
“މަންމަ ކޮބާ؟” މިރްޒާނަށް ފިނިވެގެން ދިޔަ ހިތަކާއެކީ އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު މުޙްސިން އޭނައާއި ދިމާލަށް ހިތާމަވެރި މޫނަކާއެކީ ބަލާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.
“ނޭނގެ ބައްޕާ….މަންމަ އަހަންނާއި އެކީގަ އުޅުނީ އަހަންނަށް 10 އަހަރު ވަންދެން. އަހަންނަށް 5 އަހަރު ވަންދެން މަންމަ މުޅިންހެން އުޅުނީ ށަވިޔަނި އަތޮޅުގެ ރަށެއްގަ. އެ ރަށުގެ އޮފީހުން ވަޒީފާއެއް ހޯދައިގެން މަންމައާއެކީ ވަރަށް އުފަލުގަ އަހަރެން އުޅެމުން ދިޔައީ. ހެދުން ފަހައި ދީގެންނާ ތަންތަން ޒީނަތްތެރިކޮށްގެން ވެސް މަންމައަށް ލާރި ލިބެމުން ދިޔަ. އެހެންވެ ފުދޭވަރަކަށް ތަނަވަސް އަދި ހަމަޖެހޭ އުޅުމެއްގަ އަހަރުމެން އުޅެމުން ދިޔައީ. އެކަމަކު އަހަރެން މަންމަ ގާތު ބައްޕަ ކޮބައިހޭ އަހާ ކޮންމެ ފަހަރަކު މަންމަ ރުޅި އައިސް ހަޅޭއްލަވައިގެން އޭނަގެ ނަން ނުގަންނާށޭ ބުނެހަދާ. އޭގެ ތެރެއިން ބައެއްފަހަރު އަހަންނަށް އަނިޔާވެސް ކުރޭ. އެހެންވެ ބޮޑަށް ހީވީ ބައްޕައަކީ ގޯސް މީހެއްހެން. ބައްޕަގެ ވާހަކަ ދައްކަން ޖެހިލުންވީވެސް އެހެންވެ. ދެން އެއްދުވަހު ނޭނގޭ ކީއްވެކަމެއް. މަންމަ އެއްދުވަހު އޮފީހުން ގެއަށް އައީ ވަރަށް ބިރުގެންފަ ހުރެ. އޭތި މިރަށަށް އައިއްސިއޭ ކިޔާފަ ފޮށްޓައް ހެދުންތައް އަޅަން ފެށީ. އެދުވަހު އެ ފޮށި ހުޅުވިއިރު ފެނުނު ތި ޓީޝާޓާއި ފޮޓޯ ފެނިފަ މަންމަ ބިރުން ކަހަލަ ގޮތަކަށް ހަޅޭއްލަވާފައި ތި އެއްޗެހި ކޮޓަރިން ބޭރަށް އުކާލީމަ އަހަރެން ތި އެއްޗެހި ނެގީ. އަދި މިހާތަނަށް އައިއިރު ވެސް ތި އެއްޗެހި އަހަރެން މަންމައަށް ފޮރުވައިގެން ގެންގުޅުނީ މަންމަ އަހަރެންގެ ކުޑައިރުގެ ޓީޝާޓަކަށާއި ތި ފޮޓޯއަށް ރުޅި އަންނަންވީ ކީއްވެކަން ދެނެގަންނަން ބޭނުންވީމަ. އަދި ފޮޓޯގަ ހުރީ ބައްޕަހެން ހީވީމަ ބައްޕައާއި ހަމައަށް ގޮސް މަންމަ ރުޅިއެރުވީތީ ބައްޕަގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގަ. އެކަމަކު މަންމަ ފަހުން ބަދަލުވީ ރަށުން ވެސް އަހަންނަށް ބައްޕައެއް ނުފެނުނު. އެހެން ރަށަކަށް ބަދަލުވުމަށްފަހު ވެސް މަންމަ އުޅުނީ އަހަންނަށް ނޭނގޭ ސަބަބަކާހުރެ ވަރަށް ބިރުން. ބުނަމުން ދިޔައީ ވީހާވެސް އަވަހަކަށް މަންމަ ދަރިފުޅު ބޭރަށް ގެންދާނަމޭ. ދަރިފުޅު ސަލާމަތް ކޮށްދޭނަމޭ. ސަލާމަތްވަނީ ކޮންކަމަކުންތޯ އަހައި އަހައި މަންމަ ޖަވާބެއް ނުދޭ. އެންމެ ފަހުން މަންމަ ލާރި އެއްކޮށްގެން އަހަރެން ގޮވައިގެން އިންޑިޔާއަށް ދިޔައީ. އެއަށްފަހު އެއްވި ލާރިން މެލޭޝިޔާއަށް ވެސް ދެވުނީ. މެލޭޝިޔާއަށް ބަދަލުވީފަހުން މަންމަ ފޮތްތައް ލިޔެ މަޝްހޫރުވާން ފެށީ. އޭގެ ފަހުން އެހެނިހެން ޤައުމުތަކަށް ވެސް ދަތުރުކުރިން މަންމައާއެކީ. އެކަމަކު 10 އަހަރުގަ ލަންޑަނަށް ގޮސް މަންމަ ލިޔުނު 8 ވަނަ ފޮތް ނެރުމަށްޓަކައި ކުޑަ ކޮންފަރެންސަކަށް ގޮއްސަ ހުއްޓާ މަންމަ އަހަންނަށް ގެއްލުނީ. މަންމަ ކޮންފަރެންސަށްޓަކައި ޢިމާރާތެއްގަ ހުރި ހޯލަކަށްވަނީ އަހަރެން އެތާނގަ ހުރި ލައިބްރަރީއަކަށް ވައްދާފަ. މަންމަ ނައިސްގެން މާ ގިނައިރުވާން ފެށުމުން އަހަރެން ބަލާލިއިރު ކޮންފަރެންސް ނިމުނުތާ އެތައްއިރެއްވިކަން އަހަންނަށް އެނގުނީ. އެރޭ ވަރަށް ހޯދިން މަންމަ. ގުޅަން ވަރަށް މަސައްކަތް ކުރިން އެކަމަކު ފޯނު ނިވާލާފަ ކަމަށް އެކޮޅުން އިވެންފެށީ. ވަރަށް ކަންބޮޑުވި އަހަރެން މަންމައާމެދު. އެރެއިން ފެށިގެން އެ ބީރައްޓެހި ރަށުގަ އެކަނި ދަތުރުކުރަންވީމަ ބިރުވެސް ގަތް. އެކަމަކު އަހަރެން ޖެހުނީ އެ ބިރުވެރިކަމާއެކީ އުޅެން ފަށަން. އޭގެ ދުވަސްކޮޅެއްފަހުން އަހަންނަށް އެނގުނު މަންމަ ގެއްލުވާލީ ކޮން ބައެއްކަން. އަހަންނަށް ޙަޤީޤަތް އެނގުނުކަން އެމީހުންނަށް އެނގުނީމަ އެމީހުން އަހަރެން އަތުލަން ވެސް އުޅުނު. އެކަމަކު އަހަރެން އެއަށްވުރެ ކުރިން އެމީހުންނަށް ފިލައިގެން ރާއްޖެއަށް އައިސް މިއުޅެނީ. ނަން ބަދަލުކޮށްގެން އުޅެން ޖެހުނީ ވެސް އެހެންވެ..” މުޙްސިން އެއްދިމާލަކަށް ބަލަން އިނދެ ދައްކަން ފެށި ވާހަކަތަކުން އެތައް ކުލަވަރެއް އޭނަގެ މޫނުމަތިން އަރައި ފައިބަމުން ދިޔައެވެ. އެންމެ ފަހު ޖުމްލަތަކަކާއެކީ އެ މޫނުމައްޗަށް ވެރިވެފައިވީ ހިތާމަވެރިކަމާއި ރުޅިވެރިކަން އެކުލެވިފައިވި އަސަރެކެވެ.
“އެއީ ކޮން ބައެއްތަ ދަރިފުޅު؟ ކޮން ބައެއް މަންމަ ގެއްލުވާލީ؟ ބައްޕަ ކައިރީގަ ބުނޭ! އޭރުން ބަޕް….” މިރްޒާން އަވަސްއަވަހަށް ދައްކަން ފެށި ވާހަކަ ފުރިހަމަ ނުވަނީސް މުޙްސިން ވާހަކަ ދެއްކިއެވެ.
“ނޫން ބައްޕާ…..މި ވަގުތު އެއްވެސް ފިޔަވަޅެއް އެޅުން ރަނގަޅެއްނޫން. މިހާރު މަންމަވެސް ވަނީ އެމީހުންގެ ކިބައިން ސަލާމަތްވެފަ. އަހަންނަށް މިކަން އެނގެނީ މަންމަ ސަލާމަތްވީ އަހަރެންގެ ސަބަބުން ކަމަށް ހީކޮށް މީގެ އަހަރެއްހާ ދުވަސްކުރިން އެމީހުން އަހަންނަށް ގުޅީމަ. އެމީހުންނަށް ވެސް މަންމަ ވީތަނެއް ނޭނގޭ މިހާރު. އެކަމަކު މަންމަ އެމީހުންނާ ދުރުގަ ހުރިއްޔާ މަންމަ ހުންނާނީ ޞައްޙަ ސަލާމަތުން. އެކަމާމެދު އަދިވެސް އެމީހުން ރުޅި އައިސްފަތިބީ…” މުޙްސިން އިތުރު ތަފްޞީލުތައް ދިންއިރު މިރްޒާނަށް ހަމަޖެހުން ގެއްލިފައިވި ހިތަކާއެކީ އަޑުއަހަން އިނދެވުނެވެ. މުޙްސިން ވާހަކަ މެދުކެނޑުމާއެކު އޭނައަށް ސުވާލެއް ކުރެވުނެވެ.
“ކީއްވެ އެމީހުން މަންމައަށް އެހާ ރުޅި އަންނަންވީ؟ އެއީ ކޮން ބައެއްތަ؟” މިރްޒާނަށް އެ ފަހު ސުވާލު ކޮށްލެވުނީ އެ ބަޔަކަށް އައި ރުޅިވެރިކަމާއި އެކީގައިވެސްމެއެވެ.
“އެއީ ދިވެހިންގެ ތެރެއިން ބޭރުގައި ތިބެ ދީނާއި ދެކޮޅަށް ވާހަކަތައް ފަތުރާމީހުން. މަންމައަކީ އެމީހުން ކަހަލަ މީހުންނާއި ދެކޮޅަށް އަޑުއުފުލައި ރައްދުދޭ ލިޔުންތެރިއަކަށްވާތީ އެމީހުން މަންމައަށް ނަފްރަތުކުރަނީ. މަންމަގެ ސަބަބުން އެމީހުން ތެދުމަގުން އެއްކިބާކުރި އެތައް ބަޔަކަށް އަލުން ހިދާޔަތް ލިބިގެން ދިޔަ. އެމީހުން އުޅުނީ މަންމަ މުޅިން ނެތިކޮށްލަން. އެކަމަކު ﷲ ގެ އިރާދަފުޅުން އެކަން އެގޮތަށްނުވި. މަންމަ ހުރީ އެމީހުންގެ އަނިޔާވެރި އަތްތަކާއި މާ ދުރަށް އެމީހުންނަށް ނުވެސް އެނގޭ ހިސާބަކަށް ގޮއްސަ.” މުޙްސިން އުއްމީދީ ގޮތަކަށް ބުންޏެވެ. އެހެނަސް އެއިން މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއްނުވިއެވެ.
“އެކަމަކު ދަރިފުޅު އަހަރުމެން ޖެހޭނެއެއްނު މަންމަ ވީތަނެއް ބަލަން؟ ދަރިފުޅު އުފަލެއް ނުވާނެތަ މަންމައާއި ބައްޕައާ ދަރިފުޅު އެންމެ ފަހުން އެއްވެ އެކީގަ އުޅެން ފެށިއްޔާ؟” މިރްޒާން އެހެން ބުނެލީ އޭނަ އެ ސިފަކުރި ކަންތައް ޚިޔާލަށް ގެނެވުމުން ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއި އެކީގައެވެ.
“އުފާވާނެ ބައްޕާ. އަހަރެން ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ބައްޕައާއެކީ މަންމަ ހޯދުމުގެ މަސައްކަތް ފަށަން. އެކަމަކު މިއަދު ކަންތައް ވީ ގޮތަށްފަހު އަހަރުމެން ކުއްލިއަކަށް އެ ޒާތެއްގެ ވާހަކައެއް ދައްކާފަ ދަތުރު ފަށައިފިއްޔާ އެމީހުންނަށް ޝައްކުވާނެ. އަހަރުމެންނަށް ނޭނގުނަސް އެމީހުން އަހަރުމެންނަށް ފާރުލަމުންދޭ ބައްޕާ. އަހަރުމެން ފިޔަވަޅުތައް އަޅަންޖެހޭނީ ވަރަށް ބަލައިގެން. ކޮންމެ ކަމެއްވެސް ކޮށްފާނެ އެމީހުން.” މުޙްސިން ކަންބޮޑުވުން ވެރިވެފައިވި މޫނަކާއެކީ މިރްޒާނަށް ބަލާލަމުން ބުނެލިއެވެ. އެ ވާހަކައާމެދު ވިސްނާލެވުނު މިރްޒާން ބޯޖަހާލީ އޭނަގެ އަމިއްލަ ރައްކަލަށްވުރެ މުޙްސިންގެ ރައްކާތެރިކަމާމެދު ވިސްނާލަމުންނެވެ. އެއަށްފަހު އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މުޙްސިން ދެންވެސް ވާހަކަ ދެއްކިއެވެ.
“އެހެންނޫނަސް ކޮންމެވެސް ސަބަބަކާހެދި މަންމަ ބައްޕައަށް ރުޅިއާދޭ. އަހަރުތަކެއްވެއްޖެ އަހަންނަށް މަންމަ ނުފެންނަތާ. އެކަމަކުވެސް ނޭނގޭ ކީއްވެކަމެއް. ހީވަނީ މަންމަ އަދިވެސް ބައްޕަގެ ވާހަކަ ދެއްކިއްޔާ ރުޅި އަންނާނެހެން. އެހާވެސް ގިނަ ފަހަރު އަހަންނަށް އެ މަންޒަރު ފެނިފަ ހުރީ. އެއީ ކީއްވެތަ މަންމަ ބައްޕައަށް އެހާ ރުޅި އަންނަނީ؟ މަންމަ ބައްޕަދެކެ ލޯބި ނުވަނީތަ؟” މުޙްސިނަށް ސީރިއަސްކަމާއެކީ އެތައް އަހަރެއް ވަންދެން އޭނަގެ ހިތަށް ވެރިވެފައި އޮތް ސުވާލު ކޮށްލެވުނެވެ. މުޙްސިންގެ އެ ފަހު ސުވާލާއެކީ މިރްޒާން ހުއްޓުން އެރިއެވެ. އޭނަގެ ލޮލަށް ވަގުތުން ސިފަވާން ފެށީ އޭނައާއި އަމްނާ އެންމެ ފުރަތަމަ ދިމާވި ދުވަސްތަކެވެ. އަމްނާގެ އެ ރީތި ހިނިތުންވުމެވެ. އަމްނާގެ ފަރާތުން އޭނައަށް ފެނުނު ސަމާސާވެރި އަދި ހިތްހެޔޮ މިޒާޖެވެ. އަމްނާ އޭނައާއިމެދު އަޅާލާކަން އޭނައަށް އިޙްސާސްވާންފެށި ދުވަސްތަކެވެ. އެއަށްފަހު ދެމީހުންނަށް ވެސް އެކަކު އަނެކެއްދެކެ ލޯބިވެވުނު ގޮތެވެ. އެ ލޯބީގެ ތެރެއިން އަމްނާ އެޅި ފިޔަވަޅެއްގެ ސަބަބުން ދެމީހުންނަށް ވެސް ހިދާޔަތް ލިބި ﷲ ރުހިވޮޑިގެންވާފަދަ ގުޅުމަކަށް އެދެމީހުންގެ ގުޅުން ބަދަލުވެގެން ދިޔަ ގޮތެވެ. އެއަށްފަހު ވެސް އަމްނާގެ ފަރާތުން އޭނައަށް ލިބުނު ނިމުމެއްނެތް ލޯތްބާއި އޯގާތެރިކަމެވެ. އެ އުފާވެރި ދުވަސްތަކުގެ ހަނދާންތަކުން މިރްޒާންގެ ހިތަށް ފިނިކަމެއް ލިބުނު ތަނާހެން ކުއްލިއަކަށް އޭނަގެ ކަންފަތުގައި އަމްނާގެ ހަޅޭކުގެ އަޑު އިވުނުހެން ހީވުމުން އެ ހިތަށް ސިހުމެއް ލިބުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަމްނާ ތޫނު ވަޅިއަކުން އޭނަގެ އަތް ޒަޚަމްކޮށްލި މަންޒަރު އޭނަގެ ލޮލަށް ސިފަވުމުން އެ ދެލޯ ރަތްވެގެން ދިޔައެވެ. އިސާހިތަކު މިރްޒާންގެ ލޮލަށް ހޫނު ކަރުނަތަކެއް ޖަމާވެ އޭގެތެރެއިން ކަރުނައެއް ލޮލުން ފައިބައިގެން އައެވެ. އެ މަންޒަރު ފެނުނު މުޙްސިންގެ ހިތުގައި އެތައް ޖަޒުބާތެއް އުތުރި އަރައިގަތް ހިނދު އޭނައަށް ވައި އަޑުން ބައްޕާއޭ ކިޔައި ގޮވާލެވުނެވެ. އެ ހިނދު މިރްޒާން ވާހަކަ ދެއްކިއެވެ.
“މަންމަ ބައްޕަދެކެ ލޯބިވޭ. ވަރަށް ލޯބިވޭ ދަރިފުޅާ…” މިރްޒާން އިސްޖެހިފައިހުރެ އިވޭ ނުއިވޭ އަޑަކުން އެހެން ބުނެލި ވަގުތު އަނެއްކާވެސް މެއަށް އެރި ތަދެއްގެ ސަބަބުން އޭނައަށް މޭމަތީގައި އެއްއަތް އަޅާލެވުނެވެ. އެއާއެކު ކަންބޮޑުވެގެން ދިޔަ މުޙްސިން މިރްޒާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ދެން އެކަމާމެދު މާ ބޮޑަށް ނުވިސްނާ ބައްޕާ. މަންމަ އަނެއްކާ ހޯދަންވެސް ބައްޕަގެ ޞިއްޙަތު ރަނގަޅުވުން މުހިއްމު. އިން ޝާ ﷲ ބައްޕައާ އަހަރެންވެގެން އަދި މަންމަ ހޯދާނީ. މަންމައަށް ބައްޕައާމެދު ގޯސްހީވުމެއް ހީވަނީ ކަމަށްވާނަމަ އަހަރެން މަންމައަށް ވިސްނައިދޭނަން އިން ޝާ ﷲ. މިވަގުތު އެކަންތަކާމެދު ނުވިސްނާ ބައްޕާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ. ބައްޕަ މިވަގުތު އަރާމުކޮށްލަންވީއެއްނު ދޯ؟” މުޙްސިން ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ބައްޕައަށް ވިސްނައިދެވޭތޯ ބެލިއެވެ. އެކަން ކާމިޔާބުވެސްވިއެވެ. މުޙްސިން އެހެން ބުނުމާއެކު މިރްޒާން ބޯޖަހާލިއެވެ. އަދި މުޙްސިންގެ އެހީތެރިކަމާއެކީ އެނދުގައި އޮށޯތީ އޭނަގެ ހިތުގައި އަމްނާ ނެތްކަމުގެ ޝަކުވާ އޮތެއްކަމަކު ﷲ އަށް ޙަމްދުކުރަމުންނެވެ. ދުވަހަކުވެސް އެނބުރި ނާންނާނެހެން އެކި ދުވަސްމަތިން ހީވި އޭނަގެ ދަރިފުޅު މިއަދު އޭނަގެ ގާތުގައި ހުރުމުންނެވެ. އެ ދަރިފުޅު އަނބުރާ އޭނަގެ ގާތަށް ފޮނުއްވި ރަސްކަލާނގެ އޭނަގެ ޢާއިލާ ފުރިހަމަ ކުރައްވާނެކަން އެވަގުތު ޔަޤީންކުރަން އޭނައަށް ފަސޭހަވިއެވެ.
**
ލަންޑަންގައި ދެބުރިއަށް ނެގިފައިހުރި ޝާހީ ގެއެއްގެ ސިޓިންގް ރޫމުގެ ތެރެއިން ކުއްލިއަކަށް އިވިގެން ދިޔައީ ބިންމައްޗަށް ޖަހާލެވުނު ހުޅުވިފައިހުރި ލެޕްޓޮޕެއް ތަޅައިގެން ގޮސް މާބަލް ޖެހިފައިހުރި ތަޅުންމަތިން ކައްސައިގެން ދިޔަ އަޑެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ތަނަވަސް ސިޓިންގް ރޫމުގެ ތެރޭގައި ގުގުމާލީ އާޝިޔާގެ ރުޅިވެރިކަމުން ފުރިފައިވި އަޑަކުން އިނގިރޭސި ނުބައި ބަސްތައް ކިޔަން ފެށި އަޑެވެ. އެ ހިނދު އެގޭގެ އެއްފަރާތުގައި ހުރި ސިޑި ބަރިން ފައިބަމުން އައި ޒަމީނަށް އެ މަންޒަރު ފެނިފައި ވާހަކަ ދެއްކިއެވެ.
“ކިހިނެއްތަވީ އާޝިޔާ މާ ރުޅި އައިސްގެން ތިއުޅެނީ؟” ޒަމީން ސިޑި ބަރީގެ ފަހު ހަރުފަތް ގިރާ ކުރުމަށްފަހު އެ ދިމާލުން ޓައިލްސް މަތީގައި ހުރި ލެޕްޓޮޕަށް ނަޒަރެއް ދީފައި އާޝިޔާއަށް ބަލަމުން ސުވާލެއްކުރިއެވެ.
“ކިހިނެއްހޭވީ؟! އެ އަންހެނާ އެބައުޅޭ އޭނަގެ އަމިއްލަ ސައިޓެއް ހުޅުވައިގެން އަނެއްކާ އެ ދީނެއް ފަތުރަން ފައިވިއްދައިގެން! ހަމަ އަހަންނަށް މާ ގިނައިން ލާރި ލިބޭތީ މޭ ކަރައިގެން އޭނަ އެއުޅެނީ. ހިތުން އަހަންނަށްވުރެ ބޮޑަށް މަޝްހޫރުވެވޭތޯ އެއުޅެނީ!!” އާޝިޔާ ދަތްކުނޑި ވިކަމުން އެހެން ބުނެ އައި ރުޅީގައި އަރިމަތީ މޭޒުމަތީގައި ހުރި ހުދުކުލައިގެ މާ ޖަހާފައި ހުރި ގުޅިއެއް އަތަށް ނަގައި އަތުގެ ކޮޅަށް ހޫރާލިއެވެ. އޭތި ގޮސް ފާރުގައި ޖެހި ތަޅައިގެން ދިޔަ އަޑަށް އަބަދުވެސް އާޝިޔާގެ ކަންތައް ކުރުމަށްޓަކައި އާޝިޔާ ފެންނަ ހިސާބުގައި ދުރުގައި ހުއްޓި ހުންނަ އަންހެން ނޯކަރުވެސް ސިހިގެން ދިޔައެވެ. އަޑުފަތްގަނޑު ކެނޑިގެން ދިޔަ ހިނދު ޒަމީންގެ އަޑު އިވުނެވެ.
“އާޝިޔާ ކާމް ޑައުން! މައިސޫން އަހަރެން ކައިރިވެސް ބުންޏޭ ތި ސައިޓްގެ ވާހަކަ. އެކަމަކު އޭނަގެ ލިޔުންތަކާ އޭގަ ހުރި ލިޔުންތަކާ ވައްތަރުވިޔަސް އެއީ އޭނައަށް ނުވާނެ! އޭނަ މިހާރު ހުންނާނީ ބިރުން. އަހަރުމެން އޭނައަށް ޖެއްސި ޙާލަށްފަހު ހިއެއްނުވޭ އޭނައަށް އަނގަ ހުޅުވާލާނެހާ ހިތްވަރެއް ލިބޭނެހެނެއްވެސް. އޭނައަށް އެނގޭނެ އޭނަ ކޮންމެ ތަނެއްގައި ހުއްޓަސް އޭނަ ހުރިތަން އަހަރުމެންނަށް އެނގިއްޖެއްޔާ އަހަރުމެންނަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން.” ޒަމީން އާޝިޔާގެ ކައިރިއަށް ގޮސް އާޝިޔާގެ މޫނުގައި ހިފަހައްޓާލަމުން އާޝިޔާ ހިތްހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސްވިއެވެ. އޭނަގެ އެ ވާހަކައާއެކު އާޝިޔާ އޭނަގެ ރުޅިގަނޑު ހިންދަމުން ކަހަލަ ގޮތަކަށް ފުން ނޭވާތަކެއް ލާންފެށިއެވެ. އޭގެ ހިނދުކޮޅެއްފަހުން އޭނަ ޒަމީންގެ އަތާއި ދުރުވެލަމުން އެތާ ހުރި ސޯފާއަށް ވެއްޓިގަންނަމުން އިށީނެވެ. ޒަމީން ވެސް ހިމޭންކަމާއެކީ އޭނަގެ ކައިރީގައި އިށީނުމުން އާޝިޔާ އޭނަގެ މޫނު ދެއަތުން ފޮރުވާލިއެވެ. އެހިނދު ކޮނޑާއި ހަމައަށް ކޮށާލެވިފައިވި އިސްތަށިގަނޑުގެ އެކި ތަންތާނގައި ގަދަ ދަނބުކުލައެއް ޖެއްސިފައިވި ގޮތުންނާއި، ލޫޅާފަތި ހަށިގަނޑަށް ހިފިފައި އޮތް މައްޗަކާއި ޖިންސެއް ލައިގެން ހުރިގޮތުން އެއީ 19 އަހަރުގެ ކުއްޖެއްގެ މަންމައެކޭ އެކަކު ވެސް ނުބުނާނެއެވެ. އާޝިޔާގެ ކޮނޑުގައި ހިފަހައްޓާލި ޒަމީން ވެސް އެފަދައެވެ. އިސްތަށިގަނޑުގައި ޖައްސާފައި ހުރި ކަޅުކުލައިން ނުރަތައް ފޮރުވާފައިވި ގޮތުން އޭނައަކީ 42 އަހަރުގެ ފިރިހެނެކޭ އެކަކުވެސް ނުބުނާނެއެވެ. ޢުމުރުގެ އެހާ ހިސާބަށް އައިއިރު ދެމީހުންނަށް ލިބިފައިވެސް ވަނީ ޒުވާން ޢުމުރުގެ ޞިއްޙަތާއި ހަކަތައެވެ. އެހެނަސް އެ ޞިއްޙަތާއި ހަކަތަ އެމީހުން ބޭނުންކުރާ ގޮތާއިމެދު ސުވާލުކުރެވޭނެ ކަމަށް އެދެމީހުން އެއްގޮތަކަށް ވެސް ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން އުޅެމުން ދިޔައީ އެއްވެސް މިޞްރާބެއް ނެތް ދިރިއުޅުމެކެވެ. އެމީހުން އުޅެމުން ދިޔައީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށް އެހެން މީހުންނަށާއި އަމިއްލަ ނަފްސުތަކަށް ވިސްނައިދޭން އުޅުނެއްކަމަކު ޙަޤީޤަތަކީ އެމީހުން އުޅެމުން އައީ އެތައް ސަބަބަކާހުރެ ނުތަނަވަސްކަމުން ފުރިފައިވި ދިރިއުޅުމެއްކަމެވެ. އެމީހުން އެގޭގެ ތެރޭގައި ގެންގުޅޭ ނޯކަރުންނަކީ އެ ދިރިއުޅުމުގެ ހެކިވެރިންނެވެ. އެވަގުތު އާޝިޔާ ތަޅާލި ގުޅީގެ އެތިކޮޅުތައް ސާފުކުރަން ހުރި ނޯކަރު އޭރުވެސް ސިހުމެއްގެ ތެރޭގައި ވުމީވެސް އެ ދިރިއުޅުމުގެ ހެއްކެކެވެ.
އާޝިޔާއާއި ޒަމީންގެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް އައީ ޒަމީންގެ އަތުގައި ފޯނަށް އައި ނޮޓިފިކޭޝަނަކުންނެވެ. އެއާއެކު ދެމީހުންގެ ނަޒަރުވެސް ފޯނުގެ ސްކްރީނަށް ހުއްޓުނެވެ.
“ކޯޗެއް؟” ސްކްރީނަށް އެރި އެއްޗެއް ފެނިފައި ޒަމީން ހިނިތުންވެލުމުން އާޝިޔާއަށް އަހާލެވުނެވެ.
“އަހަރެން ހިންގާ އެއްކަލަ ޕޭޖަށް ޓުވެންޓީ ތައުޒަން ލައިކްސް ހަމަވީ.” ޒަމީން އެހެން ބުނެލީ ފަޚުރުވެރިވެފައި ހުރެއެވެ. އެއާއެކު އާޝިޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“ދެޓްސް އޯސަމް! އައި ލަވް ޔޫ!” އާޝިޔާ އެހެން ބުނެ ޒަމީނާއި ގާތްވެލަމުން އޭނަގެ ކޯތާފަތަށް ބޮސްދިނެވެ.
“ހެހެ…އެކަމަކު މިއަށްވުރެ ވެސް އަހަރުމެން ޕޮޕިއުލާރ ވާނެ ގޮތެއް އެބައޮތް. އަހަރުމެން އަތުޖައްސަން އެބަޖެހޭ މި ވިސްނުން ހުންނަ ޒުވާން އަދި ކާމިޔާބު ކުއްޖެއް. އެންޑް ޔޫ ނޯ ހޫ ދެޓް އިޒް!” ޒަމީން އެހެން ބުނެ އާޝިޔާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އެއާއެކު އާޝިޔާ ތޫލި އަޑަކުން ހިނިގަނޑެއް ޖަހާލިއެވެ.
“އޭނަ ގެނެވިދާނެ ކިތަންމެހާވެސް ފަސޭހައިން. މަށަށް ޔަޤީން އަހަރުމެން މި މަސައްކަތް ކުރަނީ ކޮން ކަމަކަށްޓަކައި ކަން އެނގުނީމަ އޭނަ އަހަރުމެންނަށް އެހީވެސް ވާނެކަން. މީހުން ދައްކާ ތޯތޯ ވާހަކަތަކަށް ހެއްލޭވަރަށްވުރެ ވިސްނުންތޫނު ކުއްޖެއް އެއީ.” އާޝިޔާ އެހެން ބުނެލީ ޔަޤީންކަމާއި އެކީގައެވެ.
“ހަމަ ރަނގަޅަށް ތިބުނީ. ހީ ވޯޒް ވަން އިންޓެލިޖެންޓް ބޯއި ކުޑައިރު ވެސް….ބައެއްފަހަރު ހިތަށްއަރާ އޭނަ ދޫކޮށްލާފަ ނާދެވުނުނަމައޭ.” ޒަމީން އެ ފަހު ޖުމްލަ ބުނެލީ އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން ހިސާބެއްގެ މާޔޫސްކަމަކާއެކީގައެވެ. އެހެނަސް އެ ވާހަކައަށް އާޝިޔާ ވަގުތުން ޗޮއްކަނޑާލިއެވެ.
“މަ ހިތަކަށްނާރާ! ސޫން ބުނަނީ ހަމަ ރަނގަޅަށް. ދަރިން ހޯދިއަސް އެއީ ވަކި އަހަރުމެން ބަލަންޖެހޭ ބައެއްނޫން. މި ޒަމާނުގަ ކުދިން ބަލާނެ ތަންތަން ހަދާފަ ހުންނަނީ ކަމަކު. ދެން އެމީހުން ބޮޑުވީމަ އެމީހުން އުޅޭނެ ގޮތަކަށް އުޅޭނެތާ. އެމީހުންގެ ދިރިއުޅުން އެމީހުންނަށް. އަހަރުމެންގެ ދިރިއުޅުން އަހަރުމެންނަށް! ދެބައިމީހުންނަށް ވެސް މިނިވަންކަން ލިބުނީމަ އެއްވެސް ކޮޅަކުން މައްސަލައެއް ނުޖެހޭނެ. ދެން އެހެންނޫނަސް އަހަރުމެން އަނެއްކާ އޭނަ މިގެންނަނީ މަޔަކާ ބަފައަކަށްވާކަށް ނޫން. އޭނަ މި ގެންނަނީ އެހެންކަމަކު. އެކަހަލަ ވިސްނުންތޫނު ކުއްޖަކު އަހަރުމެންނަށް ވަކާލާތު ކުރަން ފަށައިފިނަމަ އަހަރުމެންނަށް ދުވަހަކުވެސް ނުލިބޭ ފަދަ ކުރިއެރުންތައް ލިބެން ފަށާނެ.” އާޝިޔާ އެހެން ބުނެލީ އުއްމީދީ ގޮތަކަށެވެ. ޒަމީން އެ ވާހަކަތަކަށް ހިނިތުންވެލީއިރު އާޝިޔާ ދެއްކި ބައެއް ވާހަކަތަކާމެދު ހިތްހަމަނުޖެހުނު ފަދަ އަސަރެއް އެމޫނުމަތިން ފާޅުވިއެވެ. އެހެނަސް އޭނަ އެ ވާހަކަތައް ދުލާއި ހަމައަކަށް ނުގެނައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދީނާއި ދެކޮޅަށް މީސްމީޑިޔާގައި ފެތުރެމުން ދިޔަ ވާހަކަތައް އިތުރުވަމުން ދެއެވެ. އެ ޕޯސްޓްތަކަށް ލިބޭ ލައިކްސްތަކާއި ޝެއާރސްތައް ގިނަވަމުން ދެއެވެ. އެ ޕޯސްޓްތަކާއި ޚިޔާލުތަކުގެ މުލުގައި ތިބި މީހުން އެކަމާމެދު އުފާ ފާޅުކުރަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ނޭނގުނު ކަމަކީ ﷲ ގެ ނޫރުފުޅަކީ އެފަދަ ފުމުންތަކަކުން ނިވާލެވޭވަރަށްވުރެ ބާރުގަދަ ނޫރުފުޅެއްކަމެވެ. އަދި އެމީހުން ކިތަންމެ ނުރުހުންވިޔަސް އެ ނޫރުފުޅު ފުރިހަމަ ކުރައްވާނީ އެކަލާނގެކަމެވެ. އެމީހުން ޙަޤީޤަތުގެ އެއްބައި ބަލާފައި އެމީހުންނަކީ ‘ތޫނު ވިސްނުމެއްގެ’ ވެރިންކަމަށް ދުނިޔެއަށް ދެއްކުމަށްޓަކައި ޙަޤީޤަތުގެ އަނެއްބައަކީ ނެތް ބައެއްކަމަށް ނިންމިޔަސް، ވިސްނުން ހެޔޮ ގޮތުގައި ބޭނުންކުރާ މީހުންނަކީ މުޅި ތަޞްވީރަށް ރަނގަޅު ނަޒަރެއް ދީފައި މެނުވީ ނިންމުމެއް ނިންމާ ބައެއްނޫންކަމެވެ. އަދި ސާބިތު ހިތްތަކެއްގެ ވެރި ޢަޒުމް ވަރުގަދަ މީހުންނަކީ ދުނިޔޭގެ އެންމެން ބުރަދަނެއްނެތް ގޮތުގައި ހަޖޫޖެހިޔަސް އެ ޙަޤީޤަތަށްޓަކައި ތެދުވާނެ ބައެއްކަމެވެ. ދީނާއި ދެކޮޅުވި މީހުންނަށް ނުހަނު އަވަހަށް މި ހުރިހާ ކަމެއްގެ މިސާލެއް ފެންނަން އުޅޭކަން އެމީހުންނަށް ރޭކާއެއްނުލައެވެ.
ހާޝިމް އޭނަގެ ދަރުސްތައް ކޮންމެ ހަފްތާއެއްގެ 2 ދުވަހުގެ ބަދަލުގައި ކޮންމެ ދުވަހެއްގެ ހަވީރު ބާއްވަން ނިންމީ ދަރުސް ދޭން ފެށިތާ އެއްހަފްތާ ފަހުންނެވެ. ދަރުސްތައް ގިނަކުރަން އޭނައަށް ޖެއްސީވެސް ޚަބަރުތަކުންނާއި އެކި ޒުވާން ކުދިންގެ ދޫތަކުން ގިނަގިނައިން އިވެން ފެށި ޒާތްޒާތުގެ ވާހަކަތަކުން ހިތްދަތިވީ މިންވަރުންނެވެ. ދަރުސްތައް ގިނަކުރަން އޭނަ ނިންމީވެސް އެ ޒުވާން ކުދިންނަށް އަމާޒުކޮށްގެންނެވެ. ހާޝިމް އެކުދިންނާއިމެދު ވިސްނައިގެން އޭނަގެ ދަރުސްތައް އެކުދިންނަށް ޝައުޤުވެރިވާނެ ފަދައަކުން ރޭވުމަށް އެތައް ގަޑިއިރެއް ހޭދަކުރިއެވެ. އަދި އެ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަމުން ދިޔައީ ކަރުނުން ފުރެމުން ދިޔަ ލޮލާއި އެކީގައެވެ.
ދީނާއި ދެކޮޅު ވާހަކަތައް އިވުމުން ކާފައަށް އަންނަމުން ދިޔަ ބަދަލުތައް ފެނިފައި އައްޒާމަށް ހުރެވުނީ އަޖާއިބުވެފައެވެ. ކާފަ އެކަމާމެދު ދެރަވެގެން ކަރުނަ އަޅާ މަންޒަރު ފެނިފައި އޭނައަށް ހުރެވެނީ އިޙްސާސްކުރަންވީ ގޮތެއް ނޭނގިފައެވެ. ކާފަ އެކަމާމެދު އެހާ ދެރަވާންވީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ކާފަ އެ ޤަބޫލުކުރާ ދީނާއި އެއްގޮތަށް އުޅެ ކާފަ ސުވަރުގެއަށް ދިޔުމުން އެ ނިމުނީ ނޫންހެއްޔެވެ؟ ކާފަ ދެރަވަނީ ކާފަގެ ދަރުސްތަކަށް އަންނާނެ މީހުން މަދުވެދާނެތީ ހެއްޔެވެ؟ އެހެނަސް އެހެންވެސް ޤަބޫލުކުރެވޭކަށް ނެތެވެ. ކާފަ ބުނާ ގޮތުގައި ކާފަގެ ދަރުސްތަކަށް އެންމެ މީހަކު އަޔަސް ކާފަ ދަރުސްދޭނެއެވެ. އެ ދަރުހުގެ ތެރެއިން އެ މީހަކަށް ހިދާޔަތް ލިބިއްޖެނަމަ އެއީވެސް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ހުރިހާ ކަމެއްވެފައިވީ އައްޒާމަށް ދޭހަކުރަން ނުހަނު ދަތިވި ކަންތައްތަކަށެވެ. އެހެނަސް ދާދި ގާތް މުއްދަތެއްގައި އޭނައަށް އެކަންތައް ނުހަނު ސާފުކޮށް ދޭހަވާން އުޅޭކަން އޭނައަށް ނޭނގެއެވެ.
ދަރުސްތަކަށް އައްޒާމް ހާޒިރުވާން ފެށީ މިއީ އޭނަގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ ބަސްތަކެއް އިވިގެންދާނެ ދަރުސްތަކެއްކަން ނޭނގިއެވެ. ކާފައަށް އެއައި ބަދަލާއެކީ ކާފަ ފަށައިގަތް ދަރުސްތަކުން ވެސް އައްޒާމްގެ ހިތަށް ލޮޅުމެއްއައެވެ. އެ ދަރުހުގައި ކާފަ ކޮށްލީ އޭނަ މުޅި ޢުމުރު ދުވަހު އަހަން ނުކެރިފައި ހުރި ސުވާލުތަކެވެ. ކަލަކު ވޮޑިގެންވޭތޯއެވެ. 1400 އަށްވުރެ ގިނަ އަހަރު ކުރިން އިސްލާމް ދީނަށް ގޮވާލެއްވި މުޙައްމަދުގެފާނަކީ ޙަޤީޤަތުގައި ވެސް ރަސޫލެއްތޯއެވެ. ޤުރުއާނަކީ ހަމަ ޝައްކެއްނެތް ގޮތުގައި ﷲ ގެ ބަސްފުޅުތޯއެވެ. ދަރުސްތަކުގެ ތެރެއިން ކާފަ ޖަވާބު ދޭން މަސައްކަތް ކުރާނީ އެ ސުވާލުތަކަށް ކަމަށް ކާފަ ބުނުމުން އެދުވަހު އައްޒާމްގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނަ މި ހުރިހާ ދުވަހު ހީކުރީ ކާފައަށް އެ ސުވާލުތަކުގެ ޖަވާބު ނޭނގޭނެ ކަމަށެވެ. އެހެނަސް ކާފަ އެއްވެސް ޖެހިލުމެއްނެތި އެ ސުވާލުތައްކޮށް ހިނިތުންވުމަކާއެކީ އޭގެ ޖަވާބުތައް ދޭނެ ވާހަކަ ބުނުމުން އައްޒާމްގެ ހިތަށް ސިހުމެއް ލިބުނެވެ. ހިތް ނުތަނަވަސްވެސް ވެގެން ދިޔައީ ކާފަ އެ ދީފާނެ ޖަވާބުތަކުން އޭނަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭނެހެން ހީވުމުންނެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން އައްޒާމް އެ ދަރުސްތަކަށް ނުދާންވެސް ބޭނުންވިއެވެ. އެ ބާރުގަދަ ޙަޤީޤަތަށް ފިލަން ބޭނުންވި މިންވަރުންނެވެ. އެހެނަސް ދަރުސްތަކަށް ނުގޮސް އޭނަގެ ކާފަ ދެރަކުރަން ބޭނުމެއްނުވުމުން އައްޒާމް ގަދަކަމުން ވެސް ދަރުސްތަކަށް ދާންފެށިއެވެ. އޭނަގެ ރަނގަޅު އަޚްލާޤްގެ ސަބަބުން ހިތާއި ދެކޮޅަށް ވެސް އޭނަ އެ އެޅި ފިޔަވަޅުގެ ސަބަބުން އޭނަގެ މުޅި ޙަޔާތް ބަދަލުވާން ފެށިއެވެ. ދަރުސްތަކުގެ ތެރެއިން އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތަކަށް ޖަވާބު ލިބެން ފެށީ އައްޒާމް ހީކުރި ވަރަށްވުރެ ވެސް ފުރިހަމައަށެވެ. އަދި ހީކުރިވަރަށްވުރެ ވެސް ރީތިކޮށެވެ. ދަރުސްތައް އަޑުއިވެމުން ދިޔަ ވަރަކަށް އޭނަގެ ނަޒަރިއްޔާތު ސާފުވަމުން ދިޔަ ކަހަލަ އިޙްސާސެއް އައްޒާމަށް ކުރެވުނެވެ. އޭނަގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ މި ދީނަށް ވަންނަން ޖެހެނީ އަމިއްލައަށް ވިސްނި އަމިއްލައަށް އެދިގެންކަން އެނގުންވުމުންނެވެ. ޤުރުއާނުގެ ފުރަތަމަ ސޫރަތް ކަމުގައިވާ ފާތިޙާ ސޫރަތަކީ އޭގެ ފުރިހަމަ މިސާލެއްކަން އެނގުނު ދުވަހުއެވެ. ޤުރުއާނުގެ ފުރަތަމަ ބަސްތަކަކީ ވެސް ޙަމްދުގެ ބަސްތަކެކެވެ. އެއީ ރަނގަޅުކަމެއްވުމުން ޝުކުރުކުރުމަކީ އިންސާނީ ޠަބީޢަތުގައި ވެސް ވާ ކަމަކަށްވާތީވެއެވެ. ފުރިހަމައަށް ޝުކުރުވެރިވާން ބޭނުންވާ އިންސާނާ އެ ޝުކުރު އެންމެ ފުރިހަމައަށް ޙައްޤުވަނީ ކާކަށް ކަމާމެދުކަން ވިސްނާނެއެވެ. ޤުރުއާނުގެ ފުރަތަމަ އާޔަތުން ޖަވާބު ލިބިގެންދަނީ އެ ސުވާލަށެވެ. އެހެންކަމުން ޝުކުރުވެރިކަމުގެ އިޙްސާސް ކުރެވޭ މީހަކަށް ކުރިއަށް ހުރި އާޔަތްތަކާމެދު ވިސްނައިފިނަމަ ހިދާޔަތް ލިބޭނެއެވެ. މި ޙަޤީޤަތް އެނގުންވެގެން ދިޔަ ދުވަހު އައްޒާމަށް އިނދެވުނީ ހިރިލަން ވެސް ނޭނގިފައެވެ. ފާތިޙާ ސޫރަތުގައި ބަޔާން ކުރެވިފައިވި ފަދައިން އޭނަގެ ވެރިރަސްކަލާނގެއަކީ ހަމައެކަނި ﷲ ކަން އޭނައަށް ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނީ އެދުވަހުއެވެ. އަދި އޭނަ ދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ ވެސް އެއީކަން އޭނައަށް އެނގުންވީ އެދުވަހުއެވެ. ﷲ އަކީ އޭނަގެ ވެރިރަސްކަލާނގެ ކަމަށްވިޔަސް އޭނަ މި ހުރިހާ ދުވަހު އެކަލާނގެއަށް ފަސްދިނެވެ. އެކަލާނގެ އޭނައަށްޓަކައި އެތައް ކަމެއް ކޮށްދެއްވިއިރު ވެސް އޭނަ އެކަލާނގެއަށް ޝުކުރެއްނުކުރެއެވެ. އެހެނަސް އެކަލާނގެ އޭނަ ފާފައެއްކުރި ކޮންމެ ފަހަރަކު އޭނަ ފަޟީޙަތްކޮށް އޭނައަށް ގަދަފަދަ ޢަޒާބެއް ނުފޮނުއްވައެވެ. އެކަލާނގެ އެކަމަށް ކުޅަދުންވަންތަވެ ވޮޑިގެންވީ ހިނދު ވެސްމެއެވެ. އައްޒާމަށް ފުރަތަމަ ފަހަރަށް ނަމާދެއްގައި ރޮވުނީ އެއްރެއެއްގެ ޢިޝާ ނަމާދުގައި ކާފަ ފާތިޙާ ސޫރަތް ކިޔަވަމުން ދިޔަ އަޑު އިވިފައި ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކުން ހިތަށް ކުރި އަސަރުންނެވެ. ނަމާދުގައި އޭނައަށް ކަރުނަތައް ކޮންޓްރޯލް ނުކުރެވި ގިސްލެވެން ފެށުމުން ޚުދު އައްޒާމްވެސް ޙައިރާންވިއެވެ. އޭނަގެ ކައިރީގައި ތިބި މީހުން ހީކުރާނީ ވެސް ކީކޭތޯ ހިތަށްއެރިއެވެ. އެހެނަސް އޭނަގެ އެ ރުއިމަކަށް އޭނައަށް ބާރެއް ނުފޯރުވުނެވެ. ނަމާދުގައި ކާފަ އޭނައަށް ނުވެސް އެނގޭ ސޫރަތެއް ކިޔެވިއެއްކަމަކު އައްޒާމަށް އެއްފަހަރުވެސް ރުއިން ހުއްޓައެއްނުލެވެއެވެ. އެ އިވެނީ ޚުދު އޭނަގެ ވެރިރަސްކަލާނގެ ބަސްތަކެއްކަން ޔަޤީންވުމުން އެ ބަސްތަކުގެ މާނަ އެނގުމުގެ ކުރިން ވެސް އެ އާޔަތްތައް އޭނަގެ ހިތަށް ބާރު ފޯރުވި ފަދައެވެ. އެރޭގެ އެ ނަމާދު ނިމި ސަލާމް ދިނުމަށްފަހު ދެއަތް އުފުލައި އައްޒާމަށް ފުރަތަމަ ފަހަރަށް އިޚްލާޞްތެރިކަމާއެކު ދުޢާއެއް ދެންނެވުނެވެ. ކޮންމެ ގޮތަކަށް އޭނަގެ ޙަޔާތުގައި ކަންތައް ހިނގިޔަސް އޭނައަކީ ﷲ ރުހިވޮޑިގެންވާފަދަ އަޅަކަށް ލެއްވުމަށް އެދިއެވެ. އޭނަ ﷲ ގެ ހަނދުމައިން ދުރުނުކުރެއްވުމަށް އެދިއެވެ. އަދި އޭނަ އެ ހަނދުމައިން ދުރުވިޔަސް ނުހަނު ރީތި ގޮތެއްގައި ހިދާޔަތުގެ މަގަށް އޭނަ ގެނެސްދެއްވުމަށް އެދިއެވެ. އެ ދުޢާކޮށް ނިމުނު ހިނދު އެ ދުޢާތައް އިޖާބަވާނެކަމުގެ ޔަޤީންކަމެއް އައްޒާމްގެ ހިތަށް ލިބުނީ ކީއްވެކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. އެނގުނުހާވެސް ކަމަކީ އޭނަގެ ހިތަށް ދުވަހަކުވެސް ނުލިބޭފަދަ ހަމަޖެހުމެއް ލިބުނުކަމެވެ. ބޯމަތިން ބޮޑު ބުރައެއް އުފުލާލެވުނު ކަހަލަ އިޙްސާސެއް ކުރެވުނުކަމެވެ.
ހާޝިމްގެ ދަރުސްތަކުގެ ސަބަބުން ބަދަލެއް އަންނަމުން ދިޔައީ ހަމައެކަނި އައްޒާމަކަށް ނޫނެވެ. އެ ދަރުސްތަކުގެ ތެރޭގައި މާޝާއަށް ވެސް ކުރީކޮޅު އިނދެވުނީ އަޖާއިބުވެފައެވެ. އެހާވަރަށް ވިސްނުން ބޭނުންނުކުރާނެހެން އޭނައަށް ހީވި ޝެއިޚަކު ވެސް އެހާ ސަބަބުތަކުގައި ހިފައިގެން ދީނާއިމެދު އޭނަގެ ހިތުގައި އުފެދިފައިވި ހުރިހާ ސުވާލުތަކަށް ޖަވާބު ދިން ގޮތުންނެވެ. އެންމެ ފަހަކަށް ވެސް އޭނަގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ފުރިހަމައަށް ލިބިގެން ދިޔަ ދުވަހު މާޝާއަށް އިނދެވުނީ އަނގަ ހުޅުވިފައެވެ. އޭނަ މި ހުރިހާ ދުވަހު އުޅުނީ އަމިއްލަ ނަފްސު މޮޔަ ހައްދައިގެންކަން އޭނައަށް އެނގުންވީ އެވަގުތެވެ. ބޭރު މީހުން ދީނާއި ދެކޮޅަށް ލިޔެފައި ހުރި ދެތިން ލިޔުމެއް ކިޔާފައި އިސްލާމް ދީނަކީ ބުރަދަނެއް ނެތް ދީނެއްކަން ނިންމުނުކަމުގެ މޮޔަ ހީވިއެވެ. އޭނަގެ ޝައްކުތައް ހުރުމުގެ މާނައަކީ އެ ޝައްކުހުރި ކަމަކީ އަގެއްނެތް ކަމަކަށްވުމެއްނޫނެވެ. އެހެނެއްކަމަކު އޭގެ މާނައަކީ އޭނައަށް އެކަމަކާމެދު ހޯދަންޖެހޭ ވަރަށް ހޯދިފައި ނެތުމެވެ. އެކަން އެނގުންވުމުން މާޝާ މި ދީނާއިމެދު އުނގެނެން އޮތްހާ ވަރަކަށް އުނގެނެން ނިންމިއެވެ. އެ ނިންމި ނިންމުމާއެކީ އޭނަ ދަރުސްތަކަށް ދާން ފެށީވެސް ފޮތަކާއި ގަލަމަކާއި އެކީގައެވެ. ޤުރުއާނާއި އެއްފަދަ ފޮތެއް ނުގެނެވޭނެކަމަށް ބުނެ އެއްދުވަހުގެ ދަރުހެއް ފެށުމުން ކުޑައިރުއްސުރެ މާޝާގެ ސިކުނޑީގައި ދައުރުވީ ޚިޔާލެއް އެދުވަހުވެސް ހަނދާނަށްއައެވެ. އެކަން އޭނައަށް ޔަޤީންވާނީ އޭނައަށް ޤުރުއާނުގެ ބަސްކަމަށްވާ ޢަރަބި ބަސް އެނގުމުން ނޫންތޯ ހިތަށްއެރިއެވެ. އޭނައަށް އެފަދަ އާޔަތްތަކެއް ނުލިޔެވޭނެކަން އެނގޭނީ އޭރުންނެއްނޫންތޯ ހިތް ސުވާލުކުރިއެވެ. ނުހަނު ޝައުޤުވެރިކަމާއެކީ މާޝާ ޢަރަބި ބަސްވެސް ކިޔަވަން ފެށީ އެހެންވެއެވެ. ދަރުސްތަކުގައި ބައިވެރިވަމުން ދިޔަ ހުރިހާ ކުދިންނަށްވުރެ ކުރިން މާޝާއަށް އެ ފިލާވަޅުތައް ފަހުމްވެސް ވަމުންދިޔައެވެ. މާޝާ އެ ފިލާވަޅުތައް ނަގަމުން ދިޔަލެއް އަވަސްކަމުން އެންމެން ވެސް އަޖާއިބުވާހާވިއެވެ. އެހެނަސް މާޝާވީ އެ ތަޢުރީފުތަކަށް ހެއްލޭވަރަށްވުރެ މަޤްޞަދެއް ޙާޞިލުކުރުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާޝާ ހާޝިމަށް އެދިގެން އެންމެން ދިޔުމުން ވަކިން ވެސް ޢަރަބި އިތުރު ފިލާވަޅުތައް ނަގަން ފެށިއެވެ. އައްޒާމަށް އެކަން އެނގުންވާނެ ވާހަކަ ބުނެ އޭނަގެ ހިތް އުފާކުރިއެއްކަމަކު އައްޒާމްގެ ސަމާލުކަމަށްވުރެ އޭނައަށް އެހެން ކަމެއް މުހިއްމުވެފައިވިއެވެ.
މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން އެންމެ މަހެއްގެ ތެރޭގައި މާޝާއަށް ޤުރުއާން ކިޔަވަމުން ދިޔައިރު ބަސްތައް ވަކިކުރެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް ތަރުޖަމާއާއި ނުލާ ބައެއް ބަސްތަކުގެ މާނަ އެނގެން ފެށި ދުވަސްތައް ވެގެން ދިޔައީ މާޝާގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްތަކަށެވެ. ޤުރުއާން ކިޔަވަމުން ދިޔައިރު އޭނައަށް ނޭނގި އޭނައަށް ހިނިތުންވެވެމުން ދިޔައެވެ. ހާޝިމްގެ ނަޞޭޙަތާއި އެއްގޮތަށް އޭނަ ތަރުޖަމާ ބަލައިގެން ޤުރުއާން އަޑުއަހަން ފެށިފަހުން އިތުރު ބަސްތައް އެނގެމުން ދިޔަދިޔަހެން އޭނައަށް ގިނަ އާޔަތްތަކުގެ މާނަ ދެނެގަންނަން ފަސޭހަވަމުން ދިޔައެވެ. ފަހަކަށް އައިސް ސްކޫލުން ގެއަށް އައުމަށްފަހު ޤުރުއާން އަޑުނާހައި އެހެން އެއްވެސް ކަމެއްކުރަން އޭނަގެ ހިތްވެސް ހަމަނުޖެހެނީއެވެ. ސްކޫލްގައި އޭނަ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ އޭނައަށް ލަވައެއްގެ ބަދަލުގައި ފަހަކަށް އައިސް އަބަދުވެސް ޚިޔާރުކުރެވެނީ ސޫރަތެކެވެ. އެއްދުވަހު ސްކޫލްގައި ބޭއްވުނު އިވެންޓެއްގައި ކުއްޖަކު ޤުރުއާން ކިޔެވި އަޑަށް ގެއްލިފައި ހުރެ އެއީ ހާދަ ރީތި ކިޔެވުމެއްދޯއޭ މާޝާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އެހެންޏާ އޭނަ ކުރިން ވެސް އަޑުއަހާފައި ހުރި ކިޔެވުމެކެވެ. އޭނައަށް ކުއްލިއަކަށް އެ ކިޔެވުން ރީތިވީ ކީއްވެކަމެއް އެއްގޮތަކަށް ވެސް މާޝާއަކަށް ނުވިސްނުނެވެ. އޭނައަށް ބޮޑު ބަދަލެއް އައިއްސިކަން މާޝާއަށް ޔަޤީންވީ އޭނަ އެއްދުވަހު ލަސްވި ދަރުހެއް ބޭއްވުނު ރެއެއްގައެވެ. އެރޭ މަޣްރިބް ނަމާދަށްފަހު ދަރުސް ފެށުނީތީ ދަރުހުގެ މެދުތެރެއިން ޢިޝާ ނަމާދު އައުމުން ދަރުހަށް ގޮއްސަ ތިބި އަންހެނުން ވެސް ނަމާދުކުރީ މިސްކިތުގައެވެ. އެރޭ ފުރަތަމަ ރަކުޢަތުގައި ކިޔެވިގެން ދިޔައީ ބަޤަރާ ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކެވެ. އާޔަތްތައް ކިޔެވެމުން ދިޔަދިޔަހެން މާޝާ އޭގެ މާނަ އެނގޭތޯ ފަރުވާތެރިކަމާއެކީ އަޑުއަހަމުން ދިޔައެވެ. ހަމައެކަނި މާނަ އެނގޭތޯ ބެލުމަށްޓަކައި އަޑުއަހަމުން ދަނިކޮށް އިވިގެން ދިޔަ އާޔަތަކުން އިސާހިތަކު މާޝާގެ ލޯ ކަރުނުން ފުސްވިއެވެ. އެއީ ޤުރުއާނާއި އެއްފަދަ ސޫރަތެއް ގެނެވިދާނެނަމަ ގެނެސްދިނުމަށް އެދި ގޮންޖައްސަވާފައިވި އާޔަތެވެ. އެ އާޔަތަށްފަހު އެކަން ނުވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވި ގޮތް ވަރުގަދަކަމުން މާޝާގެ ލޮލުން ކަރުނަތައް އޮހޮރެން ފެށިއެވެ. އެ އާޔަތުގައި އެވަނީ ކިހާ ބޮޑު ތެދެއްކަން އޭނައަށް އިޙްސާސްކުރެވުނީ ވެސް އެވަގުތެވެ. އޭނައަށް އެނގިފައިވާހާ ޢަރަބީގެ ޤަވާޢިދުތަކާއި އުނގެނިފައިވާހާ ޚުދު ޤުރުއާނުގެ ޢަރަބި ބަސްތަކަކުން އޭނައަށް އެހާ ފުރިހަމަ އާޔަތްތަކެއް އެކުނުލެވޭނެކަން އޭނައަށް ޔަޤީންވިއެވެ. ހަމަ އެއާއެކު އެންމެ ފުރިހަމަވެގެންވަނީ ހަމައެކަނި ﷲ ކަން އޭނައަށް އެނގުންވިއެވެ. އަދި އެކަލާނގެ ޙަޟްރަތަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވާން ބޭނުންވިއެވެ. އެ ނަމާދުގެ ދެވަނަ ރަކުޢަތުގައި އިވިގެން ދިޔަ ޙަޝްރު ސޫރަތުގެ އާޔަތްތަކުން އެކަމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެރޭ މާޝާއަށް ގަދައަށް ގިސްލެވެން ފެށީވެސް އެ ޤުރުއާނާއި ބެހޭގޮތުން އެ ސޫރަތުގައި އޮތް އާޔަތެއް އިވިގެން ދިޔުމުންނެވެ. އެއީ އެ ޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވުނުނަމަ އެ ފަރުބަދަ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެ ތިރިވާތީ ފެންނާނެކަމަށް ވަޙީކުރައްވާފައިވި އާޔަތެވެ. އޭގެ ކުރީ ދުވަހެއްގައި އެ އާޔަތުގެ މާނަ ބުނެދެވިފައި އޮތް ގޮތް ހަނދާނަށް އައުމުން މާޝާއަށް ގަދައަށް ރޮވުނީ އެތާނގައި އެހެން ބަޔަކު ތިބިކަން ވެސް ހަނދާން ނައްތާލަމުންނެވެ. ސޫރަތުގެ ފަހުކޮޅު ﷲ ގެ ގިނަ ނަންފުޅުތައް އިވެން ފެށުމުން މާޝާގެ ހިތުގައި އެކަލާނގެއަށްޓަކައި ދުވަހަކުވެސް ނުވާފަދަ ލޯތްބެއް އުފެދިގެން ދިޔައެވެ. އެ ނަމާދު ނިމިގެން ދިޔައީ މާޝާގެ ޙަޔާތުގެ އާ ބާބެއް ފަށަމުންނެވެ.
ހިދާޔަތުގެ ސަބަބުން ހަމަޖެހުން ލިބިގެން ދިޔަ އައްޒާމާއި މާޝާގެ ޙަޔާތަށް ދެން އެއްވެސް ހިތާމަވެރިކަމެއް ނާންނާނެހެން އެ ދެމީހުންނަށް ވެސް ހީވިއެވެ. ދެމީހުން ވެސް ހިނގަންވީ މަގު ނުހަނު ސާފުކޮށް އެމީހުންގެ ކުރިމަތިން އެދެމީހުންނަށް ވެސް ފެންނަމުން ދިޔައެވެ. އެހެނަސް އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ މި މަގަކީ އިމްތިޙާންތަކުން ވެސް ފުރިގެންވި މަގެއްކަމެވެ. އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން ޖެހޭނެކަމެވެ.
ނުނިމޭ
34 Comments!
Comments are closed.
Assalaam’alaikum. avahah liyevunyma avahah up kolly. ekamaku meege maana eh noon ingey dhen thiya kiyuntherin ehen dhuvasdhuvahuge kuree dhuvahu check kuraanee ey. mee hama once in a blue moon.
aslu jana varah foariaa eky liyunu baeh mee. mi bain faidhaa eh kuriyya thiya kiyuntherin hama mi bai hissa kurumaky varah bodu edhumeh. mi bayaa gulhigen jana genesdheyn beynunvaa post thah ves baivaru. hurihaa post eh dhen anna baige kurin nugenesdheveyne kanneynge. hurihaa ehcheh effaharaa liyan vejjeyya dhen oiy bayah malhi araane. ehenveema In Sha Allah post thah eki dhuvasthakah bahaigen jana genesdheveytho balaanan.
In Sha Allah next part wednesday ga 🙂
PS: jana Arabeege Sarf ge bai gennan khiyaalu kuree mi bain. ekamaku nugenesdhiny mi vaguthu jana thiya kiyuntherinnah sarf kiyaidheyn ulhefinama ehen concept thah ves olhidhaanethy. verbs aa nouns varah rangalhah engigen sarf aa hama ah dhaanvaany. eyrun majaa ves vaany In Sha Allah 😀
Maai Allah alhamen ekalaange attakai kuraa komme heyo kameggai barakaay lavvai e amaluthah qaboolu kuravvaashi. Maai Allah alhamenge therein ekalaange dheenaai medhu shakkuthakegge matheegai thibe vaahaka dhakka meehunnah ves hidhaayaiy dhakkavai alhamennahves hidhaayaiy ithuru kohdhevvaashi. Maai Allah alhamenge therein zuvaan kudhinnaky ekalaange dheenah loabikuraa adhi e dheenattakai e meehunge hakathaige beynun kuraa bayaku kamugai lavvaashi. Ameen!
Ameen.. Thank you Jana.. this is awesome story.. mi kahala story liyaa kudhin ulheythee varah happy vey..
Alhamdhulillah! (All praise and thanks belong to Allah) 🙂
Alah mi comment kury comment nukuriyas jana ge vaahaka thah baraabarah kiyan.Varah reethi mivaahaka. Adhivarah bodah faahaga kohlevey jana ge vaahaka thakugaa islam dheena behey varah gina mauloomaathu hunakan vrah reethi mi vaahaka adhi varah interest. You are so sweet my big sis jana next part ah inthizaar kuraanan weitting….
Zeek….jana ah heevany mee kurinves fenunu nameh hen. thankolheh kurin. Hijra liyunu iru kanneynge. hehe 😀 mee ehen Zeek eh kanneynge dho?
jana ah vaki maabodah neyngey dheena beheygothun. adhives neyngey kanthah varah baivaru. dhen engunu ehcheh hissa kureveytho mi balany khudhu jana ahves handhuma kohdhinumegge gothun. hama asluves faahaga vey jana ah maa bodah aayaiythakaa medhu visneykan post thah liyaa iru. adhi mihaaru Arabi kiyavaidheyn fesheema Arabi ihunavvure rangalhah engeyhen ves heevey. Subhaanallah! ey aharumen muslimunge gothuga ekaku anekakah beynunvaa minvaru 🙂 <3 Next part wednesday ga In Sha Allah 😀
Me 3rd dho. Masha allah. Mi part vx hama varah reethi
labba shifrraa third. haadha dhuvaheh fahunney thi fenily Ma Sha Allah 😀 Alhamdhulillah! 🙂 <3
Masha allah. Mi part vx hama varah varah interesting.. Varah kiyaa hithun indha mi nimunee. Asluga Amnaa v konthaaku baa ey mihaaru hithah aranee. Mihaaru aslu dhn vaane gothei balan vegen hure venee ki noon. Ekamu wednesday ah wait kuran thaa jeheynee. LY jana sis. May allah bless u. Curiously waiting 4 next part
..
Amnaa kobaibaa ey jana ves hithah mi arany. varah liyaa hithun mihiry kuriah huri baithah. dhen hunnaany emme fahuge haadhisaathah. mihen bunyas fudheyvarakah kanthah hingaane ingey 😛 jana ah eggothakavves neyngeyne andhaaza kuraakah dhen kihaavarakah kan bai hunnaany. 😀 Anyways love you too sis <3 <3 <3 May Allah bless you more. Ameen! 🙂
Aameen . May ahlaah bless u sis . Mi part vv reethi . When is the next part ?
Alhamdhulillah! Next part wednesday ga In Sha Allah 🙂 May Allah bless you more Jana. Ameen! 😀 <3
aameen maasha allah mivaahaka yakeyy liyaa kiyaahethun kiyaa vaahakaye ☺
Ma Sha Allah varah rhyme vaa comment eh 😀 Alhamdhulillah! 🙂
Aameen… ???… Maa Sha Allah this story so wonderful ❤️❤️❤️??????… V v v reethi ehaame iburaitheri, faidhaa kuranivi vaahaka gothuga jana sis ge mi vaahaka vx faahaga kohlevey ???❤️❤️❤️??????… As a teenager mibunany v v ufaavi teenagers ah target kohfa mifaharu story liyunyma ???… V gina teenagers dhekey gothuga emyhun ulhen jeheny aslu dheenaa v dhurukoh… Most of them think that they still have a lot of time in their life… Ufalaa majaluga mulhi dhuvas heydhakohlany… Mi Story ge zarihyaa inn kiyaa knme myhakahvx faidhaa thakeh kuraane kann yageen ???… I really appreciate your hard work ???❤️❤️❤️?????????????????????… Keep going ???… N mi part adhi v v furihama kann faahaga kohlan ???… N veehaavx ginain post thah ithuru kohdheefihyaa v v ufaavaane ???… Post eh nethihyaa vaahaka incomplete henn bae faharu heevey… Heheheh… Ehaa vx jana sis ge posts thah kiyaa hihvey ?????????… Curiously waiting for the next part ???… Lots of love and take care jana sis ?????????????????????❤️❤️❤️??????…
Ma Sha Allah this made my day ingey? kurinves mi comment kiyaafa hury ekamaku ‘as a teenager’ liyefa oiy thankolhu fenifa hama ufalun folhijje! 😀 kureega ves bunihen jana emme worry vaa ekkamaky mi hurihaa masakkaiy kuraa iruves emme target kuranvaa audience ah reach nuvaahen heevaathy. teenager eh fenunyma vvvv ufaavejje asluves. Share this and the posts with your circle of friends ingey. reach out to them if you benefited from this. because the bliss of knowledge is sharing it with other people. 😀 so please share! even if its with one person. Love you for the sake of Allah <3 May Allah increase us in guidance and make our hearts firm on His deen. Ameen!
Next part wednesday ga In Sha Allah 😀
Masha Allah vataj ves furihama
Alhamdhulillah! 😀
Mashaa Allah vv reethi mi vaahaka dhen amnaa aw mirzaan myt kuruvaba avahah.
thikamaa eba visnan ingey Hana? Alhamdhulillah! 😀
Blog post:
The Quran begins with the words “Alhamdhulillah” which means ‘all praise and thanks belong to Allah”. It begins with an answer to a question that any decent human being will have. Any decent human being will look at the world around him and praise it for anything beautiful in it. And any decent human being will also thank someone who does something for him. But at the end of the day, he realizes that all of these praises and all of these thanks go back to someone higher than him. Because he understands that everything around him could not have been possibly made so precisely by a human being. And all the favours that he has for himself, his food, shelter, clothes and even his body could not have only come from someone who is perfect. Because he did not decide when he would be born. He did not decide what he will look like. And he does not get to decide when he is going to die. When a person with these thoughts opens the Quran, he sees the words “Alhamdhulillah.” and gets all of his answers. He realizes that all of that praise and thanks go back to Allah, the One he had been searching for. Subhaanallah!
Also note how Allah swt did not begin His Book by forcing us to praise Him. He did not say “PRAISE AND THANK ALLAH!!!” All He swt told us is a simple conclusion that we could reach on our own. “All praise and thanks belong to Allah.” And even further in this surah it is we who are saying iyyaaka na’budhu wa iyyaaka nastha’een. “We enslave ourselves to You and from You alone we seek help.” We are making that declaration ourselves. Nobody is forcing us to do it. We have to reach the conclusion on our own, say and mean those words ourselves. Subhaanallah! What a beautiful religion we follow! A religion that we enter with our eyes open, believe with reason and obey whatever our Master commands us to do without any compulsion!
???❤❤❤❤❤
Blog post (ii):
When I heard the words “there is no one who could bring a surah like in the Quran.”, about 6 years ago, I was skeptical. Being the stubborn person I was, I held onto the thought that if I knew Arabic, I might as well be able to write a few Arabic sentences that rhyme like the Quran (May Allah forgive me). As a matter of fact, I kept coming back to this thought even after I started to learn seriously about the Quran. But then I finally started to learn Arabic because of the mere love I developed for the Quran itself. And had completely forgotten about the thought that was occasionally running through my head. But then I finally came across this ayah after a few years.
فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ
” But if you do not – and you will never be able to – then fear the Fire, whose fuel is men and stones, prepared for the disbelievers.” Suratul Baqarah, 24
Allah says these words after the ayah that challenges people to bring a surah like the Quran. I still remember how stunned I was when I felt this ayah was talking directly to me. And Subhaanallah it all became so clear to me right at that moment. Even with all the knowledge of Arabic and the Quran I had, I just can’t write something even close to the ayahs of Quran. Let alone write, I can’t even begin to think of a sentence, that is so meaningful and precise at the same time. And even when I do write an Arabic sentence using the vocabulary of the Quran, it sounds just so different from the Quran. It’s literally inexplicable how significantly different the Quran sounds from all the other Arabic texts. Now I understand why the Quraysh, being the most eloquent of people, could not beat the Quran with their words, and had to raise swords against it. Subhaanallah!
May Allah allow us to see the beauty in His Words by increasing us in beneficial knowledge. Ameen!
Aameen
❤❤❤
Blog post (iii):
=Open letter to those young people…=
To those young people, who are confidently speaking ill or against Islam on social media, do not think that you are being any more ‘intellectual’ by doing so. The fact of the matter is that there is a side of an entire picture that you are refusing to see. Just because you side with what the western academics say, does not make you any more intelligent. It just shows how blinded you have become, with the folds that they have been trying to put on your eyes for so long.
So dare to take those folds off your eyes. And ask the big questions. Do not be stuck with the smaller questions like “Why do we have 5 prayers?”, “Why do men get to have 4 wives?”, “Why do women have to wear hijab?”….these are all small questions. We all need to learn to ask the big questions, like “Is this really the Truth?”, “Is that man really a messenger?”, “Is that Book truly the Word of God?” When we start asking these question, and start searching for them with a sincere heart without any bias, Allah Will show us the answers to each of those questions. And all we would find is consistency and perfection, in the commandments of Allah. So we would no longer have those petty questions once we are convinced of Allah. Because when we realize Allah is Perfect, we realize that all of His Decisions are perfect and thus we are ready to obey Him in whatever we do.
So dare to search. Search for the truth for YOURSELF and get to the very end of it. Because it’s insanely hypocritical to assume yourself to be ‘open-minded’ while you have not attempted to take a look at something YOURSELF!
Sincerely, someone who used to have similar thoughts as you do.
Assalaam’alaikum. adhives jana genesdheyn beynunvaa post thakah nimumeh naadhey. mirey mivy gothun dhivehi post thah ves nuliyevunu. In Sha Allah maadhama dhivehi post thah ves genesdheynan. post thakun faidha eh kuriyya hissa kurumaky janage varah bodu edhumeh 🙂
https://www.facebook.com/Asr-1445208739121696/
Blog post (dhivehi)
ޤުރުއާން ފެށެނީ ‘އަލްޙަމްދުލި ﷲ’ މި ބަސްތަކުންނެވެ. އޭގެ މާނައަކީ ‘ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެންވަނީ ﷲ އަށެވެ.’ މި ބަސްތަކަކީ ރަނގަޅު އަޚްލާޤެއްގެ ވެރި ކޮންމެ އިންސާނެއްގެ ހިތަށްވެސް ވެރިވާނެ ސުވާލެއްގެ ޖަވާބަކުންނެވެ. ރަނގަޅު ހިތެއްގެ ވެރި އިންސާނަކަށް އޭނަގެ ވަށައިގެންވި ދުނިޔެއިން ރީތި އެއްޗެއް ފެނިފައި ތަޢުރީފު ކުރާނެއެވެ. އަދި ރަނގަޅު ހިތެއްގެ ވެރި އިންސާނެއްނަމަ އޭނައަށް ކަމެއް ކޮށްދެވިއްޖެނަމަ އެންމެ ކުޑަ މިންވަރުން އެ ކަމެއް ކޮށްދިން މީހަކަށް ޝުކުރު އަދާކުރާނެއެވެ. އެހެނަސް އެންމެ ފަހުން މި ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވާނީ އޭނައަށްވުރެ މާ މަތީ ފަރާތަކަށްކަން އޭނައަށް ވިސްނޭނެއެވެ. އެއީ އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއް އެހާ ފުރިހަމައަށް ހަދާފައިވާނީ އިންސާނެއްނޫންކަން އޭނައަށް ޔަޤީންވާތީވެއެވެ. އަދި އޭނައަށް ލިބިފައިވާ ނިޢުމަތްތަކުގެ ތެރެއިން އޭނަގެ ކައި ބޮއި އުޅޭ ތަކެއްޗާއި އޭނަގެ ގެދޮރާއި އަންނައުނާއި ޚުދު އޭނަގެ އަމިއްލަ ހަށިގަނޑަކީވެސް އޭނައަށްވުރެ މާ ފުރިހަމަ ފަރާތަކުން ދެއްވާފައިވާނެ ނިޢުމަތްތަކެއްކަން އޭނައަށް އެނގުންވާނެއެވެ. އޭނަ އުފަންވީ ދުވަސް ކަނޑައެޅީ އޭނައެއް ނޫނެވެ. އޭނަގެ ސޫރަ ހުންނާނެ ގޮތް ކަނޑައެޅީ އޭނައެއް ނޫނެވެ. އަދި އޭނަ މަރުވާނެ ދުވަހެއްވެސް ކަނޑައަޅާނީ އޭނައެއް ނޫނެވެ. މިފަދަ ވިސްނުންތަކެއްގައި ހުރި ރަނގަޅު ހިތެއްގެ ވެރި އިންސާނަކު ޤުރުއާން ހުޅުވާލުމުން މި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެއެވެ. ‘އަލްޙަމްދުލި ﷲ’ މި ބަސްތަކުންނެވެ. ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެން ވަނީ ﷲ އަށްކަން އޭނައަށް އެނގޭނެއެވެ. އޭނަ ހޯދަމުން ދިޔައީ ކޮން ފަރާތެއްކަން އޭނައަށް އެނގޭނެއެވެ. ސުބްޙާނަ ﷲ!
އަދި ފާހަގަކުރުން މުހިއްމު ތަންކޮޅެކެވެ. ﷲ ސުބުޙާނަޙޫ ވަތަޢާލާ އެކަލާނގެ ފޮތް ފެއްޓެވީ އެކަލާނގެއަށް ޙަމްދުކުރުމަށް ގަދަކަމުން އަމުރު ކުރަމުންނެއްނޫނެވެ. ޤުރުއާން ފެށެނީ ‘ﷲ އަށް ޙަމްދުކުރާށެވެ!” މިބަސްތަކަކުންނެއްނޫނެވެ. އެހެނެއްކަމަކު ޤުރުއާން ފެށެނީ ކޮންމެ އިންސާނަކަށްވެސް ނުހަނު ފަސޭހައިން އާދެވިދާނެ ނިންމުމަކުންނެވެ. ‘ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެން ވަނީ ﷲ އަށެވެ.’ މި ސޫރަތުގައި ކުރިއަށް ހުރި އާޔަތްތަކުން ވެސް ވާހަކައެއް ބުނަނީ ހަމަ އަހަރުމެންނެވެ. އިއްޔާކަ ނަޢްބުދު ވަ އިއްޔާ ކަނަސްތަޢީން ކިޔަނީ ހަމަ އަހަރުމެންނެވެ. “އަހަރުމެން އަޅުކަން ކުރަނީ ހަމައެކަނި ﷲ އަށެވެ. އަދި އަހަރުމެން އެހީއަށް އެދެނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ.” މި ބަސްތައް މި ކިޔަނީ އަހަރުމެން އަމިއްލައަށެވެ. އެ ބަސްތައް ކިޔަން އެކަކުވެސް މަޖުބޫރެއް ނުކުރެއެވެ. އެ ނިންމުމާ ހަމައަށް ދާންޖެހެނީ އަހަރުމެން އަމިއްލައަށެވެ. އަދި އެ ބަސްތައް ބުނެ އެއާއި ރުހި ޤަބޫލުވާންޖެހެނީ ވެސް އަހަރުމެން އަމިއްލައަށެވެ. ސުބްޙާނަ ﷲ! އަހަރުމެން މި އުޅެނީ ހާދަ ރީތި ދީނަކަށެވެ! އެ ދީނަކަށް އަހަރުމެން ލޯ ހުޅުވައިގެން ވަންނަ ދީނެކެވެ. ސަބަބުތަކުގައި ހިފައިގެން އީމާންވާ ދީނެކެވެ. އަދި އެއްވެސް މީހަކު މަޖުބޫރު ކުރުމެއްނެތި އަހަރުމެން އަހަރުމެންގެ ވެރިރަސްކަލާނގެއަށް ކިޔަމަންވާ ދީނެކެވެ.
Blog post (ii): (Dhivehi)
“ޤުރުއާނުގައިވާ ސޫރަތެއްހާ މިންވަރުގެ އެއްޗެއްވެސް މީހަކަށް ނުގެނެވޭނެއެވެ.”
މީގެ 6 އަހަރު ކުރިން މި ބަސްތައް އިވުނު ހިނދު އަޅުގަނޑުވީ މިކަމާމެދު ޝައްކެއްގެ ތެރޭގައެވެ. ގޮތްދޫނުކުރާ މީހެއްގެ ގޮތުގައި އަޅުގަނޑުގެ ހިތަށްއެރިއެވެ. އަޅުގަނޑަށް ޢަރަބި އެނގޭނަމަ އެ އާޔަތްތަކުގެ ރާގަކަށް ފެތޭ ގޮތަށް އަޅުގަނޑަށް ޖުމްލަތަކެއް ލިޔެވިދާނެއެވެ. (މާތް ﷲ އަޅުގަނޑުގެ ފާފަތައް ފުއްސަވާށި). ޤުރުއާނާއިމެދު ޝައުޤުވެރިކަމާއެކީ އުނގެނެން ފެށި ފަހުން ވެސް ދޭތެރެދޭތެރެއިން މި ޚިޔާލު އަޅުގަނޑުގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. އެހެނަސް ޤުރުއާނަށްޓަކައި އުފެދުނު ލޯތްބެއްގެ ސަބަބުން އަޅުގަނޑު އެންމެ ފަހުން ޢަރަބި ކިޔަވަން ފެށީމެވެ. ދުވަސްކޮޅެއް ވަންދެން އެ ޚިޔާލު މަތިން ހަނދާން ނެތިފައި ވަނިކޮށް ޢަރަބީގެ ބޮޑުބައެއް އެނގުނު ފަހުން އަޅުގަނޑަށް މި އާޔަތް ފެނިގެން ދިޔައެވެ.
فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ
“ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ – އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ.” ސޫރަތުލް ބަޤަރާ، 24
ﷲ ސުބްޙާނަހޫ ވަތަޢާލާ މި ބަސްތައް ވަޙީ ކުރައްވާފައިވަނީ ޤުރުއާނާއި އެއްފަދަ ސޫރަތެއް ގެނެސްދިނުމަށް ގޮންޖައްސަވާފައިވި އާޔަތަށް ފަހުއެވެ. މި އާޔަތް ވާހަކަ ދެއްކީ ޚުދު އަޅުގަނޑާއިހެން ހީވި ވަގުތު ހުއްޓުން އެރި ވަރު އަދިވެސް ހަނދާން އެބަހުއްޓެވެ. ހުރިހާ ކަމެއް އަޅުގަނޑަށް ސާފުވެގެން ދިޔައީ ވެސް އެ ވަގުތެވެ. އެހާ ތަނަށް ދިޔައިރު ޤުރުއާނާއި ޢަރަބިއާއި ބެހޭގޮތުން އެނގިފައިހުރިހާ ޢިލްމަކާއެކީ ވެސް އަޅުގަނޑަށް ޤުރުއާނުގެ އާޔަތްތަކާއި ގާތްވާނެ ފަދަ ބަސްތަކެއް ވެސް ނުލިޔެވޭނެކަން އެނގުންވީ އެވަގުތެވެ. ލިޔުން ކީއްކުރަން ހެއްޔެވެ؟ އެހާ ފުރިހަމައަށް އެހާ މާނަހުރި ޖުމްލައެއް އެކުލަވާލުމަށްޓަކައި ވިސްނައިގަންނަން ވެސް އަޅުގަނޑަށް ދަތިވިއެވެ. އަދި އަޅުގަނޑު ޚުދު ޤުރުއާނުގައިވި ބަސްތަކަކުން އަމިއްލަ ޖުމްލައެއް އެކުލަވާލިޔަސް އެ ޖުމްލަ ޤުރުއާނާއި ބަލާއިރު ވަރަށް ވެސް ތަފާތުވެއެވެ. އެހެން ހުރިހާ ލިޔުންތަކާއި ޤުރުއާނާއި ތަފާތު ވާ ގޮތަކީ ބުނެދޭންވެސް ނޭނގޭ ޙަޤީޤަތެކެވެ. ޤުރައިޝުންނަކީ އެންމެ ފަޞާޙާތްތެރި ބަޔަކަށް ވީ ހިނދު ވެސް އެމީހުންގެ ބަސްތަކަކުން އެމީހުންނަށް ޤުރުއާން ބަލި ނުކުރެވުނީ ކީއްވެކަން އަޅުގަނޑަށް މިހާރު ވިސްނެއެވެ. އަދި އޭގެ ބަދަލުގައި އެމީހުން ޤުރުއާނާއި ދެކޮޅަށް ކަނޑި އުފުލަން ޖެހުނީ ކީއްވެކަން ވެސް މެއެވެ. ސުބްހާނަ ﷲ!
މާތް ﷲ އަޅަމެންނަށް ފައިދާހުރި ޢިލްމު އިތުރު ކޮށްދެއްވައި އަޅަމެންނަށް އެކަލާނގެ ބަސްފުޅުގެ ރީތިކަން ދައްކަވާށި. އާމީން!
Blog post (iii): (Dhivehi)
=މިއަދުގެ ޒުވާން ކުދިންނަށް މެސެޖެއް=
މީސްމީޑިޔާގައި ނުހަނު ޖޯޝާއެކީ އިސްލާމް ދީނަށް ބަދުބަސް ބުނެ އިސްލާމް ދީނާއި ދެކޮޅަށް އަޑުއުފުލާ ޒުވާނުން ނިކަން އަޑުއަހާށެވެ. ތިފަދަ ވާހަކަތައް ފަތުރައިގެން ތިބާއަކީ އަދި މާ ‘ވިސްނުންތޫނު’ މީހަކަށް ނުވެއެވެ. ޙަޤީޤަތަކީ ތިބާ މުޅި ތަޞްވީރެއްގެ އެއްބައި ބަލަން އިންކާރު ކުރަމުން ދާކަމެވެ. ހުޅަނގުގެ މީހުން ދައްކާ ވާހަކައަކާއި ތިބާ އެއްކޮޅުވުމުން ތިބާއަކީ އަދި މާ ފިކުރީ މީހަކަށް ނުވެއެވެ. އެހެނެއްކަމަކު އެއިން އެނގެނީ އެމީހުންގެ ބަސްތަކުން ތިބާގެ ނަޒަރިއްޔާތަށް ފަރުދާ އެޅިފައިވި މިންވަރެވެ.
އެ ފަރުދާ ތިބާގެ ލޯމަތިން ނަގަން ކެރޭށެވެ. އަދި ބޮޑެތި ސުވާލުތައް ކުރާށެވެ. ކުދިކުދި ސުވާލުތައް ކުރުމުގައި ވަގުތު ބޭކާރު ނުކުރާށެވެ. “5 ނަމާދުކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟”، “ފިރިހެނުންނަށް 4 އަނބިން ހުއްދައީ ކީއްވެހެއްޔެވެ؟”، “އަންހެނުން ބުރުގާ އަޅަން ޖެހެނީ ކީއްވެ ހެއްޔެވެ؟” މިއީ ހައްތަހާވެސް ކުދިކުދި ސުވާލުތަކެވެ. މީގެ ބަދަލުގައި ބޮޑެތި ސުވާލުތައް ކޮށް އެ ސުވާލުތަކުގެ ޖަވާބު ހޯދަން އަހަރުމެން ދަސްކުރަން ޖެހެއެވެ. “އެއީ ހަމަ ޝައްކެއްނެތް ގޮތުގައި ޙަޤީޤަތް ހެއްޔެވެ؟”، “އެ މީހަކީ ހަމަ ޙަޤީޤަތުގައިވެސް ރަސޫލެއް ހެއްޔެވެ؟”، “އެ ފޮތަކީ ހަމަ ޙަޤީޤަތުގައި ވެސް ހުރިހާ އެންމެންގެ ވެރި އިލާހުގެ ބަސްފުޅު ހެއްޔެވެ؟” މިފަދަ ބޮޑެތި ސުވާލުތައް ކޮށް އިޚްލާޞްތެރި ހިތަކާއެކީ ވަކި ކޮޅަކަށް ނުޖެހި ޖަވާބުތައް ހޯދަން ފަށައިފިނަމަ ﷲ ސުބުޙާނަޙޫ ވަތަޢާލާ އެ ޖަވާބުތައް އަހަރުމެންނަށް ދައްކަވާނެއެވެ. އޭރުން ﷲ ގެ އަމުރުފުޅުތަކުން އަހަރުމެންނަށް ފެންނާނެހާވެސް އެއްޗަކީ ފުރިހަމަ ކަމާއި ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަމެވެ. ﷲ އާއިމެދު ޔަޤީންވުމުން އަހަރުމެންގެ ހިތުގައި އެ ކުދިކުދި ސުވާލުތަކެއް ނުވާނެއެވެ. އެހެނީ ﷲ ގެ ފުރިހަމަކަމާމެދު ޔަޤީންވުމުން އެކަލާނގެ ހުރިހާ ނިންމެވުންތަކަކީ ވެސް ފުރިހަމަ ނިންމެވުންތައް ކަމުގައި ޔަޤީންވާނެއެވެ. އެހެންކަމުން އެކަލާނގެ އެންގެވިހާ ގޮތަކަށް އުޅެން އަހަރުމެންގެ ހިތް ތައްޔާރުވާނެއެވެ.
އެހެންކަމުން އިތުރަށް ބަލައި ހޯދަން ކެރޭށެވެ. ޙަޤީޤާތް ހޯދަން ތިބާ އަމިއްލައަށް މަސައްކަތްކޮށް އޭގެ އެންމެ ކޮޅުގައި ޖައްސާށެވެ. އެހެނީ ކަމަކާމެދު އަމިއްލައަށް ހޯދައި ބެލުމެއްނެތި ތިބާއަކީ ‘މިނިވަން’ ޚިޔާލެއްގެ ވެރިއެއްކަމަށް ބުނުމީ ބުއްދި ޤަބޫލުކުރާ ކަމެއްނޫނެވެ.
އިޚްލާޞްތެރިކަމާއެކު، ތިބާއާއި އެއްފަދަ ޚިޔާލުތަކެއް ގެންގުޅުނު ޒުވާނެއް.
Assalaam’alaikum. In Sha Allah jana mirey comment thakah reply kuraanan. dhen mi bayaa gulhey gothun othy Saff surathuge aayathakaa Hashr surathuge aayaiy thah. mi baiga hissa kurevifaivi Hashr surathuge aayaiy thakaky haqeeqathuga vaahakaige fahun ves dheythere dheytherein fennaane aayaiythah. ehenveema kuriah oiy thanuga jana e aayaiythah detail kohdheynan In Sha Allah.
ekamaku mi vaguthah ves Hashr surathuge e aayaiy thakaai thiya kiyuntherin familiar velun hama rangalhu. aslu vvvvvv reeeeeethi ayaaiythakeh ey <3 <3 <3 <3 check them out!
Suratul Hashr ge 18 vana aayathun 24 vana aayathah. vaahakaige therein Quranuge evves aayathaka familiar nuviyas at least mi passage aa thiya kiyuntherin familiar kollun jana ge eh target aky In Sha Allah. ballavaa lavva.
English translation
http://tanzil.net/#trans/en.sahih/59:18
Dhivehi translation:
http://tanzil.net/#trans/dv.divehi/59:18
Alheyyyyy jana sis you are soo talented masha Allah ??? Aslu vx varah varah amazing kameh thi kurani… Sis rulhi nuvatha sad vaa kahala Kameh vejjeyya emme furathama vx aadheveyni Mi site ah.. And I look for your blogs hehe.. ??? seriously it helps alot to carry on with life.. ??? n about the story.. It’s just the same as before ??? hama varah varah reethi ????❤️❤️❤️ btw I’m late dhw? Aslu v gothaki school feshunima busy v n since I’m currently in grade 10 varah ginain extra ah dhaan jehey plus test feshen ulhey thi vx hama varah busy koh Mi ulheni.. ??? so kuri ah oh thaangai jana sis ah Mi kahala comment eh sis ge faraathun nufenumaki varah ekasheegen vaa kameh BUT.. But pls remember that I’ll always be there for your support and most of all may Allah grant you his support so that you flourish in this career and purify the hearts of the believers like so many others ??? Ameen.. But despite my busy schedule I’m still curiously waiting for the next part ❤️❤️❤️❤️
Salaam sis. Jana ge hithah eba ara ey sis kobahey. Mihaaruthaa mi enguny ? comment nukuriyas massala eh neh ingey. Focus on your studies. Do your very best in everything you do because Allah made you capable of that with all the opportunities He gave you. Set an example for others as a young person with the love of deen and stay humble at the same time. No doubt true success is only for those who are conscious of Allah.
Varah vaahaka dhekevijje dho? My bad! Anyway love you loads sis. May Allah bless you with more blessing than what you have asked for me. Ameen! ❤
Maadhama (wednesday) ge baives up vaany haveeru In Sha Allah ?
Thi kuruvany konfadha dhigu inthizaarehtha jana
This really helps jana sis.. may Allah swt bless you in everything..
And yess story hama varah varah varah reethi.. masha Allah.. curiously waiting for the next part. Hehe.. comment nukohlevunass hurihaa part eh kiyan inge hama.. school thah reopen veema bxyy vegen mi ulhenee.. hehe..