މިތުރުންނޭ ހޭލާށޭ ތޫފާނޭ ބޯމަތިވީ މާދަން ވާނޭގޮތްތައް އެކަކަށްވެސް އެނގުމެއްނެތް ފަހު ތާރީޚެއްގައި ބޯ މަތިވީ ބޮޑު ވި ނުރައްކާ ނަވާރައޭ ކޮވިޑުން ނަން ދެވިފައިވީ އެ ވައިރަހަށް ދުނިޔޭ ކަންކޮޅުތަކުގައި ޖެހިގެން ދުނިޔެ އަޅައި ދާ އިންސާނުން ގިނަވެދަނީ މި ވައިރަހުން ނޭ ތެދެކޭ ރާއްޖޭން ވެސް ފެނިގެންގޮސް މާލޭން ވެސް އަދު ފެނުނީ މި ނުރައްކާ ބޮޑުވެދަނީ އަޅެ ކަތުނޭ ވިސްނަބަލަ މިކަމުގަ އެއްވެސް މީހަކު އިސްތިސްނާ ވެފަ […]
މި ޚިޔާލުތައް އައިސް އޭނާގެ ސިކުނޑި ވަށާލުމުން ލުބްނާއަށް ދުއްވައިގަނެވުނީ އިޝްރާ ހުރި ބެކްސްޓޭޖާއި ދިމާލަށެވެ. 5 މިނިޓް ތެރޭގައި އަންނާނަން ކަމަށް ބުނެފައި ލިބާން ދިޔަފަހުން މިހާރު 5 މިނިޓް ވެފަަިވާތީ، ލިބާން މިހާރު ހުންނާނީ އިޝްރާގެ ގާތުގައިކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ ދެން އޮތީ އިޝްރާގެ ފުރަތަމަ ހުށަހެޅުންކަން ހަނދާންވެފައެވެ. އެއްވެސް ހާލެއްގައި އެ ހުށަހެޅުން ކުޑަތަންކޮޅެއް ވެސް ލަސްވާކަށް ލުބްނާ ބޭނުމެއް ނޫނެވެ. އެހެންކަމުން […]
” އިޝް! ބާންއަށް އެނގޭ އިޝް ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެގެން ނޫޅޭކަން. ކުއްޖަކު ދެކެ ލޯބިވެގެން ވެސް ނޫޅޭކަން. އެކަމަކު ބާންއަށް އިޝްދެކެ ވަރަަށް ބޮޑަށް ލޯބިވެވިއްޖެ. ދެން ގޮތް ނިންމާނީ އިޝް! އިޝް ކޮންމެ ގޮތަކަށް ނިންމިއަކަސް ބާން އެކަން ހެޔޮހިތުން ޤަބޫލުކުރާނަން. އެނގޭ މިހާ ކުއްލިގޮތަކަށް ކަންތައްތައް ވީމައި ގޮތެއް ނިންމަން އިޝްއަށް އުނދަގޫވާނެކަންވެސް. އިޝް ބޭނުންވަރަކަށް ބާން، އިޝްއަށް ޓައިމް ދޭނަން. އިޝް ގޮތެއްް ނިންމާފައި އަންގާލާ. ބާންއެއް އިޝްއަކަށް ދެނެއް ނުގުޅާނަން. […]
އައި ނޯ އައި ކޭން ޓްރީޓް ޔޫ ބެޓަރ، ބެޓަރ ދޭން ހީ ކޭން، ބެޓަރ ދޭން ހީ ކޭން،” ލިބާން، ލަވަ ކިޔާ ނިންމާލުމުން މުޅި ތަން ހީވީ ކެކި އަރައިގަތް ހެންނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލެއްވުނު އެންމެ ގަދައަކަށް އަޑު ލައްވަމުން ދިޔައިރު އެތަނުގައި އެކަކު ދައްކާ ވާހަކައެއް އަނެކަކަށް އަޑު ނީވޭނެކަން ގައިމެވެ. ” އާދެ! އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ތަފާތު، ފާހަގަކޮށްލެވޭ ފަދަ ޝޯއެއް ފެށުމުގެ ޝަރަފު، އަނެއްކާވެސް […]
” ތުއްތަ އަކަށް ނޭނގޭނެ ބާން ތުއްތަމެން މަތިން ހަނދާންވީ ވަރެއް! އައި މިސްޑް ޔޫ ބޯތް އަ ލޮޓް! އެހެންވެގެންނޭ އޭރު ޝޯއިން ޗާންސް ދީފައި އަންނަން ބުނީ! އަދި ދޮންތަމެންނަކަށްވެސް ނޭނގޭނެ ތުއްތަމެން އަންނަކަމެއް! އައި ޑިޑިންޓް ޓެލް ދެމް! އެމީހުންނަށް ސަޕްރައިޒެއް ދޭންވެގެން ނުބުނީ! އެހެންވީމައި ތުއްތަމެން ތިބެންޖެހޭނީ ބެކްސްޓޭޖުގެ މި ފަޅީގައި. އެއީ ދޮންތަމެންވެސް މިރޭ ޕާރފޯމްކުރާނެ. ދޮންތަމެން ތިބޭނީ އަނެއް ފަޅީގައި. ބާންވެސް ހުންނާނީ ދޮންތަމެނާއެކު. އޭރުން އެމީހުންނަށް ޝައްކެއް […]
“ދެން މާ ވާހަކަ ގިނަނުކޮށް ނަމާދަށް ދޭ! މި ދޮންބެވެސް ކުޑަކުއްޖެއްހެން ހުރެދާނެ ވަގުތު ފާއިތުވެގެން ދަންދެން!” އިޝިރްގެ ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު އިޝްރާ އަވަހަށް ދޮރު ލައްޕާލީ އެނޫން ގޮތަކަށް އިޝިރް އެތަނުން ގުޑައިނުލާނެކަން އޭނާއަށް އެނގޭތީއެވެ. އަޅައިގެން ހުރި ދޮޅިއާއި އިސްޓާކީނު ބާލައި މުސައްލައިގެ ތެރެއަށް ލުމަށްފަހު އިޝްރާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ފޯނު ނަގާ އެކޮޓަރިއަށް އައުމަށް އެދި ލުބްނާއަށް މެސެޖް ކޮށްލަމުން މިރެއަށް ޚާއްޞަކޮށް ފެހި ހެދުން ގަޔަށް މަހާލައި […]
” މިހާރު ނިކަން ހަމަޖެހިލައިގެން ތިބެގެން ދޮންތަބެ ބުނީމައި ފަހަރަކު މީހަކު ވީގޮތް ކިޔައިދޭނީ! އެނގޭ! ދެން އެކަކުވެސް ނުވާނެ އަނެކަކު ވާހަކަ ދައްކާއިރު އެއްވެސް ވާހަކައެއް އޭގެ ތެރެއިން ފައްޓައިގެނެއް! އެންމެނަށްވެސް ވާހަކަދައްކަން ފުރުސަތު ލިބޭނެ! އެހެންވީމައި އެންމެ ފުރަތަމަ އިޝްކޮ ކިޔައިދީ ކަން ހިނގިގޮތެއް! މިތިބަ ދެ ފިރިހެނުންނާއިމެދު ތި ކުރެވޭ ޝައްކެއް ކުރެވޭ ސަބަބަކާއި ވެސް އެކު!” އިޒާން ހަގީގަތުގައި އިނީ މާ ސީރިއަސް ވެގެނެއް ނޫނެވެ. އޭނާ އައިސް ގެއަށް ވަނީ […]
ބަންގީގެ މަތިވެރި ކަލިމަތަކުގެ އަޑާއެކު އެންމެން އަވަސްވެގަތީ ނަމާދާށް އެރުމަށެވެ. ތިން ފިރިހެނުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއިރު އަންހެންވެރިން އެއްވީ އަލީޒާގެ ކޮޓަރިއަށެވެ. ހުރިހާ ނަމާދެއްވެސް އޭގެ ވަގުތަށް ޖަމާޢަތުގައި ކުރުމަކީ އެގޭ އެންމެންގެ ކަށީގައިވެސް ހިފައިފައިވާ ވަރަށްް މަތިވެރި އާދާއެކެވެ. ނަމާދުން ފައިބާ އަވަދިވެގެން އަންހެންވެރިން ނުކުތްއިރު ފިރިހެންވެރިން އައިސް ސޯފާގައި އޮލަ ވާހާކައިގައި ތިއްބެވެ. އެންމެން އެކުގައި ކާގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ދުވި މީރު ވަހުންވެސް ބަނޑުފުރިދާހާވިއެވެ. އެއްފަހަރާ 8 މީހުނަށް […]
އެންމެހާ ލޮބުވެތި ކިޔުންތެރިންނަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. އިޝާ މިދުވަސްކޮޅު ސްކޫލްގެ އެކިއެކި ކަންކަމުގައި ފުދޭވަރަކަށް ގިނަވަގުތު އުޅެންޖެހޭތީވެ ވާހަކަ ލިޔުމަށް ދޭންޖެހޭ އެންމެ ފުރިހަމަ ސަމާލުކަން ދިނުމުގައި މިވަނީ ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން 11 ވަނަ ބަޔަށް ފަހު އަޅުގަނޑަށް މިވާހަކަ އިން ނެރެވޭނެ ނަމުގެ އުންމީދުތައް އޮތީ ކޮންމެ ހަފުތާއަކު އެއް ބައެވެ. ނަމަވެސް މީގެފަހުން ނެރޭނެ ބައިތައް ކިޔުންތެރިން ހިތްހަމަޖެހޭވަރަށް ދިގުކޮށްދޭނޭކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް […]