ދިހަ ވަރަކަށް މިނަޓް ފަހުން ދެ ސައިކަލުގައި ދިޔަ ހަތަރު ފިރިހެނުން އެ ވަގުތު ނަދާ ހުރި ހިސާބުން ދިޔައެވެ. ތެމިފޯވެފައި، އެކަނިމާ އެކަނި ހުރި އަންހެން ކުއްޖަކު ފެނުމުން އެ މީހުން އައި ކޮޅަށް އަނބުރާލިއެވެ. އެމީހުން އައިސް ނަދާ ހުރި ދިމާލުން މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. ނަދާ ބިރުން ހުރެ ދޮރުގައި ބުރަކަށި ޖެހެން ދެން ފަހަތަށް ޖެހިލިއެވެ. އެ މީހުންނަށް ނުބަލަން ހުރި ނަމަވެސް އިރުއިރުކޮޅާ އެ ދިމާއަށް ބަލާލެވެއެވެ. އެ […]
އެރޭ އަހަންނަށް ނިދުނީ ވަރަށް އުނދަގުލުންނެވެ. ނިދަން އޮށޯތުމުގެ ކުރިން އަހަރެން އަޔާންގެ އެނދު ކައިރިއަށް ގޮސް އަޔާންގެ މޫނުގައި ފިރުމާލީމެވެ. އެމައުސޫމް މޫނުގައި ބޮސްދިނީ ރޮވިފައި ހުރެއެވެ. އަޔާން ހޭލައްވާފައި އެރޭ ކަންތައް ކުރެވުނު ގޮތުން މާފަށް އެދެން ބޭނުން ވިއެވެ. އަހަރެން އަބަދުވެސް އަޔާން ދެކެ ލޯބި ވާނެކަން އަންގައިދޭން ބޭނުން ވިއެވެ. ނަމަވެސް އެވަގުތުވެސް އަހަރެން ނިންމައިގެން ހުރީ އަނެއް ދުވަހުންވެސް އަޔާންއާ ކޮންމެވެސް ވަރަކަށް ދުރުދުރުން އުޅުމަށެވެ. ނިދަން އެނދުގައި އޮވެވެސް […]
” ބޮސް، ޔުއާރ ވައިފް އިޒް ގޮއިން ވިތް ޔަމާން ” ޒައިކު ފޯނު ނެގުމުން ލިބުނު ޙަބަރަކުން ހުރެވުނީ މީޓިންއެއްގައި ކަމެއްވެސް ހަނދާނެއް ނުވިއެވެ. ކޮޅަށް ތެދުވަމުން ވާހަކަ ދެއްކި އިރު އަޑުވެސް ދަނީ ތުރުތުރު ލަމުންނެވެ. ވަށައިގެންހުރި އެންމެނަށް ނަޒަރު ހިންގާލިއިރު އެންމެން ހައިރާންވެގެން ބަލަން ހުއްޓެވެ. އެ ކާރަށް ފޮލޯ ކުރުމަށް ބުނެ މީޓިން ކުރުކޮށްލަމުން ނުކުތީ ކާރަށް އެރުމަށެވެ. އޭރު އެދެ ލޮލުން ދެރައާއި އެއްވަރަށް ނުރައްކާތެރި ދަރަޖަ އަކަށް […]
އަހަރެން ފަންކާއާ ދިމާލަށް ބަލައިލީމެވެ. އަދި ވާގަނޑަށް ދަމާލައި ރަނގަޅަށް ހަރުލާފައި ހުރިކަން ޔަގީން ކުރީމެވެ. އެއަށް ފަހު މަޅިގަނޑު ހުރީ ރަނގަޅަށްތޯވެސް ބަލައިފީމެވެ. އާނ އެކެވެ. އަހަރެންނެއް މި ކެހިވެރި ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އުމުރުން 20 އަހަރުވިއިރު ހަޔާތުގައި ކުރިމަތިލި ކޮންމެ ކަމަކުންހެން ލިބުނީ ނާކާމިޔާބީއެވެ. ވޭނާ، ތުރާލާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސްކަމެވެ. އަހަރެންގެ ހަޔާތުގެ ފަސްމަންޒަރު އޮތީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިއަދު އަހަރެން މިކުރާ ހިތާމައިގެ އަސްލުތައް ވަރަށް ގިނައެވެ. […]
ހެނދުނު ވާރޭ އޮއްސައިގަތް ގޮތަށް މެންދުރު ވީއިރުވެސް ހުއްޓާނުލައެވެ. ވާރޭ ބޯކަމުން ގެއިން ނިކުމެވޭ ވަރެއް ނޫނެވެ. ހެނދުނު ހޭލި ގޮތަށް ބޭރަށް ނުދެވިގެން ލިއާ ބޮޑާހޭކިއެވެ. ޝިވަންއާ ޒޯޔާއާއެކީ ކުޅެން ބޭނުންވެގެންވެ. އެންމެ ފަހުން މިރާޝް ހުސާންއަށް ގުޅިއެވެ. ހުސާން ކާރުގައި ބަލާ އައުމުން މިރާޝްއާ ސުނައިނާ ލިއާ ގޮވައިގެން ސަރްވާމެންގެއަށް ދިޔައެވެ. ރައިހާނާ ކަންނެއް ގޮތަކަށް ލޯހުޅުވަމުން ގަޑި ބަލާލިއެވެ. ގަޑިން ބާރަ ޖަހައި ބޮޑުވެފައި ހުރިތަން ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އޭރު އަންޖަލް […]
ޝަލީން ހިންދިރުވާލިއިރު މަޔާންއިން ނެއްޓިގެން އައި ނަޒަރު މާބްލްމަތީ ކިރެމުންދިޔަ ކަރުދާސްގަނޑަށް ހުއްޓުނެވެ. އޭނަ މަޔާންއަށް އަންގައިދޭން މަސައްކަތްކުރާ ހަގީގަތް އެއޮތީ މަޔާންގެ ލޯކުރިމަތީގައި ފެންނާށެވެ. މަޔާންއަށްވެސް އެވަގުތުކޮޅު އެ ރިޕޯޓްއާއި ދިމާލަށް ބަލާލެވުނުއިރު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓި ސިކުނޑީގެ ލޭ ދައުރުވުންވެސް މަޑުޖެހިލިހެން ހީވިއެވެ. މަޔާންގެ ހިތަށް އެތައް ހާސްތީރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. ދުވަހަކު މިހާ ނުބައި ހަަބަރެއް ލިބޭނޭކަމެއް ނޭނގެއެވެ. ޝަލީން އޭނަ ދޫކޮށްލާފައި ގޮސް އެހެން މީހެއްގެ އަތުތެރޭ އުފާކުރީއެވެ. […]
އެވަގުތު އެމަގަށް މަޑުކޮށްލި ކާރުގައި އިންނެވި މިޙުރާންއަށް އެދެމެދުގައި ހިނގާދިޔަ ކުޑަ ހަނގުރާމަ ކިތަންމެ ރަނގަޅަށްވެސް ފެނިލެއްވިއެވެ. މިޙުރާންގެ މެޔަށް ތަދެއް އަރައިގެންދިޔައެވެ. އެއީ އޭނަ ދުނިޔޭގައި ހުރެގެން ދެކެން ބޭނުންވީ މަންޒަރެއް ނޫނެވެ. އޭނަގެ މަރުހޫމް އެކުވެރިޔާގެ ދަރިފުޅަށް އޭނަގެ ދަރިފުޅު ބަދުބަހެއް ބުނުމަކީވެސް އޭނައަށް ކެތްނުވާވަރުގެ ކަމަކަށް ވާނެއިރު އެފަދަ މަންޒަރެއްދެކެން އެ ބަލި ހިތަށް ކެތްވާނީ ކޮންފަދައަކުން ހެއްޔެވެ؟ މިޙުރާން ކާރުގެ ދޮރު ހުުޅުވާލެއްވުމަށްފަހު ވާރޭ ތެރެއަށް ނިކުމެ ވަޑައިގަތެވެ. “މަޔާން….” މިޙުރާންއަށް […]
ނޯޓް: ކުރިން ޕާޓުގައި އަޅުގަނޑަށް ޖެހިފައި އިންނާނީ ސުމާއަށްވުރެ ދެ އަހަރުގެ ތަފާތު ސާލިމް ހުރެއެވެ. އެއީ އަޅުގަނޑަށް އޮޅުމަކުން.. ސުމާ އާއި ސާލިމްގެ 3އަހަރުގެ ތަފާތު ހުރޭ. އަހަރެން ހީކުރީ ވެއްޓޭނެ ކަމަށެވެ. ނަމަވެސް ނުވެއް ވެއްޓުނެވެ. އަހަރެން އެހެންވެ އޮތީ ދެލޯ މަރައިގެންނެވެެ. އަހަރެންގެ ދެލޯ ހުޅުވާލީމެވެ. އަހަރެންގެ ދުލުން ” އިކްރާމް ” މި ނަން ބޭރު ވިއެވެ. އިހްތިޔާރަކާ ނުލައެވެ. […]
ވީ ދެރައިން ކުރަން ހިތައް އެރީ ދެން ދުވަހަކު ނުކުރުމަށް ހިތައް އެރި ކަމެކެވެ. ބައެއް ފަހަރު ހިތާމައިގެ ސަބަބުން ހަމަ ވިސްނުން ގެއްލޭ ފަދަ ކަންކަން ކުރެވޭއިރުވެސް އާދެއެވެ. ވަގުތު ފާއިތު ވާފަހުން ވިސްނޭ އިރު އޮންނަނީ ދުނިޔެމަތިން ލިބޭނެ ދެރަ ލިބިފައެވެ. **************** ” ވޯވް، އިޓްސް ބިއުޓިފުލް ޕްލޭސް ޔަމާން. މި ކާޓެން ދަމާލާފަ ބަހައްޓައްޗޭ. ކީއްވެތަ ޔަމާންގެ ޕީއޭ ނުހުންނަނީ. މިހާ ރީތި […]