އިސްއުފުލާލަމުން ކުރިމަތި ބަލާލި ވަގުތު ލޫންގެ މޫނު އެއްކޮށް ހުދުވިއިރު ދެލޯވަނީ ބޮޑުކޮއްލެވިފައެވެ.
*************************
އެ އަޅިކުލައިގެ ދެލޮލާ އެ މޫނުމަތީގައިވާ ހިތްހެޔޮ ހިނިތުންވުން ލޫންއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. ދާނިޝްއެވެ.
“ސޮރީ..ސޮރީ….ވަރަށް ތަދުވިތަ؟…” އެހެން ބުނަމުން ދާނިޝް ލޫންއާ ދިމާލަށް ބަލާލަން އުޅުމާއެކު ލޫން އަވަސް ހަރަކާތަކާއެކު އިސްދަށަށް ޖަހާލަމުން ކުރިއަށް ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ.
ދާނިޝް ލޫން ދިޔަދިމާލަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވާލަމުން ކުރިޔަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ.
********************
ލޫންގެ ހިތްދިޔައީ އޭގެ އެންމެ ބާރުމިނުގައި ތެޅެމުންނެވެ. އެ ހިތްވަނީ ބިރުގެންފައެވެ. ލޫންގެ ހިތަށް އަރަމުންދިޔައީ އެންމެ ސުވާލެކެވެ. ދާނިޝްއަށް އޭނާ ފެނުނު ހެއްޔެވެ؟ މި ވިސްނުމުގައި ބޯހާސްކަމެއްގެ ތެރޭގައި އުޅެނިކޮށް ގެއާ ހިސާބަށް އާދެވިއްޖެއެވެ. ހިމަ ގޯޅިގަނޑަކުން ލާފައި ދިޔަވަގުތު ލޫންގެ ހިތްތެޅެމުންދިޔައީ އިންތިހާއެށެވެ. އެގޯޅީގައި އަބަދުވެސް ރަސްކަންކުރާ ގުރޫފުގެ އުނދަގޫ ލޫންއަށް އަބަދުވެސް ފޯރައެވެ. ލޫންއަށް އިސްއުފުލާ އެމަގަށް ނަޒަރުހިންގާލެވުނީ އެމީހުންގެ ހިލަމެއް ނުވުމުންނެވެ. ދެއަހަރުތެރޭ ވަރަށްވެސް ގިނަ ކަންތައްތައް ބަދަލުވެއްޖެއޭ ލޫންގެ ހިތަށް އެރިއެވެ. ނަމަވެސް އޭނަ ކުޑައިރުއްސުރެ އުޅެމުންއަންނަ ގޭގެ ވަންނަ ދޮރާ ހިސާބަށް އެރުމާއެކު ބަދަލުނުވާނޭ ކަންތައްތަކެއް ހަނދާނަށް އައުމާއެކު އެހިތަށް ތަދުވިލެއް ބޮޑުކަމުން ލޮލުން ކަރުނަހިލުނެވެ. ކަރުނަތިކި ފޮހެލަމުން ދެލޯމަރާލަމުން ލޯހުޅުވާލީ ހިނިތުންވެލަމުންނެވެ. އެއީ ދުނިޔެއަށް އޭނާ ދައްކަމުންދާ ފަރާތެވެ. އޭނާ ކުރަމުންދާ ހިތާމަތަށް ވަނީ ކޮޓަރީގެ ހަތަރުފާރު ތެރޭ ގައިދުވެފައެވެ. އޭނާގެ ހިތުގައިވާ ޝަކުވާ އޭނާ ކިޔާދޭންޖެހެނީ ދިރުމެއްނުވާ އެކޮޓަރީގެ ހަތަރުފާރަށެވެ. އޭނާގެ ހިތާމަތަށް ވަންހަނާ ކުރަން އަބަދުވެސް އޭނާ ހިނިތުންވާނެއެވެ. އެ ހިނިތުންވުމުގައި ހުރެ ލޫން އެގޭގެ ބެލްއަށް ފިތާލިއެވެ. ހިނދުކޮޅެއް ފަހުން ގޭގެ ދޮރުހުޅުވާލީ ސާޅީހަކަށް އަހަރުގެ އަންހެނެކެވެ.
“ކަލޭ….އަނެއްކާ އަނެއް ކަންތަކާ މިޖެހުނީ….” އެއަންހެން މީހާ ބުނެލީ ދެބުމަ ގޮއްޖަހާލަމުން ލޫންއާ ދިމާލަށް ބަލާލަމުންނެވެ. ލޫން ހަމަ އެކަނި އިސްޖަހާލީއެވެ.
“އަނެއްކާ ދެއަހަރުފަހުން މަށަށް އެ ސުންޕާ ދޮންދަރި ބަލަން ޖެހިއްޖެ….ކީއްކުރަން ކަލޭތިއައީ….ކުރިން އުޅުނު ތަނަކަށް ދާން ވީނު…..” ލޫންގެ ދޮންމަންމަ ޒާހިޔާ ބުނެލިއިރު އެއަޑުގައި ރަހުމެއް ކުލުނެއް ނެތްފަދައެވެ. ލޫންހަމަ އިސްދަށަށް ޖަހާލައިގެން އަތުގައިތޮތް ދަބަހުގައި ބާރަކަށް ހިފަހައްޓާލައިގެންހުރީ އިހުސާސްތައް ކޮންޓްރޯލް ކުރަންހެން ހީވިއެވެ.
“ހޫންން…ދެން ހެވޭ….މާ މައުސޫމްކަމަށް ހެދިގެން ނުހުއްޓަކަސް….ވަދޭ…މާދަމައިން ފެށިގެން ޖެހޭނެ މިގޭގައި އުޅެން ބޭނުމިއްޔާ މަ ބުނާ ކަންތައްތައް ކޮއްދީގެން އުޅެން….އަޑު އިވިއްޖެ…..” ލޫންގެ ދޮންމަންމަ ޒާހިރާ އޭނާ ބުނެލަން ބޭނުންވާ އެއްޗެހި ބުނެލާފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ހިތްދިރުވާލަމުން ލޫން އެތެރެއަށް ފިޔަވަޅެއްއަޅާލީ ކައިރީއިން ފޮށީގައި ހިފާ ދަމާލަމުންނެވެ.
ކުޑަ ސިޓިންރޫމަކާއެކު ހަތަރުކޮޓަރީގެ މި އެޕާރޓްމެންޓްތެރެ ކުޑަ ގޮނޑަކާ ތަފާތެއްނެތެވެ. އޮޓޯމެޝިން ކައިރީ އަންނައުނުތައްހުރީ ފުނިޖެހިފައެވެ. ބަދިގެތެރެ ބަލާލިއިރު ޒިންކުތެރެހުރީ ކާތަށިތަކާއި ތެލިތަކުން ފުރި ބަރާވެފައެވެ. މުޅި ބަދިގެތެރެއިންވެސް ދުވަމުންދިޔައީ ކާއެއްޗެހީގެ ކުނިވަހެވެ. ދެފަރާތަށް ބޯހަލުވާލަމުން ލޫންގޮސް ކުރިން އޭނާ އުޅެމުންނަންނަ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރީ ދޮރުގެ ތަޅުގައި ހިފާ އަނބުރާލަން އުޅުނު ވަގުތު ގޭގެ ދޮރުހުޅުވި އަޑުއިވުނެވެ. ކާކުތޯ ބަލާލުމާއެކު ލޫންގެ ހިތް ތެޅިފޮޅިގަތީ ނިކުންނަން ހެންހީވިއެވެ. ދިގު ހަށިގަނޑެއް ލިބިފައިވާއިރު އިސްތަށިގަނޑާއި ތުބުޅީގައި ނުރަޖަހާފައިވީ ނަމަވެސް ޝަހުސިއްޔަތު ވަރުގަދަވެފައި ކަޅުކަންގަދަ ވަރުގަދަ ބުމައެކެވެ. ފަންސާހަކަށް އަހަރުވެދާނެއެވެ. އެ މީހާގެ ކަޅުކަންގަދަ ބުމަ ގޮއްޖެހުނީ ލޫން ފެނިފައިކަންނޭގެއެވެ. ލޫން އެތާ ހުރިކަމަށް ހަދާލުމެއްނެތި އެމީހާ ކުރިއަށް ހިނގައިގަތެވެ.
“ބައްޕާ…” ލޫންއަށް ގޮވާލެވުނެވެ. ޝާކިރު އެހުރި ފިޔަވަޅުމަތީ މަޑުކޮއްލިއެއްކަމަކު ލޫންއާ ދިމާލަށް ބަލާވެސް ނުލައެވެ. ހަމަހިމޭންކަމުގައި ސިކުންތުކޮޅެއް ވޭތުވެގެންދިޔައެވެ. ލޫން އެއްޗެކޭ ނުބުނުމުން ޝާކިރު އޭނާގެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.
“ބައްޕާ…” މިފަހަރު ލޫން ޝާކިރުއަށް ގޮވާލިއިރު ދެލޯވަނީ ކަރުނުން ފޯވެފައެވެ.
“ކިހާ ދެރަކަމެއް ދެން….އެއްޗެއް ކިޔަންޏާ ކިޔާބަލަ….ހީވަނީ އެހެންފަދަ ކަމެއްވެގެން އުޅޭހެން….” ލޫންއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލުމަށްފަހު ޝާކިރު އޭނާގެ ކޮޓަރިއަށްވަދެ ބަންލާފައި ދޮރުޖަހާލިއެވެ. ޝަކުވާއިން ހިތް ފޯވަމުންދާހާލު ލޫން އޭނާގެ ކޮޓަރިއަށް ވަނެވެ. ދެއަހަރުފަހުން ބައްޕަ ފެނުމުން އޭނާއަށް އެ ބައްޕައަށް ގޮވާލެވުނީއެވެ. ނަމަވެސް އެ ބައްޕައަށް ކަމެއް ވާހެންވެސް ހީނުވާފަދައެވެ. މިފަދަ ހިޔާލުތަކުން ބޯހާސްވާންފެށުމުން ލޫން ގަސްތުކުރީ ގޭތެރެއާ އޭނާގެ ކޮޓަރިތެރެ ސާފުކޮއްލުމަށެވެ.
**************************
“ވަދޭ…” ކެބިންގެ ދޮރުގައި ޓަކިޖަހާލިއަޑު އިވުމުން އައިޝަމްބުނެލިއެވެ. ވަނީ އައިލީންއެވެ. އައިޝަމް އައިލީންއާ ދިމާލަށް ބަލާލުމަށްފަހު ފޯނަށް ނަޒަރެއްދިނީ ފޯން ރިންގް ވާން ފެށުމުންނެވެ. އައިލީން އޭނާގެ އަތުހުރި ފައިލްތައް މޭޒުމަތީގައި ރީއްޗަށް ބެހެއްޓުމަށްފަހު ހިނގައިގަތީ އޭނަގެ ކެބިންނަށް ދިއުމަށެވެ.
“ހެލޯ…ކީކޭ ބެން…އާން..އާން..އޯކޭ..ބޭނުން އިރަކު އަންނަންވީ…ޔެސް….މިދަނީ ތިރިއަށް…އާން..އޯކޭ..” އައިޝަމް ބުނެލިއެވެ. އަދި އަވަސް ހަރަކާތަކާތަކާއެކު ކެބިންއިން ނުކުމެގެން ހިނގައްޖެއެވެ.
*******************************
“އައިލީން…ދެ ކޮފީ ގެނެސްދީބަ…” ކަންފަތުގައި ފޯނު ޖަހާލައިގެންހުރި އައިޝަމް ބުނެލިއެވެ.
“ބެން…އެއްކަލަ ދުވަހު ބުނީމެއްނު އަހަރެން ސަލާމަތް ކުރި އަންހެން ކުއްޖާގެ ވާހަކަ..އެއީ އައިލީން..” އައިޝަމް ބުނެލިއެވެ. އިއްބާން ދިޔައީ ސިއްސައިގެނެވެ. ނަމަވެސް ނިކަން އަވަހަށް ހަމަޖެހިލަމުން ހިނިތުންވެލައިފިއެވެ.
އެވަގުތު ތަބަކަށް ދެތަށި ކޮފީޖޯޑު ލައިގެން އައިލީން ވަނެވެ.
އައިލީންއަށް އިއްބާން ފެނުނު ނަމަވެސް އަޅައެއް ނުލިއެވެ. އެދުވަހު އިއްބާން އެގޮތަށް އޭނައާ ދިމާލަށް އެއްޗެހިކިޔާފަ ކޮއްފާލާފައި މީގެ އިރުތުން އެ ރުޅިގަނޑު ހަދާންވުމުންވެސް އައިލީން ފާޑަކަށް ބިރުގަނެ ހީބިހިނަގާގޮތްވެއެވެ.
“އައިލީން!!!!” މުޅި ކެބިންގައި އެއްއަޑަކުން ގުގުމާލައިގެން ދިޔައީ އައިޝަމްގެ ރުޅިވެރި ހަޅޭކުގެއަޑެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
75 Comments!
Comments are closed.








Heii guys…I know mi part kurukan….sorry for that…Mi partves kamudhane kamah ummeedhukuran….
Lve u all..
❤❤
Yeye me first
Wow…mallu haadha molhey..V v rythi mi bai vx???❤❤❤??????..Vrythi vaane dhen aisham aa aileen aa, loon aa ibbaan aa gulhehjehyaamu…hehe…just my opinion…N btw i think aisham ge gayah coffee thashi veruny hen..hehe..so curious to read it..ly malluuuuahn???????????????????
Awwn..thanks jiji….Ehehe…nyge dhw dhn…And vedhaane dhw Aishamgr gayah coffee thadhi veruneekamah….Mal akahves nyge..dhn anna part kiyaalrema engyne…??..Ehehe..lve u too..??
Ehehe..congrats jiji…??
?…. Aisham gayah coffee thashi veruny dhw
Ehehe..nyge….vedhaane…???
Malkkoo….mi part kurakas varah reethi ??????? whn is next part ??? can’t wait.???Ly…c u soon ??????❤️❤️❤️❤️??????
Awwwn..thanks meekko…Next part varah avahah Insha Allah…lve u to.???
Haa Dhaalu kurey??
Sorry Zelll…Next part dhigu koaldhynan..❤
Haadha**
Haaadha reechey… mal putty… ❤❤❤❤when next? ??❤❤❤?❤?????love u much more…
Thanks Isha…Ehehe…mal putty ey….??..
Thanks..varah salhi..❤..next part insha Allah varah avahah…lve ya..
V v reethi mi part vexx
Thankss Xaara..?♥
Varrah reethi. When is next part?????
Thanks cutie…Next part insha Allah varah avahah…ly?♥?❤
It’s gross mal????
?It’s not gross..WTH r u saying
Whats wrong with you idiot????????????? you are gross Ah sham. The story is not gross??????the story is beautiful
Hey Ah sham whats wrong with you???????????????
Mai don’t listen to Ah sham. Its not at all gross. Ah sham is mad
Thanks silvii…yeah…E ok vaane…Eki meehunah reethi vaanee eki ehchehi…Ahsham kiyaa ehch kiyan bahahthaa…E ok vaane..Eheheh…And thanks silvii thihaa supportive veema.. ???♥♥
Yes silvi you are right about Ah sham.
Mal what aren’t you replying to comments??
Ehehe Xaara….mal school gaey eyruga ulhunee…Ehn v..thanks..?❤
Vvv salhi ? Ekm v kuru?
Thanks SAMMI…sorry ingy….next part dhigukoaladhynan…?❤
?Ekm ??one of the best ?stores I’ve read ?
Awwn..thank u soo much SAMMI..??
Wow nice
Thanks Ailee….❤
Malkko how are you????mi part ves haadha reechey?? I am curious to read next part.love you dhoony???????
Thanks cutie…Eheheh..Mal ahama good….cutie kihineh? Lve u too..
Hey meekko how are you? How can I talk to you meekko? Reply this please????????
Heyy cutie…… I’m Gud I think???how are you???? ????Did u use hangout????Kirin part ga inaane reply dheefa???
Varah reethi…
Maa sha Allah…
Waiting for the next part…
Kon irakun noa cover pic change kurani…
Thanks Ninni…Ehehe.. Cover pic dhw…Insha Allah varah avahah….❤♥
Yes meekko. I saw the reply. Thank you for making me a friend????
Yessss meekko? I started using hangouts?? tell me your email
Jiji…..malkko…. mi thakun kujeh kairyy bunyy ma dhyyneh meekko ge email?
No sorry.dont give
?Oh u mean u ge mail tha
Ekm vx public koh i men ehvx kuhjeh ge mail nudhehchey..ok meek
I am fine meekomee????
Meekko thee kon rasheh??
Fahun bunaanu???????
OK. But how can I get your email?????????
Then how can I get your e-mail meekkko???????????
I have Ash’s viber number. I got that from “waanan ummurah 10″the part in.I can viber my E-mail to ash then you can take from her and message me.? reply to this meek ko. Pls
Meekko please reply to my last comment
Is there any one online ooh?tell me I wanna talk
I am booored
Heii cutie..?…
Hi mall
Noolhn dhw…Ehn vee iru bye ingy…Nyts…✨
Eba ulhn dhw…kihinehtha cutie
NooonI am here
Rangalhu mal kihineh
Btw mal dheefaanan malge gmail…If u want….hangout in tlk kurevidhaane….ok tha?
Yes
What are you doing? Do you use hangouts?
Yeah..mal hangout use kuran…dhntha gmail..??
Yessssssss please
Mal ves rangalhu…?
Yessss please!
Can you please give your gmail
[email protected]
Msg eh koalaa ingy….
Btw..mi ulhenee nidhan…..Nyts ingy…msg eh koalhcy..?✨
Msg koffin
v cute ???☺☺
Thanks..??
HIH gaimu vaahaka eh next episode i am wating
Thanks Shaneen…??