Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 18

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 15, 2019 5 Mins Read
33 Comments

”އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން އެއީކީ..” ކާރުގެ ޑްރައިވަރު އިސްދަށަށް ޖަހައިލައިގެން އިނެ ފުލުހުންގެ ކުރިމަތީގައި ބުނެލިއެވެ. ”އަހަރެން ދިޔައީ މީހުންތައް އެހެން ނުދަނީ ހެން އަވަހަށް ދާން.. އެކަމަކު ކުއްލިއަކަށް އައިސް މީހަކު ކުރިމައްޗަށް އެރުމުން އަހަންނަށް ކާރުގެ ބުރެކި ޖެއްސުން ވީ އުނދަގޫ ކަމަކަށް.. ވަރަށް ބާރަށް ދާން ދިޔައީ.. އަހަރެން އިނީ ކުރިމަތިން ފެނުނު ކަންތައް ގަބޫލުކުރަން އުނދަގޫވެފައި.. އެއޮށް ކުޑަ ވަގުތު ކޮޅު ތެރޭގައި ހުރިހާ ކަމެއް ވެ ދިޔުމުން.. ކުރާނެ ކަމެއް ވެސް ނޭނގުން.. އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން.. މިކިޔާދިނީ ހަމަ ތެދަށް.. އެއްވެސް އޮޅުވާލުމެއް ނޯންނާނެ މިއަކު.. އަހަރެންނަކީ އެކަހަލަ މީހެއް ނޫން..” ކާރުގެ ޑްރައިވަރަށް އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައިއެވެ. ފަޒީލް ހުރީ ކާރުގެ ޑްރައިވަރު ދެއްކި ވާހަކަތައް ވަރަށް ފަރުވާތެރި ކަމާއިއެކު އަޑުއަހާށެވެ. އޭނާ އެހެދީ ތެދުކަން ފަޒީލްއަށް ފަހުމްވީ އެމީހާ އެތާ އިނެފައި ރޯން ފެށުމުންނެވެ. ”ހަމަގައިމުވެސް އެއީ އެކްޓެއް ނޫނެވެ. އެހެންނޫންނަމަކާ އެމީހާ ޒިރާން ގޮވައިގެން ހޮސްޕިޓަލަށް ނުދާނެ ނޫން ހެއްޔެވެ؟ އަދި މާޔޫސްކަމާއިއެކު މާހިލް އާއިއެކު އެތާ މަޑުވެސް ނުކުރާނެ ނޫން ހެއްޔެވެ؟ އެއީ ރާވައިގެން ކުރި ކަމެއްނަމަ އެމީހަކު އަވަސްވެ ގަންނާނީ ފިލާކަށް ނޫން ހެއްޔެވެ؟ އެތާގައި ހުރެ އެމްބިއުލެންސް އަށް ގުޅާފައި އެހީއެއް ނުވާނެ ނޫން ހެއްޔެވެ؟” ފަޒީލްގެ ސިކުނޑީގައި ވަނީ މިފަދަ އެތައް ބައިވަރު ޖަވާބު ނުލިބޭ ސުވާލުތަކެކެވެ.

އޭނާ އެންމެ ފަހުން އެތަނުގައި ނުހުރެވިގެން ފުލުހެއް ގޮވައިގެން ގޮސް އެހުރިހާ ވާހަކައެއް ކިޔާދިނެވެ. އެފުލުސް މީހާ ވެސް އެކަމާ އެއްބަސްވި ކަން ފަޒީލްއަށް ދެެނެގަނެވުނީ ބުނާ ކޮންމެ ޖުމުލައަކަށް އެމީހާ ބޯ ޖަހާލާތީއެވެ. އެންމެ ފަހުން ފުލުހުން ނިންމީ ޒިރާން ހޭ އެރުމުން އެންމެ ފަހުގެ ނިންމުން ނިންމުމަށެވެ.

*****

”ބައްޕާ…” ކައިޒީން ފުންމައިގެން ތެދުވި އިރަށް އެތާގައި ތިބި ޖަންނަ އަދި ނަޝްވާވެސް ދިޔައީ ސިއްސައިގެންނެވެ. ”ކޮބާ ބައްޕަ؟.. ކީއްވެ އަޅުގަނޑު މިތާގައި މިއޮތީ؟ ދައްތާ ކޮބައިހޭ ބައްޕަ؟” ކައިޒީން ހީކުރީ އެދެމީހުންވެސް އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ޒިރާންއަށް ވަރަށް ބޮޑު ކަމެއް ވެއްޖެ ކަމަށެވެ. ”ދަރިފުޅާ އިހަށް ކަނުލާ އަޑު އަހާ ދައްތަ މި ދައްކާ ވާހަކަ.. އިނގޭ.. މިއީ ދަރިފުޅު ހިތްވަރު އެލުވާލާފައި ރޯން ވީ ވަގުތެއް ނޫން.. މާތް ﷲ ގެ އިރާދަފުޅުން ބައްޕައަކަށް މާބޮޑު ގެއްލުމެއް ނުވޭ.. ދަރިފުޅު އެކަމާ ހާސް ނުވޭ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުން.. އަދި ބުނަން.. ދަރިފުޅު ބައްޕަ ކައިރިއަށް ވަނެފައި ރޯން ނުފަށައްޗޭ އިނގޭ.. އޭރުން ބައްޕައަށް ވެސް ރޮވޭނެ.. މިވަގުތުވެސް ބައްޕަ ހެއްވާލެވޭތޯ ބަލައި އިނގޭ ދަރިފުޅު..” ޖަންނަ ވަރަށް ލޯބިން ކައިޒީންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނަޝްވާވެސް އެކަމާ އެއްބަސްވެލުމުގެ ގޮތުން ބޯ ޖާހާލިއެވެ. ކައިޒީންވެސް މެއެވެ.

ކައިޒީން ޒިރާން ކައިރިއަށް ވަންއިރު ޒިރާންއަށް އޮތީ ނިދިފައިއެވެ. އެހެންކަމުން ކައިޒީން ނިންމީ ބައްޕައަށް އުނދަގުލެއް ނުވާނޭހެން އެތާގައި އިނެވޭތޯއެވެ. ކައިޒީންގެ ލޮލުން ދިޔައީ ހުއްޓާ ނުލައި ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުންނެވެ. ޒިރާންއަށް ލިބިފައި ހުރި ގެއްލުން ފެނިފައި ކައިޒީންގެ ހިތުގައި ވަނީ ވަރަށް ބޮޑަށް ޖެހިފައިއެވެ. އެހެންކަމުން މަޑުމަޑުން ޒިރާންގެ އަތް ނަގައި ކައިޒީން، އޭނާގެ ކުޑަކުޑަ އަތް ޒިރާންގެ އަތު ތެރެއަށް ލިއެވެ. އެއާއިއެކު ޒިރާން ލޯހުޅުވާލުމުން ކައިޒީން ސިއްސައިގެން ގޮސް އޭނާގެ ލޮލުން އައިސްފައި ހުރި ކަރުނަތަށް ފޮހެލިއެވެ. ޒިރާންއަށް ނުދައްކަން ވެގެންނެވެ. ޒިރާން ކައިޒީންއަށް ބަލައިލާފައި ހިނިތުންވެލުމުން އެދެލޮލުގައި އަނެއްކާވެސް ނީރާލީ ކަރުނައިއެވެ. ނަމަވެސް އެ މަންޒަރު ނުދައްކަން ކައިޒީން އޭނާގެ މޫނު އަނެއް ފަރާތަށް އަބުރާލިއެވެ. ”ދަރިފުޅާ..” ޒިރާން ގޮވައިލުމާއެކު ކައިޒީން ޒިރާން އާ ދިމާލަށް ބަލައިލިއެވެ. އެއާއިއެކު ހަނދާންވީ ޖަންނަ ދެއްކި ވާހަކަތަކެވެ. ނަމަވެސް ޒިރާން ހެއްވައިލަން ބުނާނެ އެއްވެސް ވާހަކައެއް ކައިޒިން ގެ ދުލަކަށް ނައެވެ. ”ހޫމް ބައްޕާ..” ކައިޒީންގެ ޖަވާބު ލިބުމުން ޒިރާން ފެންފޮދެއް ދިނުމަށް ބުނެލިއެވެ. އެއާއިއެކު ކައިޒީން ގޮޑިން ތެދުވެގެން ގޮސް އެތާގައި ހުރި ފެންފުޅިން ތައްޓަކަށް ފެން އަޅާއިގެން އައިސް ޒިރާންއަށް ފެންފޮދެއް ދޭން ހިއްލައިލަން އުޅުނެވެ. ނަމަވެސް ޒިރާން ހުއްޓިފައި އިނުމުން ކައިޒީން ހިސާބަކަށް ބިރުގަނެ ޒިރާން ގާތު ކިހިނެއްވީ ތޯ ސުވާލުކުރިއެވެ. ޒިރާން ބުނިހައިވެސް އެއްޗަކީ ”ބައްޕަގެ ފައި..” އެކަންޏެވެ. އެއާއިއެކު ޒިރާންގެ ލޮލުން ކަރުނަތަށްވެސް ފައިބަމުން ދިޔައެވެ. ކައިޒީން ހުރީ ވެގެން އުޅޭ ގޮތް ނޭނގިފައިއެވެ. އެހެން ކަމުން ބެޑްޝީޓް ހިއްލާލާފައި ޒިރާންގެ ފަޔަށް ބަލާއިލިއެވެ. އެއްވެސް ދިރުމެއް އެފަޔަކު ނެތެވެ. ދެފާވެސް ވަނީ ވާގި ނެތް ގޮތަށް ދެފަރާތަށް ވެއްޓިފައިއެވެ. ކައިޒީންއަށް އެކަން ނޭނގުމުން އެނާވެސް ހުރީ ހުއްޓުން އަރާފައިއެވެ.

އެންމެފަހުން ޒިރާންވެސް ރުއިން ނުހުއްޓާލުމުން ކައިޒީން ގޮސް މާހިލްއަށް ގޮވިއެވެ. އަދި އާރިފާއަށްވެސް މެއެވެ. މާހިލް އާއި އާރިފާގެ މަސައްކަތުން ޒިރާން ހަމައަކަށް އަޅުވައިލެވުނެވެ.  އެންމެފަހުން ރޮއި ރޮއި ވަރުބަލިވުމުން ޒިރާންއަށް ނިދުނެވެ. އޭރުވެސް އެދެލޮލުން ދިޔައީ ހުއްޓާނުލައި ކަރުނަ ފައިބަމުންނެވެ.

”ދައްތާ ބައްޕަ ފަޔަށް ކީއްވެފަ އެއޮތީ.؟. އެއްވެސް ހަރަކާތެއް ނެތް އެފަޔަކު.. އަޅުގަނޑު ވަރަށް ބިރުގަނޭއެބަ..” ކައިޒީންގެ ލޮލުން ވެސް ދިޔައި ހުއްޓާ ނުލައި ކަރުނަ ފައިބަމުންނެވެ. އެދޮން މޫނުވެސް ވަނީ ރަތްވެސް ދުޅަވެފައިއެވެ. ”ދަރިފުޅާ.. ބައްޕަގެ އުނަގަނޑުން ތިރީގައި ވަނީ އެއްކޮސް ވާގި ނެތިފައި.. ދައްތައަށް އެގަޑީ އެވާހަކަ ދަރިފުޅު ކައިރީ ނުބުނެވުނީ ދަރިފުޅަށް ވާނެ ގޮތް އެނގޭތީ..” ޖަންނަ އެހެން ބުނުމާއިއެކު އަނެއްކާވެސް ކައިޒީން އަޑުން އަޑު ނަގައި ރޯން ފެށިއެވެ. އަދި ޖަންނަ ގައިގައި ބައްދާލިއެވެ.

”މާހިލްބޭ.. ދެން ބައްޕަ ރަނގަޅެއް ނުކުރެވޭނެތަ؟” ”ނޫނޭ ކައި.. ބައްޕަ ގެ ބޮލުގައިވެސް އެވަނީ ސާރޖަރީއެއް ހަދާފައި.. އެހެންވެ ޑޮކްޓަރު ބުނީ އެތަން އެއްކޮށް އަދި ބައްޕަ ވެސް ހަމައަކަށް އެޅުނީމަ އޯ ދެވަނަ ސާރޖަރީ ކުރާނީ.. އެއީ ފައިގެ.. ބައްޕައަށް އިރާދަ ކުރެއްވިއްޔާ ހިނގޭނެ.. ކައި ދެރަ ނުވޭ..” މާހިލްގެ ޖަވާބު އިނގުމުން ކައިޒީން އަށް ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ.

ނަމަވެސްް އާރިފާގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. މާހިލްގެ ޖަވާބު އިނގިފައި އަދި މާބޮޑަށް އެހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. ނަމަވެސް އެވަގުތުގައި ވެސް އާރިފާ ދިޔައީ އޭނާގެ ސިކުނޑީގައި ނުބައި ރޭވުމެއް ރާވަމުންނެވެ. ”އަހަރެން އިރާދަކުރެއްވިއްޔާ ޒިރާންގެ ވިޔަފާރީވެސް އަހަރެންގެ ނަން މައްޗަށް ބަދަލުކުރާނަން.. އެ ބޮޑު ގޭ ވެސް” އާރިފާއަށް އެއްމިއްޔަ ކަނުން ހިނިތުންވެލެވުނީ ނުބައި ރޭވުމެއް އޭނާގެ ސިކުނޑިއަށް ވަނުމުންނެވެ.

*****

އެއްހަފްތާއަށްފަހު ޒިރާން ހަމައަކަށް އެޅުމުން ނަރުހުން މަސައްކަތް ކުރަމުން ދިޔައީ ޒިރާން އޮޕްރޭޝަން ތިއޭޓާރ އަށް ގެންދިޔުމަށެވެ. އެދުވަހަކީ ޒިރާންގެ ފައިގެ އޮޕްރޭޝަން ކުރަން ހަމަޖެހިފައި އޮތް ދުވަހެވެ. އޮޕްރޭޝަން ތިއޭޓާރ އަށް ގެންދިޔުމުގެ މަގުމަތީގައި ވަނިކޮށް ޒިރާންގެ ފައިގެ އޮޕްރޭޝަން ކުރަން ހަމަޖެހިފައި ހުރި ޑޮކްޓަރު އައިސް ބުނެލި ވާހަކައިން އެންމެންްގެ ވެސް ހަތަރު އަުދަރެސް ހީވީ ފެނުޖެހުނުހެންނެވެ. ”މި އޮޕޮރޭޝަން ކުރެވޭކަށް ނެތް.. އެއްވެސް އުންމީދެއް ނެތް ރަނގަޅު ވާނެ ކަމުގެ.. އޮޕޮރޭޝަން ކުރުމުން އިތުރު ގެއްލުމެއްވެސް ފަޔަށް ކުރިމަތި ވެދާނެ..” ޑޮކްޓަރު އެހެން ބުނެލުމާއިއެކު އެންމެންގެ ސިކުނޑީގައި ވެސް ވަނީ ބޮޑު ސުވާލު މާކެއް އުފެދިފައިއެވެ. އެ ބޮޑު ސުވާލު އެންމެ ފަހުން ދުލުން ބޭރުކޮށްލީ މާހިލްއެވެ. ”އެކަމު ކުރިން ބުނުއްވީމެއް ނޫންތޯ އޮޕޮރޭޝަން ކުރީމަ ރަނގަޅު ވާނެ ވާހަކަ.. ދެން ކީއްވެ ކުއްލިއަކަށް ތިހެން ތިބުނީ..” ”މިހާރު މި ބުނީނު މި އޮޕޮރޭޝާން ކުރެވޭކަށް ނެތޭ.. ޕޭޝިއެންޓަށް ލިބޭނީ ގެއްލުމޭ ކޮށްގެން.. އެހެން ވާން ބޭނުމިއްޔާ އަޅުގަނޑު މި އޮޕޮރޭޝަން ކޮށްދާނަން..” ޑޮކްޓަރުގެ ވާހަކަ ހުރި ގޮތުން އޭނާ އެހުރީ ރުޅި އައިސްފައިކަން އެތަގައި ތިބި އެންމެނަށް ވެސް އެނގުނެވެ. ނަރުހުން ވެސް ތިބީ އެކަމާ ހިތްހަމަ ނުޖެހިފައިއެވެ. އެޑޮކްޓަރު ދެކެއެވެ. ކުރިން އެވާހަކަ ނުބުނުމުންނެވެ.

ނަމަވެސް އެއިން އެކަކަށް ވެސް ނޭނގުނު ކަމަކީ އެހުރިހާ ކަމެއްގެ ފަހަތުގައިވެސް ހުރީ އާރިފާ ކަމެވެ. ޑޮކްޓަރަށް ރުފިރާ ދީގެން ހައްލާލައިފައިވާ ކަމެވެ. އެންމެ ފަހަރަކުވެސް އެއިން މީހަކު އާޜިފާގެ މުނަށް ބަލައިލި ނަމަ އެކަން އެމީހުންނަށް ދެނެގަނެވޭނެއެވެ. ސަބަބަކީ އާރިފާ ހުރީ އެނާގެ ތުންފަތަށް އެރުވުނެ އެންމެ ބޮޑަކަށް ހިނިތުންވުމެއް އަރުވައިގެންނެވެ. ނަމަވެސް އާރިފާގެ މޮޔަކަމުން އޭނާއަށް ނުވިސްނުނު ކަމަކީ އޭގެ ފަހުން ދެން ޒިރާން ބަލަން ޖެހޭނެ ކަމެވެ. ޒިރާންގެ ހުރިހާ ކަމެއް ކޮށްދީ ހަދަން ޖެހޭނީ އޭނާ ކަމެވެ.

****

ޒިރާން ގެޔަށް ދޫކޮށްލުމުން އެންމެންވެސް އެމީހުންގެ ކުރީގެ ދިރިއުޅުމަށް ބަދަލުވިއެވެ. ނަމަވެސް ހަމައެކަނި ބަދަލުނުވަނީ ޒިރާން އެކަންޏެވެ. ނުހިނގި ގޮޑިއެއްގައި އިންނަން ޖެހުމުން ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ނަމަވެސް ކައިޒީންމެން އެންމެ ފަހަރަކުވެސް ނުހިނގޭ ކަމުގެ އިހްސާސެއް ޒިރާންއަކަށް ނުކޮށްދެއެވެ. އަބަދުވެސް ޒިރާން ހެއްވާލަން ކުރެވެން ހުރިހާ ކަމެއް އެއެންމެން ވެސް ދިޔައީ ކުރަމުންނެވެ.

ކާރުގެ ޑްރައިވަރުވެސް ބައެއް ދުވަސް ދުވަހު ޒިރާންގެ ގައިތައް އައިސް ދެއެވެ. ބައެއް ދުވަސްދުވަހު ހަދިޔާ އެއްޗެހި ހިފައިގެން އާދެއެވެ. އަދި ކައިޒީންމެން ބޭނުންވާ ތަންތަނަށް ގެންގޮސްދީ ހަދައިއެވެ. ޒިރާން އެމީހައަށް އުފަލާއިއެކު މަޢާފު ކުރުމުން އެމީހާ ވެސް ހުރި ނުހަނު އުފާވެފައިއެވެ. ޒިރާންވެސް އޭނާގެ ކުށް ގަބޫލު ކުރިއެވެ. އެއީ ނުބަލާލާ މަގުމައްޗަށް ނުކުމެވުމެވެ.

އެގޮތުން މިއަދަކީވެސް ކާރުގެ ޑްރައިވަރު ޒިރާންމެން ގޮވައިގެން މެލޭސިއާގެ އެންމެ ރީތި އެއް ތަން ކަމަށްވާ ޕެޓްރޯނަސް ޓަވާރ އަށް ދިޔުމަށެވެ. ކައިޒީން ހުރީ އެތަން ބަލައިލާ ހިތުން ކެތް މަދުވެފައިއެވެ. ނަމަވެސް މެންދުރު ގަޑީގައި ދާން ޖެހޭތީ ކައިޒީން އަދި އެހެން މީހުންވެސް ހުރީ ހިސާބަކަށް މާޔޫސްވެފައިއެވެ. ސަބަބަކީ ޕެޓްރޯނަސް ޓަވާރ އެންމެ ރީތި ވާނީ ރޭގަނޑު ކަމަށްވާތީއެވެ. ނަމަވެސް އެތަަން ބަލައިލާ ހިތުން އެންމެންވެސް އެދަނީ ދާށެވެ.

ކަކުލާ ހަމައަށް އަރާވަރުގެ މަޑު ނޫކުލައިގެ ޕެންސިލް ސްކާޓަކާއިއެކު ރަތް ކުލައިގެ ގަމީސް ޓޮޕެއް ލާފައި ހުރި ކައިޒީން ބަލައިލަން ނުހަނު ޗާލެވެ. އަދި އިސްތަށިގަނޑު އެއްކޮށް ފަހަތަށް އައްސާލައިފައި ވޫލްއަކުން އައްސާލައިފައި ވުމުން އެރީތިކަން އިތުރުވެފައިވެއެވެ. އަރާފައި ވަނީ ކަޅު ކުލައިގެ ހައި ހީލް އަކަށެވެ. މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައިއެއް ނެތެވެ. ނަމަވެސް އެ ރީތިކަން ފަނޑެއް ނުވެއެވެ.

ކައިޒީން ކޮޓަރިން ނުކުތުމާއިއެކު އެންމެންގެ ތައުރީފުގެ ބަސްތައް ކައިޒީންއަށް އޮހެން ފެށިއެވެ. ހަގީގަތުގައިވެސް ކައިޒީން އާއި އެހެދުން ނުހަނު ގުޅެއެވެ. އަދި ދޮން ހަންގަނޑުގެ ސަބަބުންވެސް މެއެވެ.

ކައިޒީންއެކޭ އެއްފަދައިން އިނާޝްވެސް ހުރީ ހަމަ އެއް ވައްތަރެއްގެ ހެދުން އަޅައިގެންނެވެ. ނަމަވެސް ތަފާތީ ކުލައެވެ. އީނާޝް ހުރީ ކަޅު ކުލަިއގެ ޕެންސިލް ސްކާޓަކާއިއެކު ހުދުކުލައިގެ ގަމީސް ޓޮޕެއް ލާފައިއެވެ. ދެމީހުންވެސް ތިބީ އެއްގޮތަކަށެވެ. އިސްތަށިގަނޑާއި ބޫޓުވެސް މެއެވެ. އީނާޝްވެސް ނުހަނު ރީތިވެފައި ފުރިހަމައެވެ. ނަމަވެސް ކައިޒީންވެސް އެހެދުން ލައިފައި ހުރުމުން އިނާޝް ހިސާބަކަށް ފޫހިވިއެވެ. ދެމީހުން އެއްވައްތުގެ ހެދުމެއް ލެވިފައި ހުރުމުން އީނާޝްއަށް ޖެހުނީ ކައިޒީންއާއި އެކު ފޮޓޯ ނަގާށެވެ. ކައިޒީން ހުރީ އެދެމީހުންނަށް އެއް ވައްތަރެއްގެ ހެދުން ލެވުމުން ނުހަނު އުފާވެފައިއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ އިނާޝް އެކަމުގެ ސަބަބުން ހުރީ ފޫހިވެގެން ހަލާކުވެފައިއެވެ.

އެންމެންވެސް ތައްޔާރު ވެގެން ނުކުތުމާއިއެކު ދެން މިސްރަބު ޖެހީ ޕެޓްރޯނަސް ޓަވާރ އަށް ދިޔުމަށެވެ. ޒިރާންވެސް ހުރި އެތަނަށް ދާހިތުން ކެތް މަދުވެފައިއެވެ.

~ ނުނިމޭ ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވަނަން އުމުރަށް – 25 –

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 13

Next
September 15, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 13

Previews
September 14, 2019

ވަނަން އުމުރަށް – 25 –

33 Comments!

  1. IsHa says:
    September 15, 2019 at 3:35 am

    Wow just wow me first dhw

    1. ?Nafu? says:
      September 17, 2019 at 4:31 pm

      Aww? thank u soo much.. yes congrats.. ur first ❤️❤️??

  2. Friend eh? says:
    September 15, 2019 at 5:43 am

    Masha allah? ?…. v ?v ?v? v ?reethi ?mi ?part vs?… ?nd? can’t ?wait ?to ?read ?nxt ?part? .. whn? is? nxt ?part?…lysm ?

    1. ?Nafu? says:
      September 15, 2019 at 6:43 pm

      Aww..?? thank u soo much dear.. ❤️❤️ it means a lot❤️❤️❤️ ur colourful comment give me a lot of support and encouragement..??? next part liyevunu has avahakah submit kuraanan.. keep waiting ??

  3. Xaara says:
    September 15, 2019 at 8:34 am

    Masha Allah……. When is next part……. Can’t wait to see next part.. ??❤️??❤️????????????????❤️❤️?

    1. ?Nafu? says:
      September 15, 2019 at 6:44 pm

      Aww..?? thank u soo much❤️❤️❤️ it means a lot for ur colourful comment ??? next part levunu haa avahakah?? keep waiting ???

  4. Umny ??? says:
    September 15, 2019 at 12:43 pm

    Nice. Keep it up nafu.

    1. ?Nafu? says:
      September 15, 2019 at 6:45 pm

      Aww❤️❤️ thank u soo much dear❤️❤️❤️?

  5. jiji says:
    September 15, 2019 at 1:58 pm

    Ma Sha Allah..keep it up nafu…story v v rythi ingey gendhaa goiy…ly?????????????????????????????

    1. ?Nafu? says:
      September 15, 2019 at 6:47 pm

      Aww?? thank u soo much dear..❤️❤️❤️ it means a lot for ur colourful comment dear..???

  6. ?Nafu? says:
    September 15, 2019 at 6:51 pm

    Assalam alaikum.. here is the 18th part of the story.. hope all will like it.. ??next part soon as I can.. Insha Allah.. keep waiting❤️❤️❤️
    Readers.. Thanks a million for the support, encouragement and feedback..??? it means a lot❤️❤️❤️ and please let me know if there is any mistake.. and comment down below the views about the story..???
    Have a nice days ahead..❤️❤️ lysm❤️❤️

  7. Kaily says:
    September 15, 2019 at 6:56 pm

    OMG… V Reethi Mi part vs…. Curiously Waiting for nxt part

    1. ?Nafu? says:
      September 15, 2019 at 7:14 pm

      Aww??? thank u soo much dear.. it means a lot .. ❤️❤️❤️ yaa keep waiting???

  8. FLOWER says:
    September 15, 2019 at 9:09 pm

    maasha allah.. vr vr reethi mi bai vs.. waiting for next part

    1. ?Nafu? says:
      September 17, 2019 at 4:32 pm

      Aww?? thank u soo much ❤️ ? keep waiting???

  9. i love u says:
    September 15, 2019 at 9:11 pm

    maasha allah.. 🙂 🙂 varah varah varah rythi.. hama asluvs.. ziraan ah haadha dhera gothekey dhw eh v… i feel so sad for him.. and that aarifa.. huh.. i hate her a lot..

    1. ?Nafu? says:
      September 17, 2019 at 4:33 pm

      Aww??? thank u soo much❤️❤️❤️ ya me too..???

  10. nabaaha says:
    September 15, 2019 at 9:13 pm

    hey.. its a great story.. 🙂 🙂 omg.. vrh vrh vrh vrh rythi.. beautiful.. story kuraiah dhaa goii vrh rythi hama.. 🙂

    1. ?Nafu? says:
      September 17, 2019 at 4:34 pm

      Aww❤️❤️❤️❤️ thanks a million times ❤️❤️ thank u soo much???

  11. 0000 says:
    September 15, 2019 at 9:14 pm

    mi prt vs vr rythi.. curiously waiting for next prt..

    1. ?Nafu? says:
      September 17, 2019 at 4:35 pm

      Thank u soo much❤️❤️ ya keep waiting??

  12. mary says:
    September 15, 2019 at 9:15 pm

    this is a wonderful story.. 🙂 🙂 very serious to know what will happen next.. pls upload fast

    1. ?Nafu? says:
      September 17, 2019 at 4:38 pm

      Aww..,❤️❤️❤️ thank u soo much??? yaa will try..

  13. eenaash says:
    September 15, 2019 at 9:19 pm

    adhi mi vaaahaka kiyaaly.. hama neii bunaane ehcheh.. reethi kamun.. neii ehaa mistakeh vs..gud luck.. nd keep it up.. curiously waiting for nxt part

    1. ?Nafu? says:
      September 17, 2019 at 4:40 pm

      Nafu ah midhimaavi vaahakaige character Akaa dhw..hehe.. btw thank u soo much❤️❤️❤️ thanks a lot . Yaa keep waiting??

  14. nish says:
    September 15, 2019 at 9:21 pm

    wonderful. 🙂 🙂 🙂 🙂 🙂 🙂 🙂 🙂 :p :O :p 🙂 🙂

    1. ?Nafu? says:
      September 17, 2019 at 4:43 pm

      Thank u soo much❤️❤️❤️

  15. Luc!F3r says:
    September 15, 2019 at 10:28 pm

    Story going chill.. waiting for next ep

    1. ?Nafu? says:
      September 17, 2019 at 4:44 pm

      Thank u soo much..❤️❤️❤️ yaa keep waiting??

  16. Love u top of my heart ?? says:
    September 15, 2019 at 10:40 pm

    I ?love ?this ?story ?masha ?Allah ?so ?beautiful ?keep ?we’ll ?and ?next ???part ??soon?plx ?????????lysm

    1. ?Nafu? says:
      September 17, 2019 at 4:46 pm

      Aww?? what a colourful comment dear..❤️❤️❤️ btw thank u sooooo much ????? ya Insha Allah soon.. lysm❤️❤️❤️

  17. Baby says:
    September 15, 2019 at 10:51 pm

    u are awesome keep it up waiting for nest lysm
    ?????????

    1. ?Nafu? says:
      September 17, 2019 at 4:48 pm

      Aww?? thank u soo much..❤️❤️❤️ ya keep waiting.. lysm,❤️❤️❤️

Comments are closed.

Next Episodeހާސިލް ވުމަށް އެދި 19←


All Right Reserved!