ޒޯޔާގެ ރިޕޯޓްތަށް ނޯމަލްއެވެ. ހަ މަސްދުވަހުގެ ބޭހެއް ނެގުމަށްފަހު އައިޖީއެމްއެޗަށް ދެއްކުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. “ އަނހާ ޒުބެއިދާ “ ހޮސްޕިޓަލް ނުކުތް ވަޤުތު ޝަބީއްޔަތުގެ ގާތް ރައްޓެއްސަކާ ބައްދަލުވިއެވެ. “ މިއުޅެނީ ދޮށީ ދަރިފުޅު ސިޔާދާ ވިހަން ގެނެސްގެން…. ކުޑަކޮށް ބަލިވެ އުޅޭތީ އޭނަ ފިރިމީހަ ބޭނޫންވީ ބޭރުގަ ވިއްސަން … “ ޒުބައިދާ ހިނިތުންވެލަމުން ބުންޏެވެ. “ އާނ… ކަލޭގެ މޫނިމަތިން އެއުފާވެރިކަން އެބަ ފެނޭ…. “ ޒުބެއިދާގެ އުފަލުގައި ޝަބީއްޔަތު ބައިވެރިވިއެވެ. […]
ބާއްޖަވެރި ޙަޔާތަކަށް އެދި މިދެލޯބިވެރިންގެ ދަތުރު އަވަސް މުސްތަޤުބަލެއްގައި މަންޒިލަކަށް ބަދަރު ކުރާނެކަމުގެ ފޮނި އިޙްސާސް ކުރަމުން ދަނީ ހަނދުވަރުގެ އަލިކަން ފަދައިންއެވެ. “ މިތާ ސޮއި ކޮއްލާ…. މިރޭ ޕޭޕަންޓް ކަންތަށް ހަމަޖެހޭނެ… “ އިރުޝާމް އަށް ޝުކުރު އަދާކުރަމުން، އުބެއިދު އެގްރީމަންޓް ހުށައަޅަމުން ބުންޏެވެ. މާލޭގައި ހުންނަ ކައިލްގެ ގޯތިން އިރުޝާމް އަށް ވީ ބައި މިހާރު އެވަނީ އެހެންފަރާތަކަށް ކުއްޔަ ދޫކުރެވިފައެވެ. އެތަނުން ލިބޭ ކުލި އިރުޝާމްގެ އައްމިލަ ވިޔަފާރީގެ ތެރެޔަށް އިތުރު […]
އިރުގެ އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއާ ޢަލްވަދާއު ކިޔައިފިއެވެ. އޮއްސިގެން ދިޔަ ދޯދިތަކުގެ ދަޅަ ލޮނުގަނޑަށް ހިނދިގެން ދިޔައީ އުފާވެރި ރޭނގަޑަކަށް ދުނިޔެ މަރުޙަބާ ކިޔަމުންނެވެ. ގޮނޑުދޮށަށް ބިންދަމުން ދިޔަ ރާޅުތަކަށް އައިހަމް އަށް ގެއްލިފައި ހުރެވުނެވެ. އައިހަމް ގެ މޫނުމަތިން ފެންނަ ހުރީ ހިތްދަތިކަމާ މާޔޫސްކަމެވެ. ދުނިޔެއަށް ވެރިވެފައިވާ އަނދިރި ކަމަށް ވުރެން އައިހަމްގެ ޙަޔާތަށް ވެރިވެފައިވާ އަނދިރިކަން މާބޮޑެވެ. ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ދޫނިސޫފާސޫފީގެ ނަޒަރު ހުއްޓިފައިވަނީ އައިހަމް އަށެވެ. އެއެއްޗެހީގައި ބުއްދިއެއް […]
ދެލޯބިވެރިއެއްގެ ދިގު އިންތިޒާރު ނިމުމަކަށް ގެންނާނީ ކައިވެންޏެވެ. ގިނަ މީހުންނަށް މިނަސީބު ލިބުނެއްކަމަކު މިނަސީބުން މަޙުރޫމްވި ދެލޯބިވެރިއެއްގެ ވާހަކަ މިފަހަރު ލިޔެލާނަމެވެ. ޝީނާ އަކީ އައިހަމްގެ ލޯބީގެ ދަރުބާރުގައި 4 އަހަރު ރަނިކަންކުރަމުން އަންނަ ޒުވާނެކެވެ. ޝާހީ ޢާއިލާއަކުން ޢިއްޒަތާ ޤަދަރުލިބިފައިވާ އައިހަމް އޭނާގެ އަލަތު އަންބަކަށް ޝީނާވުން އެއީ އައިހަމްގެ ޢާއިލާގެ އެންމެބޮޑު ހުވަފެނެވެ. ނަމަވެސް މިހުވަފެން ބިލާހަކަށްވެ އައިހަމްއާ ޝިނާ ވަކިކުރީ ޑޮކްޓަރަކު ހުށައެޅި އެންމެ ރިޕޯޓަކުންނެވެ. […]
ނިޔެ އާރާސްތުވުގައި ޤުދުރަތީ މުސީބާތްތަކާ ކުރިމަތިލައި އިންސާނީ ދަރިފަސްކޮޅަށް ނުރައްކާވާ މިންވަރަށް މޫސުމީ ބަދަލުތަށް އައުންއެއީ ދުނިޔެ ތަޖުރިބާން ކުރަންޖެހިފައިވާ ވަރުގަދަ ނިޒާމެކެވެ. ތަފާތު އެކިއެކި ތޫފާންތަކެއް ދުނިޔެ ދެކެމުން އަންނައިރު އިންސާނީ ދަރިފަސްކޮޅު ވުޖޫދުންވެސް ފޮހެލާވަރުގެ ތުފާންތަކަށް، ދުނިޔެ އަބަދުވެސް ހުންނަނީ ސިހިފައެވެ. އަހަރެންނަކީ ދަރުމަވެރިއެކެވެ. މިފަދަ މުސީބާތްތަކުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ދިނުން އެއީ ހެޔޮ ފާލެއްކަމުގައި ދެކެމެވެ. މިގޮތުން އެފަދަ ކާރިސާތަށް ގާތުން ބަލައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި އަހަރެން […]
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން މިއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލޫކުރާ ހަޤީގަތެކެވެ. ޙަޔާތް ބަރުދާސްކުރުމަށް ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޙާންތަކާ ހަނގުރާމަކޮށް މުސްތަޤުބަލު އުޖާލާކުރުމަށް އަޅުގަނޑުމެން އެންމެންވެސް މިއަންނަނީ ކާމިޔާބީއަށް އެދެމުންނެވެ. ނަމަވެސް ޙާލަތު ނިޔާކުރާ ގޮތުން ބައެއްފަހަރު ނާކާމިޔާބުގައި ހިފައި އޭގެ ހިތާމަވެސް ކުރަންޖެހެއެވެ. ހިތްވަރު އެލުވާނުލައި ކެތްތެރިކަމާއެކު އަނެއްކާވެސް ޙަޔާތާއި ކުރިމަތިލައި މަސައްކަތްކޮށްފިނަމަ، އިސާހިތަކު އޭނާއާ ކާމިޔާބު ބައްދަލުކުރާނެތެވެ. ހިތާމައިގެ ރަހައާއި އުފާވެރިކަމުގެ ރަހަ ދެކިގެންނޫނީ ދިރިއުޅުން ކަނޑަތުނުކުރެވޭނެއެވެ. މިއީ ދުނިޔޭގެ ޤާނޫނުވެސް މެއެވެ. އެހެންނޫން ތޯއެވެ؟ […]
ގޮތްނޭނގޭ އިޙްސާސެއް ސަމާ ވަށައިގެން އެނބުރެމުން އެދަނީ ސަމާއަށް ކޮންއެއްޗެއް ސާބިތުކޮއްދޭން ބާވައެވެ؟ ސަމާގެ އުފާވެރި މަލަމަތި ކިލަނބު ކޮއްލުމަށް، ނޭނގުމަކުންވިޔަސް މަސައްކަތް ކުރަމުން އެދަނީ ކީއްވެހެއްޔެވެ؟ ރޭގަނޑުގެ އަރާމު ނިދިން ސަމާ މަޙުރޫމުކޮށްލައި، އިތުރު ތުރާތަކެއް އޭނާއަށް ވަމުންދަނީ މަރާ ހަނގުރާމަ ކުރާ ކަހަލަ ވޭންތަކާއެކުގައެވެ. އެހެނެއްކަމަކު ސަމާ، އޭނާއަށް ވަމުންދާ ގޮތްތަކުގެ ހަޤީޤީ ސިއްރު ހޯދައިގެން މެނުވީ ސަމާގެ ހަޔާތުގެ ސޮފުޙާތައް ގުނަންފަށާކަށް ޙިޔާލެއް ނުކުރައެވެ. ސަމާގެއުމުރުން ތިން އަހަރުގައި އޭނާގެ މަންމަ […]
ކާލާ މަންނަ މޭޒު މަށްޗައް ވައްޓާލަމުން، ކޮބާ ތަރާވީހެއް ނެތްހޭ ކިޔައި، އަހަރެން ސަމާސާ ރާގަކަށް އެކުވެރިންނަށް ސުވާލުކޮށްލީމެވެ. ތާސްކުޅުމުގެ ގަދަ ފޯރީގައި އަހަންނާއި އަހަރެންގެ އެކުވެރި އަމްޖަދު، ދާނިޝް އަދި ޒާޖިލް ތިބީ ކުޅުމުގެ ތެރައަށް ގެއްލިފައެވެ. ރޯދަ ކުރުކޮށްލުމަށް ތާސްކުޅުމަކީ އަހަރެމެން އަބަދުވެސް ކުރާކަމެކެވެ. މެންދުރު ނަމާދު ވަގުތުގައި އެންމެދަނީ ދާނިޝްމެން ގެޔަށެވެ. ކޮންމެޔަކަސް އަސްރު ނަމާދުގެ ވަގުތަށް އަހަރެމެން ތާސްކުޅުން ހުއްޓާލީ އަމްޖަދުމެން ގެޔަށް މިރޭ ތަރާވީހަކަށް ދިޔުމަށް ނިންމައިގެނެވެ. ” އަފްރާހު… […]