Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީޒަހަރު…. 06

Ushaali Level 810 Stories100 Comments100 Stories500 Comments
January 22, 2019 7 Mins Read
11 Comments

******** ނޯޓް: މިވާހަކައިގެ އެއްވަނަ އެޕިސޯޑުން ފެށިގެން ފަސްވަނަ އެޕިސޯޑާއި ހަމައަށް ގެނެސްދީފައި އިންނާނީ ފެންވަރު އޮންލައިންގައެވެ. އެބައިތައް ކިޔާލަން ބޭނުންވާ ކިޔުންތެރިންނަށް އެ ސައޓް މެދުވެރިކޮށް އަދި އަޅުގަނޑުގެ ފޭސްބުކް ޕޭޖް ‘އުޝާލީގެ ވާހަކަ’ މެދުވެރިކޮށް ކިޔާލެވޭނެއެވެ. ********

05 ވަނަ އެޕިސޯޑްގެ ތެރެއިން……

ދޫކޮށްލާފައި ހުރި މާގަނޑު ދަށުގައި ބަންޑުން ވެއްޓިފައި އޮތް ޔަނާލް ފެނި ފައިޒަންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ކުރު ޓީޝާޓް ކޮޅަކާއި ހަރުވާޅަކާއެކު ބުރުގާ ނާޅާ ޔަނާލް އޮތުމުން ހިނދުކޮޅަކަށް ފައިޒަން މަޑުޖެހުނަސް އޭނާގެ ޒަމީރު އެގޮތާއި އެއްބަހެއް ނުވިއެވެ. އިސްކުރު ބާރުކޮށްލުމަށްފަހު ޔާނާ ނަގާ އަތް މައްޗަށް ލައިގެން ނިކުމެ ކޮޓަރީ އެނދުގައި ބޭއްވިއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ފޯނު ހޯދުމަށް ލައިގެން ހުރި ފަޓްލޫނު މަތިން ޖީބުގައި އަތްހާކަމުން ދިޔަ ވަގުތު އެނދުގައި އޮތް ޔަނާލްގެ މޫނަށް އޭނާ އަށް ބަލާލެވުނީ އޭނާ އަށް ވެސް ނޭނގިއެވެ. ވަގުތުން އޭނާގެ ހަތަރެސް ފައިގެ މަސައްކަތް ހުއްޓުނު ކަހަލައެވެ. އޭނާގެ ދެލޯ އޭނާ އަށް ކެހިދެނީއޭ ހިތާ ދެލޮލުގައި އަތް ވެސް ހިންގާލެވުނެވެ..

************************

“ނަނާ”ފައިޒަންގެ ދެތުންފަތް ދޭތެރެއިން މަޑުމަޑުން ނިކުތެވެ. އެނދުގައި ޔަނާލާއި ދިމާލަށް އޭނާ މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. ކައިރިވި ވަރަކަށް އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ޔަނާލްގެ މަގަތުން ހާމައަށް ހުރި ކުޑަ ތަންކޮޅުގައި ފައިޒަން އިށީނދެލިއެވެ. ކަރުނުން ފުރިފައިވި ދެލޮލުން ވަރަށް ރަނގަޅަށް އޭނާ ޔަނާލްގެ މޫނަށް ބަލާލިއެވެ. އާއެނކެވެ. އެއީ ހަމަ ޔަނާލެވެ. ފައިޒަންގެ ނަނާއެވެ. ފައިޒަންއަށް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. ހަމައެއާއެކު އޭނާގެ ހިޔާލަށް ޔަނާލް ކަޅުފޮތިގަނޑެއްގެ ނިވަލުގައި ވަނިކޮށް ފެނުނެވެ. އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑީގައި އެތައް ހާސް ޝުއޫރުތަކެއް ހިނގައިގަތެވެ. ވާން މިއުޅެނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ ނަނާއަށް ދިމާވީ ކޮންކަހަލަ ކަމެއްބާއެވެ؟ މިހުރިހާ ދުވަހު ނަނާ އުޅުނީ ކޮންތާކުބާއެވެ؟ ޔަނާލްގެ އަސްލު ސޫރަ އެންމެންނަށް ސިއްރުކޮށްގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ޔަނާލް ކަނޑުވެ މަރުވި ދުވަހު އާއިލާ ކިހާ ހިތާމައެއް ކުރިހެއްޔެވެ؟ އޭނާ ދުނިޔޭގައި ހުރިކަން އެނގިއްޖެނަމަ އެމީހުން ކިހާ އުފަލެއް ކުރާނޭކަން ޔަނާލަށް ނުވިސްނެނީ ހެއްޔެވެ؟ ފައިޒަންއަށް އަމިއްލަ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ޔަނާލް ބުނެފައިވާ ޖުމްލައެއް ފައިޒަން ހަނދާންވިއެވެ. ވަކި މަޤްޞަދެއް ހާޞިލްކުރުމަށްޓަކައި މީހުންނަށް ފޮރުވިގެން ޔަނާލް އުޅޭ ވާހަކައެވެ. ފައިޒަންއަށް މިހާރު ވިސްނެން ފަށައިފިއެވެ. ޔަނާލަށް އަނިޔާވެރިވީ ކޮންބައެއްކަން އޭނާއަށް ވިސްނިއްޖެއެވެ. ޔާޒް ބަލައިދިނުމަށް ޔަނާލްގެ ކިބައިން އެދުމުން އެހާ ފަސޭހައިން ރުހި ޤަބޫލުވި ސަބަބު ވެސް އެނގިއްޖެއެވެ. ޔާޒް ބަލަހައްޓާ މަތިން ފައިސާ ބޭނުންނުވި ސަބަބު ވެސް ވިސްނިއްޖެއެވެ. ފައިޒަންއަށް ނުވިސްނުނީ އެވަރުގެ ބޮޑު ކަންތައްގަނޑަކާއި ޔަނާލް އެކަނި ކުރިމަތިލާން އުޅޭ ސަބަބެކެވެ. ޔަޤީނުންވެސް ފައިޒަން އަދިވެސް ހުރީ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައެވެ. ޔަނާލް ފައިޒަން އެހާ ބޮޑަށް ދުރުކޮށްލީތީ ފައިޒަން ދެރަވިއެވެ. ޔަނާލްގެ ފަރާތުން ފައިޒަން އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުމެވެ. އެންމެ ފުރަތަމަ ފައިޒަން ޖެހޭނީ ޔަނާލް ހޭއަރުވާށެވެ. ޔަނާލްގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލަމުން ފައިޒަން ގޮވާލިއެވެ. ހަބަރެއް ނުވުމުން މޫނުމަތީގައި ލޯތްބާއެކު ފެންފޮދެއް ހާކާލިއެވެ. ޔަނާލަށް ހޭވެރިކަމެއް ނައުމުން ފައިޒަން ކަންބޮޑުވާން ފެށިއެވެ. ހަދާނެގޮތެއް ނޭނގިގެން ހިތްއަވަސްވާން ފެށިއެވެ. އެހީއަކަށް އެދި ގޭތެރެއިން މީހަކަށް ގޮވޭކަށްވެސް ނެތެވެ. އަތް މައްޗަށް ލައިގެން ނިކުމެގެން ދެވޭކަށްވެސް ނެތެވެ. ފައިޒަން ވސްނާލިއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިތަނާ އޭނާގެ ސިކުނޑިއަށް މޮޅު ވިސްނުމެއް އައެވެ. ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ވާނީ ވިއްސަކަށް މިނިޓެވެ. ޔަނާލްގެ ކޮޓަރިން ފައިޒަން ނިކުންނަމުން ޝާންތާއަށް ގޮވާ ގެނައެވެ. އަދި ޔަނާލްގެ ތެތް ހެދުން ބަދަލުކުރުވާ އާންމުކޮށް ޔަނާލް ލައި އުޅޭ ހެދުން ލެއްވުމަށް އެދުނެވެ.

ބޭރަށް ނިކުތް ފައިޒަންއާއި އެކީގައި ވަދެގެން ދިޔަ ޒުވާން އަންހެންކުއްޖާ އުނދޯލިގޭގައި ކޮފީއެއް ބޯން އިން ޒާކިންއަށް ފެނުނެވެ. ޒާކިން ފަހަތުން ބެލިއެވެ. އޭނާ ހީކުރީ ފައިޒަން އަންހެންކުއްޖަކު ކޮޓަރިއަށް ވައްދަން އުޅެނީ ކަމަށެވެ. އެދެމީހުން ފަސްފަހަތުން ޒާކިން ދިޔައެވެ. އިތުރަށް އޭނާ ހައިރާންވީ އެ އަންހެންކުއްޖާ ގޮވައިގެން ފައިޒަން ޔަނާލްގެ ކޮޓަރިއަށް ވަނުމުންނެވެ. ދެކޮނޑު އަރުވާލަމުން އަނބުރާއިން ތަނަށް ދިޔުމަށް އޭނާ ހިނގައިގަތީ މާއިރާއަށް ގުޅައިގެން އެހަބަރު ދިނުމަށް ނިންމައިގެންނެވެ.

“މީ އަނެއްކާ ފައިގެ ކާކު؟” ޑރ.ރަހްލާ ޔަނާލްގެ މަގަތުން އިށީންނަމުން އަހާލިއެވެ. ރަހްލާއަކީ ފައިޒަންގެ އެކުވެރިއެކެވެ.

“ތީ ޔާޒް ގެ ކަންތައް ބަލަހައްޓާލަދޭން އައިސް މިގޭގަ އުޅޭ މަންޖެއެއް.” މޫނުމަތީގައިވާ ހާސްކަން ފިލުވާލަމުން ފައިޒަން ބުނެލިއެވެ.

“ފައި ބޭރުގަ މަޑުކޮށްލަންވީނުން” ޔަނާލް ޗެކް ކުރަންވެގެން ރަހްލާ ބުނެލިއެވެ. ފައިޒަން ބޭރަށް ނިކުތީ އެތެރޭގައި ޝާންތާ ބަހައްޓާފައެވެ. ރަހްލާ ކަމަކަށް ބޭނުންވެދާނެތީއެވެ.

އިރުކޮޅެއްވީތަނާ ރަހްލާ ކޮޓަރިން ނިކުތެވެ. ފައިޒަން ޖަވާބަކަށް ބޭނުންވާ ކަހަލަ ގޮތަކަށް ރަހްލާގެ މޫނަށް ބަލާލިއެވެ.

“މާބޮޑުކަމެއްނުވޭ. ލޯވް ބްލަޑް ޕްރެޝަރ. އިރުކޮޅަކުން ހޭއަރާފާނެ. ބޭސް ގަވައިދުން ދޭތި. ދެން ޗެކަޕެއް ހަދާލަން ފިޒީޝަންއަކަށް ދައްކާލަން ފެންނަނީ” ފައިޒަން ކޮނޑުގައި ޖަހާލަމުން އެކުވެރިކަމާއެކު ރަހްލާ ބުނެލިއެވެ.

ނިކުމެގެން ދިޔަ ރަހްލާއަށް ބަލަމުން ވަދެގެން އައި ކުލްޝޫމްގެ ހިތުގައި ވަނީ ސުވާލުމާކެއް ޖެހިފައެވެ. ރަހްލާއަކީ ޑޮކްޓަރެއް ކަން ކުލްޝޫމަށް އެނގެއެވެ. ނޭނގެނީ އެގޭތެރެއިން ބަލިވީ ކާކު ކަމެވެ. ފައިޒަން ކޮޓަރިއަށް ވަތްތަން ފެނުމުން ކުލްޝޫމް ގޮވާލިއެވެ. ފައިޒަން ބަލާލިއިރު ޔާޒް ގޮވައިގެން ކުލްޝޫމް ވަދެގެން އަންނަނީއެވެ.

“ޑރ.ރަހްލާ ދޯ އެއީ…. މިގެއިން އެނިކުތީ. ހުރިހާ ކަމެއް ރަނގަޅުތަ” ކުލްޝޫމް އަހާލިއެވެ.

“ނޫން. ނަނާ…. ޔާނާ ފެއިންޓްވެގެން” ފައިޒަން ބުނެލިއެވެ.

“ޔާނާއޭ؟ އަނެއްކާ އެމަންޖެއަށް ކިހިނެއްވީ؟” ކުލްޝޫމްގެ މޫނުމަތިން ފެނިގެން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“މާބޮޑު ކަމެއްނުވޭ. ބޭސްދެނިކޮށް ރަނގަޅުވެދާނޭ ބުނީ. އަޅުގަނޑު މިދަނީ ބޭސްނަގަން” ކުލްޝޫމްގެ އަތްމަތީގައި އިން ޔާޒް ނަގާ ލޯބިކޮށްލަމުން ފައިޒަން ބުނެލިއެވެ.

“މަންމަ މިދަނީ އެކޮޓަރިއަށް. ދަރިފުޅު އަވަހަށް ބޭސްހިފައިގެން އާދޭ” ޔާޒް ގޮވައިގެން ކުލްޝޫމް މިސްރާބު ޖެހީ ޔަނާލްގެ ކޮޓަރިއާއި ދިމާލަށެވެ.

ހޭވެރިކަމެއް ވުމާއެކު ޔަނާލް އުނދަގުލުން ދެލޯ ހުޅުވާލިއެވެ. ފަނޑުއަލިކަމެއް ވެރިވެފައިވާ ކޮޓަރި ތެރެއިން ޔަނާލަށް އެކައްޗެއްވެސް ނުފެނުނެވެ. ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލަމުން ކައިރީގައި އަތް ހާކާލީ ފޯނު އަތުގައި ޖެހޭތޯއެވެ. ވަރަށް ފަސޭހައިން ފޯނު އަތުގައި ޖެހުމުން ޔަނާލް ބަލާލިއެވެ. ގަޑިން ދަންވަރު ދޭއް ޖަހަނީއެވެ. ވަގުތުން ޔަނާލްގެ ދެލޮލުގައިވި ވަރުބަލިކަން ކެނޑިގެން ދިޔައެވެ. ފާއިތުވެ ދިޔަ ވަގުތުތަކުގައި ހިނގި އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތެވެ.

“ޔާނާކޮއްކޮ ހޭއަންނަނީތަ” ޔަނާލް ސިހިގެން ދިޔައީ ދާދި ކައިރިން އިވުނު އަޑަކުންނެވެ. ބެޑް ލައިޓް އަލިގަދަ ކޮށްލުމާއެކު ޔަނާލް ދެލޯ ބޮޑުވިއެވެ. އޭނާއާއި ދާދި ކައިރީގައި ގޮނޑިއެއްގައި ޝާންތާ އިންތަން ފެނުމުން ހިތުގައި ސުވާލުތަކެއް އުފެދުނެވެ.

“ޝާންތާ! މިތާ ކީއްކުރަނީ؟ ކޮބާ ޔާޒް؟” އެނދުގެ ދެފަރާތަށް ބަލާލަމުން ޔަނާލް އަހާލިއެވެ.

“ޔާޒްބޭބީ މެޑަމް ކޮޓަރީގަ މިރޭ ނިދަނީ. ފައިޒަންބޮސް ބުނަނީ އަހަރެން ކައިރީ މިތާ މަޑުކުރަން. އަދި ބުނަނީ ޔާނާކޮއްކޮ ހޭއަންނަ ގަޑީގަ މީތި ކާން” ޝާންތާ މަތިޖަހާފައި ހުރި ތައްޓަކާއި ސަމްސަލެއް ދިއްކޮށްލަމުން ބުނެލިއެވެ.

“ނުކާނަން” ޔަނާލް ބުނެލިއެވެ. އޭނާ ބޭނުންވެގެން އުޅޭ ސުވާލުގެ ޖަވާބު އަދިވެސް ނުލިބެއެވެ. އެހެންކަމުން އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.

“އަހަރެން ގުޅަނީ ފައިޒަންބޮސްއަށް” ޝާންތާ އޭނާގެ ފޯނު ނަގަމުން ބުނެލިއެވެ.

“ނޫން. ކީއްކުރަން އޭނައަށް ގުޅަނީ” ޔަނާލް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އޯކޭ… އިރުކޮޅަކުން ކާނީ. ދެން މިރެއަކު ނުއެއް ނިދޭނެ. ޝާންތާ! އަހަރެންނަށް އަސްލު ކިހިނެއްވީ؟” ޔަނާލް އަހާލިއެވެ.

“އަނބުރަނީ. ވެއްޓެނީމަ ޑރ. އަންނަނީ. ދެން ބޭސްދީފަ ދަނީ. ޔާނާކޮއްކޮ ހަނދާންނުވަނީތަ؟” ޝާންތާ އަހާލިއެވެ. ޔަނާލަށް ހަމަ ވިސްނުން އަންނަން ފެށީ ޝާންތާ އެހެން ބުނުމުންނެވެ. ފައިޒަންއަށް ހުރިހާ ވާހަކަތަކެއް ކިޔާދިނުމަށްޓަކައި ވިސްނަންވީ ވަރަށް ވުރެ އިތުރަށް ވިސްނާލެވުނީއެވެ. އެކަމާއި ހެދި ކާން ވެސް ފޫހިވީއެވެ. ފާހާނާއަށް ވަނީ ބޮލަށް އެނބުރުން އަރާވަރުން ކެތްނުވުމުންނެވެ. ލައިގެން ހުރި ހެދުމާއެކު މާގަނޑު ދަށަށް ވަނީ އަވަސް ހައްލެއް ހޯދުމަށެވެ. ދެން ވީ އެއްވެސް ކަމެއް ޔަނާލަށް ނޭނގުނެވެ.

“ޝާންތާ” އަހަރެން ވެއްޓުނީ ފާހާނާއަށް ދޯ. ޝިޓް! ކާކު އަހަރެން މިތަނަށް ގެނައީ” ޔަނާލް ހާސްވެފައި އަހާލިއެވެ.

“ޝާންތާއަށް ނޭނގެނީ ކާކު ކަމެއް. ހަވީރު ފައިޒަންބޮސް ޔާނާކޮއްކޮ ބައިވަރު ހޯދަނީ. އަހަރެން ކޮއްކޮގެ ހެދުން ބާލުވަނީ ފައިޒަންބޮސް ބުނީމަ” ޝާންތާ ބުނެލިއެވެ. ފައިޒަންއަށް ހުރިހާ އެއްޗެއް އެނގުނުކަން ހިނދު ޔަނާލަށް އިނގިލީގައި ދަތްއެޅުނެވެ.

“ވަރަށް ލަސްވެއްޖެއްނު. ޝާންތާ ދޭ ނިދާލަން. އަހަރެން މިރޭ ދެން ނުނިދާނަން. ނަމާދަށް އަރާނީ. ނަމާދުކޮށްގެން މި ކާނީ. އޯކޭ… ގުޑްނައިޓް އިނގޭ” ހަމަޖެހިލަމުން ޔަނާލް ޝާންތާ ކައިރީގައި ބުނެލިއެވެ.

ޝާންތާ ދިޔުމުން ޔަނާލް ވިސްނާލިއެވެ. ފައިޒަންއަށް އޭނާ އަކީ ކާކުކަން މިހާރު އޮންނާނީ އެނގިފައި ކަންނޭނގެއެވެ. ޔަނާލަށް އަދިވެސް ޔަޤީނެއް ނުނޭވެ. ޔަޤީންކުރަން ހަދާނެ ގޮތެއްވެސް ޔަނާލަށް ނޭނގުނެވެ. ގޮތެއް ނިންމަން ނޭނގި އޭނާއަށް ޖެހުނީ ރޭގަނޑުގެ ބާކީ އޮތް ވަގުތު ވިސްނުމުގައި ހޭދަކުރާށެވެ.

 

ފަތިސް ނަމާދުކޮށްގެން ޔަނާލް ކޮޓަރިން ނިކުތީ ޔާޒް ނުފެންނަތާ ގިނައިރު ވުމުންނެވެ. ކުނި މޫނާ ހުރެ ބަދިގެއަށް ވަންނަން އައި އިފްނާއާއި ޔަނާލް މުޑިއެރީ ހަމަ ކުއްލިއަކަށެވެ.

“ކަނުތަ؟ ތަދުވެއްޖޭ” އިފްނާ ދެލޯވަށްކޮށްލަމުން ޔަނާލަށް ބަލާލަމުން ބުނެލިއެވެ.

“ހަމަ ތިހެން މަށަށްވެސް ބުނެވޭނެއްނު. ކަލޭ ދެލޯ އަތަށް ލައިގެންތަ ހިނގަނީ. ކަލެއަށް ވިއްޔާ ތަދެއްނު ވީ. މަށަށް މިޖެހުނީ އަނެއްކާ ފެންވަރަށް. އަނގަ ކުނި ވަސް ވިއްޔާ ދުވީ” ޔަނާލް ހަށަން ބަނދެލަމުން ބުނެލިއެވެ.

“ކަލޭ….” އައި ރުޅިން އިފްނާ ދަތކުނޑި ވިކާލިއެވެ. ޔަނާލް ހީލާފައި ނޭފަތްމަތީގައި އަތް އަޅައިގެން ކުރިއަށް ހިނގައިގަތުމުން އިފްނާގެ ރުޅި ވީ އިތުރެވެ. ދެއަތް މުށްކަވައިގެން ހުރެ ބާރު ހިނގުމުގައި ރޮބެޓެއްހެން ހުރެ ގޮސް ވަނީ އަމިއްލަ ކޮޓަރިއަށެވެ.

ކުލްޝޫމްގެ ކޮޓަރީ ދޮރުގައި ޓަކިޖަހަން ނުކެރުމުން ޔަނާލް މިސްރާބު ބަދަލުކޮށްލީ ހާރޫންގެ ކޮޓަރިއަށެވެ. އޭރު ފާހާނާއިން ހާރޫން ގޮވައިގެން ބޭރުމީހާ ނިކުންނަނީއެވެ. ޔަނާލަށް ބަލާލަމުން ހީލާފައި އެމީހާ ބަދިގެއަށް ދިޔައީ ހާރޫނަށް ކާއެއްޗެއް ބަލައެވެ.

“ބައްޕާ” ހާރޫން ދެރަވެފައި ބަލަން އިނުމުން ޔަނާލް ހާރޫންގެ ގައިގާ ބައްދާލިއެވެ. ހާރޫންގެ ދެލޮލުން ކަރުނަ އޮހިގަތެވެ.

“ބައްޕާ! އަޅުގަނޑު މިއުޅެނީ ހުރިހާ ވާހަކައެއް ފައިޒަންއަށް ކިޔާދޭން. މިކަންތައް ނިންމާލާފައި ބައްޕައާއި ޔާޒް ގޮވައިގެން މިތަނުން ދާން ބޭނުމީ. ބައްޕަ ހިތްވަރުދެރަ ނުކުރައްޗެ. ނަމާދަށްފަހު ހިތުން އަޅުގަނޑަށް ދުޢާ ކޮށްދެއްޗެ. ދުޝްމިނުން ބަލިކުރައްވާތޯ” ޔަނާލް ހާރޫންގެ ގެ ގައިގާ ބައްދާލައިގެން އިނދެ ބުނެލިއެވެ.

“ބައްޕަ ދެރަވޭތަ މިގޭ މީހުން ކަންތައްކުރާ ގޮތުން” ހާރޫންގެ މޫނަށް ބަލާލަމުން ޔަނާލް އަހާލިއެވެ. ހާރޫން ބޯޖަހާލިއެވެ.

“ދެރަނުވޭ ބައްޕާ. ދުޝްމިނުން ކަންތައްކުރާ ގޮތުން ދެރަވާނީ މޮޔައިން. އަޅުގަނޑު މިހުރީ ބައްޕައާއި އެއްފުރާޅެއްގެ ދަށުގައި. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް” ހާރޫންގެ ދެލޯ ކައިރި ފޮހެދެމުން ޔަނާލް ބުނަމުން ދިޔައެވެ.

 

މެންދުރުވެގެން އައިރު ވެސް ފައިޒަންގެ މެސެޖެއްހާ ހިސާބުވެސް ޔަނާލަށް ނާދޭއެވެ. އެކަމާއި ޔަނާލް ވިސްނާލިއެވެ. އެހެންޏާ ޔާޒްއަށް ކާންދިންތޯ ބެލުމަށް ޔަނާލް ހުރީ ކައިގެންތޯ ބެލުމަށް ފައިޒަން ދެގަޑިންކާ ބޭހެއްހެން މެސެޖް ކުރާނެއެވެ. ފައިޒަންއަށް އެ އައި ބަދަލާމެދު ޔަނާލް ވިސްނާލިއެވެ. ޔަޤީނުންވެސް ކަމެއް ނުވާނަމަ ފައިޒަން ފޯންކޯލެއް ކޮށްނުލާ ނުހުންނާނެކަން ޔަނާލަށް އިނގުނެވެ. ޔަނާލް ކޮޓަރީގައި ހުއްޓާ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. އޭރު އޭނާ އުޅުނީ ޔާޒް ފެންވަރުވައިގެން ނިކުމެ ރީތިކުރުމުގައެވެ. ދޮރާއި ދިމާލަށް ބަލާލީ އެއީ ފައިޒަން ކަމަށް ހީކޮށެވެ. ޔާޒް އެނދުމަތީގައި ބޭންދުމަށްފަހު ޔަނާލް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހީލައިގެން ހުރި ޝިފާ ފެނުމުން ޔަނާލް ވެސް ހީލިއެވެ.

“ކިހިނެއް؟” ޝިފާ އަހާލިއެވެ.

“ރަނގަޅު. އާދޭ އެތެރެއަށް” ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލަމުން ޔަނާލް ބުނެލިއެވެ. ޝިފާ ހީލާފައި އެތެރެއަށް ވަނެވެ.

“ކަމަކު މިއައީ. އަސްލު މިއުޅެނީ ވަރަށް ފޫހިވެގެން” ޑްރެސިންގްޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ޝިފާ ބުނެލިއެވެ. ޔަނާލް އެނދުގައި އިށީނުމަށްފަހު ޔާޒް ޓީޝާޓްކޮޅު ލައްވަން ފެށިއެވެ.

“އަވަހަށް ބުނޭ” ޔަނާލް ބުނެލިއެވެ.

“މިގޭ ކުރިމަތީގައި އޮންނަ ޕާރކްތެރޭގައި ކުޑަކުދިންގެ ހަވީރެއް އެބައޮތް. ޔާޒް ގޮވައިގެން ހިނގާ ދަމާ” ޝިފާ ބުނެލިއެވެ.

“ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މިއުޅެނީ. ވަރަށް ބޮޑަށް ސޮރީ” ޔަނާލް ބުނެލިއެވެ.

“ހީވޭ ލޮލަށް ބަލާލާފަ ވެސް ބަލިހެން. ފައި ބުނި ޔާނާ ބައްޔޭ” ޝިފާ ބުނެލިއެވެ.

“ކުރިއަށްވުރެ ރަނގަޅު މިހާރު. އެކަމު އަދިވެސް ބޮލުގައި ރިހުން އެބުހުރި” ޔަނާލް ބުނެލިއެވެ.

“ހޭއި. އެވަރުކަމެއްނޫން. ޔާނާ ރެސްޓްކޮށްލާ. ގެނޭ މަގޭ އަތަށް ޔާޒް. ޔާޒް ގޮވައިގެން އަންނާނަން އެތަނަށް ވަދެލާފައި” ޝިފާ ހިތްހެޔޮކަމާއެކު ބުނެލިއެވެ.

“ތެންކިއު. ދެންމެ ބުށްފުޅި ދީފައި މީނީ. ރޮންޏާ ގޮވައިގެން އާދޭ އިނގޭ” ޝިފާ އަތަށް ޔާޒް ދެމުން ޔަނާލް ބުނެލިއެވެ. ޝިފާ ޔާޒް ގެ ކޮލަށް ދޮނެއްދެމުން ބައްދާލިއެވެ.

“ޔާއްކޮ ހީވަނީ ހަމަ އަސްލަށް ވެސް ޔާނާ  ދަރިއެއްހެން. ހާދަ ލޯބިންނޭ ތިގެންގުޅެނީ” ޝިފާ ބުނެލިއެވެ. ވަގުތުން ޔަނާލްގެ ތުންފަތްމަތީގައިވި ހިނިތުނވުން ފަނޑުވިއެވެ. ޔާޒްގެ މޫނަށް ބަލާލިއިރު ދެލޯ ފެންކަޅިވިއެވެ. ނަމަވެސް ޝިފާ ބަލާލުމުގެ ކުރިން ހީލާފައި އަނެއްފަރާތަށް އެނބުރިލިއެވެ.

 

ދަންވަރު އެކެއްޖަހާ ދިޔައިރުވެސް ޔަނާލް އެނދުގައި އިނީ ފިކުރެއްގައެވެ. ކާއެއްޗެއްވެސް ކާން ފޫހިވެފައި އިނީ ފައިޒަންގެ ކަންތައް ހުރި ގޮތުންނެވެ. ވިސްނުންތަކުން ސިކުނޑި ހާސްވެގެން ގޮސް އެންމެފަހުން ޔަނާލަށް ރޮވުނެވެ. ކަކުލުގައި ބޯއަޅާލި ވަގުތު އަނެއްކާ ވެސް ދޮރުގައި ޓަކި ޖަހާލިއެވެ. ޔަނާލް ގަޑިއަށް ބަލާލިއެވެ. އެއްގަޑި ބައި ވަނީއެވެ. ޔަޤީނުންވެސް މިގަޑީގައި އަންނާނީ ފައިޒަން އޭ ހިތާ ޔަނާލް އަވަހަށް ދޮރު ހުޅުވާލިއެވެ.

“ޝާންތާ! މިގަޑީގަ. ކަމަކުތަ؟” ދޮރުމަތީގައި ހުރި ޝާންތާ ފެނުމުން ޔަނާލް އަހާލިއެވެ.

“ޔާނާކޮއްކޮ މިރޭ ނުކަނީނު. ހިނގާކާން. އޭރުން ޝާންތާއަށް ނިދޭނީ” ޝާންތާ ބުނެލިއެވެ.

“އޯވް… ކުރިންވެސް ބުނީމެއްނު ބަނޑުހައިނުވާތީ އޭ ނުކެއީ. ޝާންތާ ދޭ ނިދަން. ވަރަށް ލަސްވެއްޖެއްނު މިހާރު” ޔަނާލް ބުނެލިއެވެ.

“ނޫން. ފައިޒަންބޮސް އިންނަނީ މޭޒުކައިރީ. ބުނަނީ ޔާނާކޮއްކޮ އަންނާށޭ” ޝާންތާ ބުނެލިއެވެ. ޔަނާލް ވިސްނާލިއެވެ. ފައިޒަން ހޭލާ އިނީ ޔަނާލް ކާން އަންނަންދެން ހެއްޔެވެ؟ ދެވިސްނުމެއްގައި ހުރެފައި ޔަނާލް ދޮރު ލައްޕާލަމުން ބޭރަށް ނިކުމެ ހިނގައިގަތެވެ.

“ކައިގެން ގޮސް ނިދާ. މިހެރީ ހޫނު ނޫޑްލްސް” ޔަނާލް ފަހަތުގައި ހުރިކަން އެނގި ފައިޒަން ބުނެލިއެވެ. ޔަނާލް ގޮނޑި ދުރުކޮށްލާފައި އިށީނެވެ. ނަމަވެސް ކާއެއްޗެއްގައި އަތްނުލާ އޭނާ ދިޔައީ ފައިޒަންގެ މޫނަށް ބަލަމުންނެވެ. އިނގޭކަމަށްވެސް ހަދާނުލާ މަޑުމަޑުން ކޮފީ ބޮމުން އޭނާ ދިޔައެވެ.

“ކާއެއްޗެހި ހިހޫ ވީމަ ތާޒާކަން ކެނޑޭނީ. އަވަހަށް ކާންފަށާ” މަޑުމައިތިރިކަމާއެކު ފައިޒަން ބުނެލިއެވެ.

“ނު…ނުކާނަން. ކާހިތެއްނެތް. ކް…ކޮފީއެއް ބޯނީ” ޔަނާލް ލަސްލަހުން ބުނެލިއެވެ.

“ޝާންތާ ވެސް މަންމަ ވެސް ބުނި މިއަދު ނުކާ ވާހަކަ. އެހެންވީމަ ކޮފީއެއް އެކަނި ބޮއެގެން ކަމަކުނުދާނެ. އެހެންނޫނަސް އަހަރެން ކޮފީ ބުޔަސް ތިކަހަލަ ކުދިން ހާބަނޑަށް ހުރެ މިކަހަލަ އެއްޗެހި ބޯކަށް ނުވާނެ” ފައިޒަން ޔަނާލަށް ބަލާވެސް ނުލާ އިނދެ ބުނެލިއެވެ. ފައިޒަންގެ ބަސް ޤަބޫލުކޮށް ޔަނާލް އޭނާގެ ތައްޓަށް ކުޑަ ނޫޑްލްސް ކޮޅެއް އެޅިއެވެ.

“ކީއްވެ ތި ވަރަށް ތިބަލަނީ” ޔަނާލް ބަލާކަން އެނގި ފައިޒަން އަހާލިއެވެ.

“ކީއްވެ ތިހާ ދުރުން ތިވާހަކަ ދައްކަނީ. ކީއްވެ އަހަރެންގެ ނަމުން ނުގޮވަނީ” ޔަނާލް އަހާލިއެވެ. އެވަގުތު ފައިޒަންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

“ކީކޭ ކިޔާފަތަ ގޮވަންވީ. ޔާނާތަ؟ ނަނާތަ؟ ނޫނީ ޔަނާލްތަ؟” ފައިޒަން ބުނެލިއެވެ. ވަގުތުން ޔަނާލްގެ ދެލޯ ފުރިގެން އައެވެ. މިހާރު އޭނާ ފައިޒަންގެ ކުރިމަތީގައި އެގޮތަށް މޫނު ނިވާކޮށްގެން އިނުމުގެ ބޭނުމެއް ނެތޭ ހިތަށް އެރިއެވެ.

“ފައި ބޭނުން ނަމަކުން ކިޔަސް މައްސަލައެއްނެތް. ރަނގަޅީ ޔާނާ ކިއިއްޔާ. އެއީ މިހާރު މިދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ނަމަކީ ޔާނާއަށްވީމަ” ޔަނާލް ބުނެލިއެވެ.

“ކީއްވެ؟ކީއްވެ ތިގޮތަށް ކަންތައް ކުރީ؟؟ ކޮބާތަ އަހަރެންގެ ކުށަކީ؟” ފައިޒަންގެ ދެލޯ ފުރިގެން އައެވެ. ފައިޒަންގެ އަޑަށް އައި ބަދަލުން އޭނާއަށް ރޮވިއްޖެކަން ޔަނާލް ދެނެގަތެވެ.

“އަހަރެންނަށް އިނގޭ އަހަރެންނަށް ހެޔޮއެދޭ އިންސާނަކީ އަހަރެންގެ ބައްޕަ ނަގާފައި ތިއީކަން. އެކަމަކު ކީތްކުރާނީ. އަލުން ޔާނާއަށް ވެގެން އަންނަން އަހަރެންނަށް މަޖުބޫރު ކުރީ ހާލަތު. އަހަރެންނަށް މަޢާފްކުރޭ ފައި” ޔަނާލް ހިތުގައި ޖެހިފައި ބުނަމުންދިޔައެވެ.

” އެއް އަހަރު. އެ ބަސް ދުލުން ބުނެލަން ފަސޭހަޔަސް އެއީ ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަސް. އެހުރިހާ ދުވަހު އަހަރެން ހީކޮށްގެން ހުރީ އަހަރެންގެ ނަނާ މިދުނިޔޭގައި ނެތްކަމަށް. އަހަރެން ކިހާ ހިތާމައެއް ކުރިން. އަހަރެން އުޅުނު ހާލު އެންމެ ކައިރިން ފެނުނީ މަންމައަށް. އެކަމަކު ދެން މިވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތް. ކައިގެން އަވަހަށް ނިދަންދޭ” ފައިޒަންއަށް އެތާ އިނދެ ޔަނާލް ކުރިމަތީ ރޯން ފަސޭހައެއް ނުވިއެވެ. އޭނާ ކޮޓަރިއަށް ދާން ތެދުވިއެވެ. ހުއްޓުނީ ޔަނާލް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ފައިޒަންގެ އެދުރުކަން ޔަނާލަށް ތަޙައްމަލެއް ނުކުރެވުނެވެ. ފަހަތުން ފައިޒަންގެ ހަށިގަނޑުގައި ޔަނާލަށް ބައްދައިގަނެވުނެވެ.

“ޕްލީޒް ފައި. މިހާރު އަހަރެންނަށް އިހުސާސްކުރެވޭ އަހަރެންނަށް މިކަންތައް ސިއްރުކޮށްގެން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އަހަރެންނަށް މަޢާފްކުރޭ. އަހަރެން ހުރިހާ ވާހަކައެއް ފައިއަށް ކިޔާދޭން ބޭނުން” ޔަނާލް ފައިޒަންގެ ބުރަކަށީގައި ލައްވެގެން ހުރެ ވާހަކަދެއްކިއެވެ.

“ޕްލީޒް ނަނާ! ދެން ހުއްޓާލާ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް ދެން ކިޔާނުދިނަސް. އަހަރެން މަޖުބޫރެއް ނުކުރަމެއްނު. ނަނާ ތޮގޮތަށް ފޮރުވިގެން ބޭނުން ދުވަހެއް ވަންދެން މިގޭގައި އުޅެވޭނެ. މިގޭ އަސްލު ވެރިޔަކީ ތިއީ. އަހަރެންވެސް މިގެއިން ދާކަށްނެތިން. އަދި ފަހަރެއްގައި ވެސް އަހަރެން ނަނާ ބޭޒާރުކުރާކަށް ނެތިން” ކިތަންމެ ހިތްވަރެއް ކުރަމުން ދިޔަސް ޔަނާލް ގިސްލާރޯކަން އެނގި ފައިޒަންގެ ނަފްސު ބަލިކަށިވަމުން ދިޔައެވެ. ޔަނާލްގެ ދެލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތަކުން އޭނާ ލައިގެންހުރި ޓީޝާޓް މަތިން ހޫނުކަން އިހުސާސްކުރެވެމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ފުސްމާޒީ

Next

“ސްކްރީން ދެވި”

Next
January 22, 2019

“ސްކްރީން ދެވި”

Previews
January 21, 2019

ފުސްމާޒީ

11 Comments!

  1. ushaali says:
    January 22, 2019 at 10:15 am

    salaam huriha kudhin 🙂 kihinehtha huriha kiyuntheringe haalu? varah gina dhuvas fahun esfiya site ga vahaka eh mi genesdheny… ummeedhu kuran huriha kiyuntherin ves like vaane kamah. ushaali ge ehen stories thakah libunu support mi story ah ves libeyne kamah ummeedhu kuran 🙂 🙂
    konme dhe dhuvahakun eh dhuvahu mi storyge new episode eh gennan vr try kuraanan 🙂 insha allah 🙂

  2. Sid says:
    January 22, 2019 at 11:32 am

    Masha Allah. Varah furihama. Ekam story get ehen baithah kiyaaleema hageegee furihamakan ingeynee. Dhen oiyh bayah inthizaaru kuran.

    1. ushaali says:
      January 23, 2019 at 11:10 am

      thankyu so much 🙂 dhn huri baithah ves vr furihamakoh genesdheynan. insha allah 🙂 🙂

  3. Hihvaru. says:
    January 22, 2019 at 12:09 pm

    Hmm Mee kurin kiyamun dhiya Vv reethi str eh

    1. ushaali says:
      January 23, 2019 at 11:11 am

      thankyu Hihvaru 🙂

  4. Xaha says:
    January 22, 2019 at 3:42 pm

    Thanx ushaali .nice part.

    1. ushaali says:
      January 23, 2019 at 11:15 am

      thankyu Xaha 🙂

  5. Haa says:
    January 22, 2019 at 6:44 pm

    Vrh inthizaar kurifahun kiyaalan mi libuny..fai and nanaa❤missed both of them a lot? luv your stories ushaali..??

    1. ushaali says:
      January 23, 2019 at 11:26 am

      sorry for lte dear 🙂 and thankyou so much 🙂 🙂

  6. Luloo says:
    January 23, 2019 at 10:25 am

    Haadha lahun mi part up v..Inthizaaru koh koh varubali v iru vex up nuve hurefa up vehjje..Kihinei v fenvaru online ga 6 vana part up nukury

    1. ushaali says:
      January 23, 2019 at 11:29 am

      so sorry Luloo…. fenvarah nuliyan feshee vaki kameh vegenen noon…

Comments are closed.

Next Episodeދިނީޒަހަރު…. 06←


All Right Reserved!