Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ހިތަކުން ނުފިލާނޭ

Saraa Level 910 Stories100 Comments100 Login500 Comments500 Login
May 15, 2019 4 Mins Read
17 Comments

އިރުގެ ދޯދިތައް ކަނޑުގެ ސަތަހައަށް ބޮސްދެމުން ދުނިޔެއާއި އަލްވަދާއު ކިޔަން ތައްޔާރުވަމުންދިޔައިރު ދޫނިތައް އެސޮރުމެންގެ ހާލިތަކާއި ދިމާލަށް މިސްރާބުޖަހައިފިއެވެ. ގަސްކަރައިން ނިވާވަމުން އައި އިރު ރޭގަނޑަށް ތަންދެމުން ލޮނުގަނޑު ތެރޭގައި ފޮރުވިގެންދިޔައިރު އިސާހިތަކު ދުނިޔެ އަނދިރިކަމުގެ ސާލެއްގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. މަޑުމަޑުން އަތިރިމަތީގައި ހަރަކާތްތެރިވަމުންދިޔަ މީސްކޮޅު މަދުވަމުންގޮސް އަތިރިމަތި އެކީހެން ހުސްވެގެންދިޔައިރު ފައިގެ ފިޔަވަޅުގެ ނިޝާންތައް ރާޅުތަކާއި ހަވާލުކުރަމުން މަލާކް ކުރިއަށްދިޔައެވެ. އިރުއޮއްސުމުންވެސް އެތަނުން ދިޔުމުގެ ހިޔާލު މަލާކްގެ ނެތްފަދައެވެ. މަޑުމަޑުން ކުރިއަށްދަމުންދާވަރަކަށް އޭނަގެ މާޒީގެ ތެރެއަށް ވަދެވޭހެން ހީވެއެވެ. މަޑުމަޑުން ކުލަ ޖެހެމުން އައި މަންޒަރުތައް ލޯމައްޗަށް ސިފަވެގެން އައިރު މަލާކް ލޯ މަރާބާރުކޮށްލިއެވެ.

*** *** *** ***

4 އަހަރުކުރި                                                                                                                                     އުޑުމަތި ބަނަކަމުން ހީވަނީ އުޑުމަތީ ކަޅު ސާލެއް އޮޅާލެވިފައިވާހެންނެވެ. ކަޅު ބޯވިލާތަށް ދުނިޔެމަތި އަނދިރިކޮށްލާ ތަރިތަކުގެ އަލި ފަޑުކޮށްލުމުގައި ކާމިޔާބު ހޯދައިފައިވާއިރު ގަސްތަށް ވަޔާއި ހޫރެމުންދިޔައީ މާހައުލު އިތުރަށް ހަލަބޮލިކުރުވަމުންނެވެ. ކޮޅާއި ކޮޅު ނުފެންނަ ރަށުގެ ބޮޑު މަގުގައި މަލާކް ހިނގަމުންދިޔައިރު ފަނިފަކްސާގެ އަޑު ނޫން އަޑެއް ނީވެއެވެ. މުޅި ރަށްވެސް ވަނީ ހަމަހިމޭންވެފައެވެ. ނަރުސް ޔުނީފޯރމްގައި ހުރި މަލާކް އަތުގައި އޮތް ދަބަސް ރަނގަޅުކޮށްލުމަށްފަހު ހިނގުން ބާރުކޮށްލަމުން ހޮސްޕިޓަލާއި ދިމާލަށް މިސްރާބުޖެހެއެވެ.

ދިގު ކޯރިޑޯއިން ހިނގާލައިފައި އައިސް ނަރުހުންގެ ކައުންޓަރު ކުރިމަތިންލާފައި ގޮސް އެއްފަރާތުގައި ހުރި ބޭސްއަޅައިދޭ ކޮޓަރިއަށް މަލާކްވަނެވެ. އޭރު ހުދުކުލައިގެ ބެޑްޝީޓް އަޅާލެވިފައިވާ އެނދުމަތީ ގޮނޑިއަކަށް ފައި ނަގައިގެން ޒުވާން އުމުރުގެ ފިރިހެންކުއްޖަކު އިނެވެ. އެ ޒުވާނާގެ ފައިގައި ބާރުކޮށްލެވިފައިވާ ހުދުކުލައިގެ ބެންޑޭޖްގަނޑުވަނީ ލެއިން ކަޅިވެފައެވެ. ކޮޓަރީގެ ދޮރު ޖެހުނު އަޑަށް އެ ޒުވާނާ އިސްއުފުލާލައި ބަލާލިއެވެ. އެ ޒުވާނާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ބޭސްއަޅާ ސާމާނުތަށް ހުރި ޓްރޭ ހިފައިގެން މަލާކް އެނދާއި ކައިރިވެލިއެވެ.

ފުޓްބޯޅަ ކުޅެނިކޮށް ފުޅި މުށިގަނޑަކަށް އެރުނީ…. އެ ޒުވާނާގެ ފައިގައި އައްސާފައިވާ ބެންޑޭޗްގަނޑު މޮހަނިކޮށް އެ ޒުވާނާ ވާހަކަދެއްކިއެވެ.

ތިއީ މިރަށު ކުއްޖެއްތަ؟ ކޮންނަމެއްތަ ކިޔަނީ؟ މަލާކް އެ ޒުވާނާގެ ފައިގައި ފަރުވާތެރިކަމާއިއެކު ބޭސްއަޅައިދެމުންދިޔައިރު އެ ޒުވާނާ މަލާކްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ސުވާލުކުރިއެވެ.

ހޫމް! މަލާކް ކިޔަނީ…. މަލާކް ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލަމުން އެ ޒުވާނާގެ މޫނަށް ބަލާލުމަށްފަހު ތައާރަފްވެލިއެވެ.

އަހަންނަށް ކިޔަނީ ވިޝާމް…. ވިޝާމް ހީލަމުން މަލާކްއާއި ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. މަލާކް ވިޝާމްއާއި ސަލާމަކޮށްލުމަށްފަހު އޭނަ ކުރަމުންދިޔަ މަސައްކަތަށް އެނބުރިގަތެވެ. ފަރުވާތެރިކަމާއިއެކު މަލާކް ވިޝާމްގެ ޒަހަމް ސާފުކުރަމުންދިޔައިރު ވިޝާމްގެ ނަޒަރު އެންމެފަހަރަކުވެސް މަލާކްގެ މޫނުން ކައްސައެއްނުލައެވެ. މަލާކް މީގެ ކުރިން ފެނިފައިނުވާތީ ވިޝާމް ބަލަމުންދިޔައީ މަލާކް ދަސްކުރަންބޭނުންވެފައިވާފަދަގޮތަކަށެވެ. ވިޝާމް ބަލާލާ ކޮންމެ ފަހަރަކު މަލާކް އެ ހަދިޔާކޮށްލާ ހިނިތުންވުން އޭނާގެ ހިތުގައި މަލާކްއަށް ޝައުގުވެރިކަން އުފެދެންފެށިއެވެ.

އަދި ދިމާވާނެދޯ …. ބޭސްއަޅާ ނިމުމުން ވިޝާމް މަލާކްއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އަހާލިއެވެ. އެ ސުވާލުގެ ޖަވާބު މަލާކް ދިނީ އޭނަގެ އެންމެ ރީތި ހިނިތުންވުމުންނެވެ.

ހަފްތާއެއް ވަންދެން ވިޝާމް ބޭސްއަޅަން އައިރު މަލާކްއާއި ވިޝާމްއާއި ދެމީހުންގެ ގުޅުން ދިޔައީ ދުވަހުން ދުވަހަކަށް ބަދަހިވަމުންނެވެ. ވިޝާމްގެ ފަރާތުން މަލާކްއަށް އިނގުނު ގޮތުގައި ވިޝާމްއަކީ މާލޭގެ މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އަދި ވިޝާމް ރައްޓެހިންނާއިއެކު ގަމަށް އައިސްގެން އުޅެނީ ޗުއްޓީ ހޭދަކޮށްލާށެވެ.

ނަރުހުންގެ ކައުންޓަރުގައި މަލާކް އިންއިރު ދޭތެރެއަކުން ގަނޑިބަލާލަނީ ކަންކަމަށް އިންތިޒާރުކުރާފަދައިންނެވެ. އަތުގައި އަޅާލެވިފައިވާ ރިހި ގަނޑިއަށް ނަޒަރެއް ދީގެން އިނދެ އަނެއްއަތުގައި އޮތް ގަލަމުން ކައުންޓަރުމަތީ މަލާކް ތަޅާލަތަޅާލަ އިނީ ކެތްތެރިކަން ކުޑަވެފައެވެ.

ހައެ! އަހަރެން އާދޭތޯތަ ތިއިނީ؟  ދާދި ކައިރިން ވިޝާމްގެ އަޑު އިވުމާއިއެކީ މަލާކް އިސްއުފުލާ ބަލާލިއެވެ. އޭރު ކައުންޓަރުގައި އަތްއަޅުވާލައިގެން މަލާކްއަށް ނަޒަރު ހުއްޓައިލައިގެން ހުރި ވިޝާމް ފެނުމާއިއެކީ މަލާކްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ނޫން ވަކި އެހެނެއްނޫން… ޑިއުޓީ ގަނޑިވީމަ… އެއީ މަލާކްގެ ހިތުގައި އޮތްގޮތްވިޔަސް މަލާކް އިންކާރުކުރަމުން ވިޝާމްގެ ކުރީގައި ހުރެ ބޭސްއަޅާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ވިޝާމްގެ ފައި މިހާރު ރަނގަޅުތަ؟ ދެން މިއަދު ބޭސް އެޅީމަ ނިމުނީ… މައުވާ ޑިޓޯލްފުޅި ނަގައިގެން ވިޝާމްގެ ފައި  ސާފުކުރަންފެށިއެވެ.

ހޫމް! މަލާކް ހަނދާންވާނެތަ އަހަރެން މަތިން؟ ވިޝާމްގެ ސުވާލުން މަލާކް ހުއްޓުން އަރާގޮތްވިއެވެ. އޭނަ ނަރުހެއްގެ ގޮތުން އެތަށް ބަޔަކަށް ހިދުމަތްކޮށްދިން ނަމަވެސް ވިޝާމް އެ އެންމެންނަށްވުރެ ހާއްސައެވެ.

ވަރަށް ހަނދާންވާނެ… ވަރަށް ފޫހިވެސްވާނެ ވިޝާމް ނާންނަންޏާ…. މަލާކް ބުނަން ކިތަންމެ ބޭނުންވިޔަސް އެލަފްޒުތަށްވީ ހިތުގައެވެ. ވިޝާމްއަށް އެ ލަފްޒަތައް އިއްވާލަދޭ ހިތްވިޔަސް މަލާކްއަކަށް އެ ހިތްވަރެއް ނުކުރެވުނެވެ.

ދެން ރަނގަޅުވާނެ ބޭސްއަޅަންނަޔަސް… އެކަމަކު ލޮނު ޖެހިއްޖެއްޔާ ސަކަރާތްވެދާނެ… މަލާކް ވާހަކަދެއްކިއިރު އެއަޑުގައިވީ ތުރުތުރުލުން އޭނައަށްވެސް ފާހަގަކުރެވުނެވެ.  ތޭންކްސް މަލާކް…

އަހަރެންގެ ފައި ރަނގަޅުވީއިރު ހިތުގަ އެހެން ޒަހަމްތަކެއް ލެވިއްޖެ…  އެޒަހަމްތަކަށް ވެސް ފަރުވާ ބޭނުންވޭ… ވިޝާމް ބޭސްއަޅާ ކޮޓަރިން ނިކުންނަމުން ބުނެލި ޖުމްލަ އަޑުއިވިފައި އިރުކޮޅެއްވާންދެން ހުއްޓުން އަރާފައި މަލާކްއަށް ހުރެވުނެވެ. ވިޝާމްގެ ޖުމްލައާއި މެދު ވިސްނާލެވުނުއިރު އެ ޖުމްލައިގެ މުރާދަކީ ކޮބައިކަމެއް މަލާކްއަކަށް ނަގައެއްނުގަނުވުނެވެ.

މަލާކް ހަވީރު ބޭރަށް ނިކުތްއިރު ވިޝާމްއާއި ބައްދަލުވެދާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ވިޝާމް ނުފެންނަތާ އެތަށް ދުވަހެއް ވެގެންދިޔައިރު ވިޝާމް މިހާރު ގަމުގަ ނޫޅޭކަމަށް މަލާކް ނިންމިތާ ކިތަންމެ ދުވެހެކެވެ. މަލާކް ދޮރާށިން ބޭރަށް ނުކުމެލުމާއިއެކީ ރަށުގެ ގްރޫޕްއަކާއިއެކީ ސައިކަލް ދުއްވަމުން ދިޔަ ވިޝާމް ފެނުމާއިއެކު ވިޝާމްގެ ހަރަކާތްތައް ދެކެން ދޮރާށި ކައިރީ މަޑުކޮށްލިއެވެ. އެވަގުތު ވިޝާމްއަށް މަލާކް ފެނުމާއިއެކު ސައިކަލްގަ އައިސް މަލާކް ގާތު މަޑުކޮށްލިއެވެ.

ވިޝާމް މިތާ ކީއްކުރަނީ؟ މިހާރު ފައި އެއްކޮށް ރަނގަޅުވީތަ؟ ވިޝާމް ފެނުމާއިއެކު މަލާކް ސުވާލުކުރިއެވެ.

މަލާކް މިތާ ކީއްތިކުރަނީ؟ މީ މަލާކްގެ ގެތަ؟ މަލާކްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ވިޝާމް ސުވާލުކުރިއެވެ.

މީ އަހަރެންގެ ގެއަކީ! އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދެމެއްނު… މަލާކް ވިޝާމްއަށް ހަނދާންކޮށްލަދިނެވެ.

ބުނީމެއްނު އަހަރެންގެ ހިތުގައި ފާރުތަކެއް އުފެދުނު ވާހަކަ އެފާރުތަކަށް ސިފާއެއް ލިބޭތޯ މިއުޅެނީ…. ވިޝާމް އެޖުމްލަ ބުނެލީ މަލާކްއަށް ކުޑަގޮތަކަށް ބަލާލުމުންނެވެ. އެ ޖުމްލައާއިއެކު މަލާކްއަށް ވިޝާމްއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ.

މަލާކް… ވިޝާމް ބާރަކަށް ގޮވާލުމާއިއެކު ހިޔާލަކަށް ގެއްލިފައިހުރި މަލާކް ސިހިގެންދިޔައެވެ.

ހާދަވަރަކަށޭ ދޯ ސީރިއަސްވީ…. ދެންދަނީ .. އަދި ފަހުން ބައްދަލުވާނެ… ވިޝާމް މަލާކްއަށް ހަނާއަޅާލުމަށްފަހު ސައިކަލް ދުއްވާލިއެވެ. ވިޝާމްގޮސް އޮބާލަންދެން މަލާކްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އެ ދުވަހުގެ ފަހުން މަލާކްއާއި ވިޝާމްގެ ބައްދަލުވުންތަށް ގިނަވިއެވެ. ވިޝާމްއަށް ލިބޭ ހުސްވަގުތުތަކުގައި މަލާކްއާއި ހިނގާލަންދިޔުމާއި ކޮފީތަކަށްދިޔުން އާންމުކަމަކަށްވިއެވެ. ދުވަސްތަށް މަސްތަކަށް ބަދަލުވަމުން ދިޔައިރު މަލާކްއާއި ވިޝާމްއާއި ދެމެދު އޮތް ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންނެވެ. ކުރިލާ އާކުރި ހެދެމުންނެވެ. ފަހަރެއްގައިވެސް މިގުޅުން ލޯތްބަށް ބަދަލުވެދާނެކަމަކަށް މަލާކް ހިޔެއްނުކުރެއެވެ. ވިޝާމްގެ އެދުމަށް މަލާކް ވިޝާމްއާއި ގުޅުނީ އެއީ އޭނަވެސް ބޭނުންވާގޮތަށްވާތީއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތު މަލާކްއާއި ވިޝާމް ރަށުގެ ބޮޑުމަގުންލާފައި ބައިސްކަލް ދުއްވާފައި އައީ ޖެހެމުންދިޔަ ފިނި ރޯޅިތަކުން ފިނިކަން ލިބިގަންނަމުންނެވެ. އެއްވަރަކަށް ބައިސްކަލް ދުއްވާފައި އައިރު ދެޒުވާނުންގެ ދޭތެރޭ ދޭތެރެއަކުން ބަދަލުކުރެވެމުންދާ ނަޒަރުތަކާއިއެކު ވިޝާމް ދޭތެރެއަކުން މަލާކްއާއި ދިމާކޮށްލަން ކޮންމެވެސް އެއްޗެކޭ ކިޔާލައެވެ.

ވިޝާމްގެ ފޯންރިންގްވުމާއިއެކު ފޯނުނަގާ ކަންފަތުގައި ޖައްސާލިއިރު ދެޒުވާނުންނަށް ތިބެވުނީ މަގުގެ މެދުގައި ކަހަލަގޮތަކަށެވެ. ވިޝާމް ފޯނުގައި އިނދެ ކުރިމައްޗަށް ބަލާލިއިރު އެދެޒުވާނުންނާއި ދިމާލަށް ވައި ކަފައިފައި އައި ލޮރީ ފެނިފައިވީގޮތެއްވެސް ނޭނގުނެއެވެ. މަލާކްއަށް ގޮވާލުމާއިއެކު ވިޝާމް މަލާކްގެ ބައިސްކަލްގައި އަތްއަޅާ ދުރަށް ކޮއްޕާލެވުނުއިރު ބާރު ސްޕީޑެއްގައި އައި ލޮރީ ދިޔައީ ވިޝާމް ގޮވައިގެންނެވެ. ދަގަނޑުތައް ޖެހިގެންދިޔަ އަޑާއިއެކު ވަރަށްބާރަށް ވިޝާމް ހަޅޭލަވައިގަތް އަޑު މަލާކްއަށް އިވުނެވެ. މަގުގެ އެއްފަރާތަކަށް ވެއްޓިފައި އޮތް މަލާކްއަށް ލޮރީގެ ދަގަނޑުތައް މަތީ ހަރާކާތްނެތިފައި އޮތް ވިޝާމް ފެނުމާއިއެކު ބިންމަތިން ތެދުވެ އެދިމާލަށް ދުއްވައިގަނެވުނުއިރު ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކުގެ މަތިންވެސް ހަނދާނެއްނެތެވެ.

ވިޝާމް…. މަލާކް ވިޝާމްގެ ބޯނަގާ އުނގުގައި ބާއްވާލިއިރު ވިޝާމް ކުޑަކޮށް ހަރަކާތްކުރިއެވެ.  ވިޝާމްގެ ބޮލުން ފައިބަމުންދިޔަ ލޭތަކުން ދަގަނޑުތައް ރަތްވަމުންދިޔައިރު ނިއްކުރިން ދެމެމުންދިޔަ ލޭގެ ރޮނގުން މޫނު ކަޅިކުރަމުންދިޔައެވެ. ވިޝާމް ނޭވާނުލެވިގެން އުޅެމުންދިޔައިރު ދެލޯވަނީ ބޮޑުވެފައެވެ.

ކީއްތިކުރީ….. މަލާކް މޮޅިވެރިކަމާއިއެކީ އެހެން ބުނެލިއިރު މޫނުމަތީވަނީ ހިތާމައިގެ އަސަރުތަކެވެ. އޭރު އެދެލޯވެސް ވަނީ ކަރުނުން ފުރިފައެވެ. އޭރު މީހުންތަށް އެއްވެ އެމްބިއުލެންސަށްވެސް ގުޅައިފިއެވެ.

ވިޝާމް ކިތަންމެ ހިތްވަރުކުރިނަމަވެސް އެ ބޮޑު ދެލޯ ކަރުނުން ފުރެމުންދިޔައެވެ. މަޑުމަޑުން ލޯ މައްޗަށް ފުސްވެ އަމިއްލަ ބާރަކާއިނުލައި ލޯމެރެމުންދިޔައިރު ވިޝާމްއަށް ހީވަނީ ފުން ނިންޖަކަށް ގެނބެމުންދާހެންނެވެ.

މަލާކް… އަހަންނަކަށް އެއްވެސް ތަނެއް ނުފެނޭ….. ވަށައިގެންވި ހުރިހާ މަންޒަރުތަކެއް ވިޝާމްއަށް ފުސްވަމުންދިޔައިރު ވިޝާމް އުނދަގޫގޮތަކަށް ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެވަގުތު މަލާކް ވިޝާމްގެ އަތުގައި ހިފާލިއިރު އެއަތުގައި އެއްވެސް ބާރެއްނެތެވެ. އެއަތުގެ ބާރާއިއެކު ވިންދުތައް ފަނޑުވަމުންދާއިރު މަލާކްއަށްވެސް އެއީ  ވިޝާމްގެ އެންމެ ފަހުވަގުތުކޮޅުކަން ޔަގީންވިއެވެ.

މަލާކް… އަހަ… އަހަރެން…. އުނދަގުލުން ހުއްޓަހުއްޓާފައި ވިޝާމް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް އެ ހަށިގަނޑުގައިވާ ވަރު ހުސްވިއެވެ. އެއާއިއެކީ އަބަދަށްޓަކައި ވިޝާމްގެ ލޯ މެރުނެވެ. މަލާކްގެ އުނގުތެރޭ އޮތް ވިޝާމްގެ ހަރަކާތްހުއްޓިގެން ދިޔަވަގުތު މަލާކްއަށް ވިޝާމްގެ ހަށިގަނޑުގައި ހިފައިގަންނަމުން ބާރުބާރަށް ރޮއެގަނެވުނެވެ. އޭރު އެންބިއުލާންސް އައިސް މަޑުކޮށްލީއެވެ.

**********                                                              ކަރުނުން ފުރެމުންދިޔަ ދެލޯ ފުހެލަމުން އަނދިރިވެފައިވާ މާހައުލަށް ނަޒަރެއް ދެމުން މަލާކް އެއްގަމަށް އަރަން ހިނގައިގަތެވެ. ވިޝާމްއާއި އެކީ ހޭދަވި ދުވަސްކޮޅަކީ ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް އޭނަގެ ހިތުން ދުވަހަކު އެ ހަނދާންތައް ނުފިލާނެއެވެ. އޭނަގެ ދިރިއުޅުމުގައި ދިމާވެފައިވާ އެންމެންނަށްވުރެ ވިޝާމް ހާއްސައިރު ވިޝާމްގެ މަގާމަށް އެހެން ފަރާތަކަށް ނާދެވޭނެއެވެ. މިއަދު ވިޝާމް އޭނައާއި ކިތަންމެ ދުރުގައިވިޔަސް އޭނަ ދުނިޔޭގައި އުޅޭހާ ހިނދަކު ވިޝާމްގެ ހަނދާންތައް އޭނާއާއިއެކުވާނެއެވެ.

 

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….7

Next

ވިންދޭ ލޯބި ތީ އެދޭ 54

Next
May 15, 2019

ވިންދޭ ލޯބި ތީ އެދޭ 54

Previews
May 15, 2019

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….7

17 Comments!

  1. Girl says:
    May 15, 2019 at 3:06 pm

    Best story keep it up

    1. dhiraa wish says:
      May 15, 2019 at 5:13 pm

      thnks

  2. SCARLET❤ says:
    May 15, 2019 at 3:10 pm

    Dhiraa ge new stry eh dhw… Nice… Vvvv reethi..

    1. dhiraa wish says:
      May 15, 2019 at 5:13 pm

      thnks

  3. jiji says:
    May 15, 2019 at 3:12 pm

    Alheyy vv emotional??…hama kiriyaa nurovi myny dear…hehe..nd one more thing inge..Um dear comma koalhi thereyga sentence liyan hadhaan kurahche…guud luck..nd the best short story adhi jiji ah kiyunu?????????????lysm

    1. lol says:
      May 15, 2019 at 7:31 pm

      kiriyaa nuroyuneema okeyvaane ……….. so don’t worry jiji

    2. dhiraa wish says:
      May 15, 2019 at 8:14 pm

      thnks dear…

  4. liyaa says:
    May 15, 2019 at 9:43 pm

    mashaa allah nice ☺??

    1. dhiraa wish says:
      May 16, 2019 at 9:43 am

      thnks

  5. Dhonthee says:
    May 16, 2019 at 3:33 am

    Alheyyyy
    Mee dhonthi mi vaahaka au comment kuraa furathama faharu.
    Kuruvaahaka akau viyas mi vaahaka hama varah loabi ingey..
    Really love your stories.
    Take care
    And love you so much

    1. dhiraa wish says:
      May 16, 2019 at 9:44 am

      thnks ly too

  6. Ahmed says:
    May 16, 2019 at 5:49 am

    Shauguverikan nugelli nimmaanevunu vaahakaeh
    Varah reethi, varah furihama

    1. dhiraa wish says:
      May 16, 2019 at 9:49 am

      thnks

  7. Thoooo says:
    May 16, 2019 at 1:44 pm

    Wow! Vrh emotional story eh… keep it up… as always dhiraa sis ge story hama perfect. .. masha Allah… dhn jiji buni hen meehun dhahka fa hunna vaahaka thah koma koalhi ah lahchey… eyrun hama best story ever… hehe

    1. dhiraa wish says:
      May 16, 2019 at 4:26 pm

      thnkx

  8. ?@m¡n@t#? says:
    May 18, 2019 at 4:35 am

    Vrh ves ves Reethi vaahaka eh……. Keep it up…. Best of luck wasdear…. And this is the emotional, heart touching story I have ever read☺️?

    1. dhiraa wish says:
      May 18, 2019 at 3:51 pm

      thnks

Comments are closed.



All Right Reserved!