ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެވެ. ބާރަށް ވައިޖެހެމުން ދިޔައިރުގައި ފަޒާގައި ހަރުލައިފައިވަނީ ރާޅު މުގުރަމުންދާއަޑެވެ. އުނޑުމަތިން ވިއްސާރަ ވިލާ ފެންނަމުން ދިޔަނަމަވެސް އޮއްސެމުން ދިޔަ އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފައުޅުވަމުންދިޔައެވެ. މަޑު އޮރެންޖު ކުލައެއް ވިލާތަކުން ފެންނަން ހުރިއިރުގައި ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އިށީންދެލައިގެން އިން އަލީނާގެ ނަޒަރު ހުއްޓިފައި ހުރީ މޫދާއި ދިމާއަށެވެ. ނުވަމަހަށް އަޅައިފައިވާ ބަނޑުގައި ފިރުމައިލަމުން އަލީނާ ބަލައިލީ ރާޅުޖަހާފަށުގައި ހިނގަމުންއައި ނަވީންއަށެވެ. އަލީނާއާއި ނަވީންގެ ކައިވެންޔަށް […]
ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދައިލައިފައި އޮތުމުން ފަޒާގައި ހަރުލައިފައިވަނީ ތެތްފިނިކަމެކެވެ. އިރުއިރު ކޮޅާ ގަދަޔަށް ވިދާލާއިރުގައި ބައެއްފަހަރު ބާރަށް ގުގުރާއަޑުވެސް އިވެމުންދިޔައެވެ. ގަދަވަޔަށް ކެއްނުކުރެވިގެން ގަސްތައް ބާރަށް ހެލެމުންދިޔައެވެ. އެހެން ރޭތަކާއި އެއްފަދައިން މިރޭވެސް އިޔާން އުޅުނީ ޓެކްސީ ދުއްވުމުގައެވެ. ދުވާލު ވަޒީފާއަށް ނުކުތުމަށްފަހު ރޭގަނޑު އިޔާން ކުރާ މަސައްކަތަކީ މިއީއެވެ. މިހާރު ގަޑިން އެކެއް ޖަހަން ކައިރި ވެފައި ވުމާއިއެކު އިޔާން މިސްރާބުޖެހީ ގެއަށް ދިއުމަށްޓަކައެވެ. މަޑު މިނެއްގައި ކާރު ދުއްވަމުންދިޔަ އިޔާންގެ ލޮލުގައި އަޅައިގަތީ […]
ނިކަން ހަމަޖެހިލަމުން ދޮރުހުޅުވައިލި ރާއިދުގެ މޫނު ބަނަވެގެން ދިޔައީ ދޮރުމަތީގައި ހުރި ނަވީން ފެނިފައެވެ. “ކޮބާ މިޝްކޮ……ނިދާފަ ދޯ…..” ރާއިދުއަށް ކުޑަ ނަޒަރެއް ދެމުން މިޝްކާގެ ކޮޓަރިއަށްވަތް ނަވީން ހުއްޓުންއެރީ މިޝްކާ ނިދަން އޮތް އެނދުފެނިފައެވެ. ނަވީންއަކީ ހިތްވަރުގަދަ ފިރިހެނެއް ނަމަވެސް ބާރަށް ރޮއިގަނެވުނީ ލޯބިވާ ދަރިފުޅު އޮތްހާލު ފެނިފައެވެ. ނަވީންގެ އަޑަށް އެކޮޓަރިއަށް ދުވެފައި އައިސް ވަތް އަލީނާވެސް “މަގޭ ދަރިފުޅާ” އޭ ކިޔާ ރޮއިގަންނަމުން ގޮސް މިޝްކާ ނަގާ އުނގަށްލިޔެވެ. އަދި އެތަނުން ބެޑްޝީޓެއްނަގާ […]
އެބެލުމުގައިހުރި ތަފާތުކަން ދެނެގަންނާކަށް ކުޑަކުޑަ މިޝްކާއަކަށް ނޭންގުނެވެ. ”ހިނގާ އަވަހަށް ގެއަށްދަމާ ދޯ……..ވަރުބަލިވެފައެއްނު ތިބޭނީވެސް މިހާރު…..” ދެން އެންމެންގެ މިސްރާބަކަށްވީ މަގުގެ އެއްފަރާތެއްގައި ޕާކު ކޮށްލައިފައި އޮތް ރަތްކުލައިގެ ޕުރައިވެޓް ކާރަށެވެ. އެންމެން އަރާ ހަމަޖެހިލުމުން ރާއިދު ކާރު ދުއްވާލިއެވެ. ބުރިޖް ހުރަސްކުރަމުން ރާއިދުގެ ކާރު ބާރު ސްޕީޑުގައި ގޮސް މަޑުކޮށްލީ ހުޅުމާލޭގައި ހުރި ދިގު އިމާރާތެއްގެ ކުރިމަތީގައެވެ. އެއީ ނަވީންމެން ތިބުމަށް ރާއިދު ހަމަޖެއްސި އެޕާޓްމެންޓް އިންނަ އިމާރާތެވެ. ނަވީންގެ ވަޒީފާ ހަމަޖެހުނީ ހުޅުމާލެއިންކަމުން ހުޅުމާލެއިން […]
ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެވެ. ބާރަށް ވައިޖެހެމުން ދިޔައިރުގައި ފަޒާގައި ހަރުލައިފައިވަނީ ރާޅު މުގުރަމުންދާއަޑެވެ. އުނޑުމަތިން ވިއްސާރަ ވިލާ ފެންނަމުން ދިޔަނަމަވެސް އޮއްސެމުން ދިޔަ އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފައުޅުވަމުންދިޔައެވެ. މަޑު އޮރެންޖު ކުލައެއް ވިލާތަކުން ފެންނަން ހުރިއިރުގައި ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އިށީންދެލައިގެން އިން އަލީނާގެ ނަޒަރު ހުއްޓިފައި ހުރީ މޫދާއި ދިމާއަށެވެ. ނުވަމަހަށް އަޅައިފައިވާ ބަނޑުގައި ފިރުމައިލަމުން އަލީނާ ބަލައިލީ ރާޅުޖަހާފަށުގައި ހިނގަމުންއައި ނަވީންއަށެވެ. އަލީނާއާއި ނަވީންގެ ކައިވެންޔަށް […]
ނައިލް މަޑުހިނގުމެއްގައި ގޮސް ޝާޔަން އޮތް އެނދު ކައިރީގައި މަޑުކޮށްލިއެވެ. ޝާޔަން ބަލި ގޮތަކަށް ދެލޯ ހުޅުވައިލަމުން ނައިލްއަށް ބަލައިލިއެވެ. ޝާޔަން އާދައިގެ މަތިން ނައިލްއަށް ހިނިތުންވެލިއެވެ. މި މަންޒަރު ފެނި ނައިލްއަށްވެސް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ. ޝާޔަން މަޑުމަޑުން އަތް އުފުލާލީ ނައިލްއާއި ދިމާއަށް އަތުގަ ހިފާށޭ ބުނާފަދައަކުންނެވެ. ޝާޔަންއަށް ބަލައިލަމުން ނައިލް އެއަތުގައި ހިފައިލަމުން އެނދުގައި އިށީންދެލިއެވެ. ނަމަވެސް ނައިލް އެއްވެސް އެއްޗެކޭ ނުބުނެ އިނީ އިސްޖަހައިލައިގެންނެވެ. ”ނައިލް…..” ޝާޔަން އެންމެ ފަހުން ނައިލް […]
ޝާޔަން ފުންނޭވާތަކެއް ލަމުން ދިޔައިރުގައި މުޅިމީހާ ތެޅެމުންދިޔައެވެ. ނައިލް ހާސްވެފައި ޝާޔަންއަށް ގޮވަމުން ދިޔައިރުގައި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ”ޝާޔަން…..ނޫން……ނޫން…..ޝާޔަން….” ނައިލް ހާސްވިވަރުން ހަދާނެ ގޮތެއްވެސް ނޭންގުނެވެ. ނައިލްއަށް ޝާޔަން އެތަނަށް ދޫކޮށްލައިފައި މީހެއްގެ އެހީއަށް އެދެން ދެވޭކަށްވެސް ނެތެވެ. ނައިލްގެ ފޯނު ޖީބުގައި އޮތްނަމަވެސް އެވެސް ނެގޭކަށް ނެތެވެ. ނައިލްގެ އަތް ޝާޔަންގެ ބަނޑުމަތިން ނަގައިފިނަމަ މާ ގިނައިން ލޭބޭރު ވާނެހެން ނައިލްއަށް ހީވާތީވެ އަތް ނަގާގަށްވެސް ނުކެރުނެވެ. ނައިލް ގޮތްހުސްވެފައިވާ ހާލު […]
ނައިލް ވާހަކަ ދެއްކިއަޑުއިވި ޝާޔަންއަށް ބަލާލެވުނީ ދެލޯބޮޑުކޮށްލަމުންނެވެ. ޝާޔަން އަތުން ވަގުތުން މާބޮޑި ދޫވެގެން ތިރިއަށް ވެއްޓުނު އިރުގައި ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ. އެއިވިގެން ދިޔައީ ނައިލްގެ އަޑެއްނޫނެވެ. ޝާޔަންއަށް ހަމަ ގައިމުވެސް ނައިލްގެ އަޑެއް ނޯޅޭނެއެވެ. ޝާޔަންއަށް ދެންމެ އެ އިވުނު އަޑަކީ މީގެ ކުރިން އިވިފައިވާ އަޑެއްހެން ހެންވެސް ހީވިއެވެ. އެހެންކަމުން ސިކުނޑިއަށް ބާރުލަމުން ވިސްނާލީ އެއަޑާއި މެދުގައެވެ. އެއީ ކާކުގެ އަޑެއްކަން ޝާޔަންއަށް އިނގުނު ހިނދު ދެލޯބޮޑު ކޮށްލެވުނެވެ. ”އާރަވް….” ޝާޔަންއަށް […]
އާރަވްގެ އެމެސެޖު ފެނި ނައިލްއަތުން ފޯނު ދޫވެގެން ތިރިއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނައިލް އަދިވެސް އެއްފަހަރު އެމެސެޖް ކިޔާލިއެވެ. ނައިލްގެ ހާސްކަން ހައްތަހާ މިވީ އިތުރެވެ. ނަމަވެސް ނައިލް އެމެސެޖްގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނާކަށް ބޭނުމެއް ނޫނެވެ. ޝާޔަން އެބުރިއަންނަ ދުވަހުން އާރަވް ކުރަން އުޅޭކަމެއްވެސް އިނގިދާނެއޭ ނައިލްގެ ހިތައްއެރިއެވެ. ޝާޔަން އެބުރި އަންނަދުވަހު އާރަވް ޝާޔަންއާއި ކައިރިވިޔަވެސް ނުދޭން ނައިލް އަޒްމް ކަޑައެޅިއެވެ. އޭގެ އަނެއްދުވަހު ޝާޔަން ފުރައިގެން ދިޔައީއެވެ. އެހެންކަމުން […]