“ލުވެއިޒް!” ލިބުނު ސިހުމާއި އެކު ސިކުނޑި ހުއްޓުނު ކަހަލައެވެ. ފެނުނު މަންޟަރު ޤަބޫލުކުރަން ހިތް ނޭދޭތީއެވެ. ވެދާނެ ކަމެއްކަމަށް ޚިޔާލަށް ދުވަހަކު އައި ކަމަަކަށް ނުވާތީއެވެ. މީހެއް ލައްގާފައި އޮތީއެއް ނޫނެވެ. ލައްގުވާފައި އޮތް ފިރިހެނެއްގެ ހަށިގަނޑެވެ. އެއްބަނޑު އެއްބަފާ ބޭބެއަަށް ވުރެ ގާތް އަހަރެންގެ އެކުވެރިޔާއެވެ. ދެއަތް މައްޗަށް އައްސާފައި، ތޮށިގަނޑުން ހިލައެއްގައި އައްސާލާފައެވެ. ހަށިގަނޑު އެ ގަދަފަދަ ރާޅު ތަކާއި ތެޅޭނެ ގޮތަކަށް ތެޅެން ދޫކޮށްލާފައެވެ. ދަބަހުން، ވަޅިއެއް ނަގާ، އަހަރެން ވާގަނޑު މޮހާލީމެވެ. […]
އެންމެންވެސް ތައްޔާރު ވެގެން ނުކުތުމާއިއެކު ދެން މިސްރަބު ޖެހީ ޕެޓްރޯނަސް ޓަވާރ އަށް ދިޔުމަށެވެ. ޒިރާންވެސް ހުރި އެތަނަށް ދާހިތުން ކެތް މަދުވެފައިއެވެ. އެތަނަށް ގޮސްފައި ކައިޒީން ހުއްޓާނުލައި ނަގަމުން ދިޔަ އެއްޗަކީ ފޮޓޯއެވެ. އާއިލާ ފޮޓޯއާއި ވަކި ވަކިން ފޮޓޯއެވެ. ތަނުގެ ރީތި ކަމުން އެހެން މީހުންނަށް ތަނެއް ގުޑުވާލަން ނުކެރުނު އިރު ކައިޒީން އެތާ ހުރެގެން ތެޅި ފޮޅެނީއެވެ. އަލަށް އެކަހަލަ ބޮޑު ރީތި ތަނެއް ފެނުމުން ވާނީ އެހެން ނޫން ހެއްޔެވެ. އޭގެ […]
•••••• ▪︎-“ù “ހިނގާ ދޯ ދެން ގެއަށް ދަމާ…” ކައިޒާން ބުނެލިއެވެ. އުޑުމަތީގައި އެންމެ ވިލާކޮޅެއް ވެސް ނެތެެވެ.އުޑު މަތީ ވަރަށްވެސް ސާފެވެ. މި މަންޒަރަށް ބަލަހައްޓައިގެ ހުރި ފިރިހެން މީހާ ވަނީ ފުން ހިޔާލެއްގެ ތެރޭގައެވެ.ޖެހިލާ ފިނި ވައިރޯޅިތައް ގައިގާ ބީ ހިލާއިރު އެ ފިރިހެން މީހާ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެތިވެއެވެ. އެ ފިރިހެން މީ ހާ ސިއްސައިގެން ދިޔައީ ދޮރުގަެި މާ ބާރަކަށް ޓަކި ތަޅަން ފެށުމުންނެވެ. “ތި ޓަކި ނުޖަހަ ވަދެބަލަ…” […]
މުނާ އާއި ޝައިމް ކައިވެނި ޕާޓީ ގައި ބޭނުން ކުރާނި ތީމް އަ ކާއި ޕާޓީގެެ ކުލަ ހުށަ އެޅުމުގެ ފުރުސަތު ހުޅުވާލަން…..
ކާރުގެ އެންމެ ފަހަތު ސީޓުގައި ތިބީ ތަމަންނާއާއި ވިލްދާނެއެވެ. ދުއްވަން އިނީ ގައިޝާންއެވެ. ހުއްޓާ ނުލާ ވާހަކަ ދައްކަން އިނީ ޖައިލާއެވެ. ޖައިލާގެ ބޭކާރު ވާހަކަތަކަށް ހޫން އަޅުވަމުން ތަމަންނާގެ ކުޑަ އިނގިލި ވިލްދާންގެ އިނގިލީގައި އޮޅާލިއެވެ. އެއްޗެއް ނުބުނިކަމުގައި ވިޔަސް އޭނާގެ އެ ހަރަކާތުން ވިލްދާންގެ ހިތަށް ހަމަޖެހުމެއް ލިބުނެއެވެ. ތަމަންނާ އޭނާޔާއި ދިމާލަށް ބަލާނުލިޔަސް ވާހަކަ ނުދެއްކިޔަސް އެ ވަގުތު ވިލްދާންގެ ހިތަށް ފޯރުވީ ބަޔާންނުކުރެވޭ ފަދަ އިހްސާސެކެވެ. ކާރުގެ އޭސީންނާއި ތަމަންނާގެ ކުޑަަ އިނގިލިން ލިބެމުންދިޔަ އަރާމުން އޭނާގެ ލޯ ދިޔައީީ މެރެމުންނެވެ. ދުރު ހަނދާނެއް ސިކުނޑީގައި ކުޅެވެމުން ދިޔައެވެ. ފެންނަނީ ކުޑަ ކުއްޖެކެވެ. ނަމަވެސް އޭނާގެ ބޯ އޮތީ ފެންގަނޑެއްގެ އަޑީގައިއެވެ. ނޭވާ ނުލެވިގެން އެކުއްޖާ މަރަށް ތެޅެނީއެވެ. ހޭކެނޑިގެން ގޮސް ލޯ މެރުނުއިރުވެސް އެ ކުއްޖާ ފެންގަނޑުން ބޯ ނުނެގިއެވެ. ހީވާގޮތުގައި މީހަކު ގަދަކަމުން ކަނދުރާގައި ހިފަހައްޓާފައިހުރި ކަހަލައެވެ. ކުއްލިއަކަށް އެ މަންޒަރު ގެއްލި ދެން ފެނުނީ އަންހެންކުއްޖެކެވެ. ނޫ ކުލައިގެ ހެދުމެއްގައި ހުރި އަށް ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. […]
“އަޒްހާން….” އެ ނަން ހައިރާގެ ދުލުން ބޭރުވީ ބޭއިޙްތިޔާރުގައެވެ. އޭނަގެ ކުރިމަތީގައި ހުރީ އަޒްހާންނޫންކަން އިނގިހުރެވެސް އެ ނަމުން ގޮވާލެވުނީ އެ ސޫރައާއިއެކު އޭނަގެ ހިތުގައި މަރުހޫމް ފިރިމީހާގެ ހަނދާންތައް އާވެގަތުމުންނެވެ. އެއީ ހަމަ އެ ސޫރައެވެ. ރޫފައާއި އިސްކޮޅެވެ. ތަފާތުކަމެއްވީ އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ބީރައްޓެހި ނަޒަރުގައެވެ. “ދަރިފުޅާ… ޒެލް….” ހައިރާގެ ފިޔަވަޅުތައް ގަނޑުވީގޮތަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިފައި ހުރެފައި ދެލޯ ތެންމާލިކަރުނަތަކާއިއެކު ދުވެފައި އައިސް ހައިޒަލްގެ ގައިގައި ބައްދައިގަތެވެ. ދުރުން ބަލައިގެން […]
އޭރު އިނާލްގެ މޫނުމަތިން ފެނިލީ ނުރައްކާތެރި ކުލަވަރެކެވެ. އީނާލް ހިތްހަމަޖެހޭވަރުވުމުން ދުނިދަނޑި ތިރި ކޮށްލިއެވެ. ޝާހިން އަށް އޭނާ އެއްމިޔަކަނިން ހީލީ ލާނެތް ފާޑާކަށެވެ. އީނާލްގެ ދިގު ފަންއިސްތަށިގަނޑު ލުއި ހުޅިއެއް ޖަހާފައި ހުރުމުން ސާދާ ގޮތެއް ހުއްޓެވެ. ހުޅިން ދޫވެގެން ދެއަރިމަތިން އިސްތަށިކޮޅެއް ވެއްޓިފައި އޮތުމުން އީނާލްގެ ރީތިކަން ވީ އިތުރެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަތް ދިގު މަތިކޮޅަކާ ކަޅު ސްކިނީއެކެވެ.” ކިރިޔާ ހިތް ނުހުއްޓުނީ….އީންގެ ކަމަކީ ތި….ތީގެން އަތް ދޫކޮށްލާނީވެސް އާދޭސް ކޮށްގެން…..ހިނގާބަލަ […]
“ދަރިފުޅު ތިބުނިހެން މީހަކަށް އިތުބާރުކުރަން ޖެހޭނެ އެމީހަކު ރަނގަޅަށް ދެނެގަންނަން. އެހެންވީމަ މަންމަމެން މިއުޅެނީ އަންނަ ހޮނިހިރު ދުވަހު މަލާކް ގޮވައިގެން އެ ޑރ އަޔާޒް ކައިރިއަށް. އެ ޢާއިލާއިން ބޭނުންވަނީ އަޔާޒްއާއި މަލާކް ކައިވެނިކުރަން.” ސާރިޔާ ބުނެލިއެވެ. އޭނަ އެ ބަސްތައް ބުނެލުމާއެކު މަލާކްގެ ދެލޯ ބޮޑުވެ އޭނަގެ އަތަށާއި ފަޔަށް ބާރުވެގެން ދިޔައީ އޭނަގެ އިޚްތިޔާރަކާއި ނުލައެވެ. ސާރިޔާ މަލާކަށް ވީގޮތް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. “އެނގޭ މަލާކް ވަރަށް […]
އެ ވަގުތު ނައިހާގެ ލޮލުން ކަރުނަ އައެވެ. އެނބުރިފައި ނަރީމާގެ އުނަގަނޑުގައި ބައްދާލަމުން ނައިހާއަށް ރޮވުނެވެ. ކައިވެންޏަށް ފަހު ޔަޒާންމެން ގެޔަށް ބަދަލު ވި ފަހުންވެސް މަންމަ މަތިން ނައިހާ ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޔަޒާންގެ މަންމަ ނުސްރާ ނައިހާއަށް ވަރަށް ރަނގަޅެވެ. އަމިއްލަ ދަރިއަކާ ނައިހާ އެއްވެސް ތަފާތެއް ނުކުރެއެވެ. ހަމަ އެހެން ޔަޒާންގެ ދެ ކޮއްކޮ، ޔުސްރާއާ ޔާނިއުވެސް ނައިހާއަށް ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް ޔަޒާންއާ މައްސަލަ ޖެހޭ ކޮންމެ […]