“ރިލެކްސް ދޮންތާ އެހެން ބުންޏަސް ނޫޅެމޭ… ލޯބޮޑުކޮށްލައިގެން ހުރި ގޮތުން ދެންމެ ދެންމެ އެތަނަށް ވަދެގަނެފާނެއަތީ ބިރުން ހުރިހެން ހީވޭ…” ޝާދީންގެ މޫނަށް އެރި ކުލަވަރާއިއެކު ހައިޒަލް ލާނެތްގޮތަކަށް ހީލަމުން ބުނެލިއެވެ. އެއާއިއެކު ޝާދީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހައިޒަލް އެފަދަ ވިސްނުމެއް ނުގެންގުޅުނީތީ ހިތާހިތުން ޝުކުރުކޮށްލެވުނެވެ. ހައިޒަލްއަށް ނޭނގުނަސް މި ހަތަރުފާރުތެރޭ ރައްކާކުރެވިފައިވާ ސިއްރު ފާޅުވެގެންދާ ދުވަހަކުން ހައިޒަލްގެ ދިރިއުޅުމަށް ޒަލްޒަލާއެއް އަންނާނެއެވެ. އެ ޒުވާން ހިތް މުޅިން ހަލާކުވެގެންދާނެއެވެ. *** *** *** *** […]
ނަމަވެސް ޔާއިންއާ ފަސްމުށިގަނޑު ދުރަށް ނުދެވެނީސް ކައިލީގެ އުޅަނބޮށީގައި ހިފައި އޭނާޔާ ދިމާލަށް ދަމައިގަތެެވެ. ލުކެއް ޖެހިފަދައިން އައިސް ޔާއިންގެ މޭގައި މޫނު ޖެހުނު ކައިލީ ހިނދުކޮޅަކަށް މަޑު ޖެހުނެވެ. “ލަދު ގަންނަންވެސް އެނގޭތަ؟.މަ ހީކުރީ މަލާމާތް ކުރަން އެކަނި ކަމަށް އެނގެނީ” ކައިލީއާ މޫނު އެއްވަރުކޮށްލުމުގެ ގޮތުން ކުޑަކޮށް ގުދުވެލާފައި ކައިލީގެ ދަތްދޮޅީގައި ހިފައި ޔާއިންއާ ނަޒަރު ސީދާކޮށްލިއެވެ. އެއްބަސް ނުވުމުގެ ގޮތުން މޫނަށް ކުނި ގޮތެއް ހަދާލާފައި ކައިލީ ދުރު ބަލާލިއެވެ. އިތުރު އެއްޗެއް ނުބުނެ […]
ޒޯޔާގެ ރިޕޯޓްތަށް ނޯމަލްއެވެ. ހަ މަސްދުވަހުގެ ބޭހެއް ނެގުމަށްފަހު އައިޖީއެމްއެޗަށް ދެއްކުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. “ އަނހާ ޒުބެއިދާ “ ހޮސްޕިޓަލް ނުކުތް ވަޤުތު ޝަބީއްޔަތުގެ ގާތް ރައްޓެއްސަކާ ބައްދަލުވިއެވެ. “ މިއުޅެނީ ދޮށީ ދަރިފުޅު ސިޔާދާ ވިހަން ގެނެސްގެން…. ކުޑަކޮށް ބަލިވެ އުޅޭތީ އޭނަ ފިރިމީހަ ބޭނޫންވީ ބޭރުގަ ވިއްސަން … “ ޒުބައިދާ ހިނިތުންވެލަމުން ބުންޏެވެ. “ އާނ… ކަލޭގެ މޫނިމަތިން އެއުފާވެރިކަން އެބަ ފެނޭ…. “ ޒުބެއިދާގެ އުފަލުގައި ޝަބީއްޔަތު ބައިވެރިވިއެވެ. […]
ހިތްވަރު ދިނުމުގެ ގޮތުން ޔަޒްދާން ކިޔާންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި ހިތްވަރު އެލުވާނުލުމަށް އެދުނެވެ. ކިޔާންއަށް ކޮށްލެވުނުހާވެސް ކަމަކީ ބޯޖަހައިލުމެވެ. ވާހަކަ ދައްކާނެހާ ހިތްވަރެއް އެގަޔަކުނެތެވެ. ހިތް ކުދިކުދިވެފައި ވާ ހާލު ކިޔާން ހޮސްޕިޓަލުން ނިކުތެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ވިސްނާލެވުނީ އެލީނާއާ މެދުއެވެ. އެލީނާ އަހަރެން ނުލާ އުޅޭނީ ކިހިނެތް؟ އެ ފަކީރަށް އަހަރެންގެ ސޫރަ ނުފެންނަ ނަމަ ހިތަށް ހަމަޖެހުމެއް ނުލިބޭ އަހަރެންގެ އަޑު ނިދުމުގެ ކުރިން އަހާނުލާފިއަޔާ ލީންގެ ލޮލަށް ނިންޖެއް ނާދޭ. […]
ފަތިސް ވަގުތެވެ.މަގުމަތީގައި ވަނީ ހަމަހިމޭންކަމެވެ. ނަމަވެސް ހާލަކުން ފަހަރަކު މަގުމަތިން ސައިކަލެއް ނުވަތަ ކާރެއް ފެނިލައެވެ.ކުއްލިއަކަށް މަގަށް ނިކުން ވޭނެއް ވަރަށް ބާރުމިނުގައި ދުއްވަމުން ދިޔައެވެ.15 މިނެޓްގެ ދަތުރަކަށް ފަހު އެމީހާ ފައިބައިގެންގޮސް އެއަރ ޕޯޓައް ވަނެވެ. ހީވާގޮތުން އެމީހާ އެއައީ ކޮންމެސް ބައެއަ ބަލައެވެ.އިރުއިރުކޮޅާ އެމީހާ އެކިތަންތަނަށް ކަޅިއެއްއެއްލައެވެ. ކުއްލިއަކަށް އޭނާ އަތް ހޫރާލިއެވެ.ކުރިމަތިން އެއަންނަނީ ރާއްޖޭގެ މަޝްހޫރު މިލިޔަނަރ ސަލީމްގެ އާއިލާ މެންބަރުންނެވެ. “އައްސަލާމް ޢަލައިކުން..ބޭބެ ކިހިނެއްތޯ”ޑްރައިވަރެއް ކަމަށްވާ ޝިޔާޒް އަދަބުވެރި ކަމާއެކު އަހާލިއެވެ. […]
ފަޒީލް ހިނގައިގަތީ އެމީހާއި ދިމާލަށެއެވެ. “ޢައްސަލާމްޢަލައިކުމް” އެމީހާއި އަރާ ހަމަވުމުން ފަޒީލް ސަލާން ގޮވާލިއެވެ. ޒިހާދު އިސްއުފުލާފައި އޭނަ ކުރިމަރީގަ ހިނިތުންވެލައިގެން ހުރި ފިރެހެން މީހާ އަށް ބަލާލިއެވެ. “އަޅުގަނޑަކީ ފަޒީލް. ކީއްވެ ތިތާ އެކަނި ތި އިނީ. ހާދަ ހާސްވެފަ ހުރިހެން ހީވޭ.ކިހިނެއްތޯ ވީ” އެފިރެހެން މީހާގެ ޖަވާބެއް ނައުމުން ފަޒީލް ބުނެލިއެވެ. ޒިހާދު ވަރަށް ފަރުވާރެރިކަމާއެކު ފަޒީލްގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަމުންދާ ހިނިތުންމުންވެސް އެއީ ހިތްހެޔޮ މީހެއްކަން އިނގެއެވެ. ޒިހާދު ވިސްނާލިއެވެ. އޭނަ […]
ޒީނާގެ މޫނުމަތީގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. ޒީނާ ހީކޮށްގެންހުރީ ޝާޔަން ގާތުގައި އެއީ ސިއްރެކޭ ބުނުމުން އެއްވެސް މީހެއްކައިރީގައި ޝާޔަން އެވާހަކަ ނުބުނާނެކަމަށެވެ. ޒީނާ ހުރީ ޝާޔަން އެވާހަކަ ގަބޫލުކުރީތީވެ ވަރަށް ހެވިފައެވެ. ޒީނާ ބޭނުންވަނީ އެހެދި ދޮގު ވީހާވެސް އަވަހަށް ހަގީގަތަކަށް ހަދާށެވެ. ޒީނާ ދިޔައި އެތަށް އިރެއްވަންދެން ނައިލްގެ ވާހަކަ ދައްކަން އިނދެފައެވެ. ކޮޓަރީގައި އިން ޝާޔަންއަށް ވިސްނެމުންދިޔައީ ޒީނާ އެދެއްކި ވާހަކަ ތަކާއި މެދުގައެވެ. ޝާޔަން ދެރަވީ ނައިލްވެސް އެކަހަލަގެ ވާހަކައެއް ޝާޔަން […]
” ކީއްވެ… އަހަރެންނަށް ވީކިހިނެއްތޯ ނާއިލް އެހާ ބަލަން ބޭނުންވީ ކީއްވެ… ކީއްވެ އެހާ ހިތްނުތަނަވަސްވީ… ކީއްވެ އެހާވަރަށް އަހަރެންނަށް ކެއަރ ކުރަނީ… ބުނެބަލަ… އަހަރެން ސަބަބު އެނގެން ބޭނުން… ” ކަރުނައިން ފުރިފައިވި ދެލޮލުން ނާއިލްއަށް ބަލަހައްޓާއިގެން ހުރެ އަޝްރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އަޝްރާގެ އެސުވާލުތަކުން ނާއިލްގެ މޫނުމަތިން ނުރުހުންވުމުގެ އަސަރުތައް ފިލާ ބުނެދެން ނޭނގޭ އަސަރުތަކެއް ވެރިވިއެވެ. ނާއިލްގެ ދެލޮލުގައިވީ ބުނެދޭން ނޭނގޭފަދަ ފުން އަސަރުތަކެކެވެ. އަޝްރާގެ ތުންފަތަށް ލުއި ހިނިތުންވުމެެއް ވެރިވީ މިފަހަރު […]
އިރުގެ ދޯދިތައް ކަނޑުގެ ސަތަހައަށް ބޮސްދެމުން ދުނިޔެއާއި އަލްވަދާއު ކިޔަން ތައްޔާރުވަމުންދިޔައިރު ދޫނިތައް އެސޮރުމެންގެ ހާލިތަކާއި ދިމާލަށް މިސްރާބުޖަހައިފިއެވެ. ގަސްކަރައިން ނިވާވަމުން އައި އިރު ރޭގަނޑަށް ތަންދެމުން ލޮނުގަނޑު ތެރޭގައި ފޮރުވިގެންދިޔައިރު އިސާހިތަކު ދުނިޔެ އަނދިރިކަމުގެ ސާލެއްގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. މަޑުމަޑުން އަތިރިމަތީގައި ހަރަކާތްތެރިވަމުންދިޔަ މީސްކޮޅު މަދުވަމުންގޮސް އަތިރިމަތި އެކީހެން ހުސްވެގެންދިޔައިރު ފައިގެ ފިޔަވަޅުގެ ނިޝާންތައް ރާޅުތަކާއި ހަވާލުކުރަމުން މަލާކް ކުރިއަށްދިޔައެވެ. އިރުއޮއްސުމުންވެސް އެތަނުން ދިޔުމުގެ ހިޔާލު މަލާކްގެ ނެތްފަދައެވެ. މަޑުމަޑުން ކުރިއަށްދަމުންދާވަރަކަށް އޭނަގެ މާޒީގެ […]