ނައިލްގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން އައިސް ނައިލްގެ ކޯތާފަތްމަތިން ފިރުކިފައި ތިރިއަށް ފައިބައިގެން ދިޔައީ ހިމޭންކަމާއިއެކީގައެވެ. ނައިލްގެ ދިރިއުޅުން ހީވެސް ނުކުރާ ގޮތަކަށް ބަދަލު ވެގެން މި ދިޔައީ ހަމަ ކުއްލިއަކަށެވެ. ދެން އާރަވް ނައިލްއަށް ދުވަހަކުވެސް މާފް ނުކުރާނެ ހެން ހީވުމުން ނައިލްއަށް މާ ބޮޑަށްރޮވޭ ގޮތްވީ އެއީ ނައިލްއެއްވެސް ގޮތަކަށް ވާން ބޭނުން ގޮތެއްނޫންވީމައެވެ. ނައިލް ޖެހިލުންވެ ހުރެ އާރަވްއަށް ގޮވައިލިއެވެ. ”ރާ…..ރާވް……” ނައިލް އާރަވްގެ ކޮޑުމަތީގައި އަތް ބާއްވައިލީ ޖެހިލުންވެފައި ހުރެއެވެ. […]
“ސުސް… ވާހަކަނުދައްކައްޗޭ…” އެވަގުތު ދުރުން ފިޔަވަޅުތަކެއްގެ އަޑު އިވިލިއިރު ހައިޒަލް ވާހަކަދައްކަން އުޅުމާއިއެކު ނައިނާ ހައިޒަލްގެ އަނގަމަތީ އަތްއަޅާ ބާރުކޮއްލިއެވެ. މަޑުމަޑުން ކައިރިވަމުންއައި ފިޔަވަޅުތަކުގެ އަޑު ކައިރިވަމުންގޮސް ހައިރާގެ ބަޔާއި ދިމާލުން އޮބިގެންދިޔުމާއިއެކު ނައިނާ ހައިޒަލްގެ އަނގަމަތިން އަތްނަގަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. “ކިރިޔާއެއްނު… ހައި… ދެންވެސް ދައްތަ އައުމުގެ ކުރިންދޭވޭތޯ ބަލާބަލަ…” ނައިނާ ހައިޒަލްގެ މޭގައި އަތްއަޅާ ދޮރާއި ދިމާލަށް ކޮއްޕަން ފެށިއިރު ހަައިޒަލް ނައިނާގެ އަތުގައި ހިފައި އޭނައާއި ގާތަށް ދަމައިގަތެވެ. ނައިނާ އައިސް ހައިޒަލްގެ […]
އަވްލީން ކައިރީގައި އިން ރާދިންގެ މޫނަށް ބަލައިލިއިރު ރާދިން އިނީ ރީތި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެންނެވެ. އަވްލީން މަޑުމަޑުން އޭނާގެ އަތް ރާދިން ދިއްކޮށްގެން އިން އަތުގެ ތެރެއަށް ލިއެވެ. އަދި މަޑު މަޑުން “ޔެސް” އޭ ބުނެލިއެވެ. ރާދިން އަށް އަވްލީން ބުނި އެއްޗެއް އަޑުއިވުނީ އަވްލީން އާއި އެހާ ކައިރީގައި ހުރުމުންނެވެ. ނަމަވެސް ދުރުގައި ތިބި 3 މީހުންނަށް އަވްލީން ބުން އެއްޗެއް އަޑެއްނީވެއެވެ. ނަމަވެސް ރާދިން ދިއްކޮށްގެން އިން އަރުގެ ތެރެއަށް […]
ހަވީރުގެ ހިޔާ ޖެހިގެން އައި ވަގުތު ބަގީޗާގެ އެންމެ ގަސްބޯ ދިމާލުގައި ދުވަމުންދިޔަ ކުޑަ ދެފިރިހެންކުދިންގެ ލުއިލުއި ހުނުމުގެ އަޑުން ފަޒާ ހިސޯރުކޮށްލައިފައިވެއެވެ. އެކަކު އަނެކަކުގެ އަތުނުވާންވެގެން ދުވަމުންދިޔައިރު ދޭތެރެއިން ލާނެތްގޮތަކަށް ހިނިތުންވެލަނީ ހިތްތަކަށްވެސް ފިނިކަން ލިބޭނޭފަދަ ގޮތަކަށެވެ. މަޔާންގެ އަތުނުވާންވެގެން ޒެލް ދުވަމުންދިޔައިރު ދޭތެރެއަކުން ފަހަތްބަލާލައެވެ. އެއާއިއެކު ކުރިއަށްވުރެ ބާރަށް ދުއްވައިގަންނަނީ ހީގަންނަމުންނެވެ. އެދޮންމޫނުމަތި ދަލުން ފެންވެރެމުންދިޔައިރު ކުޑަކުޑަ ޒެލްގެ މޫނުމަތިން ފެންނަނީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. “ޔާން… އާދޭ އަތްލަން…” ޒެލްގެ ފަހަތުން ދުވަމުން […]
“ޑޫ ޔޫ ލަވް މީ؟” ހަމްޒާ ކޮށްލި ސުވާލުން ރައިހާނާ ސިއްސައިގެން ދިޔައެވެ. ލޯ ހުޅުވާލިއިރު ހަމްޒާ ހުރީ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ރައިހާނާއަކަށް ނޭންގެއެވެ. ހަމްޒާ އިންތިޒާރު ކުރަމުން ދިޔައީ ރައިހާނާގެ ޖަވާބަކަށެވެ. އެހެނަސް ޖަވާބު ނުދިންތާގައި ރައިހާނާ ގުޑިވެސް ނުލިއެވެ. ޗާބީ ދީފައި އިން ބުދެކޭޭ އެއްފަދައެވެ. ރައިހާނާާގެ ހިތުގެ ވިންދު ދުވަހަކުވެސް އެހާ އަވަސްވިހެންނެއް ހިޔެއްނުވެއެވެ. ހިތް ތެޅޭލެއް އަވަސްކަމުން މޭ ފަޅާފައި ނުކުމެ ދާނެހެންވެސް […]
އަޝްރާ ހުރީ ހިތްހަމަނުޖެހިފައޭ ހިތާ ނާއިލް އެހުރިހާ ވާހަކައެއް ދެއްކީ ހިތާ ދެކޮޅަށެވެ. ހަގީގަތަކީ އެވަގުތުކޮޅު ވެެގެން ދިޔައީ އޭނައަށްވެސް ވަރަށް ޚާއްސަ ވަގުތުކޮޅަކަށެވެ. އެގާތް ކަމަށް މިހާރުވެސް އޭނަގެ ހިތް އެދެއެވެ. އެހެނަސް އަޝްރާގެ ހިތުގެ ހާލު ހުރި ގޮތެއް ނޭނގޭހާ ހިނދަކު އޭނަގެ ހިތުގެ ހާލު އަޝްރާގެ ކުރިމަތީގައި ހާމަކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ހިތް އެދި ގޮވަނީ އޭނަގެ އިހުސާސްތައް އަޝްރާ އާއި ހިއްސާކުރުމަށެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. އިތުރަށް ވާހަކަ […]
ރައިހާނާގެ ލޮލުން އޭނާއަށްޓަކައިވި އިހްސާސްތައް ހަމްޒާއަށް ފެނުނެވެ. އޭނާއަށްޓަކައި ރައިހާނާގެ ހިތުގައި ޚާއްސަ މަގާމެއް ވާކަން ހަމްޒާއަށް މިރޭ އެނގިއްޖެއެވެ. ލޯގަނޑު ކުރިމައްޗަަށް ގޮސް ރައިހާނާ އަމިއްލަ ނަފްސަށް ބަލާލިއެވެ. އޭނާ ހުރިގޮތް ފެނުމާއެކު ލަދުން ހަލާކުވާވަރުވިއެވެ. މިރޭ ހިނގައި ދިޔަ ކުޑަ އެކްސިޑެންޓް މަތިން ހަނދާންވުމާއެކު ލަދުރަކި ހިނިތުންވުމެއް މޫނަށް ވެރިވެގެން ދިޔައެވެ. އެވަގުތުކޮޅު އަބަދަށްޓަކަަައި ދެމިގެން ދިޔަނަމައޭ ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ރައިހާނާގެ މޫނުމަތީގައި ވި ހިނިތުންވުން ފިލައިގެން ދިޔައީ ހަމްޒާއަކީ […]
” ދެން އަހަރުމެން ދެމީހުން… އަހަރެމެން ދެމީހުނަށްވެސް ވަރަށް ގިނައިން ޓައިމް ސްޕެންޑް ކުރެވޭ… އަހަރެމެން ދެމީހުންގެ ދެމެދު ސްޕެޝަލް ގުޅުމެެއްތަ އޮންނަނީ… މޯރް ދޭން ފްރެންޑްޝިޕް…” އިއާން ސުވާލުކުރާ ފަދައިން އަހާލިއެވެ. އިއާންގެ އެސުވާލުތަކުން މިންހާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔުމާއެކު އިއާންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު އިއާންގެ ދެލޮލުން ޖަވާބަކަށް އެދި އިންތިޒާރުކުރާވަރު ހާމަވެގެންދެއެވެ. މިންހާ ކިތަންމެ ޖަވާބެއް ދޭން ބޭނުންވި ނަމަވެސް އޭނަގެ ދޫ ހަރަކާތެެއް ނުކުރިއެވެ. ހިތް ވަނީ އަވަސްވެފައެވެ. […]
އަންޖަލްއަށް އާއެކޭ ބުުނެގެން ކުރެވުނީ މޮޔަކަމެކޭ އެތައް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ. މިހާރުދެން އެ ނިކަމެތި އަންހެން ކުއްޖާގެ ހިތް ހަލާކުކޮށްފައި ވަކިވާކަށް ހަމްޒާއަކަށް ނުކެރޭނެއެވެ. ލޯބިވާ މީހެއްގެ ފަރާތުން ކެހި ލިބުމުން ހިތުގައި އަޅާ ވޭން ހަމްޒާވަނީ ތަޖްރިބާކޮށްފައެވެެ. ******* ލީމްއާ މެދު ހަމްޒާގެ ހިތުގައި އުފެދެމުން އަންނަ ޖަޒުބާތަށް ދޭނެ ނަމެއް ޚުދު ހަމްޒާއަކަށްވެސް ނޭންގޫނެވެ. ދެލޯ އާބަދުހެން އެދެނީ ލީމް ދުށުމަށެވެ. އެއަޑު އަހާނުލާ ލޮލަށް ނިދިވެސް ނާދެއެވެ. ހަމްޒާއަށް އުފާވެރިކަން […]