Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރުގެ ނިޔާާާާާާާާާާާާ

Khadeeja Mohamed Level 1
March 31, 2013 2 Mins Read
7 Comments

ފުރާވަގުތު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހަށްޓަށް އައިސްތިބި ދެތިން ރަހުމަތްތެރިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކުއްލިއަކަށްއައިސް ކުރިމަށްޗަށް އެހުއްޓުނީ ހަމަގައިމުވެސް އަހަރެންނަށް އާމޫނެއްނޫނެވެ. އެއީ އަހަރެންގެ ލޯބިވެރިޔާ ނިހާމެވެ. ނިހާމް ފެންކަޅިވެފައިިވާ ލޮލަކުން އަހަރެންނާ ދިމާއަށް ބަލަލައިލިއެވެ، އަހަރެންނަށް އިސްޖަހާލެވުނެވެ. ނިހާމް ފެނުމާއެކު އަހަރެންގެ ކުރިމަށްޗަށް ސިފަވީ އަހަރެނެގެ ހިތްދަތި މާޒީއެވެ.
އަހަރެންނަކީ މާލޭގެ ގަދަރުވެރި އާއިލާއެއްގެ ހުރިހަމައެކަނި އަންހެން ކުއްޖާއެވެ. އަދި އެންމެ ހަގު ކުއްޖާވެސްމެއެވެ. ދެންތިބެނީ އަހަރެންގެ ދޮއްޓަށްތިބޭ އަހަރެންގެ ދެބޭބެއެވެ. ކިޔަވައިދިނުމުގެ ދާއިރާއަކީ އަހަރެން އެންމެ ކުޑައިރުއްސުރެ ޝައުގުވެރިވާދާއިރާއެކެވެ. މަންމައާއި ބައްޕައަށްވެސް މިކަން އެނގޭނެއެވެ. މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ އެންމެންވެސް އަހަރެންދެކެ ވަރަށް ލޯބިވާނެއެވެ. އަހަރެންނަކީ އަހަރެންގެ އާއިލާގެ ދިރުމެވެ.އެހެންކަމުން އެކަކުވެސް އަހަރެންގެ އެދުމަކާދެކޮޅެއް ނުހަދާނެއެވެ.
އަހަރެން ކިޔަވާނިންމުމަށްފަހު ޓީޗިންގ ކޯހެއް ހެދީމެވެ. އެންމެފުރަތަމަ އަހަރެންނަށް މަސައްކަތް ކުރަންޖެހުނީ މާލޭގެ ސުކޫލެއްގައެވެ. ނަމަވެސް ދެމަހެއްހާ ދުވަހު މާލޭގައި މަސައްކަތް ކުރުމަށްފަހު އަހަރެނަނަށް ޖެހުނީ ބ.ގޮއިދޫ ސުކޫލަށް ބަދަލުވާށެވެ. މިރަށުން އަހަރެންނަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. މިރަށުމީހުންނަކީ ވަރަށްވެސް ހިތްހެޔޮ ބައެކެވެ.އަހަރެން ހުނަންގޭ ހަލީމާ ދައްތަވެސް ވަރަށް ރަނގަޅެވެ. އަހަރެންނާމެދު ކަންތައްކުރަނީ އަމިއްލަދަރިޔަކާ ދޭތެރޭވެސް ކަންތަންނުކުރާހާ ރަނގަޅަށެވެ.
އެންމެ ފުރަތަމަ އަހަރެންނާ ނިހާމްއާ ދިމާވީ ސުކޫލުންނެވެ. ނިހާމްއަކީވެސް އަހަރެންނެކޭ އެއްފަދައިން ޓީޗަރެކެވެ. މީހުންނާގުޅޭ މިޒާޖެއްގެ ވެރިއެކެވެ. ސުކޫލުގެ ހުރިހާ ޓީޗަރުންވެސް އަހަރެނާ ވަރަށް އެކުވެރިއެވެ. ނިހާމަކީ ފިރިހެންވަންތަ ހުރިހާ ސިފައެއް ކިބިފައިވާ ޒުވާނެކެވެ. ކުޑަދުވަސް ކޮލެއްގެތެރޭގައި އަހަރެންނަށް ނިހާމްއާ ދޭތެރޭ ހާއްސަ ނަޒަރަކުން ދެކެވެން ފަށައިފިކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. އަބަދުވެސް ވިސްނެނީ ނިހާމްއާދޭތެރޭގައެވެ. ނިހާމްއާއެކު ހޭދަކުރާ ކޮންމެ ވަގުތުކޮޅަކީވެސް އަހަރެންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ ވަގުތުކޮޅެކެވެ. މިވާހަކަ ނިހާމްކައިރީ ބުނަން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އަންހެންވަންތަކަން އަހަރެންގެ ދުލުގައިވަނީ ތަޅުއަޅުވާފައެވެ.ލަދުވެތިކަމުގެ ފަރުދާ ކަހާލުމަށްފަހު އެއްވެސް އެއްޗެއް ނިހާމްކައިރީ ބުނާކަށް ނުކެރުނެވެ. އަހަރެންނާ ދޭތެރޭ ނިހާމްގެ ހިތުގައި އޮންނާނެ އެއްޗެއް ނޭނގޭތީއެވެ، ނިހާމް އަހަރެންދެކެ ލޯބިވާނެ ބާއެވެ؟ މިފަދަ އެތައް ސުވާލުތަކެއް ރެއާ ދުވާލު އަހަރެންނަށް އުނދަގޫ ކުރެއެވެ.
ގަޑިން ހެދުނު ހަތެއްޖަހަނީއެވެ އަގަރެން ތައްޔާރުވަމުން ދިޔައީ ސުކޫލަށް ދިއުމަށެވެ، މިއަދު ސުކޫލުގައި އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ.މިއަދު ނިހާމްއާދިމާވީ އެންމެ ފަހަރަކުއެވެ، މާގިނަވާހަކަތަކެއް ނުދެއްކުނެވެ. ނިހާމް އަހަރެންނަށްކޮފީއަކަށް ދައުވަތުދިނެވެ. އަހަރެން ފުރަތަމަކުރީ އިންކާރެވެ. ދާހިތްނުވާތީއެއް ނޫނެވެ. އާއެކޭ ބުނަން ނުކެރުނީއެވެ. ނަމަވެސް ނިހާމް ދެވަނަ ފަހަރަށް ބުނުމުން އެއްބަސްވީއެވެ.
ރޭހަނޑު ނުވައެއްޖެހިއިރު އަހަރެންނާ ނިހާމްތިބީ ރެސްޓޯރެންޓުގައި ކޮފީބޯށެވެ. އަހަރެން އައިއިރު ނިހާމްއިނީ އެތަނުގައެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލަމުން ނިހާމްވާހަކަ ދައްކަން ފެށިއެވެ. “އަހަރެން މިރޭ ހުދާ މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.” އަހަރެންގެ ހިތްވަރަށް ބާރަށް ތެޅިގަތެވެ. މޭގަނޑު އަނގައަށް އައިކަހަލައެވެ. ދެންވެސް ވާހަކަދެއްކީ ނިހާމެވެ. “އަހަރެން……. އަހަރެން ހުދާދެކެ ވަރަށް ލޯބިވޭ……… ހުދާ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވެދާނަންތަ؟….” ނިހާމްގެ މިޖުމުލައާއެކު އަހަރެންގެ ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ.މުޅިމީހާ އައިސް ކޮޅެއްހެން ފިނިވިއެވެ. އަަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ގަނޑުވެފައި އިނދެވުނީއެވެ. ސިއްސައިގެން ގޮސް ބަލައިލެވުނީ ނިހާމްވާހަކަ ދައްކަން ފެށީމައެވެ. “އަހަރެންނަށް އެނގޭ މީ މިއީ ވަގުތުން ޖަވާބުދެވޭ ކަހަލަސުވާލެއް ނޫންކަން އަހަރެން ހުދާ ބޭނުންވަރަކަށް ވިސްނަސް ވަގުތުދޭނަށް އަދި ހުދާގެ ޖަވާބަކަށް އިންތިޒާރުވެސް ކުރާނަށް” ނިހާމް މިހެން ބުނުމުން އަހަރެންނަށް އިސްޖަހާލެވުނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ހަފްތާއެއް ވޭތުވެ ހިގައްޖެއެވެ. ހަވީރުގެ ވަގުތެވެ އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން އަހަރެން އިނީ އަތިރިމަތީގައެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެގެން ބަލައިލިިއިރު އަހަރެންނާ ދާދިގާތުގައި ހުރީ ނިހާމެވެ. ނިހާމްއައިސް އަހަރެންގެ ކައިރިގައި އިށީނެވެ. ނިހާމް އަހަރެންގެ ޖަވާބަކަށް އެދުނެވެ. އަހަރެން ނިހާމްގެ ހުށައެޅުން ގަބޫލު ކުރީމެވެ. އަދި އަހަރެންވެސް ނިހާމްދެކެ ލޯބިވާވާހަކަ ބުނީމެވެ.
ހައެއްކަ މަސް ފަހުން ދެފަރާތުގެ އާއިލާއާވެސް ކައިވެނީގެ ވާހަކަދައްކައިފީވެ. ދެފަރާތުގެ އާއިލާއިންވެސް ކައިވެންޏާ ވަރަށް ގަބޫލެވެ. ދެމީހުންވެސް ތިބީ ވަރަށް އުފަލުންންނެވެ. ދެފަރާތުގެ އާއިލާއިންވެސް އެދުނީ ކައިވެނި ކުރުމުގެ ކުރިން ތެލެސީމިއާ ޓެސްޓު ކުރުމަށެވެ. ތެލެސީމިއާ ޓެސެްޓު ކުރެވުނެވެ. ކަންތައްވީ އެކަކުވެސް އުންމީދު ކުރި ގޮތަކަށްނޫނެވެ. ދެމީހުންނަށް ގުލެވޭކަށްނެތެވެ. ދެމީހުންވެސް ވީ ތެލެސީމިއާ ކެރިއްރުންނަށެވެ. އަހަރެންގެ ޒަމީރު މިކަމަކާ އެއްބަހެއް ނުވިއެވެ. އަހަރެންގެ ބޯމަށްޗަށް އުޑު ވެއްޓުނު ކަަލައެވެ. މިއަށްވުރެ މީހަކު ތޫނު އެއްޗަކުން އަހަނެން ކުދިކުދި ކޮން ކޮށާލި ނަމަވެސް މާރަނގަޅުވީހޭ ހިތަށް އެރިއެވެ. ނަމަވެސް ތަގުދީރުގެ ނިޔާ ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެންނާ ނިހާމްއަށްވެސް ޖެހުނީމިވިހަ ހަގީގަތް ގަބޫލު ކުރާށެވެ، އެ ހިސާބުން އަހަރެން ނިންމީ އަނބުރާ މާލެ ދިއުމަށެވެ. މިރަށުފައި ހުރެހެން ނިހާމް ގެ ގަނދާންތަކާ ދުރަށް ނުދެވޭނެތީއެވެ.
ސިއްސައިގެން ގޮސް ބަލައިލެވުނީ ދޯނީގެ އިންޖީނު ހިންގާލި އަޑަށެވެ. ނިހާމް އަހަރެންނަށް ސަލާމްްށް އަތް ދިއްކޮށްލިއެވެ. އަހަރެން ނިހާމްާަ ވަދާއީ ސަލާމަކުން ސަލާމް ކުރީމެވެ. ލޮލުތެރެއަށް ޖަމާވެފައިހުރި ކަރުނަތައް އިތުރަކަށް ނުހިފެހެއްޓުނެވެ. ކޯތާފަތްމައްޗަށް އޮހިގެންފިއެވެ. އަހަރެން އަނބުރާ މިދަނީ މާލެއަށެވެ، ނަމަވެސް އަހަރެންގެ ހުރިހާ އިހުސާސެއް މިރަށުގައިވަނީ ވަޅުލެވިފައެވެ.

Tags:

ލޯބި

Share Article

Follow Me Written By

Khadeeja Mohamed

Level 1

Other Articles

Previous

އުމުރަށްވެސް އެކީގައި ވާނަމޭ…..21

Next

ކެހިވެރިޔާ 1 …… (ކުރު ވާހަކަ)

Next
March 31, 2013

ކެހިވެރިޔާ 1 …… (ކުރު ވާހަކަ)

Previews
March 31, 2013

އުމުރަށްވެސް އެކީގައި ވާނަމޭ…..21

7 Comments!

  1. ހްމްމް says:
    April 3, 2013 at 8:40 pm

    ސަޅި. އިތުރު ވާހަކަ އަކަށް އިންތިޒާރު ކުރަން.

  2. ލިޔާ says:
    April 3, 2013 at 10:01 pm

    ތަންކޮޅެއް ކުރީ

  3. ހަދީ says:
    April 5, 2013 at 11:54 pm

    ތެންކްސް ފޯ ދި ކޮމެންޓް…….

  4. އަހުމާ says:
    April 9, 2013 at 10:40 pm

    ރީތި..

  5. ކަމަނަ says:
    March 14, 2016 at 4:29 pm

    ވާހަކަ ތަންކޮޅެއް ކުރީ އެކަމު ވެސް ވާހަކަ ވަރަށް ރީތި….

  6. Rose says:
    September 6, 2016 at 5:43 pm

    Nice …ekamaku too short… vareh mistakes abahuri liyumugaa misaalakah “mirashu fai” ragalhugothakee ” mirashu gai”.. Dont take this as a negative comment

  7. Leen says:
    October 12, 2018 at 7:05 pm

    Kuras hama varah reethi Ekm V Hithama veri dhw

Comments are closed.



All Right Reserved!