ފަތިހުގެ ހިތްގައިމު ވަގުތެވެ. ގިނަ ބަޔަކު ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދިޔައިރު އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން އެސައިންމަންޓް އެއް ހަދަން އިން އަނުމްގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބަންގީގެ ފުރަތަމަ ކަލިމައާއެކު އަރާމު ތަންމަތި ދޫކޮށްލާ ތެދުވެ ވާޖިބް އަދާކުރުމަށްފަހު މަސައްކަތްތައް ނިންމުމުގައި އޭނާ އިނީ ނުހަނު ޝަޢުޤުވެރިކަމާއެކުގައެވެ. ހެނދުނު އަށެއްޖެހުމާއެކު އަވަހަށް ތައްޔާރުވެލައިގެން ކޮލެޖަށް ދިއުމަށްޓަކައި އެހެން ކުދިންނާއެކު އަނުމް ދަނާލްއިން ނިކުތީ އެކުދިންނާއި ވާހަކަ ދައްކަމުންނެވެ. […]
“ލައްބަ މަންމާ އަޅުގަނޑު މި ދަނީ…” ސައިނާގެ ރީތި އަޑުން ބުނެލިއެވެ. “ދަރިފުޅާ ދަރިފުޅު ތިހިރީ ބޮޑުވެފަ ދަރިފުޅުވެސް ޖެހޭނެ މީހަކާ އިންނަން.. މަންމައަށް އިނގޭ ދަރިފުޅު އަދި މީހަކާ ރައްޓެހި ނުވާކަން…މަންމަ މި ވާހަކަ މިދައްކަނީ މިއަދު މަންމަ ކުއްޖަކު ހޯދާފައި… މިއަދު ހަވީރު އަންނާނެ އެ ކުއްޖާ…” “މަންމާ.. އެއީ އަނެއްކާ ކާކު…އަޅގަނޑަށް ރަނގަޅީ.އެއީ މަންމައަށް ރަނގަޅު އަދި ދީނަށް ލޯބިކުރާ އަދި އޭނާ އަޅުގަނޑާ ރުހެންޔާ އޯކޭ….” ސައިނާ ބުނެލިއެވެ. “ދަރިފުޅު ތިކީ […]
“ސޯ މިހާރު ކިޔެވުން ނިމުނީނު. ވިޝާހްއާ ރައި އަލުން ގުޅެނީ ކޮންއިރަކުން؟” އެއް ކުއްޖަކު ކުރި ސުވާލުން ރައިހާނާއާ ވިޝާހް އެކީ ކުށިއަރައިގަތެވެ. އެދެމީހުންނަށް އެހެން ބުނެވުނުކަންވެސް ހަނދާނެއްނެތެވެ. ވިޝާހްއަށް މަޑުމަޑުން ޝިޓްއޭ ބުނެވުނެވެ. ރައިހާނާ އަނގައިން ލޭރަހަލާ ވަރަށް ތުންފަތުގައި ދަތް އަޅާލިއެވެ. ވިޝާހް ރައިހާނާއަށް ނަޒަރެއް ދިނެވެ. ހީވާގޮތުން ބުނަންވީ ކީކޭތޯ އޭނާ ރައިހާނާ ގާތު އެހީއެވެ. “ދެޓް އިޒް ނޮޓް ގޮއިން ޓު ހެޕަން. އަައި އޭމް އިން އަ ރިލޭޝަންޝިޕް. ރައިވެސް […]
ސުކޫލުން ދީފައި ހުރިހައި ފިލާވަޅުތައް ދަސްކުރުމާއި ކިޔުމާގެން ކުރިއަށް ދެއެވެ.އެކި ފިލާވަޅުތަށް ހަދަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކުއެވެ. ދުވާލަކު ދިހަ ފިލާވަޅަށްވުރެ ގިނަ ފިލާވަޅު ސުހާން ހަދައެވެ. ވާނީވެސް އެހެންތާއެވެ. މިއަހަރަކީ ގުރޭޑް ދިހައެއްގައި ކިޔަވަމުން ދާ އަހަރެވެ. ކޮންމެ މީހަކުވެސް މަސައްކަތްް ކުރާނީ ރަނގަޅު ނަތީޖާއެށް ހޯދުމަށެވެ. އެހެން ކަމުން ސުހާންވެސް ރަނގަޅު ނަތީޖާއެށް ހޯދުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެސްޓްރާ ގަޑިތަކަށް ފަރުވާތެރިި ކަމާއެކު،ގަޑި ނުޖެހި ދެއެވެ. ކިޔެވުން ނޫންކަމެއް ސިކުނޑީގައި ނުވެސް […]
ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ނައްޓާލި ބަހުގެ ތެރޭ އިން އާލިއާ އިނީ ކުޑަ ދޮރުން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައެވެ. ފަސްދެމުން ގެން ދިޔަ ކޮންމެ މަންޒަރެއް ހިތު ތެރޭގައި ކުރަހާލަނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަށް ތައުރީފު ކުރާ ހާލުގައެވެ. ތުންފަތުގައި މާނަ ފުން ހިނިތުންވުމެއް ކުރަހާލަމުން އުނގުމަތީގައި އޮތް މަޑު މުށިކުލައިގެ ދިގު ވާގަނޑުލީ އަތް ދަބަހުގެ ތެރެއިން ކަޅު ކުލައިގެ ބޯ ހަންގަނޑެއްލީ ފޮތެއް ނަގާ އެއަށް ފުން ނަޒަރަކުން ބަލާލިއެވެ. އެ ފޮތް ވައްތަރީ ޑައިރީ އަކާ އެވެ. އާލިއާ ފުން ނޭވާއެއްލަމުން އެފޮތް މަޑުމަޑުން ހުޅުވާލިއެވެ. ” އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނީ އަހަރެން ހުރިހާ ހިތާމަތަކަކުން ދުރުކޮށްދޭނެ މީހެކެވެ. އަދި ކޮންމެ ދިމާވިޔަސް އަހަރެންގެ އަތުން ދޫކޮށްނުލާ އަހަރެންނަށް ހިތްވަރެއްގެ ގޮތުގައި ހުރެދޭނެ މީހެކެވެ. އޭނާ ވާނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ހިތުގައި އެއްވެސް ކަމެއް ނުފޮރުވާ އަހަރެންގެ ހުރިހާ އިހްސާސުތަކެއް އޭނާއަށް ކިޔައިދޭނަމެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް އަހަރެމެން ދެމީހުންގެ ވާހަކަތައް ހުހެއް ނުވާނެއެވެ. ދެމީހުން އެކުގައި ވާރޭގެ ތެރޭގައި ހީސަމާސާ ކުރާނަމެވެ. ” ޑައިރީގެ ފުރަތަމަ ގަނޑުގައި ލިޔެފައި އޮތް ފަށުވި ބަސްކޮޅު ކިޔަމުން ދިޔަ އިރު އާލިއާގެ ތުންފަތަށް ހުވަފެނީ ހިނިތުންވުމެއް ވެރިވެފައިވިއެވެ. ކުޑަ ދޮރުން ބޭރު ބަލާލުމަށްފަހު އަނެއްކާވެސް އަތުގައި އޮތް ފޮތަށް ނަޒަރު ހިންގާލިއެވެ. ” އަހަރެމެން އެކުގައި އެތައް ރެއަކު އަހަރެންގެ ފެވަރިޓް ރޮމޭންޓިކް ފިލްމު ބެލުމުގައި ވަގުތު ހޭދަކުރާނަމެވެ. އެކަކު އަނެކަކު އަތުގައި ހިފައިގެން ތިބެ ތަރިތަކާއި މުޅި ދުނިޔެ ހެކިކޮށް އެތައް އަހުދަކާއި ވައުދެއް ވާނަމެވެ. ލޯބިވާވަރު ބަޔާންކޮށްދިނުމުގައި އެތައް ވަގުތެއް ހޭދަކުރާނަމެވެ. އަހަރެންނަކީ ހަމައެކަނި އޭނާގެ މިލްކެއް ފަދައިން އޭނާވެސް ވާނީ ހަމައެކަނި އަހަރެންގެ މިލްކަކަށެވެ. އޭނާ ވާނީ އަހަރެން ހުރިހާ ނުރައްކަލަކުން ސަލާމަތްކުރާ މީހަކަށެވެ. އޭނާ އަކީ އަހަރެންގެ ހީރޯ އެވެ. އަހަރެން އޭނާ ދެކެ ހިތާ ފުރާނައިން ލޯބިވާ ފަދައިން އޭނާވެސް އަހަރެން ދެކެ ހިތާ ފުރާނައިން ލޯބިވާނެއެވެ. ” އަތުގައި އޮތް ފޮތް މޭގައި ޖައްސާލަމުން އާލިއާ ދެލޯ މަރާލިއެވެ. ވައިގެ ހަމަލާތަކަށް ކެތްނުވެގެން އުދުހެމުން ދިޔަ އޭނާގެ މަޑު މުށިކުލައިގެ ފަށުވި ކޮޅެއް ފަދަ ފަން އިސްތަށިގަނޑުން އޭނާއަށް އުނދަގުލެއްވެސް ނުވާ ކަހަލައެވެ. އާލިއާ… ތި ހުވަފެނީ ދުނިޔެއިން ހޭލަން ވެއްޖެއްނު… މާދަމާ އީވާންގެ ފެމިލީ އަންނާނެ ކައިވެނީގެ ވާހަކަ ދައްކަން… ހިތުގެ އަޑަށް ސިހިފައި އާލިއާއަށް ލޯ ހުޅުވާލެވުނެވެ. އެއީ ހަގީގަތްކަން އިނގޭތީ ހިތް ރޯލިއެވެ. ބަލާލަށް ނުހުރެ އެ ގަނޑު ފޮތުން ވަކިކޮށްލީ އެއިން ހިތަށް އިތުރު އަނިޔާއެއް ނޫނީ ނުލިބޭނެތީއެވެ. އަދި ބޮނޑިކޮށްލުމަށްފަހު އުނގުމަތީގައި އޮތް ދަބަހުގެ ޒިބު ކަހާލާ އޭގެ ތެރެއަށް ލިއެވެ. އުނގުމަތީގައި އޮވެ ރިންގުވަމުން ދިޔަ ފޯނަށް އަވަސް ނަޒަރެއް ދެމުން އާލިއާ ފޯނު ނެގިއެވެ. ” ހަލޯ މަންމާ… ” ” ހާނ… އާލިއާ… ދަރިފުޅާ… ކޮބާ ކޮންއިރަކުންތަ އާދެވޭނީ… މަންމަ ބަލާދާން ބުނީމަވެސް އެއްބަހެއް ނުވި ވިއްޔަ… ” އާލިއާގެ މަންމަ ޝާޒްލީ އެއްފައްޗަކަށް ކިޔާލިއެވެ. ” މަންމާ… މަންމާ… މަންމާ… ސާބަހޭ… އަޅުގަނޑު ރަނގަޅޭ… ނޭނގެ ވަރަށް އަވަހަށް ދެވިދާނެ… ދެން އަޅުގަނޑު ރާއްޖެ އައި ފުރަތަމަ ފަހަރު ބޭނުމީ އެކަނި ދާން… ” އާލިއާ ތުން ފިއްތައިގެން އިނދެ ބުނެލިއެވެ. ” ހޫމް… ބަލައިގެން އުޅޭތި… މިކޮޅަށް އާދެވުނުހާ އަވަހަކަށް ގުޅާތި… އޭރަށް މަންމަ ނިކުންނާނަން… ” ކަންބޮޑުވެފައި ހުރެ ޝާޒްލީ ބުނެލިއެވެ. ” ކަމް އޮން މޯމް… އައި ވިލް ޓޭކް ކެއަރ އޮފް މައި ސެލްފް… އޯކޭ… ބާއި… ” މަންމަ އެކަހަލަ ކޫސަނި ކަންކަމާވެސް ކަންބޮޑުވެގެން އުޅޭތީ އާލިއާއަށް ހެވުނެވެ. ބަސް ދުއްވަމުން ދިޔަ ވަރަކަށް ފެހިކުލައިގެ ގަސްތައް ފެންނަން ފެށުމުން އާލިއާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް އިނގޭ ގޮތުން އަދި ފޮޓޯތަކުން ފެނިފަ ހުރި ގޮތުން މާލެ އަކީ ގަހެއް ރުކެއް ހުންނަ ތަނެއް ނޫނެވެ. ކާރޫ ބާރޫ ބޮޑުކަމުން މަގެއްގެ މަތިން ދުއްވާލެވެން ވެސް ނޯންނާނެއެވެ. ނަމަވެސް ކުޑަ ދޮރުން ބޭރުން ފެންނަމުން ދިޔައީ އޭގެ އިިދިކޮޅު މަންޒަރެކެވެ. މަގުގެ ދެފަރާތުގައި ފެހިކަން ގަދަ ގަސްތައް ވާއިރު މަގުތައް މަތި ފެންނަނީ ވަރަށް ހިމޭންކޮށެވެ. ދޭތެރެއަކުން ކާރެއް ނުވަތަ ސައިކަލެއްގެ ހިލަމެއް ވެލައެވެ. ރޭގަނޑުގެ އެވަގުތުގައި އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ރާނީ އާއި އޭގެ ދަރުބާރުގައި ވަރުބަލިކަމެއް ނެތި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް ބަލާލަމުން އާލިއާއަށް ހިނިތުންވެލެވުނެވެ. ” ވެއިޓް… ” ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އާލިއާއަށް ދަބަސް ތެރެއިން ބަހުގެ ޓިކެޓު ނަގާ އެއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭގައި ހުޅުލެއިން މާލެއަށް ގެ ބަދަލުގައި ހުޅުލެއިން ހުޅުމާލެއަށް އިނުމުން ނިތްކުރީގައި އަތުން ޖަހާލެވުނީ އަމިއްލަ ފަރުވާކުޑަކަން ހިތަށް އަރާފައެވެ. އަތުކުރީގައި އަޅާފައި އޮތް ރިހިކުލައިގެ ހިމަ ގަޑިއަށް އަވަސް ނަޒަރެއް ދެވުމާއެކު މޫނު ހަދާލެވުނީ ގަޑިން ދިހައެއް ޖަހަން ކައިރިވެފައި ވުމުންނެވެ. އަނެއްކާ މާދަމާގެ މެންދުރު އީވާންގެ އާއިލާ އައުމުގެ ކުރިން އަރާމުކޮށްލަންވެސް އޭނާ ބޭނުމެވެ. ނަމަވެސް މިވީ ގޮތުން ދެން ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. މޫނުމަތީގައި އަތް ހާކާލަމުން ފުން ނޭވާއެއްލެވުނީ މިއޮއް ފަދަ ރޭގަނޑު ދެން ދާނީ ކޮންތާކަށް ބާއޭ ހިތަށް އަރާ ހާލުގައެވެ. މަންމައަށް ގުޅައިފިއްޔާ ބޮޑު ލެކްޗަރެއް އަޑުއަހަން ޖެހޭނެކަން ޔަގީންވާތީ އެ ޚިޔާލު ދޫކޮށްލިއެވެ. ހުޅުމާލެއަށް ދެވުނީރުން މީހެއް ކައިރީ އަހައިގެން ކޮންމެސް ގޮތެއް ހޯދާނީއޭ ހިތާ ކުރިމަތިން ފެންނަން އޮތް މަންޒަރަށް ނަޒަރު ހުއްޓާލީ އެކަމާ ބޯ ގޮއްވަން ބޭނުންނުވާތީއެވެ. ކަންކަމާ ބޯ ގޮއްވުމަކީ އޭނާ ކުރާ ހިތްވާކަމަކަށް ނުވާތީއެވެ. […]
ކަންފަތުގައި ފޯނުޖަހައިގެން ހުއްޓުންއަރާފައި ހުރި ނަޝާފެނުމުން ކަމްލާ މަޑުމަޑުން އައިސް ނަޝާގެ ކޮނޑުގައި ކޮށްޓާލުމާއެކު ތެޅިގަނެފައި ނަޝާއަށް ހަމަބިމަށް އާދެވުނެވެ. އޭރުވެސް އެކޮޅުން ފޯނުން އެމީހަކު ސުވާލުކުރަމުން ގެންދިޔައެވެ. “ހެލޯ.. ކަމްލާތޯ؟ ކަމްލާގެ ދެނަންބަރު އިންއިރު އަނެއް ނަންބަރަށް ނުގުޅިގެން މިގުޅާލީ..” ހަމަބިމަށް އާދެވުމާއެކު ނަޝާއަށް އެކުރެވުނު ކަމަކުން ލަދުގެން އޭނާގެ މޫނު ރަތްވާގޮތްވިއެވެ. އަދި ކަރުކެހިލާފައި ‘މަޑުކޮށްލުމަށް’ ބުނެލާފައި ކަމްލާއަށް ފޯނުދިއްކޮށްލިއެވެ. މަޑުމަޑުން ‘ކަންމިއަށް’ ށޭބުނަމުންނެވެ. ފޯނު ނިންމާާލާފައި އެނބުރިލިއިރުވެސް ކުރެވުނު މޮޔަކަމަކުން ނަޝާއިނީ ރަކިވެފައެވެ. […]
******************************************* އިރުގެ ގަދަ ހޫނާއި އަވި މަޑުވަމުން ގޮސް ހަވީރުގެ ފިންޏަށް އެޅެން ފެށިއެވެ.ގޭގައި އެކަކުވެސް ނެތްހެން ހީވުމުން ޒިހާދު ބޭރު ގޯތިތެރެއަށް އޭނަގެ ފޯނު އަތަށްލާގެން ނިކުތެއެވެ.އަތުގައޮތް ފޯނުއޮތީ ލާނޗް މައަޗަށް އެރީއްސުރެން ނިއްވާލާފަ ކަމުން ޒިހާދު އޭނަގެ ފޯނު އޮން ކުރިއެވެ.އެއާކު ޒަވާގެ އެތައް މެގެޖްތަކާއި މިސްކޯލުތައް އައިސްފައި ހުއްޓެއެވެ.މީގެ އިތުރުން އެހެންމީހުންގެ މިސްކޯލުތަކާއި މެސެޖްތައް އައިސްހުރިލެއް ވަކި މަދެއް ނޫނެއެވެ. ޒިހާދު ގޮސް ގޯތިތެރޭގަ ހުރި ޖޯއްޔެއްގައި ހަމަޖެހިލައިގެން އިށީންދިއެވެ.އަދި ފުންނޭވާއެއް ލިއެވެ.އަތުގައޮތް […]
ދުވާލުގެ އަލިކަން ރޭގަނޑު ގެ އަދިރި ކަމަށަ ބަދަލު ވަނީއެވެ. ދޮންވެރަތްވެފައިވާ އުދަރެހުގައި އެކި ދިހައިގައި ފާޅުވެވޭހުރި ވިލާތަކުގެ ކުލަ މަޑު އަޅިކުލަ އަކަށް ބަދަލު ވަމުން ދިޔައެވެ. އާދައިގެ ވަރަކަށް ޖެހެމުން ދިޔަ ލުއިރޯޅިތައް ބާރުވެ އޭގައި ތެތްފިނިކަމެއް އެކުލެވެން ފަށައިފިއެވެ. ދާދި ދެންމެޔަކާ ޖެހެންދެން ހިމޭންކަމުގެ ސާލު އޮޅައިގެން އޮތް ނޫކަނޑު ގެ ރާޅުތައް ވެސްލުއިފުމެން ތަކާ އެކު ހުދު ފޮނުއަރުވަންފަށައިފިއެވެް. ކުއްލިޔަކަށް ވެހެންފެށި ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރި އާލް ސިހުނީ ޖެހި ބާރު ގުގުރީގެ އަޑަށެވެ. ޢޭރު ފޯނު ނަގައި ގަޑި ބަލާލިއިރު 6 ޖެހީއެވެ. ބިންމަތީގައި ބަހައްޓާފައި ހުރި ފައިވާން ނަގަން ގުދުވެލި އިރު ލޮލެގައި އަޅައިގަތީ ދުރުގައި ދެ ޖީބަށް އައްޖަހާލައިގެން ހުރި ޒުވާނާއަށެވެ. ބައިމަތި ފުޅާ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ދުރުންވީމަ އޭނާ ގެ އިތުރު ސިފައެއް ބުނާކަށް ނޭނގުނެވެ. […]
މައުރީންގެ މޫނަށް ސީރިއަސްކަމުހެ ކުލަ އައުމާއެކު ޖަޒްލީ ސުވާލު ކުރިއެވެ. “މައު… އަސްލުވެސް އެ ދެމީހުންގެ މެދުގަ އެކަހަލަ ގުޅުމެއް އޮވޭތަ؟” ޖިއްޖި ސުވާލު ކުރިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ. ނައުޝާ އާއި ނާއިޝް އައިސް ޖަޒްލީ އާއި ޖާއިން އާ ސަލާމް ކޮށްލުމަށްފަހ ސިޓީ އުރައެށް ދިއްކޮށްް ލިއެވެ. އަދި މަރުހަބާ ކިޔެވެ. އެއށްފަހު ނައުޝާ އާއި ނާއިޝް ކާން ދިޔައިރުވެސް އެންމެންގެ ނަޒަރު ސީދާ ވެފައި ވަނީ އެ ދެމީހުންނަށެވެ. އެއްބަޔަަކު […]