Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 20

Monsta Level 310 Stories100 Comments100 Login
July 7, 2019 7 Mins Read
31 Comments

ލުވެއިޒް އެއްޗެކޭ ނުބުނާތީ އަހަރެމެންނަށް ޖެހުނީ އެ ތަނުގައި ތިބޭށެވެ. ޝާން ދެފަހަރަކު ބުނުމެންވެސް ލުވެއިޒް ދާކަށް ނޫޅުނެވެ.

“މާޒިން……” ކުރެހިފައިވި އަޑަކުން ލުވެއިޒް ގޮވާލުމުން އަހަރެން ލުވެއިޒްއަށް ބަލައިލީމެވެ. “އެކުވެރި ކަމުގެ ޙައްޤުގައި އަހަރެން ބުނާ ގޮތް ހަދައިދީ…”

“ކީތް ކޮށްދެންވީ؟” އެހިއިރުވެސް އަހަރެންގެ ހިތުގައި ބިރުވެރި ކަމެއް ވިއެވެ. އެކުުވެރިކަމގެ ޙައްޤުގައޭ ބުނާނީ ކިޔަން އުޅޭ ކަމެއް ވަރަށް ވުރެން ބޮޑު ވީމައެވެ. ކަޑައެއްޗެކޭ ނުކިޔައްޗެވެ.

“މަ ދުވަސްކޮޅަކަށް ކެނެޑާއަށް ޖައްސާލާނީ… ދުވަސްކޮޅެއް މީންސް، ފަސްވަރަކަށް މަސް… ޓޭކް ކެއަރ އޮފް އެލީނާ.. ޝާ އެހެން މީހަކާ އެކު އުޅޭތަން ބަލަން މަށަކަށް ކެތެއް ނުވާނެ.” ލުވެއިޒްގެ އަޑުގައި ވަނީ ނިމުމެއް ނެތް ހިތާމައެވެ. ލިބުނު ޝޮކު ލިބުނީ ހަމައެކަނި އަހަރެންނަކަށް ނޫނެވެ. ޝަޔާން ވެސް ހުރީ ހައިރާންވެފައެވެ. ދެން އުނދަގުލަކަސް މި ވަރު ބޮޑެވެ.

“ލުވެއިޒް… އިނދެބަ ޝާ އާ… ގުޅުމަށް ހަތް އަހަރު ތިވީ.. ކީތްވެތަ ނީންނަން ތިއުޅެނީ..” ޝަޔާން އެއްޗެކޭ ބުނުމުގެ ކުރިން ވާހަކަދެއްކީ އަހަރެންނެވެ. ޝާނާ ހޯދަން ލުވެއިޒް އުޅުނުހާ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަށެވެ. ހިތަކީ ކައިވެނީގެ ވާހަކަ ދެއްކުމުން ބަދަލު ވާ އެއްޗެއްތާއެވެ.

“ލުވެއިޒް… ޕްލީޒް… ދޮންތަ މަރުވެސް ވެދާނެ ލުވެއިޒް ގޮއްސިއްޔާ” ޝަޔާން، ކޮންމެވެސް ވަރަކަށް ރުޅިއައިސްފައި ހުރި ނަމަވެސް ވާހަކަ ދެއްކީ ރީތިކޮށެވެ. މީހަކު ރުޅި އަންނަހާވެސް ވެއްޖެއެވެ.

“ޝާން އަށް ހަމަ ނޭންގެނީތަ ޝާނާ ކުޑަކުދިންދެކެ ލޯބިވާ ވަރު… ޝީ ވޯންޓް ކިޑްސް.. މަށާ ހެދި ޝާނާއަށް ދެރައެއް ލިބޭކަށް ބޭނުމެއް ނޫން..” ލުވެއިޒްގެ އަޑު ބާރުވި ނަމަވެސް އެ އަޑުގައި ވި ހިތާމަވެރިކަން އެހުރި ވަރުގައި ހުއްޓެވެ.

“ކިޔާ އެއްޗެއް ސާފު ބަހުން ކީމަ ނޫންތަ..” އަހަރެންނަށްވެސް ވާހަކަ ދެއްކުނީ ބާރަށެވެ. ސުވާލާ ޖަވާބާ ހަމަހަމަ ވާންޖެހޭނެ ނޫންހެއްޔެވެ. މިބުނީ، ޖަވާބާ ސުވާލާ ވާހަކައެވެ. އަހަރެން ކިޔާ އެއްޗެއް ހަމަ ނުޖެހޭ ކަމަށް ފެންނަންޏާ އަޅާ ނުލާށެވެ.

“ދޮންތަ، ޕިންކް ކަރޑްއެއް… ލުވެއިޒް… ހުދެއް ނޫންތަ…” އެބުނި އެއްޗެއް ޝަޔާން ތަރުޖަމާ ކޮށްލިއެވެ. ކުޅަދާނަ ސޮރެކެވެ.

“ޕިންކް….” ވަރަށް މަޑުމަޑުން ލުވެއިޒް ބުނެލިއެވެ. ދެން ހޭދަވީ ހަމަ ހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ބުނާނެ އެއްޗެއް އެކެއްގެ ދުލަށްވެސް ނައީ ކަންނޭންގެއެވެ.

މިހެން ވާން ޖެހެނީ އެންމެ ލޯބިން އުޅޭ މީހުންނަށްހެއްޔެވެ. ކޮންމެ ދެ ލޯބިވެރިއެއްގެ ދެމެދުގަވެސް ކޮންމެވެސް ހިސާބެއްގައި މައްސަލައެއް ޖެހެއެވެ. އެއްބަޔަކު ކޫސަނި ކަންކަމާ ތަޅާ ފޮޅާ އިރު އަނެއްބަޔަކު ތެލިސީމިއާ މައްސަލައެވެ.

“ކީއްވެ ކުރިން ނުބުނީ.. އެހާ ޙާލުން ޝާ ހޯދީ ކީއްވެ.. މިހެން ވާނެ ކަން އެނގޭ އިރު؟” އަހަރެން އަހާލީމެވެ.

“އެއިރަކު މި ކަހަލަ ކަންކަމަކާ ނުވިސްނާނެ ދޯ… ވަރަށް ކުރިން އިނގުން ޝާ ޕިންކް ކަން. މަ ޓެސްޓް ކުރީމަ ބުނީ ޑީއެންއޭ ހަދާށޭ ޖެހޭނީ.. އެހެންމަ އެއިރު ނުހަދާ ބޭއްވީ… މާ ފަހުން އިނގުނީ..” ލުވެއިޒް ކިޔައިދިނެވެ.

“އެނގުނީމަ ބުނިން ޝާ ކައިރީގަ. އެކަމަކުވެސް ބުނީ އެއްކޮށް އުޅޭނީއޭ.. އެކަމަކު އައިމް ނޮޓް ދަ ބެސްޓް ފޯރ ހަރ..”

“ދެމީހުން ވެސް އުޅެން ބޭނުން ވަންޏާ އުޅެންވީއެއްނު..” ޝަޔާން އަދިވެސް ދޫކުރާކަށް ނޫޅެއެވެ.

އަހަރެންނަކީ ޝަޔާން ނަމަވެސް ކަންތައް ކުރާނީ އެހެންނެވެ. ހަމަ ގައިމުވެސް އިސާކް ކަހަލަ މީހެއްގެ އަތް މައްޗަށް އަހަރެން، މިޝްކާ ދޫކޮށް ނުލާނަމެވެ. މިޝްކާ ޙާލަތަށް ވިސްނައިފިއްޔާ އެއީ އަދި ވާނެ ކަމެއްވެސްވެސް ނޫނެވެ. ބައްޕަ ނެތް އިރު، ވަލީ ދޭންވެސް ހުންނާނީ މަށެވެ.

…………..

ގެއަށް ދިޔަ މަގުމަތީގައިވެސް ލުވެއިޒް އިނީ ގަބު އަރާފައެވެ. ލުވެއިޒް ކާރު ނުދުއްވުމުން، ދުއްވަން ވެސް ޖެހުނީ އަހަރެންނަށެވެ. ދެން ގޮތަކުން ރަނގަޅެވެ. ލުވެއިޒް ގެއަށް ދެވުމުން އީން ފެންނާނެއެވެ. އަހަރެންގެ އީންއެވެ.

“އޭތް… ދެން ފައިބަން އުޅޭ..” ލުވެއިޒް ކާރުން ނުފައިބައިގެންވެސް އަހަރެންނަށް ދެތިން މިނިޓް މަޑުކުރަން ޖެހުނެވެ. ކުޑަ ކުއްޖެއް ބެލުމެކޭ ލުވެއިޒް ކޮނޑުލައިގެން އުޅުމެކޭ ތަފާތެއްނެތެވެ.

“ތި އައީ ވަން ލީޓަރ އޮފް ޓިއަރސް ބަލާލާފަތަ..؟!” އެލީނާ އެހާ އެކުވެރިކޮށް ވާހަކަ ދެއްކުމުން، ހައިރާންވެސް ވިއެވެ. ޙާލުގައި ޖެހިފައި ހުރި ލުވެއިޒް މަތިން ހަނދާން ނުނެތުން ކަންވެސް ނަސީބެވެ.

ލުވެއިޒް ދިޔަ ގޮތަށް ސޯފާއަށް ވެއްޓި ގަތީއެވެ. އަހަރެން ގޮސް ކައިރީގައި ޖައްސާލުމުން، އީން، ފަހަތުން އައެވެ.

“ބްރައިޑް ޓު ބީ… ގްރޫމް ހޯދަން އައިސް އެބައިން…” ދިމާ ކުރާ ލަފުޒު ތަކެއް ނަމަވެސް، އީންގެ ރާގު ހުރީ، ކުރިއަށްވުރެ ސީރިޔަސް ކޮށެވެ. ލުވެއިޒް އަކީ މިގޮތަށް ދުވަހަކު ކަމަކާ ދެރަވެގެން އުޅުން މީހެއް ނޫންކަމަށް ވާތީ، ބޮޑު ކަމެއް ވީކަން އެނގޭތީ ކަންނޭންގެއެވެ.

“ބުނޭ ފަހުންނޭ ވާހަކަ ދެއްކޭނީ.” ލުވެއިޒްގެ ޖަވާބު ކުރެވެ. ނަމަވެސް އީން، ދާކަށް ނޫޅުނެވެ. ލުވެއިޒަށް ރަނގަޅުވާނީ، ޝާ އާއި ވާހަކަ ދައްކާލެވުނިއްޔާކަން އެލީނާއަށްވެސް އިނގެނީއެވެ.

އިރުކޮޅަކު އެހެން އޮވެފައި، ލުވެއިޒް ތެދުވެ ހިނގައިގަތެވެ.  ޚިޔާލު ބަދަލު ވީ ކަންނޭންގެއެވެ. މަޑު ނުކޮށް އީންވެސް މައްޗަށް އަރަން ދިޔައެވެ. އަހަރެން ކައިރީ މަޑުކުރަން ހަމަ އެހާ އުނދަގުލީ ހެއްޔެވެ. ހިތަށް ތަދުވެއްޖެވެ. އީން ހަމަ ގަސްތުގައި އަހަރެންގެ ހިތަށް އަނިޔާކުރަނީއެވެ.

އަހަރެންނަށް މައްޗަށް އެރުން އިރު ލުވެއިޒް ކޮޓަރިއަށް ވަންނަނީއެވެ. އެއިރު އީން، އީންގެ ކޮޓަރިއާއި ދިމާއަށް ދަނީއެވެ. ހުރީ ވަރަށް ވިސްނައިގެން ކަމުން އީން ދޮރު ލެއްޕުމުގެ ކުރިން އެތެރެއަށް ދެމެ ގަނެވުނެވެ.

“މާޒިން..” ސިއްސައިގެން ގޮސްފައި އީންގެ ދުލުން އަހަރެންގެ ނަން ނިކުތީވެސް ބޭއިޚްތިޔާރުގައި ކަންނޭންގެއެވެ. އަވަސްވެފައި ހުރި ނޭވާ، އަހަރެންގެ ގަޔަށް އެޅެމުން ދިޔައިރު، އެލީނާގެ ގައިގައި މަޑު ތުރުތުރެއް ވިކަންވެސް އިހުސާސްވިއެވެ.

“ޒިން…” ދެންވެސް ވާހަކަ ދެއްކީ އީންއެވެ. ކުރިން ފެންނަ ރުޅިވެރި ކަމެއް އެ ލޮލަކު ނެތެވެ. ދެން އެ ފެންނަނީ ލޯބިހެއްޔެވެ؟ އެނގުމެއް ނެތި، އެލީނާއާއި ކައިރިވެވެމުން ދިޔަ ވަރަކަށް، ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އީންއެވެ. ކެތް ކުރާތާ ހާދަ ދުވަހެއްވެއްޖެއެވެ.

“އެލީނާ…..”

ގޮވި މީހަކު އައިސް ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ. ދުރުވެލާކަށްވެސް ނޭންގުނެވެ. ފުރުސަތެއް ނުލިބުނީއެވެ.

“މާޒިން؟.. އޮހ… ސޮރީ” ހުޅުވި ބާރު މިނުގައި ދޮރު ޖަހާފައި، އެލީޒާ ދިޔައީއެވެ. ރަތްވީ ހަމައެކަނި އެލީޒާގެ މޫނެއްނޫނެވެ. އެލީނާގެ މޫނުގައިވެސް ހުރީ ހަމަ އެކުލައެވެ.

“ޒިން..” ރުޅި ގޮތަކަށް އެލީނާ ގޮވާލީ ކުށްވެރި ކޮށްލަން ކަންނޭންގެއެވެ.

“ކީކޭ؟” އަހަރެން އަހާލީމެވެ. ލަދުގަތީމާ އީން ހާދަ ރީއްޗެވެ. އީން ހަޑިވާ ޙާލަތެއް އައި ބާއެވެ.

“ދެން ދޮންތަ ކީކޭ ހިތަށް އަރާނީ…؟” ލަދުން ހުރެ އީން ބުނެލި އިރު، އެހުރި ލޯބި ކަމުން، އަހަރެން މަރުވާހާވެއެވެ.

“އެއީ އަޅާލާ އެއްޗެއްތަ؟” އެނދާ ދިމާއަށް ދިޔަ އީންއާ ދިމާއަށް އެނބުރެމުން އަހަރެން ބުނެލީމެވެ.

“ދެން ދާންވީނު….” ހުރީ ފުދޭވަރަކަށް ދަންވެފައި ކަންވެސް ހަނދާންވީ، އީން އެހެން ބުނެލީމައެވެ.

“އިރުކޮޅަކުން ދޯ…” ދިޔުމުގެ ބަދަލުގައި އަހަރެން، ސޯފާއަށް ވެއްޓިގަތީއެވެ.

“އޭ ދެން މާޒިން ޕްލީޒް. މަ ނިދަން ވެއްޖޭ….” އެ ގޮތް އީންއަކަށް ކަމަކު ނުދިޔައެވެ. ހަމަ އުޒުރު ދައްކައިގެން ވިޔަސް އަހަރެން ފޮނުވާނުލާ ކަމު ނުދަނީޔެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

“މަ މިރޭ މި ކޮޓަރީގަ ނިދާލަފާނަމޭ… ސޯފާގަވެސް އޯކޭ…  ނޫނީ… އީން އޯކޭއިއްޔާ، އެނދުވެސް ޝެއަރ ކުރެވިދާނެއްނު..” އަހަރެން ގަސްތުގައި އީން ލަދުގަންދުވާލީއެވެ. ބްލަޝްވާތަން ދެކިލާ ހިތުންނެވެ.

“ދެން މާޒިންން….”

“ކިހިނެއްވީތަ؟… މައްސަލައެއްތަ؟” އަހަރެން ހުރީ އެހާ ފަސޭހައިން ދޫކުރާ ޚިޔާލެއްގަވެސް ނޫނެވެ. މިފަހަރު އީން އެއްޗެކޭ ނުވެސް ބުންޏެވެ. މޫނު ޓޮމާޓޯއަކަށް ހަދައިގެން އިނީއެވެ. މުޅިން ކަޑައެވެ.

“ގަރލް ކުދިން ވަރަށް ގިނައިން ފުރޮޅޭނެޔޯ.. ގައިގަ ފައިން ނުޖަހައްޗޭ… ގައިމައްޗަށް އެރިޔަސް…” ބުނެވުނު އެއްޗަކުން އީން ލަދުން އިސްޖަހާލިއެވެ. އަހަރެންގެ ގޮތެއް ފޮތެއް ނެތީމަ ދެން ވާނީވެސް އެހެންނެވެ. ލަދާއި، ލަދު ޙަޔާތެވެ. އަހަރެންގެ އެބައި މަދެވެ.

“މަ ދުވަހަކުވެސް ނުނިދަމޭ ޓީޝާރޓު ލައިގެނެއް… މިތާ ނިދިއެކޭ ކިޔާފަ ދެން ނުކުރާ ކަމެއް ނުކުރެވޭނެ ދޯ..” ޓީޝާރޓުގެ ތިރީ ކައިރީގައި ހިފައިގެން އީންއާ ދިމާއަށް ހިނގައިގަތް އިރު، އީންގެ ސިކުނޑި އުޅޭނީ، އެންމެ ގޯސް ވިސްނުމުގައި ކަން ޔަގީނެވެ. އެމޫނުން ފެންނަން ހުރި ހައިރާންކަމުންވެސް އެކަން ޔަގީންވާހާވެއެވެ. އަހަރެންގެ މޫނަށް ހޫނު ހަމަލާއެއް ނާރާފިއްޔާ ރަނގަޅެވެ. މާ ކައިރިއަށް ނުދިޔައީވެސް ކަރާޓޭ ޝޮކެއް ލިބިދާނެތީއެވެ.

“ގުޑް ނައިޓް.” ސަމާސާ ނިންމާލުމަށް ފަހު، އަހަރެން ދާން ނިކުތީމެވެ. އެ އުފާވެރި، މަޖާ ވަގުތުކޮޅު ނިމެން ނޭދޭތީ، އިރުކޮޅަކު، ބޭރުން ދޮރުގައި ލެނގިލައިގެން ހުރީމެވެ.

“އުހުމްއުހުމް..” އަހަރެން ފޭބިތަން ފެނިފައި، ސިޓިން ރޫމްގަި ތިބި ތިންމީހުން ކަރުކެހެން ފެށިއެވެ. މިމީހުންނަށް ހީވަނީ އަހަރެން ކީތްކުރީކަމަށް ހެއްޔެވެ.

“ވާޓް..” ނިކުންނަން ދަމުން އަހަރެން ބުނެލީމެވެ. ވަގުތުން އެލީޒާ ފެށީ ހޭށެވެ. ލުވެއިޒް އާއި ޝާނާ، ދެމީހުން ދެމީހުނަށް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އާނއެކެވެ. ލުވެއިޒްއާއި ޝާނާއެވެ. ދެންމެއަކު، ނީންނަންވެގެން ރުއި މީހާއެވެ. މިހާރު އެތިބީ އޯކޭވެފައެވެ.

………..

“ހަމައިގަތަ؟”  ގެއަށް ވަންނައިރަށް ކުރިމަތިވީ އެއްކަލަ މިޝްކާގެ ސުވާލަކާއެވެ. އަހަރެންނަށް ހެވިފަ ހުރިލެއް ބޮޑީކަންނޭންގެއެވެ. އިސްތަށްޓޭވެސް ހިތަށް އަރުވާކަށް އަހަރެންނަކަށް ނޭންގުނެވެ. ގޮސް މިޝްކާ ކައިރީ ސޯފާގައި ޖައްސާލީއެވެ. މި މަންޖެގެ ކަމަކީ ދަންވަރު ހޭލާ ފުޓުބޯޅަ ބެލުމެވެ.

އިރުކޮޅަކު އެތާ އިނދެފާ އަހަރެން ދެން ދިޔައީ ކޮޓަރިޔަށެވެ. މިރޭ ދުވަހަކު ނުނިދޭހާ ފަސޭހައިން ނިދޭނެއެވެ. މިހާރުވެސް ނިދި އައިއްސިއެވެ. ހުވަފެނުންވެސް އީން ނުފެނުނިއްޔާ ދެރައެވެ.

………..

އަޔާޒްގެ މެސެޖު ފެނުނީ، ފަތިސްނަމާދަށް ހޭލި ގަޑީގައެވެ. އަވަސް އަވަސް ކޮށްލައިގެން އައީ، ލުވެއިޒް ހަދާ ނުހަދާއެއް ނުބަލާތަނުގައި، ބަނޑަށްވެސް އެއްޗެއްނުލައެވެ. ސަފާރީއިން ބަނޑުފުރާ ކާންލިބޭކަންވެސް ނަސީބެވެ.

“މިހިރީ..” ރިފާޝާ، ހަތަރެސްކަން ގަނޑުތަކެއް، މޭޒުމަތީ އަތުރާލިއެވެ. ނަގާފައި ހުރި ފޮޓޯތަކެކެވެ. އަބަދު އެ ކެމެރާ ގަނޑެއް ހިފައިގެން އުޅެނީ މިކަމުގައި ތާއެވެ. އޭގައި ޖިހާންގެ ފޮޓޯވެސް އިބާނާގެ ފޮޓޯވެސް ހުއްޓެވެ. މީނަ، އެމީހުންނަށް ފާރަލައިފައި ހުންނާނެއެވެ. ސައުވީސް ގަޑިއިރު ތެރޭ، އެކި ތަންތަނުން ފޮޓޯ ހޯދާފައި އެބަހުއްޓެވެ.

އެދުވަހުގެ މަސައްކަތަކީ، ދެމީހުންގެ ދުވަހުގެ އެޖެންޑާ ހޯދުމެވެ. ޖިހާން ޑިޔުޓީގައި އުޅޭ ގަޑިތައް ހޯދުމުން، ދެން ފާރަލާން ފަސޭހަވާނެއެވެ. އެކަންވެސްވީއެވެ. އަހަރެންނަށް ޖެހޭ މަސައްކަތްތައްވެސް މަދެއް ނޫނެވެ. ދޭތެރެދޭތެރެއިން، ކޮންމެވެސް ތަނެއް ހެކްކުރަން ޖެހެއެވެ. ކޮށްކޮށް، އެނގޭ ކަންކަން އިތުރުވެސް ވެއްޖެއެވެ. ބޮޑެތި ތަންތަން ކުޑަވަގުތު ކޮޅެއްގައި ހެކް ކުރަން ޖެހުމުން، ފުންނާބުވެސް އުސްވާނެނޫންހެވެ.

އެތަށްއިރަކު، ސަފާރީގައި އުޅެފައި، މާލެ އާދެވުނީ، މެންދުރުފަހުއެވެ. އައިގޮތަށް އަހަރެން ދިޔައީ، ލުވެއިޒް ކައިރިއަށެވެ. ހަދަނީ ކިހިނެއްތޯ އިނގެން ޖެހޭނެ ނޫންހެއްޔެވެ. އަހަރެންގެ ބެސްޓީވެސް، މީހެއްގެ ފިރިއަކަށްވަނީއެވެ. އަދިވެސް އަހަރެން ހުހަށެވެ. މި އީންގަނޑު އާނއެކޭ ނުބުނަންޏާ ދެން އަހަރެން ކުރާނީ ކީތްހެއްޔެވެ. އެނޫން މީހެއްދެކެ ލޯބި ވާކަށްވެސް ނޭންގުންވިއްޔާއެވެ.

ގޯސްވެފައި ހުރި ލުވެއިޒްގެ މޫޑު ހުރީ އެއްކޮށް ރަނގަޅުވެފައެވެ. ހަތް ނަސީބުން އެއްނަސީބެވެ. ޚިޔާލުވެސް ހުރީ މުޅިން އެކޮޅު ކޮޅުން ޖެހިފައެވެ. މިހާރު ދެން އިންނަންވީޔޯއެވެ. މައްސަލައެއް ނެތޯއެވެ. އިއްޔެ ދެފައިތަޅާފަ ރޮއުން މީހާއެވެ.

މަޖާ ކަމަކީ، އަމިއްލަ ކައިވެންޏަށްވުރެ، ލުވެއިޒްއަށް މުހިންމުވީ، އަހަރެންނާއި ދިމާކުރުމެވެ. ރޭގަ ވީ ކީތްހޯއެވެ. އަދި މި އެލީޒާގަނޑު ހުރެގެން ވަގު ހިނިޖަހާނެއެވެ. ފެނުނު މަންޟަރު، ބޮޑުކޮށްލައިގެން ކިޔާލީކަން ޔަގީނެވެ. އެހެންނޫނީ، ލުވެއިޒް މިވަރަކަށް ދިމައެއް ނުކުރާނެއެވެ. ދެރަކަމެކެވެ. މިމީހުންނާ ހެދި ދިރިއުޅެވޭވަރެއް ނޫނެވެ.

……………..

ދުވަސްތައް ފާއިތުވީ ނުހަނު އަވަހަށެވެ. ރަންކިޔުމުގެ ކަންތައް ނިމުމުން، އަހަރެމެން، ލުވެއިޒްގޮވައިގެން ދިޔައީ ރިސޯޓަށެވެ. އަނބިފަހަތުލައިގެން އުޅެން ޖެހުމުގެ ކުރިން، ފަހު ފަހަރަށް، ހިތް ފުރެންދެން މަޖާ ކޮށްލާށެވެ. އެއީ، މިއިން ޒަމާނަކު، އެ ގޮތަކަށް މަޖާކޮށްލެވުނު ފުރަތަމަ ފަހަރެވެ.

ކަނޑައަޅާފައި އޮތް ދުވަހަށް، ހަފްތާއަކަށްވުމުން، އަހަރެމެން އެނބުރި އައީ، އެންމެންވެސް ތައްޔާރުވާން ޖެހޭ ކަންކަން ބައިވަރު ހުރީމައެވެ. އަހަރެން، ގިނަ ވަގުތު ހޭދަ ކުރަނީ، ލުވެއިޒް ގޭގައެވެ.

އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް، ދިމާކުރުމަކީ، އަހަރެންނާއި ފަޔާޒްބެގެ މަސައްކަތެވެ. ފަޔާޒްބެއަކީވެސް އެކަހަލަ ނުލަފާ ކަމެއްގަ ވިއްޔާ އަހަރުމެން ގްރޫޕް މީހެކެވެ. ދޭތެރެ ދޭތެރެއިން އެލީޒާވެސް އަހަރެމެންނާއި ބައިވެރިވެލާނެއެވެ. އަހަރެންނަށް ފާހަގަވިގޮތުގައި، އަޔާޒްއާ ދިމާވި ފަހުން، އެލީޒާއަށް ބައިވަރު ބަދަލުތަކެއް އައިއްސިއެވެ.

އެއްކަލަ އެލީނާ، އަހަރެމެން ތިބޭ ތަންތަނަކާ ކައިރިއެއް ނުވާނެއެވެ. އަހަރުމެން ދައްކާ، ނުލަފާ ވާހަކަތަކަށް އެލާރޖިކީ ކަންނޭންގެއެވެ. އީން ފެނިމެ ވާހަކަ ނުދެއްކޭތީ، ހިތަށް އަސަރުވެސް ކުރެއެވެ. އެންމެން ކުރިމަތީ، އީން ލަދުގަންނާނެތީ، ދާން ނުކެރެނީއެވެ. ކިތަންމެ ކުޑާ ކަމަކާވެސް އީން ލަދުގަންނާނެއެވެ. ބޮޑު ލަދުރަކި އީންގަނޑެވެ.

…………….

ތެޅިފޮޅިގެން ލާން އޮތް ހެދުން ގަޔަށް މަހައިގެން ނިކުތް އިރު އަޔާޒްވެސް ނިކުންނަނީއެވެ. ދުއްވަން އިން ރިފާޝާ، ހެމުން، އަހަރެމެން އުޅެމުން ދިޔަ ގޮތަށް ފާޑުކިޔަމުން ދިޔައެވެ. އެމްއެސްއޭ، މީޓިންއިން ފޮނުވާލީ، ހަތްގަޑި ބައިވެ ބޮޑުވީ ފަހުންނެވެ. އެއްޗެހި މި ބަދަލުކޮށްލީ، ސަފާރީގައެވެ.

މާގިނައިރެއްނުވެ ލޯންޗުއައެވެ. އަވަސްއަވަހަށް އަހަރެމެން ދެމީހުން އެރީމެވެ. ހަމަ އެރުމާއެކު ނައްޓާލިއެވެ. ރިސޯޓަށެވެ. މިހާރުވެސް ލުވެއިޒް ހުންނާނީ ރަތުގައެވެ. ޕަރޓީ ފެށެން ފަނަރަ މިނިޓެވެ. އެލީޒާ، އަޔާޒްވެސް ކަތިލާނެއެވެ.

ލެފުމާއިއެކު އަހަރެމެންނަށް ދުއްވައިގަނެވުނެވެ. ލަހުން ދާން ބޭނުން ނުވާތީއެވެ. އަޔާޒްގެ އިންތިޒާރުގައި އެލީޒާހުއްޓެވެ. އެސޮރުގެ އިންތިޒާރުގައެވެ. އަހަރެންގެ އީން އެގޮތަކަށް ނުހުންނާނެއެވެ. އަޅެ ހުރި ނަމައެވެ.

ތަން ތައްޔާރު ކޮށްފައި އޮތީ ވަރަށް ފުރިހަމަކޮށެވެ. އެކި ހިސާބު ހިސާބުގައި ނަގިއްޔާ އެއްޗެހި ހަރުކޮށްފައި ހުރި އރު، ހީވަނީ ޕައިރެޓް ޝިޕެއްގައި އުޅެވޭހެންނެވެ. ޕަރޓީފެށިގެން ކުރިއަށްދިޔައިރު، އަހަރެން ގިނަ ވަގުތު އުޅެން ޖެހުނީ ލުވެއިޒް ކައިރީއެވެ. އެސޮރުގެ ކަމަކީ، ހޫނުވާތީ، ޝަކުވާ ކުރުމެވެ. ޝުކުރުކުރަންވެސް ނުދަންނަނީއެވެ. ދޭތެރެއަކުން އީންވެސް ފެނިލިއެވެ. ބައްދަލު ވާގޮތެއް ހަމަ ނުވިއެވެ. ނަސީބު ދެރައީއެވެ.

ޖަހާނެހާ ސަކަރާތެއް ޖަހާފައި، ޕަރޓީ ނިންމާލެވުނީ، ދަންވަރު ދޭއްޖެހި ފަހުންނެވެ. އެއިރު، އެތާ އުޅެނީ، އަހަރެމެން އެކުވެރިން ގްރޫޕާ، ދެފަރާތު އާއިލާއެވެ. ގިނަ މީހުން، ދިޔުމުން، އަހަރެން ދިޔައީ، އަތިރި މަތީ ހިނގާލާށެވެ. ފުރަން ހަމަޖެހިފައި އޮތީ، ފަތިސްނަމާދަށް ފަހު ކަމުން، އިތުރަށް ނިދާ ހިތް ނެތުމުންނެވެ.

އެލީނާ، ފެނުނީ، ތަންކޮޅެއް ދުރުންނެވެ. ދެފަރާތް ބަލަމުން، އުޅެމުން ދިޔައީ ފާޑެއްގެ ގޮތަކަށެވެ. މީހަކު އާދޭތޯ އިންތިޒާރީގަ ކަންނޭންގެއެވެ.

“އޭތް… މަ އާދޭތޯތަ ތި ބަލަނީ..” އަހަރެން ގޮސް އެއްވަރު ކޮށްލީމެވެ.

“ނޫން… މި… މި..” އީން، ބުނަން އުޅުން އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ.

“ކިހިނެއްވީތަ… ހާދަ ހާސްވެފަ..”

“މި… ކޮންމެސް މީހަކު… މިތާ ކައިރީގައި….. އުޅުންހެން ހީވީ… އަޅާނުލާ..” ލުއިކޮށް ހިނިތުންވެލަމުން، އީން ބުނެލިއެވެ. އަހަރެންވެސް ބަދަލުގައި ހިނިތުންވެލީމެވެ.

“ޒިން ދިނިއްޔާ، ނެކްލެސްއެއް އަޅާނަންތަ… ޕްލީޒް…” އަހަރެން ބުނެލީމެވެ. އީންއަތުގައި އަހަރެންގެ ހަނދާނެއް އޮތުންވެސް އެއީ ހާދަ ބޮޑުވަރެވެ. އަހަރެންގެ ހިތުންނެވެ.

އީން ކޮނޑުއަރުވާލިއެވެ. އަހަރެން ބޮޑަށް ހިނިތުންވެލަމުން، ޖީބުގައި ގެންގުޅުނު، ފަށް ނެގީމެވެ އެއީ، ޕެރިސްއިން އަހަރެން ގަތް އެއްޗެކެވެ. ޗޫސްކުރުވީ، މިޝް ލައްވައެވެ. އެހެންކަމުން، ރީތިކަން ޝައްކުކުރާނެ ކަމެއްނެތެވެ. އޭގެ އަގުވެސް ކުޑައެއް ނުވާނެއެވެ. އަހަރެންނަށް މުހިންމީ، އެ ފަށެއް ނޫނެވެ. އޭގެ ފަށުފުލަށް އަހަރެން ލީ، ލޮކޭޝަން ބަލާ ޑިވައިސްއެވެ. ކުރިން ޖެކެޓުގައި ހަރުކުރި އެއްޗަށް ކޮންމެސް ގޮތެއް އީން ހަދައިފިއެވެ. ހެދި ގޮތެއް އަހަރެންނަކަށް ނޭންގެއެވެ. ދޮވެލީ ކަަމަށް ބަލާށެވެ. މިފަހަރު މީ، ވޯޓަރ ޕްރޫފްއެއްޗެކެވެ.

ފަހަތަށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑު އެއްފަރާތަކަށް ގެންދަމުން، އަހަރެން އެ ފަށް އަޅުވައިދިނީމެވެ. އީން ތެންކިއު އެކޭވެސް ނުބުންޏެވެ. އެހެންވިޔަސް އޯކޭއެވެ. އެ ހިނިތުންވުމުންވެސް، ހިތަށް ހަމަޖެހުން ލިބެއެވެ. ރުހުމުގެ ލޮލަށް އައިބު ނުފެންނަނީއެވެ.

އިރުކޮޅަކު ހިނގާލާފައި، އީން، ދިޔައީއެވެ. ދެން އެރޭ، ހިނގާލަންވެސް ޖެހުނީ، އެކަންޏެވެ. އީން ހުރި ނަމަ، އެރޭ ހާދަ ފުރިހަމަވީހެވެ. ދެމީހަކު ވަރަށް ބާރަށް ދުވެފައި އައީ، ބައިގަޑި އިރެއް ހާއިރު ފަހުންނެވެ. މޫނު މަތީގައިވީ ހާސްކަމެވެ.

“މާޒިން… އެލީނާ ދެކުނިންތަ؟” މާނޭވާލަމުން، އެލީޒާ ބުނެލިއިރު، އަޔާޒްގެ މޫނުމަތީވެސް ވީ ހާސްކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ލޯތްބެއްގެ ފެށުން 14

Next

ޒަމާންތަކަށް ބަދަލު ވެގެން ދިޔުން . 3 ނޮވެމްބަރ 1988 ވެސް ހަދާން ނެތިއްޖެ

Next
July 7, 2019

ޒަމާންތަކަށް ބަދަލު ވެގެން ދިޔުން . 3 ނޮވެމްބަރ 1988 ވެސް ހަދާން ނެތިއްޖެ

Previews
July 7, 2019

ލޯތްބެއްގެ ފެށުން 14

31 Comments!

  1. Shifoo?Shifna?? says:
    July 7, 2019 at 12:32 pm

    Hey monsta. Mi part ves vrh reethi. Waiting 4 next. Avahah up kuraane kamah unmeedhu kuran. N me first dhw???

    1. Monsta says:
      July 7, 2019 at 2:43 pm

      hehe… congra.. thanksss and yeah avahah up kuran try kuraanan..

  2. Meekkomee says:
    July 7, 2019 at 1:43 pm

    V reethi ?? When is next part monsta??

    1. Monsta says:
      July 7, 2019 at 2:44 pm

      thanksss….. maadhamaa Insha Allah

  3. jiji says:
    July 7, 2019 at 2:30 pm

    Magey rangandaaa???…Alhey hiyeh nuvec kuran upvaane kamakah vec…Aneh kiyaafa comment kohlaanan enge???

    1. Monsta says:
      July 7, 2019 at 2:45 pm

      hehe sure thankss

  4. drax says:
    July 7, 2019 at 2:51 pm

    Ummmm
    My luvaiz not single anymore ??????
    Than I will be Shaa in my dreams
    Anyway een ge room gu those seens was amazing ??????
    And now where the hell that een go to
    Curiously waiting for next part

  5. jiji says:
    July 7, 2019 at 2:56 pm

    Ma Sha Allah???…Alheyyyyy???…Haadha cutey❤❤❤…My monsta haadha molhey dhw???..hehe…sis whn next…Curiously waitinnn???

    1. Monsta says:
      July 7, 2019 at 6:29 pm

      Thankss jiji. Hehe. Insha Allah maadhamaa submit kuraanan

  6. Luc!f3r says:
    July 7, 2019 at 3:08 pm

    Mashah libey kujjakah white card eh dhevvaandheyve..Aameen..??
    Monsta ge kamakee ma hih bithun bithah jehun thoachcheh.. Suspenseeee.. Curiosityyyyy.. Waiting for next episode like thats the only cure to my disease?

    1. Monsta says:
      July 7, 2019 at 6:32 pm

      Alhe. Thi disease ge cure thihenviyyaa veehaaves avahakahh foarukohdheveytho masaihkaihh kuraanan. on its way ingeyy ???. N THANKSS ❤️❤️

  7. drax says:
    July 7, 2019 at 5:57 pm

    Oh sister ?????
    My luvaiz is not single anymore ????? than I will dream I am Shaa now ????
    Anyway than mi part ves reethi
    Maaxin than always making poor een feel shy
    And where the hell een disrepair now very curious
    Waiting for next part curiously
    ????????❤️

  8. drax says:
    July 7, 2019 at 6:08 pm

    Sis
    My comments are not going

    1. Monsta says:
      July 7, 2019 at 6:30 pm

      Gaimu mythi miothii aissa. Hehe nikan angabahunn dhn kiyaabala comment. ??

  9. drax says:
    July 7, 2019 at 6:14 pm

    Oh sister ???
    My luvaiz is not single anymore ?????
    I will imagine I am Shaa in my dreams than???
    Anyway this part ves reethi
    I like the way maaxin acting in eens room ?????
    That maaxin know only to make poor girls like een feel shy?????
    Anyway where the hell that een disrepair to now very curious
    Waiting for next part curiously sis

  10. Pretty girl says:
    July 7, 2019 at 7:57 pm

    Amayyaai haadha reehchey mashah maazin hotey e golaa. ..curiously waiting next part inshallah monsta ah mi Ron gun kaamiyaabu dhevvashi aameen alhugandu abadhuves monsta ge vaahakathah kiyaa comments koh support ves kuraanan lots of love from me?❤

    1. Luc!f3r says:
      July 7, 2019 at 8:19 pm

      Maazin hithah fenigen tha thiulheny.. PG

    2. Monsta says:
      July 8, 2019 at 5:44 am

      Hehe thankss ❤️❤️ Dhn dhuniyeyga ulhenikohh maaxin fenivesdhaane. He do exist. ??? dhuaa kohlaa dhimaa veytho

  11. Meekkomee says:
    July 7, 2019 at 8:14 pm

    V reethi….??

    1. Monsta says:
      July 8, 2019 at 5:45 am

      Thanks ?

  12. drax says:
    July 7, 2019 at 8:55 pm

    Than why my comments not going

    1. Monsta says:
      July 8, 2019 at 5:46 am

      Saabaheyy

  13. drax says:
    July 7, 2019 at 8:58 pm

    Ok let’s write again
    I said I am crying ??????
    Because my luvaiz is not single anymore ??

    1. Monsta says:
      July 8, 2019 at 5:48 am

      Hmm. Thikan engijjeyeyy. Monsta kiyaifymey pending ga in three comments vess. Staisfied bro????? ??

  14. drax says:
    July 7, 2019 at 9:00 pm

    Oh that one gone??
    About this part it’s nice
    But for me sad
    And I am gonna imagine I am Shaa in my dreams ????

    1. Monsta says:
      July 8, 2019 at 5:49 am

      Hmm. Poor you

  15. drax says:
    July 7, 2019 at 9:02 pm

    And about maaxin ????
    Only know to make poor girls like een feel shy ????
    Anyway where the hell een disrepair to now
    Really curious
    Waiting for next part

  16. drax says:
    July 7, 2019 at 9:04 pm

    About maaxin ?
    He knows only to make poor girls like een feel shy ??
    Anyway where een disrepair to now very curious
    Waiting for next part

    1. Monsta says:
      July 8, 2019 at 5:50 am

      Isn’t it for sure. Umm miadhu submit kureveythoa

  17. Xxx says:
    August 13, 2019 at 9:10 am

    Anehkaa een ah kihineh vee. V salhi?????❤

    1. Monsta says:
      September 19, 2019 at 11:57 pm

      Oww thanksss Xxx

Comments are closed.

Next Episodeނާއިންސާފް 21←


All Right Reserved!