ޙީޔާލީ އާލަމުގައި ޖަޒުބާތުގައި ޖެހި ދެހިވެސް ވީ ގުޅި ލާ މެހިފައެވެ. ތުންފަތް ހަރަކާތް ނުކުރިނަމަވެސް ގުޅީފައިވީ ދެ ހިތް އެތަކެއް ވާހަކައެއް ޙިއްސާކުރިއެވެ. ހޮނު ގުގުރީގެ އަޑު ބަނަވެފައިވާ ފަޒާގައި ގުގުމާލި އިރުވެސް ދެ ނަޒަރު ގުޅިފައިވުމީ އެ ނަޒަރު ތަކުގެ ބާރުގަދަކަން ސާބިތުކޮށްދޭ ހެއްކެކެވެ. ކުރިމަތީ ހާމަޔަށް ހުރި ހިތުގެ ހަމަޖެހުމަށް ވެފައިވާ އެކަކު އަނެކަކު ސޫރަައިގެ ފުރިހަމަކަން ފަށުފި ބަސްތަކާއި ޝާއިރުންގެ ހިތްގައިމު ޅެންތަކުން ހިތުތެރޭ އަމުނާނޭ ކަމީ ޝައްކެއް އޮތް ކަމެއް […]
ނަމަވެސް ޔާއިންއާ ފަސްމުށިގަނޑު ދުރަށް ނުދެވެނީސް ކައިލީގެ އުޅަނބޮށީގައި ހިފައި އޭނާޔާ ދިމާލަށް ދަމައިގަތެެވެ. ލުކެއް ޖެހިފަދައިން އައިސް ޔާއިންގެ މޭގައި މޫނު ޖެހުނު ކައިލީ ހިނދުކޮޅަކަށް މަޑު ޖެހުނެވެ. “ލަދު ގަންނަންވެސް އެނގޭތަ؟.މަ ހީކުރީ މަލާމާތް ކުރަން އެކަނި ކަމަށް އެނގެނީ” ކައިލީއާ މޫނު އެއްވަރުކޮށްލުމުގެ ގޮތުން ކުޑަކޮށް ގުދުވެލާފައި ކައިލީގެ ދަތްދޮޅީގައި ހިފައި ޔާއިންއާ ނަޒަރު ސީދާކޮށްލިއެވެ. އެއްބަސް ނުވުމުގެ ގޮތުން މޫނަށް ކުނި ގޮތެއް ހަދާލާފައި ކައިލީ ދުރު ބަލާލިއެވެ. އިތުރު އެއްޗެއް ނުބުނެ […]
ޝަބްނަމްގެ މުތީތަކުން ފެހި ގަސްތަކުގެ ފަތްތަށް ޖަރީކުރެވިފައެވެ. އެ މުތީތަށް ވިދާ ބަބުޅަމުން ދިޔަނަމަވެސް ކަޅު ބޯ ވިލާތަކުން އުޑު ފޮރުވާލީ އިރުގެ ވިދުމާއި އަލިކަމުގެ ފުރިހަމަކަން ކަނޑުވާލާފައެވެ. މާގަސްތަކާއި ހިޔާދޭ ބޮޑެތިގަސްތަށްވެސް ބާރު ވައިރޯޅީތަކުގެ އަމުރަށް ކިޔަމަންވެ އެއް ރާގަކަށް ފަދައިން ދެކޮޅަށް ހެލެނީ ނެށުންތެރިންގެ މަސަތްކަތް ތަމްސީލް ކޮށްދެމުންނެވެ. ހުޅުމާލޭގެ ހިތްގައިމު ތާރު އަޅާފައިވާ މަގުތަކުގައި ދުއްވާ އެއްޗެއް މަދުންނަމަވެސް ފެންނަމުން ދިޔައެވެ. ބޮޑެތި ބަސްތަށް އޭގެ ދަތުރު ހުއްޓާނުލާ ކުރަމުން ގެންދިޔައީ އެއް […]