Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 28

Saraa Level 910 Stories100 Comments100 Login500 Comments500 Login
May 17, 2019 3 Mins Read
32 Comments

“ރިލެކްސް ދޮންތާ އެހެން ބުންޏަސް ނޫޅެމޭ… ލޯބޮޑުކޮށްލައިގެން ހުރި ގޮތުން ދެންމެ ދެންމެ އެތަނަށް ވަދެގަނެފާނެއަތީ ބިރުން ހުރިހެން ހީވޭ…” ޝާދީންގެ މޫނަށް އެރި ކުލަވަރާއިއެކު ހައިޒަލް ލާނެތްގޮތަކަށް ހީލަމުން ބުނެލިއެވެ. އެއާއިއެކު ޝާދީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ހައިޒަލް އެފަދަ ވިސްނުމެއް ނުގެންގުޅުނީތީ ހިތާހިތުން ޝުކުރުކޮށްލެވުނެވެ. ހައިޒަލްއަށް ނޭނގުނަސް  މި ހަތަރުފާރުތެރޭ ރައްކާކުރެވިފައިވާ ސިއްރު ފާޅުވެގެންދާ ދުވަހަކުން ހައިޒަލްގެ ދިރިއުޅުމަށް ޒަލްޒަލާއެއް އަންނާނެއެވެ. އެ ޒުވާން ހިތް މުޅިން ހަލާކުވެގެންދާނެއެވެ.

*** *** *** *** *** ***

މެންދުރުގެ އެންމެ ހޫނުކަންގަދަވަގުތު އިޝާރުގެ ކެބިންތެރޭ ހިފާލައިފައިވާ ނުތަނަވަސްކަމާއިއެކު ޕާރސަނަލް ސެކެޓްރީ އީތަން އެއްފަރާތެއްގައި ހުއްޓިގެންހުރީ ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ. ކޮށްލެވޭ ކުޑަ ހަރަކާތަކުންވެސް އިޝާރުގެ ރުޅިވެރިކަމުގެ ހުޅުކޮޅު ބޮޑުވެގެން ހިނގައިދާނެއަތީ އޭނަ ހުރީ ނުހަނު ބޮޑަށް ޖެހިލުންވެފައެވެ.

މޭޒުގައި ބަރިއަކަށް ޖަހާލެވިފައިވާ ފައިލްތައް ބިމަށް ފައިބައިގަތް ބާރު އަޑުފަށްގަނޑާއިއެކު އީތަންއަށް ސިހިފައި ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ފުޅާ މޭޒުގައި އަތްއަޅުވައިލައިގެން ހުންނެވި އިޝާރުގެ ނިއްކުރިއަށް އަރާފައިވާ ރޫތަކާއިއެކު އެ ލޮލުން ފެނިލެއްވި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެނި އީތަންއަށް ހިންދިރުވާލެވުނެވެ. އިޝާރުގެ ރުޅިވެރިކަމުން ކަންކަން ގޯސްވެގެންދާނެވަރު ނަގައިގަނެވުނު އިރު ޖެހިލުންވެފައިހުރެ އިޝާރުގެ މޫނަށް ބަލާލެވުނެވެ. އޭރު މޭޒުގައި ވިއްދާލެވިފައިވާ ދެއަތަށް ބާރުކުރަމުންދިޔަގޮތުން ލިބުނު ހަބަރުގެ ނުބައިކަމުން ރުޅިމައިތިރިނުކުރެއްވިފައިހުރިކަން ހާމަވެއެވެ. އެވަގުތު އިޝާރު މޭޒުމައްޗަށް ބޭލި ބާރު އެތިފަހަރާއިއެކު ހަޅޭލަވައިގެންގޮތުން އީތަންވެސް ސިހިގެންދިޔައެވެ.

“މިހުރިހާކަމެއްވެގެންދިޔައިރު ކަލޭގެ ލޮލަށް ހުރީ މިރުސްއެޅިފަތަ؟” އިޝާރުގެ ދަތްތަކަށް ބާރުކޮށްލަމުން މޭޒުމަތީގައި ބާއްވާލެވިފައިވާ ސިޓީ އުރައިގައި ޖަހާ ހޫރާލިއިރު ތަޅުންމަތީ ދޫލައަޅިގެންދިޔައީ ސިޓީ އުރަ ތެރެއިން ފައިބައިގަތް މަޔާންއާއި ޝަލީންގެ ތަސްވީރުތަކުންނެވެ.

“ޝަލީން އެ ފިރިހެނާއިއެކު މުޅި މާލެ ކުޑަކުރިއިރު ކަލޭ ހުރީ ކިހިނެތްވެފަހޭ؟ އެންމެ ކުޑަމިނުން އަހަރެން ކައިރީ ބުނެލަންވެސް ތި ގަމާރު ސިކުނޑިއަށް ނޭރީތަ؟” އީތަންގެ ހިމޭންކަމުން އިޝާރުގެ ރުޅިވެރިކަން ދެގުނަވެގެންދިޔައިރު ހަޅޭލަވައިގަތީ އީތަންގެ ކަންފަތްވެސް ބަށްވެގެންދާހާ ބާރަށެވެ.

“ސަރ އަޅުގަނޑު…” އީތަން ކުރިއަށް އަޅާލި ފިޔަވަޅާއިއެކު އިޝާރު ބަލާލެއްވި ރުޅިވެރި ނަޒަރުން ދެފައި ބިމުގައި ތަތްލިފަދައެވެ

“އަހަރެންގެ ކުރިމަތިން ދެވޭތޯ ބަލާ… އެހެން ނޫނީ އަހަރެން އަތުން ކަލޭ މަރުވާނެ….” އިޝާރުގެ އިނގިލިތައް ލެބިގެންދިޔައިރު އެއްއަތުން ނިއްކުރީގައި ހިފަހައްޓާލެއްވިއެވެ. އެއާއިއެކު ގޮނޑިއަށް ވެއްޓިގަންނަވަމުން ކަރުގައި އޮތް ޓައިއަށް ދޫކުރަމުން ފުންނޭވާއެއް ދޫކޮށްލެެއްވީ އަމިއްލަ ނަފްސު ހަމަޔަށް އަޅުވަންބޭނުންވެފައިވީފަދަ ގޮތަކަށެވެ. އެއާއިއެކު ޓައިލްސް މަތީ ވިހުރިފައިވާ ފޮޓޯތަކަށް ނަޒަރު ދަތުރުކުރިއިރު ޖައްސާލެވިފައިވާ ދަތްޕިލިއަށް އިތުރަށް ބާރުވެގެން އައިރު ރުޅިވެރިގޮތަކަށް މަޔާންގެ ނަން ކިޔުއްވާލެއްވިއެވެ.

*** *** *** *** *** ***

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު އޭސީކޮށްފައިވާ ކާރުތެރޭގައި އަލްހާން އިންނެވީ އޭނާގެ ޕާރސެނަލް އެސިސްޓެންޑް ޒާއިންއާއި ކަމެއް މަޝްވަރާކުރުމުގައެވެ. އެއްއަތުން ކަރުދާސްތަކެއް ހިފަހައްޓާލައްވައިގެން އިންނެވި އަލްހާންގެ ފޯން ރިންގްވާންފެށުމާއިއެކު ފޯނު ނަންގަވާ ކަންފަތުގައި ޖައްސާވާލައްވަމުން ބިއްލޫރިގަނޑުން ފެންނަ މަންޒަރަށް ނަޒަރުހުއްޓަވާލެއްވިއެވެ.

އޭރު ފޯޓިކޯއަށް މަޑުކޮށްލި ފެރާރީ ކާރުން ހައިޒަލްއާއި ނައިނާ ފޭބީއެވެ. ހައިޒަލްގެ އަތް ނައިނާގެ އަތާއި ގުޅިގެންދިޔަވަގުތު ހައިޒަލް ނައިނާއަށް ބަލާލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެއާއިއެކު ނައިނާ ގެނެސް ކުޑަކޮށް މޭގައި ޖައްސާލިއިރު ކުޑައިރުކޮޅެއްފަހުން ދުރުވެލަމުން ދެ ޒުވާނުން އަތުގުޅުވައިލައިގެން ތިބެ ފޯޓިކޯ ހުރަސްކޮށް ކޮމްޕެނީތެރެއަށް ވަދެގެންދިޔައެވެ.

އެ މަންޒަރު ދެކެން ކާރުތެރޭގައި އިން އަލްހާން ދެލޯ ހަނިކޮށްލެއްވިއިރު ބުމަ ގާތްވެގެންދިޔައެވެ. ތުން ފިއްތާލިއިރު ކުޑަކޮށް އަތްމުއްކެވިގެންދިޔައެވެ. އަލްހާން މޫނުމަތިން ފެނިލެއްވި ހިތްހަމަނުޖެހިލެއްވުމުގެ އަސަރުތަކާއިއެކު މޫނަށް ހަދާލިގޮތުން ނިއްކުރިމައްޗަށް ރޫތައް އަރައިގެންދިޔައެވެ. ނައިނާއާއި ހައިޒަލްއާއި ދެމެދު އޮތް ގާތްގުޅުމާއިމެދު އަލްހާން ގަޔާވެނުލައްވާކަން އެ މޫނުމަތިން ހުރީ ސާފުކޮށް ފެންނާށެވެ.

*** *** *** *** *** ***

ވިއްސާރައިގެ އަސަރެއްނެތް ސާފު އުޑުމަތީ ޖަވާހިރުތަކެއްފަދައިން ތަރިތައް ވިދާ ބަބުޅަމުން ދިޔައިރު ބަލާބަލާ ފޫހިނުވާހާ ނަލައެވެ. ހަނދު އޭގެ އެންމެ އުޖާލާކަމާއިއެކު މެދުއުޑުގައި ރަނިކަންކުރަމުންދާއިރު  މުޅި ފަޒާވެސް ހިނިތުންވަމުންދާހެން ހީވެއެވެ.

ޝަލީން ފެންޑާގެ ތަނބަކަށް ލެގިލައިގެން ކުޑަކޮށް މޫނު އުފުލައިލައިގެން ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ މަޔާން ފެންޑާއަށް ނިކުމެގެން އައުމާއިއެކު ދުވަންފެށި ވަން މިލިއަންގެ ލުއިވަހާއިއެކު ޝަލީން ކުޑަކޮށް ފަސްއެނބުރިބަލާލިއެވެ. އޭރު މަޔާން އަތުގައި އަޅާފައިވާ ގަޑިން ނަޒަރެއްދެމުން ޝަލީންގެ މޫނަށް ބަލާލީއެވެ. ހުދުކުލައިގެ ގަމިހަކާއި ޖިންސްގައި މަޔާންގެ ފިރިހެންވަންތަކަން އެހެން ސިފައެއް އިހުތިޔާރުކޮށްފައިވެއެވެ. ޝަލީންއަށް އިރުކޮޅެއްވާންދެން ކަޅިޖަހާލުމެއްނެތި ބަލަހައްޓައިގެން ހުރެވުނެވެ.

“ލެޓްސް ގޯ… ތިއްތި ކާރުގައި މިގާތްކުރަނީއޭ ބުނީ….” މަޔާން ޝަލީންގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަދެއްކިއެވެ.

“ޒާންއަށްވެސް ޝަލީ މިކޮޅުގައި ހުރި ރޭވިއްޔަ އަންނަން ބުނަން އިނގުނީ… ދެޓްސް ވައި އައި ހޭޓް ބިއިން އަ ޕްރޮސިކިއުޓަރ… ރޭގަނޑު އަންހެނުން ކައިރީ އޮތަވެސް ނުދޭނެ މިމީހުން…” މަޔާން ލާނެތްގޮތަކަށް ބުނެލަމުން އެއްލޯމަރާލިއެވެ. އޭރު މަޔާންގެ އެންމެ ފަހު ޖުމްލައާއިއެކު ޝަލީންގެ މޫނަށް ފާއްދާލި ރަތްކުލައާއިއެކު މަޔާންގެ މޭގައި އަތުން ޖަހާލިއެވެ.

ދެޒުވާނުންގެ އަތްތިލަ ގުޅިގެންދިޔައިރު ދިގުލޯވްން ކަޑައްތުކޮށްލައިފައި އައިސް ޕެންޓްހައުސްގެ ބިޔަ ގޭޓްކައިރީ ހުއްޓިއެވެ. އެވަގުތު ހިމޭންވެފައިވާ މަގުގެ އެއްފަރާތުން ކާރެއްގެ ގަދައަލިކަން ފެނުމާއި މަޔާން ގޭޓް ހުޅުވާލަމުން ބޭރަށް ފިޔަވަޅެއް އަޅާލިއެވެ. ޝަލީންގެ މަޔާންގެ ފަހަތުން ގޭޓްއިން ބޭރަށް ފިޔަވަޅެއް އަޅާލިއިރު ބާރު ސްޕީޑެއްގައި ދުއްވާފައިއައި ކާރު އައިސް އައިސް ގޭޓު ކުރިމައްޗަށް ހުއްޓާލީއެވެ. އެއާއިއެކު ޝަލީންގެ ފައިގައި ކަސްތޮޅުއެޅިގެންދިޔައިރު މަޔާންގެ އަތުގައި ހިފަހައްޓާލެވުނީ ތަދުވާހާބާރަށެވެ. އެ މޫނުމަތިން ފެނިލި ހާސްކަމާއިއެކު ޝަލީންގެ ހަށިގަނޑު ރޫރޫއަޅައިގަތީ ހިތުގައި ހިނގައިގަތް ބިރުވެރިކަމެއްގެ ސަބަބުންނެވެ.

“ބައްޕަ…” ޝަލީންގެ ދުލުން ބޭރުވި ލަފްޒާއިއެކު މަޔާންގެ ސިހިފައިކަހަލަގޮތަކަށް ޝަލީންގެ މޫނަށް ބަލާލިއެވެ. އޭރު ޝަލީންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމުގެ ލިސާންތަކާއިއެކު މަޔާންގެ ހިތުގައި ހިނގާލި ބިރުވެރިކަމާއިއެކު ކުރިމަތި އޮތް ކާރަށް ބަލާލިއެވެ. އެއީ ޔަޒްދާންގެ ކާރު ނޫންކަންވެސް މަޔާންއަށް ނަގައިގަނެވުނީ އެވަގުތުކޮޅެވެ.

އެވަގުތު ކާރުގެ ފަހަތު ސީޓްގެ ދޮރުހުޅުވާލެއްވުމަށްފަހު އިޝާރު ފޭބެއްވިއިރު މަޔާންގެ މޫނުން ނުތަނަވަސްކަމުގެ އަސަރުތައް ފާޅުވިއެވެ. އިޝާރުގެ މޫނުމަތިން ފެނިލެއްވި ހިތްހަމަނުޖެހިލެއްވުމުގެ އަސަރާއިއެކު މަޔާންއަށް އުނދަގޫގޮތަކަށް ހިންދިރުވާލެވުނެވެ. އިޝާރުގެ މޫނާއި ނަޒަރު ދިމާވިއިރު އެލޮލުން ފެނިލެއްވި ކުލަަވަރުން ޝަލީންގެ ހިތް ބިރުން ރޫރޫއަޅައިގަތްއިރު ހިންދިރުވާލަމުން މަޔާންގެ މޫނަށް ބަލާލެވުނެވެ.

އިޝާރުގެ ދެބުމަގޮށްޖަހާލައިގެން ހުންނަވާ ކުރިއަށް ފިޔަަވަޅެއް އަޅާލެއްވިއިރު އެ ރުޅިވެރި ނަޒަރު މަޔާންއަށް އަމާޒުވެފައިވީގޮތުން ޝަލީންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. މަޔާންގެ މޫނަށް ބަލާލަމުން މަޔާންގެ އަތާއި ލާމެހިފައިވާ އަތްތިލައަށް ފިއްތާލެވުނީ ތަދުވާހާ ބާރަށެވެ.

ދެޒުވާނުންގެ ލާމެހިފައިވާ އަތްތިލައަށް އިޝާރުގެ ނަޒަރު ހުއްޓުނުއިރު އަތްމުށްކަވާލެއްވިލެއް ބާރުކަމުން ކަށިތަކުން އަޑުގޮވައިގެންދިޔައެވެ. އެއާއިއެކު އިޝާރު ކުރިއަށް އަޅާލެއްވި ފިޔަވަޅާއިއެކު އިޝާރުގެ އަތުގެ ހޫނުހަމަލާ މަޔާންގެ ކަންކަށިމައްޗަށް އަރައިގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ހިތް އެދެޔޭ ކައިރީ ހުރެލުން 2

Next

ސަމާސާ އަދަބު: ކޭކެބެއްޔާގެ ހާރު

Next
May 17, 2019

ސަމާސާ އަދަބު: ކޭކެބެއްޔާގެ ހާރު

Previews
May 17, 2019

ހިތް އެދެޔޭ ކައިރީ ހުރެލުން 2

32 Comments!

  1. dhiraa wish says:
    May 17, 2019 at 3:08 am

    here is 28th part… i hope everyone will like this part tooo…. feel free to comment you’re views…. readers commment is my biggest motivation. thanks for supporting me since the biggining. insha allah next part will be uploaded on sunday……….. good nyyt…. ly all

  2. Dhonthee says:
    May 17, 2019 at 4:06 am

    Alhey dhiraa wish
    Mi part vx varah loabi ingey
    ….. mee furathama faharu dhoa mi vaahaka au comment kurevey…
    Kureege part thavves keen ekamaku comment eiy nukuran
    Ekamaku mifaharu hithaheree hama comment eiy kollan
    We can be frienda dhw now??????????
    As well i will give my full support to u comment nukurevunus
    Okayy dhiraa wish
    Take care
    And love u so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. dhiraa wish says:
      May 17, 2019 at 9:51 am

      thnks

  3. AMAAN says:
    May 17, 2019 at 4:09 am

    Mi part ves varah rythi thakolheh dhigu kohladhyba plx cant wait to read next part….

    1. dhiraa wish says:
      May 17, 2019 at 9:52 am

      thnks..

  4. Ib@ says:
    May 17, 2019 at 4:26 am

    Vvv reethi maashaa Allah mi part best when next part dear God luck❤️????❣️

    1. dhiraa wish says:
      May 17, 2019 at 9:53 am

      thnks… insha allah sundayga

  5. Bestie says:
    May 17, 2019 at 4:29 am

    Mi part ves vrh reethi…MASHA ALLAH..keep it up..curiously waiting for Sunday.. ❤❤❤❤❤

    1. dhiraa wish says:
      May 17, 2019 at 9:54 am

      thnks

  6. malsamalkkomal says:
    May 17, 2019 at 4:34 am

    Vara varah reethi.bunaane ehcheves neyngey.keep it up dhiraa?

    1. dhiraa wish says:
      May 17, 2019 at 9:54 am

      thnks

  7. Axee ? says:
    May 17, 2019 at 11:44 am

    Masha Allah Varah reethi mi part vx ??????Dhiraa one of the favourite writer. ??Lying umm ❤️??????

    1. dhiraa wish says:
      May 17, 2019 at 3:42 pm

      thnkx

  8. ?RABBIT? says:
    May 17, 2019 at 1:17 pm

    Vvvvvvv salhi

  9. inaak says:
    May 17, 2019 at 1:50 pm

    I think haizal n shaleen ge marriage ge vaahaka kanneyge dhahkaany dhn.. bt ehn nahadhahchey.. plz.. stry is fabulous..

    1. dhiraa wish says:
      May 17, 2019 at 3:44 pm

      lets c dw

  10. flower says:
    May 17, 2019 at 1:53 pm

    yaan and shaleen is done.. alhe dhira edhemeehun vaki nukurahjjey.. varah miss vi hainai couple mathin dhen part eh ga gehnahjey haimen ge varah loabi scene eh

    1. dhiraa wish says:
      May 17, 2019 at 3:45 pm

      lets c dww

  11. dhiraa wish says:
    May 17, 2019 at 3:43 pm

    thnkxthnkx

  12. azker says:
    May 17, 2019 at 11:32 pm

    story hama habeys…but ehen part thakaa alhaa balaa iru varah kuru

    1. dhiraa wish says:
      May 18, 2019 at 12:23 pm

      thnkx n sry

  13. Jiji says:
    May 18, 2019 at 12:17 am

    When next part

    1. jiji says:
      May 18, 2019 at 12:09 pm

      Heii…plc jiji ge namuga comment nukurey..thihn hedhyma writer ah olhidhaane negetive comment eh ??kuriyac

    2. dhiraa wish says:
      May 18, 2019 at 12:24 pm

      it is not good to use others name….btw next part will be uploaded on sunday

    3. Anonymous says:
      May 18, 2019 at 12:39 pm

      Kaaku tha mihaaru abadhu jiji ge manufacturer comment e kurny.pls ehn nahadaa.jiji akee alhugaduge friendeh.tihem jiji name ga comment kuranyaa kihineh reply kuranyaa igeyni.i think vv jiji yaa j vaathy hen jiji name ga comment kuraa kuhjaayaa e ulheny.negative kon ves inviyaa comment kohfa.pls jiji yah vegn comment kuraa meehakh buneema othy don’t repeat it again??????????Hama jiji ves deravaanun.so v rangalhu e kamah kurn meehakh ammilayah eh bas viyya

    4. jiji says:
      May 20, 2019 at 2:46 pm

      Kuhjaku jiji ge name use kuraathy dhera vegeneh noon….but egothah alhuge name ga comment kuraathy dhw..@Anonymous thy ib@ dhw??

  14. jiji says:
    May 18, 2019 at 3:12 pm

    Dhiraa maa las sunday veema… Readers ge feelings ah ves visnaalun muhinmmu… If u cant then dont write story… I wont be sad cuz thihaa lahun up kuranee ehaa salhi story eh.. huh

    1. dhiraa wish says:
      May 19, 2019 at 10:34 am

      thnkx for the comment. and pls dnt use others name to comment…. choose a name u want than choosing a name someone is using…

  15. Naii Naa says:
    May 18, 2019 at 3:14 pm

    Dhiraa alhey sunday is soo late.. uhh i have to wait till sunday.. what the hell??? Oooppssssyyyyyy dhiraa actually mi ulhenee e shaaleen ge dad Ishaaru dheke rulhi aiss gen.. hehe.. will wait dhiraa

    1. dhiraa wish says:
      May 19, 2019 at 10:36 am

      heheh its okkk. deduvahun ehduvau up mi kuranee cx i need time to write it…

  16. malu says:
    May 19, 2019 at 9:19 am

    wowo v intertesting turn eh ehlhen kanneynge thiulhenee.v reethi.next part v avahah up kohdhehchey

    1. dhiraa wish says:
      May 19, 2019 at 10:37 am

      thnks malu dear….

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 29←


All Right Reserved!