“އާނ….މަންމައާ އެކީގަ އުޅުނުއިރު އަދި މާ ބޮޑަށްކުރިން. މަންމައަކީ އިންޓަނޭޝަނަލް އޯތާއެއް.” ހަސަން އެންމެ ފަހަކަށް ބުނެލި ވާހަކައާމެދު ވިސްނާލެވުނު މިރްޒާން ސިކުންތުކޮޅެއްގެ ތެރޭގައި ގަނޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ހަސަނާއި ދިމާލަށް ބަލާލެވުނެވެ. ** ބައްޕަ އޭނައަށް ކުއްލިއަކަށް ބަލާލި ގޮތުން މުޙްސިން ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން ބައްޕައަށް އެފަދަ ބަދަލެއް އަންނަންވީ ސަބަބެއް މުޙްސިނަކަށް ނުވިސްނުނެވެ. ކެބިންގެ ސޯފާގައި އިންގޮތަށް އިނދެ ކުރިމަތީގައި […]
މަޑުމަޑުން ތިރިއަށް ފޭބިއިރު ސިޓިންރޫމުގައިވެސް އެއްވެސް މީހެެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން އެންމެންވެސް އެބައެއްގެ ކޮޓަރިއަށް ވަދެ ނިދީކަން ޔަގީންވުމުން މިންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިންހާ ވަނީ ކާކޮޓަރިއަށެވެ. ކާކޮޓަރީގެ ލައިޓް ޖައްސާލުމަށްފަހު ތަށިތައް ބަހައްޓާފަ ހުރި ތަނުން ވަށް ބިއްލޫރި ކުޑަ ތައްޓަކާއި ސަމްސަލެއް ނަގައި ރީތިކޮށް ދޮވެލުމަށްފަހު ކާމޭޒު މަތީގައި ބޭންދިއެވެ. އެއަށްފަހު ފްރިޖުގެ ގާތަށް ޖެހިލާ އޭގެ ދޮރު ހުޅުވާލުމަށްފަހު ޗޮކްލެޓް އައިސްކްރީމް ބޮޑު […]
“މެޑްރިޑްގެ އެއާރޕޯރޓުން ލަންކާމަގުން ދިވެހި ރާއްޖެއަށްދާން ނައްޓާލި އެމިރޭޓްސްގެ Q219ބޯޓު ވީނުވީއެއް ނޭނގި ގެއްލިއްޖެ! އިންޑިޔާ ކަނޑުގެ ހިސާބަކުން ވަނީ މިހާރު މިބޯޓުގެ ބަޔެއް ކަމަށް ލަފާކުރެވޭ ބައެއް ފެނިފައި. ބޯޓުން ދަތުރު ކުރި އެއްވެސް ޕަސެންޖަރެއް ނުވަތަ ކްރޫއެއްގެވެސް އެއްވެސް މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ. ސިފައިން ދަނީ މިހާރު ހެލިކޮޕްޓަރުގަޔާ ކަނޑުގެ އެކި ހިސާބުތައްވެސް ބަލާ ފާސްކުރަމުން. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ހޯދަމުން” އަލޫކްއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެންނެވެ. […]
ބޯ ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި އަލީޝާ ފޯނު ބަލައިލިއެވެ. އަނެއްކާވެސް ނުދަންނަ މީހެކެވެ. މިފަހަރު ފޮނުވާފައި އިނީ ވީޑިއެކެވެ. ވީޑިއޯއިން ފެނުނު މަންޒަރުން އަލީޝާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. އެއީ އެނދެއްގެ މަތީގައި ހަތަރެސްފައި ބަނދެފައި އޮތް ތޫބާގެ ވީޑިއޯއެވެ. އަނގަމަތީ ފޮތިގަނޑެއް ބަނދެފައިވީއިރު، ސަލާމަތްވެވޭތޯ ގަދަހަދަމުން ކަރުނައަޅަމުންދިޔަ މަންޒަރެވެ. “ކޮއްކޮ ސަލާމަތް ކުރަން ބޭނުންތަ؟…. ނުކުރެވޭނެ!” ވީޑިއޯ ނިމުނީ ކެެމެރާ ފަހަތުގައި ވީޑިއޯކުރަން ހުރި ފިރިހެނަކު، މަލާމާތުގެ ރާގަކަށް ބުނެލި ޖުމުލައަކާއި، އިތުރު ދެމީހެއްގެ […]
ޢައްސަލާމުޢަލައިކުމް ައަޅުގަނޑަށްވެސް ކިޔާލާ ހިތްވާކަހަލަ ވާހަކަ އެއް ލިޔެވޭނެ ކަމަށް ޤަބުލުކުރެވުނު ހިނދު އަޅުގަނޑުގެ ގެ ގަލަން ނަގާ މާތްﷲގެ ވާގިފުޅާއި އެކު އެ މަސަތްކަތަށް ފަށަމެވެ.އަޅުގަނޑުގެ އުއްމިދަކީ ކިޔާ ހިތްވާކަހަލަ ވާހަކަތަކެއް ކިޔުން ތެރިންނާޢި ހަމައަށް ގެނެސް ދިނުމެވެ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގނޑު މި ސައިޓަށް ލިޔާ ފުރުތަމަ ވާހަކައިގެ ޓްރައިލާރ އެއް ވަރަށް އަވަހަށް އާއްމު ކުރާނެ ވާހަކަ ދަންނަވަން ޢެންމެހާ ކިޔުންތެރިންގެ ފަރާތުން ވަރަށް ފުރިހަމަ ތާއިދަކައި އެއްބާރުލުމެއް ލިބޭނެކަމަށް އުއްމީދު […]
އިރުގެ ރަން ދޯދިތައް އުޑުމަތީގައި ރަސްކަންކުރަން ތައްޔާރުވަމުންދާ ހިތްގައިމު ވަގުތު މީހުން ތެދުވެ ހޭލަމޭލަ ވަމުން ދިޔައެވެ. މިއީ އެއްބަޔަކު ބަދިގޭގައި ތެލިތަށި ތަޅުވާ ވަގުތަށްވާއިރު އަނެއްބަޔަކު ހިތްއުފާކޮށްލަން ކަނޑައަޅާފައިވާ ވަގުތަކީ މިއީއެވެ. ތެދެކެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ވިއްސާރަ ނަމަވެސް ފަރުވާލެއް ނެތެވެ. މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތައް މާބޮޑަށްވެސް ތަފާތެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑީ ކަންނޭނގެއެވެ. ކުޑަދޮޮރުގެ ބިއްލޫރިގަނޑުގައި ބޮސްދީފައި މުތީތަކެއްފަދައިން ފައިބައިގެންދާ ފެންތިކިތަކަށް ގެއްލިފައިހުރި އިޝްރާ ސިއްސައިގެން ދިޔައީ ކުޑަކުޑަ އިލްފް އައިސް ފަހަތުން އޭނާ ފައިގައި ބައްދާލުމުންނެވެ. ނަމަވެސް ހަމަ އެވަގުތު އޭނާއަށް އެއީ ކާކުކަން އެނގުމުން މޭ ހަމައަކަށް އަޅުވާލާ އިލްފް އުރާލަމުން އޭނާއާ ވާހަކަދެއްކިއެވެ. “ދޮންތިގެ ބޭބީ ހާދަ އަވަހަކަށް ތެދުވެގެން އުޅޭ ދުވަހެއް؟ ކިހިނެއްވީ ދޫނީ؟ ދޮންތި މަތިން މާބޮޑަށް މިސްވީ ދޯ!” އިލްފްގެ ބޮޑުބޮޑު ދެ ކޮލުގައި ހިފާލަމުން އިޝްރާ ވާހަކަދެއްކިއެވެ. ހަޤީޤަތަކީ އިލްފް ފެންނަ ކޮންމެ ވަގުތަކު އޭނާގެ ހިތް އުފަލުން ފުރިގެންދާކަމެވެ. އިލްފްއަށް އޭނާ ދައްކާ އެއްވެސް ވާހަކައެއް ނޭނގުނަސް އިލްފް ގޮވައިގެން އަބަދުވެސް އުޅެން ބޭނުންވާކަމެވެ. މިއާއެކު އިލްފްވެސް އެހެންމީހުނަށްވުރެ އިޝްރާ އާއި ދޯޅެވެ. އިޝްރާއާއެކު ކިތަންމެ ގިނަވަގުތު ހުއްޓަސް އިލްފް ފޫހިކކަމެއްނެތި އުޅެފާނެއެވެ. “ބޭބީސް މިސްވާނީ މަންމައާއި ބައްޕައާއޭ! ދޮންތިއެއްނޫނޭ ދޯ ދޫނީ!” ފަހަތުންއައިސް އިޝަރާ އާއި ހަމަކޮށް ހުއްޓިލައި ވާހަކަދެއްކީ އިޝްރާގެ ދޮންތަ އިޝްޔާާގެ ފިރިމީހާއެއެވެ. އިޒާން މި ޢަމަލުން އިޝްރަގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. “ދެން ބައްޕައަކަށްވުމުގެ ނަސީބު ލިބުނަކަސް އަދި ތިހެން ބުނުމުގެ ފުރުސަތެއް ނެތް އިނގޭ! މިހާރުވެސް އިލްކޮ މާ ދޯޅޭ އިޝްއާ!” ބޭނުންވި ގޮތަށް އެހެން ބުނެލެވުމުން އޭނާ ނިކަން ހިތްހަމަޖެހުނެވެ. “ތިއެއްނޫނޭ! ކޮންއިރަކުންތަ އިޝްގެ ރިޒަލްޓްތައް ލިބެނީ؟ އިޝް ބުނީމެއްނު މި ހަފްތާ ލިބޭނެޔޭ!” “ޔެސް ދިސް ވީކް ތާރސްޑޭގަ! ޓޫ ވީކްސް ފަހުން އޮންނާނެ އެޗީވާރސް އެވޯރޑިންގް ސެެރެމޮނީ. އޭޕްރީލް 23 ގައި ސްކޫލް ޕްރައިޒް ޑޭ!” އިޒާންއަށް ޖުމްލަ ނިންމާނުލެވެނީސް އިޝްރާ އެއްފައްޗަކަށް ހުރިހަ އެއްޗެއް އަމުނައި ނިންމާލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނުއިރު 9 ގަހަން ބާކީ ހުރީ 20 މިނިޓެވެ. “އަނެއްކާ މި ގަޑި ހަމަތަ؟” ހައިރާންވެހުރެ އިޝްރާ އަހާލިއެވެ. “ދައްކަބަލަ! އާނ! ތި ހަމައޭ ކިހިނެއްވީ؟” އިޝްރާގެ އަތުގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު އިޒާން ބުނެލިއެވެ. އެއަށްފަހު އަޝްރާގެ އަތުން އިލްފް ނަގާ އުރާލިއެވެ. “ދަރިފުޅާ!” އަޑުގެ ކޮޅަށް މަންމަ ގޮވާލި އަޑު އިވިފައި ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.ކޮޓަރީގެ ދޮރުން ބޯދިއްކޮށްލާފައި ސައިބޯންއަންނާށޭ ކިޔަމުން މަންމަ ހިނގަތްޖެއެވެ. ހެމުންހެމުން ދެމީހުން ނުިކުމެ ކާގެއަށް ވަތްއިރު ދުވާ މީރުވަހުން ބަނޑުފުރިދާހާވެއެވެ. “ހާދަ ވަސްގަނޑު […]
އައިހަމްވެސް ހިނިއައިސްފައި އަނެއްކާވެސް ސޯފާގައި އިށީން ވަގުތު ބެލްޖަހާލުމާއެކު އިޝްރާގެ ކޮޓަރިން “އައިހަމޫ ދޮރުހުޅުވާ”ށޭ ކިޔާ އިޝްރާ ހަޅޭއްލަވައިގަތް އަޑަށް ސިހިފައި އައިހަމަށް ސޯފާއިން ތެދުވެވުނެވެ. ހިރެމުންހިރެމުންގޮސް ދޮރު ހުޅުވައިލެވުނު ވަގުތު ކުރިމަތީގައިހުރި ސޫރަ ފެނިފައި ހުއްޓެވުނެވެ. ރާއޖޭން ބޭރުގައި ކިޔެވުމުގެ މަރުޙަލާތައް ކަޑައްތުކުރަމުންދާ އައިހަމްއަށް ހުއްޓި ހުރެވުނީ ކުރިމަތިން ފެންނަންހުރި މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ ފަތްމިންޏެއް ހެއްޔެވެ؟ ކަޅުކުލައިގެ ބަޓަފްލައި އަބާޔާއަކާއި މެރޫންކުލައިގެ ޝޯލްއެއްގެ ނިވަލުގައި ފަރުދާވެގެންހުރިއިރުވެސް އެ ރީތިކަން ފަނޑުނުވާ ފަދައެވެ. ހިތިފަތު ބުމަޔާ އެ ކުރަނގި ދެލޮލާއި ފިނިފެންމަލެއްފަދަ ރީތި ދެތުންފަތް ފެނިފައި އައިހަމްއަށް އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ހުރެވުނީއެވެ. ރީތި ކުދިން އޭނާ ދުށްޓެވެ. ނަމަވެސް މިފަދަ ފުރިހަމަކަމެއް އޭނާއަށް ފެނިގެން މި ފެނިގެންދިޔައީ އަދި އަލަށެވެ. ކުއްލިއަކަށް އައިހަމް ސިއްސައިގެން ދިޔައީ ފަހަތުން އިޝްރާގެ އަޑު އިވުނެވެ. “ލުބޫ! ކޮބާ ހިނގާ ދާން! ދޮންކަލޯ! ދޮންތަ ބުނީ ދޮންކަލޯވެސް ގޮވައިގެން ދާށޯ! އެހެންވީމައި ހިނގާދާން އަވަހަށް ދާން! ގަޑިޖެހެނީއޭ!” އަތުގައި ހުރި ފޮތްތަކުން އެއްބައި އައިހަމް އާއި ދިމާއަށް ދިއްކޮށްލަމުން އިޝްރާ ބުނެލިއެވެ. “ލުބޫ…” އައިހަމްއަށް ހިތާހިތުން ބުނެލެވުނެވެ. އެންމެ އިޝްރާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑުނީވޭ ފަދައެވެ. އިޝްރާ އަނެއްކާވެސް އައިހަމްގެ ކޮނޑުގައި ބޮނޑިއެއް އަޅާލުމަށްފަހު އޭނާގެ އަތުގައި ހުރި ފޮތްތައް އައިހަމްގެ އަތަށް ދިނެވެ. އެއަށްފަހު “ދާން ހިނގާށޭ” ކިޔާ ދެމީހުންގެ ދެމެދުގައި ހުރެ ސްކޫލާއި ދިމާލަށް މިސްރާބު ޖެއްސެވެ. “ވަރަށް ގިނައިރުވެއްޖެތަ ލުބޫ އައިފަހުން؟ މިސޮރު ކައިރި މަ ބުނީމޭ ލުބޫ މަގޭ ރޫމްއަށް ފޮނުވާލަދޭށޭ! އެކަމަކު ދުވަހަކު ބުނަގޮތަކަށް ނަހަދާނެ!” ބޯހޫރާލަމުން އިޝްރާ ބުނެލިއެވެ. “ނޫނޭ! މަ އިޝް ކޮބާތޯ އަހާލަން އުޅެނިކޮށް އިޝް ތި އައީ! ސޯ ނޯ ވޮރީސް އޯކޭ!” ކޮލްގެޓް އިޝްތިހާރެއް ކުޅެލަން އެންމެ އެކަށީގެންވާފަދަ ބޯކިރުކޮޅެއްފަދަހުދުހުދު ދަތްތައް ދައްކާލާ ހިނިތުންވެލަމުން ލުބްނާ އިޝްރާއަށް ޖވާބުދިނެވެ. އެއަޑު އައިހަމްގެ ކަންފަތުގައި ޖެހުމާއެކު ހީވީ އޭނާގެ ކަންފަތްބުޑުގައި ރީތި ރާގެއް ކުޅެލެވިގެންދިޔަހެންނެވެ. އައިހަމްއަށް ބޭއިޚްތިޔާރުގައި އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ. “އޮކޭ ލުބޫ! ސޯ، މީ އައިހަމް އިނގޭ! މަގޭ ޔަންގާ ކަޒިން ބްރޯ! ދޮންކަލޯ! މިއީ ލުބްނާ! ލުބޫ. މައި ބެސްޓީ ފޯރއެވަރ ދޯ ގާރލް!”ލުބްނާއަށް ދޯ ދެމީހުން އެކަކު އަނެކަު ތަޢާރަފްކޮށްދިނެވެ. އެވަގުތު ކުރިމަތިން ފެންނަންހުރި ސްކޫލުގެ މައިދޮރޯށި ފެނިފައި ދެމީހުނަށް އެކަކު އަނެކަކަށް ހިނިތުނަވެވުނެވެ. “އައިހަމް… ކުރުކޮށް ކިޔާނަމެއް ނެތްދޯ! ހެހެ….” ހިނިގަނޑެއް ޖަހާލަމުން ލުބްނާ އަހާލިވަގުތު އެމީހުންނަށް ހުއްޓެވުނީ ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނިފައެވެ. ވާނުވާ ނޭނގުނެއްކަމަކު އެމީހުން ހުއްޓުމުން އައިހަމްވެސް އެހުރިތަނުގައި އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. “ވާވާ! ނޫނޭވާ ފައްކަލޭ! މަ މިއޮށް ހުރިހާ ދުވަހު ކުރި މަސައްކަތްތައް އެއްވެސް އަގެއްނެތް އެއްޗަކަށް ހަދާލާފައި ދެންމެ ފެނުނު މީހަކަށްޓަކައި ހޭބަލި ވެފައި ދޯ މިހިރީ! އަޅެ ލުބޫއެއް ނޫންތަ ބުނީ ހިތަކީ އަނިޔާއެއް ލިބިއްޖެނަމަ މުޅިން ހީލްކުރަން އުނދަގޫވާނެފަދަ ގޮތަކަށް އުފެދިފައިންނަ މަސްކޮޅެކޭ! ބަލަ މަގޭވެސް އޮންނަނީ ހިތެކޭ!ަ މިހިތަށްވެސް ތިހެން ވާނެކަން ލުބޫއަށް ނޭނގެނީތަ ހަމަ؟ އޭނ! އަދި ބުނެފިއެއްނު ކުރުކޮށް ކިޔާ ނަމެއް ނެތްހޭ! ތިހާ ކުރުނަން ވިޔާހިތްވަންޏާ، ތިހާވަރު ވެފައިހުންނަ މީހަކު އެހެނަމީހަކު ކުރެން އެހުމަކާއިވެސް ނުލާ ކިޔާ ނަންނަން ހުރެއޭ! […]
އާދުވަހަކަށް އިރުއަރައިގެން އައީ އުދަރެހުގައި އެކިކުލަތައްފަވަމުންނެވެ. ހަމައެގޮތަށް އެކިމީހުންގެ ދިރިއުޅުމަށް އެކިރަހަ ގެންނަމުންނެވެ. އެރި އިރާއެކު ފަތުއަޑުކިޔާފައި މުޅިރަށުގައި ދެކެވެމުންދިޔައީ ރޭގެ ބާބަކިއުގައި އުޅުންދެކުއްޖަކު މަސްތުގެ ހާލަތުގައި ވަނިކޮށް 12ޖަހާކަން ހާއިރު އަތުލައިގަނެވެނު ވާހަކައެވެ. އަތުލައިގަނެވުން އިރު އިސްލާމީ ރިވެތިއުސޫލުތަކާއި ހިލާފަށް އެދެކުދިންގެ މެދުގައި އެތަށްކަމެއް ހިނގާފައިވާކަމަށް ވެސް ވެއެވެ. ނަމަވެސް މިއީ ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކެވެ. ޕޮލިހުންގެފަރާތަކުން އަދި އެކަމުގައި ބަހެއް އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވުމުން ހަގީގަތްވަނީ އޮޅުންބޮޅުންވެ މަސްހުނިވެފައެވެ. މަންޒަރަދުއް މީހުން […]
ދެން އެންމެ އަވަހަށް އަޕް ކޮއްދޭ ވާހަކައެއް ގޮތުގައި މިވާހަކ ހަދާނަން..?????