ފަތިހު ފަތިސް ނަމާދުކޮށްލައިގެން ޒިހާދު އިނީ ސިޓިންރޫމް ސޯފާގައި ހޫނު ކޮފީ ތައްޓެއް ބޯށެވެ.އިރުކޮޅެއް ނުވެ ޒަވީން ކޮޓަރިން ނުތެވެ. ޒަވީން ހުރީ ފަތިހު ޖޮގިންނަށް ދާން ރެޑީވެގެންނެވެ.ލާފައި ހުރި ކޮނޑުކެނޑި ޖޯޒީއާއި ފަލަމަސްގަނޑާ ހަމަޔަށް އަރާ ސޯޓުލާފައި އޭގެއިތުރުން އަރާފައި ހުރި ޓެނިސް ބޫޓުން ވެސް ޒަވީން ކަސްރަތަށް ދާން ތައްޔާރުވެގެން ހުރިކަން ފެންނަ ކޮންމެ މީހަކަށްވެސް އިނގޭނެވެ.ޒަވީން ހިނގައި ގަތީ ގެއިން ނިކުންނާށެވެ.އެހެންނަސް ގެއިން ބޭރަށް އަޅަން އުނުނު ފިޔަވަޅަށް މަޑުޖެހިލަން ޖެހުނީ ޒިހާދު […]
އައިރާމެން އަރާގެން އައި ޓެކްސީ މަޑުކޮށްލީ އުސްއިމާރާތެއްގެ ކުރިމައްޗަށެވެ.ޓެކްސީ އެމީހުން ބާލަފައި ދިޔަތަނާހެން ފަޒީލް އާއި ޒިހާދުވެސް އެތަނަށް ޓެކްސީއެއްގަ އައިސްފިއެވެ. ޒިހާދު އެދުނީ އޭނަގެ ފަހަތުން އައުމަށެވެ. ފަޒީލް އާއި ފައިޒީން ހިނގައިގަތީ އެމީހުން ގެނެސްފައި ހުރި ފޮށިތަށް އަތަށްލައިގެންނެވެ. އެމީހުންގެ ފަހަތުން އައިރާ އާއި އިޔާޝާ ވެސް ހިނގައިގަތެއެވެ.ޒިހާދު ގޮސް ކުރިމަރިން ފެންނަން ހުރި އުސް އިމާރާތުގެ ގޭޓުން ވަނެވެ. ގްރައުންޑް ފްލޯރ ހުރި ލިފްޓުގެ ފިތަށް ފިއްތާލުމާއެކު ލިފްޓްގެ ދޮރުފަތް ދެފަރާތަށް ކެހިގެން […]
މިއަދަކީ އައިރާމެން މާލެއަށް ދާން ފުރާދުވަހެއެވެ. އެހެންކަމުން އެގޭ އެންމެންވެސް އުޅެނީ ވަރަށް ބިޒީކޮށެއެވެ.އިޔާޝާ އާއި އައިރާ ދެމީހުން އުޅުނީ މެންދުރު ފުރުމުގެ ކުރިން ފޮށިމަތި ރެޑީކުރުމުގައެވެ. ފުރަންދާން ތައްޔާރުވާންވެގެން ކޮންމެމީހަކުވެސް އެމީހަކު ފެންވަރަން އޮތް ގަޑީގައި ފެންވަރާ ނިއްމާލިއެވެ. ފުރަންދާގަޑި ކާރިވަމުންދާ ވަރަކަށް އައިރާގެ ހިތް ނުތަނަވަސްމުން ދިޔައެވެ. އީން އައިރާއަށް ދިން ހެދުން އައިރާ ލިއެވެ. އަދި ގޮސް ލޯގަނޑުކުރިމަތީ ހުއްޓިލާފަ އަމިއްލަ ސޫރަބަލާލިއެވެ. އައިރާ ފެންނަނީ ވަރަށް ތަފާތުކޮށެއެވެ. ކުރިން ޕާކިސްތާނުގެ އާދައިގެ ހެދުންލާ […]
“ކޮބާތަ ތިބުނަންއުޅޭ ބޮޑު ވާހަކަ؟”އަނެއްކާވެސް އިޔާޝާ އެހިއެވެ.”އިޔާޝާ އަށް ވެސް އިނގޭނުން އައިރާ އަކީ މިހާރު ބޮޑުވެފަ ހުރި އަންހެން ކުއްޖެއްކަން. އޭނާގެ ޒުވާންދުވަސްވަރު އެއްނުން މިއަކީ.ދެން”ދުރަށް ނަޒަރު ހުއްޓާލާގެން ހުރެ ފަޒީލް ބުނެލިއެވެ.”ހޫމް… ދެން ކީޔާފަ ތި ހުއްޓާލިއްޔޯ” އިޔާޝާ ބުނެލިއެވެ.”އައިރާ އިތުރަށް ކިޔަވަންވެސް ބޭނުންވޭނުން. ކިޔަވާގެންނޭނުން މިޒަމާނުގަ ރަނގަޅު ވަޒީފާއެއް ލިބޭނީވެސް.” ފަޒީލް ބުނެލިއެވެ. “އާން ތިކަން އޮތީ ތިހެންނުން. ދެން ކިހިނެތް ވީތަ؟”ފާޑަކަށް ފަޒީލް ދިމާލަށް ބަލާލަމުން އިޔާޝާ ބުނެލިއެވެ.”މިއަދު ޒިހާދު މަގާތު […]
*********************************** މެންދުރު ނަމާދުކޮށް ނިއްމާގެން ކާހަދާގެން ފަޒީލް އާއި ޒިހާދު ދެމީހުން އެކީގައި ދިޔައީ އަތިރިމަތީގައި ހިރުނދު ގަސްތަކާއި ދިމާލުގަ ހުރި ހޮޅުވަށްޓަށެއެވެ. ފަޒީލް އާއި ޒިހާދު ދެމީހުން އެކިވާހަކަތައް ހިއްސާކުރުމުން ގެންދިޔައެވެ.މިހާރު އެދެމެދުގަ ވަނީ ވަރަށް ވަރުގަދަ އެކުވެރިކަމުގެ ގުޅުމެއް އުފެދިފައެވެ.”ފަޒީލް.. އައިރާ އަކީ ވެސް މިހާރު ބޮޑުވެފަ ހުރި ކުއްޖެއްނުން. އޭނަ ވަޒީފާއަކަށް ނުފޮނުވަންތަ؟. މިޒަމާނަކީ އެއްޗިތި ނުލަހިކު އަގުބޮޑެތި ޒަމާނެއް.” ޒިހާދު އައިރާ ވާހަކަ ދުރުދުރުން ފެށިއެވެ.”ދެތިންތަނަކަށް ސިޓީ ލާފިން މިހާރު. އެކަމަކުވެސް […]
ޖަވާބުގައި ފައިޒީން ބޯޖަހާލިއެވެ.އަދި ދެމީހުން އެކީ މިސްކިތަށް ދިޔައެވެ. “ދަރިފުޅާ އައިރާ… މިހާރު އެޔޮއް ބަންގި ގޮވަންފެށީ. ދެންދޭ އަވަހަށް ވުޟޫކޮއްގެން ނަމާދަށް އަރަން.މަންމަވެސް މިދަނީ ނަމާދަށް އަރަންވެގެން” އައިރާގެ ކޮޓަރިއަށް ބޯދިއްކޮއްލަމުން އިޔާޝާ ބުނެލިއެވެ.” އާން މިދަނީ. މަންމާ… މިއަދު ބައްޕަ ގެއަށް ނާންނަނީތަ؟ އެހެންޏާ ފައި ގޮވައިގެން މިސްކިތަށް ދާން އާދޭނުން.” އައިރާ ބުނެލިއެވެ. “ހޫމް މިއަދު ބައްޕަ ބުންޏޭ މަންމަ ގާތު އިރުއޮއްސެންވާއިރަށް ފަހަރެއްގައި ނާދެވިދާނޭ. ފައި މަސްކިތަށް ފޮނުވަށްޗޭ. ރައްޓިއްސެއް ބުނެގެން […]
******************************************* އިރުގެ ގަދަ ހޫނާއި އަވި މަޑުވަމުން ގޮސް ހަވީރުގެ ފިންޏަށް އެޅެން ފެށިއެވެ.ގޭގައި އެކަކުވެސް ނެތްހެން ހީވުމުން ޒިހާދު ބޭރު ގޯތިތެރެއަށް އޭނަގެ ފޯނު އަތަށްލާގެން ނިކުތެއެވެ.އަތުގައޮތް ފޯނުއޮތީ ލާނޗް މައަޗަށް އެރީއްސުރެން ނިއްވާލާފަ ކަމުން ޒިހާދު އޭނަގެ ފޯނު އޮން ކުރިއެވެ.އެއާކު ޒަވާގެ އެތައް މެގެޖްތަކާއި މިސްކޯލުތައް އައިސްފައި ހުއްޓެއެވެ.މީގެ އިތުރުން އެހެންމީހުންގެ މިސްކޯލުތަކާއި މެސެޖްތައް އައިސްހުރިލެއް ވަކި މަދެއް ނޫނެއެވެ. ޒިހާދު ގޮސް ގޯތިތެރޭގަ ހުރި ޖޯއްޔެއްގައި ހަމަޖެހިލައިގެން އިށީންދިއެވެ.އަދި ފުންނޭވާއެއް ލިއެވެ.އަތުގައޮތް […]
ފަޒީލް ހިނގައިގަތީ އެމީހާއި ދިމާލަށެއެވެ. “ޢައްސަލާމްޢަލައިކުމް” އެމީހާއި އަރާ ހަމަވުމުން ފަޒީލް ސަލާން ގޮވާލިއެވެ. ޒިހާދު އިސްއުފުލާފައި އޭނަ ކުރިމަރީގަ ހިނިތުންވެލައިގެން ހުރި ފިރެހެން މީހާ އަށް ބަލާލިއެވެ. “އަޅުގަނޑަކީ ފަޒީލް. ކީއްވެ ތިތާ އެކަނި ތި އިނީ. ހާދަ ހާސްވެފަ ހުރިހެން ހީވޭ.ކިހިނެއްތޯ ވީ” އެފިރެހެން މީހާގެ ޖަވާބެއް ނައުމުން ފަޒީލް ބުނެލިއެވެ. ޒިހާދު ވަރަށް ފަރުވާރެރިކަމާއެކު ފަޒީލްގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަމުންދާ ހިނިތުންމުންވެސް އެއީ ހިތްހެޔޮ މީހެއްކަން އިނގެއެވެ. ޒިހާދު ވިސްނާލިއެވެ. އޭނަ […]
************************************** ފަތިސްވެ ދުނިޔެ މައްޗަށް އިރުދައްކާލުމާއެކު ޒިހާދު ފުރަން ރެޑީ ވަމުން ގެނަދިޔައެވެ. ރެޑީވެ ނިމުމާއެކު އޭނަގެ އެއްޗިތި ޕެކްކޮއްފައިވާ ދަބަސް ކޮނޑުގަ އަޅުވާލިއެވެ.ފުރުމުގެ ކުރިން ލުއި އެއްޗެއް ކާލުމުގެ ނިޔަތުގައި ބަދިގެއަށް ޒިހާދު ދިޔައެވެ. އޭރު ބަދިގޭގަ ޒަވާ ވެސް އުޅެއެވެ.”ދަރިފުޅު ހާދަ އަވަހަކަށް ހޭލީ.” ޒިހާދު ބުނެލިއެވެ.” ހޫމް..ބައްޕަ ފުރާ ވާހަކަ ބުނީމަ އަވަހަށް ހޭލީ. މިހާރު މިހުރީ ސޭންޑްވިޗް ހަދާނިމިފަ.ކާގެން އިނގޭ ފުރަން ވާނީ”ޒަވާ ތަށިމަތި ރެޑީ ކުރަމުން ބުނެލިއެވެ.”ހޫމް. ބައްޕައަށް ކަޅުސައި […]