“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ. ********************** “މަގޭ ދަރި..” ޖަމިއްތައަށް ބާރަށް ބުނެވުނެވެ. އޭރު ވާތު ފައި ކުޑަކޮށް ހިއްލާލައިގެން ހުރި، ރިފާގެ ފައިން ލޭ އަންނަމުން ދިޔައެވެ. އާޔާ ދުވެފައި ރިފާގެ ކައިރިއަށް ގޮސް، އޭނާގެ ކޮނޑުގައި ހިފެއްޓިއެވެ. ރިފާގެ ދެތުންފަތް ޖައްސާ ބާރުކޮށްލެވިފައިވީގޮތުން، އޭނާއަށް ވަރަށް ތަދުވާކަން އެނގެއެވެ. މޫދުގައި އުޅުނު އެންމެންވެސް […]
ހަފްތާއެއް ފަހެވެ. އަނާނީ އެންމެ ފަހު އިމްތިހާން ނިންމާފައި ގެއަށް އައީ ވަރަށް ހަމަޖެހިލައިގެންނެވެ. ދެން އޮތީ ނަތީޖާ ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ. އެއަށްފަހު ސެޓްފިކެޓު ލިބުމުން ބޭރަށް ކިޔަވަން ދިޔުމުގެ ފޮނި އުއްމީދު ވެސް އެބައޮތެވެ. ލޫކަސް ކުރިން ދުވަހަކު ބުނީ ރަނގަޅު ވާހަކައެކެވެ. އެ ދަރިފުޅު މި ދުނިޔެއަށް އުފަން ނުވުމަކީ ވަރަށް ބޮޑު އިބްރަތެކެވެ. އެންމެ އުފާވަނީ ބަލިވެ އިންކަން ރަށުގައި ތިބި ދޮންބެމެންނަށް ނާންގަނީސް އެކަން ހިނގައިދިޔައީތީއެވެ. އެހެން ނޫންނަމަ […]
އަނާނީ ލަސްލަހުން މޫނު އަނބުރައިލި އިރު ކަރުނައިގެ ރޮނގެއް ލޮލުން ފައިބައިފައި ހުރި ތަން ފެނުނެވެ. ލޫކަސް މަޑުމަޑުން އައިސް އަނާނީއާ ކައިރި ވެލިއެވެ. އަދި ބުންޏެވެ. “އަނާނީ.. ކީއްވެ ތި ރޮނީ؟ ތިހެން އަބަދު ރޯ އެއްޗެއް ނޫނޭ. ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ ބުނެ އެއްނު.” “ކީއްވެތަ؟ ކީއްވެތަ އަބަދު އަހަންނަށް މިކަހަލަ ގޮތް ގޮތް ވަނީ؟” އަނާނީ ކޮށްލީ ސުވާލެކެވެ. އަނާނީގެ ސުވާލުގެ ޖަވާބެއް ލޫކަސް އަތަކު ނެތެވެ. އެހެނަސް ލޫކަސް […]
އަނާނީ ކޮލެޖަށް ދިޔަ އިރު ވަރަށް ވިއްސާރައެވެ. ލޫކަސް އޮފީހުގައި މާ ބިޒީ ވުމުން އާދެވޭ ގޮތް ނުވުމުން އަނާނީ ދިޔައީ އެކަނި ހިނގާފައެވެ. ކުޑައެއް ހިފަހައްޓައިގެން ހުރި އިރު ވައި ގަދަ ކަމުން ކުޑަ އެއްލާލައިފާނެހެން ހީވާ ފަހަރު އައެވެ. މަގުތަކުގައި ފެން ބޮޑުވެ ހިނގަން އުނދަގޫ ވެފައި އޮތުމުން، އަނާނީއަށް ކޮލެޖަށް ދެވުނީ ވެސް ތަންކޮޅެއް ލަހުންނެވެ. އަނާނީ ކްލާހަށް ދާން ވެގެން އަވަސް އަރުވާލާފައި ސިޑިން އަރަން ފެށީ ލަސްވެފައި ހުރުމުންނެވެ. ލިފްޓު ވެސް ހުރީ މައްސަލަ ޖެހިފައެވެ. ވަކި ހިސާބަކަށް އެރުން ތަނާ ފަހަތުން މީހަކު […]
އަނާނީ ކޮލެޖުން ގެއަށް އައިސް ވަން ތަނާ ފޯނު ކޯލެއް އައެވެ. ކާކުގެ ނަންބަރެއްކަން އެނގުމުން ނުނަގަން ހުރެފައި ވެސް ނެގީ ވީ ގޮތެއް ބަލައިލާށެވެ. ފޯނު ނެގުމާއެކީ މާ ގިނަ ވާހަކަތަކެއް ނުދައްކާ އީވާ ބުނެލީ ޔާނިއުގެ ހަޤީޤަތް އެނގެން ބޭނުން ނަމަ އެރޭ 9 ޖަހާ އިރު ރެސްޓޯރެންޓަކަށް އައުމަށެވެ. އަނާނީއަށް ޖަވާބެއް ވެސް ނުދެވި އުޅެނިކޮށް އީވާ ފޯނު ކަނޑައިލިއެވެ. ދެން ގުޅާފައި ނުދެވޭނެ ވާހަކަ ބުނަން އުޅެފައި ވެސް އަނާނީގެ ހިތް […]
ޖެހިގެން އައި ދުވަހު ޢަލީއާއި މަލީހާ ފުރައިގެން ރަށަށް ދިޔައެވެ. އަނާނީމެން އެތައް ގޮތަކުން ވިސްނައިދޭން އުޅުމުން ވެސް، މަލީހާ މާލޭގައި އިތުރަށް މަޑު ކުރާކަށް އެއްބަހެއް ނުވިއެވެ. ވީ ގޮތް އޮޅުން ފިލުވަން ޑޮކްޓަރަށް ދައްކަން ބުނުމުން ވެސް ދެކޮޅުހެދީއެވެ. ހަޤީޤަތުގައި މަލީހާ ހުރީ މާ ބޮޑަށް ވެސް ހިތް ހަލާކު ވެފައެވެ. އިތުރަށް ޑޮކްޓަރަށް ދައްކައިގެން ތަޤުދީރު ބަދަލެއް ނުވާނެ ކަމަށް މަލީހާ ބުންޏެވެ. އަނެއްކޮޅުން، މަލީހާއަށް މަޖުބޫރު ކުރާކަށް ޢަލީ ބޭނުމެއް ނުވިއެވެ. […]
އަނާނީ ގެއަށް ދިޔަ ގޮތަށް ތާޒާ ވެލައިގެން މަޣްރިބު ނަމާދު ކުރަން ފެށިއެވެ. ނަމާދު ކުރަންވީމައި އަނާނީ ދަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ނަމާދަށްފަހު އާދައިގެ މަތިން ދުޢާއަށް އިނެވެ. މިފަހަރު ދުޢާގައި އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދުނެވެ. އަދި ޔާނިއުއާމެދު އުފެދިފައިވާ ބާރުގަދަ އިހުސާސް ނައްތައިލުމަށް އޭނާއަށް ވާގިވެރިކަން ދެއްވުމަށް މާތްﷲގެ ކިބައިން ދެންނެވިއެވެ. އިރުކޮޅަކު ޤުރުއާން ކިޔަވާލަން އިނދެފައި އަނާނީ ނުކުތް އިރު މަލީހާ ވަރަށް މީރު ކާއެއްޗެއް ތައްޔާރު ކޮށްގެން އުޅޭކަން އެނގުނީ […]
“ޝައިހާގެ އޭޖް ކިހާ ވަރެއްތަ؟” ޝައިހާގެ އުނގުމަތީގައި އޮށޯވެގެން އޮވެ ފަތީން އަހާލިއެވެ. “25 ވާނެ މިއަހަރު!” ޝައިހާ މިހެން ބުނުމުން ފަތީން ފެށީ ހޭށެވެ. ދެމީހުން އުމުރުގެ ހުރި ތަފާތާއި އެކުވެސް އެކަކު އަނެކަކު ދެކެ ގަޔާވެވުނީތީ ފަތީން އޮތީ ހައިރާންވެފައެވެ. “ކީއްވެ ތިހެނީ..” ޝައިހާ އަހާލިއެވެ. “ދެން އަހަރެންނަށް އަދި 18 އަހަރު. ކިހާ ތަފާތު ދޯ އުމުރުގެ ގޮތުން؟” ފަތީން މިހެން ބުނުމާއެކު ހިނިތުންވެފައި އިން ޝައިހާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. […]