Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

އައިހަމް – އެޕިސޯޑް 3

ShaYan YoOsuf Level 110 Stories
May 17, 2019 4 Mins Read
14 Comments

ޒޯޔާގެ ރިޕޯޓްތަށް ނޯމަލްއެވެ. ހަ މަސްދުވަހުގެ ބޭހެއް ނެގުމަށްފަހު އައިޖީއެމްއެޗަށް ދެއްކުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. “ އަނހާ ޒުބެއިދާ “ ހޮސްޕިޓަލް ނުކުތް ވަޤުތު ޝަބީއްޔަތުގެ ގާތް ރައްޓެއްސަކާ ބައްދަލުވިއެވެ. “ މިއުޅެނީ ދޮށީ ދަރިފުޅު ސިޔާދާ ވިހަން ގެނެސްގެން…. ކުޑަކޮށް ބަލިވެ އުޅޭތީ އޭނަ ފިރިމީހަ ބޭނޫންވީ ބޭރުގަ ވިއްސަން … “ ޒުބައިދާ ހިނިތުންވެލަމުން ބުންޏެވެ. “ އާނ… ކަލޭގެ މޫނިމަތިން އެއުފާވެރިކަން އެބަ ފެނޭ…. “ ޒުބެއިދާގެ އުފަލުގައި ޝަބީއްޔަތު ބައިވެރިވިއެވެ. “ ފުރަތަމަ މާމަ ދަރިފުޅު ވީމަ މިހުންނަނީ ބުނެދޭންވެސް ނޭނގޭހާ އުފާވެފަ…. “ ޒުބެއިދާ އޭނާގެ އިޙުސާސްތަށް ކިޔައިދެމުން ބުންޏެވެ. “ އެހެންތަ ? ކޮންކަހަލަ ކުއްޖެއްތަ ?  “ ޝަބީއްޔަތުގެ ޝައުޤުވެރިކަން ވަރަށް ބޮޑުވެއްޖެވެ. “ ފިރިހެން ކުއްޖެއް “ ޒުބެއިދާ ހެވިލާފައި ބުންޏެވެ. “ މަރުޙަބާ ޒުބައިދާ…. މަރުޙާބާ !! “ ޒުބެއިދާގެ ކޮނޑުގައި ޖަހާލަމުން ޝަބިއްޔަތު މަރުޙަބާ ކިޔެވެ. ޒުބެއިދާގެ މޫނު މަތިން އޭނާގެ ފުރަތަމަ މާމަ ދަރިފުޅަށްޓަކައި ކުރާ އުއްމީދަށް ޝަބީއްޔަތު ވަރަށް ރަނގަޅަށް ފާރަވެރިވިއެވެ.

​މެލޭގެ މިދަތުރުގައި އިރުޝާމްގެ އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ނެތެވެ. މިދަތުރު އިރުޝާމް އަށް ވެގެންދިޔައީ އޭނާ ކުރާ ޗުއްޓީ ދަތުރެއްގެ ގޮތިގައެވެ. ރޯދައަށް ބޭނުންވާ މުހިންމު ބައެއް ސާމާނު ގަތުމަށްފަހު ޝަބީއްޔަތުގެ މިދަތުރު ކުރުކޮއްލައިފިއެވެ. މީގެ ކުރިން ޝަބީއްޔަތުގެ މޫނުމަތިން ނުފެންނަފަދަ ހިނިތުންވުމެއް ފެންނަ ހުރެއެވެ. ދިރިއުޅުމުގެ މިސްރާބު ތަފާތު މަންޒިލަކަށް ބަދަލުކޮއްލުމަށެވެ. އެ މިސްރާބަށް ވާސިލުވުމަށްޓަކައި ޝަބީއްޔަތުގެ ދަތުރު އޭނާ ވަރަށް ފުރިހަމަ އަށް އިންތިޒާމު ކުރާނެކަން ޔަޤީނެވެ. މާލޭގައި ދެރޭ މަަޑު ކުރުމަށް ފަހު ޝަބީއްޔަތުމެން އެނބުރި ގަމަށް ދިޔައެވެ. “ ވެލްކަމް މޯމް “ ލޯބިވާ މަންމައަށް އައިހަމް މަރުޙަބާ ކިޔެއެވެ. “ ތެންކްސް ސަން “ ސޯފާގައި އިށީންނަމުން ޝަބީއްޔަތު ބުންޏެވެ. “ ރޯމާ !! ލަގެޖްތަށް ބަހައްޓާ… ރޯމާ ދެން މަސައްކަތަށް ނިކުންނާނީ ރޯދަމަހުގެ ދެވަނަ ހަފުތާގަ…. ގަޑިން ގަޑިން ޒޯޔާއަށް ބޭސް ދެއްޗެއޭ… “ ރޯމާއަށް ދެހަފުތާގެ ޗުއްޓީއެއް ދެމުން ޝަބީއްޔަތު ބުންޏެވެ. ޝަބީއްޔަތުގެ ހިތްހެޔޮކަމަށް ރޯމާ އަބަދުވެސް ޝުކުރުއަދާ ކުރެއެވެ. “ ދޮންބެ އަށް އިނގޭތަ މެލޭގަ މޯމް އުޅުނީ ހުވަފެން ބެލުމުގަ… “ ފޮށިތަށް އެއްކައިރި ކުރަމަށްފަހު ޝަބީއްޔަތު ކައިރީގައި އިށީންނަމުން އިރުޝާމް ސުރުޙީ އަޅާލިއެވެ. “ އައްދޭ… އެއީ މަަންމައަށް ނުލިބޭނެ ވަރުގެ އުފަލެއްތަ… “ ފޮށިތަށް ހުޅުވާލަމުން ޝަބީއްޔަތު ބުންޏެވެ. “ ކޮން އުފަލެއްތަ ? އެބުނާހެން މޯމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަން… “ އައިހަމް ވަރަށް ޝައުޤުވެރި ވެއްޖެވެ. “ މޯމް މިހާރު ބޭނުންވަނީ ޢާއިލާގެ ނަން ދަމަހައްޓާނެ މާމަ ދަރިފުޅެއް “ ޝަބީއްޔަތުގެ ދެ ދަރިންގެ މޫނަށް ބަލާލަމުން އޭނާ އެދޭ އުފާވެރިކަން ޙިއްސާކުރިއެވެ. އައިހަމް އަދި އިރުޝާމް ވެސް ކުއްލި ޙައިރާންކަމަކާއެކު ހުއްޓިފައި ހުރެވުނެވެ. “ އަޅުގަނޑެއް ނޫން…. ދޮންބެ އެހުރީ… އަޅުގަނޑު އަދި ކުއްޖަކާ ރައްޓެހިވެސް ނުވަން…. “ ހިނިގަނޑަކާއެކު އިރުޝާމް ރެކިގަތެވެ. “ ހޫނ… ކަލޭމެންތީ އެއުޅޭ މަސްދަޅު ޔަޤޫބެ ތިހެންތިބެން…. އެހެންޔާ އެބޭވެސް އެހުންނަނީ ލޯބިވާ ވަޅޯ މަރީނާ ނުލިބިގެން މީހަކާ ނީންނަން ވީޔާ…. ކަލޭމެންނަށް މީހުން ނުވަނީނެއެއް ނޫން ދޯ…. “ ސަމާސާ ރާގަކަށް ތުން އަނބުރާލަމުން ޝަބިއްޔަތު މަޢުލޫޢު އިތުރަށް ފުޅާކޮއްލިއެވެ. “ އޯކޭ އޯކޭ…. އިރާދަކުރެއްވިއްޔާ މޯމްގެ ތިހުވަފެން ހަޤިޤަތަކަށް ވާނެ…. “ އިރުޝާމް ސޯފާއިން ތެދުވަމުން ބުންޏެވެ. “ ދެން ކިޔާ ތިހެން….. އަން މިއޮތީ ޝީއަށް ގެނައި ހަދިޔާ…. ބައިގިނަ ކަމުން މޯލްތަކަށް ވަދެވޭ ވަރެއް ނޫން…. “ ޝަބީއްޔަތު އައިހަމް އަށް އިޝާރަތް ކުރަމުން ބުންޏެވެ.

ކުޑަ އިރުކޮޅެއްފަހުން ޝީނާ އަތުވެއްޖެވެ. ހަމަ އެވަޤުތު ޝިފްލާވެސް ސިޓިންރޫމަށް ނުކުތެވެ. “ ހާއި މޯމް… ހެޕީ ޓު ސީ ޔޫ “ ޝަބީއްޔަތުގެ ގައިގައި ބައްދާލަމުން ޝީނާ ބުންޏެވެ. “ އައިމް މޯ ހެޕީ ޓު ސީ ޔޫ ސްވީޓްހާރޓް “ ޝީނާގެ ބޮލަށް ބޮސްދެމުން ޝަބީއްޔަތު ބުންޏެވެ. ޝަބީއްޔަތުގެ ލޮލުން ޝީނާ އަށް ކުރާ އުއްމީދު ވަރަށްވެސް ބޮޑަށް ފެނިގެން ދެއެވެ. “ އައިހަމް ! މޯމް ހާދަ ހެޕީވެފަ ? “ ޝީނާ އައިހަމް ކައިރީގައި އިށީންނަމުން އެއްސެވެ. “ ޔެސް.. މޯމް މިހާރު ވަރަށް ބޮޑު ހެޕިނެސް އަކަށް ޑްރީމްކުރޭ “ ލޯބިވާ މަންމަ އަށް ބަލާލަމުން އައިހަމް ޖަވާބު ދިނެވެ. “ އޯވ… “ ޝީނާގެ ހިނުތުންވުން ފަނޑުކޮއްލިއެވެ. މަޑުމަޑުން ޝީނާގެ ހިތުގައި ސުވާލުތަކެއް އުފެދެން ފެށިއެވެ. ޝީނާ އަށް އޭނާގެ ހައިސީޔަތު އިނގޭ ކޮންމެ ވަޤުތަކު އަމިއްލަ ނަފުސު ނިކަމެތިކޮއްލެވެއެވެ. ޝަބީއްޔަތުގެ އުއްމީދުތަށް ގުޅިފައިވަނީ އައިހަމް އަށް ވުމުންވެސް ވެދާނެއެވެ. “ ޝީ… ކިހިނެއްވެފަ “ އަތް ހޫރާލަމުން އައިހަމް ގެއްލިފައި އިން ޝީނާ އަށް ގޮވާލިއެވެ.

އިރުގެ އަލިކަން އޮއްސި އަނދިރި ވެއްޖެވެ. ބޭރު ޖޯލީގައި ޝަބީއްޔަތު ވާހަކަ ފޮތެއް ކިޔަންއިނެވެ. ޝީނާއާއެކު ބޭރަށް ދިޔުމަށް އައިހަމް ގޯތިތެރެޔަށް ނިކުތެވެ. “ އައިހަމް “ ޝަބީއްޔަތު އައިހަމް އަށް ގޮވާލިއެވެ. “ ލައްބަ މޯމް “ އައިހަމް ޝަބީއްޔަތުގެ ކައިރިޔަށް ޖެހެލިއެވެ. “ ކޮބާ ޝީ ? “ ޝަބީއްޔަތު ސުވާލު ކުރިއެވެ. “ ކާރުގަ…. ގޮވާލަންތަ ? “ އައިހަމް ޖަވާބު ދިނެވެ. “ އުހުނ… މަންމަ ކުޑަ ވާހަކައެއް ދައްކާލަން ވެގެން… ލަސްވާނެތަ ? “ ޝަބީއްޔަތުގެ ކެތްތެރިކަން ކުޑަވިއެވެ. ޖަވާބުގައި ނޫނެކޭ އައިހަމް ބުނުމުން ޝަބީއްޔަތު ވާހަކަ ފޮތް ލައްޕާލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ. “ މަންމަ ބުނަން މިއުޅެނީ ދަރިފުޅުގެ ބައްޕަ ނިޔާވުމުގެ ކުރިން މަންމަ ގާތު ބުނެފަވާ ވާހަކައެއް… ކައިލް އަބަދުވެސް ބުނާނެ އައިހަމްގެ ކައިވެނީގެ ވާހަކަ… އެކަމު މަންމަ އަށް އެއީ މާ މުހިންމު ކަމަކަށްނުވި…. ކައިލްއަށް ފަހު މި ޢާއިލާގެ ނަން ދަމަހައްޓާނީ އައިހަމް… މިހާރު މަންމަ ބޭނުންވަނީ ދަރިފުޅު ޝީނާއާ ކައިވެނި ކުރުން…. ދަރިފުޅުގެ އަލަތު އަންބަކަށް ޝީނާވުން އެއީ މަންމަމެންގެ ވަރަށް ބޮޑު ހުވަފެނެއެއް… ދިރިއުޅުމުގައި މިހާރު ނުލިބި އޮތް ހަމައެކަނި އުފަލަކީ މާމަ ދަރިފުޅަކު ކައިރީގަ ނެތުން… މިހުރިހާ ދުވަހު މަންމައަށް މިކަމުގެ ފޮނިކަމެއް އިޙްސާސެއް ނުކުރެވުނު… މުސްތަޤުބަލުގައި އިރުޝާމްމެންގެ ބަދަލަދުވެރި ފަރާތަކީވެސް ތީ… މި ޝާހީ ދިރިއުޅުމުގައި އައިހަމް ގެ ޢާއިލާއެއް އޮތުމަކީ މުހިންމުކަމެއް ދަރިފުޅާ…. “ ޝަބީއްޔަތުގެ ދެލޯ ފުރިވަނީ އުފާވެރިކަމުގެ ކަރުނައިންނެވެ. ލޯބިވާ މަންމަގެ އާދެސްތަކަށް އައިހަމް އަށް ހުރެވުނީ ހައިރާންކަމާއެކު ގެއްލިފައެވެ. އެ ލޯބިވާ މަންމަގެ ލޮލުން ކަރުނަ ފެނުމުން އައިހަމް އަށް ވެސް ރޮވުނެވެ. “ ލައްބަ މޯމް… އަޅުގަނޑުވެސް ބޭނުންވަނީ މިހާރު ޝީނާއާ ކައިވެނިކުރަން…. އިރާދަކުރެއްވިއްޔާ މަންމަގެ ތިޔަ ހުވަފެން ހަޤީޤތަކަށް ހަދައިދޭނަން…. “ ލޯބިވާ މަންމަގެ ދެއަތުގައި ހިފާލަމުން އައިހަމް ބުންޏެވެ. ޝަބީއްޔަތުގެ ރުހުން ޝީނާ އަށް އޮތްކަން އިނގުމުން އައިހަމް ވަރަށް އުފާވިއެވެ. މިއީ ހަމަގައިމުވެސް ޝީނާގެ ކުއްހީތަކަށް ނިމުންގެނުވާނެ ފާލެކެވެ.

ކާރުގެ ދޮރު ހުޅުވާލުމަށްފަހު އައިހަމް ކާރަށް އަރައިފިއެވެ. ކާރު ސްޓާރޓް ކުރުމަށްފަހު އައިހަމް ޝީނާ އަށް ބަލާލިއެވެ. އައިހަމްގެ މޫނުމަތިން ފެންނަހުރީ އުޖާލާ ހިނިތުންވުމެކެވެ. ޝީނާގެ ދެލޮލުން އައިހަމް އަށް ފެންނަނީ އުޖާލާ މުސްތަޤުބަލަކަށް އެދި ކުރަމުން އަންނަ ދަތުރެކެވެ. “ އޭތް ކިހިނެއްވީ ލަސްވީ “ ޝީނާ ސުވާލުކުރިއެވެ. އެއްވެސް ޖަވާބެއް ނުދީ އައިހަމް ޝީނާގެ މޫނަށް ބަލަން ހުރެވުނެވެ. އަނެއްކާވެސް ޝީނާ އައިހަމް އަށް ގޮވާލިއެވެ. “ އުނ… ހިނގާބަލަ… “ ކާރު ކުރިޔަށް ދުއްވަމުން އައިހަމް ބުންޏެވެ.

އުޑުމަތި ބަނަކޮއްފައި އޮތްނަމަވެސް މިރޭ ވާރޭ ވެހޭނެހެންނެއް ހިޔެއްނުވެއެވެ. ތުނޑި މައްޗަށް ވަރަށް ވައިގަދައެވެ. ވެލިގަނޑު މަތީގައި އިށީންދެއިން ޝީނާގެ އުނގުގައި އައިހަމް ބޯއަޅައިގެން އޮށޯވެއޮތެވެ. ޝީނާގެ މަޑު ދެއަތުން އައިހަމްގެ އިސްތަށިގަނޑާ ކުޅެމުންދިޔައެވެ. “ ހޫނ… ދެން ކިޔާބަ… ކީއްވެ ތިހާ ހެޕީވެފަ ތިއޮންނަނީ…. “ އައިހަމްގެ ލޮލަށް ބަލާލަމުން ޝީނާ ސުވާލު ކުރިއެވެ. “ ކިހާ ދުވަހެއް ވެއްޖެ އަހަރެމެން ރައްޓެހިވެގެން އުޅޭތާ ? “ ޝީނާ އިމްޕްރެސް ކޮއްލުމުގެ ގޮތުން އައިހަމް ސުވާލު ކުރިއެވެ. “ އޫމ… ހަތަރު އަހަރުވަނީ…. ކިހިނެއްވީ ތަ އައިހަމް “ ޝީނާ ޖަވާބު ދެމުން އައިހަމްގެ ބޯ އުނގުމަތިން ހިއްލާލިއެވެ. “ މޯމް ބޭނުންވަނީ އަހަރެމެން ދެމީހުން މެރީ ކުރަން “ އައިހަމް ހެވިލާފައި ޝީނާ އަށް މިއުފާވެރި ޙަބަރު ދިނެވެ. ޝީނާ އަށް އެވާހަކަތަށް އަޑުއަހާކަށް ނުހުރެވުނެވެ. އައިހަމްގެ ގައިގައި ޝީނާ ވަރަށް ބާރަށް ބައްދާލިއެވެ. އައިހަމް ޝީނާއާ ދުވަހަކުވެސް ވަކިވާން ނޭދޭކަން ޝީނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައިން އައިހަމް އަށް އިޙްސާސް ކުރެވުނެވެ. ދެލޯބިވެރިންގެ ދިގު އިންތިޒާރު ނިމުމަކަށް ގެނެސްދޭ ކައިވެނި އެންމެފަހުން އައިހަމްއާ ޝީނާ އަށް މަރުޙަބާ ކިޔުމަށް ދަތުރު ފަށައިފިއެވެ.

– ނުނިމޭ –

* ހަތަރު ވަނަ އެޕިސޯޑަށް އިންތިޒާރު ކޮއްލަވާ !

* ލޯބީގެ ސިލްސިލާ ވާހަކަ “ އައިހަމް “ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހެއްގައި.

Share Article

Follow Me Written By

ShaYan YoOsuf

Level 110 Stories

writer since 2010 “ love all, trust few, forgive once “

Other Articles

Previous

ފެވިފާތިނަން ވެޔޭމިހިތުގާ 5

Next

ހިތް އެދެޔޭ ކައިރީ ހުރެލުން 2

Next
May 17, 2019

ހިތް އެދެޔޭ ކައިރީ ހުރެލުން 2

Previews
May 17, 2019

ފެވިފާތިނަން ވެޔޭމިހިތުގާ 5

14 Comments!

  1. Shamm❤ says:
    May 17, 2019 at 5:06 am

    Yey me first…varah reethi mi part ves …keep it up

    1. ShaYan YoOsuf says:
      May 18, 2019 at 2:50 pm

      thanks alot shamm ❤️

  2. Annaya says:
    May 17, 2019 at 11:48 am

    varah reethi

    1. ShaYan YoOsuf says:
      May 18, 2019 at 2:50 pm

      thanks ❤️❤️

    2. ShaYan YoOsuf says:
      May 18, 2019 at 2:50 pm

      thanks ❤️

  3. Luc!f3r says:
    May 17, 2019 at 3:45 pm

    Ooooh.. Interesting.. Waiting for the next episode

    1. ShaYan YoOsuf says:
      May 18, 2019 at 2:49 pm

      Yeye thanks alot ❤️❤️

  4. bestie says:
    May 17, 2019 at 8:14 pm

    Wow..its superb..keep it up

    1. ShaYan YoOsuf says:
      May 18, 2019 at 2:49 pm

      thanks ❤️❤️

  5. ShaYan YoOsuf says:
    May 18, 2019 at 2:52 pm

    މި ވާހަކައިގެ ހަތަރު ވަނަ އެޕިސޯޑް އަންނަ ބުދަ ( 22 މެއި ) ދުވަހަށް ވަނީ ލަސްކޮއްލާފައި… މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން.

  6. Fai says:
    May 19, 2019 at 9:33 am

    Ekeevve thr las vaan jehunii…..
    Anywas v salhi story….
    V hihgaimu…..
    Thanks ❤️

  7. A.S.Cain says:
    May 19, 2019 at 10:59 pm

    salhi ingey

  8. Unknown says:
    May 20, 2019 at 1:16 pm

    Well u impressed me again.loved it.hope the next part will be interesting as this

  9. Luc!f3r says:
    May 28, 2019 at 6:51 pm

    22 may dhiyathaa hafthaaeh vany.. ShaYan YoOsuf.. Where you at? Waiting for Episode 4

Comments are closed.



All Right Reserved!