އަޔާޒްގެ ފަހަތުން ގޮސް އަހަރެން ސޯފާގައި ޖައްސާލީމެވެ. ރިފާޝާ ހުއްޓުނީ ސްކްރީން ކައިރީއެވެ. “މީ މިހާރު އަހަރެމެން ސްޕައި ކުރާ ދެމީހުން.” އަހަރެންނަށް ހީވީ މީހަކު އަހަރެން ބުރަކަށީގައި ޖެހީ ހެންނެވެ. ދެލޯ އަތަށް ނައީ ކިރިޔާއެވެ. “ޖިހާން އެން އިބާނާ؟” ޤަބޫލު ކުރާނީވެސް ކިހިނަކުން ހެއްޔެވެ. ލިބުނު ސިހުމާއިއެކު ސްކްރީން ކައިރިއަށް ދެވުނީ އިޚްތިޔާރުންވެސް ބޭރުގައެވެ. “ޔާހް… ސޮރީ ޒިން، އެކަމަކު އެމްއެމްއޭ އަށް ބަޔަކު، މިދިޔަ މަހު ރިޝްވަތު ދީ، ފައިސާތަކެއް ހޯދައިފާވާކަމަށް ސާފު ހެކި މިއޮތީ..” އަޔާޒް އައިސް […]
ހޭލެވުނު އިރު މެންދަމު ބަރާބަރު ތިނެއް ޖެހީއެވެ. ވަށައިގެންވީ އަނދިރިކަމެވެ. އަހަރެންގެ ހިތުގައި ވަނީ ހާސްކުރުވަނިވި ބިރުވެރިކަމެއް އުފެދިފައެވެ. ހިތްވެސް ތެޅެމުން ދިޔައީ އެހާމެ ހަލުވި ކޮށެވެ. ހީވަނީ ދުވެފައި ރަށް ވަށާ ފަސްބުރު ޖެހިހެނެވެ. މުޅި މީހާ އޮތީ ދަލުން ފެންވެރިފައެެވެ. މުޅި ގައިގައި އަތް އުނގަޅަމުން އަަހަރެން ތެދުވީ ބޮކި ދިއްލާށެވެ. ދުރުން ހޯނެއް ޗޮކެއް ޖަހާލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެ ނޫނިއްޔާ އަޑެއް ބަޑެއް ނީވެއެވެ. އިވެނީ އަހަރެންގެ އަވަސްވެފައި […]
3 ވަނަ ބައިގައި ވާކަންތައްތަކަކީ އަސްލުގައި ވެދާނެކަމެއްކަމެއް އަޅުގަނޑަކަށް ނޭންގެ، އެއީ އަޅުގަނޑުގެ “އިމޭޖިނޭށަންގެ” މަށްޗައް ބިނާކޮށް ހަދާބައެކަށް ވާތީއެވެ. އަދި އެއްބައިފަހަރު ވާހަކަ އިޕްކުރާލެއް ލަސްވެދާނެ. އެއީ އަޅުގަނޑުގެ އޯލެވެލް ދުވަސްކޮޅުކަމައް ވާތީއެވެ.
ރީޝަމް އަކީ އުމުރުން 5 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. މި ކުޑަ ކުއްޖާގެ ބައްޕަ އަކީ އާމިރުއެވެ. އެވެ. މަންމަގެ ނަމަކީ ރިޒްނާއެވެ. ރީޝަމް ފިޔަވައި އިތުރު ކުއްޖަކަު މިއާއިލާއަކަށް ލިބިފައެއް ނުވެއެވެ. އެހެން ކަމުން ރީޝަމް އެ މީހުން ގެންގުޅެނީ ލޮލުގެ ކޮއި ފަދައިންނެވެ. އެހާވެސް ލޯބިވެއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ރިޒްނާާ ވަރަށް ބޮޑަށް ބަލިވިއެވެ. ހުން އައިސް ހޮޑު ލެވެނީއެވެ. އެ ދުވަސްކޮޅު ރިޒްނާ އަށް ގޭތެރޭގެ ކަންތައްތައް ބަލަހައްޓަން ވީީ […]
ހަވީރުވަގުތެވެ. އިޝްވާ އާއި އޭނާގެ އެކުވެރި ޒިވާ ދިޔައީ ރަސްފަންނުގައި ހިނގަމުން އައިސްކުރީމް ބޮމުންނެވެ.މިއީ އަބަދުވެސް އެ ދެކުދިންގެ އާދައެވެ.އެ ދެކުދިން އެއްތަންވުމަށް ފަހު އަބަދުވެސް އޮންނާނީ މި ކަހަލަގެ ސަކަރާތެއްޖެހުމެވެ……… “އިޝް ބަލަ މިއޮއްކަމެއް!! އަންހެނެއް ފިރިހެނެއް ނޯވެ އިޝް ފެނުމުން ނުބަލާކަށް! ” އަޅެ ޒިވް ދެން އެއީ އަހަރެން ކުރާނެކަމެއްތަ؟ އެހެންވެއޭ އަހަރެން ބޭރަށްވެސް ނިކުންނަށް ހިތް ނުވަނީ!”އިޝްވާ ތުން ދަމާފައި ބުނިގޮތުން ޒިވާ އަށް ނުހީ އެއް ނީންދެވުނެވެ.. އިޝްވާ އަކީ އިސްކޮޅުން މާ ދިގުނޫނަސް ރީތި ކުއްޖެކެވެ.ހަމުގެ ކުލަ އަލި، ބޮޑު ކަޅު ކުލައިގެ ލޮލަކާއި ހިމަހިމަ ރީތި ނޭފަތެއްގެ އިތުރުން ބައްޓަން ރީތި ހަށިގަނޑެޢް ގުދުރަތުން އިޝްވާ އަށް ލިބިފައިވެއެވެ.ޢިޝްވާގެ […]
ފަތިސް ނަމާދު ބަންގީގެ އަޑަށް އަހަރެންނަށް ހޭލެވުނެވެ. އެއީ އަބަދުވެސް އާދައެވެ. ހުރިހާ ނަމާދަކަށް އެވަރަށް ހަމަ ސަމާލްކަން ދެވެއެވެ. ނަމަވެސް މިހާރުއެވެ.އެއީ އަހަރެންގެ މާޒީއެވެ. އަހަރެން މީ ވަރަށް ނުބާ މީހެކެވެ. ކުރެވުނު ފާފަތަށް ގުނާ އަދަދު ނުކުރެވޭނެއެވެ.އަހަރެންނަށްް މިހެން ވިސްނަން ހުއްޓާ ޖަމާޢަތަށް ނުދެވިދާނެއެވެ. ދެން އަހަރެން ތައްޔާރުވެގެން ދިޔަ އީ ނަމާދަށެވެ. ނަމާދުން އައިސް ކުޑަ ވަގުތުކޮޅަކު ޤުރުޢާންގެ މޫރިތިވި އާޔަތްތަށް ކިޔަވާަލުމުގައި ވަގުތު ގޭދަ ކުރީމެވެ. އެއަށްފަހު ކުޑަކޮން ނިދާލުމަށް އެނދުގައި […]
ދެލޯބިވެރިން ކަރުނުން ފުރިގެންވީ ނަޒަރަކުން އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު އެ މަންޒަރު ދެކެން ތިންވަނަ ފަރާތެއް ހުރިކަމެއް ނޭނގުނެވެ. މަޑުމަޑުން ރެސްޓް ރޫމްގެ ދޮރުލެއްޕިގެންދިޔައިރު ދުރުވަމުންދިޔަ ބަރު ފިޔަވަޅުތަކުގެ އަޑުއިވިފައި ޝަލީން ވަގުތުން މަޔާންގެ އަތްދަށުން ވީއްލިގެން ރެސްޓްރޫމްއިން ނިކުންނަން ހިނގައިގަތްއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ރެސްޓްރޫމްއިން ނިކުތްއިރު ދިގު ހޯލްވޭގައި އެ މީހެއްގެ ނިޝާނެއްވެސް ނެތެވެ. ނަމަވެސް މިރޭ އެދެމީހުން ދެއްކި ވާހަކަތައް ތިންވަނަ ފަރާތެއްގެ ކަންފަތާއި ހަމަޔަށް ފޯރައިފިކަން […]
އެދުވަހުވެސް ހަ ފަހަރު ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ހަމަ ފޯނެއް ނުނެގިއެވެ. އޮފީހުގެ ކަމެއްގައި އަޔާޒް ވަރަށް ބުރަކޮށް އުޅޭ ކަމުގައި އާތިފް ބުނީ، ނަދާ ގޮވައިގެން ހުރިހާ ކަމެއްގައި އާތިފް އުޅެން ޖެހުނު ސަބަބު ބުނެދިނުމަށެވެ. އަޔާޒް ނަދާގެ ފޯނަށް ޖަވާބު ދިނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. ކުރީރޭ ނަދާއަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އެ ދުވަހު އަޔާޒްއާ ނުގުޅިއްޖެ ނަމަ އަޔާޒްމެން ގެޔަށް ގޮސްގެން ވިޔަސް ވާހަކަ ދައްކަން ބޭނުން ކަމަށް ބުނެ […]
ލަސް ފިޔަވަޅު ތަކެއްގައި އައިސް ކިޔާރާ ޖިއާން ގާތު މަޑުކޮށްލަމުން ޖިއާންގެ އެ ރީތި މޫނަށް ބަލައިލިއެވެ. އެއީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. އެ މީހަކާއެކީ މުޅި ހަޔާތް ވޭތު ކޮށްލަން ހިތް އެދުނު ބައިވެރިޔާއެވެ. ނަމަވެސް ކައިވެނި ކުރިތާން ސައުވީސް ގަޑި އިރު ނުވަނީސް މުޅި އުމުރަށް އޭނާ އެކަނި ދޫކޮށް ޖިއާންވަނީ ގޮސްފައެވެ. މާ ދުރަށެވެ. ކިއާރާ ލޯބިން ޖިއާންގެ އަތުގައި ބޮސްދީފައި އަދި އެހާމެ ލޯބިން ޖިއާންއަށް ގޮވައިލިއެވެ. އޭނާގެ އަޑު އިވުމުން […]