Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……………! (5 ވަނަ ބައި)

Ishaaa Level 210 Stories
January 19, 2019 One Min Read
14 Comments

” އެބަދަން 15 މިނިޓް ތެރޭގައި.” ލުބްނާއަށް ޖަވާބުދީފައި އިޝްރާ ފޯނުކޯލު ކުރުކޮށްލީ އަވަހަށް ތައްޔާރުވެގެން ދިއުމަށްޓަކައެވެ.

ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރާ ރީތިިވެލައިގެން އިޝްރާ ނިކުތްއިރު އައިހަމް އިނީ ތައްޔާރުވެގެން ނިކުމެ އޭނާގެ އިންތިޒާރުގައެވެ. ދެމީހުން އަވަހަށް ލުބްނާމެންގެއާއި ހިސާބަށްދެވުނުއިރު ލުބްނާ ހުރީ ލަސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިޝްރާ ފެނުމުން އެންމެ ފުރަތަމަވެސް އައިސް ޝަކުވާ ކޮށްލިއެވެ.

” ތީ 4 އަށް ރެޑީވާން ބުނި މީހާއަށް ވީ ވަރު. މިހާރު މަ މިތާ އިންއިރު މީހަކު ނިދާފައި ހޭލައިގެން ތައްޔާރުވެގެންއަންނަހާވެސް އިރުވެއްޖެ!” ލުބްނާއަށް ބަލައިލެވުނީ އައިހަމްއާއި ދިމާލަށެވެ. މެރޫން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްގައި އޭނާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލާފައިވާ އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހިސާބަށް އޮޅާލާފައިވީއިރު އެ ރީތި މުލައްދަނޑިން ބައެއް ހާމަވެފައިވިއެވެ. އައިހަމްގެ ރީތި ސޫރަ ފެނުމުން މީގެ ކުރިން އޭނާގެ ހިތަށް ނުވާ ގޮތެއް ވެލިއެވެ. އޭނާގެ ޒުވާން ހިތުގައި އާ އިހުސާސްތަކެއް ކެކި އުތުރިއަރައިގަތް ކަހަލަ އިޝާރާތެއް އޭނާއަށް ވެލިއެވެ. މީގެ ކުރިން ފިރިހެން ކުއްޖަކާއިމެދު ދުވަހަކުވެސް ނުވިސްނާ ލުބްނާއަށް މިއަދު އަލަށް ފެނުނު އައިހަމް އާއި ދޭތެރޭ ވިސްނެން ފެށުނީތީ ޚުދު އޭނާވެސް ހައިރާންވިއެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ކަޅި ތިރިކޮށްލާ އިޝްރާގެ އަތުގައި ޖަހާލަމުން “ދެންވެސް އަވަހަށް ދާން ހިނގާށޭ” ބުނެލިއެވެ. ޙަޤީޤަތުގައި އޭނާ އެހެން ބުނީ އެގޮތުގައި އިތުރަށް ހުރެގެން އޭނާ އެއްވެސް ގޮތަކަށް ފާފައަކަށް ހުށަހެޅެން ބޭނުންނުވާތީއެވެ. އޭނާ ހެދުންއެޅުމުގެ ވައްޓަފާޅީ މުޅިން ބަދަލުކޮށް އަބާޔާ ލާންފެށީވެސް އެ މަޤްޞަދުގައެވެ. ތިން ޒުވާނުން އެކުގައި ހިނގައިގަތީ މިއަދު ދާނީ އަތިރިމަތީގެ ހިސާބުތައް ބަލައިލާށޭ ކިޔަފައެވެ. ހިނގަމުންދިޔައިރު އިޝްރާ ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް ލުބްނާއަށް ސަމާލުކަމެއް ނުދެވުނެވެ. ލުބްނާއަށް އިޝްރާ ދޯ ޖަހާލުމުން އާނ، ހޫން ލައްވައިލާ ފަހަރު ފަހަރު ފިޔަވާ އިތުރު އެއްވެސް ވަގުތަކު އޭނާއަށް އެތާ ދެކެވޭ ވާހަކަތަކަކަށް ސަމާލުކަމެއް ނުދެވެއެވެ. މިއަދު އޭނާ އަށް މިވާ ގޮތާއިމެދު އޮޅުންބޮޅުން އަރާފައި ހުއްޓާ އަތިރިމައްޗަށް ދެވުނެވެ. އިރުއޮސެންދާ ވަގުތު ގާތްވެފައިވުމުން ހުޅަނގު ފަރާތުން ފެންނަމުންދާ މަންޒަރުތަކުން ހީވަނީ ރަންވިރުވާ އަޅާފައި އޮތް ހެންނެވެ.  އޭގެ އިތުރަށްޖެހެމުންދާ ފިނިރޯޅިތަކުން މި ހަވީރުގެ ހިތްފަސޭހަކަން ހަމަވަމުން ދިޔައެވެ. އިޝްރާ ގޮސް އެތާހުރި މަގޫގަސް ފީންޏެއްގެ ބުޑުގައި އިށީނދެލީ ” މިރޭ އިންސްޓަ އަށް ލާން ސަޅި ފޮޓޯކޮޅެއް ލިބޭނޭ” ކިޔާފައި އައިހަމް ފޮޓޯ ނަގަން ފެށުމުންނެވެ. އިރުއޮއްސޭ މަންޒަރުގެ ފޮޓޯނަގަން އައިހަމް ހުރިއިރު ލުބްނާ ގޮސް ހުރީ އަތިރި މަތީ ރާޅުޖަހާ ހިސާބުގައެވެ. ހިތްފަސޭހަ މާހައުލަކަށް ކިތަންމެ ކުޑަ ވަގުތުކޮޅަކަން ނަމަވެސް އާދެވުމުން އޭގެ ބޭނުންހިފާ ހިތަށް ހިތްހަމަޖެހުން ހޯދަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އިޝްރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ އޭނާގެ އާއިލާއާއި އެކުވެރިން މިއަދު އުޅެމުންދާ އުފާވެރިކަން އިހްސާސްކުރެވިފައެވެ. އެއާއެކު މި އުފާވެރިކަން އަބަދުމެ އެގޮތުގައި ލެހެއްޓެވުމަށް އެދި ﷲގެ ޙަޟްރަތުގައި ހިތާހިތުން ދުޢާކުރަމުންނެވެ. އެވަގުތު ވީ އައިހަމް އެކި ހިސާބުތަކުގެ ފޮޓޯނަގަމުންގޮސް އިޝްރާއާއި ދިމާލަށް ކެމެރާ އަނބުރާލެވެނު ވަގުތަށެވެ. އިޝްރާ އިންގޮތުން އައިހަމްގެ ގާތަށް ހިނިއައެވެ. އަދި އިޝްރާއަށް ނޭނގޭނެހެން އެކިގޮތްގޮތަށް އިޝްރާގެ ފޮޓޯ ނެގީ ފަހުން ދިމާކޮށްލާނަމޭ ހިތައެވެ.

އިޝްރާގެ ފޮޓޯ ނަގައި މަޑުމަޑުން އެނބުރިލި ވަގުތު އައިހަމްގެ ލޮލުގައި އަޅައިގަތީ އެއްއަތުން ފައިވާން ހިފަހައްޓާލައިގެން މޫދާއި ދިމާލަށް ބަލަހައްޓައިގެންހުރި ލުބްނާއެވެ. ލުބްނަ ފެނުމުން އޭނާއަށް މިވަނީ ކީއްބައެވެ. އެހެން އަންހެންކުދިން ފެނުމުން ނުވާފަދަ އެތައް ގޮތެއް ލުބްނާ ފެނުމުން އޭނާގެ ހިތަށް އެބަ ވެއެވެ. މިއަދު ލައިބްރަރީއިން އައިސް ހިނގާލަން އައުމާ ދޭތެރެވެސް އޭނައަށް މުޅިންވެސް ކުރެވުނީ ލުބްނާގެ ޚިޔާލެވެ. އޭނާ އެންމެ ހައިރާންވަނީ މިއަދުގެ ވަގުތެއްގައި އަލަށް ބައްދަލުވި މި ކުއްޖާއާއި ދޭތެރޭގައި އެހެން އެކަކައިމެދުވެސް ނުވިސްނާ ވަރަށް ވިސްނޭތީއެވެ. އެވަގުތު އިޝްރާ އައިހަމްއާއި ލުބްނާއަށް ގޮވާލަފައި “ދެން މިތާ މިހެން ނުތިބެ ކުރިއަށް ހިނގައިގަންނަން ވީނޫންހޭ” ބުނެލުުމުން އައިހަމްއަށް ހަމަބިމަށް އާދެވުނެވެ. އެވަގުތު އޭނާއަށް ލުބްނާގެ ފޮޓޮއެއް ނެގުނީވެސް ބޭއިޚްތިޔާރުގައެވެ.

“އިޝް! ލުބޫ ބޭނުމީ ރަޅުބީއްސާ ހިސަބުން ހިނގަލަފައި ދާން! އޯކޭތަ؟ އައިހަމްއަށް ހިނިތުންވެލެވުނީ ލުބްނާ މޫދަށް ޝައުޤުވެރިކަން ހުންނަ މިންވަރު އެނގިފައެވެ. އައިހަމްވެސް ޙަޤީޤަތުގައި މޫދަށް ވަރަށް ފޯރި ހުރެއެވެ.

“އެއީ ތެދެއް އިޝް! އައީ ވެސް ވަރަށް ގިނަދުވަސްވެއްޖެ މޫދާއި ދުރުގައި އުޅެނީ! އައީ ވެސް ބޭނުމީ މޫދު ކައިރިން ހިނގާލާފައިދާން! ޕްލީސް އިޝް!” އެ ޖުމްލަތައް ޙަޤީޤަތުގައި އައިހަމްގެ އަނގައިން ބޭރުވީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އޭނާއަށް މިއަންނަ ބަދަލުތަކާއިމެދުގައި އަމިއްލައަށް ހައިރާންވެފައި ހުންނަންޖެހޭވަރުވެސް މިހާރު އެބަ ވެއެވެ.

“ހޫން ތިވަރަށް ކުސްނުތެޅުވިއަކަސް އިޝްވެސް މިއުޅެނީ އަތިރިމަތިން ލާފައި ދާށޭ! ހިނގާބަލަ އަވަހަށް!” އައިހަމްގެ ކޮނޑުގައި ޖަހާލަމުން އިޝްރާ އެހެން ބުނެލާ ހިނގައިގަތެވެ. އިރުއޮއްސެންގާތްވެފައިވުމުން އެމީހުން ނިންމީ އަތިރި ފަޅިން ލާފައިގޮސް ގެއަށް ދިއުމަށެވެ. ނަމަވެސް އައިހަމް އެދުނީ އައިހަމް ނަމާދުކޮށްގެން އައންނަންދެން އިޝްރާ ލުބްނާމެން ގޭގައި މަޑުކޮށްލުމަށެވެ. އަދި ބަލައިގެންދިއުމަށް ބުނެ އައިހަމް އެތާ ކައިރީ ހުރި މިސްކިތަކަށް ވަނެވެ. ދެކުދިން ހިނގަމުންގޮސް ލުބްނާމެންގޭގައި މަޑުކޮށްލީ އައިހަމްގެ އެދުމުގެ މަތިންނެވެ. ލުބްނާގެ އެދުމުގެ މަތިން އިޝްރާ ލުބްނާގެ ކޮޓަރިއަށް ދާން އުޅެނިކޮށް ލުބްނާގެ އެއްމާބަނޑު ކޮއްކޮ ލިބާން ގިޓައެއް ހިފައިގެން އައިސް ސޯފާގައި އިށީނދެ އެ ދެކުދިންނަށް ގޮވާލިއެވެ.

“ދޮންތާ! އިޝް! ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ!” ލިބާން ބުނެލިގޮތުންވެސް އިޝްރާގެ ގާތަށް ހިނިއެވެ. އެވަގުތު ލުބްނާ ލިބާން ކައިރީ ލުބްނާގެ ކޮޓަރިއަށް އައުމަށް ބުނުމުން ލިބާން އެމީހުންގެ ފަހަތުން އައިސް ލުބްނާގެ ކޮޓަރިއަށް ވަދެ ކޮޓަރީގައި ހުރި ލެވެންޑަރ ކުލައިގެ ސޯފާގެ މައްޗަށް ވެއްޓިގަތެވެ. ލުބްނާ ޕިސް ޕިސް ލައްވަލުމުން ބޯހޫރުވާލިއިރު އިޝްރާއަށް ހަމަ ރަނގަޅަށް ވެސް ހެވުނެވެ. އެތިންކުދިންނަކީވެސް އެއް އުމުރެއްގެ ތިން ކުދިންނަށް ވުމުން އެކަކު އަނެކަކާއި ވަރަށް ގުޅެއެވެ. މިއަދާއިހަމައަށް އައި އިރު އެ ތިންކުދިންނަށް ވަނީ އެކިކަކަންކަމުގައި އެކަކު އަނެކަކުގެ ގެއަށް އައިސް ގޮސް އުޅެއުޅެ އެކުދިންގެ މައިންބަފައިންނާވެސް އެކުވެރިވެފައެވެ. ލުބްނާއާއި ލިބާންގެ މައިންބަފައިންނަކީ އިޝްރާގެ މައިންބަފައިން ފަދައެވެ. ހަމައެފަދައިން އިޝްރާގެ މަންމައަކީ ލުބްނާއާއި ލިބާންގެ މަންމަ ފަދައެވެ.

އިޝްރާގެ ބައްޕަ އިޒްހަރްއަކީ އެންމެ ކުރީއްސުރެވެސް ކޮންސްޓްރްކްޝަން މަސައްކަތުގައި އުޅެމުންދިޔަ މީހެކެވެ. އެއްދުވަހު މަސައްކަތު ގޮސްފައި މާގިނައިރެއްނުވެ މީހަކު ދުވަމުންއައިސް އަލީޒާ ގާތު ބުނީ ކޮންކްރީޓް ގަލެއް ވެއްޓި އިޒްހަރްގެ ބޯފަޅައިގެންގޮސް ހޮސްޕިޓަލަށް ގެންދެވިފައިވަ ވާހަކައެވެ. އޭރު އަލީޒާ އިނީ އިޝްރާއަށް ބަލިވެއެވެ. އަދި އިޝްޔާއަށް 15 އަހަރެވެ. އިޝިރްއަށް 7 އަހަރެވެ. ބޮލށް ލިބުނު ގެއްލުމެއްގެ ބޮޑުކަމުން އެދުވަހު އިޒްހަރް މި ދުނިޔެ ދޫކުރީ އަލީޒާއާއި އޭނާގެ 3 ދަރިން ހަވާލުކޮށްފައެވެ. މިއަދު އިޝްޔާއަކީ އަމިއްލަ ދިރިއުޅުމެއް ފަށައިގެން އުޅޭ މީހެކެވެ. އިޝިރްގެ މަތީ ތަޢުލީމުގެ ދުވަސްތައް ކަޑައްތުކުރަކުންދާއިރު އިޝްރާވެސް މި ފެށޭ އަހަރު މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ބޭރަށް ފުރާނެއެވެ. އިޒްހަރް އަލީޒާއާއި ހަވާލްކުރި ބޮޑު އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދީ ނިމުމުގެ ވަގުތު ވަރަށް ކުޑަތަންވެއްޖެއެވެ. އިޝްރާއަށްވެސް ދިރިއުޅުމެއް ފެށޭ ދުވަހުން އަލީޒާގެ ދިރިއުޅުމުގެ މަޤްސަދު ހާސިލްވެގެންދާނެއެވެ.

“އާނ ކީއްކޮށްދޭންވީއޭ!” ލުބްނާގެ ކޮޓަރީގައި ހުރި ކުއިން ސައިޒުގެ ބޮޑު އެނދުގައި އިށީނދެލަމުން އިޝްރާ އަހާލިއެވެ. އޭރު ލުބްނާހުރީ އޭނާ އަޅައިގެންހުރި މެރޫންކުލައިގެ ޝޯލް ނަގާށެވެ. “މީ…. ވަރަށް ބޮޑުކަމެއް! ނޭނގެ ތިދެމީހުންނަށް ވާނެކަމެއްވެސް!”  އަތުގައިއޮތް ގިޓާގެ ނަރުތަކައި ކުޅެލަމުން ލިބާން އެހެން ބުނުމުން ލުބްނާ ޝޯލްގައި އިން ފަހު ޕިން ވަކިކޮށްލަމުން ލިބާންއާއި ދިމާލަށް އެނބުރިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ishaaa

Level 210 Stories

Never loose hope. Dream high and think outside the box. Look for ways you can achieve your targets and dreams. When there is a will, there is a way. Where there is life, there is hope. So dream high and think creatively till the last breath of your life as you will lways have a chance to achieve them. You'll never know what you can do, unless you give a try. So go and try what you want. There will always be some haters being hateful. Ignore them and hold on to what will help you shine bright. Trust yourself forever and keep shining brightly. -Ishaaa-

Other Articles

Previous

ވިސްނުނީއެވެ.3 ފަހުބައި

Next

ބުނެދެންހޭ… 6

Next
January 19, 2019

ބުނެދެންހޭ… 6

Previews
January 19, 2019

ވިސްނުނީއެވެ.3 ފަހުބައި

14 Comments!

  1. Matey says:
    January 19, 2019 at 6:57 pm

    Vvv reethi

  2. Ishaaa says:
    January 19, 2019 at 8:18 pm

    Thanks. Maadhamaa Annebbai nukunnaane kiyaalacchey

    1. Rifu says:
      January 19, 2019 at 8:38 pm

      In Shaa Allah. Up vaa irah kiyaalaafa comment kollaanan

  3. Rifu says:
    January 19, 2019 at 8:30 pm

    vvvvvv reethi Ma Shaa Allah. Keep it up Ishaaa. ???

  4. Ishaaa says:
    January 20, 2019 at 5:56 am

    Thanks a lot Rifu.

    1. Rifu says:
      January 20, 2019 at 9:15 am

      Welcome ishaaa

  5. Ishaaa says:
    January 20, 2019 at 6:07 am

    Dear Readers, Nuhanu keitheri kamaaieku mi vaahakaige 6 vana bai nikunnaane vaguthakkah inthizaaru kuravvaakan alhugandah engey .Namaves nuhanu maafaai eku adhi mikamaai medhu nuhanu hithaama kuraa haalugai alhugandu dhannavaalan jeheynee alhuganduge schedule hamajehifaivaa gothun miadhu mendhuru fahu 2 ge kurin vaahaka up eh nukoddheveyney. I’m really sorry to say this but I give you the guarranty that I will up the story by 2 of today. And thank you all for the love and support you’ve given to me through these few days. Please keep on supporting like that. It will be a way for me to improve in this career.

  6. T says:
    January 20, 2019 at 3:17 pm

    It’s OK Ishaa things happen for good we just need to have patience… Overall insha Allah u will be a great writer… Ur stories are beautiful MASHA ALLAH ☺️☺️☺️

    1. Ishaaa says:
      January 20, 2019 at 4:48 pm

      Thanks a lot T

  7. T says:
    January 20, 2019 at 3:56 pm

    Ishaa Kong irakutha 6 vana bai up kurany

    1. Ishaaa says:
      January 20, 2019 at 4:50 pm

      6 vana bai up kuran miadhu 13:30 gai hushahalhaifin. Baeh faharu emeehun vvvv lahun up kurany. But I hope they will upload it soon T

  8. T says:
    January 20, 2019 at 6:55 pm

    Your welcome Ishaa…. I guess I have to have patience till then it’s just that your story is sooo beautiful I just can’t wait… I wish those ppl will upload it soon…. Love u lots my great writer ishaa??pls don’t mind cux am a girl

    1. Ishaaa says:
      January 20, 2019 at 7:39 pm

      He,He, It’s all fine. Checking the comments from my story readers and followers makes me feel a lot better and it helps me a lot to improve in this career. Thank you so so so so so much for liking my story that much and please keep on following till the end. Love u lots my great follower T.

  9. T says:
    January 20, 2019 at 11:40 pm

    Hehe sure my dearest writer…. Love you lots. ???well I have never seen anyone better than you in this site who could write sooo beautifully… Keep it up ISHAA❤️❤️☺️☺️

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……….! (6 ވަނަ ބައި)←


All Right Reserved!