Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 76 ބަދަލުގެނެވިފައި

Saraa Level 910 Stories100 Comments100 Login500 Comments500 Login
September 13, 2019 17 Mins Read
89 Comments

“އަންކަލް…” މިޙުރާންގެ މޫނަށް ވެރިވެގެންދިޔަ ކުލަައަކުން ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައިހުރެ ހައިޒަލް ގޮވާލިއެވެ. އެ ހަތަރުއަކުރުގެ ބަހުން މިޙުރާންގެ ލޮލުން ކަރުނަ ނީރާލެއްވިއިރު ހައިޒަލްއާއި ދިމާލަށް ބަލާލަމުން ދެއަތް ފުޅާކޮށްލެއްވިއެވެ. އެއާއިއެކު ހައިޒަލް އަތުގައި ހިފައި ގެނައި ގޮތަށް މޭގައި ޖައްސާލެއްވިއެވެ.

“އަލްޙަމްދުލިއްﷲ… މިބައްޕަގެ ދުއާ އިޖާބަކުރައްވައިފި… ދަރިފުޅު ދެކުމުގެ ނަސީބު މަރުވުމުގެ ކުރިން ދެއްވައިފި…” މިޙުރާންގެ ލޮލުން އޮހުނު ކަރުނަތަކާއިއެކު ވެރިއިލާހުގެ ހަޞްރަތަށް ހަމްދުއެޅިއެވެ. އަޒްހާންގެ މަރަށްފަހު ހުއްޓުމެއްނެތި އޭނަ ކުރަމުންދިޔަ ދުއާ އީޖާބަކުރައްވައިފިއެވެ.

“މިހުރިހާ ދުވަހު އަންކަލް މަތިން ހަނދާންނައްތާލައިފައި އުޅެނީ ކޮންތާކު ދަރިފުޅާ… މިއީވެސް ދަރިފުޅުގެ ބައްޕައެކޭ… އަޒްހާންއާއި ހައިލާ ނެތަަސް މި ބައްޕައާއި މަންމަ ޒެލްއަށް ޓަކައި އެބަތިބީމޭ…” މިޙުރާން ވާހަކަދައްކަމުންދިޔައިރު އެންމެ ފަހަރުވެސް ހައިޒަލްގެ އަތުން ދޫކޮށެއް ނުލެއްވިއެވެ. ދެވަނަ ފަހަރަށް ހައިޒަލް ގެއްލިދާނެކަމުގެ ބިރުވެރިކަން ހިތުގައި އުފެދިފައިވާ ފަދައެވެ.

“އަޅުގަނޑަށް މައާފުކުރައްވާ އަންކަލް… މިހުރިހާދުވަހު އެންމެ ގާތްމީހުންވެސް އިނގޭފަދަ ހާލެއްގައެއް ނޫން އަޅުގަނޑު ހުރީކީ…” ހައިޒަލް ވާހަކަދައްކަމުންދިޔައިރު އެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ. 21 އަހަރުފަހުން މިޙުރާން ފެނުމުންވެސް މިޙުރާންގެ ފުށުން އިޙުސާސްކުރެވުނީ އެންމެ ފުރަތަމަ ދުވަހުވެސް އިހުސާސްކުރެވުނު ކުލުނުވެރިކަމެވެ. “ޒެލް” އެ ނަމުންވެސް މިޙުރާން ހިނދުކޮޅަކަށްވެސް އޭނަ މަތީން ހަނދާން ނައްތާނުލާކަން ހާމަކޮށްދިނެވެ.

“އަންކަލްއަށް އިނގޭ އެހެންނޫންނަމަ ޒެލް އަންކަލް ގާތަށް ނައިސް ނުހުންނާނޭކަން…. މިހުރިހާ ދުވަހު ދަރިފުޅުގެ ހަނދާންތައް ނެތީމަ އަންކަލްމެން ދުރުން އުޅުނީ… މާޒީ ހަނދާންވާފަދަކަމެއް ކުރުމަކީ ޒެލްއަށް ރައްކާތެރިކަމަކަށްނުވާނެއަތީ… އެކަމަކު އަބަދުވެސް ދުއާކުރީން ޒެލްގެ ހަނދާންތައް އަލުން އަނބުރާ އައުމަށް އެދި…  މިއަދު އެ ދުއާ އިޖާބަކުރައްވައިފި… މިއަދު އަންކަލްގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް….” ސޯފާގައި އިންނަވާފައި ހައިޒަލްގެ ބޮލުގައި ފިރުމާލައްވަމުން ކަރުނައިގެ ތެރެއިން ހިނިތުންވެލެއްވިއެވެ.

“ދަރިފުޅު ތިއީ ހަމަ އަޒްހާން… އެއްވެސް ތަފާތެއްނެތް… އަޒްހާންގެ އުމުރުގެ ފަހު ދުވަސްތަކުގައި ހުރީ ހަމަ ތިހެން… ދަރިފުޅު މާލެއައިކަން އިނގުމާއިއެކު އަންކަލް އެތަށްފަހަރަކު ދަރިފުޅު ދެކިލަން މަަސައްކަތްކުރީން… ގާތަށް ގޮސްފައިވެސް އެނބުރިއަންނަނީ ޒެލްގެ ލޯމައްޗަށް އަހަރެެމެންނަކީ ބީރައްޓެހި ބަޔަކަށްވާތީ… އިނގޭ މިއަދު ހުރިހާކަމެއް އިނގިގެންދިޔުމަކީ ޒެލްއަށް ފަސޭހަކަމަކަށް ނުވާނެކަން ކޮންމެ ހަނދާނަކުން ތިހިތަށް ލިބޭނެ ވޭންތައް އިހުސާސްކުރެވޭ… އެކަމަކު ކެތްތެރިވޭ ދަރިފުޅާ… ދުނިޔެއަކީ އިމްތިހާނެއް… ދަރިފުޅުގެ މަންމައާއި ބައްޕައަށް އިންސާފުލިބޭނެ…” އެކުވެރިޔާގެ ހަނދާން އާވެލެއްވުމުން މިއަދުވެސް މިޙުރާން ޖަޒުބާތީވެލެއްވިއެވެ. ލޮލުން ކަރުނަ ފުހެލަން ޖެހުނެވެ.

“ބައްޕައަށްޓަކައި އަންކަލްވެދެއްވި ޤުރުބާނީއަށް އަޅުގަނޑު ޝުކުރުއަދާކުރާނޭ ގޮތެއް ނޭނގެ… މިހުރިހާ ދުވަހު އަޅުގަނޑު މަޑުކޮށްގެން ހުރީ މިހުރިހާކަމެއް ނިމުމުން އަންކަލްގެ ގާތަށް އަންނަން… އެކަމަކު މިލިޔުން ފެނުމުން ލަސްކުރާކަށް ބޭނުމެއްނުވި… ބައްޕަގެ ހުރިހާ އެއްޗެއް މިއަދު އެންމެ ބޮޑަށް ހައްޤުވަނީ އަންކަލްއަށް….” ހައިޒަލްގެ ކޮނޑުގައި އަޅުވާލައިފައި އޮތް ސައިޑް ބޭގްއިން ނެގި ލިޔުންތައް ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އެއީ ބަންދުކޮށްފައި ހުންނަ އަޒްހާންގެ ކޮޓަރިން އޭނައަށް ފެނުނު ލިޔުންތަކެކެވެ. މިޙުރާން އެއިން ކޮންމެ ލިޔުމެއް ބަލަމުންދިޔައިރު މޫނުން ތަފާތު ކުލަވަރެއް ފެނިލިއެވެ. އެއީ އަޒްހާންއާއި މިޙުރާންއާއި ވެގެން ފަށަންވެގެން އުޅުނު ވިޔަފާރީގެ ލިޔެކިޔުންތަކެވެ. އެގަނޑުތަކުގެ ތެރޭގައި ވަކިން އަތުލިޔުމަކުން ލިޔެފައިވާ ލިޔުމަކީ އަޒްހާންގެ ވަސިއްޔަތެވެ. އަޒްހާންގެ އޭ.އެޗް. ފިނޭންޝިއަލްއާއި އޭނަގެ ރައިޓްސް ފެށުމުގެ ކުރިން ކަމެއްދިމާވެދާނެކަމަށް ދެ މީހުންވެސް އެ މީހެއްގެ ވަސިއްުޔަތް ލިޔެ ރައްކާކުރިއެވެ. އުންމީދުވެސް ނުކޮށް ތިއްބާ އެލިޔުން ދިރިތިބީންގެ އަތްމައްޗަށް ދޫކޮށްލަމުން އަޒްހާން ދުނިޔެ ދޫކޮށްދިޔައީއެވެ.

“ބައްޕަގެ ވަސިއްޔަތް… އަޒްހާން ނިޔާވުމުގެ ކުރިން ބޭނުންވީ ދެމީހުން އެކުވެގެން ލޯރފާރމްއެއް ހުޅުވަން… އެ ހުވަފެން ހާސިލްނުވަނީސް އަޒް ދުނިޔެ ދޫކޮށްދިޔައީ… އަޒްގެ ހުވަފެން މިއަދު މިވަނީ ހާސިލްވެފައި… މިތަން ނިސްބަތްވަނީ އަޒްއަށް… މިހުރިހާ ކަމެއް ހާސިލްކުރެވުނަސް މިއީ ވަގުތީ އުފަލެއް… ދެރައީ ގިނަފަހަރަށް މި އުފަލުގައި ޖެހި ގިނަ މީހުންނަށް ދުނިޔެ އޮޅިގެންދާތީ… ޒެލް އަހަރެމެންނާއިއެކު ހުރިހާ ދުވަހަކު އަންކަލް ހުންނާނީ އުފަލުން…” މިޙުރާންގެ ވާހަކަކޮޅު ނިންމާލެއްވީ ނުހަނު އިބްރަތްތެރި ވާހަކަކޮޅަކުންނެވެ. އެއާއިއެކު ހައިޒަލްއާއި ދިމާލަށް ބައްލަވާލެއްވީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.

އިރުކޮޅެއްވަންދެން މާޒީގެ ވާހަކަތައް ދައްކަވަން މިޙުރާން އިންނަވާފައި ހައިޒަލް ދާން ތެދުވުމާއިއެކު މިޙުރާން ތެދުވެލެއްވުމަށްފަހު ހައިޒަލް ގެނެސް މޭގައި ޖައްސާވާލެއްވިއެވެ. އޯގާތެރިކަމާއިއެކު ތަކުރާރުކޮށް ހައިޒަލްގެ އިސްތަށިގަނޑުގައި ފިރުމާލެއްވިއިރު ތަކުރާރުކޮށް ހިތްވަރުދެއްވަމުން ނަސޭހަތް ދެއްވިއެވެ. “އެވަރޓަން” އަބަދުވެސް ހައިޒަލްއަށް މަރުހަބާ ކިޔާނެކަން ބުނެދެއްވިއެވެ. އުފަން ބައްޕަގެ ކުުލުނުފަދަ ލޯތްބެއް އެވަގުތުކޮޅު އިޙުސާސްކުރެވުނުއިރު ހައިޒަލްގެ ލޯ ކަރުނުން ތެއްމާލިއެވެ. “ޒެލް”ގެ ގޮތުގައި އެވަރޓަންއަށް އައީ ދުވަސްފަދައިން މިއަދުވެސް އެ ލޯބި ބަދަލުވުމެއްނެތި ދެމިއޮތްކަން އިނގުމުން ހިތަށް އުފާލިބުނުއިރު ޖަޒުބާތީ ވެސް ވެވުނެވެ.

*** *** *** *** *** ***

އިޝާ ނަމާދުކޮށްލައިގެން ޝަލީން އިޝާރުގެ ކޮޓަރިއަށްވަދެފައި ނިކުމެގެން އައީ ދެއަތުން ތަނބަކުގައި ހިފަހައްޓާލައިގެން ހުރެއެވެ. ޑައިނިން ރޫމްއަށް ވަތްގޮތަށް ކައުންޓަރު މަތީގައި ތަނބަށް ބެހެއްޓުމަށްފަހު ޝަލީން ސިންކާއި ކައިރިވެލިއެވެ. އޭރު ގޭގައި ގެންގުޅޭ ކުދިން ރޭގަނޑުގެ ކެއުމަށް ސުފުރާ ތައްޔާރުކުރަން އުޅެމުންދިޔައެވެ. ކުދިކުދިކަންކަމުގައި އެކުދިންނަށް އަތްގާތްކޮށްދޭން ލައިޝާވެެސް އުޅެމުންދިޔައެވެ.

“ބައްޕައަށް ސޫޕްދިނީތަ؟ ރޭގަނޑުގެ ކެއުމާއި އެހާ ގާތްކޮށްފައި ދިނީމަ ބައްޕައަށް ރަނގަޅަކަށް ނުކެވޭނެއެއްނު…” ޑައިނިން ރޫމްއަށް ވަދެގެން އައި އިޔާނާ ޝަލީންއާއި ވާހަކަދެއްކިއެވެ.

“ހަވީރުވެސް އެހާ ކުޑަކޮށް ބައްޕަ ސައިބެލެއްވީ… ސޫޕް ގެންދިޔައިމަވެސް ހަަމައެކަނި ރަހަ ބަލާލެއްވިކަން… މަންމާ… އަޅުގަނޑަށް ފެންނަނީ ބައްޕަ ޑޮކްޓަރަށް ދައްކާލަން.. ހުންވައްތަރުވެފައި ހުންނެވީވެސް…” ކައުންޓަރުމަތީ ހުރި ތަށިތައް ނަގާ ސިންކަށްލަމުން ޝަލީން ވާހަކަދެއްކިއެވެ.

“ސެމް ބުނީމަވެސް ދާކަށް އެއްބަހެއްނުވި… މަންމަ ހަވީރު ބޭސްދިނިން…. ދަރިފުޅު ތިކަން ބަަހައްޓާފައި ކޮޓަރިއަށް ދޭބަލަ… ހައިޒަލް އައިސް އެބަހުރި…” ނޯކަރުކުދީންގެ ހަރަކާތް ދެކެން ހުރެފައި އިޔާނާ ވާހަކަދެއްކިއެވެ. ޝަލީން އޭނަ ކުރަން ހުރި މަސައްކަތް ބަހައްޓާފައި އަތްދޮވެލިއެވެ.

“ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ހައިޒަލް ގާތު ބުނާތި… ދެން މާގިނައިރެއްވެސް ނެތެއްނު… ލައި ގެނޭ މަންމަ އަތަށް… ދަރިފުޅު ކިހާ ކަންތަކެއްކޮށްފިން…” ޝަލީން ސިންކާއި ދުރަށް ޖެހިލުމާއިއެކު ޝަލީން ކުރަންހުރި މަސައްކަތާއި ލައިޝާ ހަވާލުވާން އުޅުމާއިއެކު އިޔާނާ އެކަން މަނާކޮށްލިއެވެ. ޅީދަރިފުޅާއިއެކު ހޭދަކުރަން މިލިބޭ ކުޑަދުވަސްކޮޅު ލައިޝާ ލަައްވާ އެއްވެސްކަމެއް ކުރުވާކަށް އިޔާނާ ބޭނުމެއްނުވެއެވެ. ނަމަވެސް ލައިޝާ ހީވާގިކަމުން މިސާލެއްފަދައެވެ. ބަދިގޭގެ ކަންކަމާއި ޝަޔަމްގެ ކަންކަން ބަލަހައްޓާލާގޮތުން އިޔާނާ އާޝޯހުވެއެވެ. އެއީ ގައިމުވެސް ވީނާގެ ފަރާތުން ލައިޝާއަށް ދަސްވެފައިވާނޭ ކަންކަމެއްނޫނެވެ.

*** *** *** *** *** ***

ކޮޓަރީގެ ބޮޑު ދޮރު ހުޅުވިގެންދިޔަ އަޑަށް ހައިޒަލް ބެލްކަނީގައި ހުރެފައި ފަސްއެނބުރިބަލާލިއެވެ. ކޮޓަރިއަށް ވަދެގެން އައި ޝަލީން ފެނިފައި ހައިޒަލް ހިނިތުންވެލަމުން އޭނަ ނަޒަރު ހުއްޓާލައިގެން ހުރި ދިމާލަށް އެނބުރިލިއެވެ. އޭރު ޝަލީން އެދިމާލަށް އަންނަކަން އިނގުނީ ފިޔަވަޅުތަކުގެ އަޑުންނެވެ. ވަޔާއި ހޫރެމުންދިޔަ ބެލްކަނީގެ ކާރޓަން ހައްޔަރުކޮށްލަމުން ޝަލީން ދޮރުމަތީގައި މަޑުކޮށްލިއެވެ. ދެޒުވާނުންގެ ކަޅި ބައްދަލުވެގެންދިޔަ ވަގުތުކޮޅު ދައްކާނޭ ވާހަކައެެއް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. ވާހަކަނުދެއްކޭތާ ގިނަދުވަސްވަމުންދިޔަވަރަކަށް އެދެމެދުގައި ބީރައްޓެހިކަމުގެ ފާރެއް ލެވިފައިވިއެވެ. ޝަލީން ހޮސްޕިޓަލުން ދޫކޮށްލިފަހުން ހައިޒަލްއާއި އެގޮތަށް ދިމާވެފައެއްނުވެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކޮމްޕެނީގެ ކަންތަކާއި ކޭސްގެ ކަންތަކުގައި ހައިޒަލް އުޅުނީ ހޭބޯނާރައެވެ. އޭނަގެ ކުޑަވެސް ވަގުތެއްދިނީ ޝާދީންއަށެވެ.

“ދޮންތަ ކިހިނެތް؟” ޝަލީން ސުވާލުކުރިއެވެ. ޝާދީންްއަށް ދިމާވި ކަންތަކަށްފަހު ޝާދީންއާއި ބައްދަލުކުރަންދާން ޝަލީން ބޭނުންވިއެވެ. ނަމަވެސް އެދެމެދުގައިވީ ހީނަރު ގުޅުމާއިއެކު ޝާދީން ކުރިމައްޗަށް ދާނެ ހިތްވަރު އޭނައަށް ނުލިބުނީއެވެ. އެދެމެދުގައި ގުޅުން ރަނގަޅުކުރަން ޝާދީން ދުވަހަކު މަސައްކަތްވެސް ކޮށްފައެއްނުވެއެވެ.

“ކުރިއަށްވުރެ ރަނގަޅު… މަޑުމަޑުން ހަމަޔަކަށް އެޅެމުންތާ ދާނީވެސް… އެކަމަކު އަދިވެސް ރޮއެހަދާކަން އިނގޭ…” ސިކުންތުކޮޅަކަށްވެސް ހައިޒަލްގެ މޫނުން ފާޅުވީ ޝާދީންއާއި މެދު ކަންބޮޑުވެފައިވީކަމުގެ އަސަރުތަކެވެ.

“ޝަލީ އަހަރެން ޑިވޯސް ފޯރމް ނަގައިފިން… ކޯޓު މައްސަލަގަނޑުގައި ބިޒީވީވަރުން އެކަންމަތިން ހަނދާންނެތި އެކަމާއި ނޫޅެވިފައި މިހުރީ… އަހަރެމެން ކައިވެނި ސައްހަނުވިޔަސް ރަސްމީގޮތުން ނިންމަންޖެހޭ ކަންކަން ހުންނާނެ… ޝަލީގެ ބައްޕައަށް އަންގާލައިފައި އެކަމާއި އުޅެން އަހަރެން މިހުރީ…” ހައިޒަލް ޖީބަށް އަތްޖަހާލައިގެން ހުރެފައި ޝަލީންގެ މޫނަށް ބަލާލިއިރު އެ މޫނުން ތަފާތު އަސަރެއް ފެނުނެވެ. ޝަލީން އޭނަގެ ހަޔާތަށް އައީތީ ހައިޒަލް މިއަދު އުފާކުރެއެވެ. އެހެންނޫންނަމަ އޭނަގެ އެކުވެރިޔާ އޭނައަކަށް ނުފެނުނީހެވެ.

“ހިތަށް އަރަނީ ބައްޕަ ޤަބޫލުވާނެބާވައޭ… މިކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ވެއްޓިފައިވާ މިވާއަޑިގުޑަންގަނޑުގެ ފުންކަން އެހެން މީހަކަށް ނޭނގޭނެ… މިކަމުގެ ތެރޭގައި މިޝަލްވެސް އަހަރެމެންނާއި ވަކިވެގެންދިޔައީ… މިހާރު ޤަބޫލުކުރެވޭ އެކަން އެހެންވީ މިޝަލްއަށްވެސް ރަނގަޅަކަށް ކަން… ބޭބީ ދުނިޔޭގައި ހުރިނަމަ ރަސްމީގޮތުން ބޭބީގެ ބައްޕައަކަށްވީހީ ހައި… ބޮޑުވެގެން އަންނައިރު ބޭބީއަށް ކޮންފިއުޒްވުން ނޫންކަމެއް ނުވާނެ… ބޭބީ ނެތަސް އެ ވާހަކަތައް ބައްޕަމެންނަށް ކިޔައިދޭން އަހަރެން މިހުރީ…” އެއްއަތުން ކޮނޑުމައްޗަށް ފައިބައިފައިވާ އިސްތަށިކޮޅާއި ޝަލީން ކުޅެލަ ކުޅެލައި ހުރިއިރު އެ މޫނުމައްޗަށް ވެރިވެފައިވާ ކުލަވަރުންވެސް ޝަލީން ވިސްނަމުންދާކަމަށް ހެކިވިއެވެ.

“ޝަލީގެ ބައްޕަ ޤަބޫލުނުވިޔަސް އަހަންނަށް މަޖުބޫރުކުރުމަކީ ދެން އެކަކަށްވެސް ކުރެވޭނެކަމެއްނޫން… ބޭނުމެއްނޫން ދެބަސްވުމަކަށްދާކަން އެކަމް ޝަލީގެ ބައްޕަ ނުޤަބޫލުވެއްޖެއްޔާ އަހަންނަށް ޖެހޭނީ ދެކޮޅަށް މިކަން ކުރަން… އެހެންނޫނީ ދެމީހުންކުރެ އެކަކަށްވެސް ކުރިއަކަށް ނުދެވޭނެ.. އެހެންނޫނަސް އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ބެސްޓް ފްރެންޑްގެ ހައްޤު ހިފަހައްޓައިގެން ހުންނާކަށް… ޔާންްއަކީ އަހަރެންގެ ކުޑައިރުގެ ބެސްޓީ… ޔާންއާއި އަލުން ބައްދަލުވާން އޮތީވެ އަހަރެމެން ދެމީހުންގެ ދިރިއުޅުމަށްވެސް ކޮންމެ ސިފައެއްގައި ޝަލީ އައީ…” ހައިޒަލްގެ ވާހަކައިގެ މެދުތެެރެއިން ޝަލީން ހައިރާންކަމާއިއެކު ބަލާލިގޮތުން ހައިޒަލް އިތުރަށް އޮޅުންފިލުވައިދިނެވެ. އެ ކުޑަ ލަފްޒުތަކުންވެސް ޝަލީންއަށް ފަސޭހަކަމާއިއެކު ވިސްނައިގަނެވުނީ ހައިޒަލްގެ މާޒީ އޭނާއަށް ކިޔައިދީފައިވާތީއެވެ.

“ތެންކްސް ހައި… މިހުރިހާ ދުވަހު ހައި އަހަންނަށް ވެދިން އެހީތެރިކަމުގެ ބަދަލުދޭނެގޮތެއްވެސް ނޭނގެ…” ޝަލީން ހައިޒަލްގެ މޫނަށް ނަޒަރު ހަމަކޮށްލިއެވެ.

“އޭގެ އަގު މާކުރިން ޝަލީ އަދާކޮށްފި… ނައިނާއަށް ޝަލީ ވެދިން އެހީތެރިކަމަކީ އަހަންނަށްވެސް ވެދިން އެހީއެއް… ތެންކްސް ފޯރ ބިއިން ވިތް ހާރ… ނައިގެ ސަބަބުން އަހަރެމެންގެ ގުޅުމެއް އޮތީތީވެ އަހަންނަށް ޝަލީއާއި ކެއަރކުރެވުނީ… އަދި ޔާންގެ ހައްޤަކަށްވާތީ… އަހަރެން އެދެނީ ޝަލީއާއި ޔާން އަބަދަށްޓަކައި އުފަލުގައިވުމަށް…” ހައިޒަލް ޝަލީންގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. އެ މޫނުމަތީން ފެނުނީ އޯގާތެރިކަމެވެ. ޝަލީން ރައްދުގައި ހިނިތުންވެލިއެވެ. އޭނަގެ ހަޔާތަށް އައި އެންމެ އޯގާތެރި ޒުވާނަކަށް ހައިޒަލް ވާނެއެވެ. ހައިޒަލްއާއި އެކު ހޭދަވެގެންދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހައިޒަލް އޭނަގެ ހިތުން އެކުވެރިއެއްގެ މަޤާމު މިލްކުކުރިއެވެ. އޭނަގެ ހިތުން ހާއްސަކަމެއް ހޯދިއެވެ. ނައިނާއާއި މަޔާންގެ ސަބަބުން ވަކިވިޔަސް އެދެމެދުގައި ކެނޑިގެންނުދާނޭފަދަ ގުޅުމެއް އުފެދިއްޖެެއެވެ. ހައިޒަލް އޭނައަށް ހޯދައިދިން އުފާވެރިކަމުގެ އަގު އޭނަަައާއި މަޔާންއަށް ދޭންޖެހިފައިވެއެވެ. އެކަންވާންއޮތީ ހައިޒަލްގެ މައިންބަފައިންނަށް އިންސާފު ލިބި ހައިޒަލްއާއި ނައިނާ ގުޅިގެންނެވެ.

*** *** *** *** *** ***

މިޑޯވިއުގެ ފުރިހަމަ ޑައިނިންރޫމްގައި ރޭގަނޑުގެ ކެއުން ކުރިއަށްދަމުންދިޔައިރު ޑައިނިންރޫމްތެރޭގައިވީ ހިމޭންކަމެވެ. އެހެން ރޭރޭ ކެެއުމުގެ ސުފުރާ ދޮށުގައި ވާހަކަދައްކާ އިޝާރުގެ ދުލުން މިރޭ އެންމެ ބަހެއްވެސް ބޭރެއްނުވިއެވެ. ކެއުމާއި ގަޔާނުވެފައި އިނދެވެސް ގަދަކަމުން އަރުތެރެއަށް ކާއެއްޗެހި އެތެރެކުރަމުންދިޔައިރު އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާލުމުގެ ހިޔާލެއްނުކުރިއެވެ. އޭނަ ކިތަންމެ މަސައްކަތްކުރިޔަސް މަޑުމަޑުން ދެލޯ ތެމި ފެންކަޅިވަމުންދިޔައެވެ. އާއިލާއާއި މި އުފާތަށް ހިއްސާކުރާކަށް އޭނަައަށް މާގިނަ ވަގުތެއް ނާދެއެވެ. އޭނަގެ ނިމުން ގާތްވަމުން އެބަ އާދެއެވެ.

އިޝާރުގެ މިޒާޖަށް ކުއްލިއަކަށް އައިސްގެން މިއުޅޭ ބަދަލަކުން އެންމެ ބޮޑަށް ނުތަނަވަސްކަމެއް ލިބިފައިވަނީ އިޔާނާއަށެވެ. އިޝާރުއާއިމެދު ފިކުރުބޮޑުވެފައި އިނދެވެސް ސުފުރާދޮށުގައި ތިބި ދެ ދަރީންގެ ހަރަކާތްތަކަށް އިޔާނާ ފަރުވާތެރިކަމާއިއެކު ކަޅިއެވެ.

ޝަޔަމްއާއި ލައިޝާ ގާތްގާތުގައި އިށީދެލައިގެން ތިބިއިރު ޝަޔަމްގެ ހުރިހާ ކަޅިއެޅުމެއް އަމާޒުވެފައިވީ ލައިޝާގެ މޫނަށެވެ. ލައިޝާ އިސްއޮބައިލައިގެން އިންއިރުވެސް ޑައިނިންރޫމްގައިވާ ހުދު އަލިކަމުގައި އެ މޫނަށްވެރިވެފައިވާ ގަދަ ފިޔާތޮށިކުލަ ސިއްރެއްނުވެއެވެ. ލަދުންގޮސް މަލެއްފަދައިން މިލާ މޯޅިވަމުން ދިޔައިރުވެސް ލައިޝާ އިނީ އިސްއުފުލާ ބަލާނުލާން ހުވާކޮށްގެންހެން ހީވިއެވެ. ކެއުން ކުރިއަށް ދިޔަވަރަކަށް ހައިޒަލްއާއި ޝަލީންއާއި ދެމެދުގައިވެސް ނަޒަރުތައް ބައްދަލުކުރެވެމުންދިޔައެވެ. މޭޒުގެ ދެފަރާތުގައި އެކަކު އަނެކަކާއި ކުރިމަތިލައިގެން ތިބެ މޫނަށް ބަލާލީ ވާހަކައެއްް ބުނަން ބޭނުންވެފައި ތިބެއެވެ. ނަމަވެސް ދުލުން ބަހެއް ބޭރުވެދާހެން ހީވާ ވަގުތުކޮޅަކަށްފަހު ދާދިއަވަހަށް ދެޒުވާނުންގެ ނަޒަރު ބަދަލުކޮށްލައެވެ.

އެންމެން ސުފުރާ ދޫކޮށްދާން ތައްޔާރުވީވަގުތު ލައިޝާ ކުއްލިއަކަށް އޯކާދެމިގަތުމާއިއެކު އެންމެންގެ ނަޒަރު ލައިޝާއަށް ހުއްޓުނެވެ. އަތުގައި އޮތް އޫ ތަށިތެރެއަށް ދޫކޮށްލުމަށްފަހު ޝަޔަމް ލައިޝާގެ ގައިގައި ހިފަހައްޓާލަން އުޅުނެވެ. ޝަޔަމްގެ އަތްތިލަ ލައިޝާގެ ބުރަކަށީގައި ޖެހިގެންދިޔައިރު ލައިޝާ ގޮނޑިން ތެދުވިގޮތަށް އަނގަމަތީގައި އަތްއަޅާލައިގެން ހުރެ ޑައިނިންރޫމްއަށް އިން ވަކިކޮށްފައި އިން ތަންކޮޅާއިދިމާލަށް ދުއްވައިގަތެވެ. މޭޒުދޮށުގައި ތިބި އެންމެންނަށް ނަޒަރެއްދެމުން ޝަޔަމް ލައިޝާގެ ފަހަތުން ދިޔައެވެ. ޝަޔަމްއަށް އެބަޔަށް ވަދެވުނުއިރު ލައިޝާއޮތީ ސިންކާއި ދިމާލަށް ގުދުވެގެންނެވެ. ގޮހޮރުގައި ހުރި ހުރިހާ ކާއެއްޗެއް ހޮނޑުގެ ގޮތުގައި ބޭރުކުރަމުންދިޔައިރު ޝަޔަމް ގާތްވެ ލައިޝާގެ ހަށިގަނޑުގައި ހިފަހައްޓާލިއެވެ. ފަސޭހަވާނެހެން ނިއްކުރީގައި ހިފަހައްޓާލަދިނެވެ.

ލައިޝާގެ އަނގައާއި މޫނު ދޮއްވައިލައިގެން ވަރުދޫވެފައިވާ އެ ހަށިގަނޑު ގަޔާއި ކައިރިކޮށްލައިގެން ހުރެ ޝަޔަމް ނިކުމެގެން އައި އިރު އެންމެންގެ ނަޒަރު އެދެޒުވާނުންނަށް ހުއްޓިފައިވެއެވެ. އިޝާރުގެ ސަމާލުކަންވެސް ލައިޝާއަށް ދެވިފައިވެއެވެ.

“ދަރިފުޅު މާއަވަސްކޮށްލައިގެން ދިރުވީމަ ކާއެއްޗެހި ހަޖަމުނުވީދޯ… ލައި… ފިނިފެންފޮދެއް ބޯލަބަލަ…” އިޔާނާ ޖަގުން ފިނިފެންތައްޓެއް އަޅާފައި ލައިޝާއަށް ދިއްކޮށްލުމާއިއެކު ލައިޝާއަށްވުރެ ކުރިން ޝަޔަމް ތަށީގައި ހިފިގޮތަށް ލައިޝާގެ ތުބުގައި ތަށިޖެއްސިއެވެ. ދެތިންކޯވަރެއް ބޯލައިފައި ލައިޝާ ތަށި ދުރުކޮށްލިއެވެ. އެވަގުތު ކަމެއް ހަނދާންވެގެން ކަހަލަގޮތަށް ލައިޝާއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ.

“ބަނޑަށް ތަދުވަނީތަ…” ޝަޔަމް ފެންތަށި މޭޒުމަތީ ބަހައްޓާލުމަށްފަހު އެނބުރިލިއިރު ލައިޝާ ބަނޑުގައި އަތްޖައްސާލައިގެން ހުރިތަން ފެނިފައި ސުވާލުކުރިއެވެ. ވަގުތުން ލައިޝާ އަތްތިރިކޮށްލިގޮތަށް ބޯހޫރާލިއެވެ. އެވަގުތު ޝަލީން ލައިޝާއާއި ދިމާލަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“ބަނޑު ހުސްވީމަ ބަނޑަށް ތަދުވާނެއެއްނު… ސެމް ދަރިފުޅު ލައި ގޮވައިގެން ކޮޓަރިއަށް ދޭ… ސޫޕްއެއް ތައްޔާރުކޮށްލާފައި މަންމަ ފޮނުވާނަން…” އިޔާނާ ވާހަކަދެއްކިއެވެ.

“ނޫން މަންމާ އަޅުގަނޑު ރަނގަޅޭ….” އެހެންމީހުންގެ ސަމާލުކަން ލިބެން ބޭނުންނުވާތީ ލައިޝާ ވަގުތުން މަނާވެގަތެވެ. އޭނަ ރަނގަޅުކަން ދައްކަންވެގެން އެއްނޭވާމަތިން އިޔާނާ ދިން ޖޫސްތަށި ދަމާލިއެވެ. އޭރު ހޮނޑުއައިސް ކަރުބުޑުގައި ހުއްޓަސް ލައިޝާ ކެތްތެރިވެލިއެވެ. އެއްވެސް މީހަކަށް ކުޑަވެސް ޝައްކެއްވެދާނެފަދަކަމެއްވާކަށް އޭނަ ބޭނުމެއްނޫނެވެ. ހާއްސަކޮށް ޝަޔަމްއަށެވެ.

“ޔަގީންތަ ރަނގަޅުކަން… އަހަންނަށް ފެންނަނީ ލައި ޑޮކްއަށް ދައްކަން.. ކުރިންވެސް ލައި ފިންޏަށް ބަލިވިޔަސް މިފަހަރު އެބަ މާގޯސްވެއެއްނޫންތަ؟” ޝަޔަމް ލައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރެ ވާހަކަދެއްކުމާއިއެކު ލައިޝާ ދެކޮޅު ހަދަމުން ބޯހޫރާލިއެވެ. ލައިޝާ ރަނގަޅުކަމަށް ޔަގީންކުރަމުން އެންމެން ނިކުމެގެންދިޔުމާއިއެކު ލައިޝާ ޝަޔަމްއަށް އިތުރު ސުވާލުކުރުމުގެ ފުރުސަތުނުދޭވެގެން ހަލުވި ފިޔަވަޅުތަކެއްގައި ލިވިންރޫމްްއަށް ނިކުތެވެ.

ކެއުން ނިމިގެން ޑައިނިން ރޫމްއަށް ނިކުތްގޮތަށް ކޮޓަރިތަކަށް ދިޔުމުގެ ބަދަލުގައި އެންމެންވެސް ވާހަކަދައްކަން ލިވިން ރޫމްގައި މަޑުކޮށްލިއެވެ. އެންމެންނާއި އެކަހެރިވެލަން ބޭނުންވެލައްވާފައިހުރެވެސް އިޝާރު ކުދިންނާއި ބައިވެރިވެލެއްވީ ހައިޒަލްއާއި ޝަލީން އޭނައާއި ވާހަކައެއް ދައްކަން ބޭނުންވެފައި ތިބިހެން ހީވެލައްވާފައެވެ. ލައިޝާވެސް ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ކޮޓަރިއަށްދާކަށް ހިޔާލެއްނުކުރިއެވެ. މިވަގުތު ޝަޔަމްއާއި އެކަނިވުމަކީ އޭނަ އެންމެ ވާން ބޭނުންނުވާ ކަންތަކެވެ.

“ދަރިފުޅުމެން ބައްޕަ ގާތު ވާހަކައެއް ބުނަން ބޭނުންވެފައި ތިބިހެން ހީވޭ… ދެން ބުނެބަލަ…” ކަޅުކުލައިގެ މަޙުމާ ފޮތީގެ ގޮނޑީގައި ހަމަޖެހިލައްވަމުން އެންމެ ގާތަށް ހުރި ސޯފާގައި ތިބި ހައިޒަލްއާއި ޝަލީންއަށް ނަޒަރެއްދެއްވަމުން އިޝާރު ވާހަކަދެއްކެވިއެވެ. އެއާއިއެކު ހައިޒަލް   ޝަލީންގެ އަތުގައި ހިފާ ފިއްތާލަމުން އެ މޫނަށް ނަޒަރުހުއްޓާލިތަން ފެނިފައި އިޝާރުގެ ހިތުގައި އެ ވާހަކަ އަޑުއެހުމަށް ޝައުގުވެރިކަމެއް އުފެދިގެންދިޔައެވެ.

“ބައްޕައަށްވެސް އިނގިލައްވާނެ އަޅުގަނޑާއި ޝަލީގެ ކައިވެންޏަކީ އަޅުގަނޑުގެ މާބޮޑު ހިޔާލަކާއިނުލާ ބައްޕަގެ އިސްނެންގެވުމުގެ މަތިން ހަމަޖެހިގެންދިޔަ ކައިވެންޏެއްކަން… އޭރު ކަންތައްވީގޮތުން އަޅުގަނޑު އެކަމާއި ރުހުނަސް އެއީ އަޅުގަނޑު ހިތުގެ އަޑީން ނިންމި ނިންމުމެއް ނޫން… އެކަން މިހުރިހާ ދުވަހުވެސް އަޅުގަނޑުމެންގެ ގުޅުމަށް ހުރަސްއެޅި… މިގުޅުން މަތީދެމިތިބުމަކީ ޝަލީވެސް އަޅުގަނޑުވެސް ބޭނުންވީގޮތެއްނޫން… ކިތަންމެ ދުވަހެއް ވެގެންދިޔަނަމަވެސް މިގުޅުން އިތުރު ފައްތަރަކަށް ދިޔުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް… އަޅުގަނޑު މިހާރު ބޭނުންވަނީ ޝަލީން މިނިވަންކުރަން… މިއަދު އަޅުގަނޑުގެ ބައްޕަ އަދި ޝަލީގެ ބައްޕަގެ މަގާމުގައި ހުރި ފަރާތަކީ ބައްޕަކަމުގައިވާތީ ބައްޕަގެ ބަހެއް އަޅުގަނޑު ބޭނުންވޭ…” ހައިޒަލް ވާހަކަދައްކަމުންދިޔަވަރަކަށް ފުންމިން ނޭނގޭފަދަ ހިމޭންކަމަކަށް ލިވިންރޫމް ގެނބެމުންދިޔައެވެ. ބަހެއްބުނުމެއްނެތި އެތަށް ނަޒަރެއް ހައިޒަލްގެ މޫނަށް އަމާޒުވެ ނަޒަރުން އެތަށް ސުވާލުތަކެއް އޮއްސާލިޔަސް ހައިޒަލް ޖެހިލުމުގެ ކުރިއަށް ހިތްވަރު ނެރުނެވެ. އޭރު ޝަޔަމް އިނީ ހައިރާންވެފައެވެ. ހައިޒަލްގެ ވާހަކަތައް އޭނަގެ ލޮލަށް ފެނުނު މަންޒަރުތަކަކާއި ނުގުޅެއެވެ. އަދިވެސް އެދެޒުވާނުންވެގެން ކަމެއް ސިއްރުކުރަނީ ހެއްޔެވެ؟

އެ ވާހަކަތަކާއި އިޔާނާގެ ނަފްސަށް ލިބުނު ސިހުުމުގެ ބޮޑުކަމުން ޝަލީންއަށް ނަޒަރެއްދެވުނުގޮތަށް އިޝާރުގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. އިޝާރު ރުޅިއިސްކޮށް ޒުވާން ދެހިތެއް ހަލާކުވެގެން ހިނގައިދާނެއަތީ އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވެއެވެ. އިޝާރު ކިތަންމެ ބޭނުންވިޔަސް ހައިޒަލްގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ބާރު އެ މީހުންނަށް ލިބިފައެއްނުވެއެވެ.

އެއްއަތްތިލަ އަނެއް އަތުގެ ތެެރެއަަށް މަހާލައްވަމުން އިޝާރު އަންހެންދަރިފުޅުގެ މޫނަށް ފުން ނަޒަރެއްދެއްވިއެވެ. ޝަލީންގެ މޫނުން ފެންނަ ކުލަވަރާއިއެކު މޫނުމަތީން ފެންނަ އަސަރުތަކުންވެސް ޝަލީން ބޭނުންވާގޮތް އިޝާރު ދެނެގެންނެވިއެވެ. ހައިޒަލްގެ އަނތްބެއްގެ ގޮތުގައި އުޅުނަސް ދަރިފުޅުގެ ހިތުގައި އަދިވެސް ވަނީ މަޔާންގެ ނަމެވެ. މޫނުން ހިތާމައިގެ ކުލައެެއްދައްކާނުލިޔަސް މިހުރިހާ ދުވަހު ޝަލީން ހޭދަކުރީ އުފާވެރި ދިރިއުޅުމެއްނޫނެވެ. އޭނައަށް އެކަން އިނގިހުރެ ނޭނގޭކަމަށް ހެދިލެއްވީއެވެ. ގޮތްދޫކުރައްވަން ބޭނުންވެނުލެއްވީއެވެ. ނަމަވެސް މިއަދު ފުރަތަމަ ފަހަރަށް އޭނަގެ ގޮތުގައި ހިފަހެއްޓުން ދޫކޮށްލައި ދަރިފުޅާއިމެދު ސާފު ހިތަކުން ވިސްނާލެވުނެވެ.

“ތިކަމާއިމެދު ބައްޕަ ވަކި ބުނާނީ ކީކޭ… ތިއީ ދެކުދީންއަށް އެންމެ ރަނގަޅުގޮތްކަމުގައި ވަނީނަމަ އަދި ތިކަމުގައި ޝަލީންގެ އިއުތިރާޒެއް ނެތްނަމަ ބައްޕަ ދެކޮޅު ހަދާކަށް ނެތީން…” ހިމޭންވެފައިވާ ފަޒާއަށް ފުންނޭވާއެއް ދޫކޮށްލައްވަމުން އިޝާރު އިއްވާލުމާއިއެކު އެންމެންނަށްވެސް ބަލާލެވުނީ ޤަބޫލުނުކުރެވިފައި ތިބެއެވެ. މިހާތަނަށްވެސް އިޝާރުއަކީ ގޮތުގައި ހިފެހެއްޓުމުގެ އެއްވަނައެވެ. އޭނަގެ ދުލުން ބޭރުވާ ބަހަކާއި އިދިކޮޅަށް ކަމެއްކުރެވުމަކީ އަންހެނުން އިޔާނާއަށްވެސް ކުރެވުނުކަމެއްނޫނެވެ.

ކަންފަތަށް އިވުނު ބަސްތައް ޤަބޫލުކުރަންވެސް ޝަލީންއަށް ދަތިވިއެވެ. އޭނައަށް ހައިޒަލްގެ މޫނަށް ބަލާލެވުނީ އެކަން ޔަޤީންކޮށްދޭށޭ ބުނާފަދަ ނަޒަރަކުންނެވެ. ޝަޔަމްވެސް ހައިރާންވެފައި އިނދެ ބައްޕަގެ މޫނަށް ބަލާލެވުނީ އެއީ އޭނަގެ ބައްޕަގެ ދުލުން ބޭރުވި ބަހެއްކަމަށް ޝައްކު އުފެދިފައި އިދެފައެވެ. ޝަޔަމް ލައިޝާ ވަރިކުރަން އުޅުމުން އިޝާރު ވަނީ ނުހަނު ހަރުކަށިކަމާއި އެކު އެކަމަށް ދެކޮޅުހަދާފައެވެ. ހައިޒަލްގެ ޖުމްލަތަކުން ލައިޝާއަށް ލިބުނު ހައިރާންކަމަށްވުރެ އެ ބަސްތަކުން ލައިޝާގެ ހިތަށް ލިބުނު ހައިރާންކަން ބޮޑުވިއިރު ހިތުގައި ބިރުގެ އިހުސާސެއް ދައުރުވެލިއެވެ. ޝަޔަމްގެ މޫނަށް ބަލާލެވުނެވެ.

“ޝަލީންއަށް ބާރުއަޅައިގެން މިކައިވެނި ކުރުވިޔަސް ކައިވެނި ދަމަހައްޓަން ބައްޕަ ބާރުއަޅާކަށް ނެތީން… ކުދީންގެ ދިރިއުޅުމަށް ބަސްކިޔައިގެން ބައްޕަ ވަރަށް ގިނަދުވަހު އުޅެފި… ދަރިފުޅުމެން ބޭނުންވާގޮތަށް ތިކަން ކުރިއަށްގެންދަން ފުރުސަތު ދޭން މިއަދު ބައްޕަ ބޭނުންވަނީ… ބައްޕަގެ ނަސޭހަތަކީ ވަރީގެ ކަންތައް އެކަން އޮންނަންޖެހޭ ގޮތަށް ރީތި ގޮތުގައި ކުރިއަށް ގެންދިޔުން…” އިޝާރު ވާހަކަދައްކަމުންދިޔައިރު ޝަލީންއާއި ޝަޔަމްގެ މޫނަށްވެސް ނަޒަރު ހުއްޓާލެއްވިއެވެ. ނުހައްޤުން ފުރާފުރިހަމަވެފައި ތިިބި ދެދަރީންގެ ދިިރިއުޅުމަށް ނުފޫޒު ފޯރުވައިގެން އޭނައަށް ލައްކަދުވަސްވާންދެން އުޅެވިއްޖެއެވެ. ބައްޕަގެ ހައިސިއްޔަތުން ދަރީންގެ މައްޗަށް ލިބިފައިވާ ބާރު އޭނަ ބޭނުންކުރީ އެކުދީންގެ ހިތްކަޅުވާގޮތަށެވެ. އުފާވެރިކަން ހޯދައިދިނުމުގެ ނަމުގައި ދެކުދިންގެ ޒަވާޖީ ހަޔާތުގައި އަމިއްލަ ދެއަތުން ހުޅުޖެހުނީއެވެ. މިއަދު އޭނާއަށް ފިލާވަޅެއް ދަސްވެއްޖެއެވެ. ކުދިންގެ ކަންކަމަށް ބާރު ފޯރުވާ ގޮތްކިޔުމަކީ އެއީ އޭނަ ދެން ކުރާނެކަމެއްނޫނެވެ.

އެ ޖުމްލަތަކުން ޝަލީންގެ ހިތަށް އުފާލިބުނުއިރު ލައިޝާއަށް އެއިން ކޮންމެ ޖުމްލައެއް އިވުނީ ހޮނުގުގުރިއަކަށްވުރެ ބިރުވެރިކޮށެވެ. ޝަލީންއާއި ދެމެދު ދެކެވޭވާހަކައަކަށްވިޔަސް އެއިން ކޮންމެ ޖުމްލައެއް ޝަޔަމްއަށްވެސް ރައްދުވާކަން ނަގައިގަނެވުނު ހިނދު ލައިޝާގެ ދުނިޔެވެސް ކުޑިކުޑިވެގެން ފޭބިފަދައެވެ. ޝަޔަމްގެ ދިރިއުޅުމަށް އަބަދުގެ އަބަދަށް އަލްވަދާއު ކިޔަން ޖެހޭ ވަގުތު ޖެހެމުން އަންނަނީކަން އަމިއްލަ ނަފްސުވެސް އޭނައަށް އިންޒާރުކުރިއެވެ. ހަތަރު އަހަރުވާންދެން ޝަޔަމް ހިތާއި ދެކޮޅަށް އެ ކައިވެނި ދެމެހެއްޓީ ދެވަނަ ފަހަރަށް އިޝާރުގެ ބަހަށް ދެކޮޅު ހަދަން ބޭނުންނުވާތީއެވެ. ވީއިރު މިއަދު ޝަޔަމް ކައިވެނި ރޫޅާލަން ފަސްޖެހޭނޭ ސަބަބެއްނެތެވެ. ސިކުނޑިއަށް ގިނަވި ހިޔާލުތައް ލައިޝާގެ ލޮލަށް ކަރުނަ ގެނައުމުގައި ކާމިޔާބު ހޯދިއެވެ. ލޮލުގެ ތެރެއަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފޭބުމުގެ ކުރީން ލައިޝާ ލޮލުގެ ކަޅިރަވައިގައި އިނގިލި ޖައްސާލިއެވެ. އެވަގުތު ޝަޔަމް އޭނަގެ އަތުގައި ހިފާލިހެން ހީވެފައި ލައިޝާ ސޯފާގެ އަތްގަނޑުމަތީގައި އަތް އަޅާލައިގެން އިނދެފައި  އަތްދަމައިގަތެވެ. އެއާއިއެކު ދެން ޝަޔަމް ކޮށްލިކަމުން ލައިޝާ ހިތުގެ ހިނގުންވެސް މެދުކެނޑުނު ފަދައެވެ. ސޯފާއިން ތެދުވިގޮތަށް ނުހަނު ފަރިތަކަމާއި އެވަރުގަދަ އަތްދަޑިމައްޗަށް ލައިޝާ އުފުލާލިއިރު ނޭވާލާން ވެސް ލައިޝާ ހަނދާންނެތުނެވެ. ޝަޔަމްގެ އަތްދޮށުން ސަލާމަތްވާން ބޭނުންވިޔަސް އިޝާރު އިންނެވުމުން ލައިޝާއަށް ކުރެވުނުކަމެއްނެތެވެ. އޭނައަށް މަޖުބޫރުވީ ޝަޔަމްއާއި ދެކޮޅަށް އެންމެ ހަރަކާތެއްވެސްނުކޮށް ހިމޭންވާށެވެ.

“ދަރިފުޅާ ސެމް….” ލައިޝާ އުފުލާލައިގެން ހުރެ ޝަޔަމް ސިޑިން އަރަންފެށުމާއިއެކު އިޔާނާއަށް ގޮވާލެވުނެވެ.

“ބައްޕަމެން ކުރިއަށް ގެންދަވާ… ލައިގެ ހާލު މާރަނގަޅުހެނެއް އަޅުގަނޑަކަށް ހިޔެއްނުވޭ… މަންމަ ހާސްނުވާތި…” އިޔާނާ ގޮވާލުމާއިއެކު ޝަޔަމް ދެވަނަ ހަރުފަތަށް ހުއްޓިހުރެ ވާހަކަދެއްކިއިރު އޭނަގެ ދަތްތަކަށް ބާރުކޮށްލެވިފައިވެއެވެ. ލައިޝާގެ މި ފަރުވާކުޑަކަން ޤަބޫލުކުރާނެގޮތެއް އޭނައަކަށް ނޭންގެއެވެ. ލައިޝާ ރޯނީީ ބޮޑުކަމެއްވެގެންކަން އޭނައަށް ޔަގީންވެއެވެ. އޮޅުވާލައި ސިއްރުކުރަން ލައިޝާ ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި އުފެދުނު ޝުއޫރުތަކާއިއެކު އަތުގެ ތެރޭގައި އޮތް ލައިޝާގެ މޫނަށް ރުޅިވެރި ނަޒަރެއް ދެމުން ޝަޔަމް ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރަންފެށިއެވެ.

“މިހުރިހާ ދުވަހު ބައްޕަގެ ޝަލީން ރައްކާތެރިކަމާއިއެކު ބަލަހައްޓައިދިނީތީ ބައްޕަ ހައިޒަލްއަށް ޝުކުރުއަދާކުރަން… ހައިޒަލްއަށް ނޭނގިނަމަވެސް ބައްޕަައަށް ހައިޒަލްއަށް ހިތާމައެއް ދެރައެއް ދެވިފާނަަމަ ބައްޕަައަށް މައާފުކޮށްދޭނޭކަމަށް އުއްމީދުކުރަން…”  ސިޑިން އަރައިގެންގޮސް ޝަޔަމް ނިވާވިތަން ބަލަން އިންނަވަފާއި އިޝާރު އޭނަގެ ވާހަކަ ކުރިއަށް ގެންދެވިއިރު އެލޮލަށް ކަރުނަ އެއްވަމުންދިޔައެވެ. އެއީ މަޖުބޫރުން ކުރެވިގެންދިޔަ ކައިވެނީގެ ސަބަބުން އިޝާރު ދެއްކެވި ވާހަކައެއްކަމަށް ހައިޒަލްއަށް ނޭނގުނީ އޭނަގެ ކުށްފާޅުވެގެންދިޔުމުގެ ކުރީން އިޝާރު އެކަމަށް އޭނަގެ ކިބައިން މައާފަށް އެދުނީކަމެވެ. ހައިޒަލްއަށް އެކަން ނޭނގިހުރެ މައާފުކޮށްދިނުމުން އިޝާރުގެ ހިތްމަތީ ބުރައެއް ބޭއްވުނުފަދައެވެ. ހަޤީގަތް އިނގުމާއިއެކު ހައިޒަލްގެ ކުރިމަތީގައި އޭނަ އަލްހާންއަށްވުރެ ނުބައި މީހަކަށްވެގެންދާނެކަން އިޝާރުއަށް ޔަގީންވެއެވެ. އެދުވަހަކުން އޭނައަށް މައާފުދެވުނީތީވެސް ހައިޒަލް ހިތާމަކުރާނެއެވެ. އޭނައަކީ ހައިޒަލްގެ މައާފު ހައްޤުވާވަރަށްވުރެ ބޮޑު އަނިޔާވެރިއެކެވެ.

“މިވަގުތުން ފެށިގެން ޝަލީން ތިއީ އަހަރެންގެ އަނތްބެއްނޫން…. ކޯޓުން ނިންމަންޖެހޭ ކަންތައް އަހަރެން ނިންމާނަން… ” އިޝާރުއާއި ދެމެދު ދެކެވުނު ވާހަކަތަކަށްފަހު ހައިޒަލްގެ ދުލުން ބޭރުވެގެންދިޔަ ޖުމްލަތަކާއިއެކު ޝަލީންގެ ބޮލުން ބޮޑު ބުރައެއް ނެގިގެންދިޔަފަދައެވެ. ނައިނާއަށް ދަރާފައިވާ ދަރަނި ކެނޑިގެންދިޔަފަދަ އިހުސާސެއްކުރެވުނުއިރު ހައިޒަލްގެ މޫނަށް ބަލާލަމުން ޝަލީން ހިނިތުންވެލިއެވެ. ގައިމުވެސް ނައިނާއާއި ހައިޒަލްގެ ދެމެދަށް އެޅޭ ހުރަހަކަށް ދެން އޭނަ ނުވާނެއެވެ. އެދެލޯބިވެރިންނަށްޓަކައި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކެވެ.

ދެން ފާއިތުވެގެންދިޔަ ވަގުތުކޮޅު ގިނަ ވާހަކަތައް ދެކެވުނީ އިޝާރުއާއި ހައިޒަލްއާއި ދެމެދުގައެވެ. ޝަލީން މަދުމަދުން އެ ވާހަކަތަކުގައި ބައިވެރިވިއެވެ. އިޔާނާގެ ނަފްސަށް ލިބިފައިވާ ހައިރާންކަމާއި އެކުވެސް އެކަން ދެއްކުމެއްނެތި ހައިޒަލްއާއި ނުހަނު ގާތްކޮށް ވާހަކަދެއްކިއެވެ. އިތުރަށް ސުވާލުކޮށް އޮޅުންފިލުވުމުގެ ބަދަލުގައި ހައިޒަލްގެ ނިންމުމަށް އިޔާނާ އިހުތިރާމްކުރިއެވެ.

*** *** *** *** *** ***

ރީނދޫކުލައިގެ ފަޑުއަލިކަމަކަށް ގެނބިފައިވާ ތަނަވަސް ނިދާކޮޓަރީގެ އެނދުގެ ބޯލާކޮޅާއި ދިމާ ފާރަށް ލެގިލައިގެން ހުރި ޝަޔަމްގެ ނަޒަރު ސީދާވެފައިވަނީ ބާލީހަށް މޫނު ހަރާލައިގެން އެނދުގައި ބަންޑުން ރޯންއޮތް ލައިޝާއަށެވެ. ހިމޭންވެފައިވާ ކޮޓަރިތެރެއަށް ފޭދެމުންދިޔަ ވޭނީ ގިސްލުމުގެ އަޑު އަހަން ހުރިއިރު ޝަޔަމްގެ ލޮލަށް ކަރުނަ ގިނަވެފައިވިއެވެ. ވޭތުވެގެންދިޔަ 30 މިނެޓްތެރޭ ލައިޝާއާއި ވާހަކަދައްކަން މަަސައްކަތްކުރެވުނު ވަރެއް ޝަޔަމްއަކަށް ނޭނގެއެވެ. އޭނަ އެތަށްފަހަރަކު ލައިޝާ  ރޯންޖެހޭ ސަބަބެއް ނޭނގިގެން ސުވާލުކުރިޔަސް ލައިޝާގެ ފަރާތުން ޖަވާބެއް ލިބުނީކީ ނޫނެވެ. ލައިޝާ އިސްވެ ބަހެއް ނުބުނިތާ އެދުންފަތުގެ ދޭތެރެއިން ގިސްލުމެއްގެ އަޑު ނޫން އަޑެއް ބޭރުވީކީ ނޫނެވެ.

“ލައި ބުނެބަލަ އަހަރެން ކިހިނެތް ހަދައިދޭންވީ…” ޝަޔަމް އެނދުގެ އެއްފަރާތުގައި އިށީދެ ލައިޝާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެވަގުތު ލައިޝާ އިސްއުފުލާ ބަލާލިއިރު އެލޮލުގެ ތެރޭގައި ވިދަމުންދިޔަ ބޮޑެތި ކަރުނަތިކިތައް ފެނި ޝަޔަމްގެ ހުރިހާ ހިއްސެއް ވަކިވެގެންދިޔަހެން ހީވިއެވެ.

“ވީގޮތެއް ނުބުނެ ރުޔަކަސް އަހަންނަކަށް ނޭނގޭނެ ދޯ… ބުނެބަލަ… ތަނަކަށް ތަދުވަނީތަ؟ އަހަންނަށް ލައި ހިތްހަމަ ނުޖެހޭކަމެއް ކުރެވުނީތަ؟” ޝަޔަމް ލައިޝާގެ ތެތްވެފައިވާ ކޯތާފަތް ފުހެލަމުން ވާހަކަދެއްކީ ނުހަނު ލޯބިންނެވެ. އެވަގުތު އެލޮލަށް ބަލާލެވުނުގޮތަކުން ލައިޝާގެ ހިތްވަރުދޫވެ ހުރިހާ ހިތާމައެއް ޝަޔަމްއާއި ހިއްސާކުރަން ހިތް އެދުނަސް އަމިއްލަ ހިތާއި ދެކޮޅު ހަދަމުން އަނެއް ފަރާތްތަށް މޫނު އަނބުރާލިއެވެ. އެލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތުގައި ބޮސްދޭންފެށިއިރު ލައިޝާ ލޯމަރާބާރުކޮށްލިއެވެ.

“އަހަރެން ބޭނުމީ މަންމަ ކައިރިއަށްދާން… އެއްކޮށް….” ލައިޝާގެ ކޯތާފަތުގައި ޖައްސާލެވިފައިވާ ޝަޔަމްގެ އަތް ނައްޓުވާލަމުން ލައިޝާ އިއްވާލުމާއިއެކު ޝަޔަމްއަށް އެނދުން ތެދުވެވުނެވެ. ސިކުންތުކޮޅަކަށް އެ ބަސްތައް ދޮގުކުރާނޭފަދަ ކުލައެއް ފެނޭތޯ ލައިޝާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ޝަޔަމް ލައިޝާއަށް ފަސްދިންގޮތަށް ބެލްކަނީގެ ދޮރުގައި ހިފާލިއެވެ. އޭރު އެލޮލުގައި ރިހުންދެނިވި ވޭނެއް ފޮރުވިފައިވިއެވެ. ނުސީދާގޮތަށް ލައިޝާ އެއެދުނީ ވަރި ނޫން ކޮންކަމަކަށް ހެއްޔެވެ؟ ފުރަތަމަ ފަހަރަށް އެ ބަސް ދުލުން ބޭރުނުކުރުމަށް ހުވާކުރުމަށްފަހު އޭނަގެ އަޒުމް ގުޑުވާލަން ލައިޝާ މަސަައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ލައިޝާގެ ޖުމްލަތައް އޭނަގެ ހިތަށް ވީއްލާލެވުނު އެތިފަހަރަކަށްވީކަން ލައިޝާއަށް އިނގޭނެނަމައެވެ. ދެވަނަ ފަހަރަށް އޭނަ ލޯބިވާން މަސައްކަތްކުރުމުން ލައިޝާ އޭނަ ބާކީކޮށްލަނީއެވެ. އޭނަގެ އިހުސާސްތަކުގެ އަގެއް ލައިޝާގެ ކުރިމަތީގައި ނެތީއެވެ.

ރުޅިއާއި ހިތާމަ އެކުވެގެން ޝަޔަމްގެ ހަމަހޭވެރިކަން ގެއްލޭގޮތްވީއިރު އަތްމުށްކަވާފައި ބެލްކަނީގެ ދޮރަށް އެތިފަހަރެއް ބޭލިއެވެ. ދޮރުގެ ބިއްލޫރިގަނޑުވެސް ގުޑާލައިގެން ދިޔައިރު ލައިޝާވެސް ސިހިފައި ބަލާލިއެވެ. ޝަޔަމް ދެވަނަ އެތިފަހަރު ދޮރަށް އަމާޒުކޮށްލަން އުޅުމާއިއެކު ލައިޝާ އެނދުން ފުންމާލިގޮތަށް ދުވެފައި އައިސް ޝަޔަމްގެ އަތުގައި ހިފަހައްޓަން އުޅުނެވެ. އެ ފިނި އިނގިލިތައް ޝަޔަމްގެ އިނގިލިތަކުގައި ބީހިލުމާއިއެކު ޝަޔަމް އަތް މައްޗަށް ހިއްލާލަމުން ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

“އަތްނުލައި… މިހާރު ލައި ކީއްކުރަން އަހަންނާއިމެދު ކަންބޮޑުވަނީ… އަހަރެންގެ ހިތަށް އުނދަގޫވާވަރު… އަހަރެން މިތެޅޭ ތެޅުން ލައިއަށް ނުފެންނަނީތަ؟ ބުނެބަލަ… ކީއްވެ އަހަންނާއި ދުރަށްދާން މަސައްކަތްކުރަނީ… އަހަންނަށް އިނގޭ ލައި އެންމެ ބޭނުންވާފަދަ ފިރިއަކަށް އަހަންނަށް ނުވެވުނުކަން… އަހަރެން ކުށް ޤަބޫލުކުރަން… އެކަމާއި އަހަރެން ކިހާވަރަކަށް މައާފަށް އެދެންވީ… އަހަންނަށް ދެވަނަ ފުރުސަތެއްދޭން ލައި ބޭނުންނުވަނީ ކީއްވެގެންތަ؟” ޝަޔަމް ލައިޝާގެ ދެކޮނޑުގައި ހިފައި ބެލްކަނީގެ ދޮރަށް ތަތްކޮށްލިއިރު އެ ލޮލުން ފެނުނު ކުލަވަރުން ލައިޝާގެ ހިތްވެސް ފޮތި ފޮތިކޮށްލިފަދައެވެ. އެލޮލުން އޭނަ ކުށްވެރިކުރަމުންދާކަމުގެ އިހުސާސްކުރެވިފައި ލައިޝާގެ ލޮލުން ކަރުނަ އޮހުނެވެ. އޭނަ ޝަޔަމްގެ ފަރާތުން ބޭނުންވަނީ ހަމްދަރުދީއެއްނޫނެވެ. ލޯތްބެވެ. އަމިއްލަ ކުށުގެ ބަދަލަށް ޝަޔަމް ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް މިލްކުކޮށްދިނަސް އޭނައަށް އުފަލެއް ލިިބިދާނެ ހެއްޔެވެ؟ ވަގުތީ އުފަލުން ހިތަށް ލިބޭ ހަމަޖެހުމަށްވުރެ ފަހުން އިހުސާސްކުރަންޖެހޭ ރިހުން މާ ވޭންދެނެވިވާނެކަން ޝަޔަމްއަށް ވިސްނޭނެނަމައެވެ.

“ސޮރީ…” ލައިޝާގެ ކަރުނަތައް ހިތުގެ ފުނާއި ހަމަޔަށް ފޯރިއިރު ލައިޝާގެ ދެފަރާތުން ވިއްދާލެވިފައިވާ ދެއަތް ދުރުކޮށްލަމުން ލައިޝާއަށް ފަސްދިނެވެ. އެވަގުތު ޝަޔަމްގެ ކޮނޑުމަތީ ލައިޝާ އަތްބާއްވާލިއެވެ.

“ލައި… އަަހަރެން ބޭނުން އެކަނިވެލަން… އަހަރެންގެ ނަފްސު ކޮންޓްރޯލްނުކުރެވިގެން ލައިއަށް އަނިޔާއެއް ލިބޭކަށް ބޭނުމެއްނޫން.. ސޯ ޕްލީޒް ލީވް މީ އެލޯން….” ޝަޔަމްގެ އަތްތިލައިގެ ތެރެއަށް މެހެވިގެންދިޔަ ލައިޝާގެ މަޑު އަތްތިލައާއި އަތްތިލަ ވަކިކޮށްލަމުން ޝަޔަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެ އަމަލުންވެސް ހާމަވީ ޝަޔަމް ލައިޝާއާއިމެދު ވިސްނާވަރެވެ. ލައިޝާއަށް ކުރިއަށް ފިޔަވަޅެއް އަޅާލައިފައިވެސް ޝަޔަމް ހުއްޓުވާނެހާ ހިތްވަރެއް ނުކުރެވުނެވެ. ޝަޔަމް ނިކުމެގެންދިޔަތަން ބަލަހައްޓައިގެން ސްޓެޗޫއެއްފަދައިން ހުރެވުނީއެވެ. އޭނައަށް ހީވީ އޭނަގެ ދިރިއުޅުން ހަފުސްވެގެންދަނީ ހެންނެވެ.#

ޝަޔަމް އެތަށް އިރެއްވަންދެން އަނދިރީގެ ތެރޭގައި ތަނބަކަށް ލެގިލައިގެން ހުރިއިރު އެދެލޮލުގައިވަނީ މާޔޫސްކަމެވެ. ލައިޝާދެކެ ނަފްރަތުކުރި ދުވަހެއް އައިނަމަވެސް މިހާރު ލައިޝާ ދިޔަދޭކަށް އަދި ދޫކޮށްލާކަށް ހިތް ބޭނުމެއްނުވެއެވެ. ނަމެއް ދޭން ނޭނގޭފަދަ އިހުސާސެއް އެހިތުގައި ލައިޝާއާއިމެދު އުފެދިފައިވެއެވެ. ޝަޔަމް ޔަގީންކުރާގޮތުގައި ވަރި އެއީ ދެން އޭނަގެ ދިރިއުޅަށްމުޅިން ބީރައްޓެހި ލަފުޒެކެވެ. އޭނަ ހަމަހޭވެރިކަން ހުރެ ދުލުން އެ ލަފްޒު ބޭރެއްނުވާނެއެވެ.

*** *** *** *** *** ***

ހަށިގަނޑުގެ ހިމޭންކަން ނަގާލި ހަޤީޤަތާއިއެކު ޝަލީންއާއި ކުރިމަތިލާން އުނދަގޫވީ މަޔާންއަށް ފެނުނު އެންމެ ރަނގަޅު ހައްލަކަށްވީ ޝަލީންގެ ނަޒަރުތަކަށް ފިލުމެވެ. ހުރިހާ ފަރާތްތަކަށް ޝަލީން އޭނައާއި ބައްދަލުވޭވެނެ މަގު ބަންދުކޮށްލުމަށްފަހު މަޔާން ހައިޒަލްއާއިވެސް ދުރުން އުޅެންފެށިއެވެ. އޮފީސް ނިމިގެން އަންނަގޮތަށް ޕެންޓް ހައުސްގައި ބަންދުވެގަނެގެން އިނުން އާދައަކަށް ހެދިއެވެ. އެހަތަރުފާރުތެރޭ ހައްޔަރުވެގެން އިނދެގެން މަޔާން އިންތިޒާރުކުރަނީ ކޮންކަމަކަށް ކަމެއް ނޭނގެެއެވެ. ކަސްތޮޅުތަކެއްފަދައިން އޭނަގެ ޖިސްމު ހައްޔަރުކުރަމުންދިޔަ ހިޔާލުތަކާއި ދުރުވާން އޭނަގެ ގާތް އެކުވެރިއަކަށްވީ ސިގިރޭޓާއި ކޮފީއެވެ. ހަށިގަނޑަށް ގެއްލުން ލިބޭ ތަކެތިކަން އިނގިހުރެވެސް އެތަކެތި މަޔާންގެ މިތުރަކަށްވިއެވެ.

އޮފީހުން އައިގޮތަށް ފުންނިންޖެއްގައި އޮވެފައި މަޔާންއަށް ލޯހުޅުވާލެވުނީ ކޮންމެވެސް މީހަކު ވަރަށްބާރަށް ޕެންޓް ހައުސްގެ ދޮރުގައި ތަަޅައިގަތްއަޑަށެވެ. އެއްވެސް ފަރާތަކާއި ކުރިމަތިލާން ބޭނުންނުވާތީ މަޔާން ސޯފާއިން ތެދުވުމެއްވެސް ނެތި ދެވަނަފަހަރަށްވެސް ނިދީގެ މީރުކަމަށް ފީނަން މަަސައްކަތްކުރިއެވެ. ނަމަވެސް ފަހަރަކަށްވުރެ ފަހަރެއް އެއަޑު ބާރުވަމުން އައިސް ދޮރު ވައްޓަލަފާނެހެން ހީވުމުން މަޔާން ސޯފާއިން ފުންމާލައިގެން ދިޔަގޮތަށް ބޭރުގައި ހުރީ ކާކުތޯވެސް ބަލާލުމެއްނެތި ދޮރު އަޑާއަށް ހުޅުވާލިއެވެ.

މާބްލްސް މައްޗަށް އަޅާލި ބޫޓުގެ ބަރު ފިޔަވަޅާއިއެކު ކޮންމެވެސް މީހަކު މަޔާންގެ މޭގައި އަތްއަޅާ ފަހަތަށް ކޮއްޕާލިއެވެ. އެއާއި ލޮލަށް އުނދަގޫވާހާ ގަދަ އަލިކަމަކުން ލިވިންރޫމްތެރެ ދިއްލިގެން ދިޔުމާއިއެކު މަޔާން ލޯމަތީގައި އަތްހުރަސްކޮށްލިއެވެ. ގަދަ އަލިކަމަށް ލޯހޭނިގެންދިޔުމާއިއެކު މަޔާން އަތްދުރަށްލަމުން ދޮރާއިދިމާލަށް ބަލާލިއެވެ. އޭރު ހައިޒަލް ހުރީ ދޮރަށް ލެގިލިގޮތަށް މަޔާންއަށް ކަޅިއަޅާލައިގެންނެވެ. އެވަރުގަދަ ބުމަ ގޮށްޖަހާލައިގެން ހުރިއިރު ރުޅިހުރި މިންވަރު ދެނެގަންނާކަށް މަޔާންއަކަށް އުނދަގުލެއްނުވިއެވެ.

“ފޯނާއި އެއްޗެހި ނިއްވައިލައިގެން އުޅޭއިރު ހާސްވާނެ މީހުން ތިބޭނެކަން ނޭނގެނީތަ…. އަހަރެމެންނާއި މެދު ވިސްނާނުލާތާ ޝަލީއާއި މެދު ވިސްނާލަން ރަނގަޅުދޯ…” ހައިޒަލް ރުޅިއައިސްފައި ހުރެ މަޔާންއާއި ދިމާލަށް ކުދިކިޔައިގަތެވެ. ވޭތުވެގެންދިޔަ ދެދުވަހު މަޔާންގެ ހަބަރެއް ނުވެގެން އޭނަގެ ހިތް ނޭނގޭފަދަ ބިރަކުން ތެޅުނެވެ. މަޔާންއަށް ކަމެއްވީކަމުގެ ބިރުވެރި އިހުސާސް އޭނަގެ ހަމަޖެހުމަށް ހުރަސްއެޅިއެވެ. މަޔާންއަށް ނޭނގުނަސް މަޔާންއަކީ މިކުޑަ ދުނިޔެއިން އޭނަ ރައްކާތެރިކަން ދޭން ބޭނުންވާ އެއްފަރާތެވެ.

“ދެން މަ ކިހިނެތްތަ ހަދަންވީ… ޝަލީ…. ޝަލީއާއި މެދު ވިސްނޭތީދޯ މިހެން މިއުޅެވެނީ…” ވީގޮތް ނޭނގިހުރެ ހައިޒަލް އެއްޗެހި ކިޔައިގަތުމުން މަޔާންގެ ރުޅި މައިތިރިކުރަން އުނދަގޫވެ ހައިޒަލްއަށްވުރެ ބާރަށް ހަޅޭލަވައިގަތެވެ. އޭރުވެސް އޭނަގެ ބޮލުގައި ވަރަށް ގަދަޔަށް ރިހެމުންދިޔައެވެ. ނިކޮޓިންގެ އަސަރު ކަންނޭނގެއެވެ.

“ޝަލީއާއިމެދު ވިސްނާވަރުންތަ މީހާ ދެވަރުން އެއްވަރުވެފައި ތިހިރީ… މަށަށް ހީވަނީ މިވީ ދެދުވަހު ކައިބޮއެ ހެދީވެސް ސިގިރޭޓުހެން… ނޫނީ މީވަކާލާތުކުރާނެ ކޯޓެެއް އަޅަން އުޅެފައިތަ؟” ސޯފާގެ ކުރިމައްޗަށްވާގޮތަށް ހުރި ކުޑަމޭޒުމައްޗަށް ހޫރިފައިވާ ސިގިރޭޓް ހުސްކުރި ފިލްޓަރުތަކަށް ނަޒަރުދެމުން މަޔާންގެ މޫނަށް ހައިޒަލް ނުރުހުމުގެ ކަޅިއެއް އެއްލިއެވެ.

ހައިޒަލްގެ ވާހަކަތަކަށް ރައްދުުދިނުމެއްނެތި މަޔާން ސޯފާގައި އިށީދެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގެ ތެރެއަށް ދެެއަތްމަހާލިއެވެ. މަޔާންގެ ހަރަކާތްތައް ދެކެން ހުރި ހައިޒަލް މަޔާން ގާތުގައި އިށީންދެ ކޮނޑުގައި ހިފެހެއްޓިއެވެ.

“ޔާން ބުނެބަލަ ކިހިނެތްވެގެން ތިއުޅެނީ… ކަމެއް ނުވެ ޝަލީ އިންގްނޯރކޮށްފައި އަމިއްލަ ނަފްސު ހަލާކަށް ހުށަހަޅާނެ މީހެއްނޫން ޔާންއަކީ… ބުނެބަލަ… އަހަންނާއި ޝެއަރކޮށްބަލަ…” ހައިޒަލް ކުޑަކޮށް މައިތިރިވެލިއެވެ. މަޔާންގެ ކޮނޑުގައި އަތްބާއްވައިލައިގެން އިނދެ އޭނަ މަޔާންއާއި ވާހަކަދެއްކީ ނުހަނު ގާތްކޮށެވެ.

“ހައި… ހުރިހާކަމެއް އިނގިހުރެ އަހަރެން ޝަލީ ކުރިމައްޗަށްދާނީ ކިހިނެތް… ޝަލީ އެންމެ ލޯބިވާ އެންމެ ޤަދަރުކުރާ ބައްޕައަކީ ކުށްވެރިއެކޭ… މީހަކު މެރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ މީހެކޭ ބުނާނީ ކިހިނެތް… އިޝާރު.. އަލްހާން ބުނި ތިންވަނަ މީހަކީ އެއީ…” މަޔާން ވާހަކަދައްކަނިކޮށް ހައިޒަލްއަށް މަޔާން ކޮނޑުމަތީ ބާއްވާލެވިފައިވާ އަތްތިލަ ދަމައިގަނެވުނެވެ. ފަހަތަށް ޖެހެވުނެވެ. އެ ޖުމްލައާއިއެކު ބޯމަތީ އޮތް ފުރާޅުވެސް މަޔާން ބިމަށް ތިރިކުރިފަދައެވެ.

“އަހަންނަކަށް ނޭނގެ… އަހަރެން ބޭނުމެއްނޫން އަހަރެންގެ މަސައްކަތުގެ ގޮތުން ޝަލީ ހިތާމަކުރާނެފަދަ ކަމެއް ދިމާވާކަށް… އެކަމަކު އަހަންނަށް އަމިއްލަ ބައްޕައަށްވެސް ބެލެން އޮންނާނެތަ… އަމިއްލަ ބައްޕަވިޔަސް ހުކުމް ތަންފީޒުކުރުމުގައި އަހަރެން ފަހަކަށް ނުޖެހޭނަން… އެކަމަކު އަހަރެން ބޭނުމެއްނޫން މިކަމުގެ ތެރޭގައި ޝަލީ ހަފުސްވެގެންދާކަށް… އަލްހާން ހައްޔަރުކުރެވުމުން ހައިގެ ދޮންތައަަށް ކުރި އަސަރު ރުއި ރުއިންތައް އަހަރެން ދެކުނިން… އެމަޤާމުގައި ޝަލީ އިންނަތަން ދެކެން އަހަންނަށް ކެތްވެދާނެތަ؟” ބޮލުގައި ހިފަހައްޓާލެވިފައިވާ ދެއަތް ތިރިކޮށްލަމުން މަޔާން ހައިޒަލްއާއި ދިމާލަށް ބަލާލިއިރު ކަރުނަ ހިފަހެއްޓިފައިވީ ލޮލުގައިވީ ވޭނެކެވެ. ހައިޒަލްއަށް ބުނާނެ އެއްޗެއް ނޭނގުނުއިރު މަޔާންގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

އަލްހާންގެ އެންމެ ގާތް ދެއެކުވެރިންގެ ތެރެއިން އޭނައާއި އެންމެ ގާތްކޮށް އުޅުނީ އިޝާރުއެވެ. އަބަދުވެސް އިޝާރު އޭނައާއި ކުރިމަތިލާނީ ހިނިތުންވުންތަކާއިއެކުގައެވެ. އޭނައަށް އިޝާރުގެ ފަރާތުން އިހުސާސްވީ އޯގާތެރިކަމެވެ. ނަމަވެސް އެ އޯގާތެރިކަމަކީ އިޝާރުގެ ސިފަ ފޮރުވާލި ފަރުދާއެކެވެ. އެންމެ ފަހު ރޭ އިޝާރު އޭނަގެ މައާފަށް އެދުނު ސަބަބު އޭނައަށް ވިސްނައިގަނެވުނީ އަދި ކިރިޔާއެވެ.

“ދޭ ފްރެސްވެލައިގެން އަންނަން…” އިތުރަށް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނުއިރު ހައިޒަލް މަޔާންގާތުން އެދުނެވެ. ހާމަވެގެންދިޔަ ހަޤީގަތާއިއެކު އޭނަ މަޔާންއާއި ދައްކަން ޖެހޭ ބައިވަރު ވާހަކަަތައް އެބަހުއްޓެވެ. އޮޅުންފިލުވަން ހުރި ކަންތައް އިނގިލިތަކުން ގުނާލެވޭވަރަށްވުރެ ގިނައެވެ. އެ މައުޞޫއުއަށް ވާހަކަ ފެށުމުގެ ކުރީން މަޔާން ހަމަޔަކަށްއެޅުން މުހިންމެވެ.

ތާފަނާ ފެނުގެ ތިކިތައް ހަށިގަނޑުގައި ބީހިލާފައިދާން ދައުވަތުދީގެން ހުރެފައި އާވީން ފުސްވަމުންދިޔަ ލޯގަނޑުގައި މަޔާން އަތްތިލަ ހިންގާލިއެވެ. ލޯގަނޑުގައިވީ ހިސާބެއްގެ ފުސްކަމާއިއެކު ސޫރަވަމުންއެދާ ސޫރައަކީ އޭނަގެ ސޫރަބާވައޭ މަޔާންގެ ހިތަށް އެރިއެވެ. ދެތިންދުވަހުގެ ތުބުޅިއާއިއެކު އޭނަ މުޅިއެހެން މީހެއްފަދައެވެ. ޝަލީން އަބަދުހެން ތައުރީފު ކުރާ މޫނު ހުދުވެފައިވާއިރު ތުންފަތްކަޅުކަމުން ދެލިކޮޅެއްފަދައެވެ. ބޯކިރުކޮޅެއްހާ ސާފު ލޮލުގެ ތެރެއިން ލޮލުގެ ރަތްކުލައިގެ ނާރުތައް އުފުލިފައިވެއެވެ.

ފެންހިއްކުމެއްވެސްނެތި އުނުގައި ތުވާލި އަނދެލައިގެން ކޮޓަރިއަށް ވަތްގޮތަށް މަޔާން އޭނަގެ ފޯނު އޮންކޮށްލިއެވެ. އެވަގުތު ޝަލީން ގުޅަންފެށިއިރު މަޔާންގެ ފޯނު އޮންވާނޭ އިރެއްގެ އިންތިޒާރުގައި ހުރެފައި ގުޅަންފެށީހެން ހީވިއެވެ. ނިވިދެއްލެމުންދިޔަ ފޯންގެ ޑިސްޕްލޭއަށް ބަލަހައްޓައިގެން ހުރެފައި މަޔާން ފޯނުނެގިއެވެ. ކަންފަތުގައި ރަނގަޅަށް ފޯނު ޖައްސާވެސް ނުލެވެނީސް ޝަލީންގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.

“ސޮރީ ބޭބީ… ފަހުން ގުޅާނަން އިނގޭ ބޭބީ…” ޝަލީން ވާހަކަދައްކަން ދިން ކުޑައިރުކޮޅަކަށްފަހު މަޔާން ފޯނު ބޭއްވިއެވެ.

ގަޔަށްދޫކޮށް އޮތް ފެހިކުލައިގެ ޓީޝާޓަކާއި ގުޅޭނޭ ޖިންސެއް ލައިގެން މަޔާން ތިރިއަށް ފޭބިއިރު ހައިޒަލް އިނީ ސޯފާގައި އިށީދެލައިގެންނެވެ. ކުޑަމޭޒުގައިވާހާ ފިލްޓަރުތައް ނަގާ މޭޒު ސާފުކޮށްލައިފައިވާއިރު މޭޒުގެ މެދުގައި ދެ ޖޫސްތައްޓާއި ޕާނާއި ޖޭމް އަޅާފައި ހުރި ތައްޓެއް ބަހައްޓާފައި ހުއްޓެވެ. ސިނގިރޭޓުގެ ބޯއަނބުރާ ވަހުގެ ބަދަލުގައި ލިވިންރޫމްތެރޭގައި ދުވަމުންދިޔައީ ލެމަން ގްރާސްގެ ސިކުނޑި ތާޒާކޮށްދޭ މީރުވަހެވެ.

މަޔާންގެ ސިކުނޑި ތާޒާވެގެންދިޔައިރު ސިކުނޑިއަށް ލުއިވިއެވެ. ހައިޒަލްއާއި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ސިކުނޑިއަށް ފަސޭހަވެފައިވިއެވެ. ރަނގަޅަށް ވިސްނެންފެށުނެވެ.

“އަހަރެންގެ ބައްޕައާއި ޝަލީގެ ބައްޕައާއިމެދު އަސްލު އޮންނަ މައްސަލަގަނޑަކީ އެއީ.. އޭރު އިޝާރަކީ އޭ.އެޗް.ގެ ޖީއެމް… ތަހުޤީޤަށް އިޝާރު ހާޒިރުކުރީމަ އިޝާރު ހިތްހަމަނުޖެހުނީ… އެމީހުންނާއި ދެކޮޅަށް މަސައްކަތްކުރާ މީހަކު ގޯސްވާނެއެއްނު… އުނދަގޫވިޔަސް އަހަރެން ބޭނުމީ މިކަމާއި ކުރިމަތިލާން… ފަސްދިނަސް ބަދަލުވާނެކަމެއް ނޯންނާނެ… އަހަރެން ދެރަވަނީ ޝަލީއާއި މެދު…” މަޔާން ވާހަކަދެއްކިއިރު އެލޮލުން ފެނުނީ ކަމަކާއި ވިސްނާފަދަަ ކުލަވަރެކެވެ.

“ވިލް ޔޫ ބީ އޯކޭ…” ދަތްދޮޅީގައި އަތްވިއްދާލައިގެން އިނދެފައި ހައިޒަލް މަޔާންއާއި ދިމާލަށް ބަލާލިއިރު އެލޮލުން ފެނުނީ ކަންބޮޑުވުމެވެ.

“ހޫމް…” މަޔާން ކުރުޖަވާބަކުން ފުއްދާލަމުން އިސްތަށިގަނޑުގެ ތެރޭގައި އިނގިލި ހިންގާލިއެވެ. ހުރިހާވެސް މައްސަލައަކީ އަލްހާންގެ އަތެއް މިކަމުގެ ތެރޭގައިވާތީއެވެ. ޝަލީންއާއި މެދު ކަންތައްކުރި ހަރުކަށިގޮތަށްފަހުވެސް ޝަލީންގެ ހިތުގައި އިޝާރުގެ ލޯބި ދެމިއޮތީ އެންމެ ފުރަތަމަދުވަހެކޭ އެއްގޮތަށެވެ. މިވާހަކަތައް ޝަލީންއަށް ކިޔައިދޭނޭގޮތެއްވެސް އޭނައަށް ނޭނގެއެވެ.

ހުރިހާވެސް މައްސަލައަކީ ޖެހިލުންވުމެއްނެތި ކުށްކުށަަށް އަރައިގަންނައިރު ފަހުންވެދާނެގޮތަކާއިމެދު ވިސްނާނުލާތީއެވެ. އެކަމުގެ ސަބަބުން ތިމާއާއި ގުޅުން ހުރި ފަރާތްތަކުން ކުރަން ޖެހޭ ހިތާމަ ވަޒަންނުކުރެވޭތީއެވެ. އެއްވެސް ނުބައަކުން ހެވެއް ނުނިކުންނާނެކަން ވަގުތުގައި ނުވިސްނޭތީއެވެ.

*** *** *** *** *** ***

ކޮމްޕެނީއިން އަންނަގޮތަށް ނައިނާ ގިނަވަގުތު ހޭދަކުރަމުންދިޔައީ ވިންޓަރ ބްރީޒްގައެވެ. އެ ބޮޑު ގަނޑުވަރެއްފަދަ ގޭގައި ހޭދަކުރާވަގުތުތަކުގައި ހައިޒަލްއާއިއެކު އެކަހެރިވެލާނެ އެތަށް ފުރުސަތުތަކެއް ތަނަވަސްވެފައިވީނަމަވެސް ނައިނާ އޭނަގެ ހުރިހާ ވަގުތެއްހެން ހުސްކޮށްދެމުންދިޔައީ ޝާދީންއަށެވެ. ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެއަންހެންކުދީންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދިގެންގޮސްފައިވެއެވެ.

ނައިނާ ޝާދީންގެ ކޮޓަރިން ނިކުމެފައި އެބޮޑު ގަނޑުވަރެއްފަދަ ގޭގެ ވަށާ ބުރެއްޖަހާލިއެވެ. ގޭގެ ހައިބަތު ވަރުގަދަކަމާއި އިންޓީރިއާ ޑިޒައިންގެ ފުރިހަމަކަމަަށް ހިތާހިތުން ތައުރީފްކުރަމުން ނައިނާ ޑިޒައިނަރ ސިޑީގައި ދުއްވާލެވިފައިވާ ކާރފެޓްގެ އަރާމްކަން އިހުސާސްކުރަމުން ސިޑިން އެރިއެވެ. ރިހިކުލައިން އަތްކަންކުރެވިފައިވާ ދިގު ސިޑި ނިމެނީ ޓެރެސްއަށެވެ.

މެންދުރުގެ ހޫނުގަދަ ވަގުތުވެސް ޓެރެސްއާއި ދިމާލަށް ލެބިފައިވާ ބިޔަގަސްތަކުން ޓެރެސްއަށް ހިޔާދީފައިވެއެވެ. ތިރީފާރުގެ މަތީގައި ރެއިލިންއެއްގެ ގޮތަށް އުސްކޮށް ބިއްލޫރި ޖަހާލެވިފައިވާއިރު ފެހިކަންގަދަ ޕޯޓިއޯ ރީތިކޮށްފެނެއެވެ. އެކިވައްތަރުގެ މާގަސްތަކުން ޓެރެސް ފަޅުފިލުވާލައިފައިވާއިރު ޓައިލްސްތައް ފޮރުވޭފަދައިން ފެހި ކާރޕެޓްގަނޑެއް ދުއްވާލައިފައިވެއެވެ. ވަށައިގެން ބޮޑެތި ސޯފާތައް ބަަހައްޓާލެވިފައިވެއެވެ.

ވަށައިގެން ނަޒަރު ހިންގަމުން ނައިނާ އައިސް ސޯފާތަކާއި އަރާހަމަވީވަގުތު ސޯފާގައި އިން ހައިޒަލް ފަސްއެނބުރިބަލާލިއެވެ. ނައިނާ ފެނުމާއި އެ ރީތި ތުންފަތްމައްޗަށް ވެރިވެގެންދިޔަ ހިނިތުންވުމާއިއެކު ދެލޯވެސް ދިއްލިގެންދިޔަފަދައެވެ. ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެ ގާތަށް އަންނަން އިޝާރާތްކުރިއެވެ. ހައިޒަލްއިނީ ސޯފާގެ ކުރިމައްޗަށްވާގޮތަށް އިން މޭޒުގައި އަލްބަމްތަކެއް އަތުރާލައިގެންނެވެ.

“މީ ކޮން ފޮޓޯތަކެއް….” ހައިޒަލްގެ އަތުގައި އޮތް ފޮޓޯގަނޑު ނަގަމުން ނައިނާ ވާހަކަދެއްކިއެވެ. އެއީ އަޒްހާންގެ ޒުވާން އުމުރުގެ ފޮޓޯގަނޑެކެވެ. ނައިނާވެސް ހައިރާންވަނީ އަޒްހާންއާއި ހައިޒަލް ވައްތަރުކަމެވެ. އަޒްހާންގެ އެންމެ ސިފައެއްވެސް ހައިޒަލްގެ ކިބައިން އުނިވެފައެއްނުވެއެވެ.

“ދޮންތަ ދިން ފޮޓޯތަކެެއް… އަހަރެން ކުޑައިރުގެ ފޮޓޯތައް….” ހުޅުވާލެވިފައިވާ އަލްބަމްގެ ގަނޑުތައް އެއްލަމުން ހައިޒަލް ވާހަކަދެއްކިއެވެ. އެ ބޮޑު ފޮޓޯ ފްރޭމް މުޅީންހެން ފުރާލައިފައިވަނީ އަޒްހާންއާއި ހައިލާ އެމީހުންގެ “ޒެލް”އާއިއެކު ނަގާފައިވާ ފޮޓޯތަކުންނެވެ. ކޮންމެ ފޮޓޯއަކުން ރަމްޒުކޮށްދެނީ އެ ކުޑައާއިލާގެ އުފާވެރިކަމެވެ. ބަދަހިކަމެވެ.

“ހައި ކުޑައިރު ހުންނަގޮތް ބަލާލަން ބޭނުން… ވަރަށް ޖޯކުވާނެދޯ….” މޭޒުމަތީގައި އޮތް ކުޑަ އަލްބަމް ނަގަމުން ނައިނާ ހައިޒަލްއާއި ދިމާކޮށްލިއެވެ.

“އެހެންތަ؟ އަހަރެން ކުޑައިރުވެސް ހޭންޑްސަމްކަމުން އަހަރެން ފެނުނުނަމަ ނައިނާ މޮޔަވީސް… ޓްރަސްޓް މީ… ތިފޮޓޯތައް ބަލައިގެން އަހަންނަށް އިތުރަށް ފޯލްވާނީ…” ނައިނާގެ ޖުމްލަތަކުން އަނގަޔަށް ގޮތެއް ހަދާލެވުނުއިރު އެކަން އަންގާލުމެއްނެތި ހައިޒަލް ފޮނިވެލިއެވެ.

“ނޭނގެއެއްނު… މިފޮޓޯތައް އަހަންނަށް ދެއްކުނީމަ ފަހުން ރިގްރެޓްކުރަން ޖެހިދާނެ އިނގޭ… އަހަރެން ހަމަ ހައިދެކެ ފޫހިވެދާނެއެއްނު…” ހައިޒަލްއާއި ޒުވާބެއް ހިންގާލާ ހިތުން ހުރި ނައިނާ ރައްދު ދިނުމާއިއެކު ހައިޒަލް ނައިނާ އިން ސޯފާގެ މައްޗަށް ޖެހިގަތްގޮތަށް ނައިނާގެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. އެ ހަރަކާތުން ސިހުނު ނައިނާއަށް އިސްއުފުލާ ބަލާލެވުނުވަގުތުކޮޅު ދެޒުވާނުންގެ ނަޒަރު ލާމެހިގެންދިޔަގޮތުން ދެޒުވާނުންގެ ހިތަށްވެސް ގުޑުމެއްއައެވެ. ބަސްބުނުމަކާއިނުލާ ކޮންމެ ފިޔަވަޅެއް ނެގެންފެށުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. ހައިޒަލްގެ ހޫނުނޭވައާއިއެކު ނައިނާގެ ލޯމެރިގެންދިޔަ ހިނދުކޮޅަކަށްފަހު އޭނަ ލޯބޮޑުކޮށްލިގޮތަށް އޭނަ ހައިޒަލްގެ މޭގައި އަތްއަޅާ ހައިޒަލް ސޯފާއަށް ގަންނަވާލިއެވެ.

“ވަރަށް ފޫހިވޭ ހައިދެކެ… ހަމަ ޗާންސެއް ނުލިބިފައި ހުންނާނީ… ކުރިން ދުވަހުއޭ އަދި ޑިވޯސްވީ…” ނައިނާ ސޯފާއިން ތެދުވިގޮތަށް އުނަގަނޑުގައި އަތްވިދެލަމުން ހައިޒަލްއާއި ދިމާލަށް ލޯއަޅާލިއެވެ.

“ނެއިންގެ އަތް ހައްދަވާފައި ހުންނަނީ ހިލައިންތަ؟ ނައިނާ ވަރުގަދަކަމުން މަގޭ ބެކްބޯން މުގުރާލައިފި… މިކުއްޖާއާއި ގާތްވެއްޖެ މީހަކު ދުރަށްދާންޖެހޭ އަނިޔާއެއްލިބިގެން… ބިރުވެރިކުއްޖާގަނޑެކޭ…” ހައިޒަލް ސޯފާއަށް ވެއްޓިގަތްގޮތަށް ހަރަކާތެއްވެސްކޮށްނުލާ އޮތީ މާބޮޑު އަނިޔާއެއް ލިބުނު ފަދައަކުންނެވެ. އެއާއިއެކު ނައިނާ ކަޅިއަޅާލިގޮތަށް ދުރަށް ހިނގައިގަތެވެ. ކުރިއަށް އަޅާލެވުނު އެއްފިޔަވަޅާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފައި ލުއްކެއް ޖެހިގޮތުން ނައިނާ ވެއްޓުނީ ހައިޒަލްގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ހައިޒަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވީ މާޒީވީ ދުވަހެއްގެ ހަނދާންއާވެފައެވެ. އެދުވަހެކޭ އެއްފަދައިން ނައިނާގެ ހަށިގަނޑުގައި އަތްވަށައިލަން އުޅުމާއިއެކު ހައިޒަލްގެ އަތްދުރުކޮށްލަމުން ނައިނާ ތެދުވިއެވެ. އެވަގުތު އޭނަގެ ސަމާލުކަން ދަމައިގަތީ ސޯފާގެ ތިރިއަށް އުއްޓުންވާހެން ވެއްޓިފައި އޮތް ފޮޓޯގަނޑަށެވެ. އޭނަ ގުދުވެލިގޮތަށް އެ ފޮޓޯގަނޑު އަތަށް ނެގިއެވެ.

“ތިއީ އަހަރެންގެ މަންމައާއި ބައްޕައާއިއެކު އިން ފޮޓޯގަނޑެއް… މަންމަ ވަރަށް ރީތިދޯ… ހިތަށްއަރާ މަންމަ ހުރިނަމައޭ… ދޮންތަހެން އަހަރެންދެކެ ހާދަ ލޯބިވާނޭ… މަންމައެއްގެ ލޯބި އަހަންނަށް އެއްވެސް ވަރަކަށް އިހުސާސްއެއްނުކުރެވޭ… އެހާ ކުޑައިރު މާމަވެސް ނިޔާވުމަށްފަހު އަހަރެންދެކެ ލޯބިވާ މީހަކަށް ހުރީ ދޮންތަ… ދޮންތަގެ ކުޑަކަމާއިއެކުވެސް ފުރިހަމައަށް ލޯބިދިނަސް މަންމަގެ ފަޅުކަން އަހަންނަށް އިހުސާސްވޭ… އައި ވިސް ޝީ ވޯޒް ހިއަރ…” ނައިނާގެ އަތުގައި އޮތް ފޮޓޯގަނޑުގައި ހައިޒަލް އުރާލައިގެން ހުރި ހައިލާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ހައިޒަލް ވާހަކަދެއްކިއެވެ. އެލޮލުގައި ކަރުނަތައް ވިދާލިއެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް ދުނިޔެއިން މަންމައެއްގެ ލޯބި ލިބުމެއްނެތިއެވެ. އެއޯގާތެރިކަމުގެ އަތްވަނީ މުޅިއުމުރަށް އޭނަގެ ބޯމަތީން ނެގިފައެވެ. އޭނަައަށް ނޭނގި އޭނަގެ ލޮބުވެތި މަންމަވަނީ އޭނައާއި މުޅިއުމުރަށްވަކިވެފައެވެ.

އަތުގައި އޮތް ފޮޓޯގަނޑަށް ބަލަހައްޓައިގެން އިންއިރު އޭނަގެ ނަޒަރު ހުސްވެފައިވީ ފޮޓޯގަނޑުގެ މެދަށްވާގޮތަށް ހުރި ފިރިހެންކުއްޖާގެ މޫނަށެވެ. އެ މޫނުން އޭނައަށް ދެކެފަރިތަކަމެއް ފާހަގަކުރެވެމުންދިޔައެވެ. ކޮންމެވެސް ތާކުން އޭނަ އެ ސޫރަ ދެކިފައިވެއެެވެ. އެކަމަކު ކޮންތާކުން ހެއްޔެވެ؟ ސިކުނޑިއަށް ބާރުލީވަގުތުކޮޅަކަށްފަހު އޭނަ ނަފްސަށް ޖަވާބު ލިބިގެންދިޔުމާއިއެކު ނައިނާގެ ނަފްސަށް ލޮޅުމެއްއައެވެ. އެކިދުވަސްތަކުގެ ހަނދާންތަކުގެ އެތިކޮޅުތައް އެކުވެގެން އޭނައަށް ނުހަނު ބޮޑު ކަމެއް ފަހުމްކޮށްދިންއިރު އޭނައަށް އަނގަމަތީ އަތްއަޅާލެވުނެވެ. ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރާލިއެވެ.

“ހައި ހިނގާބަލަ އަހަންނާއިއެކު އަހަރެން ބުނާ ތާކަށް….” ނައިނާ ސޯފާއިން ފުންމާލިގޮތަށް ކެތްތެރިކަން ކުޑަވެފައިހުރެ ހައިޒަލްގެ އަތުގައި ހިފައިދަމާލިއެވެ.

“ކޮންތާކަށް….” ނައިނާގެ އެކުއްލި ހަރަކާތުން ހައިޒަލްގެ ހިތުގައި ސުވާލު އުފެދުނެވެ.

“ޕްލީޒް ސުވާލުނުކޮށް ހިނގާބަލަ…” ނައިނާ ދެވަނަފަހަރަށްވެސް ހައިޒަލްގެ އަތުގައި ހިފާލަމުން އެދުމުން އިތުރު ސުވާލަކާއިނުލާ ހައިޒަލް ނައިނާ އާއި އެކު ހިނގައިގަތެވެ. އޭރު އޭނަގެ ސިކުނޑިއަށް ސުވާލުތައް ފުނިޖެހިފައިވިއެވެ.

ހ.ޑައިމެންޑްވޭލީއަށް ދިޔުމަށް ކާރުގައި ހޭދަވި ފަނަރަ މިނެޓަކީ ފަނަރަ ޤަރުނުހެން ނައިނާއަށް ހީވިއެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލައި އަތާއި ފައި ހިމޭންކޮށްގެން އިންނަން އުނދަގޫވަމުންދިޔައެވެ. މިހާރު މިވަގުތު ހައިރާގެ ކުރިމައްޗަށްގޮސް ސުވާލުކުރަން އޭނަ ބޭނުމެވެ. އޭނަގެ ހީކުރުންތައް ދޮގަކަށްވެދާނޭކަމުގެ ބިރުވެރިކަމަށްވުރެ ނޭނގޭފަދަ އުފާވެރިކަމެއް ނައިނާގެ ނާރުތަކުގެ ތެރޭގައި ދައުރުވަމުންދިޔައެވެ. އޭނައަށް ހީވާހީވުން ތެދަކަށްވުން އެދި އޭނަ ދުއާވެސް ކުރާނެއެވެ.

ޑައިމެންޑްވޭލީގެ ކުރިމައްޗަށް ކާރު ހުއްޓާލިގޮތަށް ނައިނާ ކާރުން ފުންމާލިގޮތަށް ހައިޒަލްގެ އަތުގައޮ ހިފައި ދަމަމުންގޮސް ގެއަށްވަނެވެ. ދިގު ހަނި ސިޑިވެސް މިއަދު އޭނަ ކަޑައްތުކޮށްލީ އެއްވެސް އުނދަގޫކަމަކާއިނުލައެވެ. ކުޑަ ކޯރިޑޯކޮޅުގައި ދުވެލައިފައި އައިސް ނައިނާ ދޮރުގައި ޓަކިދިންއިރު އޭނަގެ އަތްވެސް ގަނޑުފެންކޮޅަކަށް ވެފައިވެއެވެ. ދެވަނަ ޓަތްކާއިއެކު ހައިރާ އެޕާރޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ނައިނާ ފެނިފައި ހައިރާ އެއްޗެކޭ ބުނަން އުޅުމާއިއެކު ހައިޒަލްގެ ކުރިމަތީގައި ހުރެފައި ނައިނާ އެއްފަރާތްވެލީއެވެ.

ލޯމައްޗަށް ކަޝްޕުވެގެންދިޔަ މަންޒަރުން ހައިލާގެ ގައިން ބާރު ހިނގައިދާނެހެން ހީވި ހިނދު އޭނައަށް ދޮރުފަތުގައި ހިފައްޓާ ބާރުކޮށްލެވުނެވެ. ބަސްބުނާހާ ހިނދު އޭނަގެ ލޯކަރުނުން ފުރިބާރުވެގެންދިޔަ ހިނދު ހައިރާ މޭގައި އަތްއަޅާ ބާރުކޮށްލިއެވެ.

“އަޒްހާން….”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ

Next

ނާއިންސާފް 33

Next
September 14, 2019

ނާއިންސާފް 33

Previews
September 13, 2019

ނޭނގޭހެ ހާދަ ލޯބިވޭ

89 Comments!

  1. dhiraa wish says:
    September 13, 2019 at 11:54 pm

    sorry for the late update.. dhiraa type kuran indhefa proof readves nukoh mi upkohlee…and mi episode ehkoshehnoon mi ineekee.. mi part ah dhe scene eh add vaane.. maadhamaa ge vagutheh ga e dhe scene aai eku mi ep edit kohlaanan.. hope you will like this part and will wait patiently

  2. Meekkomee says:
    September 13, 2019 at 11:56 pm

    OMG….first dhww……..kiyaalaafa comment kohlaanu ingyyy??????

    1. Meekkomee says:
      September 14, 2019 at 12:23 am

      Woww???????mi part ves varah reethi ?❤️❤️❤️❤️❤️❤️❤️ waiting for the next part ???? luv ur story so much ???? Ly???

    2. dhiraa wish says:
      September 18, 2019 at 7:08 pm

      thankss dear

  3. Hai says:
    September 14, 2019 at 12:10 am

    Haizal noonihya smile eh genesgen abimeeha varikuraane meeheh nuhuhnaane kahneyge dho heheheh…varah reethi lai and shayam ge part varah loabi hai ah ves gaaiygadakah ekahala gotheh vee hama same aneh hen bunanya…eh feelings oh god…bunaane ehcheh ves neh hama…next part ga court room scene akaa nai and haizal ge scene eh genesdhehchey….one of the best stories I have read so far…emme loabikoh emotions as sifakurun genesdheefa in vaahaka mee….keep it up dhira love ???♥️♥️♥️

    1. dhiraa wish says:
      September 19, 2019 at 4:10 pm

      dhw.. ehenneh nu vaanee hai beynunvegen divorce kureema.. thats so sad to hear.. haizal ge scene eh ihnanvaane dhw.. eee vihya man akee.. adhi court scene ah laan dhira eba visnan.. ekm thankolheh kurukoj.. thankss dear.. it means a lot me.. thank you so much hai

  4. Imkko says:
    September 14, 2019 at 4:50 am

    Wow v v v v salhi mi ep ves …. Sifakurun n every thing in this is amazing ….. N shayam ge bai mihaaru v interesting eba vey….I like tht part a lot … Hai nai + maayaan n shaleen ge life a ufaaveri habareh aeema v happy vi … Mi story ge komme thankolhe hama ehaaves furihama …. Have no words … As always good luck in future .. N love this story … Love u dear ???

    1. dhiraa wish says:
      September 19, 2019 at 4:13 pm

      thankss dear,, shayam ge lovers haadha gina eyy dhw.. ekudhinah then othy ufaaveri dhuvasthakeh.. alhe dear.. how you i thank you for that warm compliment… thnkss dear.. love you too darla

  5. Shix says:
    September 14, 2019 at 6:06 am

    V reethi lai and shem ge part.. And v reethi mi part vxx…

    1. dhiraa wish says:
      September 19, 2019 at 4:14 pm

      thanks dear.. lai and sem ge fan eh dhw

  6. Rearder says:
    September 14, 2019 at 7:13 am

    Edit kuraa bai vakin egey gothah hadhaalyma faseyha vaane

    1. dhiraa wish says:
      September 19, 2019 at 4:15 pm

      thanks dear.. kurin nimunu thanu aa scene eh fashaafa ihnaane.. and devorce scene ah baeh badhalu genesfa

  7. jiji says:
    September 14, 2019 at 9:26 am

    Wow dhiraa …v v rythi mi part vx..waiting for the next..ly?

    1. dhiraa wish says:
      September 19, 2019 at 4:18 pm

      thankss dear

  8. Hassaan says:
    September 14, 2019 at 12:58 pm

    Varah reethi mi part vs

    1. dhiraa wish says:
      September 19, 2019 at 4:19 pm

      thankss dear

  9. curious to know says:
    September 14, 2019 at 3:44 pm

    kithah episode remaining?

    1. dhiraa wish says:
      September 18, 2019 at 7:04 pm

      3 or 4 episodes remaining

  10. anonymous Girl says:
    September 14, 2019 at 4:04 pm

    Alhe dhen Shayam lavvaa avahah bunuvaa Laii kairy that He Loves her eyyy ??? …. and Shaadhin he Love story vx complete vaan beynumy ???

    1. dhiraa wish says:
      September 19, 2019 at 4:22 pm

      thee shayam aih mathee oih kamehnu.. shayam ah adhi e ulhenee lai aai medhu feel vaaa goih neyngigen.. shaadhin love story ga ohnaanee shaadhin goih dhookurumeh nu.. yazdhaan is waiting for her.. its her turn to go to him

  11. azker says:
    September 14, 2019 at 4:18 pm

    Please mi month nimumuge kurin story nimaaladhybala…I can’t stay away from it…it’s the best story ever??????

    1. Lol says:
      September 14, 2019 at 7:01 pm

      Dhen story nimuneema azker ulryni story kaireega dho??

    2. dhiraa wish says:
      September 19, 2019 at 4:37 pm

      dont worry dear.. then ihnaane 3 or 4 eps.. final exam ge kurin ninman dhira ves mi balanee.. thankss dear

  12. Curious says:
    September 14, 2019 at 4:23 pm

    Kihaa irakutha dhn oiy update libeynee dhiraaaa?? Don’t make us wait.. ??? Mihaaru kehtherikan kolhun laifi.. Mi storh ah abadhu vs inthizaaru kureveyey..

    1. dhiraa wish says:
      September 18, 2019 at 7:03 pm

      thankss dear.. mihaaru upvefa inee

  13. ?⚘Unknown⚘? says:
    September 14, 2019 at 7:11 pm

    Konirakun story upload vaanyy

    1. dhiraa wish says:
      September 18, 2019 at 7:02 pm

      mihaaru upvefa inee dear

  14. dhiraa wish says:
    September 14, 2019 at 8:21 pm

    dears mihaaru mi part ah ithuri kuraa bai ithuru kohlaafa ingey mi inee.. hope e dhe scenes ves kamudhaane kamah.. next episode dhira tuesday night ga upkohlaanan.. keep waiting and thankss for the support

    1. Vaahak kiyaameehun? says:
      September 18, 2019 at 2:28 am

      Dhira aharenmenge dhivehi raajje ah miadhu tuesday veygen gosfi… Next tuesday ga dhen upload knlaa eyru tuesday upload kuri kamah vaani?

    2. Anonymous says:
      September 18, 2019 at 6:14 pm

      Bala Tuesday night eh nooney mee

  15. Shaleen 7 says:
    September 14, 2019 at 8:53 pm

    omg… enme hiyy thelhey hisaabun thi ninmaaleee… naina ah E fenunee kurin dhuvahu Khaira athun fenun pic ga in boy V ma dhoa E haa surprise V… btw, next part ves avas kohllahchey darling…

    1. dhiraa wish says:
      September 18, 2019 at 7:01 pm

      thankss dear.. hiyy thalhuvaalaafa ehnu ninmaalan vaanee.. yes.. naina ah fenunee haizal kudairu the photo in ves.. ehneve naina ah igunee.. mihaaru up kohlaafa ihnaanee dear

  16. Meekkomee says:
    September 14, 2019 at 9:28 pm

    Badhalu kuri baeh ves varah reethi ??? can’t wait for Tuesday night ???luv yeahh ?????❤️❤️❤️

    1. dhiraa wish says:
      September 18, 2019 at 6:56 pm

      thankss dear

  17. Zeek's says:
    September 14, 2019 at 11:01 pm

    Alheyyy haadha curious kohlaafa thi ninmaalyyy????…. dhiraaa Vvvv reethi mi part ves….cant wait to read next part????… lysm??

    1. dhiraa wish says:
      September 18, 2019 at 6:55 pm

      thankss dear

  18. Wish says:
    September 15, 2019 at 12:39 am

    Kamaku nudhey nimunu gotheh. Haila ah baivaru faharu huree haizal fenifa. Noohun ves fenifa. Hama lolah ves fenifa. Ehenveema naina aa ekkoh annaany haizal kan engeyne. Kithanme Azhaan aa vahtharas mee dharifulhu kan engeyne. Kurin Haizal nufeni huri nama ok mihen bey ikhthiyaaruga Azhaan ge nan nukunnan. So not very real.

    1. Vkook says:
      September 15, 2019 at 5:31 pm

      Except nuvs koh huhta haizal fenuneema azhaan gen name nikuthee ey ..
      Dhiraa this story is obiness to the max…
      Curiously waiting for nxt part…

    2. dhiraa wish says:
      September 18, 2019 at 6:54 pm

      thankss daer… its not she thinks he is azhaan.. next part kiyaalabala.. thanks Vkook… nice to see you after a long time

  19. Anonymous says:
    September 15, 2019 at 2:51 pm

    True ingeyne hailaa kurimathykan azhaan maruvy

    1. dhiraa wish says:
      September 18, 2019 at 6:53 pm

      thankss daer.. its not because she thinks he is azhaan read next part

  20. Anonymous5 says:
    September 15, 2019 at 4:35 pm

    No offense but agree with wish nd anonymous

    1. dhiraa wish says:
      September 18, 2019 at 6:52 pm

      thanks dear.. read next part

  21. Anonymous says:
    September 15, 2019 at 6:02 pm

    Azhaan mathin handhaan v ey..vahtharu kamun zel fenunyma eyna ge loabi vaa firmeehaaage nan dhulah aumaky ekasheegen vaa kameh..hailaa ah azhaan hen heevegenneh noon ehn bunykee

    1. dhiraa wish says:
      September 18, 2019 at 6:51 pm

      dhw dear.. e gothah fenuneema hadhaanves vaane ehnu dhw

  22. Sau says:
    September 15, 2019 at 6:54 pm

    Vara reethi. Kiyaaa hithun kethmadhu veffa mihury

    1. dhiraa wish says:
      September 18, 2019 at 6:51 pm

      thanks dear

  23. anonymous Girl says:
    September 15, 2019 at 11:08 pm

    Woaaaahhh… Alhe dhiraa Hama ethanun e Nimmi… Curiously waiting for the Next Part ??? …. And yeah Egady kuhli akah fenunyma Azhaan ey bunevidhaane… it’s real ???

    1. dhiraa wish says:
      September 18, 2019 at 6:50 pm

      thankss dear… ethankolhun ninmeema ehnu curious vaanee.. dear buni gothah kuhliakah fenuneema ehen bunevunee e

  24. Mãee says:
    September 17, 2019 at 7:11 am

    Speechless..when next

    1. dhiraa wish says:
      September 18, 2019 at 6:49 pm

      thankss dear

  25. ;nonlip says:
    September 17, 2019 at 11:36 am

    Mirey up kohleveyne tha?

    1. dhiraa wish says:
      September 18, 2019 at 6:48 pm

      mihaaru upvefa inee

  26. Muneesha says:
    September 17, 2019 at 6:18 pm

    Dhiraa thankolheh avahah mireyga up kohdhehchey around 9 kan haa iruga plxx
    Curiously waiting for it dhiraa
    Varaah reeethi mi vaahaka esfiya page ga huri vaahaka thakuge therein enmme enmme reethi

    1. dhiraa wish says:
      September 18, 2019 at 6:47 pm

      thankss dear

  27. Anii says:
    September 17, 2019 at 11:03 pm

    when is nxt part dhiraa?
    curiously waiting for ur stry ..
    love yuh

    1. dhiraa wish says:
      September 18, 2019 at 6:47 pm

      thankss dear

  28. Meekkomee says:
    September 17, 2019 at 11:37 pm

    Siss…kon gadhi ahku next part up vanyyy

    1. dhiraa wish says:
      September 18, 2019 at 6:45 pm

      dear mihaaru upvefa inee

  29. Lail says:
    September 18, 2019 at 12:50 am

    Dhira koba tuesday night nimunee dhw

    1. Vaahaka kiyaameehun? says:
      September 18, 2019 at 2:21 am

      Dhira adhi tuesday nuvaani Lail… V ma upload kndhynee

    2. dhiraa wish says:
      September 18, 2019 at 7:06 pm

      sorry dear.. site ah nuvadhevigen lasvee

  30. Vaahaka kiyaameehun? says:
    September 18, 2019 at 2:19 am

    Minu vareh hama nuvaane tha vaahaka upload nukndhyne buna dhuvakah dhen knme vx molhu vaahakeh bunanee nidhiney bali ey mi hama vaahak liyaa meehun ge haalathu..?????????????????????????????????????????????

    1. dhiraa wish says:
      September 18, 2019 at 6:44 pm

      im sorry dear… site ah nuvadhevuneema up kuraane gotheh neenaane ehnu.. hope you understand

  31. In@ says:
    September 18, 2019 at 7:03 am

    Dhiraa kobaa story

    1. dhiraa wish says:
      September 18, 2019 at 6:43 pm

      dear mihaaru upvefa inee

  32. Aish says:
    September 18, 2019 at 7:05 am

    kobatha storyyyýyyyyyyyyyyyyyyyyyyyyyy

  33. Shiyaa says:
    September 18, 2019 at 8:28 am

    Kobaa story

    1. dhiraa wish says:
      September 18, 2019 at 6:42 pm

      mihaaru up vehjje

  34. aixee says:
    September 18, 2019 at 8:42 am

    Koba vaahaka up kohlan buni dhuvass faaithuvegen dhiya iru ves vaahaka liya faraathuge habareh nuvey…
    Thivarah kiyun therin nuthalhuvaa dhiraa

    1. dhiraa wish says:
      September 18, 2019 at 6:41 pm

      dear.. reai miadhu ehkoh kahala gothakah site ah nuvadhevigen habaru nuvevunee..sorry for that

  35. Eynaa says:
    September 18, 2019 at 9:36 am

    Kobaa baa next part..????
    Mihaaru vaahaka kiyaahithun halaakuvanee Hama…
    Dhiraa avahah up kohlabrr

    1. dhiraa wish says:
      September 18, 2019 at 6:40 pm

      mihaaru upvefa inee

  36. Liu says:
    September 18, 2019 at 10:05 am

    .????? Kobaa vaahaka?????

    1. dhiraa wish says:
      September 18, 2019 at 6:39 pm

      mihaaru upkohlaifin

  37. Huza says:
    September 18, 2019 at 10:35 am

    This story is down????????????????????????????????????????????????????????????????????????????????????????????????????

    1. dhiraa wish says:
      September 18, 2019 at 6:39 pm

      dear.. you can read it now

  38. Juma says:
    September 18, 2019 at 10:42 am

    Hii dhiraa kobaa thr anehh episode….,
    Waiting.. waiting ??????

    1. dhiraa wish says:
      September 18, 2019 at 6:38 pm

      dear mihaaru upvefa ihnaanee

  39. Aisha says:
    September 18, 2019 at 11:19 am

    adhi tuesday nyt nuve ehnun dhw.. avahan up koh dhyba

    1. dhiraa wish says:
      September 18, 2019 at 6:37 pm

      sorry dear.. mihaaru upvefa ihnaanee

  40. aixee says:
    September 18, 2019 at 11:58 am

    Koba tha dhen in part avahah up kohdheebala……..
    Noonyy v goii ves bunelabala.. Eyrun dhw igeynyy v goii ves…
    Mihaaru mi hunnan jehenyy vaahaka up vithw iru iru kolhaa balabalaa

    1. dhiraa wish says:
      September 18, 2019 at 6:36 pm

      sorry dear.. site ah nuvadhevigen lasvee

  41. Ma says:
    September 18, 2019 at 2:29 pm

    Pis pis haadha lahey

    1. dhiraa wish says:
      September 18, 2019 at 6:34 pm

      mihaaru upvefa inee

  42. Minha says:
    September 18, 2019 at 2:37 pm

    From yesterday esfiya site ah nueh vadhevey…faadege technical error eko araafa inany….ehn readers ah vadhevey tha alheyy.story thah ves up kohfa ebain dhaw ekm

    1. dhiraa wish says:
      September 18, 2019 at 6:30 pm

      dear.. dhira ah ves site ah mivadhevunee dhenme.. reyves miadhuves inee error araafa

  43. Muneesha says:
    September 18, 2019 at 4:32 pm

    Dhiraa kobaatha aneh part

    1. dhiraa wish says:
      September 18, 2019 at 6:29 pm

      dear mihaaru ebai kiyaaleveyne

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 77←


All Right Reserved!