Skip to content
އެސްފިޔަ

ނާއިންސާފް 21

އިރުކޮޅަކަށް ހިނގާލާފައި، އީން، ދިޔައީއެވެ. ދެން އެރޭ، ހިނގާލަންވެސް ޖެހުނީ، އެކަންޏެވެ. އީން ހުރި ނަމަ، އެރޭ ހާދަ ފުރިހަމަވީހެވެ. ދެމީހަކު ވަރަށް ބާރަށް ދުވެފައި އައީ، ބައިގަޑި އިރެއް ހާއިރު ފަހުންނެވެ. މޫނު މަތީގައިވީ ހާސްކަމެވެ.

“މާޒިން… އެލީނާ ދެކުނިންތަ؟” މާނޭވާލަމުން، އެލީޒާ ބުނެލިއިރު، އަޔާޒްގެ މޫނުމަތީވެސް ވީ ހާސްކަމެވެ. އެލީނާ ދެކުނީ ދެންމެ ނޫންހެވެ. ރަނގަޅަށްވިއްޔާ މިހާރު އޮންނާނީ ނިދާފައެވެ.

“އާނ… ބައިގަޑިއިރެއް ހާއިރު ކުރިން…. ގެސްޓް ހައުސްއަށް ދިޔައީ… ގޭޓާ ހިސާބަށް ދަންދެން، ބަލަން ހުރިން..” އަހަރެން ބުނީމެވެ.

“އަޅެ… ހޯދައިފީމޭ.. ނެތް ގެޔަކު… ފޯނު އޮތީ، ގޭޓް ކައިރިއަށް ވެއްޓިފަ… އެއްވެސް ތާކުން ނުފެނުން..” އެލީޒާ ކިޔައިދިނެވެ. އެކަމަކު ބައި ގަޑިއިރުއެއީ މާ ގިނައިރެއްވެސް ނޫނެވެ. ކަމެއް ވީ ނަމަ އަހަރެންނަށް ހިލަމެއް ވީހެވެ. ވާން ޖެހޭނެއެވެ.

އެއިރު އީން އުޅުނު، އާދަޔާޚިލާފު ގޮތްގަނޑުހިތަށް އަރުވަމުން، އަހަރެންވެސް، އެދެމީހުންނާއި އެކު ހިނގައިގަތް އިރު، ހިތް ނެގި ނެގިފައި ޖެހެމުން ދިޔައީ ނުހަނު ބާރަށެވެ. ސަބަބެއް ނޭންގެއެވެ. ނަމަވެސް އީންއަށް ކަމެއް ވެއްޖިއްޔާ، ދުވަހަކުވެސް އަމިއްލަ ނަފްސަށް މައާފެއް ނުކުރާނަމެވެ. ނުކުރެވޭނެއެވެ. އީން، ގޭޓާ ހިސާބަށް ގެންގޮސްލަ ދިންނަމަވެސް މިހެން ނުވީސްކަން ޔަގީނެވެ.

“އެލީނާ…. ދެން ނިކުމޭ.. ހައިޑެން ސީކް ކުޅެންތަ ތިއުޅެނީ؟؟؟” މުޅި ރިސޯޓު ހޯދުމުންވެސް، ނުފެނުމުން، އެލީޒާ، ރުޅި އަންނަންފެށިއެވެ. ތަޅާ ފޮޅިއަސް ލޯބިވޭތާއެވެ. ފަތިސްވީއެވެ. އީންފެނުން ކަމަކަށް ނުވިއެވެ. ހޯދަން ނިކުމެ، ލުވެއިޒް އާއި ޝާނާ ނޫން އެންމެންނެވެ. އަހަރެމެންގެ ހުރިހާ ލޯންޗެއްވެސް ބެލިއްޖެއެވެ. ޚަބަރެއް ވީ ކަމަކަށް ނުވިއެވެ. އީން އަޅެ ދާނީ ކޮންތާކަށް ހެއްޔެވެ. ފިލާ އޮތް ތަނަކުން ނިކުންނަން ވެއްޖެއެވެ.

ރުކަކަށް ލެނގިލައިގެން އަހަރެން ފޯނު ބެލީމެވެ. ކުރިން ނުބެލީ، ކަނެކްޓް ނުކުރާކަން ހަނދާންވުމުންނެވެ. ނަމަވެސް، ފޯނު ދެއްކި ގޮތުގައި އޮތީ ކަނެކްޓްވެފައެވެ. ލިބުނު ހަމަޖެހުމުގެ ނޭވާ، ބޭރުނުވެ އެތެރެ ހަށީގައި ތާށިވީއެވެ. އެ ޑިވައިސްއިން، އެއްވެސް ލޮކޭޝަންއެއް ނުދައްކައެވެ. ހަމައެކަނި  އިންކަމެވެ. އައި ރުޅިއާއި ވީ ދެރަ ބެޔާން ކޮށްދޭނީވެސް ކިހިނެއްހެއްޔެވެ. ބޮލަށް ބަރުވާން ފެށުމުން، ދޮންވެލިގަނޑު މަތީ އިށީނީމެވެ. މިހާ ދެރަވީ، ހަމައެކަނި އުމުރު ދުހުވެސް، ބައްޕަ މަރުވީ ދުހުއެވެ. އީންއަށް ގޮތެއް ނުވާ އިރުވެސް މިހާ ހިތަށް ތަދުވަނީ ކީތްވެހެއްޔެވެ.

ބަޔަކު އަންނަ އަޑަށް ތެދުވެ، ގައިން ވެލި ފޮޅާލީމެވެ. އެލީޒާއާއި އަޔާޒްއެވެ.

“ހިނގާބަ… މާލެ ފުރަން މި ދަނީ.. ހޯދަން. އެތާ ނެތިއްޔާ ޕޮލިސް…” އަލީޒާގެ ވާހަކަ މެދުކަނޑާލީ އަޔާޒްއެވެ.

“ނޫން… ހޯދާނަމޭ… ހިނގާބަ… މަ މާލެ ހޯދާލަފާނަމޭ ބައި ގަޑިއިރުންވެސް..” އަޔާޒް، ބޭނުންވަނީ އަމިއްލައަށް މަސައްކަތް ކުރާށެވެ. އަހަރެން ހުުރީ ދެރަވެފައި ކަން އެނގޭތީ ކަންނޭންގެއެވެ. ދަމުން ދިޔައީ ބުރިކަށީގައި ޖަހާލާފައެވެ. މާމަމެން ޖަހާ ސްޓައިލަށެވެ. ދެރަވެފަ ހުރުމުންވެސް އިނގުނީ އަނިޔާކުރާށެވެ. ރަހުމްކުޑަ އިންސާނެކެވެ.

އިރުކޮޅަކު، ހުރެފައި، އަހަރެންވެސް ހިނގައިގަތީ، އެމީހުން ދިޔަ ދިމާއަށެވެ. ފަހަތުން ގޮސް އެއްވަރު ކޮށްލީމެވެ. ފާލަމަށް އެރިވަގުތު، އެލީޒާ، ކުރިއަށް ޖެހިލިއެވެ. ދަނޑިވަޅުގެ ބޭނުން ހިފާ، އަހަރެން ބާރަކަށް އަޔާޒްގެ ގައިގައި ވިކައިގަތީއެވެ.

“އައްދޯތް.. ކީއްތަ ވަނީ..” އަޑަށް އެލީޒާވެސް ބަލައިލިއެވެ. ނަމަވެސް އަހަރެމެން އަހަރެމެންގެ ކަންކަމަށް ދޫކޮށްލާފައި ލޯންޗަށް އަރަން ދިޔައީއެވެ. އެވެސް ނަސީބެވެ. އީންގެ ކަންކަމާ އެލީޒާ އެވަރަށް ދެރަވާނެކަމެއް އަހަރެން ނުދެނަހުރީމެވެ. ދެރަވާން ޖެހޭއިރު ދެން ދެރަވެސް ވާނެއެވެ. ވެގެން މިއުޅެނީ، ކުޑަ ކަމެއް ނޫނެވެ.

“މި ކީއްވެތަ މަސައްކަތް ނުކުރަނީ؟” އަހަރެން ފޯނުގެ ސްކްރީން ދައްކާީމެވެ. ވެފައި ހުރި ދެރައިން، ބުނެވުނީވެސް ވަރަށް ބާރަށެވެ. ބޮލަށް ހުރީ ރަނގަޅަށް ރުޅި ސަވާރުވެފައއެވެ.

“ތިކޯޗެއްތަ؟” އަޔާޒް ބޭނުންވަނީ އަހަރެން އިތުުރަށް ރުުޅި އަރުވަން ހެއްޔެވެ. އައި ރުޅީގައި ފޯނު ބަލައިލީމެވެ. ހޫރާނުލެވުން ކަން ނަސީބެވެ. ވެއްޓުނީހީވެސް ސީދާ މޫދަށެވެ.

ފޯނުން ފެންނަން ހުރީ ކަޅު ބިއްލޫރި ގަނޑުގެ ތެރެއިން އަހަރެންގެ މޫނެވެ. ނުހުޅުވެނީ ކީއްވެ ހެއްޔެވެ. ފޭސް އައިޑީ ހަލާކު ވީހެއްޔެވެ. ގައިމު އިރު އަރައިފިޔެވެ. ބަޓަންއަށް ފިތާލީމެވެ. މާގިނައިރެއް ނުވެ، ސްކްރީން ހުޅުވުނެވެ. ނަމަވެސް ފެނުނީ އެންމެ ބަލަން ބޭނުން ނުވާ މަންޒަރެވެ. ހުސްވެފައިވައި ބެޓަރި ގޮޅިއާއި ޗާޖަރެވެ.

ހިތާމަ މައްޗަށް ހިތާމައެވެ. ރުޅި މައްޗަށް ރުޅިއެވެ. ދިޔަ ގޮތަށް ގޮސް، އަހަރެން، ލޯންޗުގެ ފަހަތު ސީޓަށް ވެއްޓި ގަތީއެވެ. ދެން ދެފައި ދަމާލައިގެން އެހެން އޮތީއެވެ. އަޔާޒްމެންގެ އިތުރުން ދުއްވަން އިން ސޮރުވެސް، ދޭތެރެއަކުން ކަޅިއެއް އެއްލާކަން އެނގުނު ނަމަވެސް ފަރުވާލެއްނެތެވެ. އެއްޗެކޭ ބުނެލާނެހާ ހިތްވަރުވެސް ނެތީއެވެ. އެލީނާ އަހަރެންނަށް ހަދާފައި މިހުރީ ކޮން ކަހަލަ ކިހާ ވަރެއްގެ ސިހުރެއްހެއްޔެވެ؟ އެތެރެ ހަށި މިއޮށް މުޅިން ހަލާކު ވަނީއެވެ.

ނިދުނީ، ކިހެނެއް ކޮން އިރަކު ކަމެއް ނޭންގެއެވެ. ހޭލެވުނީ މާޒިން، ލެފިއްޖެޔޭ ދާން ހިނގާށޭ ކިޔާ އަޔާޒް، އަހަރެންގެ ގައިގައި ބޮނޑިއެއް އެޅުމުންނެވެ. ހަމަ ރަނގަޅަށްވެސް ދިލަ ނަގާލިއެވެ.

ދެލޯ ހުޅުވުމާއި އެކު ފެނުނީ، މާލޭ ބަނދަރު މައްޗެވެ. އެމީހަކާއި އެމީހެކެވެ. އަހަރެން ބޭނުމީ، ފޯނަށް ޗާޖުކޮޅެކެވެ. ހުޅު ރޯވެގެންވެސް މީހަކު، އަހަރެން، ލޯންޗުން ފުއްމާލި ގޮތަށް ފުންމާނުލާނެއެވެ. ވައި ކަނޑާފައި ދުއްވައިގަތީ ދަބަސްގަނޑުވެސް ލޯންޗަށް ދޫކޮށްލާފައެވެ. ގެނެސްދިނިއްޔާ ގެނެސްދިނީއެވެ. ނުގެނެސް ދިނިއްޔާ، ލޯންޗުގައި އޮންނާނެ ނޫންހެއްޔެވެ. ބޭނުން ވީމާ ހޯދާނީއެވެ.

ގެއަށް ދިޔައީ، ލިފްޓުގައި ވަގުތު ބޭކާރު ކުރަން ނުޖެހޭނެތީއާއި ކައިރިވެސް ވީމައެވެ. ޕްވަރ ބޭންކްގަނޑުވެސް، ބޭނުން ޖެހޭ ގަޑިޔަކު ނޯންނާނެއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ. އަހަރެންގެ ޙަޔާތަށް މި އީންއެއް އައިފަހުން މި ވަނީ ހުސްވެސް ދެރަ ކަންކަމެވެ.

“އެލީނާ……..” ގާތް ގަނޑަކަށް ރޮވިފައި ހުރި މިޝްކާ، ބުނެބުނެ ހުއްޓާ އަހަރެން ދޮރުޖެހީ މިޝްގެ މޫނަށެވެ. މަޢާފް ކުރާށެވެ. ވާހަކަ ދެއްކޭނީ ވާހަކަ ދެއްކޭ ކަހަލަ ގަޑިތަކުގާ، ދެއްކޭ ކަހަލަ ވާހަކައެވެ.

އާދަވެފައި ވުމުން، ދޮރު ތަޅުލައިފައި، ގޮސް މަޑުކޮށްލީ ސްވިޗްބޯޑު ކައިރީއެވެ. ޗާޖަރު ވީތަނެއްްވެސް ނޭންގެއެވެ. ތެޅި ފޮޅެމުން، އެއްޗިހިތައް އުކަމުން، ފެނުނީ، ހަމައެކަނި ވާގަނޑެވެ. އައި ރުޅީގައި އަހަރެން މިސްރާބު ޖެހީ މިޝްކާ ކޮޓަރިއަށެވެ.

އަހާލުމެއް ކަހާލުމެއް ނެތި ވަން އިރު، މި މަންޖެ ގެންގުޅެނީ ސެމްސަންގް ކަންވެސް ހަމަ ހަނދާނުގައި ނެތީއެވެ. ހަދާނެ ގޮތް ހުހެއް ނުވާނެއެވެ. ޔޫއެސްބީ ވާގަނޑު ނައްޓުވާލާފައި ހޫރާލަމުން، އަހަރެން ދިޔައީ، ޖަހާބައި ހިފައިގެންނެވެ. ސެމްސަންގަކަސް އެޕަލްއަކަސް، ތަފާތަކީ ކޮބާހެއްޔެވެ. ޖެހޭނީ ޗާރޖުވާށެވެ. އަހަރެން އުޅުން ގޮތުން، މިޝްކާ ހުރީ ތިރީ ކަތުރުކަށިގަނޑު އެލުވާލައިގެންނެވެ. އައީ، ބެސްޓް ފުރެންޑްގެ ކައިވެނި ޕަރޓީންނެވެ. އައި އިރު މޮޔަވެފައި ހުރުމުން ދެން ހިތަށް އަރާނީ ކީކޭހެއްޔެވެ.

ކޮޓަރިއަށް ގޮސް، އަވަސް އަވަހަށް ޗާޖަށް ޖަހާލީމެވެ. އަދިވެސް ފޯނުން، ކަމެއްވޭތޯއެވެ. ފޯނު އަތަށް ލައިގެން އިރުކޮޅަކު، ހުރީމެވެ. އަވަހަށް ހުޅުވުން ކަމަކަށްވެސް ނުވިއެވެ. ދެން އަހަރެންނަށް ފެށުނީ، ކޮޓަރިތެރޭ އެނބުރޭށެވެ. އަތުޖެހުނު، ދެތިން ފޮތްވެސް ނަގާ ހޫރާލެވުނެވެ. ފާޚާނާ ކޮށްގެން އައިއިރު ފޯނު ދިއްލިފައި އޮތުމުން، އަވަހަށް ގޮސް އަތަށްނެގީމެވެ.

އެއްކަލަ ކާލާފާ އިން އާފަލެވެ. އެޕަލް މީހުން އެ ކައިބަލާށެވެ. އަހަރެން ބޭނުމީ، ފޯނު ހުޅުވުމެވެ.

އެހާ ވަރުން ފޯނު ހުޅުވުމުންވެސް، ވީކަމެއް ހަރާމްފަދައެވެ. ހަމަ ކުރިންވެސް އަރާފައި އިން އެއްޗެވެ. “ދިސް ލޮކޭޝަން އިޒް ނޮޓް އެވޭލެބްލް” އޯއެވެ. މީ ކިހިނެއް ވާ ކަމެއް ހެއްޔެވެ.

ދާހިތްލާ ފޯވެފައި އޮތް ޓީޝާޓުގަނޑު ބާލާހޫރާލުމަށް ފަހު، އާ އެއްޗެއް ގަޔަށް މަހާލަމުން، ކިރިޔާ ހުޅުވުނު ފޯނު ގަނޑު ހިފައިގެން ނިކުތީމެވެ. މީ ދުވަހަކު އަހަރެން އުޅުނު ހުތުރު ގޮތެއް ނޫނެވެ. އީން އަހަރެން ހަލާކު ކޮށްފިޔެވެ.

“އޭ، ލުވެއިޒް ކޮއްކޮ އެލީ..” އަހަރެން ގެއިން ނުކުމެ ދުއްވައިގަތީ، މަންމަ ބުނެބުނެ ހުއްޓައެވެ. ހިތް އަވަސްވެފައި ހުރި ވަރުން، ސައިކަލު މަތިންވެސް ހަނދާން ނުވީއެވެ. ހިތް އެދުނީ އަވަސްކުރާށެވެ. ގައިމު، ސައިކަލު ނެރެ ދުއްވާލިނަމަ މާބޮޑަށްވެސް އަވަސްވީހެވެ. އިތުރު ވިސްނުމަކަށް ސިކުނޑި ނުދިޔައީއެވެ. ދުވަހަކު ފިޔަވަޅެއް ނާޅާ މީހަކު، މާވަރަކަށް ދުވާތީ ބަލާމީހުންވެސް މަދެއް ނޫނެވެ. އެމީހުންނާއި އެމީހުންގެ ނަޒަރުތަކެވެ. ފަރުވާލެއް ނެތެވެ.

ކޮޓަރިގަނޑަށް ވަދެވުމާއިއެކު، ގޮސް ހުއްޓިލީ، އެމްއެސްއޭއިން ދިން އެއްޗެހި ހުރި ފޮށި ކައިރިއަށެވެ. ސެކިޔުރިޓީ ކުޑަކަމަށް، އޭގެ މައްޗަށް އަރުވާފައި ހުރި ބޮޑެތި ފައިލްތަކާއި ފޮތްތަށް ބިންމައްޗަށް އުކާލަމުން، އަހަރެން ފޮށި ހިފައިގެން ގޮސް އެނދުގައި އިށީނީމެވެ. ކޮޓަރި ހުޅުވާލާފައި މީހަކު ވަނީ އެވަގުތެވެ. އެއޮށް ފަދަ ވަގުތުގައެވެ.

އަޔާޒް ނޫންނަމަ، ވަން މީހަކު، އަހަރެން ކަތިލީމުހެވެ. އޭނަ އައިސް އަހަރެން، ތަޅު ތައް ހުޅުވަން، ފިންގަރ ޕްރިންޓްތައް ޗެކުކުރުމުގައި އުޅޭތަންފެނި، ވަށައިގެން ކާޑު ޖައްސާލިއެވެ. ހަމަ އެއާކު ފޮށި ހުޅުވުނެވެ. އެހާވެސް ފަސޭހައިންނެވެ. ކާޑުން ހުޅުވޭކަން ކުރިން އެނގުނު ނަމަ، ކިހާ ރަނގަޅުވީސްހެވެ.

ފޯނު މަތިން ހަނދާންވީ، އެ ބޭނުންވީމައެވެ. މޭޒުމަތީ، އަތުޖެހެން ހުރިއްޔާ ހުރި އެއްޗެއް ހޫރަމުން، ޕަވަރބޭންކް، އޮތް ތަނުން ނަގައިގެން އަިއސް ގުޅާލީމެވެ. އަދި އަޔާޒްއަށް، މެޕަށް އަރާފައި އިން އެތި ދައްކާލީމެވެ.

އެހުމާއި އެކު، އަހަރެން، ކުޑަކޮށް ހާވާލައިގެން، ފަށަށް ލީ، ކެމެރާގެ އެހެން ކެމެރާތަށް އަޅާފައި ހުރި ފޮށި ނަގާ ދައްކާލީމެވެ.

“އިންސްޓްރަކްޝަން ނުކިޔަނީ ކީއްވެތަ؟ ބަލަ މިގެ ސައިޒަށް ބަލާލާފަވެސް އިނގެން ވާނެ ދޯ، މީގެ ތެރޭ ބެޓެރިއެއް ވައްދާނެ ޖާގަ ނޯންނާނެކަން. އެކަމަކު ޕިސިކްސްވެސް ކިޔަވަމޯ. މިއޮތީ ނޫންތަ ބޮޑުކޮށް ޖަހާފަ، ސޯލާ…. ނުފެނޭތަ.. ސޯލާ.” އަޑުގެ ނެތް ކޮޅުން، އަޔާޒް ކިޔައިދިނެވެ. އަހަރެންގެ ގަމާރު ކަމުންވެސް ކަމެއް ނުވާނެއެވެ. ނަމަވެސް އެއް ކަމެއް ޔަގީންވީއެވެ. އީން ހުރީ އިރުގެ އަލި ރަނގަޅަށް ނުލިބޭ ތަނެއްގައެވެ. ނޫނީ، ލައިފައި ހުރި ހެދުމުން، އެއަށް އިރުގެ އަލި ނުލިބެނީ ކަމަށްވެސް ވެދާނެއެވެ.

“އާދެބަލަ..”

“ކޮންތާކަށް..” އަހަރެން ފޫހި ކަންނެތް ގޮތަކަށް ބުނެލީމެވެ. އެއްތާކަށްވެސް ދާހިތެއް ނެތެވެ. ބޭނުމީ އަހަރެންގެ އީންއެވެ.

“އެ މަންޖެ ފެންނާނީވެސް ހޯދަން އުޅުނީމައެއްނު… އާދޭ، އަތް އުރާލައިގެން…” އެ މަންޖެއޭ ބުނި ކަމެއް ނޭންގި އަހަރެންނަށް ހުރެއވުނީ، އަޔާޒްގެ ފޫ ބުޑުގައެވެ. އެހާވެސް އަހަރެންނަށް އީން މުހިންމެވެ.

މިފަހަރުވެސް އަހަރެމެން ދިޔައީ ސަފާރީއަކަށެވެ.

“އެމްއެސްއޭއަށް ގޮސްގެން، މި މައުލޫމާތު ތައް ލިބޭނީ. ދާނަން؟” އަހަރެންގެ މޫނު މަތީ ހަނާ އަޅާލަމުން، ރިފާޝާ އެއްސެވެ. އެމީހުން ދެއްކި އެއްވެސް ވާހަކައަކަށް އަހަރެންނަށް ސަމާލުކަން ދެވެނީއެއްނޫނެވެ. ވާނެ ފައިދާއެއް ނެތުމުން އަހަރެން ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

ރިފާޝާއާއި އަޔާޒް ދިޔުމުން އަހަރެން ކޮޓަރިއަކަށް ވަދެ އޮށޯވެލީމެވެ. ވިސްނެނީ އީންއާ މެދުއެވެ. ލޯކުރިމަތިން ސިފަވަނީވެސް އީންއެވެ. އަހަރެންނަށް މިހުރީ، އީން ބަލިޖެހިފައެވެ. ރަނގަޅު  ޑޮކްޓަރ އީންގެ އަރިހުން ބޭސް ސިޓީ ލިޔެގެން އީން ޕިލްސް ކައިގެންނެވެ.

ވިސްނުމެއްގައި އޮއްވާ، ނޮޓިފިކޭޝަން އަޑާއި އެކު ފޯނު ދިއްލުނެވެ. އެނގުން ވިކަންވެސް ނަސީބެވެ. ”  އީން….” އަނގައިން އަޑު ނިކުތީ އިޚުތިޔާރުން ބޭރުގައެވެ. ދެލޯ ސާފުކޮށްލެވުނީ، ފެންނަނީ ހުވަފެނެއް ނޫންތޯ ޔަގީންކުރާށެވެ.

އެފެންނަނީ އީން ހުރި ތަނެވެ. އަހަރެންގެ އީން ހުރި ލޮކޭޝަންއެވެ. މިއޮތީ ދެ ޢީދު އެއްފަހަރާ ލައިގަނެފައެވެ. ވީއުފަލާއިއެކުހެން ދެލޯ ނުނިކުތީ ކިރިޔާއެވެ. އީން އެހުރީ، ކަނޑު މެދުގައެވެ. އެދަނީ ނޫނު އަތޮޅު، ބަރަވެލި ކަނޑު މެދުންނެވެ. ސެޓެލައިޓް މޫޑު އޮންކޮށްލީމެވެ. އެއަށް ފަހު ހަމަ ނޭވާއެއް ދޫކޮށްލީމެވެ. ކުޑަކުޑަ ޑިންގީގަނޑެކެވެ.

ބޭރަށް ނިކުތީ އަޔާޒްމެން ހޯދުމަށެވެ. ނެތް ކަން ހަނދާންވުމުން ފޮނުވާލަން ސްކްރީންޝޮޓެއް ނެގި ތަނާހެން ލޯންޗު އަންނަތަން ފެނުނެވެ. އެހެންކަމުން، ނެތް ހިތްވަރުން ކެތް ކޮށްލީއެވެ.

“ޔަޒްޔަޒްޔަޒްޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ.

“ޔޫ ނީޑް މެޑިކަލް އެސިސްޓެންސް…” ރިފާޝާ ހުންނަނީ އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟

އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް ހުޅުވާލީ ހިތް އަވަސްވެ ހުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. drax

    Sister
    Reethi mi part ves ????
    But is this maaz not gonna go to see a doctor
    He is so sick
    Better see a doctor ?????????

    1. Monsta
      drax

      No worries. Dr.Een will take care of it. Een pills can cure any pain inside maaxin ????

  2. Shifoo?Shifna??

    Wow. Mi part vx vrh reethi. Mi Maaxin eh ulhey gothun hini ves aadhey. Naseebu dhn kandaa naanna kan. Maaxin ehery hama ramgalhah vx moya vefa. Ulhey dhn docter ah dhahkan.

    1. Monsta
      Shifoo?Shifna??

      Hehe. Okay een doctor ahh dhahhkkaalan jeheyny. Lets hope next ep ga appointment ehh libeyne kamah ??

  3. Shina

    This story is really cool??☺️☺️I read this story from the beginning this is the best story ever ???I love this story. When is the next part coming. Waiting…….

    1. Monsta
      Shina

      Thanksss… Insha Allah maadhaaa rey new episodeehh up kuraanan… Thankss again

  4. jiji

    Kalo gayaa..maazin ulhey gotheh dhw???..
    Alheyy mi bai vec vv rythi enge❤❤❤.. dear whn nextuu???..Avahah upkurahchey….vv beynun dhn vaa goiy balailan…Handhaan koh maazin ah maazin ge een dheythi ingey ???…Btw keep going sis???…Ly to the mooon nd backkk

    1. Monsta
      jiji

      hehe thanksss jiji…. maadhamaa rey up kureveythoa…. miaharu asu maa busy iyy midhiya aharu fashun nama dhww… hurihaa episodes akahves comment kohdheythyyy thank ya soooo much…..

  5. #

    Hiyhiy halaaku…salhi

    1. Monsta
      #

      Hehe thanksss

  6. Meekkomee

    V reethi???whn is next part??

    1. Monsta
      Meekkomee

      thankss… Insha Allahh maadhamaa reyy… Meekkomee ves daily kohh comment kohdheythy thankss varah bodahh

  7. Luc!f3r

    Alhe hama mavymatha reyves mi episode load nuvy.. Adhi kiriyaa mi site load mivy..
    Maybe I myself must have gone crazy to even say this but Im in love with Monsta.. Can i be fan number 1?

    1. Monsta
      Luc!f3r

      omg thankss… hehe.. Of course i would love to have a fan number one… it actually was very exciting to know that i actually have fans… Thank ya so much…

  8. a friend

    Story varah varah teething ingey……. Varah interesting…. waiting for next part

    1. Monsta
      a friend

      Ohh thankss. Insha Allah varah avahah up kohdheynan

  9. Shina

    Hey monsta! If it’s okay can I ask what your name is? If you want.

    1. Monsta
      Shina

      Umm. That… sorry I can’t tell that ??

  10. your friend

    I have reading stories on this site for a long time….but I haven’t leave a reply….for the first time I am leaving a reply to your story as the story is interesting and nice…..curiously waiting for to know what happens next….

    1. Monsta
      your friend

      Hehe thanksss buddy. So excited to know I’m the lucky winner of your very first comment. Thanksss again

  11. jiji

    Dear kobaatheyy storyyy..dhn ketheh nukureveyne ey kiyaa hithun….Pleezu avahah upkohdheythi enge???

  12. Meekkomee

    Monsta story kobaa tha??? Haadha las vejeh eyy story up vaaleh… ehn v ma meekkomee mi ahaalyy… Can’t wait to read tha storyy

Comments are closed.