Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނެދެންހޭ… 6

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 19, 2019 4 Mins Read
15 Comments

ތުބުން ރީތިލަވައެއްގެ ރާގުކުޅެމުން އައިސް ދޮރުހުޅުވާލި މިދުއާމްއަށް ދެބުމަ ގާތްކޮށްލެވުނީ އޭނާގެ މަންމަ ހުރިހާލުފެނިފައެވެ. އުފަލެއް ނޫނީ ހިތާމައެއް އަދި ބިރުވެރިކަމެއް ދިމާވިޔަސް ހިދާގެ މޫނުމަތީން ނިކަން އަވަހަށް ދާތިކީގެ އަސަރުފާލުވާކަން މިދުއާމް އަށް ވަނީ އެނގިފައެވެ. ” މަންމާ.. ކިހިނެއްވެފަ ތިހުރީ.. މީކޮންހާދަލެއް މިއޮހެރެނީ..” ހިދާގެ މުނުމަތި ފުހެލާދެމުން މިދުއާމް އެއްބުމަ އަރުވާލާފައި އަހާލިއެވެ.

” ދަރިފުޅާ ބައްޕަ މާދާމާ އަންނާނެ.. ދަރިފުޅުވާނެ ބައްޕަ ބަލާދާން.. ހަމްޒާ މާ ކުޅަދާނަ އެކޮޅުގަ ހުރި ކްލައިންޓުންނާ ޑީލްކުރަން.. އެހެންވެ މުހިންމު ކަންކަން ކިޔާދީފަ ބައްޕަ އެއަންނަނީ ދަރިފުޅުވެސް ވަޒީފާއަށް ނިކުންނަން ވާއިރަށް ތައްޔާރީތައް ވުމަށް އަދި ބައްޕަ ބުނުއްވި މިއަދު ސަލީމްބެއާ ގުޅިވާހަކަ..” ހިދާ ވެފައިވާ އުފަލާއެކު އެއްފައްޗަކަށްއަމުނާލިއެވެ. މިދުއާމްގެ ހިތުގަ އެތަކެއްސުވާލެއް އެނބުރުނު ނަމަވެސް ކޮށްލީ އެންމެ ސުވާލެކެވެ. ” ކީއްކުރަންތޯ ސަލީމްބެއާ ވާހަކަ ދެއްކެވީ.. ؟” މިދުއާމް އެހެން އަހާލެވުމާއެކު އެއީ ސަލްވާގެ ބައްޕަކަން ހަނދާންވުމުން އިސްއޮބާލީ ރަކިވީ ވަރުންނެވެ. ނަމަވެސް ހިދާ އޭނާގެ ދަރިފުޅު އިތުރަށް ރަކިކޮށްލަން “ދެކުދިންގެ ކައިވެނީގެ ވާހަކަދައްކަން..” ށޭ ބުނެފައި މިދުއާމްގެ ކޮންޑުގައި މަޑުމަޑުން ޖަހާލިއެވެ.

އިރުއޮއްސި ހަގަޑި ބައިވާން ވެފައި ހުއްޓައި ސަލްވާ އިތުރުގޮތެއް ނެތުމުން ބޭރަށް ނިކުމެލީ ހަމްޒާފެނޭތޯ ބަލާލާށެވެ. ތަޤުދީރު އޭނައާއި މެދުގައި ބަދަލުވަމުންދާގޮތް ނޭގޭހާލު ހިނގަމުންދިޔަ ސަލްވާ ހުއްޓުނީ ސިމާދުގެ ކޮއްކޮ އެކަނިމާއެކަނި އިންތަންފެނުމުންނެވެ. ޝަމްހާއަކީ ކުޑައިރު ސަލްވާއާއި އެކުގައި ކުޅެން އުޅުނު ކުއްޖެއްނަމަވެސް މިހާރިއެދެމެދުގައި އެހާގާތްކަމެއް ނޯވެއެވެ. ފުރާވަރަށް އެރުމާއެކު ދެކުދިންގެ އުޅުމާއި ގުޅުން ތަފާތުވުމުން ވީކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް ސަލްވާ އެހުރިހާކަމެއް އެއްފަރާތް ކޮށްލުމަށްފަހު ޝަމަހާ ގާތަށް ގޮސް ހާލުއަހުވާލު އަހާލިއެވެ.

“ސަލްވާ.. ހޫމް.. އެކަމަކު އެއިނީ އެއްކަލަ ސިމާދުގެ ކޮއްކޮކައިރީ.. އެވެސް ވަރެއްގެ އަންހެނެއް.. އެކަމަކުވެސް ސަލްވާގެ މޫނު ބަލާނުލާ ނުދެވޭނެ.. ” އިރު އޮއްސޭމަންޒަރު ބަލަން ގޮސްފައި އައި މިދުއާމްއަށް ސަލްވާ ފެނުމާއެކު ހިތާހިތާ ކިޔާލިއެވެ. ނޫން ކަމަަށް ހަދާފައި މިދުއާމްގޮސް އިށީންދެލީ އެދިމާ އަތިރީގައި ހުރި ކާނިގަހުގައި އެލުވާފައިވާ ޖޯލީގައެވެ. އެތާންގައި އިނުމުން ސީދާ ޝަމްހާއަށް އޭނާ ފެންނާނެ ނަމަވެސް ސަލްވާގެ މޫނުފެންނާނީ އެދިމާގައި ހުރެގެންނެވެ.

މިދިލިގަސްދޮށުގައި ހުރި ހޮޅުއަށީގައި އިން ޝަމްހާއަށް ލަސްތަކެއްނުވެ ޖޯލީގައި އޮތް މިދުއާމް ފެނުމާއެކު ހަނާއަޅާލާފައި އަންނަން އެދުނެވެ. ދާން ނުދާން އޮވެފައި ކައިރީން ސަލްވާގެ މޫނުފެނުމުގެ ނަސީބު ލިބޭނީ ގޮސްގެންކަން ހިތައް އެރުމާއެކު މިދުއާމް ތެދުވެ އެދިމާއަށް މިސްރާބުޖެހިއެވެ. ސަލްވާއަށް އެވަގުތު އެދިމާއަށް ބަލާލެވުމާއެކު މިދުއާމް އާއި ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. ނަމަވެސް ދާދިއަވަހަށް ސަލްވާ އިސްޖަހާލީ ހަމްޒާއަށްވުރެ މިދުއާމްގެ ލޮލުގެ ތޫނުކަން އިހްސާސްކުރެވުމުންނެވެ.

“އެކަނިތަ.. ކޮބާ ހަމްޒާ.. ދޮންބެ ގެންދިޔަފަހުން ހަމްޒާ ފެނިވެސްނުލާ.. އެކަމަކު ދޮންބެހުރީޔާ އަބަދުހެން ގެއަށް އާދޭ.. ” މިދުއާމް ހީކުރިގޮތާ ހިލާފަށް ޝަމްހާ އަހާލީ ހަމްޒާގެ ވާހަކައެވެ. އެއީ ނަސީބެކޭ ސަލްވާ އަދި މިދުއާމްގެ ހިތަށްއެރިއެއް ކަމަކު އެކަކަށްވެސް އެއިންކަމެއް ނޭންގެއެވެ. “ހަމްޓީ ދޯ.. މިއަދު މެންދުރުވާން އުޅެނިކޮށް ފުރައިފި ޗުއްޓީ ނިމޭތީއާ ބައްޕަގެވެސް ދަތުރެއް އޮތީމަ..”  މިދުއާމްގެ ފަރާތުން ލިބުނު ޖަވާބާއެކު ސަލްވާގެ ލޮލުނަ ކަރުނަހިލުނީ އެއްވެސް އެިހްތިޔާރަކާއި ނުލައެވެ.

“އަޅެ އެކަމަކުރޭގަވެސް އެހާލޯބިން ވާހަކަ ދައްކާ ހެދިއިރުވެސް ބުނެވެސްނުލާ.. އެހެންވީމަ އަހަންނަނީ އެއްވެސް ވަރަކަށް މުހިންމު މީހަކީ ނޫނީބާ.. ވަގުތީ އުފަލެއް ހާސިލްކުރަންތަ ހަމްޒާ އަހަންނާއި ގުޅުނީ.. ނޫނީ ސިމާދުފަދައިން އެމައްސަލާގަ ބަންދުކިއްފާނެތީ އަވަހަށް ގެންދިޔައީކީ ނޫންތަ.. އަހަރެން ހަމްޒާމެންހާ ތަނަވަސް ނޫންވީމަތަ ތިހާބޮޑޮއޮޅުވާލުމެއް އޮޅުވާލީ.. ” ސަލްވާގެ ދުލާއި ހަމަޔަށް ނައިކަމުގައިވިޔަސް ހިތުގައި މިހުރިހާ ވަހަކަތަކެއް ފިތިބާރު ވެފައިވާފަދައެވެ. ލިބުނު ހިތާމަޔާއާއި މޮޅިވެރިކަމާއެކު ސަލްވާ އެތަނުގައި ހިނދުކޮޅަކުވެސް މަޑުކުރަން ބޭނުން ނުވުމުން އަވަހަށް ގެއާދިމާއަށް މިސްރާބު ޖެހިއެވެ.

“ސަލްވާއަށް އެވީ ކިހިނެއް.. ބުނެވެސް ނުލާއެދިޔައީ.. ” ޝަމްހާ ކައިރީގައި ހުރި މިދުއާމް ކައިރީ އަހާލުމުން މިދުއާމްވެސް ދެކޮނޑު އަރުވާލިމާއެކު ދަނީކަމުގައިބުނެ އަވަހަށް ސަލްވާގެ ފަހަތުން ހިނގައިގަތެވެ. މިދުއާމް އެހާވަރުން ކައިރިއަށް އައުމުން ސަލްވާ އެހާއަވަހަށް ދިއުމުން އޭނާގެ ހިތުގައިވަނީ ބުނަންނޭންގޭ ހައިޖާނު ގަނޑެއް އުފެދިފައެވެ.

ބާރުބާރަށް ހިނގާފައި ވަދެގެންދިޔަ ސަލްވާގެ މޫނުމަތީގައިވާ ކުލަވަރުފެނިފައި ލިވިންގ ރޫމް ސޯފާގައި އިން ސަލީމްގެ ނިތުގައި ރޫގިނަވެގެން ދިޔައެވެ. ރޭގަ އެވާހަކަ ދެއްކީއްސުރެ ސަލްވާގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަތާންގައި މުޅިން ވެސް ފެންނަނީ އުދާސްކަމާއި ހިތާމައިގެ ކުލަވަރެވެ. ނަމަވެސް މިހާރު ސަލްވާ ބޭނުން ވާގޮތަށް ކަންތައް ކުރުމަށް ފުރުސަތު ދިނުމުންވެސް ހަމަޖެހުމެއް ނުފެނެއެވެ. “އަނެއްކާ ސިމާދު.. ” ހިތަށްއެރި އެއްޗަކުން ސަލީމް އަށް ބޯހޫރާލެވުނެވެ. ސަލްވާ އެކަމަށް ނުރުހޭވަރު ރޭގައި އޭނާއަށްވަނީ ފާހަގަ ކުރެވިފައެވެ. ވީއިރު ސަލްވާގެ ހަމަޖެހުމާ އުފާވެރިކަން ފޭރިގަނެގެން އެއުޅެނީ ކާކުބާއެވެ. ކޮންކަމެއް ބާއެވެ. ކޮންމެގޮތެއްވިޔަސް މިރޭ ސަލްވާ އާއި އެވާހަކަ އޭނާ ދައްކާނެއެވެ.

ސަލްވާ ގޯތިތެރެއަށް ވަނުމަށް ފަހު ދޮރުލެއްޕުމުން މިދުއާމް އިތުރަށްމަޑުނުކޮށް މިސްރާބު ޖެހީ ވަގުތު ފާއިތުވެފައިވީނަމަވެސް މަޣްރިބު ނަމާދުކޮށްލާށެވެ. އެހެން ނޫންނަމަ މަންމަގެ ސުވާލަށް ޖެހޭނީ ދޮގެއްހަދާށެވެ.

ގެއަށް ވަދެގެން އައި މިދުއާމް ފެނުމާއެކު ހިދާއަށް ބޭއިހްތިޔާރުގައި ގޮވާލެވުނީ ކަންބޮޑުވެފައި އިންވަރުންނެވެ. “ލަސްވެގެންދޯ މަންމަތީނީ.. އަސްލު ވީގޮތަކީ.. ” ހިދާ ގޮވާލިރާގުން ވީކީއްކަން އެނގުމާއެކު މިދުއާމް އަތުގައި އޮތް ކެމެރާދައްކާލަމުން ވާހަކަދެއްކިއެވެ. “އެކަމަކު ދަރިފުޅާ ދެން އެނގޭނު ބައްޕަވެސް ނެތުމާއެކު މަންމަ އެކަނިވާނެވަރު.. އަނެއްކާ އެމަންޖެ ފޮޓޯނަގާފަތަ ތިޔައައީ.. ” ވާހަކަދައްކަމުންދިޔަ ހިދާގެ ރާގު ބަދަލުކޮއްލުމާއެކު މިދުއާމް އާއި ދިމާކޮއްލީ ގާތް ރަހުމަތް ތެރިއެއްފަދައަކުންނެވެ.

މިދުއާމްގެ މޫނަށް އެރިކުލަވަރާއެކު ހިދާ ހޭންފެށުމުން ރަކިނުވާންވެގެން މިދުއާމްވެސް ހީލުމަށް ފަހު މޮޅުވާހަކައެއް ބުނެލާފައި އަވަހަށް މައްޗަށް އަރައިގެން ދިޔައެވެ. މިދުއާމް ދިޔަ ދިމާއަށް ބަލަން އިން ހިދާއަށް ހާސްފަހަރު ﷲގެ ހަޟްރަތުގައި ޝުކުރުދެންނެވުނީ އެފަދަ ހެޔޮ ފިރިއަކާއި ހެޔޮލަފާ ދަރިން އޭނާއަށް ދެއްވިކަމަށްޓަކައެވެ.

އިޝާނަމާދު ކޮށްލައިގެން ސަލްވާ އެނދުގައި އޮށޯވެލީ ބައްޕައަށް ދޭނޭ ޖަވާބެއް ނެތްތާންގައި ހަމްޒާ ކަންތައްކުރިގޮތުން ވިސްނާވިސްނާ ބޮލުގައި ރިއްސާވަރުންނެވެ. ނަމަވެސް ހަމަޖެހިލައިގެން ސަލްވާއަށް އޮވެވުނީ ކުޑަ ހިނދުކޮޅަކުއެވެ. ދޮރުގައި ޓަކިޖަހާލުމާއެކު ސަލްވާގެ ބައްޕަގޮވާލިއަޑު އިވުނެވެ. ބޮލުގައި އަތްފުނާއަޅާލުމާއެކު އައްސާލަމުންތެދުވެ ބުރުގާބޮލަށް މަހާލަމުން އައިސް ދޮރުހުޅުވާލިއިރު ސަލީމް އިނީ ދޮރުމަތީގައެވެ.

“ދަރިފުޅާ ހިނގާ ކާންދާން.. މަންމަ ހިނގައްޖެ ވަފިއްޔާއާއެކު ބޭރަށް.. އަންހެނުން ކޮމެޓީގެ ބައްދަލުވުމެއް އޮތީޔޯ.. ” ދޮރުހުޅުވާލުމާއެކު ސަލްވާ ދެފަރާތަށް ލޯހިންގާލިތަން ފެނުމާއެކު ސަލީމް އަށް އެވީނުވީއެނގުމުން ވާހަކަދެއްކިއެވެ.

*****

“ދަރިފުޅު އަވަހަށް ކައިގެން ނިދަންވާނެ އިނގޭ ދުވަސްކޮޅަކުން ވަޒީފާއަށް ނިކުންނަން ފެށީމަ ގިނަވަގުތު ނިދާލަންވެސް ނުލިބިފަ އޮންނާނީ.. ” ފަތުސަޓަނިކޮޅެއް މިދުއާމްގެ ތައްޓަށްލަމުން ހިދާ ލޯތްބާއެކު ބުނެލިއެވެ. “ދެން މަންމާ ނުނިދުނަސް އެއީ މާބޮޑުކަމެއްނޫނޭ.. މުޖުތަމައަށް ކޮށްދެވޭ ޚިދުމަތުން ލިބޭ ހިތްހަމަ ޖެހުން މާރަނގަޅުވާނެ.. އެހެންމީހުންގެ ފަރާތުންވެސް ހެޔޮދުއާލިބިގެންދާނެ ދޯ އޭރުން.. ” ހީލާފައި މިދުއާމް ބުނެލި ވާހަކައިން ހިދާއަށް ހީލެވުމާއެކު ލޮލަށް ކަރުނަ ޖަމާވީ ހިތާއި ރޫޙަށް ލިބިގެންދިޔަ އުފަލަކުންނެވެ.

****

“ކޮބާ ދަރިފުޅު ދައުވަތުދިން ކުއްޖާ.. ދަރިފުޅަށް ކަމުދާ ކުއްޖަކު ނެތީތަ.. ” ކާމޭޒުދޮށުގައި އިން  ސަލްވާގެ މޫނަށް ބަލަހައްޓައިގެން ހުރެ ސަލީމް ސުވާލުކޮށްލިއެވެ. ސަލްވާ ހަމަޖެހިލުން މޫނުމަތިން ދައްކަމުން އާއެކޭބުނެލީ ހިތުގައި އަތްއަޅާއޮބާލަމުންނެވެ. ނަމަވެސް އެވަގުތުވެސް ހަމްޒާގެ ސޫރަ ސިފަވެގެންދިޔަފަދައެވެ.

“ސަލްވާ.. ސަލްވާ.. އަހަރެންގެ ހިތާހަމަޔަށް ތިނޫންކުއްޖަކު އަދި ވާސިލްނުވެވުނު.. އަސްލުވެސް ސަލްވާ ހާދައޭ ތަފާތީ.. މަޝާﷲ..” ނަމާދުކޮށް ލައިގެންއައިސް އޮށޯވެގެން އޮތް މިދުއާމް ދެލޯމަރާލުމުންވެސް ސިފަވެގެންދިޔައީ ސަލްވާގެ ރީތިސޫރައެވެ. އެރީތި ހިނިތުންވުމެވެ. ސަލްވާގެ އެރީތި އަދާތަށްފެނި މިދުއާމްގެ ހިތްފިދާވަނީ އެޔެއްމިއެއްބަލާފައެއް ނޫނެވެ.

“ދަރިފުޅާ ބައްޕަ އަށްފެންނަނީ އެހެންވީމަ ދަރިފުޅަށްކަމުދާ ކުއްޖަކުނެތީޔާ.. މިރަށުން ރަނގަޅު ކުއްޖަކާގުޅެން.. މިއަދު ބައްޕައަށް މިރަށުން ރަނގަޅު އާއިލާއަކުން އެދެފިދަރިފުޅުގެ ކައިވެންޏަށް.. މާދަމާއެމީހުނަށް މެންދުރުކެއުމަށް ދައުވަތުދީފިން ބައްޕަ ދަރިފުޅުވާނެ އެވަގުތު ގޭގަހުންނަން.. އިނގޭ.. އޭރަށް ޝެޝަންވެސް ނީމިފައެއްނު ހުންނާނީ.. ދޯ.. ” ސަލީމްގެ ވާހަކަ އަޑުއަހަންއިން ސަލްވާއަށް ބޯޖަހާލުން ފިޔަވައި އިތުރުކަމެއް ސަލްވާއަކަށް ނުކުރެވުނެވެ. މިއަދު އެނޫންގޮތެއްވެސް ސަލްވާއަށް ނުވިސްނުނެވެ. ހަތިޔާރު ބަހައްޓާފައި ބައްޕައަށް އާބަސްދިނީ ދެން ހަމްޒާގެ ހަނދާންތަށް ހިތުގެ ކަނެއްގައި ފަސްއަޅާފޮރުވާލަމުންނެވެ.

*****

ހަމްޒާއަށް ކުއްލިއަކަށް ހޭލެވުނީ ނުބައިހުވަފެނެއް ފެނުމުން ސިހިފައެވެ. ކޮންމެވެސް މޯހަކުބއޭނާގެންގޮސް ބިރުވެރި ހޮހަޅައެއްގައި ހައްޔަރުކޮށްގެން އަނިޔާކުރަނީއެވެ. އެތަނުން އޭނާއަށް ސަލާމަތް ވެވޭއިރު ސަލްވާވެސް އެމީހުން އެގޮތަށް ބަންދުކޮށްގެން މިދުނިޔެދޫކޮށްފިއެވެ.

ދެފަރާތަށް ބޯހޫރާލުމާއެކު ހަމްޒާ އަވަސްވެގަތީ ސަލްވާއަށް މެސެޖް ކޮށްލުމަށެވެ. އޮންލައިންގައި ނެތް ނަމަވެސް އެކޮޅަށް އަންނަންޖެހުނީ ކީއްވެކަމާއި ނުބުނެވުނީ މައާފަށް އެދުމާއެކު އޭނާއަށް އިންތިޒާރުކުރުމަށް އެދިފައި ލޯބިވާކަން ހާމަކޮށްލަމުން މެސެޖް ސެންޓް ކޮށްލަމުން ހަމްޒާ އަވަސްވެގަތީ ފެންފޮދެއް ބޯލުމަށެވެ.

“އެހެންވީމަ ދަރިފުޅު ގަބޫލޭތަ ތިބުނީ.. ” ސަލީމް ސީރިއަސްރާގެއްގައި އަހާލުމުން ސަލްވާ “ލައްބަ..”އޭ ބުނެފައި ކޮޓަރިއާދިމާއަށް މިސްރާބުޖެހީ ހަމްޒާގެ ހަނދާންތަކުން އުނދަގޫވާވަރުން ކެތްނުވެގެންނެވެ. ބައްޕަކުރިމަތީގައި އެންމެ ކަރުނަތިއްކެއްވެސް ވައްޓާލާކަށް ސަލްވާ ބޭނުމެއް ނުވެއެވެ.

ކޮޓަރިއަށް ގޮސްވަތް ސަލްވާއަށް ގިސްލެވެންފެށުމާއެކު އެނދުގައި އޮށޯވެލާފައި ބާލީހުން މޫނުފޮރުވާލީ އިތުރަށް އެއަޑު މީހަކަށް އިވުނަނުދިނުމަށެވެ. ހިތްފުރޭވަރަށް ރޯލުމަށްފަހު ތެދުވެ މޫނުދޮވެލާހަދައިގެން ވުޟޫކޮށްލައިގެން ނިކުމެ ސަލްވާ ދެރަކުއަތް ނަމާދެއްކޮށްލީ އެހިތަށް ހަމަޖެހުމަށް ދެއްވުމަށްއެދި ދުއާކުރަމުންނެވެ. އެތަށް އިރަކު ދެއަތްއުފުލައިގެން ދުއާކުރުމަށްފަހުގައި ތެދުވެ ލޯގަނޑުން އަމިއްލަސޫރަޔަށް ސަލްވާ ބަލަލިއެވެ. އެވަގުތު ޑްރެސިންޓޭބަލް ަމތީގައި އޮތްފޯނުން ނޮޓިފިކޭޝަން ލައިޓް ދިލޭތަން ސަލްވާއަށް ފެނުނެވެ.

ނުނިމޭ..

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……………! (5 ވަނަ ބައި)

Next

ހަދިޔާ (އަށާވީސްވަނަ ބައި)

Next
January 19, 2019

ހަދިޔާ (އަށާވީސްވަނަ ބައި)

Previews
January 19, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……………! (5 ވަނަ ބައި)

15 Comments!

  1. Hawwu (Layaa) says:
    January 19, 2019 at 7:32 pm

    Eneme furatahamavess bunelan other Thursday ga up kohnulevuneethee v.bodah sorry ey.. Layaa asslu balive ulhen hadhaigen up Koh nulevunee.. unmeedhukuran mibaivess kamudhaanekamah In Sha Allah Tuesday night ga next part up kohlaanan..

  2. Sanaan says:
    January 19, 2019 at 7:54 pm

    Varah reethi insha Allah

    1. Hawwu (Layaa) says:
      January 21, 2019 at 7:18 am

      Shukuran dhoonyaa ,?

  3. See says:
    January 19, 2019 at 8:01 pm

    Reethi Varah

    1. Hawwu (Layaa) says:
      January 21, 2019 at 7:19 am

      Shukuran dhoonyaa ,?

  4. Pinky shifoo says:
    January 19, 2019 at 10:34 pm

    Hii Layaa ❤️❤️❤️???… Hws u now??? ???… Hope u are all great ???… Mi part vx v v v reethi ingey ❤️❤️❤️????????????????????????????????????… V v v interesting ❤️❤️?????????????… Keep up the good work Layaa???❤️❤️❤️??????… Curiously waiting for the next part ❤️❤️❤️???… Avas shifaa akah edhen n lots n lots of love from shifoo ❤️❤️❤️??????????????????????????????….

    1. Hawwu (Layaa) says:
      January 21, 2019 at 7:20 am

      Alhamdhulillah rangalhu mihaaru.. v ufaavey shifooge comment fenilyma.. thank you so much… ?❤️

  5. unique says:
    January 19, 2019 at 11:24 pm

    masha allah varah reethi vaahaka but sad

    1. Hawwu (Layaa) says:
      January 21, 2019 at 7:21 am

      Awwn shukuran .. but keehve dheravanee.. ?

  6. maroon says:
    January 20, 2019 at 3:52 pm

    hey love, miadhu hama mi kiyaanamey hithaa hurihaa baeh eh faharaa kiyaa milee. vaahakaiga v maja kiyaa hiyvaa gotheh hurey. sifakoh dhinunves hama baraabau. dhen anna bayakah v inthizaaru kuran. ma sha Allah. much loves

    1. Hawwu (Layaa) says:
      January 21, 2019 at 7:22 am

      Alhey dhoonikolhu .. v v .. ufaavejje.. mihaadhuvasskohfa fenuneema .. waiting for ur story love.. ?? ly

  7. Mixuhan says:
    February 1, 2019 at 4:30 pm

    Alhey dhn next part kn iraku thr .kiyaa hithun keii nuvey mihaaru ..plxx avas khbaaa

  8. t.mss says:
    February 1, 2019 at 7:58 pm

    Avaha upkodhyba next part.plz

  9. ނިޝާ says:
    February 4, 2019 at 7:19 pm

    Kobaa tha next part… Esfiyain vaahaka kiyaa hiynuvany ehnve… Liyan fashaafa neygeyne nimmaakah..

  10. Anonymous says:
    February 25, 2019 at 2:25 pm

    When is the next part?!!

Comments are closed.



All Right Reserved!