ދެޒުވާނުންގެ ލާމެހިފައިވާ އަތްތިލައަށް އިޝާރުގެ ނަޒަރު ހުއްޓުނުއިރު އަތްމުށްކަވާލެއްވިލެއް ބާރުކަމުން ކަށިތަކުން އަޑުގޮވައިގެންދިޔައެވެ. އެއާއިއެކު އިޝާރު ކުރިއަށް އަޅާލެއްވި ފިޔަވަޅާއިއެކު އިޝާރުގެ އަތުގެ ހޫނުހަމަލާ މަޔާންގެ ކަންކަށިމައްޗަށް އަރައިގެންދިޔައެވެ. އިޝާރުގެ އެ ރުޅިވެރިހަރަކާތާއިއެކު ޝަލީންގެ ދެލޯބޮޑުވެގެންދިޔައިރު އަނގަމަތީ އަތްއަޅާލެވުނެވެ. “ޔާން…” އިޝާރު ދެވަނަ ފަހަރަށް މަޔާންގެ މޫނުގައި ޖަހަން އަތްއުފުއްލާލެއްވިއިރު ޝަލީން ވަގުތުން އިޝާރުއާއި މަޔާންގެ ދެމަދަށް ވަދެގަތެވެ. އެއާއިއެކު އިޝާރު ރުޅިވެރިގޮތަކަށް ޝަލީން ދުރަށްކޮއްޕާލެއްވިއެވެ. “ލަދުކުޑަ… ކަލޭގެ ތިހިތްވަރު… ލަދެއް ނުގަނޭތަ ޝަލީން ހައްލާލައިގެން އުޅޭކަށް… […]
ނައިލްގެ އަތް މުށްކެވިގެން ދިޔައި އައި ރުޅީގެ ސަބަބުންނެވެ. ނައިލް ބޭނުންނުވިނަމަވެސް ހަދާންވީ ތާރާގެ މަތިންނެވެ. ތާރާވެސް ވަނީ މިފަދަގެ ގޮތަކަށް ދޮގު ހަދާފައެވެ. އެދޮގުގެ ސަބަބުން ނައިލްގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ތާރާގެ ސަބަބުން ވީފަދަ ކަމެއް ތަކުރާރު ވާކަށް ނައިލް ބޭނުމެއްނޫނެވެ. ”ތީ ހުސް ދޮގު…..އަހަރެން ތިކަން ޝާޔަންއަށް ސާބިތު ކޮށްދޭނަން….” ނައިލް ކުށްލިއަކަށް ޝާޔަންގެ އަތުގައި ހިފައި ޖޯލިން ނަގަމުންބުނެލިއެވެ. ޝާޔަން ހުރީ ނައިލްގެ މިކުށްލި […]
ސުހާން އަކީ ހަޔާތުގެ އެކި ކަހަލަ ކަންތަކަށް ކެތް ކުރާ މީހެކެވެ. މިއަދު ސުހާން އެ ދަނީ ދިގުު އިންތިޒާރެށް ކުރަމުންނެވެ.ނިޝީގެ ލޯތްބަށް އެދި ގޮވަމުންނެވެ. ނަމެސް ނިޝީ އެއަށް ދިނީ ބީރު ކަންފަތެކެވެ.ނިޝީގެ އާއިލާ މީހުންެސް ނިިޝީ ގާތު ސުހާންގެ ލޯތްބަށް އިންކާރު ނުކުރުމަށް ބުނަމުން ދިޔައެވެ. އެއާަށްވެސް ހަމަ ނިޝީ ދިނީ ބީރު ކަންފަތެކެވެ. ނިޝީީ ސުހާން އަށް އެވަރަށް ނަފުރަތު ކުރެއެވެ. މިއީ ދެން މި ސައިޓުގައި އަޅުގަނޑު ލިޔާނެ ވާހަކއެވެ. އިންތިޒާރ […]
“ބޭން!” ރަށުގެ ގޮނޑުދޮށުގައި އަލިދީދީ އިނީ މާޔޫސް ކަންމަތީގައެވެ. އިރު އޮއްސެމުން ގޮސް ކަނޑުގެ ތެރެޔަށް ގެނބިގެން ދިޔަކަހަލަ އެވެ. އަވަހަށް ތެދުވީ ގެޔަށް ދާށެވެ. ރަނގަޅަށް ނުތެދުވެވިގެން އުޅެނިކޮށް މުންޑޭ ދުވެފައި އައިސް އަލިދީދީ ކުރިމައްޗަށް ވެއްޓިގަތެވެ. “އަލިދީދީ! އަވަސް ކުރޭ! ކަލޭގެ އަމާ…! …ގެންދަނީ…!” އަލިދީދީ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޖެހިގަތީ ޕޯޗުގީޒު ސިފައިންގެ މީހެއް ގައިގައެވެ. އޭނާ ރުޅިން އެއްޗެކޭ ކިޔައިފައި އަލިދީދީ ބިމަށް ގަޅައިލިއެވެ. ގެއި ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ އެ ނުބައި ބާޣީންގެ ދެމީހުންނެވެ. އަލިދީދީ ގެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ލެޔާ ވަނީ ކުޅެލާފައެވެ. ރަހުމުކުޑަ ގޮތަކަށް ވަނީ އޭނާގެ މަންމަ އަވަހާރަ ކޮށްލާފައެވެ. ވެލިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. މަންމަ ލައިގެން އޮތް ލިބާސްވެސް ވަނީ ތަންތަނުން ވީދި ލެއިން ފޯވެފައެވެ. ********************************************************** ********************************************************** އައްސުލްތާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ވަނީ 1573 ވަނަ އަހަރު އޭނާގެ ދެބެންނާއިއެކު ދިވެހި ޤައުމު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ސާލާމަތް ކޮށްދީފައެވެ. ނަމަވެސް އޭގެ ކުރިން ޕޯޗުގީޒުން ވަނީ 1558 ގައި ދިވެހި ޤައުމަށް އަރައި ސުލްތާން އަލީ 6 ޤަތުލްކޮށް ރާއްޖެ އެމީހުންގެ އަނިޔާވެރިކަމުގެ ދަށަށް ގެނެއްސައެވެ. އެ ނުލަފާ ބާޣީންގެ ވެރިޔާ އަނދިރި އަނދިރިންގެ އަތްދަށުގައެވެ. އަދި ކިއެއްތޯ، އިސްލާމް ދީން ދޫކޮށް ނަސާރާ ދީން ގަބޫލުކުރި އެންމެ ފުރަތަމަ ދިވެހި ދަރިއަކީ ސުލްތާން ހަސަން 9، ހިމެނެއެވެ. އެއީ ވަރަށްވެސް އަނދިރި ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ކަނޑު ލެއިން ރަތްކޮށްލި ދުވަސްތަކެވެ. *********************************************************** *********************************************************** އަނދިރި އަނދިރިންގެ ކުރިން ދިވެހި ޤައުމުގައި ރަސްކަން ކުރީ ސުލްތާން އަލީ 6 އެވެ. އޭނާ ޤަތުލް ކޮށްލީ 1558 ވަނަ އަހަރުގައެވެ. އަހަރަކީ 1570 ވަނަ އަހަރެވެ. އަލިދީދީ ވަނީ އޭނާގެ މަންމަ ވަޅުލުމަށްފަހު އޭނާގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ގޮވައިގެން އެހެން ރަށަކަށް ދިޔުމަށް ތައްޔާރު ވެފައެވެ. އޭނާގެ އެކުވެރިޔާ މުންޑޭ ބުނާ ގޮތުގައި އެރަށަކީ ޕޯޗުގީޒުންގެ އަތް ނުފޯރާ ހިސާބުގައިވާ ރަށެކެވެ. ނަމަވެސް އެރަށަށް ދިޔުން އެއީ ފުރާނައަށް ނުރައްކާވާނެ ކަމަކަށް ވަނީ ވެފައެވެ. […]
ޙީޔާލީ އާލަމުގައި ޖަޒުބާތުގައި ޖެހި ދެހިވެސް ވީ ގުޅި ލާ މެހިފައެވެ. ތުންފަތް ހަރަކާތް ނުކުރިނަމަވެސް ގުޅީފައިވީ ދެ ހިތް އެތަކެއް ވާހަކައެއް ޙިއްސާކުރިއެވެ. ހޮނު ގުގުރީގެ އަޑު ބަނަވެފައިވާ ފަޒާގައި ގުގުމާލި އިރުވެސް ދެ ނަޒަރު ގުޅިފައިވުމީ އެ ނަޒަރު ތަކުގެ ބާރުގަދަކަން ސާބިތުކޮށްދޭ ހެއްކެކެވެ. ކުރިމަތީ ހާމަޔަށް ހުރި ހިތުގެ ހަމަޖެހުމަށް ވެފައިވާ އެކަކު އަނެކަކު ސޫރަައިގެ ފުރިހަމަކަން ފަށުފި ބަސްތަކާއި ޝާއިރުންގެ ހިތްގައިމު ޅެންތަކުން ހިތުތެރޭ އަމުނާނޭ ކަމީ ޝައްކެއް އޮތް ކަމެއް […]
Due to some reasons I wont be able to upload the story for sometime Insha Allah I will try .to upload the story as soon as ramazan ends hope all readers would understand
ނާއިޝް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނައުޝާ އޭނާ ކޮޓަރިއަށް ވަންނަން ވީ ސަބަަބެއް ނޭނގެއެވެ.”ނައު …. މިި…ތާ ކީއް…. ކުރަނީ…” “އަހަރެންވާ ކުރެވުނު ކަންތައް މަދެއްނު…. މީގަ މި އޮތީ ތެދުތަ؟ ނޫނީ ދޮގު ތަ؟” ނައުޝާގެ ސުވާލަށް ޖަވާބު ދޭނީ ކިހިނެއްހެއްޔެވެ؟ އޭގަ އެއޮތީ ހުސް ތެދެވެ. “އެއީ… ހުސް ތެދު.. އަހަރެން ބޭނުމެއް ނޫން ދޮގު ހަދާކަށް…… ލޯބި އެއީ ހާދަ ފާޑެއްގެެ އެއްޗެކޭ… އަހަންނަށް ނައުޝާ ދެކެ ލޯބިވެވުނީ ސިއްރުން…. އާން […]
“އޭތް މިތާންގަ ދޯ..” ދުރުނޫން ހިސާބެއްގައި ހިނިތުން ވެލައިގެން އިން ނަޝާ އޭނާ ހޯދަމުންދިޔަ އެކުވެރިޔާ ފެނުމާއެކު ގޮވާ ވާހަކަ ދެއްކިއެވެ. އޭރު އަދި އިރުގެ އަލިކަން ކިރިޔަ ކިރިޔާ ވަނީއެވެ. ނަމަވެސް ކޮންމެ ދުވަހަކު ދެއެކުވެރިން އެކީގައި މޯނިންގް ވަރކް އަށް ދިއުން އާދަވެފައިވުމުން އެދެކުދިން އަނދިރި ކަމަކުން ކަންބޮޑުވެގެން ނޫޅެއެވެ. “މަންޖެ ނަމާދުކޮށްގެ އެހެން ދުވަސް ދުވަހަށްވުރެ ނިކުންނަން ލަސްވީމަ އަހަރެން މިދިމާއަށް މިނިކުމެލީ..” ނަޝާ އައިސް ކައިރީގައި ހުއްޓިލުމާއެކު ކަމްލާ ހިނިތުން ވުމާއެކު […]
އޮރެންގު ކުލައިގެ ދޯދި ތަކުން އިރު ދުނިޔެ މައްޗަށް މަރުހަބާކި ވަގުތު އެރީތި މަންޒަރަށް ގެއްލިފައި ޒީކް އަށް ހުރެވުނެވެ. ދެއަތުން ރެއިލިންގައި ހިފަހަށްޓައިގެން ހުރިއިރު ފަހަތަށް ދޫކޮށްފައި އޮތް މުށި ފަން އިސްތަށިގަނޑު ގެހެމުން ދިޔަ މަޑު ވަޔާ އެކު ވިހުރެމުން ދިޔައެވެ. ”ގުޑް މޯނނިންގް ޒީކް” ބެލްކަންޏަށް ނުކުތް ޒީވާންއަށް ޒިކް ފެނުމުން ބުނެލިއެވެ.”ގުޑް މޯނިންގް” ޒީކް ޖަވާބުގައި ބުނެލިއެވެ.”ޑިޑް ޔޫ ސުލީޕް ވެލް” ޒީވާން އެހެން އެހެން އަހާލުމުން ޒީކް ބޯޖަހާލިއެވެ.ޒީވާން އަށް […]