ފަތިސް ނަމާދުން ފޭބިގޮތަށް ރީހާންމެން ދިޔައީ ފުޓުބޯޅަ ދަނޑަށެވެ. ޢީދު ބަންދާ ދިމާކޮށް އެރަށުގައި ކުޅޭ ފުޓުބޯޅަ މުބާރާތް ކުޅުމަށްޓަކައި ރަށު ކައުންސިލުން ވަނީ ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން މާއިޒްއާއި ގޯލް ކީޕަރު އަކްމަލް އެރަށަށް ގެނައިސްފައެވެ. ހަތެއް ޖަހާއިރު ފެށޭ މެޗު ކުޅުމުގެ ކުރިން ސަޕޯޓަރުންނާ މާއިޒްއާ އަކްމަލް ބައްދަލުކުރުން އޮތެވެ. ގިނަ އަދަދެއްގެ ފުރާވަރު ފިރިހެން ކުދިން މާއިޒްއާއި އަކްމަލްގެ ނަންޖަހާފައި ހުރި ޖާޒީ ލައިގެން ދަނޑަަށް ގޮސް ތިއްބެވެ. މާއިޒްއާއި އަކްމަލްއާއި […]
އިސްޖަހައިލައިގެން މާއިން ދިޔަ ގޮތުންް ލާނެތް ހިނިތުންވުމެއް އަހަރެންގެ މޫނަށް ފާޅުވިއެވެ. ދޯނިން ފޭބިއިރު މުސްކުޅިވަރެއްގެ ފިރިހެނަކާއި އަންހެނެއް ހުރިހާ އެންމެންގެ އިސްތިގުބާލަށް ތިއްބެވެ. ކޮންމެ ކުއްޖަކަށް ކުރުނބަލެއް ދެމުން ހޫނު މަރުހަބާއެއް ކިއެވެ. އަސްލަމް ސަރގެ ފަރާތުން އިނގުނު ގޮތުގައި އެއީ މިރަށް ބަލަހައްޓާ ދެމަފިރިންނެވެ. ރަށް އެހާ ބޮޑެއް ނޫނެވެ. ނަމަވެސް އެއީ ޤުދުރަތުގެ ރީތި މިސާލެކެވެ. ވިދުވަރެއް ހުރި ހުދު ވެއްޔެވެ. ބިއްލޫރިއަށްވުރެ ސާފު މޫދެކެވެ. ބިޔަ ގަސްތަކާއި ދޫނި ސޫފާސޫއްޕެވެ. މާއިންގެ މޫނުގެ ކުލަވަރުވެސް ރަށުގެ ރީތިކަމުން ހަމައަކަށް އެޅުނެވެ. އަހަރެންވެސް ވަށައިގެން […]
އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބަޔާއިގުޅޭ..) ބޭބެ ޑިއުޓީގައި ވީ ދުވަހެކެވެ. ތުއްތަ ގޮވައިގެން ސްކޭން ކުރަން ހޮސްޕިޓަލަށް ގޮސް ސްކޭން ރޫމް ކައިރީ އަހަރެންނާއި ތުއްތަ އިނީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ޒައިދާން ކުޑަ ބޭބީއެއް ގޮވައިގެން ވެކްސިން ރޫމުން ނިކުތްތަނެވެ. ކައިރީގައި ޝިފޫ ހުއްޓެވެ. ޒައިދާންއަށްވެސް އަހަރެން ފެނުނެވެ. ޝިފޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ޝިފޫ ވިހެއީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އެންމެ ފެންނަން ބޭނުން ނުވާ މަންޒަރުވެސް އެންމެފަހުން އަހަރެންނަށް ފެނި […]
ކައިލް ސިއްސައިގެން ދިޔައީ އިޔާޝް އޭނާގެ ގައިގައި ޖަހާލަމުންނެވެ. އޭރު އިޔާޝް ހުރީ ލާނެތް ފާޑަކަށް ހެވިފައެވެ. އިޔާޝް އަށް އޭނާ އެއަންހެން ކުއްޖާ އަށް ބަލަން ހުރިކަން އެނގުމުން ކައިލް އަށް ކޮންމެވެސް ވަރަކަށް ލަދުވެތިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް އެކަން ނުދައްކާ ހަމަޖެހިލަމުން ކައިލް ވާހަކަ ދައްކަން ފެށިއެވެ. ” ހިނގާ މި ދިމާލުން ލާފަ ގެއަށް ދާން” ކައިލް އެހެން ބުނެލުމުން އިޔާޝް އަށް އޭނާ ހިފަހަށްޓައިގެން ހުރި ހިނިގަނޑު ފަޅާލަން މަޖުބޫރު ވިއެވެ. ” ހޫން… އަހަރެން ވާ ހިނގައި ދާނަން. އެކަމް ކައިލް އަށް ޒިވާ ފެންނަން ހުރިއްޔާ ހިނގާ ގަނެވޭނެ ހެންނެއް މަށަކަށް ހިއެއްނުވޭ ” ހިނގައި ގަންނަމުން އިޔާޝް ބުނެލިއެވެ. “ޒިވާ” ކައިލް މަޑުމަޑުން އެނަން ކިޔާލިއެވެ. ނަންވެސް މީހާ ހާ ރީއްޗެވެ. ކައިލް ބޯ ކަހާލުމަށް ފަހު އިޔާޝްގެ ފަހަތުން ހިނގައިގަތް އިރު އެތުންފަތް މަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކުހެން ކައިލްގެ ހިތުގައި ޒިވާ އާއި ދޭތެރޭ ޝައުގު ވެރިކަން އުފެދުނެވެ. މޫދު ކައިރީގައި ގޮނޑު ދޮށަށް ބަލަހަށްޓައިގެން ހުރި ޒިވާގެ މޫނު މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ދެންމެ އެ ޒުވާނާ އާއި އެއްކޮށް ހިނގި އެކުޑަ ކުޑަ ހާދިސާ ޒިވާގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ޒިވާ އަށް ނެނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް މައިހާ ވަރަށް ފަރުވާތެރި ކަމާއެކު ބަލަމުން ދާކަމެވެ. އިރު އޮށްސެން ކައިރިވުމުން ޒިވާ އާއި މައިހާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. “މަރީނާ މިރަށުގަ ނޫޅޭތަ މީރުކޮށް ހެދިކާ ހަދާ މީހެއް؟ މި ކައިލްއާ ކައިރާ ނިކަން ފޯރި ހުރޭ ވިއްޔަ ހެދިކާ އަށް. ހޮޓަލުން ގެންނަ އެއްޗެހިވެސް އެމީހުންނަށް ކަމަކު ނުދޭ އެއް ގޮތަކަށްވެސް. މިފަހަރު މިރަށަށް އަންނަމުން މަ ބުނިން މިރަށު ހެދިކާ ކާންދޭނަމޭ ދެމީހުންނަށް” ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު މަރީނާ ކައިރީ ހަބަރު ބަލާލަން ސޯފައިގައި އިށީންނަމުން ކަމްލާ އަހާލިއެވެ. ” ނޫނޭ…މި ގެއާ ޖެހިގެން ހުރި ގޭގަ އުޅޭ މަންޖެ ނިކަން މީރު ވާނެ ހެދިކާ ހަދާލެއް…ކަމްލާގެ މައްސަލަ އެއް ނެތިއްޔާ އަހަރެން އެމަންޖެ ލައްވާ ހެދިކާ ކޮޅެއް މާދަމާ ހަވީރު ސަޔަށް ހަދާލަފާނަން ” މަރީނާ ކަމްލާގެ ވާހަކަ އަށް ރައްދު ދެމުން ބުނެލިއެވެ. ” އާން އަހަރެން އެއްވެސް މައްސަލަ އެއް ނެތް…އެކަމް ތިޔަބުނާ މަންޖެ ވާނެ މަށަށް ދައްކާލަން” ހެވިފައިހުރެ ކަމްލާ އެހެން ބުނެލުމުން މަރީނާ ހިނިތުން ވެލިއެވެ. ” އޭ ކޮއްކޯ އިޔާޝް އެ ދައްކަނީ ތެދު ވާހަކަ އެއްތަ؟” ކައިލްގެ ކޮޓަރިއަށް ވަދެގެން އަންނަމުން ކައިރާ ހެވިފައި ހުރެ އަހާލިއެވެ. އެއިރު ކައިލް އޮތީ ފޯނު ހިފައިގެންނެވެ. ކައިރާ ކޮޓަރިއަށް ވަދުމުން ފޯނު ނިއްވާލުމަށް ފަހު އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. ” ކޮން ވާހަކައެއްތަ؟” ނޭނގޭ ކަމަށް ހެދެމުން ކައިލް އަހާލިއިރު އޭނާ ހިތުން އިޔާޝް އަށް ލައްކަ ފަހަރު ކުދި ކިޔެވެ. ” ދެން މާ ނޭނގެ ކަމަށް ހަދާނި ކަމެއް ނެތް…އިޔާޝް ބުންޔޭ ދޮންތި ކައިރީގަ ކައިލް އަށް މިއަދު ބީޗުން އަންހެން ކުއްޖަކު ފެނިގެން ދީވާނާ ވެގެން އުޅުނޭ” ކައިރާ ހެމުން ކައިލް ކައިރީ ބުނެލިއެވެ. ” ޕިސް..އެ އިޔާޝް ދައްކަފާނެ ކޮންމެ ފަދަ ވާހަކަ އެއްވެސް…ދޮންތި އަށް ހީވޭތަ އަހަރެން އަންހެން ކުއްޖަކާ ދޭތެރޭ ސީރިއަސް ވެދާނެހެން. ނޯވޭ! ” ވަރަށް ފޮނިވެލާފައި ކައިލް އެހެން ބުނެލިއެވެ. ކައިލް އެހެން ބުނުމުން ކައިރާ އެއްވެސް ވަރަކަށް ހިތެހަމަ އެއް ނުޖެހުނެވެ. ހަގީގަތުގައި ކައިލް އުޅޭ ގޮތް ކައިރާ އަކަށް އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. ކައިލް ކައިރީ އޭނާގެ އުޅުން ބަދުލު ކުރުމަށް ކައިރާ އަށް ނަސޭހަތް ދެވުނީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. މިވީހާ ތަނަށް އޭގެ އެދެވިގެންވާ ނަތީޖާ އެއް ކައިލްގެ ފަރާތުންނެއް ނުފެނުނެވެ. ” ކޮއްކޯ ބައްޕަ ބުނުއްވިހެން ކޮއްކޮ ވެއްޖެ މިހާރު ތިއުޅޭ ގޮތް ދޫކޮށްލަން……ބައްޕަ އެރޭ އެހެން ބުނުއްވީ ބައްޕަ އަށް ކޮއްކޮ އަންހެން ކުއްޖެއް ގޮވައިގެން ކާރުގަ ދަނިކޮށް ފެނިގެން…މަންމަ ދޮންތަ ކައިރީގަވެސް އެހެން ބުނީ” ކައިރާ މީގެ ދުވަސްކޮޅެއް ކުރިން ބައްޕަ ދެއްކި ވާހަކަ ހަނދާން ކޮށްލަމުން ބުނެލިއެވެ. ކައިލް އިޚްތިޔާރު ކުރީ ހިމޭން ކަމެވެ. ކައިރާ ދެއްކި ވާހަކަތަކާ މެދު ފުރަތަމަ ފަހަރަށް ކައިލް ވިސްނާލިއެވެ. ނަމަވެސް އެއްޗެއް ބުނާކަށް ކައިލް ގަސްތެއް ނުކުރިއެވެ. އޭނާ މިހާރު އެއުޅުން ދޫކޮށްލަން ބޭނުންވެއެވެ. ޒިވާ އާއި ދިމާވި ދުވަހުން ފެށިގެން ކައިލް ދިރިއުޅުމާމެދު ސީރިއަސް ވާން ބޭނުންވިއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅާނީ ކައިލްގެ ސިކުނޑިއެވެ. ފަތިހުގެ ފިނިކަން ފަޒާގެ ތެރޭގައި ހިފާފައިވެއެވެ. ގަސްތައްވެސް ޖެހިލާ ތެތް ފިނި ވައިރޯޅި އާއެކު މަޑު މަޑުން ހެލިލައެވެ. ގޯތި ތެރޭ އިލޮށި ފައްޗެއް ހިފާގެން ކުނިކަހަން އޮތް ޒިވާގެ މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ. ބޮޑު ސިންގާ ގޯތި ތެރެ އެއްކޮށް ކުނި ކަހާ ނިންމާލިއިރު އޭނާ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ވަރުބަލި ފިލުވާލުމަށްޓަކައި ޒިވާ ގޮސް އިށީނީ ޖޯލީގައެވެ. ހަމަޖެހިލުމަށް ފަހު ޒިވާ އޭނާގެ ދިރިއުޅުމާމެދު ވިސްނާލިއެވެ. އުމުރުން 20 އަހަރު ވާއިރުވެސް ޒިވާ އަކީ އެއްވެސް ކަހަލަ ވަޒީފާއަކަށް ދާމީހެއް ނޫނެވެ. އެއީ ދާން ބޭނުން ނުވާތީ އެއް ނޫނެވެ. އޭނާގެ މަންމަ އެކަމާ ގަބޫލު ނުވާތީއެވެ. ޒަހުރާ ބޭނުންވަނީ ޒިވާ ވީހާވެސް އަވަހަކަށް މީހަކާ ކައިވެނި ކުރުވާށެވެ. ނަމަވެސް ޒިވާ އަދި ދިރިއުޅުމެއް ފަށާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އަދިވެސް ކިޔެވުމަށެވެ. ރަށުން ތައުލީމު ހާސިލް ކުރެވެން އޮތް އެންމެ މައްޗަކަށް ޒިވާ ތައުލީމު ހާސިލް ކުރިއެވެ. އޭ ލެވެލް ހެދުމުގެ ފުރުސަތު ރަށުން ލިބެން ނެތުމުން ޒިވާ އޭލެވެލް ކިޔަވާކަށް ގަސްތެއް ނުކުރިއެވެ. ގުރޭޑު 10 ނިމުނީއްސުރެ ޒިވާ އުޚެމުން ދިޔައީ ގޭގައި މަސައްކަތް ކުރަމުންނެވެ. އިތުރަށް ކިޔެވޭނެ ފުރުސަތެއް އޭނާގެ މަންމަ ޒަހުރާ ހޯދައެއް ނުދިނެވެ. ޒިވާ އެކަމާ ދެރަވެއެވެ. އެއުމުރުގެ އެހެން ކުދިން މައްޗަށް ކިޔަވާތީ ޒިވާވެސް ކިޔަވަން ބޭނުންވެއެވެ. ނަމަވެސް ޒަހުރާ ކައިރީ ޝަކުވާ އެއް ނުކުރެއެވެ. އޭނާގެ އުންމީދަކީ މާލެ ދެވުނު ދުވަހަކުން ޓީޗިން ކޯސް ހަދައިގެން ރަށަށް ޚިދުމަތް ކުރަން އައުމެވެ. ނަމަވެސް ސުވާލަކީ ޒިވާގެ އެ އުންމީދު ފުރިހަމަ ވާނެބާއެވެ؟ ޚިޔާލުތަކަށް ގެއްލިފައި އޮތް ޒިވާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭނާއަށް ގޮވީ މަރީނާއެވެ. “ކޮން ކަމަކާ މާވިސްނަނީ ތި؟” ޒިވާއިން ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން މަރީނާ އަހާލިއެވެ. ” ކަމަކާ ނުވިސްނަން……މަރިންތަ ކަމަކުތަ؟” މަރީނާގެ މޫނަށް ބަލާލަމުން ޒިވާ އަހާލިއެވެ. ” އާން އެ އާބިދާ މެންގޭ ކައިވެންޔަށް އައިސް ތިބި މީހުންނަށް މިއަދު ހަވީރު ސައި ހަދަން ވެގެން މަރިންތަ މިއައީ ޒިވާ ކައިރީ ހެދިކާ ކޮޅެއް ހަދާދޭށޭ ބުނަން ކަމަށް” މަރީނާ އޭޏާ އެގެއަށް އައި ބޭނުން ބުނެލިއެވެ. ” ތީ އެއްވެސް ކަމެއް ނޫނޭނުން…..މަރިންތަ ބުނޭ ހަދަންވީ އެއްޗެހި…އޭރުން އަހަރެން ތިޔަ ހަދާލަ ދީފާނަން” ޒިވާ ބުނެލިއެވެ. މަރީނާ ހަދަންވީ އެއްޗެހި ޒިވާ އަށް ކިޔައިދިނުމަށް ފަހު ދިޔައީ ހަވީރު ހެދިކާ ހިފާގެން އެގެއަށް އައުމަށް ބުނެފައެވެ. ޒިވާ ދާނެ ކަމަށް ބުނުމަށް ފަހު މަރީނާ ދިއުމުން އަވަސްވެގަތީ ހެނދުނު ސައި ހެދުމަށެވެ. އަތްމަތި އަވަސް ކުރަން ފެށީ ޒަހުރާ ސަިބޯން އަންނަ ގަޑި ކައިރިވާތީއެވެ. ކުޅިމަސް ހަދާލުމަށް ފަހު ރޮށި ފިހެ ނިމުނު އިރު […]
“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ. “ޔޫ ނީޑް މެޑިކަލް އެސިސްޓެންސް…” ރިފާޝާ ހުންނަނީ އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟ އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް ހުޅުވާލީ […]
” ޒައިކް އަށް އަޑު އަހާނެ ވަގުތެއް ވި ނަމަތާ؟” ޒައިކް މޫނަށް ބަލާލަމުން ޝިފާ ގެ ދެލޯ އިތުރަށް ވިދާލީ އެދެލޮލުން ފެނުނު ކުލައަކުންނެވެ. މާގިނަ އިރަކު ބަލަހައްޓައިގެން ހުރުމުގެ ޙިޔާލެއް ޒައިކް ހުރި ހެނެއް ހިޔެއް ނުވެއެވެ. ހުރިހާ ކާރެއް ހުއްޓުނީ މަގު ހިނގާ މީހުން ނަށް ވަގުތު ޖެހުމުންނެވެ. ހުންގާނުން އަތް ދޫކޮށްލަމުން ޝިފާ އުނަގަނޑުގައި ހިފާ ގާތަށް ދަމާލީ ކެއްތެރިކަން ކުޑަވެފައި ހުރި މީހަކު ފަދައިންނެވެ. […]
އެވަގުތު އަތުގައި ހުރި އެއްޗެހިތައް އަތުން ދޫވިއެވެ. މޭގައި އަތްއަޅާލުމަށްފަހު އަޑު އިވުނު ދިމާއަށް ބަލާލުމަށްޓަކައި މަޑުމަޑުން އެދިމާއަށް މޫނު އަނބުރާލަން އުޅުނު ވަގުތު ކުއްލިއަކަށް އިވުނީ ހުނުމުގެ އަޑެވެ. ******************************** ކުޑަކޮށް ހަޅޭއްލަވައިގަންނަމުން ހޭ އަޑު އިވުނު ދިމާއަށް ބަލާލެވުނެވެ. ޝާފީއާއި ޔަމާން ކޮޓަރި ދޮރުމަތީގައި ތިއްބެވެ. “މަންމާ… މަންމަ ބިރުގަތީދޯ….” ޝާފީ ހެމުން ހެމުން ބުނެލިއެވެ. އަހަންނަށް ވީ ގޮތް ފެނުމުން އޭނައަށް މަޖާވީއެވެ. އޭރުވެސް އަހަންނަށް ހުރެވުނީ މޭގައި އަތްއަޅައިގެންނެވެ. އަހަންނަށް އޭރު އިވުނީ […]
ހެދިކާ ހަދަން ތިބެފައި ރައިހާނާމެންނަށް ގެއަށް ދެވުނުއިރު ބާރަ ޖަހާފިއެވެ. ގެއަށް ގޮސް ޢީދު ނަމާދަށް ދާން ލާނެ ހެދުން އިސްތިރިކޮށްފައި ނިދިއިރު ތިނެއް ޖަހާނީއެވެ. އަނެއްކޮޅުން ހަތަރު ގަޑިބައިވިއިރު ހޭލިއެވެ. އަންޖަލް ފެންވަރައިގެން ނުކުތުމުން ރައިހާނާ ވަނެވެ. ދެކުދިން އެކީގައި ފަތިސް ނަމާދުކޮށްގެން ޢީދު ނަމާދަށް ދާން ތައްޔާރުވިއެވެ. މަޑު ނޫކުލައިގެ ފައިތިލައާ ހަމައަށް އަރާ ހެދުމުގައި އަންޖަލް ވަރަށް ރީއްޗެވެ. ހެދުމުގެ އަތު ކުރި ފުޅާކޮށްފައި ގަދަނޫކުލައިގެ ރޭނދާގަނޑެއް އަޅާފައި ހުއްޓެވެ. ބަނޑާ ދިމާއިން […]
ކޯމައްޗަށް އެރި ހޫނު އެތިފަހަރާއިއެކު މަޔާން ކޮލުގައި އަތްއަޅައިލައިގެން ހުރެ ޝަލީންއަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އޭރު ޝަލީންގެ ނަޒަރު މަޔާންއަށް ހުއްޓިފައިވީއިރު އެދެލޮލުން ފެނުނު ކުލަވަރުންވެސް މަޔާންގެ ހިތް ފިއްސާލިފަދައެވެ. އެދެލޮލުގައި ކަރުނަތައް ވިދަމުންދިޔައިރު ހިތާމައާއި އެކުވެގެން ރުޅިވެރިކަން ފާޅުވާންހުއްޓެވެ. “ބުނަން… މަޔާން ބޭނުން އެއްޗެއް މަށާ ދިމާލަށް ކިޔާ… މިދަރިފުޅާ ދިމާލަށް އިތުރަށް އެންމެ އެއްޗެކޭ ބުންޏަސް އަހަރެން މަޑަކުން ނުހުންނާނަން… ނަހަލާލު ދަރިއަށް ގޮވާއިރު އެންމެފަހަރަކުވެސް ހިތަށް ނޭރިއެއްނު އެރޭގެ މަތިންނެެއް… އަހަރެންގެ […]