Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރާ (5 ވަނަ ބައި)

layaaly Level 1100 Comments10 Stories
May 17, 2019 4 Mins Read
42 Comments

ފަޒީލް ހިނގައިގަތީ އެމީހާއި ދިމާލަށެއެވެ. “ޢައްސަލާމްޢަލައިކުމް” އެމީހާއި އަރާ ހަމަވުމުން ފަޒީލް ސަލާން ގޮވާލިއެވެ. ޒިހާދު އިސްއުފުލާފައި އޭނަ ކުރިމަރީގަ ހިނިތުންވެލައިގެން ހުރި ފިރެހެން މީހާ އަށް ބަލާލިއެވެ. “އަޅުގަނޑަކީ ފަޒީލް. ކީއްވެ ތިތާ އެކަނި ތި އިނީ. ހާދަ ހާސްވެފަ ހުރިހެން ހީވޭ.ކިހިނެއްތޯ ވީ” އެފިރެހެން މީހާގެ ޖަވާބެއް ނައުމުން ފަޒީލް ބުނެލިއެވެ. ޒިހާދު ވަރަށް ފަރުވާރެރިކަމާއެކު ފަޒީލްގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަމުންދާ ހިނިތުންމުންވެސް އެއީ ހިތްހެޔޮ މީހެއްކަން އިނގެއެވެ. ޒިހާދު ވިސްނާލިއެވެ. އޭނަ އޭންދީ މީހެއްގެ އެހީތެރިކަން ނުހަނު ބޭނުން ވެފައެވެ. ޒިހާދު ފަޒީލް އަށް ހިނިތުންވުމެއްދިނެއެވެ. އަދި ބުނެލިއެވެ.”އަހަންނަކީ ޒިހާދު. މިއަދު ދަތުރަށް ފުރިއިރު ހަމަ ކުއްލިއަކަށް މޫސުން ގޯސްވެ ކަނޑުމަތީ ހުއްޓަ ވިއްސާރަ އޮއްސާލީ. އެހެންވެ ލޯންޗު މާ ބޮޑަށް ތަޅުވަން ފެށީމަ އިންޖީނަށް ލޮނުފެންވަދުނި ދެން އެހެންވެ މީހުން އުޅޭ އެންމެ ކާރި ރަށަކަށް ލޯންޗު އެ ޖެއްސީ. 3 ދުވަސްވަރުވާނޭ ބުނި އިންޖީނު ހަދަން. އެހެންވީމަ މިވީ ގޮތުން މިރަށުގަ މަޑުކުރަންތާ މިޖެހުނީ. ކީއްކުރާނީ. މީ އަހަރެން ދުވަހެއްގެ ކޮޅުން އައި ރަށެއް ނޫން. އެންމެ ކުޑަމިނުން ދަންނަ މީހެއް މިރަށުގައި އުޅޭ ކަމެއް އިނގެނީކީ ނޫން.”މާޔޫސްވެލާފައި ޒިހާދު ބުނެލިއެވެ. ފަޒީލް ޒިހާދުއަށް އޭނައަށް ދެވެން އޮތް އެހީތެރިކަމެއް ޒިހާދުއަށް ފޯރުކޮއްދޭން ބޭނުންވިއެވެ.”ތިކަމާ ކަންބޮޑު ނުވޭ. ހިނގާ އަހަންނާއެކު އަހަރެން ގެއަށް. އަހަންނަށް ދެވެން އޮތްމިންވަރަށްް އެހީތެރިކަން އަހަރެން ދޭނަން. ނަސީބެއްނުން މަށާ ދިމާވިކަން ވެސް.”ފަޒީލް ބުނެލިއެވެ.”ޒިހާދުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.”އަޅުގަނޑު ކިހިނެއްތި ހިތްހެޔޮކަމަށް ޝުކުރު ކުރާނީ. އަޅުގަނޑަށް ތިދެއްވި އެހިތެރިކަން ދުވަހަކުވެސް ހަނދާންނުނެތޭނެ. ޝުކުރިއްޔާ” ޒިހާދު ވަރަށް ލަދުން ހުރެ ބުނެލިއެވެ. ފަޒީލް ހީލަމުން ބުނެލިއެވެ.” އެއީ އެހާވަރުކަމެއް ނޫނެނުން. އިންސާނުން އެކަކު އަނެއްކަކަށް އެހީވާން އެހެންނުން.”

އެ ކުޑަ ހިނދުކޮޅުގެތެރޭގައި ފަޒީލް އާއި ޒިހާދު ދެމެދުގަ އޮތް ބީރައްޓެހިކަން ކެނޑި އެކުވެރިކަން ބަދެހިވެފައެވެ. ފެންނަ ކޮންމެ މިހަކަށްވެސް ސިފަވާނީ އެދެމީހުންނަކީ ދުވަސްވީ ރަޙުމަތްތެރިންގެ ގޮތުގައެވެ. ދެމީހުން އެކި ވާހަކާގައި ތިބެ ގެއާއި ހަމަޔަށް އާދެވުނެއެވެ.”އަހާން..މިއޮއް އާދެވުނީ ގެއަށް.ހިނގާ އެތެއެއަށް”ތިން ފޫޓަށް ވަށާ ފާރު ރާނާފައިވާ ގެއަށް އިޝާރާތް ކުރަމުން ފަޒީލް ބުނެލިއެވެ.ފަޒީލް ފަހަތުން ޒިހާދު އެ ގޯތިތެރެއަށް ވަދުނެއެވެ. ޒިހާދު ވަށާގެން އެ ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. ގޯތިތެރޭގައި އިންދާފައިވާ ފެހިކަންގަދަ ގަސްތަކުގެ ސަބަބުން މުޅި ތަނަށް ވަނީ ހިޔާ ފެތުރިފައެވެ. ބިންމަތިގަނޑު ވެސް އޮތީ އޮމާންކޮއް ކަހާ ރީތި ކޮއްފައެވެ. ކޮންފަދަ ހިތްފަސޭހަ މާޙައުލެއްހެއްޔެއެވެ؟”ޒިހާދު މިތާ ޖޯލީގަ އިހަށް ޖައްސާލާ. މަ އެބަ އަންނަން”ފޭރު ގަސްދޮށް ކާރި ޖޯލިފައްޗަށް އިޝާރަތްކުރަމުން ފަޒިލް ބުނެލިއެވެ. ޒިހަދު ގޮސް ޖޯލިފަތީގައި ޖައްސާލިއެވެ.

“އިޔާޝާ..އިޔާޝާ” ބަދިގެ ހުރި ހިސާބަށް އަރާ ހަމަވުމުން ފަޒިލް ބަދިގެ ތެރޭގައި ކައްކަން ހުރި އިޔާޝާ އަށް ގޮވަން ފެށިއެވެ.”ހޫމް..ކިކޭ ފަޒީލް. ތިހާ ބާރަށް މަށަށް ނުގޮވިޔަސް އަޑުއިވޭ.” ކައްކަން ގެންގުޅުނު ދޭފަތް އަތަށް ލައިގެން ބިދިގެތެރެއިން ނިކުނަމުން އިޔާޝާ ބުނެލިއެވެ.”އިޔާޝާ މިއައީ ބިރައްޓެއްސެއް ގޮވައިގެން. އެއީ ޙާލުގައި ޖެހިފާ މީހެއް.އިޔާޝާ އަހަރެމެންނަށް ވެވުނު ވަރަކުންވާނެ ދޯ މީހުންނަށް އެހީވާން.” ފަޒީލް ބުނެލިއެވެ. “ހޫމް.. ކުބާތަ އޭަނަ؟އޭނައަށް ކިހިނެއްތަ ވީ؟”އިޔާޝާ އޭނަގެ ހިތުގަ އުފެދިފަ ހުރި ސުވާލު ކުރިއެވެ.”އޭނަ އެބައިން ޖޯލީގަ.” ފަޒީލް ޒިހާދު އަށް ވީގޮތް ކުރުގޮތަކަށް އިޔާޝާއަށް ކިޔާދިނެއެވެ.”ފަޒީލް އޭނަ ކޮންތާކު ބަހައްޓަނީ”އިޔާޝާ ބުނެލިއެވެ.”ފައިޒީން ކޮޓަރީގަ ބެހެއްޓިދާނޭނުން. މިކޮޅުގަ 3 ވަރަކަށް ދުހަށްވިއްޔަ އޭނަ މަޑުކުރަނި.މިހާރު އޭނަ ހުންނާނި ބަނޑުހައިވެފަ ކާންހަދާފަ އޭނައަށް ގޮވަން އުޅޭ.އަހަރެން މިދަނީ ފެންވަރަން.   މިހިރީ މިއަދު ލިބުނު ފަރުމަސް ރޭގަނޑަށް މި ފިހެބަލަ”ފަޒީލް ބުނެލިއެވެ.”ދަރިފުޅާ އައިރާ އުދުންމަތީ ރިހަތެލި ހާކާލަދީބަލަ އަން މިއޮތީ ދޭފަތް.  މަންމަ މިއަންނަނީ”ދޭފައް އައިރާއަތަށް ދިކޮއްލަމުން އިޔާޝާ ބުނެލިއެވެ.އިޔާޝާ ހަލުވި ހިނގުމެއްގައި ގޮސް ގޭތެރެއަށް ވަދުނެއެވެ.

“އޭތް ޒިހާދު.މަމިދަނީ ފެންވަރާލައިގެން އަންނަން. މަ އަންހެނުން ކާންހަދާފަ ޒިހާދުއަށް ކާން ގޮވާނެ.”ފަޒީލް ބުނެލިއެވެ.ޒިހާދު ބޮލުން އާއިކޭ ބުނެލިއެވެ.

“ދަރިފުޅާ ފައިޒީން.” ފައިޒީން ކޮޓަރިތެރެއަށް ދެމިގަންނަމުން އިޔާޝާ ގޮވާލިއެވެ.”ޔެސް މޮމް.ކިހިނެއްވީ؟” އެނދުމަތީ ފޯނާއި ކުޅެން އޮތް ފައިޒީން  ބުނެލިއެވެ.”ބައްޕަގެ ރައްޓިސްއެއް އެބުހުރި މިގޭގަ.އޭނަ ދާނި ތަނެއް ނެތީމަ ބައްޕަ ބުނީ އޭނަ ފައިޒީން ކޮޓަރީގަ ބަހައްޓަން.”އިޔާޝާ ބުނެލިއެވެ. “ވަޓް! އަހަރެން ކާރީގަ؟ ދެން، ނޯ….. މޮމް.” ފައިޒީން ބޮޑާ ހާކަންފެއްޓިއެވެ.ފައިޒީން އަށް ލިބިފައިވާ މިނިވަންކަން ގެއްލޭކަށް ފައިޒީންއެއް ބޭނުމެއް ނޫނެއެވެ.”ދަރިފުޅާ ތިހެން އުޅޭކަށް ނުވާނެ.  ދަރިފުޅަށް މާދަން ޙަލުގަޖެހިގެން މީހެއްގެ އެހީތެރިކަން ބޭނުންވާ ވަގުތު އެއެހީތެރިކަން ނުލިބުނީމަ ދަރިފުޅަށް ވާނެ ގޮތާމެދު ނިކަން ވިސްނާލަބަލަ.”ވިސްނާދޭފަދަ ގޮތަކަށް އިޔާޝާ ބުންޏެވެ”އޯކޭ..އޯކޭ…އޭނަ ކިތަށް ދުވަސްވަންދެންތަ މިތާ ހުންނާނި”ފޫހި ކަމާއެކު ފައިޒީން އެހިއެވެ.” ބައްޕަ މަންމަކާރިގަ ބުނީ ތިން ވަކަށް ދުވަށޭ.ދެން އާދެ އަވަހަށް ކާން މިހާރު ކާންތައްޔާރުކޮއް ނިމިފަ އެހުރީ” އިޔާޝާ އެހެން ބުނުމަށްފަހު އެތަނުން ދިޔައެވެ.

“އަމް..އާދޭ އެތާ މޭޒުދޮށަށް.މިހާރު ކާން ތައްޔާރުކޮއް ނިމިފަ އެހުރީ”ޒިހާދު ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން އިޔާޝާ ބުނެލިއެވެ. ޒިހާދު ހީލިއެވެ.އަދި ގޮސް އިޔާޝާ ބުނި މޭޒުދޮށުގައި އިށީންދިއެވެ. އައިރާގެ އެހީތެރިކަމާއެކު މޭޒުމައަޗަށް ކާތަށިތައް އަރުވާ ތައްޔާރު ކުރިއެވެ.”ކާން ފަށަން ވީނުން.” ޒިހާދު ދިމާލަށް އިޔާޝާ ބުނެލިއެވެ.ޒިހާދު އާއިކޭ ބުނެލިއެވެ. އިރުކޮޅެއްނުވަނީސް ފައިޒީން އާއި ފަޒީލް އެކީ އައެވެ.”އިޔާޝާއި އައިރާ ދެމީހުން ވެސް ތިކުރަން ހުރި މަސައްކަތެއް ބަހައްޓާފަ އާދެ އެންމެން އެކީ ކާން”ފަޒީލް ބުނެލިއެވެ.އިޔާޝާ އާއި އައިރާ ދެމީހުން އިތުރު އެއްޗެއްކޭ ބުނުމެއްނެތި މޭޒުދޮށުގައި އިށީންދިލިއެވެ. އެއީ އަބަދުވެސް އެމީހުންގެ ފަރާތުން ފެންނަ ރީތި އާދައެކެއެވެ.މިތަންފެނި ޒިހާދު ހައިރާންވިއެވެ. ވާނީވެސް  އެހުނުންތާއެވެ. ޒިހާދު އާއިލާ އެންމެން އެކީ ހަމަވެގެން އެއްމޭޒެއްގެ ދޮށުގައި އަދި އެކީ ކައިފައެއް ނުވެއެވެ.މި ނުދަންނަ ކުޑަކުޑަ އާއިލާގެ ތެރެއިން މި ފެންނަމުންދާ ރީތި ސިފަތައް ޒިހާދުއަށް ކަމުދިޔައެވެ.ޒިހާދުގެ ހަނދާނަށް އަންނަންފެށީ އޭނަގެ މައިންބަފައިން ދުނިޔޭގައި ހުރިއިރު އެމީހުންނާއެކު އެއް މޭޒެއްގެ ދޮށުގައި އަބަދުވެސް އޭނަ ކާ ހަނދާނެއެވެ.ޒިހާދު އެއީ ބީރައްޓެއްސެކޭ ކިޔާފަ ފަޒީލްގެ އައިލާ އެކަކުވެސް އޭނާ ބާކީއެއް ނުކުރެއެވެ. ޒިހާދުއަށް އެމީހުން ސިފަވެގެން ދިޔައީ އާއިލާ ބައެއްގެ ގޮތުގައެވެ.ޒިހާދުގެ ހިތުގައި އެމީހުންނާއި މެދު ލޯބި އުފެދުނެއެވެ.”ބައްޕަގެ ފުރެންޑުގެ ނަންވެސް ނުބުނަމެއްނުން”ޒިހާދު ދިމާލަށް ހީލަމުން ފައިޒީން ބުނެލިއެވެ.”އެއީ ޒިހާދުބެ.ދެން މާ އަނގަގަދަ ނުކޮއް ކާބަލަ”ފަޒީލް ހެމުން ބުނެލިއެވެ.”އެއީ މައްސަލައެއް ނޫނޭނުންދޯ އެހެން އެހިޔަސް” ހީލަމުން ޒިހާދު ބުނެލިއެވެ. އޭގެ ބަދަލުގައި ފައިޒީން ހީލިއެވެ. ބަނޑުހައި ވެފަ ހުރިލެއް ބޮޑުކަމުން  ޒިހާދު ވަރަށް ރަނގަޅަށް ކެއެވެ.”ވަރަށް މީރު އިނގޭ. މިއިން ދުވަހަކުވެސް މިގޮޮތަށް މީރުކޮށް މޮޑެފައި ހުރި ފަތްގަނޑެއް ނުކަން. ފަޒީލްގެ އަންހެނުންގެ ކެއްކުން ހާދަ މީރޭދޯ” ޒިހާދު ބުނެލިއެވެ.”އާން ދޯ. މޮމް އެކަންޏެއް ނޫން ބައްޕަ އާއި ދޮންތަ ވެސް ނުލާހިކު މީރުކޮށް ކައްކަން އިގޭނެ.”ފައިޒީން ބުނެލިއެވެ.”މީންދި އަހަރެމެނަނަށް ލިބިފައި އިން އަނގަގަނޑު. ނުބެހެވޭކަށް ކަމެއް ނޯންނާނެ”ފައިޒީން ދިމާލަށް ބަލާލަނުން ފަޒީލް ބުނެލިއެވެ.”މިހާރު މިސޮރަށް 22 ވަރަކަށް ވާނެ ދޯ” ޒިހާދު ބުނެލިއެވެ.”އޭތް… ކީކޭ 22 ވީހޭ. ބޭބެ ތި އަޅުގަނޑު މުސްކުޅިކޮއްލީނުން. އަދި އަޅުގަނޑަށް 16 އަހަރު” ދެލޯ ބޮޑުކޮއްލާގެން ހުރެ ފައިޒީން ބުނެލިއެވެ.”އެހެންތަ.އިސްކޮޅުން ދިގުކޮއް ހުރީމައޭ  އެހެން ހީވީ. އަހަރެން ދަރިފުޅު ޒަވީން ވެސް ގާތަގަނޑަކަށް ތިވަރަށްވިއްޔާ އިސްކޮޅު ހުންނަނީ. އަހަރެން ދަރިފުޅު ޒަވާ އާއި އެއްނު އެއްފުރާދޯ މިވީ. ޒަވާގެ ވެސް އޮންނާނެ ތިކަހަލަ އަނގަގަނޑެއް.ގޭގެ އެންމެ ކުޑަ މީހާ ވީމަ ކަންނޭގެ ދޯ” ހެމުންހެމުން ޒިހާދު ބުނެލިއެވެ.”އޭތް. ދަރިންކޮޅަށް ނާންގަންތަ މިއަދު ހިނގާ ދިޔަ ކަންތައްތަކެއް”ފަޒީލް ބުނެލިއެވެ.”އާން އަދި ނާންގަން. ދެން ކޮންކަމަކާތަ ހާސްވާންވީކީ.އިރާދަކުރެއްވީތީ ހުރިހާކަމެއްވެސް ރަނގަޅެއްނުން. ރަނގަޅު ގަޑިއެއްގަ އެކުދިން ކާރި ބުނާނަން” ޒިހާދު ބުނެލިއެވެ.ވަރަށް އަމާންކަމާއެކު އެންމެންވެސް ކާނިއްމާލިއެވެ.”އާދެ އަހަންނާއެކު” ޒިހާދުއަށް އިޝާރާތްކުރަމުން ފަޒީލް ބުނެލިއެވެ.ޒިހާދު ހިނގައިގަތީ ފަޒީލްގެ ފަހަތުންނެއެވެ. ފަޒީލް ގޮސް ވަދުނީ ފައިޒީން އުޅޭ ކޮޓަރިއަށެއެވެ.”މީ ފައިޒީންގެ ކޮޓަރި.ޒިހާދުއަށް ދެވެންދެން ފައިޒީންއާއެކު މިކޮޓަރިގަ  އުޅެންވީ އިނގޭ.ދެން….ގޭގެ އެންމެންވެސް ބޭނުންކުރަނީ އެއް ފާހަނާއެއް.އެފާހާނަ ޖެހޭނި ޒިހާދުވެސް ބޭނުންކުރަން” ފަޒީލް ބުނެލިއެވެ.”އެއީ  މައްސަލައއް ނޫނޭ. މިވަރުވެސް އަހަންނަށް ފުދޭ.ތިކޮއްދެއްވި ކަންތަކަށް އަދި އެއްފަހަރު ޝުކުރިއްޔާ”ޒިހާދު ފަަޒީލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.”އެއްކަލަ ޒިހާދު. ތިވަރަށް އަހަންނަށް ޝުކުރއަދާު ނުކުރިޔަސް ރަނގަޅުވާނޭ. މިދެން އަހަރެން ޙެޔޮހިތުން ކޮއްދިން ކަމެކޭ.”ހީލަމުން ފަޒީލް ބުނެލިއެވެ. “އެހެންވެގެންނޭ ތި ކޮއްދެވި ހެޔޮ ކަންތައްތައް މި ހިތުގަ އަބަދުވެސް ވާނީ. ތިކަހަލަ ހިތްހެޔޮ މީހުން މިހާރު ވަރަށް މަދުވާނެ” ޒިހާދު ބުނެލިއެވެ.  އެމަދު ވަގުތުކޮޅުގައި ޒިހާދު އާއި ފަޒީލް ދެމީހުންދެމެދު ވަނީ ގާތް ރަޙުމަތްތެރިކަމަށް ބަދަލުވެފައެވެ.”މިހާރު ތިހުރީ ދަތުރު ވަރުބަލިވެފަ އަރާމްކޮއްލަން އުޅޭ. މަމިވަގުތު ދެން މި ގޮސްލީ”ފަޒީލް އެހެން ބުނެލުމައްފަހު އެތަނުން ދިޔައެވެ. ޒިހާދު ކޮނޑުގަ އަޅުވާފަހުރި ދަބަސް ބާލާފަ ގޮސް އެކޮޓަރިތެރޭގަ ހުރި މޭޒުމަތި ބޭއްވިއެވެ.ދަތުރުވަރުބަލިވެފަ ހުރުމުގެ ސަބަބުން އެކޮޓަރިތެރޭގައި ހުރި އެނދުގައި ޒިހާދު ޖައްސާލިއެވެ.އެއާ އެކު ޙިޔާލަކަށް ގެނބިގެން  ދިޔައެވެ. އޭނާއަކީ މުއްސަނދި މީހެކެއެވެ.އެހެންނަސް އޭނަ އެކަމަކަށް ބޮޑާއެއް ނުވެއެވެ. މިގޭމީހުންނާއި މެދު ޒިހާދުގެ ހިތުގައި ލޯބި އުފެދުނެއެވެ. އަދި އެމީހުން ކޮއްދެއްވާ ކަންތައްތަކަށް ޝުކުރުވެރިވިއެވެ. އެމީހުންގެ ފަރާތުން ފެންނަމުންދާ ރީތި އާދަތަކުގެ ސަބަބުން ޒިހާދުގެ ހިތައް ހިތްހަމަޖެހުން ލިބެއެވެ.”އަހަންނަކީ މުއްސަންޖެކެއެވެ.އަހަރެން ބޭނުންވާއެއްޗެއް ބޭނުން ވަގުތަކު އަހަންނަށް ލިބޭނެ. އެއްވެސް ދައްޗެއް  މިކަމުގައެއް ނެތް. ނަމަވެސް މިހުރިހާ އެއްޗެއް ފުރިހަމައަށް ލިބިފައިވާއިރުގަވެސް އަހަންނަށް އިޙުސާސްވަނީ އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާކަން. އާން މިއީ ތެދު.  މުއްސަންޖަކަސް ދިރއުޅުމުދައި އުފާވެރިކަމެއް ނުވޭ. އެކަނިވެރިކަމގެ އިޙުސާސް ކުރެވުނީ. އަނބިމީހާގެ ފަރާތުން އެއްވެސް ލޯބެއް ނުލިބުނު.  އަހަރެން ވެސް ބޭނުމީ މިގޭމީހުންގެ ފަރާތުން އެފެންނަ އުފާވެރިކަމެއް. އެމީހުންނަށް ލިބޭވަރަކުން ފުއްދލާާގެން އެއުޅެނީ އެހާ އުފަލުގަ.މުއްސަދިވިޔަސް އެފަދަ އުފާވެރިކަމެއް ނުލިބެންޏާ މުއްސަނދިކަމުގެ ބޭނުމެއް ޙަޤީގަތުގަ ވެސް ނެތް.މިގޭމީހުންނާ މެދު މިހިތުގަ ލޯބި އުފެދިއްޖެ.ތިމީހުންގެ ފަރާތުން  ތިފެންނަ ގާތްކަމުގެ ސަބަބުން އާއިލާ ބައެއްގެ އިޙުސާސް ވާން ފަށާފި. އިރާދަކުރެއްވިޔާ އަހަރެންގެ އެޙީތެރިކަން އަބަދުވެސް ލިބޭނެ.” މަޑުމަޑުން  ޒިހާދު ކިޔާލިއެވެ. ޙިޔާލުތަކުގެރޭ އޮވެ ޒިހާދުއަށް ނިދިއްޖެއެވެ.

***************************************

ރެސްޓޯރެންޓް ތެރޭގައި އިން ޒުވާން ފިރެހެންކުއްޖާ އިނީ އޭނަގެ ކުރިމަތީގައި އަންހެންކުއްޖާއާއި ވާހަކަދައްކާށެއެވެ.”ނިޝް އަހަރެންގެ ބައްޕަ ބުނީ ބުނި އެއްޗެއް އިނގޭތަ؟”ޒަވީން ބުނެލިއެވެ.”ކިހާ ދެރެކަމެއް ޒަވީން…. އަހަރެންގެ މޫޑް ސަކަރާތްކުރަން ނޫޅޭ އެހެން ވާހަކައެއް ދައްކާ”އަމުރުވެރި ރާގަކަށް ނިޝާ ބުނެލިއެވެ.”ނިޝް އަހަރެން މިބުނީ އަބަދަކު އަހަންނަކަށް ބައްޕަ ކުރިމަތީގައި ނިޝާގެ ދިފެންސްގަ އެއްޗެކޭ ނުބުނެވޭނެ.އަހަރެން ބޭނުމެއްނޫން އަހަރެންގެ ބައްޕައަކާއި މައްސަލަ ޖެހޭކަށެއް.”އިސްޖަހާލަގެން ހުރެ ޒަވީން ބުނެލިއެވެ.ނިޝާ އެއްޗެކޭ ނުބުނެއެވެ. ޒަވީން ނިޝާ އަތްމަތީ އޭނާގެ އަތް ބާއްވާލިއެވެ. ނިޝާ ވަގުތުން އެއަތް ފޮޅުވާލިއެވެ.”ނިޝް އެޓް ލީސްޓް އެއްޗެކޭ ބުނެބަލަ” ޒަވީން ބުނެލިއެވެ.” ހެހެހެހެ…..ތިކަހަލަ ފިޑިންނަކަށް އެއްކަމެއްވެސް ނުކުރެވޭނެ.އެހެންނޫނަސް ޒަވީންއަކަށް އަހަރެން ބޭނުންވާ ކަންތަކެއް ކޮއްދެވެނީކީއެއް ނޫން. ޒަވިންއަށް ވުރެން ރާއްޓެވެސް މާ ފައްކާ” ހިނިގަނޑެއް ޖަހާލަމުން ނިޝާ ބުނެލިއެވެ.”ނިޝާ ކީއްވެގެވްތަ އަހަރެން ވާހަކައެއްދައްކާއިރަށް ފާޑެއްގެ ރާއްޓެއެއް މީގެ ތެރެއަށް ތި ވައްދަނީ” ހިތްހަމަނުޖެހި ހުރެ ޒަވީން ބުނެލިއެވެ.”ނޭންގިގެންތަ ތިއަހަނީ.އަހަރެންގެ ޒަވީންއާއި ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރެއް މިވީ.އަހަރެން ބޭނުންވާކަމެއް ޒަވީންއަށް ކޮއްނުދެވޭ.އެހެންވީމާ އެހެން މީހުންގެ ވާހަކަ ދެއްކޭނެ.”ނިޝާ ބުނެލިއެވެ.”އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅުނަސް ލިމިޓްކުރޮސް ކުރާކަށެއް ނުޖެހޭނެ ދޯ. ކިތަންމެ ނިޝާ ދެކެ ލޯބި ވިޔަސް ތިބުނާފަދަ ކަމެއް ކޮއްދެވޭކަށެއް ނެތް. ސޯ ޖަސްޓް ތިންކް އެބައުޓް ވަޓް އައި ސެއިޑް” ޒަވީން ބުނެލިއެވެ.”ދެންތީ ވަރަށް ރަނގަޅު މީހެއް ވިއްޔަ ތިހެން ބުނަން.” މޫނަށް ވައްތަރެއް ޖައްސާލަމުން ނިޝާ ބުނެލިއެވެ.”ނިޝާ ބޭނުންވާ ކަންތައް ކޮއްދެވިދާނެ. ހިނގާ ދެމީހުން މެރީ ކުރަން.އޭރުން އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ހުރަހެއް ނޯންނާނޭނުން ” ޒަވީން ބުނެލިއެވެ.”އައްޗީޑި މަ ނޫޅެން މިހާ އަވަހަކަށް މީހެއްގެ އަޅުވެތިކަމުގެ ދަށަށް ދާކަށެއް.އެހެންނޫނަސް އަހަންނަށް ލިބިފައި އޮތް މިނިވަންކަން ގެއްލޭކަށް މަށެއް ބޭނުމެއް ނޫން.” ނިޝާ ބުނެލިއެވެ.”ނިޝާ ތިވިސްނުން ދޫކޮއްލަބަލަ.ނިޝާގެ ފިރެހެން ރައްޓެހިން ގިނަވެފަ ތިގޮތަށް ކުރުހެހުންލާގެން މަގުމަތީގަ އުޅޭތީއޭ ބައްޕަ ވެސް އެހެންވެއޭ  ހިތްހަމަނުޖެހެނީ . ތިއުޅުން ބަދަލުކޮއްބަލަ އޭރުން މަ ބައްޕަވެސް ހިތަހަމަޖެހޭނެ ނިޝް އާއި ދޭތެރޭ”ޒަވީން ބުނެލިއެވެ.”ކިހާ ބޮޑު އުނދަގުލެއް މީވެސް.މަށަށް އިނގޭނީ މަގޭ ދިރިރިއުޅުން ބައްޓަންކުރާނެ ގޮތް.ތީ ދެން ކުޑަކުއްޖެއްތަ ކޮންމެފަހަރަކު ޝަކުވާކުރަން. ބޯފަޅާގެން ދާވާރުވޭ ވިއްޔާ. ނިވާކޮއްގެން އުޅޭމީހުން ވަކި ރަނގަޅަށް އުޅޭތަ.ކުންމެފަހަރު މަށަށް ލެކްޗަރު ދޭން އަންނާނެކަމެއް ނެތް. ބުނެބަލަ އަހަރެން ގޯސްތަ އުޅޭލެއް” ނިޝާ ބުނެލިއެވެ. ޒަވީން އިތުރު އެއްޗެކޭ ނުބުނެއެވެ. އެހެން އިރުކޮޅެއްގައި ހުރެފަ އަނެއްކާވެސް ނިޝާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.”އެހެން މީހުން އުޅޭގޮތް ނުބަލާ އެންމެ ކުޑަ މިނުން ނިޝާގެ ކުއް ނިޝާ ޤަބޫލުކޮއްބަލަ” ނިޝާ އައިސްފައި ހުރި ރުޅީގައި އިންތަނުން ތެދުވިއެވެ.އަދި ޒަވީން ދިމާލަށް އިނގިލިދިއްކޮއްލަމުން ވަރަށް ބާރަށް ބުނެލިއެވެ.”ޒަވީން ބުނާހާ ކަމެއްކުރަން މަމީ ޒަވީންގެ އަޅެއްނޫން.މަށަށް އިނގޭނީ މަ އުޅޭނެ ގޮތެއް.” އެހެން ބުނެފައި މޭޒުމަތީގައި އިން ފެންތަށި ނިޝާގެ އަތަށް ހެޔޮވަރުކޮއްލުމަށްފަހު ޒަވީންގެ މޫނަށް ޖެހިއެވެ.އަދި ޒަވީންއަށް ބެލުމެއްނެތި އެތަނުން  ނިކުމެގެން ދިޔައެވެ. އޭރު ރެސްޓޯރެންޓް ތެރޭގައި ތިބި މީހުން ލޯތައް ހުރީ ޒަވީންއަށް ހުއްޓިފައެވެ.ޒަވީން ލަދުގަތުމަށްވުރެން ބޮޑަށް ހިތުގައި ޖެހުނެއެވެ. ނިޝާއާއި މެދު ހިތުގަ ޝަކުވާ އުފެދުނެއެވެ. އަދިއެހެންމެ އެހިތުގައި ނިޝާއާއި މެދު ކުޑަ ފޫހިކަމެއް އުފެދިގެން ދިޔައެވެ.

**********************************************

(ނުނިމޭ) 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaaly

Level 1100 Comments10 Stories

I love to write story.([email protected]) this is my gmail ID.

Other Articles

Previous

މާޒީ (ފަނަރަވަނަބައި)

Next

ރޫޙާނީ ބިރު

Next
May 17, 2019

ރޫޙާނީ ބިރު

Previews
May 17, 2019

މާޒީ (ފަނަރަވަނަބައި)

42 Comments!

  1. Ib@ says:
    May 17, 2019 at 4:20 am

    Wow vvv reethi mi part best.gd luck.when next part

    1. layaaly says:
      May 17, 2019 at 2:23 pm

      vaki dhuvakey yageen kameh nudheveyne. ekam in shaa Allah avahah genesdheynan. THANK U.

  2. malsamalkkomal says:
    May 17, 2019 at 5:19 am

    Maashaa Allah ..varah varah reethi mi part ves..sifakurunthah thahves varah furihama..layaal keep it up..?❤

    1. layaaly says:
      May 17, 2019 at 2:26 pm

      THANK U. you also writting a story right. biruveri sty liyaa kujaa dhw theee

  3. Shau says:
    May 17, 2019 at 8:31 am

    Mi part vs vrh vrh vrh salhi?❤️ Masha Allah! ❤️?❤️? Ur so talented! keep that gud work up layaaly!

    1. layaaly says:
      May 17, 2019 at 2:27 pm

      THANK U.

  4. shamm❤ says:
    May 17, 2019 at 10:34 am

    Kon dhuvahakun next part ??….i like it …adhi furathama faharah mi ky mi story varah salhi description thah ves hama superb

    1. layaaly says:
      May 17, 2019 at 2:33 pm

      yageen kameh nudheveyne mivenii dhuvahakah. midhuvas kolhu varah buxy vefa mihunany. haveeru tiotion n reygandhu tioution othyma time nuvey n ramazan viimaa eku. next week tuesdayge fahun time vaany. test adhi nunimeythy. chem n phy test v ma varah practice kuran beynun. liyevunu emmehaa avahakah up kuraanan. egekuri liyevejeyaa eyge kurin.free time eh libeyirah sty liyan innan.

  5. Zilma says:
    May 17, 2019 at 11:24 am

    Wow varah reethi story eh good luck.

    1. layaaly says:
      May 17, 2019 at 2:34 pm

      THANK U

  6. Luc!f3r says:
    May 17, 2019 at 12:23 pm

    Rihatheli haakaaladheyshey? E kon hisaabegge bahuruvaeh?… Story is still nice.. Im guessing Airaa goes to Male’ for further studies with zihaadh? Waiting for next episode

    1. layaaly says:
      May 17, 2019 at 2:40 pm

      komeh rashehgai vex hunnane ebaehge amilavanthakan dhw. thi manjemen rashu ga kiyanii kiykeythr

  7. jiji says:
    May 17, 2019 at 1:09 pm

    Vvv bodah improve vehje dear❤❤❤.. rellly happy???….mi part vv salhi ingey…Sifakohlaafa hurileh vv furihama..vvv dhivehi vanthr…vv rangalhu..mistakes eh hama eh gothakah ?????????????????????✋?????????????????????vec neiy..hehe…Luw yuh sis?????

    1. jiji says:
      May 17, 2019 at 1:10 pm

      Mistakes nethey inge bunan ulhefa ?aee dear

    2. layaaly says:
      May 17, 2019 at 2:44 pm

      THANK U. readers ge supportuney aslu mihisaabah mi aadevenii. readers mistake faahaga koh dhinyma dhen faharakun mistake rangalhu kuran mi ingenii. liyunthreri kameh nethiyaa kiyuntherin nuvaavey bunaa fadhain kiyunthen nethiyaa liyuntheri kameh rangalheh nuvaaney ehen nun dhw.

  8. inaak says:
    May 17, 2019 at 1:21 pm

    Alhey.. zaveen ah eah vure rangalhu kujjeh nufenunythr.. I think Airaa aa zaveen kanneyge marry kuraany dhw.. v heevey.. anyway stry is awesome.. I just luv itt…

    1. layaaly says:
      May 17, 2019 at 2:47 pm

      hingaa dhw vaagoi balan. THANK U.

  9. bestie says:
    May 17, 2019 at 8:40 pm

    Keep it up..u r improving…Masha Allah

    1. layaaly says:
      May 17, 2019 at 10:50 pm

      thank you……

  10. layaaly says:
    May 17, 2019 at 10:51 pm

    readers thi dhehvaa support ah varah bodah sukuriyaa………………

  11. June says:
    May 18, 2019 at 12:47 pm

    vv. reethi waiting for the next part

    1. layaaly says:
      May 18, 2019 at 2:04 pm

      thank you

    2. Ib@ says:
      May 18, 2019 at 2:11 pm

      Layaaly Ol ga thr

  12. layaaly says:
    May 18, 2019 at 5:49 pm

    nope kamanaa.mihaaru on ga.

    1. Ib@ says:
      May 18, 2019 at 5:51 pm

      Things tlk kurn

  13. Ib@ says:
    May 18, 2019 at 5:51 pm

    Things mihaaru tlk kurn

    1. Ib@ says:
      May 18, 2019 at 5:52 pm

      *hingaa

  14. layaaly says:
    May 18, 2019 at 5:53 pm

    hmmm

  15. layaaly says:
    May 18, 2019 at 5:54 pm

    how was your test result going

    1. Ib@ says:
      May 18, 2019 at 5:55 pm

      Insh Allah exam ham baraabaru

    2. Ib@ says:
      May 18, 2019 at 5:59 pm

      Layaaly sis Gmail use kurn tha

  16. jiji says:
    May 18, 2019 at 5:58 pm

    ???Jiji baiveri kuraanan thr hehe

    1. Ib@ says:
      May 18, 2019 at 5:59 pm

      Hmm jiji ves join kohfa tihiry nhehe

  17. jiji says:
    May 18, 2019 at 6:01 pm

    Kobaa kihineh ib@….roadha varubali thr hehe???❤

    1. Anonymous says:
      May 18, 2019 at 6:03 pm

      Hmm roadha noon what varubaliyeh jiji kudhin rulhi aadhey dhw mithaa chat kuryma ehviyya miulheny

    2. jiji says:
      May 18, 2019 at 6:07 pm

      Thy ibA thr…nd konme meehaku bungnas thibuni ehcheh nuvisnunu ingey?

  18. Anonymous says:
    May 18, 2019 at 6:03 pm

    Hmm roadha noon what varubaliyeh jiji kudhin rulhi aadhey dhw mithaa chat kuryma ehviyya miulheny

  19. jiji says:
    May 18, 2019 at 6:16 pm

    Bye ib@ dear…Irukolhakun bangi govaanu dhw roadhaa vihlaa gadi jeheyne vihya …ehnve mi vaguthah mi vakive lymi Inge ??

    1. Ib@ says:
      May 19, 2019 at 12:42 pm

      No it’s not me jiji

  20. layaaly says:
    May 18, 2019 at 9:20 pm

    ibaa dhoonyaa sorry. gmail eh use nukuran

    1. Ib@ says:
      May 19, 2019 at 12:43 pm

      Koaceh use kurany Viber use kuranthr

  21. Dhonthee says:
    May 20, 2019 at 1:54 am

    Mi vaahakaige hurihaabaeiy kiyaa nimunee adhi kiriyaa
    Ekamaku hithah eree hama mi part kiyaa nimmaalaafa comment eiy kollan
    Hehehe
    Varah salhi ingey story kuriyah dhaa goi
    Mi story kiyan vara foari araafa mihaaru mi hunnanee
    ???????????????????

Comments are closed.

Next Episodeއައިރާ (6…… ވަނަ ބައި)←


All Right Reserved!