާގެ އެ ހާލަތު ފެނި އަޝްރާގެ […]
“ހީވަނީ މަންމަ ހުންނާނީ ސިންގަޕޯރ ގަހެން. އެއީ މެލޭޝިޔާގަ އުޅުނު ދުވަސްވަރު މަންމަ ވަރަށް ސިންގަޕޯރ އަށް ގޮސް ހަދާނެ. އެތާނގަ މަންމަގެ ވަރަށް ގިނަ ފްރެންޑުންވެސް އުޅޭނެ.” މުޙްސިން އެއްދުވަހު ސިޓިންގް ރޫމުގެ ސޯފާގައި މިރްޒާނާއެކީ އިނދެ އޭނައަށް ލަފާ ކުރެވުނު ގޮތް ކިޔައިދިނެވެ. އެއާއެކު މިރްޒާނަށް އެކަމާމެދު ވިސްނެން ފެށިއެވެ. މުޙްސިނާއިއެކީ އެ މަންޒިލަށް ދާން މިރްޒާނަށް ވަގުތުން ނިންމުނެވެ. އެހެނަސް އޭނައަށްވަނީ އެ އަހަރުގެ އަހަރީ ޗުއްޓީ މުޅިން ނެގިފައެވެ. ހިނގަމުން ދިޔަ […]
އާޅެން ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޢަދަދު ނުވާހާ ގިނަނިއުމަތް ލިބުނުމެއެވެ. ބުނަން ދަތި އިޙްސާސްތައް ކުރެވުނު މެއެވެ. ދުރަށް ވިސްނުނުކަން ހާދަ ރަގަޅެވެ. ﷲ އީ އެންމެންގެ މަދަދު ވެރިޔާއެވެ. ލުންގި ފަތުރާލައިގެ ތިބީމުއެވެ. ތުނބުން ފުމެލި އަޑެއް އެހީމުއެވެ. ފީކޯތްކުޅެން އުޅުނު ބަޔަކު ދުށީމުއެވެ. ހުރިހާ ދިމާއަކުން އަޑެއް އިވޭހެން ހީވިއެވެ. ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. ދުރުން މާދުރުން ދޯދިތަކެއް އެޅޭހެން ހީވިއެވެ. މާނައެއްނެތް ހީތަކަކަށް ނުވާނެކަން ގައިމެވެ. ގެންނަ […]
06 ވަނަ ބައިގެ ތެރެއިން….. “ޕްލީޒް ފައި. މިހާރު އަހަރެންނަށް އިހުސާސް އެބަ ކުރެވޭ އަހަރެންނަށް މިކަންތައް ސިއްރުކޮށްގެން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އަހަރެންނަށް މަޢާފްކުރޭ. އަހަރެން ހުރިހާ ވާހަކައެއް ފައި އަށް ކިޔާދޭން ބޭނުން” ޔަނާލް ފައިޒަންގެ ބުރަކަށީގައި ލައްވެގެން ހުރެ ބުނަމުން ދިޔައެވެ. “ޕްލީޒް ނަނާ! ދެން ހުއްޓާލާ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް ދެން ކިޔާނުދިނަސް. އަހަރެން މަޖުބޫރެއް ނުކުރަމެއްނު. ނަނާ ތޮގޮތަށް ފޮރުވިގެން ބޭނުން ދުވަހެއް ވަންދެން މިގޭގައި އުޅެވޭނެ. މިގޭ […]
ލޯންޗު ކަނޑިންމައިން ނިކުތުމުން ޒޯޔާމެން ގެއަށްދާން ހިގައިގަތެވެ. އެވަގުތު އިވުނު ބާރުގަދަ އަޑުފަށްގަޑުން ޒޯޔާމެންނަށް ސިއްސައިގެން ގޮސް އަޑުއައި ދިމާލަށް ބަލައި ލެވުނެވެ. ފެނުނު މައްޒަރުން ޒޯޔާގެ ފައިން ވާގިދޫވެގެން ހުރިތަނަށް ތިރިވެވުނެވެ. ރީނާއާއި ފާޒިޔާއަށް ވެސް ވީ ޒޯޔާއަށް ވީވަރެވެ. އެދެމީހުންނަށް ވެސް ޒޯޔާ އާއި އެއްހަމައެއްގައި އިށީދެވުނެވެ. ޒޯޔާ ރޮއެގަނެފަ ފާޒިޔާ ގައިގައި ބައްދައިގަތެވެ. އަދި އެއްއަތުން ޒުލޭޙާމެން ދިޔަ ލޯންޗާއި ދިމާލަށް އިޝާރަށް ކުރަމުން ދިޔައެވެ. އެލޯންޗުގައި ވަނީ ހުޅުހިފާފައެވެ. އެވަގުތު އެތާހުރި […]