ހާސިލް ވުމަށް އެދި 17
ޒިރާން ހެނދުނު ގަޑީގައި ފަޒީލް އާއި އެކު ފިހާރައަށް ދާން ނުކުންނަން އެއުޅެނީ ފިހާރައަށް ބޭނުންވާނެ ބައެއް ސާމާނު ގަންނާށެވެ. ޒިރާން އާއި ފަޒީލް ބޭރަށް ނުކުމެ އިރުކޮޅެއްވީ ފަހުން މުޅި ގޭތެރެ ވެސް ހޭލައްވާލީ ބާރުގަދަ އަޑު ފައްގަނޑެއް އިވުމުންނެވެ. އެއާއި އެކު އެންމެން ވެސް ގެއިން ނުކުމެގެން ބޭރަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ބޭރަށް ނުކުމި ކައިޒީންމެން އެންމެންގެ ވެސް ލޯތައް ބޮޑުވެގެން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރެއްގެ ސަބަބުންނެވެ. ކައިޒީންއަށް ދެފަރާތަށް ބޯހޫރުވެމުން ދިޔައީ އެމަންޒަރު ގަބޫލުކުރަން ދަތިވެފައިވާ ފަދައަކުންނެވެ.
ބަންޑުން އޮތްއިރު އެހަށިގަނޑު ވަށާއިގެން ވަނީ ލޭގެ ކޯރެއް ހެދިފައިއެވެ. މޫނާއި އަތް އަދި ފައިގެ އެކި ތަންތަން ވެސް ވަނީ މަށައިގެން ގޮހެވެ.
”ބައްޕާ…” ބައްޕާ އޭ ކިޔައި ކައިޒީން އެއްވެސް ދުއްވާ އެއްޗަކަށްވެސް ބަލައި ނުލައި ދިޔައީ ޒިރާންގެ ގާތަށެވެ. އޭރު ފަޒީލްވެސް ޒިރާން ގާތު ކަކޫ މައްޗަށް ތިރިވެގެން އިނެވެ. އޭރު ފަޒީލްވެސް ދިޔައީ ރޮމުންނެވެ. ޒިރާންގެ އަތުގައި ހިފާލާގެން ރޯން އިން އިރު ފިރިހެނަކަސް ކެތް ކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟
ކައިޒީން ދިޔަ ގޮތަށް ގޮސް އަޑުން އަޑު ނަގައި ރޯން ފެށި އިރު އެތާ ތިބި އެންމެން ވެސް ތިބީ ހަމަ ހިމޭންވެފައިއެވެ. ”ބައްޕާ ކައި ދޫކޮށްލާފަ ނުދޭ.. މަންމަ ދިޔަހެން ބައްޕަ ނުދާތި.. އޭޜުން ކައި ކިހާ އެކަނި ވާނެ.. ބައްޕާ ލޯ ހުޅުވާލަބަލަ.. ކީއްވެތަ ކައި އާ ދިމާއަށް ނުބަލާ ތިއޮތީ.. ބައްޕާ ކައި އާ ދިމާއަށް ބަލާބަލަ.. ޕްލީޒް ބައްޕާ.. ޕްލީޒް ސަމްވަން ކޯލް ދި އެމްބިއުލެންސް.. ޕްލީޒް.. ހަރީ އަޕް.. ” ކައިޒީން އެހެން ބުނުމާއިއެކު އެތާއި ހުރި ކާރުގެ ޑްރައިވަރު އޭނާގެ ފޯނު ނަގައި ނަންބަރެއް ފޯނުގައި ޖަހާފައި އެއަށް ބަލަން ހުއްޓެވެ. ކައިޒީންގެ ހިތް ވަނީ ފަޅައިގެން ގޮސްފައިއެވެ. އެދެލޮލުން ހުއްޓުމެއްނެތި ކަރުނަތަށް ފައިބަމުން ދިޔައެވެ. ކައިޒީން މާވަރަކަށް ރޮމުން ދިޔުމުން މާހިލް ގޮސް ކައިޒީން ނަގައި ޒިރާން އާއި ތަންކޮލެއް ދުރަށް ޖައްސާލިއެވެ. ނަމަވެސް އެވަގުތުގައި ކައިޒީން މާހިލްގެ އަތްދަނޑި މައްޗަށް ދެމުނީ އެ ހިތުގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން ކަމެއް ނޫނީ އެހެން ކަމެއް ވެގެން ކަމެއް ނޭނގެއެވެ.
ދަރިޔަކަށް ބަފަޔަކު ލެއިން ތަތްތެޅިފައި އޮތްތަން ބަލަން ކެތްވާނެ ހެއްޔެވެ؟
އާރިފާވެސް ވަރަށް ނޫން ކަމަށް ހަދާފައި ކައިޒީންއަށް ވުރެ ބޮޑަށް އަސަރުކޮށްފައި ވާކަން ދައްކަން ތަމްސީލެއްގެ ގޮތުގައި ދައްކަމުން ދިޔައެވެ. ޒިރާންގެ ގައިގައި ބައްދާގެން އޮވެ ރޮމުން ދިޔައިރު އެއީ އެކްޓެކޭ ވެސް ބަލައި މީހަކު ނުބުނާނެެއެވެ.
އީނާޝް ހުރީ އެމަންޒަރު ބަލަން ފެންކަޅިވެފައިވި ދެލޮލުންނެވެ. އޭނާއަށް މިހާތަނަށް އެންމެ އަޅާލައި ދަރިއަކުހެން ބަލަމުން ދިޔަ މީހަކު އެގޮތަށް އޮއްވާ ދެކެން ބޭނުން ވާނެ ހެއްޔެވެ؟ އީނާޝް ޒިރާން އާ ވާހަކަ ނުދެއްކި ކަމުގައިވި ނަމަވެސް އެހިތުގައި ޒިރާންއަށް ލޯބިވެއެވެ. ޒިރާންގެ ފަރާތުން އީނާޝްއަށް ލިބެމުން އައި ބައްޕައެއްގެ ލޯބި އެހެން އެއްވެސް މީހަކަށް ނުދެވޭނެކަން އީނާޝް ގަބޫލުކުރެއެވެ. އަދި އޭނާއަށް ޒިރާންއާއި މެދު ކަންތައް ކުރެވުނު ގޮތާއި މެދު ވިސްނާފައި އެދެލޯ އަދި މާބޮޑަށް ފެންކަޅިވިއެވެ. އެސްފިޔަތައް ފޫއަޅުވާލައިފައި އެންމެ ފަހުން އެދެލޮލަށްވެސް ކެތް ނުކުރެވިގެން ކަރުނަތަށް ފައިބާން ފެށިއެވެ. އެޔެއްމިޔެއް ބަލާފަކައިއެއް ނޫނެވެ. ނަމަވެސް ނުރޯން ކުރެވެން އޮތްހާ ކަމެއް އީނާޝް ދިޔައީ ކުރަމުންނެވެ.
ނަޝްވާ އަދި ޖަންނަގެ ލޮލުންވެސް ދިޔައީ ހޯސް ލާފައި ކަރުނަތައް ފައިބަމުންނެވެ. އެމީހުންނަށް ބޮޑު އެހީއެއް ވެދިން މީހަކު މިއަދު އެދަނީ އެންމެ ފަހު ވަގުތުކޮޅު ގުނަމުން ކަމެއް ވެސް ނޭނގެއެވެ. އެއްވެސް ބަދަލަކާއި ނުލައި ޒިރާން އެމީހުންނަށް ބޮޑު އެހީއެއްވެދިނީ ކިހާ ހެޔޮވީމަ ނޫން ހެއްޔެވެ؟ ޖަންނައަށް އެންމެ ފަހުން އެމަންޒަރު ބަލަން ނުކުޅަދާނަވުމުން އެތާހުރި ކާރުގެ ޑްރައިވަރު ކާރިއަށް ދިޔައެވެ. މާހިލްވެސް ގޮވައިގެންނެވެ. އަދި ޖަންނަ ބުނާއެއްޗެއް އިނގިރޭސިން ބުނުމަށް މާހިލް ކައިރީ އެދުނެވެ. އެވަގުތު ކައިޒީންގެ ގާތުގައި ހުރީ އީނާޝްއާއި ނަޝްވާއެވެ. ”އެކަމަކު މިހާރު އެމްބިއުލެންސްއަށް ވެސް ގުޅައިފިން..” ޑްރައިވަރު އިނގިރޭސި ބަހުން ބުނެލިއެވެ. ”އެމްބިއުލެންސް އަންނަން ދެން އަހަރެމެން ވީ މިތާ މަޑުން ތިބެންތަ.. ނޭނގެ އެފަކީރު މިހާރު އެގުނަމުން ދަނީ އެންމެ ފަހު ވަގުތުކޮޅު ނޫން ކަމެއް ވެސް.. އާދޭސް ކޮށްފައި މާހިލް އެމީހަ ގާތު ބުނޭ ކާރުގައި ގެންގޮސްދޭން..” ޖަންނަ މާ ބާރަށް ހަޅޭލަވައިގަނުމުން އެބުނި އެއްޗެއް ނޭނގިވެސް ޑްރައިވަރު އެނާގެ ކާރުގައި ގެންގޮސްދެން އެއްބަސްވިއެވެ. ހުދު އޭނާއަށްވެސް ކުށެއް ކުރެއްވިއްޖެކަން ދަނެގެންނެވެ. އެ ކާރުގައި މާހިލް އާއި އާރިފާ ، ޒިރާން ގެންދިޔައެވެެ. ފަޒީލް ކާރެއް އަނެއްކާވެސް ހުއްޓުވީ ކައިޒީން ގޮވައިގެން ޖަންނައާއި ފަޒީލް ދިޔުމަށެވެ. އީނާޝްއާއި ނަޝްވާ އެތަނުގައި މަޑުކުރީ އެތަނަށް ފުލުހުންނާއި އެމްބިއުލެންސް އަންނާނެތީއެވެ.
އެމީހުން ދިޔަހެން ހީނުވެ އެތަނަށް ފުލުހުންނާއި އެމްބިއުލެންސް އެކީގައި އަތުވެއްޖެއެވެ. އީނާޝް ފުލުހުންނާއި ވާހަކަ ދައްކަމުން ދިޔައިރު ނަޝްވާ ހުރީ ހުރިތާ ގަބު ވެފައިއެވެ. އީނާޝްއަށް އެ އެކްސިޑެންޓާއި ބެހޭ މާގިނަ މައުލޫމާތު ނޭނގޭތީ ފުލުހުންވެސް އަވަސްވެގަނީ އެދެމީހުން ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔުމަށެވެ.
*****
ދެކާރަށް ވެސް ހޮސްޕިޓާލާއި ހަމައަށް ދެވުނު އިރު އެތަނުގައި އެ މީހުންގެ އިންތިޒާރުގައި ދެތިން ނަރުހަކާއިއެކު ޑޮކްޓަރެއްވެސް ހުއްޓެވެ. ކާރުގެ ޑްރައިވަރު ހޮސްޕިޓަލަށް ނުގުޅިނަމަ އެކަންވެސް އޮންނާނީ ނުވެފައިއެވެ. ޑޮކްޓަރުން ވަގުތުން ޒިރާން ގޮވައިގެން ދިޔައީ އެމެޖެންސީ ރޫމަށެވެ. އޭރުވެސް ޒިރާންގެ ބޮލުންނާއި އަދި ފައިން ދިޔައީ މެދުކެނޑުމެއްނެތި ލޭ އަންނަމުންނެވެ. މާހިލް ކައިރީ ކާރުގެ ޑްރައިވަރުވެސް ހުއްޓިލާގެން ހުރީ ނުހަނު ދެރަވެފައިއެވެ. އޭނާގެ އަމިއްލަ ދެ އަތުން ވީ ކަމެއްވުމުން ދެރަ ނުވާނީ ވެސް ކާކު ހެއްޔެވެ؟ ނަމަވެސް އެއީ އެނާ ގަސްދުގައި ކުރިކަމެއް ނޫނެވެ.
ކައިޒީން ގޮވައިގެން ދެ ނަރުހަކާއި ޑޮކްޓަރު ގޮސް ވަނީ ވާޑަށެވެ. އެތަނުގައި ކައިޒީންއަށް ފަރުވާ ދެމުން ދިޔައިރު އެންމެ ހިނދުކޮޅަކަށްވެސް ޖަންނަ އާއި ފަޒީލް އެތަނުން ދުރަށް ނުޖެހިލައެވެ.
އޭގެ އިރުކޮޅެއް ފަހުން ފުލުހުންނާއި އެކު އީނާޝް އަދި ނަޝްވާވެސް އައެވެ. އެމީހުން ފުރަތަމަވެސް ދިޔައީ ކައިޒީންގެ ގާތަށް ވާޑަށެވެ. އޭރު އީނާޝްގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ފުލުހުންވެސް އެތަނަށް ވަދެފައި ނުކުތީ ފަޒީލް ގޮވައިގެންނެވެ.
”ޒިރާންބެ ދިޔައީ ކާރެއް ލިބޭތޯ އެމަގުގެ އެނެއް ފަރާތަށް ދާން.. އެވަގުތަކީ ޓްރެފިކް ގެ ވަގުތު.. އެހެން ކަމުން އަޅުގަނޑުވެސް ދިޔައިން ޒިރާންބެގެ ފަހަތުން.. ނަމަވެސް ހުރީ ތަންކޮޅެއް ފަހަތުގައި.. މެދާ ހަމައަށް ނުދެވެނީސް ކާރެއް އައިސް ދިޔައީ ޒިރާންބެ ވެސް… ގޮ.ގޮވައިގެން.. އަޅުގަނޑަށް އޭގެ ފަހުން ދެން ފެނުނީ ޒިރާންބެގެ އެއްވެސް ހަރަ.. ހަރަކާތެއް ނެތް ލެ..އިން ތަތްތެޅިފައި އޮތް ހަށިގަނޑު.. އޭރު ކޮންމެވެސް ވަރަކަށް ދުއްވާ އެއްޗެހިވެސް ވަނީ މަދުވެފައި.. އެހެންވެ ދުއްވާ ގަނެގެން ގޮސް ޒިރާން..ބެ އާ ހަމަކުރިން.. ނަމަވެ..ސް ކުރާނެ ކަމެއް ނޭނގުން ލިބިފައި ހުރި އަނިޔާ..ތައް ފެނިފައި.. އެކާރުގެ ޑްރައިވަރު މިތާ އެބަހުރި.. އެނާގެ ކާރުގައި އަޅުގަނޑުމެން މިތަނަށް އައީ ޒިރާން..ބެ ގޮވައިގެން.. ” ފަޒީލް ދިޔައީ ވަރަށް ތެދުވެރިކަމާއިއެކު ހިނގި ހާދިސާ އެއްވެސް އުނި އިތުރުކަމެއް ނުގެނެސް އިނގިރޭސި ބަހުން ކިޔައިދެމުންނެވެ. ނަމަވެސް ފަޒީލްއަށް ވާހަކަ ދެއްކުން ވީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. ”ދެން ކާކު އެއޮތީ ވާޑްގައި؟” އެތަނުގައި ހުރި ފުލުހަކު ފަޒީލް އާއި ސުވާލުކުރުމުން ފަޒީލް އަވަސް އަވަހަށް އެއީ ޒިރާންގެ ދަރިއޭ ބުނެލިއެވެ. ފުލުހުން ފަޒީލް އާއި ވާހަކަދެއްކުމަށް ފަހު ދެން ދިޔައީ ކާރުގެ ޑްރައިވަރުގެ ގާތަށެވެ.
ފުލުހުން ކާރުގެ ޑްރައިވަރު ގޮވައިގެން އެމީހުންގެ ވޭންގައި ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. ވަގުތުން އެމީހުން ތަހްގީގު ފެށިއެވެ.
****
ދެގަޑި އިރަށްފަހު ޑޮކްޓަރުން އެމަޖެންސީ ރޫމުން ނުކުތެވެ. އޭރު އެތާ ތިބި އާރިފާ އީނާޝް އަދި މާހިލްގެ މޫނުމަތިންވެސް ފެންނަމުން ދިޔައި ހާސްކަމެވެ. އެހެންނުވާންވީ ފަހެ ކީއްވެ ހެއްޔެވެ؟ ”ޑޯންޓް ވޮރީ.. ސާރޖަރީ ވެންޓް ވެލް.. އަލްހަމްދުލިއްލާހް.. ބަޓް ހީ ނީޑްސް ޓައިމް ޓު ވޭކް އަޕް.. އިންޝާ ﷲ ޓުޑޭ އީވްނިންގ ހީ ވިލް ވޭކް އަޕް.. ކީޕް ކާމް އެންޑް މޭކް ދުޢާ ފޯރ ހިމް.. އައި ވިލް ޑިސްޗާޖް ހިމް އިފް ހީ އިސް ފައިން އޮން ނެކްސްޓް ވީކް..” ޑޮކްޓަރުގެ ޖަވާބާއި އެކު އެންމެންނަށްވެސް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ހީވަނީ އެވަގުތު ކޮޅުގައިވެސް ނޭވާ ނުލައި ހުރި ހެންނެވެ. ޑޮކްޓަރުން އެތަނުން ދިޔައީ ޒިރާން ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައިއެވެ.
******
މުޅި މާލޭގައި ވެސް ގުގުމާލައިފައި ވަނީ މަޝްހޫރު ކައި ޓްރޭޑާރސްގެ ބޮޑުމީހާ ޒިރާން އެކްސިޑެންޓް ވި ވާހަކައެވެ. އެންމެންގެ ލޯބި ހޯދާފައިވާ ޒިރާންގެ ހާލަތު އިނގުމުން މާލޭގެ އެންމެންވެސް ދިޔައި އެކަމާ ހިތާމަ ފާޅު ކުރަމުންނެވެ. އަދި މުޅި މާލެ ވެސް އޮތީ ހަމަ ހިމޭން ވެފައިއެވެ.
”މަޝްހޫރު ކައި ޓްރޭޑާރސް ގެ ބޮޑުމީހާ އަހްމަދް ޒިރާން ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މެލޭސިއާގެ އަވަށެއް ކަމުގައިވާ ކުއަލަ ލުމްޕާ ގައި ކާރެއްގައި ޖެހި ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފައި.. ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު އުނަގަނޑުން ތިރި ވަނީ އެއްކޮސް ޕެރެލައިޒްވެފައި.. ފުލުހުންގެ ބަހެއް މިކަމަށް ލިބިފައި ނުވުމާއިއެކު އަދި މިވަގުތަށް އިތުރު މައުލޫމާތެއް ލިބިފައި ނުވުމުން މިއަދުގެ ހަބަރު ނިންމާލައިފައި ވަކިވެލަން.. ނަމަވެސް މައުލޫމާތު ލިބުނު ވަރަކުން އަޅުގަނޑުމެން ގެނެސްދެވޭތޯ މަސައްކަތް ކުރާނަން.. ހުރިހާ ބެލުންތެރިންނަށް ކާމިޔާބު އަދި އުފާވެރި ރޭގަނޑަކަށް އެދެން..” ހަބަރު ކިޔައި ނިމުމުން ސޮބާހު ޓީވީ ނިއްވާލައިފާ ވަރަށް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ”އާރިފާ ހީކުރީ ހެއްޔެވެ؟ އޭނާއަށް އުފަލުގައި އުޅޭކަށް ލާހިކު ކުޅަދާނައެއް ނޫނެވެ. ތިވީ އެންމެ ރަނގަޅަށެވެ. ކޯޓަށް ފޯމްލައިގެން އަމިއްލައަށް ވަރިވެފައި ޒިރާން އާއިއެކު އުފަލުގައި ދިރިއުޅެ ވޭނެ ކަމަށް އާރިފާ ހީކުރީ ހެއްޔެވެ؟” ސޮބާހު ވަނީ އާރިފާ ދެކެ ނުހަނު ބޮޑަށް ރުޅި އައިސްފައިއެވެ. އެހެންޏާ އަންނަ ވަރަށްވުރެ ވެސް ބޮޑަށެވެ. އަދި ސޮބާހުގެ ސިކުނޑިއަށް ދިޔައީ ޝައިތާނާ، އޭނާގެ ނުބައި ވަސްވާސްތަކުން ފުރަމުންނެވެ.
ނަބާހުއަށް އެއަޑު އިވުމާއިއެކު ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އަވަހަށް ފޯނުނަގައި ކައިޒީންއަށް ގުޅާލީ ކައިޒީންގެ ހާލު އޮޅުންފިލުވުމުގެ ގޮތުންނާއި ހިތްވަރުލައި ދިނުމުގެ ގޮތުންނެވެ. ނަމަވެސް ކައިޒީންގެ ފޯނު ނިއްވާލާފައި ވުމުން އަދި އިތުރަށް ނަބާޙުގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. އެ ބަސްނާހާ ހިތް ބުނަމުން ދިޔައީ ކައިޒީންއަށްވެސް ކަމެއްވެއްޖެ ކަމުގައިއެވެ. މިއަދު ހެނދުނު އޭނާއާއި ވާހަކަދައްކަމުން ގޮސް ފަހުން ރައްދެއް ނައިސް އެކަމުގެ މާޔޫސްކަމުގައި ހުއްޓާ އަނެއްކާ އޭގެ މައްޗަށް ދެވަނަ މާޔޫސްކަމެއް ވަރިވުމުން ނަބާހުގެ ގާތަށް ރުޅިއެއް އައެވެ. ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަނެ ބާރަށް ދޮރު ޖަހާފައި ޑްރެސިން ޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނުތައް ވަރާލިއެވެ. އެވަގުތު އިވިގެން ދިޔައީ ބިއްލޫރީ ސެންޓް ފުޅިތައް ތެޅޭ އަޑާއި ޕްލާސްޓިކް ފުޅިތައް ވެރޭ އަޑެވެ. އެއަޑަށް ސިއްސައިގެން ގޮސް ސޮބާހުވެސް އިން ތަނުން ތެދުވެ ނަބާހުގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
*****
”އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން އެއީކީ..”
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







V v v v reethi
Thank u soo much..❤️❤️❤️
Varah ?reethi ?masha ?Allah?when ?is ?next?cys ?waiting ?for ?nest?
Thank u soo much❤️❤️❤️ next part mihaaru submit kohlaafin❤️❤️? ya keep waiting..
Varah Reethi mi part ves when is the next?
Thank u soo much❤️❤️❤️ next part submit kohlaafin mihaaru..❤️❤️ keep waiting..
Masha ?allah??…. varah ?reethi? mi ?part ?vs??… whn? is? nxt??…?waiting ?for ?nxt ?part? ?
Thank u soo much❤️❤️❤️ next part submit kohlaafin mihaaru..❤️❤️ keep waiting..
assalam alaikum. miothy 17 vana bai vs up vefai.. vr bodah maafah edhen buni dhuvahah nugenes dhevunyma mi part. next part insha allah miadhu liyelaafa submit kohlaanan.. enjoy reading.. nd keep waiting.. kiyaalaafa comment kohlachey..
Wow
Thanks❤️❤️
????Very nice..waiting for the nextu
Thank u soo much ❤️❤️❤️ ya keep waitin❤️❤️
masha allah.. vr vr vr rythi mi bai vs.. vr asaru gadha.. waiting for next part..
❤️❤️❤️Thank u soo much.. yaa keep waitin..❤️❤️❤️
wow.. masha allah.. varah varah rreethi.. hama asluvs rovifa iny kiyaali iru.. varah asarugadha..
Aww..??? Thank u soo much..❤️❤️❤️
this is a beautiful story nafu.. i love it.. really its beautifulest.. 🙂 🙂 curiously waiting
Aww?? thank u soo much ❤️❤️❤️ ya keep waiting ??
މާޝާ ﷲ .. ވަރަށް ރީތި ވާހަކައެއް.. ވަރަށް ކިޔާ ހިތުން ކިޔާލަނި.. އެކަމު މާ ލަހީ އަޕް ކުރާލެއް.. ވަރަށް ގިނައިން ބެލޭ ވާހަކަ އިނީ އަޕް ވެފައި ތޯ.. ހަމަ ރީތި ކަމުން..
Aww.???. thank u soo much❤️❤️❤️ oh.. sch kanthakaa MAA bxy koh ulhey thy lahun up kureveny.. ekam dhn Insha Allah ehn nuvaane..???
vry beautiful.. waitin
Thank u soo much.. ???keep waiting..❤️❤️
Kuala lampaa eh noon kuala lampoor
Oh.. it’s a mistake.. thanks for pointing out that mistake❤️❤️❤️ I will correct it on next part???