އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބަޔާއިގުޅޭ..) ބޭބެ ޑިއުޓީގައި ވީ ދުވަހެކެވެ. ތުއްތަ ގޮވައިގެން ސްކޭން ކުރަން ހޮސްޕިޓަލަށް ގޮސް ސްކޭން ރޫމް ކައިރީ އަހަރެންނާއި ތުއްތަ އިނީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ޒައިދާން ކުޑަ ބޭބީއެއް ގޮވައިގެން ވެކްސިން ރޫމުން ނިކުތްތަނެވެ. ކައިރީގައި ޝިފޫ ހުއްޓެވެ. ޒައިދާންއަށްވެސް އަހަރެން ފެނުނެވެ. ޝިފޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ޝިފޫ ވިހެއީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އެންމެ ފެންނަން ބޭނުން ނުވާ މަންޒަރުވެސް އެންމެފަހުން އަހަރެންނަށް ފެނި […]
އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބަޔާއިގުޅޭ..) “ބޭބޭ އަހަރެންގެ ބޭސްސިޓީ އަހަރެންނަށް ދައްކާލަަބަލަ..ބަލާލަން ބޭނުން..” އަހަރެން އޭގައި ޑޮކްޓަރު ލިޔެފައި ހުރީ ކޯއްޗެއްތޯ ބަލާލަން އަހަރެން ބޭނުންވިއެވެ. “އަން މިއޮތީ…” ބޭބެ އަހަރެންއަތަށް ބޭސްސިޓީ ދިނެވެ. ބޭސް ސިޓީއަށް ނަޒަރު ހިންގާލުނުން އަހަރެންނަށް ފާހަގަވީ ޑޮކްޓަރު އަހަރެން ‘ޑައިގްނޯސް’ ކުރައްވާފައި ވަނީ ‘ޑިޕްރެޝަން އަށް ކަމެވެ. +++++++++++++++++++ އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބައި) އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އަހަރެން ޑިޕްރެޝަންއަށް ޑައިގްނޯސްވާންވީ ކީއްވެހެއްޔެވެ. އަހަރެންނަަކަށް ނުވިސްނެއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ބޭބެ އަތަަށް އަނބުރާ […]
އަހަރެން އެނބުރި އަންނާނަން (13 ވަނަ ބައިގެ ތެރެއިން..) މިއަޑުތަކުން އަހަރެންގެ ބޯހާސްކަން އިތުރުވިއެވެ. އަހަރެން މަޑުމަޑުން ތެދުވެ އަލަމާރިން ބެޓްޝީޓެއް ނެގިތަނުން ބޮލަށްގޮތެއްވާހެން ހީވެގެން އަނެއްކާވެސް ކުރިން އިށީނދެ އިން ކަނުގައި އިށީނީމެވެ. އަހަރެން އިނީ ފަންކާއަށް ބަލަންށެވެ. ބެޑްޝީޓް އޮތީ އަހަރެންގެ އަތުގައެވެ. އަހަރެން އޭރުވިސްނަމުން ދިޔައީ އޭތި ފަންކާގައި އެއްސޭނެ ގޮތަކަށެވެ! ++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (14 ވަނަ ބައި) އަހަރެންނަށް ހޭވެރިކަންވީ ރާކިން އައިސް އަހަރެންގެ އަތުގައި އޮތް ބެޑްޝީޓް ދަމައިގަތުމަށްފަހު، އަހަރެން އަތުގައި ހިފާ ކޮޓަރިން ނެރިގެން ތުއްތަ ކޮޓަރިއަށް ގެންދިޔުމުންނެވެ. “އިނާ!.. އިފާ […]
އަހަރެން އެނބުރި އަންނާނަން (12 ވަނަ ބައިގެ ތެރެއިން…) ތުއްތަގެ އެންމެ ފަހު ޖުމްލައިން އަހަރެންގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ޑިވޯޒް ވާން ތުއްތަ ބުނީމައެވެ. ޒައިދާން އާއި ވަކިވުމަކީ އަހަރެން ދުވަހަކުވެސް ވިސްނާފައިވާ ކަމެއް ނޫނެވެ. އަހަރެންނާއި ޒައިދާން އާއި އެއްކޮށް ހާދަ ގިނަ ހުވަފެނެއް ވާނީ ބަލާފައެވެ. ކައިވެންޏަށް ދެއަހަރު ނުވަނީސް ޒައިދާންއާއި ވަކިވުމަކީ އަހަރެން ދިރިހުއްޓަސް މަރުވެދާނޭ ކަމެއް ކަމުގައި އަހަރެންނަށް ހީވިއެވެ. އަނެއްކޮޅުން އަހަރެންނަށް މިފަދަ ޙާލެއް ޖެހުނު ދުވަހު އެހީވެމުން އެދަނީ ތުއްތައެވެ. ތުއްތަ އާއި މަންމަގެ […]
އަހަރެން އެނބުރި އަންނާނަން (10 ވަނަ ބައިގެ ތެރެއިން…) މީހަކު އައިހެން ހީވެގެން ދެމީހުން އެކުއެކީގައި ކަހަލަ ގޮތަށް ސިހިފައި ބަލައިލިއެވެ. އެ ދެމީހުނަށްވެސް އަހަރެންފެނުނެވެ. ހަމައެވަގުތު އަހަރެންގެ އަތުގައި އޮތް ކޭކު ބިންމައްޗަށް ވެއްޓުނެވެ. “އިފާ..” ކުއްލިއަަކަށް ޒައިދާންއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އަހަރެން އެއަށް އެއްވެސް ޖަވާބެއްނުދީ ވަރަށް ހިތްވަރުކޮށްފައި އެ ތަނުން ނިކުތުމަށް ހިނގައިގަތީމެވެ. +++++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައި) އަހަރެންގެ ޙަޔާތް ފުނޑުފުނޑުވީއެވެ. ޒައިދާން އަހަރެންދެކެ ވީ ލޯބި […]
އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައިގެތެރެއިން..) ޒައިދާންއާއި އަހަރެން މިހާވަރަށްވެސް ކައިރިވެނުލާތާ ދުވަސްކޮޅެއްވެފައިވާތީ، ޒައިދާން ގައިން ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޒައިދާން ޝިފޫއާއި އެކަނި މީޓްކޮށް ނޫޅޭނެކަން އަހަރެންނަށް ޔަޤީންވަނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން ޒައިދާން ދެކެ އެހާވަރަށް ލޯބިވާތީ ކަންނޭނގެއޭ އަހަރެންގެ ހިތަށް އެރިއެވެ. ޒައިދާން ކުރި ކަންތަކުން ޒައިދާންދެކެ، ހިތްހަމަނުޖެހެވުނަސް، ޒައިދާން ދެކެ އަހަރެން ވާ ލޯތްބަކަށް ބަދަލެއް އައިހެނެތް ހިޔެއް ނުވެއެވެ. +++++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (12 ވަނަ […]
އަހަރެން އެނބުރި އަންނާނަން (9 ވަނަ ބައިގެ ތެރެއިން..) ކޮންމެއަކަސް އަހަރެންނަށް އެކަނިވެރިކަން އިޙްޞާޞް ވާން ފަށައިފިއެވެ. ޒައިދާންއާއި އިނދެގެން ހުއްޓަސްމެއެވެ. ކަންބޮޑުވުމާއި، ހިތާމަތަށް ބޮޑުވާން ފަށައިފިއެވެ. ތުއްތައާއި މަންމައާއި މިކަމާއިބެހޭ ގޮތުން މަޝްވަރާކުރާކަށް އަހަރެންނަކަށް އެހާ ފަސޭހައެއް ނުވިއެވެ. ޒައިދާން މަންމަ ގުޅާއިރުވެސް ޒައިދާން ގޭގައި ނޫޅޭވަގުތު ގިނަކަން ޒައިދާން މަންމައަށްވެސް އެނގެއެވެ. އެހެނަސް އަހަރެމެން ދެމީހުންގެ ދެމެދަށް އައިސްގެން އުޅޭ ހަމަހިމޭންކަމުގެ އިޙްޞާޞްއެއް މަންމައަކަށް ނޭނގެއެވެ. +++++++++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (10 ވަނަ […]
އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައިގެ ތެރެއިން..) ދުވަހަކީ އަހަރެންނާއި ޒައިދާންގެ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހެވެ. މެލޭޝިޔާގެ ރީތި ރިސޯޓަކަށް އަހަރުމެން ދިޔައީމެވެ. އަދި އެތަނުގައި ދެރޭ ދެދުވާ ހޭދަކުރީމެވެ. ޒައިދާން އަހަރެންނަށް މާބޮޑިއަކާއި ކޭކެށްވެސް ދިނެވެ. އަދި ހަދިޔާއަށް އެތަށް ބައިވަރުތަކެތި ދިނެވެ. އަހަރެން ބައެއްފަހަރު ޖެހިލުންވެއެވެ. އަހަރެންނަށް އަބަދު މިގޮތަށް އުފަލުގައި އުޅެވޭނެބާއޭ ހިތަށް އަރާފައެވެ. ވޭތުވެދިޔަ އެއް އަހަރަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. […]
އަހަރެން އެނބުރި އަންނާނަން (7 ވަނަ ބައިގެ ތެރެއިން) އަހަރެންގެ ޙައިރާންކަން އިތުރުވެގެން ދިޔައެވެ. މިއޮތް ހުރިހާ ދުވަހު ތުއްތަ އަހަރެންނާއި ގުޅާވެސް ނުލީ އަހަރެންގެ ނަންބަރު ނޭނގޭތީއެއް ނޫނެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅިއައިސްފައި ހުރުމުންނެވެ. މިހާރު އެ ރުޅިގަނޑަށް ވީ ކީއްހެއްޔެވެ. އަފްސަލް ކޮބާބާވައެވެ؟ ރާކިން އަކީ ތުއްތަގެ ކާކު ބާއެވެ؟ މިކަހަކަ ޚިޔާލުތަކެއް އަހަރެންގެ ބޮލުގައި އެނބުރެން ފެށިއެވެ. +++++++++++++++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައި) ހަމައެރޭ ތުއްތަ އަހަރެންނާއި […]