ނޭނގޭހެ ހާދަ ލޯބިވޭ
މެންދަމުން އަލިވެ ތިނެއް ޖެހުމާ ގާތްވަނީއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. ކޮންމެ މީހަކުވެސް ނިދީގެ ފޮނި ރަަހަ ދެކެމުންދަނީއެވެ. ހިތާމަވެރި ހުވަފެންތަކުގައި އެއްބަޔަކު ރޮމުން ދާއިރު، އުފާވެރި ކަމުގެ ހުވަފެނުގައި އަނެއްބަޔަކު ހެމުންދަނީއެވެ. އެެއީ ދުނިޔޭގައި ކަން ހިނގަމުންދާ ގޮތެވެ. އެކި މީހުންނަށް ކުރިމަތިވަމުންދަނީ އެކި އިމްތިހާނެވެ.
މުޅި ކޮޓަރީގައި ހިފާފައިވާ އޭސީގެ ފިނިން އެކޮޓަރީގައި ނިދީގެ މީރުކަން ލިބުމަށް މަސައްކަތް ކުރަމުންދާ ޒުވާނާއަށް އެ ފިނިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ މުޅި މީހާވަނީ ދާ ހިއްލާ ފޯވެފައެވެ. އެ ޒުވާނާ ނިދީގެ ތެރޭން ދެފަރާތަށް ބޯ ހޫރުވަމުންދަނީ ނޫނެކޭ ބުނާފަދައިންނެވެ. ގަދަކަމުން ދެލޯ ހުޅުވަން މަސައްކަތް ކުރާކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭހާވެއެެވެ.އެ ޒުވާނާގެ ލޮލަށް ފެންނަމުންދަނީ އޭނާ ބަލަން ބޭނުން ނުވާ ކޮން މަންޒަރެއް ކަމެއްވެސް ބުނެދޭކަށް ނޭނގެއެވެ. ކުއްލިއަކަށް އެ ޒުވާނާއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ.
ހެނދުނުގެ ސައި ތައްޔާރުކުރުމަށްޓަކައި އާޒިމާ އަތްމަތި އަވަސް ކުރެވޭތޯ އުޅުނެެވެ. އާޒިމާއަށް އެހީ ވުމަށްޓަކައި އޭނަގެ ހަގު އަންހެން ދަރިފުޅު އާނީ ވެސް ހަރަކާތްތެރިވަމުންދެއެވެ. އާނީއަށް ލިބިފައިވަނީ އާޒިމާގެ ގެެވެހި ދިރިއުޅުމެވެ. މަޑުމައިތިރިކަމާއި އެ ކިޔަމަންތެރިކަމެވެ. ދެމައިންނަށް އެއްފަހަރާ ސިޑިއާ ދިމާލަށް ބަލާލެވުނީ ޓައީ ރަނގަޅު ކުރަމުން އަންނަ ޒުވާނާ ފެނިފައެވެ. އެ ޒުވާނާގެ މޫނުމަތި ފެނުމާއެކު އާޒިމާގެ މޫނުމަތި އެއްކޮއް މިލައިގެން ދިޔައެވެ. އާނީވެސް އެ ޒުވާނާއަށް ބަލާލުމަށްފަހު އާޒިމާގެ މޫނަށް ބަލާލިއެވެ.އާޒިމާގެ ފެންކަޅިވެފައިވާ ދެލޯ ފެނި އާނީ އިސްޖަހާލިއެވެ.
އެ ޒުވާނާ އައި ގޮތަށް އައިސް މޭޒު ކައިރީ އިށީނެވެ. އާޒިމާ ކާނެ ތައްޓަކާ އެއްޗެހި ކައިރި ކޮއްލަދީ ސަައި ހަދައި ދިނެވެ. ބަަހަކުން ކުރެ ބަހެއް އެކަކުވެސް ނުބުނެއެވެ. އެޒުވާނާގެ މޫނުމަތީގައިވާ އަސަރުން ބުނަންވީ ކީކޭކަން ހުދު އާޒިމާއަށްވެސް ނޭނގުނެވެ. އާޒިމާއަށް ކެތްކޮއްލެވުނީ އިރުކޮޅަކަށެވެ.މަޑު ހިނގުމުގައި ގޮސް އެ ޒުވާނާގެ ވާތް ފަރާތުގައި އިން ގޮނޑީގައި އިށީނެެވެ. އަދި އެ ޒުވާނާގެ ކޮނޑުގައި އަތް އަޅާލާ ބާރުކޮއްލިއެވެ.
“ދަރިފުޅާ ޒާން، ރޭގަ ވެސްތަ؟ އާޒިމާގެ އެ ސުވާލާއެކު އަޒާން އަނގައަށް ލާން ނެގި ސުވާވެސް ތިރިކޮއްލެވުނެވެ. އަދި ތަށި ދުރަށް ކޮއްޕާލުމަށްފަހު އިސްޖަހާލިއެވެ. އަޒާން އިސްނެގި އިރު އަޒާންގެ ދެލޮލުން ފެނުނު އަސަރުން އާޒިމާގެ ލޮލަށް ގިނަވެފައިވާ ކަރުނަތަށް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. އިރުކޮޅެއްނުވެ އަޒާން އެތަނުން ތެދުވެ އަތް ދޮވެލައިގެން ޖީބުން ސިނގިރޭޓް ފޮށިން ސިނގިރޭޓަކާއި ލައިޓަރެއް ނެގުމަށްފަހު އެ ރޯ ކުރަމުން ނުކުތެެވެ.
އަޒާން ދިޔުމާއެކު އާޒިމާ މޫނުމަތީގައި އަތް އެޅުމަށްފަހު މަގޭ ދަރިއޭ ކިޔާ ރޮއެގަތެވެ. އާނީ ބަލާކަށް ނުހުރެ އާޒިމާގެ ގަައިގަ ބައްދާގަތެެވެ.
” މަންމާ، ދެން ނުރޮއެބަލަ، ދޮންބެ މިހާރު ކުރިއަށް ވުރެން ރަނގަޅެއްނު، އެ ހުރި ރުޅި ގަނޑުވެސް މިހާރު ކޮންމެސް ވަަރަކަށް މައިތިރި އެއްނު، ދޮންބެއަށް ރަނގަޅު މީހަކު ލިބުނީމަ އެގޮތް ކެނޑޭނެ، ދެރަނުވޭ” އާނީގެ ވާހަކަތަކުން އާޒިމާ ކޮންމެސް ވަަރަކަށް ހަމައަކަށް އެޅުނެވެ. ދެލޮލުން ފައިބައިފައިވާ ކަރުނަތަށް ފުހެލާ ހިތްހަަމަ ޖައްސާލީ ހުރިހާކަމެއް ރަނގަޅުވުމަށް އެދި ދުއާ ކުރާ ހާލުގައެވެ.
ދިހަ ބުރީގެ އިމާރާތުގެ ކުރިމައްޗަށް މަޑުކޮއްލި ކާރުން ޒުވާން ފުރައިގެ އަންހެން ކުއްޖަކު ފޭބިއެވެ. މަޑު ހިނގުމުގައި ފަރުވާތެރިކަމާއެކު ހިނގަމުން ގޮސް އިމާރާތުގެ ދޮރުން ވަނީ އޮފީހުގެ ފުރަތަމަ ދުވަހަަށް ވެފައި ހިތް އަވަސްވެފައިވާ ފަދައިންނެެވެ. އެ ޒުވާނާ އަޅާލާ ކޮންމެ ފިޔަވަޅަކަށް އޮފީހުގައި ދިމަ ދިމާލަށް ހިނގުންދާ މީހުންގެ ކަޅި ހުއްޓެމުންދިޔައެވެ. އެ މީހުންގެ ބެލުންތަކުން ކިތަންމެ އުނދަގޫވި ނަަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން ކުރިއަށް ދިޔައެވެ. ކަޅުކުލައިގެ އަބާޔާ ހެދުމުގައި އެ ޒުވާނާ ހުރިލެއް އެހާ ހިތްގައިމެވެ. އަޅާލާފައި މެރޫން ކުލައިގެ ޝޯލްގެ ތެރެއިން އެ ޒުވާނާގެ މޫނު އެހާ ހިތްގައިމެވެ.ހިނިތުންވެލާއިރު ކޮލަށް އެޅިގެންދާ އަޑިކޮޅުން އާޝޯހު ކުރުވާވަރުވެއެވެ.
“ރީމް” ހިނގަ ހިނގަ ހުރި ޒުވާނާގެ ހިނގުން ހުއްޓުނީ އޭނަގެ ނަމުން މީހަކު ގޮވާލުމުންނެެވެ. އެެހެންކަމުން ފަސް އެނބުރި ބަލާލާ ހިނިތުންވެލީ ކުރިމަތިފެންނަން ހުރި އަންހެން ކުއްޖާ ފެނިފައެވެ.
“ތީ ރީމް ދޯ” ހިތް ހެޔޮ ކަމާއެކު އެކުއްޖާ ސުވާލު ކޮއްލުމުން، ރީމް ބޮލުގެ އިޝާރާތުން އާނ އެކޭ ބުނެލިއެވެ.
” އަޅުގަނޑު މީ ޝައުފާ، ލޯބިން ޝައު ކިޔަސް އޯކޭ އިނގޭ” ޝައުފާ މިހެންބުނެ ހިނިތުންވެލިއެވެ. ރީމްވެސް ހިނިތުންވެލާ ސަލާމަށް އަތް ދިއްކޮއްލިއެވެ.
” މިތާ އުޅޭނީ ވަރަށް ކްލޯސް ކުދިން، ވަރަށް އެކުވެރިވާނެ، އެހެން ކުދިންނަށް އެހީވާނެ، އަވަހަށް ހިނގާ ކެބިންއަށް، މިއަދު އެހާ ގިނަ މަސައްކަތެއް ނުދޭނަން، ކުޑަކޮއް ކަންތަށްތަށް ބަލާލާނީ” ޝައުފާ މިހެންބުނެ ރީމްއާއެކު ލިފްޓަށް އެރިއެވެ. ލިފްޓް ގޮސް މަޑުކޮއްލީ އަށްވަނަ ފަންގިފިލާއަށެވެ. ޝައުފާ ފަހަތުން ރީމް ކިޔަމަންތެރި ކުއްޖެއް ފަަދައިން ލިފްޓުން ފައިބައި ހިނގަމުންދިޔައެވެ.
ކެބިން ހުންނަނީ ތެދުވެލާ އިރަށް އެއްބަޔަކު އަނެއްބަޔަކު ފެންނަ ގޮތަށް ކަމަށް ވުމުން ވާހަކަ ދައްކާކަށް އުނދަގުލެއް ނޫނެވެ. ފަހަރަކު ކުއްޖަކާ ރީމް ތައާރަފް ކޮއްދެމުން ދިޔައިރު ބައެއްކުދިންގެ މޫނުމަތިން ހިނިތުންވުން ފެންނަމުންދިޔައިރު އަނެއްބައި ކުދިން ހަސަދައިގެ ލޮލުން ރީމްއަށް ބަލަމުންދިޔައެވެ. ފިިރިހެންކުދިން ރީމްގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފް ކުރަމުންދިޔައެވެ.
ރީމްގެ ކެބިންއަށް އާދެވުމާއެކު ޝައުފާ ރީމް ގާތު އިށީނެވެ.
“ރީމް، އަދި ބުނަންތަ،ރީމްގެ ކެބިންގެ ކުރިމަތިން މިހުރީނު ދޮރެއް އެއީ ބޮސްގެ ދަރިފުޅުގެ ކެބިން، އެންމެންވެސް ސަރ ކިޔައިގެން ވާހަކަ ދައްކަނީ، ގޮވީމަ ނޫނީ ނުދާތި، އަނެއްހެން ކަަމަކުވެސް އަންހެން ކުދިންނަށް ނުގޮވާނެ، އެހެންވީމަ ހާސްވާނެ ކަމެއްނެތް، ބައެއް ފަަހަރު ވަރަށް ރުޅިގަދަވާނެ، އަނެއްބައި ފަހަރު ހީ ނުވާނެ ކަމެއްވެފަޔޭވެސް” ޝައުފާ އެެއް ނޭވާއިން ކުރު ގޮތަކަށް ތަނުގެ މައުލޫމާތު ދީ ވާހަކަ ދައްކާ ނިންމާލިއެވެ. ޝައުފާގެ އެވާހަކަތަކުން އިރުކޮޅަކާ ރީމްއަށް އެ ދޮރާ ދިމާލަށް ބަލާލެވެ. ބަލާލެވޭ ކޮންމެ ފަހަރަކު ރީމްގެ ހިތް ތެޅެމުންދަނީ އޮބި ނޯންނަވަރަށެވެ. ޝައުފާ ދިއުމުން ރީމް މޭޒުމަތީގައި ހުރި ފައިލްތަށް ބަލަމުންދިޔައެވެ. ކުރު ގޮތަކަށް ބުނަަނީ ނަމަ ރީމްގެ މަސައްކަތަކީ ތަނުގެ ފައިސާޔާ ބެހޭ ހުރިހާ މުއާމަލާތެއް ބެލެހެއްޓުމެވެ.
އެއްވެސް ދަތިކަމެއްނެތި ފުރަތަމަ ދުވަސް ނިމުމުން ރީމް ހުރީ ވަަރަށް އުފަލުންނެވެ. އެހެންކަމުން ގެޔަށް ދިއުމަށް ނިކުތީ ހަަމަޖެހިގެން ހުރެއެވެ. އިމާރާތުން ނިކުތްތަނާހެން މީހެއްގެ ގައިގަ ރީމް އަޅައިގަތެވެ. އެމީހާގެ ހުޝިޔާރު ކަމުން ރީމް ވެއްޓުނަ ނުދީ ހިފެހެއްޓުނަސް އެމީހާގެ އަތުގައި އޮތް ފޯނު ވެއްޓި ވަގުތުން ފޯނުގެ ޑިސްޕްލޭ ދިޔައެވެ. ދެމީހުންނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން އެގޮތަށް ތިބެވުނެވެ.
ނުނިމޭ
10 Comments!
Comments are closed.




Salhi me 1
Ok great work
Nice staring
Please write till end
Thanx drax, Insha Allah nimendhen genesdheynan
Varah reethi ???when next part
Thank you dear❤️❤️❤️❤️
Wow sis..v v rythi mi bai vx..N azaan kahneyge dhe aee..So curious..N sis kurin feshi story liyan fashany kon irakun?
??
Varah Reethi mi story ge fashun ehen part thah ves Reethi vaane kamah unmeedhu Kuran. Keep it up
V. Furihama feshun
Vrh furihama…….. Waiting for next part
OMG very nice story….