“އާނ އަޔާޒް….ވަރަށް ކިޔައިދޭނެ…އަދި…..އަޔާޒް….އަޔާޒް މި ފެންގަނޑު ބޮޑުވަނީތަ؟” މަލާކަށް ކުއްލިއަކަށް މަޢުޟޫ ބަދަލުކޮށްލެވުނީ އޭނަގެ ކޮނޑުގެ ކައިރިން ފިނިވާން ފެށުމުންނެވެ. އޭނަ އެ ސުވާލުކޮށްލިއިރު ދެލޯ ބޮޑުވެފައި ހުރިގޮތުން އޭނަގެ ޚިޔާލުތަކުން ނިކުމެވުނު އަޔާޒަށް ނުހެވުނީވެސް ކިރިޔާއެވެ. “އާނދޯ؟ ވަރަށް ބޮޑު އެބަވޭ. ދެން ކިހިނެއް ހަދާނީ؟ ދެމީހުން މިތަނަށް މަރުވާނިތަ؟” އަޔާޒް ދެންވެސް އޭނައާއެކީ މަލާކް ފުން ހިސާބަށް ގެންދަމުން އެހެން ބުނެލީ މަލާކަށް ވާގޮތް ބަލަން ބޭނުންވެގެންނެވެ. “އަޔާޒް ދެން މަޑުކޮށްލަބަލަ….މީ […]
ހީވާ ގޮތުން އެއީ އެކަމުގައި އަބަދުވެސް އުޅޭ މީހެކެވެ. އާރިފާ އެމީހާއަށް ކުރަން ވީ ކަންތައް ހަވާލު ކޮށްފައި ދިޔައީ ދެން ވާން އޮތްގޮތް ނޭނގޭ ހާލުއެވެ. އެމީހާއަށްވެސް އާރިފާ އެތަނުން ދިޔުމުން ނުހަނު އުފާވެލާފައި އެތަނުން ދިޔައެވެ. ****** ”އީނާޝް.. އަހަރެންނަށް ހީވަނީ ނަބާހު އެބުނީ ތެދުހެން.. އީނާޝް ފަސްއެބުރި ދިޔުމުންވެސް ހުރީ ވަރަށް ދެރަވެފަ.. އަހަރެންނަށް ފެންނަނި ނަބާހުއަށް މަޢާފު ކޮށްފަ ނަބާހުއާއި ފްރެންޑް ވާން.. އޭރުން އީނާޝްއަށް ވެސް ރަނގަޅުވާނެ..” ކައިޒީން އީނާޝްގެ […]
ޖެހިގެން އައި ދުވަހު އެރި އިރާއެކު އަނާނީއަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ލޫކަސްއާއި ސާރާ ގައިގޯޅި ވެލައިގެން ސޯފާގައި ތިބި އިރު ހީވަނީ ހަމަ އަނާނީއަށް ދައްކަންވެގެން ތިބި ހެންނެވެ. އަނާނީ ސިހުނެއް ކަމަކު، އެކަމެއް މޫނުމަތިން ނުދައްކައެވެ. އަދި އެދެމީހުންނަށް ބަލާލާފައި ހިނިތުންވެލީ ހަމަ އާދައިގެ މަތިންނެވެ. ނަމަވެސް އަލުން ކޮޓަރިއަށް ވަން އިރު ހުރީ ސުވާލު ތަކުން ބޯ ހާސްކުރުވާފައެވެ. މިއީ ލޫކަސް ގަސްދުގައި ކުރި ކަމެއް ހެއްޔެވެ؟ ރޭގައި ޔާނިއުއާ އެކީ […]
ސާދަވިލޭރޭގެ ހަނދު ފޫހިކަމެއް ނެތި މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައިރު އެހަނދުވަރުގެ ރީތި ރިހި އަލި ދިޔައީ މުޅި ދުނިޔެއާއި ކުޅެމުންނެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް އެކަމުގެ ޝަރަފު އަމިއްލައަށް ބަލައިގަންނަމުން ދިޔައީ އެހެން ހިތްތަކުގައި ހަސަދަވެރިކަން އުފައްދަމުންނެވެ. ބަގީޗާގައި ހެދިފައި ހުރި އެކި ކަހަލަ މާމެލާމެލީގެ ގަސްތަށް ވަޔާއިއެކު ނާނާ ކިޔަމުން ދިޔައިރު، މާމެލާމެލީގެ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން އާސިމް ހުރިއިރު ވަށައިގެންވީ މަންޒަރުގެ ރީތިކަން ހިތަށް ވާސިލްކުރެވޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހުގެ ކޮޅުންވެސް އަފްނާން […]
އީނާޝްއަށް އާރިފާމެން ތިބި ހިސާބަށް ދެވުނު އިރު އެތަނުގައި ކައިޒީން އާއި މާހިލްގެ ކައިރީގައި ހުރި މީހާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރުން ނޫން ކަމެއް އީނާޝްއަކަށް ނުކުރެވުނެވެ. އާރިފާވެސް އިނީ ހަމަ އެ ހައިރާންކަމުގައި އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ. ******* ”ކޮބާ ތޯ ކައިޒީން އަކީ؟ ޕޭޝިއެންޓް އެބަ ގޮވާ ކައިޒީން އަށް.. މިތަނުގައި މިވަގުތު ކައިޒީން ހުރިނަމަ އަޅުގަނޑާއި އެކު ދުރުވަން ވީ ނޫންތޯ…” ޑޮކްޓަރު އެހެން ބުނުމާއިއެކު ކައިޒީން ގޮސް […]
ޔާޝާ… މިހާރު އެވާހަކަ ބުނަން މާލަސް ވެއްޖެ. މިހާރު އެވާހަކަ ދައްކައިން ކުރެވޭނެ އެއްވެސް ކަމެއް ނެތް” އައިޝަންގެ އަޑުގައި ކުރެހިފައިވީ ހިތާމައެވެ. ”ސަރ ކިހިނެއްވީ” އައިޝަންގެ މޫނުން ހިތާމަ ފެނުމުން ޔާޝާ އަހާލިއެވެ. ”ކަމެއް ނުވޭ ޔާޝާ” އައިޝަންގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އައިޝަން ކޮޅަށް ތެދުވެލާފައި, ޔާޝާ އަށް ފުރަގަސްދީގެން ހުއްޓެވެ. އައިޝަން އެދެރަވަނީ ޔާޝާ އައިޝަންގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަމަކާހެން ހީވާތީ ޔާޝާ އައިޝަން އަށް ވަގުތު ކޮޅެށް ދިނުމައްޓަކައި, ޔާޝާ […]
ދެ އަތުން ލޯ ފޮހެމުން ގެޔަށް ވަންނަން ދިޔަ ނާޔާ ސިހިފައި ހުއްޓުނީ ދޮރުމަތީ ހުރި ނާއިލް ފެނުމުންނެވެ. އޮފީހުގެ މަސައްކަތެއް ކުރަން އިން ނާއިލް ކޮޓަރިން ނިކުތީ ކޮފީއެއް ބޯލަން ބޭނުން ވެފައި ހުރުމުންނެވެ. ލައިލާ ނިދާފައި އޮތުމުން އެ ގަޑީގައި އުނދަގޫ ނުކުރަން ވެގެން ތިރިއަށް ފޭބީ ބަދިގެއަށް ވަދެ އަމިއްލައަށް ކޮފީއެއް ގިރާލަން ވެގެންނެވެ. ނަމަވެސް ބަދިގެއަށް ނުވަދެ މަޑުކޮށްލީ ނައިހާއާ ނާޔާގެ އަޑު އިވުމުންނެވެ. ނާޔާއަށާ ނައިޙާއަށްވެސް ނުފެންނާނެ ހެން ދޮރާ […]
ކައި ނިމުމާއެކު ޗޮކްލެޓް ކޭކެއް ގެނައެވެ. އަލައިކާ ޒެވިޔަންއަށް ބަލާލީ އެއީ ކޯޗެއްހޭ އަހާ ފަދަ ގޮތަކަށެވެ. ހިތުގެ ބައްޓަމަށް އިން ކޭކުގައި ހުދު ކުލައިގެ އައިސިން އިން އަލް އެންޑް ޔަން ޖަހާފައި ހުއްޓެވެ. އަދި ރަތް ފިނިމެންމާ ފިޔަވެސް ކޭކުގަައި ހުއްޓެވެ. “އަލް ކޭކު ފެޅީމަ އެނގޭނެ!” އަލައިކާ އަތަަށް ވަޅު ދިއްކޮށްލަމުން ޒެވިޔަން ބުންޏެވެ. ރިހި ކުލައިގެ ވަޅީގައި ރަތް ކުލައިގެ ރިބަން ފަށެއް އަޅާފައި އޮތެވެ. ޒެވިޔަން ދިން ވަޅިން އަލައިކާ […]
ހިތްހަލާކު 2 ޝާހިދާ ގެޔަށް ގޮސް ދަތުރު ހެދިއެވެ. އަދި ބޭނުންވީ ވިއެންެމެ އަވަހަށް ފަރެސް މާތޮޑާއަށް ދާށެވެ. މާލޭގެ މިދިމާވި ހިތާމަވެރި ހާދިސާ އޭނާގެ ހިތަކުން ނުފިލާނެއެވެ. ކައިވެނީގެ ނަމުގައި ލަންކާ ގައި އެކުރެވުނު ކަންތަކަކީ އެއީ ހަމަ އަސްލެއް ނޫންކަން އޭނާއަށް އެނގުނެވެ. އަދި އިބްރާހީމް ނާޒިމް އަކީ އޭނާގެ ހަޔާތް ބަރުބާދު ކުރިމީހާ ކަން އޭނާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އޭނާ ބޭނުންވަނީ ހަޔާތުގެ އެ ސޮފްހާތަށް ފޮހެލާށެވެ. އިބްރާހީމް ނާޒިމު […]