ހަގަޑި ބައިވަންވާއިރަށް ބަނދަރު މަތީގައި ހުންނަންޖެހޭ ކަން ހަނދާންވުމުންނެވެ *************************************************************** ފަޒާގައި ވަނީ ތެތްފިނިކަން ހިފައިފައެވެ. އުޑުގަައި ޖަމާވަމުން ދިޔަ ބިޔަ ވިލާތަކުގެ ފަހަތުގައި އިރު ލަދުން ފިލިއެވެ. އިރުގެ އެންމެ ދޯއްޖެއް ވެސް އެ ވިލާތަކުގެ ފާރުން ފޫއަޅުވައެއް ނުލެވުނެއެވެ. ރަށުގެ އަންހެންވެރިން ނުކުމެ ގޯތި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މަންޒަރު އަހަރެން ބަލަމުން ދިޔައީ ފޫހިކަމާއި އެކީގައެވެ. ބަނަ އުޑަށް ބަލަމުން ކޮނޑުގައި އޮތް ދަބަސް ހެޔޮވަރު ކޮށްލީމެވެ. ގަޑިން ހަގަޑި ވިއްސެވެ. މިއަދު […]
ތަރުތީބެއްނެތި އުޑުމައްޗައް އުކާލެވިފައިވަނީ ވިދަ ވިދާ ހުރި ތަރިަތަކެކެވެ. އިތުރަށް ފުރިހަމަ ކޮއްދެނީ ހަނދެވެ. މި ހުރިހާ މަންޒަރުތަކުުންް މާތްﷲގެ ކުޅަދުންވަންތަކަން ހާމަވެއެވެ. އުނދޯލީގައި ދެފަރާތައް ހެއްލާލަ ހެއްލާލާ އިން ރީޝަމްގރ މޫނުން މަތިން ފެންނަނީ އުފާވެރިކަ މެވެ. އެ ދިގު ރަން އިސްތަށިގަނޑު އެއްކޮން ދޫ ކޮއްލެވިފައި ވިއިރު އެންމެ ރީތީ އޭނާގެ ނޫކުލައިގެ ކަޅިއެވެ. ރީޝަމް ކޮންމެ ރެއަކުވެސް އުނދޯލި ހެއްލައެވެ. މިއީ ރީޝަމްގެ އާދައެވެ. ގޭތެރޭގައި ދޭ ތެރެއަކުން ރިޒްނާ އާއި ނޫރިޝްގެ […]
“ސޮރީ…ސޮރީ..” އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން އެހެން ބުނުމަށްފަހު އެ އަންހެން ކުއްޖާއަށް ބަލާލުމެއްނެތި ކުރިއަށް ހިނގައިގަތެވެ. އެ ވަގުތު އެ އަންހެންކުއްޖާގެ ގައިން ހީބިހިނަގައިގެން ދިޔައީ އެ ޒުވާނާގެ އަޑު އިވިފައެވެ. އަދި ބޭ އިޙްތިޔާރުގައި ބުނެލެވުނެވެ. “އިއްބާން..” **************************** ކީއްވެ ކަމެއް ނޭނގެއެވެ. އެއަޑު އިއްބާން ގެ އަޑާ ހަމަ ވައްތަރީއެވެ. ޔަގީން ކޮއްލަން ފަހަތް ބަލާލުމާއެކު އެ އަންހެންކުއްޖާ ސިހުނީ ފެނުނު މަންޒަރަކުންނެވެ. އެއީ ހަމަ އެ ސޫރައެވެ. އޭނާގެ ހިތުން ފުހެލަން […]
“ޒެލް…” މިޙުރާންގެ އަޑަށް ބާރުލައިފައި ހަޅޭލަވައިގަނެވުނީ ދުވަހަކު ހަޅޭލަވައިނުގަނެވޭހާ ބާރަށެވެ. އޭނާއަށް ހީވީ ދުނިޔެެވެސް ހުއްޓުމަކަށް އަންނަނީހެންނެވެ. އެކުވެރިޔާ ފަދައިން އެކުވެރިޔާގެ ނިޝާންވެސް އޭނަގެ ލޯމަތިން ގެއްލިގެންދަނީހެންނެވެ. ކަންފަތުގައި ގުގުމާލި ނަމާއިއެކު ހައިޒަލް ގަނޑުވި ކަހަލައެވެ. ފަސްއެނބުރިބަލާލެވުނީ އޭނަގެ އަމިއްލަ އިޙްތިޔާރަކާއިނުލައެވެ. އެނަމަށް އޭނަގެ ހަށިގަނޑު ހަރަކާތްކުރީ އޭނަގެ އަމިއްލަ ބާރެއްނެތިއެވެ. ބޮލުގެ އިސްތަށިގަނޑަށް ވާންވެގެންދިޔަފަަދަ އިހުސާސްއެއް ކުރެވުނު ހައިޒަލްއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އޭރު ހައިޒަލްއާއި ދިމާލަށް އައި ލޮރީ ހައިޒަލްގެ ގައިގައި ޖެހޭ ނުޖެހޭ […]
“ނަދާ!” އަޔާޒް ގޮވާލި އަޑަށް ކޮޓަރީގެ ދޮރާ ހަމައިގައި ހުރި ނަދާ ސިހިފައި ހުއްޓި ބަލާލިއެވެ. “އޮފީސް ބަޔަކު މާދަމާ އަންނާނެ ކާން، ހަފްތާއެއް ވެއްޖެ އެ މީހުން އެ މީހުން އަންނަން ކިޔާތާ. މިގެޔަށް މީހަކު ނުވައްދައެއް ނޫޅެވޭނެއެއްނު؟ ހުކުރު ނިންމާފަ ދޭއް ޖަހަން ވާ އިރަށް އަންނާނެ. އަށް މީހުން އަންނާނީ” ނަދާއާ ދިމާއަށް ނުބަލާ ހުރެ އަޔާޒް ބުންޏެވެ. “ކޯޗެއް ހަދަން ވީ؟” ނަދާއަށް އަހާލެވުނީވެސް އިރުކޮޅެއް ފަހުންނެވެ. “ހެޔޮ ކޮންމެ އެއްޗެއް […]
“އަހަރެން މިއަހަނީ ޝަލީންގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” ހައިޒަލްގެ ކަތުރު ކަށިގަނޑަށް ބާރުވެގެންދިޔައިރު ޝަލީންއާއި ދިމާލަށް އެނބުރުނުގޮތަށް ހަޅޭލަވައިގަތެވެ. ހައިޒަލްގެ ހަރުކަށި އަޑުން ކޮޓަރިތެރެ ގުގުމާލިއިރު ޝަލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “މަ..ޔާ..ން…” ކެޑިކެޑިގެން ކަހަލަގޮތަކަށް އެ ބަސް ދުލުން ބޭރުވެގެންދިޔައިރު ޝަލީންގެ ލޮލުގެ ތެރޭ ކަރުނަތައް ބަބުޅަންފަށައިފިއެވެ. “މަޔާން ދެޓް އިޑިއެޓް…” ހައިޒަލް ދަތްތަށް ކާރުވާލައިގެން ހުރެ ބެލްކަނީގެ ރެއިލިންގްއަށް ބާރު އެތިފަހަރެއް ބޭލިއެވެ. ޝަލީންގެ ހިތް ނޭނގޭގޮތަކަށް ތެޅިގަތްއިރު ޖެހިލުންވެފައިހުރެ ހައިޒަލްގެ ނަމުން […]
” މިރޭ އެބެއް އާންޓުމެންގޭގަ ޕާޓީއެއް. ދެމީހުންނަށް ދައުވަތު ދީފައި އޮތީ. ވާނެ ދާން ” ޒައިކް ގެ ވާހަކައަށް ޝިފާ އެއްބަސް ވިއެވެ. އަދި ލާނެ ހެދުމެއް ގެނެސްދޭނެކަމުގައި ޒައިކް ބުނުމުން ޝިފާ އުފަލުން އުދުއްސައި ނުގަތީ ކިރިއާއެވެ. ކުޑަކޮށްނަމަވެސް އޭނަ އާއިމެދު ވިސްނާ ކަމަށްޓަކާ އުފާކުރެއެވެ. އަދި އުންމީދަކީ އޭނަދެކެ ޒައިކް ވަރަށް ބޮޑަށް ލޯބިވުމެވެ. އެދުވަހަކުން ދުނިޔެމަތީގައި ހުރި އެންމެ އުފާވެރި ކުއްޖާއަށް އޭނަވާނެކަން ޔަގީނެވެ. ރޭގަނޑުގެ ވަގުތެވެ. […]
އަހަރެން އެނބުރި އަންނާނަން (13 ވަނަ ބައިގެ ތެރެއިން..) މިއަޑުތަކުން އަހަރެންގެ ބޯހާސްކަން އިތުރުވިއެވެ. އަހަރެން މަޑުމަޑުން ތެދުވެ އަލަމާރިން ބެޓްޝީޓެއް ނެގިތަނުން ބޮލަށްގޮތެއްވާހެން ހީވެގެން އަނެއްކާވެސް ކުރިން އިށީނދެ އިން ކަނުގައި އިށީނީމެވެ. އަހަރެން އިނީ ފަންކާއަށް ބަލަންށެވެ. ބެޑްޝީޓް އޮތީ އަހަރެންގެ އަތުގައެވެ. އަހަރެން އޭރުވިސްނަމުން ދިޔައީ އޭތި ފަންކާގައި އެއްސޭނެ ގޮތަކަށެވެ! ++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (14 ވަނަ ބައި) އަހަރެންނަށް ހޭވެރިކަންވީ ރާކިން އައިސް އަހަރެންގެ އަތުގައި އޮތް ބެޑްޝީޓް ދަމައިގަތުމަށްފަހު، އަހަރެން އަތުގައި ހިފާ ކޮޓަރިން ނެރިގެން ތުއްތަ ކޮޓަރިއަށް ގެންދިޔުމުންނެވެ. “އިނާ!.. އިފާ […]
މެކާ ފޯނަށް ގުޅާ ގުޅާ ފޯނެއް ނުނެގިއެވެ. ދެން މިރޭ މެކާ އާ ބައްދަލުކުރުމުގެ މޫޑް ނެތުމުން ގެއާދިމާއަށް ކާރު އަނބުރާލިއެވެ. އެއްކައިރީގައި ކާރު ޕާރކް ކޮށްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. ދޮރު ހުޅުވާލެވުމުން ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އަތުގައިވީ ފޯނު މުށިގަނޑުމައްޗައް ވެއްޓި އެކި ބައި ވަކިވި އިރުވެސް ޒައިކް އަކަށް ރޭކައި ނުލިއެވެ. ލޯގަނޑު ކުރިމަތީ ގައިގަ ލޯޝަން ލާން ޝިފާ ހުރިއިރު އެރީތިކަން ވިދަވިދާ ހުއްޓެވެ. […]