ވަގުތުން ނާއިޝްގެ މޫޑް ގޯސްވިއެވެ.”ނާއިޝް” ނައުޝާ ގޮވާލިއެވެ.ސިހިފައި ކަހަލަ ގޮތަކަށް ހޫމް ލައްވައިލިއެވެ.”ނާއި އަހަރެން ބޭނުން ޖޮބަކަށް ދާން އެއީ މާދަމާވެސް މައު ނޫނީ ނާއި މީހަކާ އިނދެފާނެ… އެހެން ކަމުން އަހަރެން ޖެހޭބަ އަދި ރުފިޔާ ކޮޅެށް ހޯދަން…..” ނައުޝާގެ މިވާހަކައިން ނާއިޝްގެ ސިކުނޑިއަށް ބަރުކަމެއް ލިބުނެވެ. އަނެއްކާ އަހަރެން އެންމެ ލޯބިވި ކުއްޖާ އަހަންނާ ވަކިވަނީހެއްޔެވެ؟”ނޫން…. ނައު..” ނާއިޝް ބުނެލިއެވެ.” އޭ ނާއި އަހަރެން ދަނީ އިނގޭ ނިދަން…” ނައުޝާ މިހެން ބުނުމަށްފަހު ގޮސް […]
އެވަގުތު އެމަގުންލާފައި އިޝާރުގެ ކާރުދުއްވާފައި ދިޔައިރު މަގުމައްޗަށް ނަޒަރު ހުއްޓާލެވުނު ގޮތަކުން ކާރުގައި އިން އިޝާރުގެ ދެލޯބޮޑުވެގެންދިޔައެވެ. ވަގުތުން ކާރު ހުއްޓަން އަމުރުކުރެއްވިއިރު ދެތިން ފަހަރަކު އެސްފިޔަތައް ހަރަކާތްކޮށްލެއްވުނީ ލޮލުގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ބަދަލުވޭތޯއެވެ. ފިރިހެނެއްގެ އަތުތެރޭ ގާތްގޮތަކަށް އެހުރި އަންހެންކުއްޖަކީ އޭނަގެ “ޝަލީ”އެވެ. ޝަލީންގެ ހަށިގަނޑު އެ ޒުވާނާގެ މޭގައި ޖެހި ބާރުވެފައިވާއިރު ޝަލީންގެ އިސްތަށިގަނޑު ވިނެވިފައިވާ ގޮތުންނާއި އެ ޒުވާނާގެ މޫނަށް ހިޔަނި އެޅިފައިވާގޮތުން އެޒުވާނާގެ މޫނު ފެންނަނީ ސާފުނުވާހާ ފަނޑުކޮށެވެ. އިޝާރުގެ […]
“ނޫން” ނާއިޝް ބޯކަހާލަމުން ބުނެލިއެވެ.”ވަކި ކަމެއްނުވާނަމަ ދެންމެ އަހރެން އާއިރު އެހެން ތިބޭނެތަ؟..”މައުރީން ސުވާލްކޮށްލއެވެ.”އޭ މައުކޯ ނައު ވެއްޓެެން ދިޔާމަ ދޮންބެ ހިފެހެއްޓީއޭ” ނާއިޝް ބުނެލިއެވެ. “އޯކޭ.. އޯކޭ ދެން ނިންމާލާފަ ހިނގާ މައު ނިދަންދާން… ” ނައުޝާ އަނގަމަތީ އަތް އަޅާލަމުން ބުނެލިއެވެ. “ޗޭންޖު ކޮށްލަންދެން ނައު ބޭރުގަ މަޑުކޮށްލާ….”މައުރީން އެހެން ބުނުމަށްފަހު ގޮސް ކޮޓަރި ތަޅުލިއެވެ.”އަސްލު ނާއިޝްއަކަށް ނޭނގޭނެ އަހަރެންގެ ލައިފް ހުރި ގޮތެއް… އަހަރެން މީ ވަރަށް ހިތާމަވެރި ދުވަސްތަކެއް ގުނަމުން އައި […]
މާޔޫސީ ހިތަކާއެކު ޒިވާން އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ފަހަތުން އައި އަންހެން ކުއްޖާ ގައިގައި ޖެހިފައި ޒިވާން ފައި އަރިއަޅާލިއެވެ. “ސޮރީ” ޒިވާން ވެއްޓޭހެން ހީވުމާއެކު އެކުއްޖާ ޒިވާންގެ ދެއަތުގައި ހިފެހެއްޓިއެވެ. އެކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. “އިޓްސް އޯކޭ” އަސަރެއް ނެތް ގޮތަށް ޒިވާން ބުންޏެވެ. އެކުއްޖާ އަދިވެސް ހުރީ ޒިވާން އަތުގައި ހިފަހައްޓައިގެންނެވެ. ޒިވާން ނުރުހުމުގެ ނަޒަރަކުން ބަލާލުމާއެކު އޯހް އޭ ކިޔާ އަތްދުރުކޮށްލިއެވެ. އިތުރަށް އެންމެ […]
އަހަރެން ފެންވަރައިގެން ނިކުތް އިރު މައުރީން ކޮޓަރިއަކު ނެތެވެ. ޑުރެސިން ޓޭބަލް ކުރިމަތީ ހުރެ އިސްތަށިގަނޑު ދަމާލުމަށްފަހު މޫނުގައި ފުށް ކޮޅެއް ޖަހައިލީމެވެ. އަހަރެން ނިކުންނަށް ދިޔަ ވަގުތު ވީ މައުރީން ކޮޓަރިއަށް ވަތް ވަގުތަށެވެ. “އަނހާ… ސިސްް… ހީވަނީ މޭކަޕް ކޮށްލީމަ ވަރަށް ސަޅި ވާނެހެން… ހިނގާބަލަ މޭކަޕް ކޮށްލަން….” މައުރީން ބުނެލިއެވެ. “ނޫން…” އަހަރެން ގަދަ ހަދާލީމެވެ. ނަމަވެސް ގަދަ ކަމުން މޭކަޕް ކުރަން ބޭނޖިއެވެ. “އަސްލު މައު އަކީ މޭކަޕްއާރޓިސްޓެއް… އެހެންވެ މޭކަޕް […]
ޝަބްނަމްގެ މުތީތަކުން ފެހި ގަސްތަކުގެ ފަތްތަށް ޖަރީކުރެވިފައެވެ. އެ މުތީތަށް ވިދާ ބަބުޅަމުން ދިޔަނަމަވެސް ކަޅު ބޯ ވިލާތަކުން އުޑު ފޮރުވާލީ އިރުގެ ވިދުމާއި އަލިކަމުގެ ފުރިހަމަކަން ކަނޑުވާލާފައެވެ. މާގަސްތަކާއި ހިޔާދޭ ބޮޑެތިގަސްތަށްވެސް ބާރު ވައިރޯޅީތަކުގެ އަމުރަށް ކިޔަމަންވެ އެއް ރާގަކަށް ފަދައިން ދެކޮޅަށް ހެލެނީ ނެށުންތެރިންގެ މަސަތްކަތް ތަމްސީލް ކޮށްދެމުންނެވެ. ހުޅުމާލޭގެ ހިތްގައިމު ތާރު އަޅާފައިވާ މަގުތަކުގައި ދުއްވާ އެއްޗެއް މަދުންނަމަވެސް ފެންނަމުން ދިޔައެވެ. ބޮޑެތި ބަސްތަށް އޭގެ ދަތުރު ހުއްޓާނުލާ ކުރަމުން ގެންދިޔައީ އެއް […]
******* އެއީ މީގެ ދެއަހަރު ކުރިއެވެ. އަހރެންގެ ބައްޕަގެ ރައްޓެއްސެއް އަހަރެންގެ ގޭގައި 3ދުވަހު ހުރުމަށް ފޮނުވިއެވެ. އޭރު ބައްޕަމެން އުޅެނީ އިންޑިއާގައެވެ. އެއީ އީމާންއެވެ. ބައްޕަގެ ރައްޓެއްސެއް ކަމަކު އަހަރެންނާ އެއްފުރާ ފިރިހެން ކުއްޖެކެވެ.އެއީ ވަރަށް ރަނގަަަަޅު ފިރިހެނެކެވެ. އާއެކެވެ. ފުރަތަމަ ދުވަހު ވަރަށް ރަނގަޅެވެ. އަހަރެން އޭޭަަަަގެ ކޮޓަރިއަށް ވަދީ ރޭގަނޑު ކާން އައުމަށް ބުނާށެވެެ. އެ ވަގުތު އޭނާ އެ ކޮޓަރީ މަޑު ކުރުމަށް އެދުނެވެ. އަހރެން މަޑުކުރީމެވެ. ދެން އިވުނީ ބަސްތަކަކީ […]
ބާއްޖަވެރި ޙަޔާތަކަށް އެދި މިދެލޯބިވެރިންގެ ދަތުރު އަވަސް މުސްތަޤުބަލެއްގައި މަންޒިލަކަށް ބަދަރު ކުރާނެކަމުގެ ފޮނި އިޙްސާސް ކުރަމުން ދަނީ ހަނދުވަރުގެ އަލިކަން ފަދައިންއެވެ. “ މިތާ ސޮއި ކޮއްލާ…. މިރޭ ޕޭޕަންޓް ކަންތަށް ހަމަޖެހޭނެ… “ އިރުޝާމް އަށް ޝުކުރު އަދާކުރަމުން، އުބެއިދު އެގްރީމަންޓް ހުށައަޅަމުން ބުންޏެވެ. މާލޭގައި ހުންނަ ކައިލްގެ ގޯތިން އިރުޝާމް އަށް ވީ ބައި މިހާރު އެވަނީ އެހެންފަރާތަކަށް ކުއްޔަ ދޫކުރެވިފައެވެ. އެތަނުން ލިބޭ ކުލި އިރުޝާމްގެ އައްމިލަ ވިޔަފާރީގެ ތެރެޔަށް އިތުރު […]
************************************** ފަތިސްވެ ދުނިޔެ މައްޗަށް އިރުދައްކާލުމާއެކު ޒިހާދު ފުރަން ރެޑީ ވަމުން ގެނަދިޔައެވެ. ރެޑީވެ ނިމުމާއެކު އޭނަގެ އެއްޗިތި ޕެކްކޮއްފައިވާ ދަބަސް ކޮނޑުގަ އަޅުވާލިއެވެ.ފުރުމުގެ ކުރިން ލުއި އެއްޗެއް ކާލުމުގެ ނިޔަތުގައި ބަދިގެއަށް ޒިހާދު ދިޔައެވެ. އޭރު ބަދިގޭގަ ޒަވާ ވެސް އުޅެއެވެ.”ދަރިފުޅު ހާދަ އަވަހަކަށް ހޭލީ.” ޒިހާދު ބުނެލިއެވެ.” ހޫމް..ބައްޕަ ފުރާ ވާހަކަ ބުނީމަ އަވަހަށް ހޭލީ. މިހާރު މިހުރީ ސޭންޑްވިޗް ހަދާނިމިފަ.ކާގެން އިނގޭ ފުރަން ވާނީ”ޒަވާ ތަށިމަތި ރެޑީ ކުރަމުން ބުނެލިއެވެ.”ހޫމް. ބައްޕައަށް ކަޅުސައި […]