އަހަރެން އެ މެސެޖު ވަރަށް ހިތްވަރާއެކު ކިޔާލީމެވެ. އެއީ ދެވަނަ އެށް ނޫން ނަދުވާގެ މެސެޖެކެވެ. އަހަރެން ހީލީމެވެ. ނަމަަވެސް އެ ހިނިތުންވުން ފަނޑުވީ އެއީ މަަކަރު ގަދަ އަންހެނެއްކަން ހިތައް އެރުމުންނެވެ. ފޫހި ކަމާއެކު ދެލޯ މަރާލީ ނިދުމުގެ ބޭނުމަގައެވެ. އިރުކޮޅެއް ނުވެ ނިދީގެ ފުން ކަނޑަށް އަހަރެން ގެބިގެން ދިޔައެވެެ. ***** ޑައިރީ ވަނީ އެ ހިސާބުން ނިމިފައެވެ. އެއްވެސް ސިއްރެއް ނަދުވާއަކަށް އެޔަކުން ނުފެނުނެވެ. ނަމަވެސް ހަޤީޤަތް އެނގުނެވެ. ދެލޮލުން ހުއްޓުމެއް ނެތި […]
ނޯޓް: ކުރިން ޕާޓުގައި އަޅުގަނޑަށް ޖެހިފައި އިންނާނީ ސުމާއަށްވުރެ ދެ އަހަރުގެ ތަފާތު ސާލިމް ހުރެއެވެ. އެއީ އަޅުގަނޑަށް އޮޅުމަކުން.. ސުމާ އާއި ސާލިމްގެ 3އަހަރުގެ ތަފާތު ހުރޭ. އަހަރެން ހީކުރީ ވެއްޓޭނެ ކަމަށެވެ. ނަމަވެސް ނުވެއް ވެއްޓުނެވެ. އަހަރެން އެހެންވެ އޮތީ ދެލޯ މަރައިގެންނެވެެ. އަހަރެންގެ ދެލޯ ހުޅުވާލީމެވެ. އަހަރެންގެ ދުލުން ” އިކްރާމް ” މި ނަން ބޭރު ވިއެވެ. އިހްތިޔާރަކާ ނުލައެވެ. […]
”އަހަރެން މި ޑައިރީ ލިޔަން ފެށީ އަހަރެންގެ އުމުރުން ފަނަރަ އަހަރުގައެވެ. ކޮންމެ ދުވަހަކު ހިނގާ ހުރިހާ ހާދިޘާއެށް މި ފޮތުގައި ބަޔާން ކުރެވިފައިވާނެވެ.” ނަދުވާ ކިޔަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ޑައިރީ އެވެ.ފޮތުގެެ ބޭރު ގަނޑުގައި ”އަހަރެންގެ ޑައިރީ” ރީތި ފޮންޓަކުން ޖަހާފައި އިނެވެ. ފުރަތަމަ ސަފްހާގައި ވީ ތައާރަފެކެވެ. **** އާދައިގެ މަތިން އަހަރެން ފަތިހު ތެދުވެ ފަތިސް ނަމާދު ކުރުމައްފަހު ސްކޫލަށް ދިޔުމަށް ތައްޔާރު ވީމެވެ. ސްކޫލަށް ދާން ގެއިން […]