އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބަޔާއިގުޅޭ..) “ބޭބޭ އަހަރެންގެ ބޭސްސިޓީ އަހަރެންނަށް ދައްކާލަަބަލަ..ބަލާލަން ބޭނުން..” އަހަރެން އޭގައި ޑޮކްޓަރު ލިޔެފައި ހުރީ ކޯއްޗެއްތޯ ބަލާލަން އަހަރެން ބޭނުންވިއެވެ. “އަން މިއޮތީ…” ބޭބެ އަހަރެންއަތަށް ބޭސްސިޓީ ދިނެވެ. ބޭސް ސިޓީއަށް ނަޒަރު ހިންގާލުނުން އަހަރެންނަށް ފާހަގަވީ ޑޮކްޓަރު އަހަރެން ‘ޑައިގްނޯސް’ ކުރައްވާފައި ވަނީ ‘ޑިޕްރެޝަން އަށް ކަމެވެ. +++++++++++++++++++ އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބައި) އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އަހަރެން ޑިޕްރެޝަންއަށް ޑައިގްނޯސްވާންވީ ކީއްވެހެއްޔެވެ. އަހަރެންނަަކަށް ނުވިސްނެއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ބޭބެ އަތަަށް އަނބުރާ […]
އިރުކޮޅަކަށް ހިނގާލާފައި، އީން، ދިޔައީއެވެ. ދެން އެރޭ، ހިނގާލަންވެސް ޖެހުނީ، އެކަންޏެވެ. އީން ހުރި ނަމަ، އެރޭ ހާދަ ފުރިހަމަވީހެވެ. ދެމީހަކު ވަރަށް ބާރަށް ދުވެފައި އައީ، ބައިގަޑި އިރެއް ހާއިރު ފަހުންނެވެ. މޫނު މަތީގައިވީ ހާސްކަމެވެ. “މާޒިން… އެލީނާ ދެކުނިންތަ؟” މާނޭވާލަމުން، އެލީޒާ ބުނެލިއިރު، އަޔާޒްގެ މޫނުމަތީވެސް ވީ ހާސްކަމެވެ. އެލީނާ ދެކުނީ ދެންމެ ނޫންހެވެ. ރަނގަޅަށްވިއްޔާ މިހާރު އޮންނާނީ ނިދާފައެވެ. “އާނ… ބައިގަޑިއިރެއް ހާއިރު ކުރިން…. ގެސްޓް ހައުސްއަށް ދިޔައީ… ގޭޓާ ހިސާބަށް ދަންދެން، […]
“ދޫކޮއްލާ…މީހެ..” އައިލީން ތެޅިގަނެފައި ހަޅޭއްލަވައިގަތުމުން އިސްތަށިގަނޑު ބުޅިކޮށް ހުރިޒުވާނާ އައިލީންގެ އަނގަމަތީ އަތްއަޅާ ބާރުކޮއްލިއެވެ. “ހަމަ މިހާރު އޭނާ ދޫކޮއްލާ…” އިއްބާން ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ****************************** އައިލީން އާކައިރިވަމުން ދިޔަ ދެ ޒުވާނުން ސިހިގެންދިޔައީ ރުޅިވެރިކަމުން ފުރިގެންވާ އަޑު އިވުމާއެކުއެވެ. އަދި ފަހަތް ބަލާލުމާއެކު ދެ ޒުވާނުންވެސް ފަޔަށް ލެވުނު ހާ ބާރެއްލާފައި ދުއްވައިގަތެވެ. ކާރުގައި އަންނަނިކޮށް އިސްތަށިގަނޑު ބުޅިކޮށް ހުރި ޒުވާނަކު އަންހެންކުއްޖަކު ދަމާފައި ގޯޅިގަނޑުތެރެއަށް ވައްދާތަން ފެނުމުން ނުބައި ޝައްކެއް ކުރެވުނީއެވެ. އެހެންވެ […]
ކުއްލިއަކަށް ނަދާގެ ހަނދާނަށް އައީ އަޔާޒްއާ ވާހަކަ ދައްކަން އިން ދުވަހެއްގައި އަޔާޒްއާ ބެހޭ ގޮތުން ނަދާއަށް ކުރެވުނު ޚިޔާލެވެ. ދެ މީހުން އެކުގައި ނަދާގެ ހިތަށް ސިފަ ކުރެވުނު ގޮތެވެ. އެއާއެކު ނަދާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުރެވުނު އިހުސާސާއެކު ނަދާގެ ހިތް ބާރަށް ތެޅިގަތެވެ. ކުރިން އަމިއްލަ ނަފްސަށްވެސް ނޭނގޭ ކަމެއް، ކުއްލިއަކަށް އެއްވެސް ޝައްކެއް ނެތި ޔަގީންވެގެން ދިޔައެވެ. އަޔާޒް ދެކެ ނަދާއަށް ލޯބި ވެވުނީ ކޮން އިރަކު ކަމެއް ނަދާއަކަށް […]
”އަހަރެން މި ޑައިރީ ލިޔަން ފެށީ އަހަރެންގެ އުމުރުން ފަނަރަ އަހަރުގައެވެ. ކޮންމެ ދުވަހަކު ހިނގާ ހުރިހާ ހާދިޘާއެށް މި ފޮތުގައި ބަޔާން ކުރެވިފައިވާނެވެ.” ނަދުވާ ކިޔަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ޑައިރީ އެވެ.ފޮތުގެެ ބޭރު ގަނޑުގައި ”އަހަރެންގެ ޑައިރީ” ރީތި ފޮންޓަކުން ޖަހާފައި އިނެވެ. ފުރަތަމަ ސަފްހާގައި ވީ ތައާރަފެކެވެ. **** އާދައިގެ މަތިން އަހަރެން ފަތިހު ތެދުވެ ފަތިސް ނަމާދު ކުރުމައްފަހު ސްކޫލަށް ދިޔުމަށް ތައްޔާރު ވީމެވެ. ސްކޫލަށް ދާން ގެއިން […]
ނަސްރުގެ ދުވަހަކީ 3 ނޮވެމްބަރ 1988 އުދުވާނީ ހަމަލައިގައި ޝަހީދުވެގެން ދިޔަ އަބްތޯލުލް ގެ ހަދާނުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ . މާލެ އައުމަށްޓަކައި ދުޝްމަނުން ލަންކާގެ މުއްލި ކުރާމުން ފުރީ އޮކްޓޯބަރ 29 ވަނަ ދުވަހު ފަސްދުވަސް ކަނޑުމަތީ ހޭދަ ކުރުމަށް ފަހު ރާއްޖެ އާދެވުނީ 3 ނޮވެމްބަރ 1988 ވަނަ ( ބުރާސްފަތި ) ދުވަހު ގެ ފަތި ވަގުތެއްގައެވެ އެއީ 870 ކިލޯ މީޓަރު ގެ ދުރު ރާސްތާއެއް ކަޑައްތު ކުރުމަށް […]
ލުވެއިޒް އެއްޗެކޭ ނުބުނާތީ އަހަރެމެންނަށް ޖެހުނީ އެ ތަނުގައި ތިބޭށެވެ. ޝާން ދެފަހަރަކު ބުނުމެންވެސް ލުވެއިޒް ދާކަށް ނޫޅުނެވެ. “މާޒިން……” ކުރެހިފައިވި އަޑަކުން ލުވެއިޒް ގޮވާލުމުން އަހަރެން ލުވެއިޒްއަށް ބަލައިލީމެވެ. “އެކުވެރި ކަމުގެ ޙައްޤުގައި އަހަރެން ބުނާ ގޮތް ހަދައިދީ…” “ކީތް ކޮށްދެންވީ؟” އެހިއިރުވެސް އަހަރެންގެ ހިތުގައި ބިރުވެރި ކަމެއް ވިއެވެ. އެކުުވެރިކަމގެ ޙައްޤުގައޭ ބުނާނީ ކިޔަން އުޅޭ ކަމެއް ވަރަށް ވުރެން ބޮޑު ވީމައެވެ. ކަޑައެއްޗެކޭ ނުކިޔައްޗެވެ. “މަ ދުވަސްކޮޅަކަށް ކެނެޑާއަށް ޖައްސާލާނީ… ދުވަސްކޮޅެއް މީންސް، […]
ކާރު ޕާކު ކޮށްލުމަށްފަހު ފައިބަމުން ކޮތަޅު އަތަށް ނެގިއެވެ. އަދި ޒައިކް އޮފީސް ބިލްޑިންއަށް ބަލާލިއެވެ. މިނޫނީ އަދި ދުވަހަކުވެސް މިތަނަކަށް ނާދެއެވެ. އެ ބިލްޑިންގ އަށް ބަލާލައިފިނަމަ ބޯ އަނބުރައިގަންދާނެއެވެ. ހަމަގައިމުވެސް ތިރީހަކަށް ބުރި ހުންނާނެއެވެ. މުޅި ބިލްޑިންގަ ވަނީ އަޅި ކުލައިގެ އޮފް މުއްޓެއް ޖަހާފައެވެ. އޭގެ ސަބަބުން ދުރުދުރަށް ވެސް ދަޅަ އަޅައެވެ. އޮފީސް ދޮރުމަތީ އެކިވައްތަރުގެ މާތަކުން އޮތީ ފުރި ބާރުވެފައެވެ. މިބަގީޗާ ބަލަހައްޓަނީ ވަރަށް ކުޅަދާނަ މީހެއްކަން […]
“އިޑިއެޓް…” ހައިޒަލް ދެދަތްޕިލަ ޖައްސާލަމުން އެ ހިސާބަށް އަރާހަމަވަމުން ކިޔާލި ވަގުތާއި މަޔާން އެނބުރިބަލާލި ވަގުތާއި ވީ އެއްވަގުތަކަށެވެ. މަޔާންއަށް ރަނގަޅަށް ފަސްއެނބުރިބަލާނުލެވެނީސް ހައިޒަލް މަޔާންގެ މޫނަށް އަރުވާލިގޮށްމުށުގެ އެތިފަހަރާއިއެކު މަޔާންގެ މޫނުން ތަރިބުރާލިއެވެ. އަމިއްލަ ބާރަކާއިނުލާ ފަހަތަށް ދެތިން ފިޔަވަޅު އެޅުުނުއިރު މަޔާން ބެލްކަނީގެ ދޮރުގައި އަތްވިއްދާލިއެވެ. “ވަޓް ދަ ހެލް… މޮޔަވީތަ؟” ތުންފަތްކައިރިން ފަޅައިގެންދިޔަ ތަންކޮޅުގައި އިނގިލި ޖައްސާލަމުން މަޔާން ބުނެލީ ރުޅިވެރިގޮތަށެވެ. އޭނަގެ ހައްޤަކަށް އަތްގަދަކޮށްގެން އުޅޭއިރު އޭނައަށް އަތްއިސްކުރަން ހައިޒަލްގެ މައްޗަށް […]