ޒަމާންތަކަށް ބަދަލު ވެގެން ދިޔުން . 3 ނޮވެމްބަރ 1988 ވެސް ހަދާން ނެތިއްޖެ

- by - 13- July 7, 2019

ނަސްރުގެ ދުވަހަކީ 3 ނޮވެމްބަރ 1988  އުދުވާނީ ހަމަލައިގައި  ޝަހީދުވެގެން ދިޔަ އަބްތޯލުލް ގެ ހަދާނުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ . މާލެ އައުމަށްޓަކައި ދުޝްމަނުން ލަންކާގެ މުއްލި ކުރާމުން ފުރީ އޮކްޓޯބަރ 29 ވަނަ ދުވަހު  ފަސްދުވަސް ކަނޑުމަތީ ހޭދަ ކުރުމަށް ފަހު ރާއްޖެ އާދެވުނީ 3 ނޮވެމްބަރ 1988 ވަނަ ( ބުރާސްފަތި ) ދުވަހު ގެ ފަތި ވަގުތެއްގައެވެ  އެއީ 870 ކިލޯ މީޓަރު ގެ ދުރު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހު ގައެވެ . އެ މީހުން މާލެ އަރާ ކުޑަ ހިދު ކޮޅެއްގެ ތެރޭގައި މާލޭހގެ ހަމަ ހިމޭކަން ނަމާން ކޮއްލިއެވެ . އެކަމުގައި ވެސް ވަނީ މި ކުޑަ ދިވެހި ރާއްޖެއަށް އުފަން ދިވެހި ލޭ ހިގާ މީހެއް ކަމަށް ތުއްތުން މާތިން އައިސްފާވެއެވެ . 81 މީހުންގެ މި ލަސްކަރު އެންމެ ފުރަތަމަ އަމާޒަކަށް ވީ އޭރުގެ ބަންޑަރަ ކޮށީގެ  މައި ދޮރާއްޓަށެއެވެ . އެ ދޮރާށިގެ  ސިފައިންގެ އެއް ބޭކަލަކީ ޝަހީދު ހުސެން އާދަމް އެވެ .  ދެފަރާތު 2 މެދުގައި  ބަނޑީގެ ހަމަލާ ތަކެއް  ބަދަލު ކޮއްފައެވެ .  އެ ދުވަހު ދުޝްމަނުން ވަނީ  ރާއްޖޭގެ އިސްވެރިން ވެސް ރަހީނު ކުރަން މަސައްކަތް ކޮއްފައެވެ . އެކަން ކާމިޔާބު ނުވުމުން  ދިވެހިންތަކެއް  ރަހީނު ކޮށްފައެވެ . ރަހީނު ކޮށްގެ ތިބި ދިވެހިން ސަލާމަތް ކޮށް އަދުއްވުން އަތުލައި ގަނެވުނީ  އިންޑިޔާގެ އެހީ ތެރިކާމާއެކުގައެވެ . ހަމަލާ ތައް ނިމުނު އިރު  ސިފައިންގެ 8 ބޭކަލުންނާއި  އާންމުންގެ 11 މީހުން ޝަހީދުވެގެން ދިޔައެވެ .  އެ ގޮތުން ޝަހީދު ވެގެން ދިޔަ ސިފައިންގެ ތެރޭގައި

  • ޝަހީދު ކޯޕުރަލް ހުސެން އާދަމް
  • ޝަހީދު ލެފްޓިނެޓް ކުޑަ ނެވި ކުޑަ ތުއްތު
  • ޝަހީދު ކޯޕުރަލް މުހައްމަދު ހަސަން
  • ޝަހީދު މުހައްމަދު އިބްރާހިމް
  • ޝަހީދު ކޯޕުރަލް ސާޖަންޓް އާދަމް ނަސީރު
  • ޝަހީދު ކޯޕުރަލް ހުސެން މުހައްމަދު
  • ޝަހީދު ކޯޕުރަލް އަބްދު ﷲ ޒާހިރު
  • ޝަހީދު ސާޖަންޓް ކުޑަ އާދަމް ކުޑަ ތުއްތު

އެވެ . އެދުވަހު ޝަހީދު ވީ އަބްތޯލުންނަށް ގެ ޒިކުރާ ދުވަހަކުވެސް ކެޑިގެން ނުދާނެއެވެ .  ” ކިޔާދޫ ތަކުންނޭ މީ ޝުކުރުވެރި ތަރާނާ ..ޝަހީދުންގެ ޒިކުރާ މަތިވެރި ތަރާނާ ހިޔާ ފެތުރުވިޔެ ރީތި މިނިވަން އަމާނާ ފިދާ ކޮށް ވަތަނަށްޓަކައި ރޫހު ޖާނާ ”

މިއީ ރާއްޖޭގައި ދެކުނު އެއްމެ ފަހުން ދެކުނު އެއްމެ ބިރުވެރި އެއްދުވަހެއެވެ  އެތަކެއް ބައެއް މި ފަސްގަނޑު ދޫކޮށް ދިޔަ ހާދިސާއެވެ . އެމީހުން ގެ އެތަކެއް ހުވަފެން ތަކެއް އެއްކިބައިގައި ބާވާފައި ޤައުމަށްޓަކާ ދީނަށް ޓަކައި އެ މީހުން އެއްޗެސް ފަސްޖެހުމެއް ނެތި ކުރި ދުވަހެއެވެ .

ނަމަވެސް މިޔަދު މިވަނީ އެ ދުވަސް ފަޑުވެގެން ގޮސްފައެވެ . އެ ދުވަހު ގެ ބާޢީން ވަނީ މިޔަދު އިއްޒަތުގައި މިނިވަން ވެ ބޮޑެތި މަޤާމުގައެވެ .  އެއްވެސް ކުށެއް ނެތް ބަޔަކު ރަހީނު ކޮށް އެއްވެސް ކުށެއް ނެއް އެތަކެއް ދަރިން ތަކެއްގެ ލޭ އޮހުރުވާލާފައެވެ .  ނަމަވެސް މިޔަދު މުޖުތަމައުން އޭގެއިން ވެސް އެއްވެސް ހިލަމެއް ނެތެއެވެ . ފަޑުވަމުން ގޮސް އެ ކަންތައް ފަޑު ވެގެން ހިގައްޖެއެވެ .

ލޮބުވެތި ކިޔަވާ ކުދިން . ލޮބުވެތި ބެލެނެވެރިން .. އަދި އެކުވެރި ޒުވާނުން . މިޔަދު ތިބޭފުޅުންގެ ދަރިންނަށް ޤައުމަކީ މިނިވަން ޤައުމެއްކަން އަންގައި ދޭން އެބަޖެހޭ . މިޔަދު މަގުމަތި ވާންޖެހެނީ އަޅުގަނޑުމެންގެ ދަރިންނަށާއި އަޅުގަނޑުމެންނަށް އަމާން ތަނަކަށް ވާން އެބަޖެހޭ . މިޔަދު ހެދުނު މަގުމައްޗަށް ނިކުއްނަ އިރު މެންދުރު ވާން ވާއިރަށް ގެޔަށް ވަދެވޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތް . މިޔަދު މި ހާލަތަށް ދަނީ ޒުވާނުން މަގުމަތި ވެ އެކި ކަހަލައިގެ ކުއްތަކަށް އަރައިގަނެވޭތީއެވެ .

ލޮބުވެތި ޒުވާނުން . ތިއީ މިޔަދުގެ ޒުވާން ޖީލް ، މާދަމާ ތިޔަ ޒުވާނުން ވާނީ ކޮންމެ ވެސް މީހެއް ބަލަން ޖެހިފައެވެ . މަންމަ އަކަށް ވެފައެވެ . ނުވަތަ ބައްޕަ އަކަށް ވެފައެވެ . ތިޔަބޭފުޅުން މަގުމަތިވެ އެކި ކަހަލައިގެ ގޯސް މަގަށް ދިޔަ ނުދެއްވާށެއެވެ . އަހަރުމެން ގެ ފަހަތުން އެތަށްބަޔަކު އަންނާނެއެވެ . އެތަކެއް ޖީލް ތަކެއް އަންނާނެވެ . އެ މީހުންނަށް ރަގަޅު ނަމޫނާ ބަޔަކަށް ވާން ހިގާށެއެވެ . ހުސެން އާދަމް ކަހަލަ ޤައުމަށް ޓަކައި އަދި ދީނަށް ޓަކައި ކޮންމެ ވެސް ކަހަލަ ކަމެއް ކުރަމާ ހިގާށެއެވެ .

ލޮބުވެތި ބެލެނެވެރިން . މިޔަދު ތިޔަ ކަބަލުންނާއި ބޭފުޅުން ބެލުން ދަށުގައި ކިތައް ކުދިން ވޭ ހެއްޔެވެ ؟ އެކުދިން މަގުމަތި ނުވުމަށް އެތަކެއް މަސަތްކަތް ކުރާށެވެ . ފަހު ދުވަހު ތިޔަ ބެލެނެވެރިންނަށް ސުވާލު ކުރެވޭނެއެވެ . އެކުދިން ގޯސް މަގަގަކުން ދާ ނަމަ އެކަން ހުއްޓުވުން ރަގަޅުވާނެއެވެ . އެކުދިން ރަގަޅު މަގަށް އެޅުވޭތޯ މަސައްކަތް ކުރާށެވެ .  އެކުދިން ތިޔަ ބޭފުޅުން އަދި ބޭކަބަލުން ގެ ވާހަކަ ތައް އަޑު އަހާނެއެވެ .

ލޮބުވެތި ކިޔަވާ ކުދިން ތިޔަކުދިން ގެ މައިންބަފައިންނަށް ކިޔަމަށް ތެރިވާށެއެވެ . ހާއްސަ ކޮށް ތިޔަ ކުދިން ގެ މަންމަ އަށެއެވެ . ތިޔަ ކުދިންނަށް އަޑުއިވިފައި އޮވެދާނެ . ސުވަރުގެ ވަނީ މަންމަ ގެ ފައިތިލަ ދަށުގައެވެ . ތިޔަކުދިން ސުވަރުގެ އަށް ދެވޭތޯ މަސައްކަތް ކުރާށެވެ .

އަޅުގަނޑު ދުވާ އަކީ 3 ނޮވެމްބަރ ގައި ޝަހީދުވީ  ހުރިހާ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޔުމަށް ލައްވާށިއެވެ . އަދި މި ކުޑަ ދިވެހި ރާއްޖެ މި މިނިވަން ކަން މަތީ ދެމި އޮތުމަށް .

މި ގެއިން ކޮންމެވެސް އިބުރަތެއް ހާސިލް ވާނެ ކަމަ ހީކުރަމެއެވެ .

13

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.