Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެރޭ ލިބުނު ފިނިފެންމާ – 2

Reesh Level 110 Stories
April 10, 2013 3 Mins Read
2 Comments

” މަބުނިން ދޯ އަހަރެން އެދޭ ކަންތައް ހަމަޖެހުމުން ނޫނީ މަށަށް ގުޅައިގެން ނުވާނެޔޭ ” ހާނިސާ އަށް އުއްމީދު ކުރެވުނީވެސް އެފަދަ ޖަވާބަކަށެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ހާނިސާގެ ވިދާ ބަބުޅާ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.
ކިތަންމެ ދެރަވި ނަމަވެސް ނާފިޒު އެކަރުނަތައް ފޮހެދޭކަށް ނާންނާނެއެވެ. ހާނިސާ ޖެހޭނީ ކެތްކުރާށެވެ. ފޯނު ނަގާ އެނދުމައްޗަށް އެއްލާލެވުނީ ދެރަވި ވަރުންނެވެ. ނާފިޒު ދެކެ އާދެވުނު ރުޅި ނާލީ އަށް ފިލުވާލާ ހިތްވި ނަމަވެސް ހާނިސާ ގެ ހިޔާލު ބަދަލުވި އެވެ.
ކޮޓަރީގެ ލައިޓް ޖައްސާލުމަށްފަހު ޑްރެސިންޓޭބަލް ކުރިމަތީ ގޮނޑި ބަހައްޓާލުމަށްފަހު ހާނިސާ އިށީނެވެ. އެއްވެސް އިހުތިޔާރަކާ ނުލާ ހާނިސާ އަށް އަމިއްލަ ނަފުސާ ވާހަކަ ދެއްކުނެވެ.
” ނާފިޒު އަހަރެންގެ ކޮން ކުށެއް އޮވެގެން އަހަންނަށް ތިހެން ތިހަދަނީ. އަހަރެން ހުތުރީތަ. ނާފިޒު އަހަރެންނާ ކައިވެނި ކުރީ ލޯބިންނެއް ނޫންތަ. ނާފިޒު އަށްޓަކާ އަހަރެން ނުކުރަނީ ކީއް. އަހަރެންގެ މައިންބަފައިން ދުނިޔެ ދޫކޮށް ދިޔުމަށްފަހު އަހަންނަށް ލިބުނު މިގެ އަހަރެން ނާފިޒު އަށް ދިނީ ނާފިޒު އަށް ކިހާ އިތުބާރު ކުރާތީކަން ނާފިޒު އަށް ނޭނގޭތަ. ”
ހާނިސާ އަށް ގިސްލެވެން ފެށިއެވެ.
ނާފިޒު އަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުން ހާނިސާ އަށް ވަނީ އަމިއްލަ ގެދޮރުވެސް އޭނާ އަށް ރަޖިސްޓްރީ ކޮށްދެވިފައެވެ. އޭގެ ބަދަލުގަ ހާނިސާ އަށް މިލިބެނީ ހިތްދަތިކަމެވެ. ހާނިސާ އަށް ކުއްވެރި ކުރެވުނީ ނާލީ އެވެ.
” އަހަންނަށް މިހުރިހާ ދެރައެއްވެސް މިލިބެނީ އެ ނާލީ މިގެއަށް ގެނެވުނީމަ. އެއީ އަހަންނަށް ކުރެވުނު އެންމެ މޮޔަ ކަންތައް. އެހެންނޫންނަމަ ނާފިޒު އަށް އެހާ ބޮޑު ބަދަލެއް ނާންނާނެ ” ހާނިސާ ހުރިހާ ރުޅިއެއް އައީ ނާލީ ދެކެއެވެ.
ހާނިސާ އަށް ވެގެންވާ ނަމަ މިހާރުން މިހާރަށް ނާލީ މިގެއިން ބޭރުކޮށްލާނެއެވެ. އެކަމަކު އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ހާނިސާ ގެ ކަންފަތުގާ ގުގުމަމުން ދަނީ ނާފިޒުގެ ބަސްތަކެވެ.
” ނާލީ މިގެއިން ނެރެލާ ދުވަސް އެއީ ހާނިސާ އަށް އަހަރެންގެ ހަޔާތުގަ ހުރެވޭނެ އެންމެ ފަހު ދުވަސް ”
ފަތިސް ނަމާދަށް ގޮވަންވާއިރަށް ހޭލުމަކީ ނާލީގެ އަބަދުގެވެސް އާދައަކަށް ވާތީ ނާލީ ތެދުވެ ވުޟޫ ކޮށްލިއެވެ.
ނަމާދުން އަވަދިވެގެން ނާލީ ބަދިގެއަށް ދިޔައީ ހެނދުނުގެ ސައިތައްޔާރު ކުރާށެވެ. ނާލީ ސައި ހެދި ނަމަވެސް ހާނިސާ މިހާރަކަށް އައިސް އެއްދުވަހުވެސް ސައި ނުބޮއެވެ. އެކަމަކުވެސް ނާލީ އެކަން ކުރަނީ ހާނިސާ ފަހަރެއްގަވެސް ސައި ބޮއިފާނެ ކަމަށެވެ. ފަހަރެއްގަވެސް ހާނިސާ އަށް ދަތިވެދާނެ ފަދަ ކަމެއް ކުރާކަށް ނާލީ ބޭނުމެއް ނުވެއެވެ.
މުޅި ރޭ ހޭލާ ހުރުމުގެ ސަބަބުން ހާނިސާ ގެ މޫޑު ހުރީ އެހެން ދުވަސް ދުވަހަށްވުރެ ގޯސްކޮށްހެން ނާލީ އަށް ހީވިއެވެ. ހާނިސާ ދަބަސް އަޅުވާލައިގެން ނުކުތް ގޮތަށް ގެއިން ނުކުންނަން ދާން ފެށުމުން ނާލީ ވަރަށް ހިތްވަރު ކޮށްލާފަ ހާނިސާ އަށް ގޮވާލިއެވެ.
” ދައްތާ ސައިބޮއިގެން ދާންވީނު. ހުންނާނެ ދައްތަ އަށް މީރު ފަތް މަސްހުނި ހަދާފަ ” ރޭގަ ކާން ބުނި ވަގުތު ހާނިސާ ނާލީ ކޮއްޕާލި ލެއް ބާރުކަމުން ވެއްޓި އެނބުރުން އެރިކަންވެސް ހަނދާން ނައްތާލުމަށްފަހު ނާލީ އެހިއެވެ.
ހާނިސާ ނާލީ އާ ދިމާލަށް ކަޅި އަޅާލުމަށްފަހު ނާލީ އާ ދިމާލަށް ހިނގައިގަތެވެ. ނާލީ އަށް ދެތިން ފިޔަވަޅު އިހުތިޔާރަކާ ނުލާ ފަހަތަށް އެޅުނީ ހާނިސާ ދެކެ ބިރުންކަން ކަށަވަރެވެ.
” އަހަރެން އެވަރުން ކިޔަވާދީ ބެލީމަވެސް އަހަރެންގެ ބަނޑުހައި ހޫނުކަން ފިލުވާލައިގެން ހުރެ އަހަންނާ ކުރިމަތިލާން ލަދެއް ނުގަނޭތަ. ” ހާނިސާ ރުޅި ގަނޑު ފިލުވާލި ނަމަވެސް މިފަހަރު އަތް އިސްކުރާކަށް ނަހަދައެވެ. ނުކުމެގެން ދިޔައީ އެވެ.
ހާނިސާ ދިއުމާއެކު ނާލީގެ ބަޑި ފަޅައިގެން ދިޔައެވެ. މިވީ ދުވަސްކޮޅު ތެރޭ ހާނިސާ ނާލީ ދެކެ އެހާ ރުޅި އަންނަންވީ ސަބަބެއް އަދިވެސް ނާލީ އަކަށް ނޭނގެއެވެ. ކުއްލިއަކަށް ހާނިސާ އަށް އެހާބޮޑު ބަދަލެއް އައީތީ ނާލީ އެކަމާ ނުލާހިކު ދެރަވެއެވެ. ނާލީ ދެކުނީ ހާނިސާ އަކީ އޭނަގެ ހުރި ހަމައެކަނި މީހާ ކަމަށެވެ. އެކަމަކު މިހާރު އެއުފަލުންވެސް ނާލީ ބާކީ ވީއެވެ.
ހަވީރު ގެ ވަގުތެވެ. ހާނިސާ އޮފީސް ނިންމާލުމަށްފަހު އޭނާގެ އެކުވެރި ލަތާ އާ އެކު އިނީ ޑައިންމޯރ ބީޗްގަ ކޮފީއަކަށް އިންސާފު ކުރާށެވެ. ލަތާ އަށް ހާނިސާގެ ހާލު ވިސްނުނު ނަމަވެސް ހާނިސާ ނާލީ އާ މެދު އެކަންތައް ކުރާ ގޮތެއް ލަތާ އަކަށް ކަމަކު ނުދެއެވެ. އެހެންވެ އެކަން ހާނިސާ އަށް ވިސްނަދެވޭތޯ ލަތާ މަސައްކަތް ކުރަނީ އެވެ.
” ހާނި. ތިކަމުގެ އެނިކަމެތި ނާލީގެ އޮތީ ކޮންކުށެއް. ހާނި ހިތްހަމަޖެހުނަސް ނުޖެހުނަސް އަހަންނަށް މިވާހަކަ ދެއްކޭނެ އަބަދުވެސް ” ހާނިސާ އަށް ލަތާ އެދައްކާ ވާހަކަ ގަބޫލު ކުރެވުނު ނަމަވެސް ނާލީ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު ލަތާގެ އެނަސޭހަތްވެސް ހަނދާން ނެތެނީ އެވެ.
” ތިގޮތަށް ނާލީ އާ ދޭތެރޭ ކަންތައް ކުރުމަށްވުރެ މާ ރަނގަޅު ވާނެ އެފަކީރު ތިގެއިން ނެރެލިޔަސް. ހާނި އަކީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވިޔަސް އަހަންނަށްވެސް ކަމުނުދާކަމެއް ވިއްޔާ ނުބުނެއެއް އަހަންނަކަށް ނީނދެވޭނެ. އަހަންނަށް އިނގޭ މިހެން ބުނީމަ ހާނި ބުނާނީ ކީކޭކަންވެސް. އެކަމަކު އެއީ ހާނިގެ ގެއޭ. އަހަންނަށް ފެންނަނީ އަލުން ކޯޓަށް ތި މައްސަލަ ހުށަހަޅައިގެން ގެ އަލުން ހޯދަން. އެހެންނޫނަސް އަހަރެން ކިތައް ފަހަރު ބުނިން ނާފިޒުގެ ނަމަށް ގޭގެ ރަޖިސްޓްރީ ބަދަލު ނުކުރާށޭ . ” ލަތާ ފައްޗަކަށް ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ފަތުރާލިއެވެ.
ހާނިސާ އަށް ވީ ވަރަކީ ދެރަވެ އިސްޖަހާލުމެވެ. ލަތާ އެބުނާ ގޮތަށް ނާލީ ގެއިންވެސް ނެރެލެވިދާނެއެވެ. ކޯޓަށްވެސް ދެވިދާނެއެވެ. އެކަމަކު ވާނެ ކަމެއް ނޯންނާނެ އެވެ. އެހެންނޫނަސް އޭރުން ނާފިޒު އެއްކޮށް ހާނިސާ އަށް ގެއްލޭނެއެވެ. ނާފިޒު އެހެންމީހަކާ އެކު ވާތަން ދުށުމަކީ ހާނިސާ އަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.
” މިހާރު ދެން ނާލީ ކައިރި ބުނެފިންތަ ؟” ލަތާ އަހާލިއެވެ.
ކޮފީތަށި ތުމުގަ ޖަހާލުމަށްފަހު ހާނިސާ ކޮފީ ބޯލިއެވެ. އެއަށްފަހު އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. ނޫނީ ހާނިސާ އެސުވާލަށް ޖަވާބު ދޭން ބޭނުންނުވާ ކަހަލައެވެ. ދެވަނަ ފަހަރަށް އެސުވާލު ތަކުރާރު ނުކުރީ އެކަން ލަތާ އަށް ވިސްނޭތީއެވެ.
” ހާނި.. ނާލީ އަށް އަދި ވާނީ އެންމެ ނަވާރަ އަހަރު ދޯ. އޭނަ ގެނައިފަހުން އޭނަގެ ބޭބެ އެއްވެސް ގޮތަކަށް އޭނަގެ ހަބަރެއް ބަލާލާކަށް ނޫޅޭތަ ”
” ލަތާ ޕްލީޒް. އިތުރަށް އެނާލީގެ ވާހަކަ ދައްކަން ނުހަދަބަލަ ” ހާނިސާ އެއްގޮތަކަށްވެސް ނާލީގެ ވާހަކަ ދައްކަން ބޭނުންނުވާ ކަހަލަ އެވެ.
” ހާނި ދައްކަން ބޭނުންނުވިޔަސް ނާލީ އަކީ އަހުލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއްކަން ހާނި ވެސް ޖެހޭނެ ގަބޫލު ކުރަން. ހަގީގަތަށް ބުނަންޔާ ތިކަމުގަ ނާލީގެ އެއްވެސް ކުށެއްނެތް ” ލަތާ ބޭނުންވާ ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރި އެވެ.
އެހެން ނަމަވެސް ހާނިސާ އެވާހަކަ އާއިގެން ކުރިއަށް ނުދިއުމުން ލަތާ އަށް ޖެހުނީ ހަތިޔާރު ބަހައްޓާ އެވާހަކަ ހުއްޓާލާށެވެ.
ހާނިސާ އަށް ގެއަށް ވަދެވުނު އިރު ނާލީ އެއްވެސް ދިމާލަކުން ފެންނާކަށް ނެތެވެ. ރަނގަޅީވެސް ނުފެނުނިއްޔާ އޭ ހިތަށް އެރި ވަގުތު ނާލީ ކޮޓަރިން ނުކުމެގެން އަންނަތަން ހާނިސާ އަށް ފެނުނެވެ. ފަރުވާތެރި ކަމާއެކު ހާނިސާ އަށް ނާލީ އާ ދިމާލަށް ބަލާލެވުނެވެ. ލަތާ އެބުނާ ކަހަލަ އެއްވެސް ސިފައެއް ހާނިސާ އަކަށް ނާލީގެ ފަރާތަކުން ނުފެނުނެވެ. އޭގެ ބަދަލުގަ ހާނިސާގެ ލޭ ވަގުތުން ހޫނު ވިއެވެ.
އައި ރުޅިން ދެފަޔަށް ބާރުލާފަ ހިނގާލާފަ ގޮސް ހުއްޓުނީ ނާލީގެ ކުރިމަތީގައެވެ.
( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

އެރޭ ލިބުނު ފިނިފެންމާ

Next

އެރޭ ލިބުނު ފިނިފެންމާ – 3

Next
April 10, 2013

އެރޭ ލިބުނު ފިނިފެންމާ – 3

Previews
April 10, 2013

އެރޭ ލިބުނު ފިނިފެންމާ

2 Comments!

  1. ޠާހިރާ says:
    April 10, 2013 at 7:37 pm

    މިބައިވެސް ވަރަށް ރީތި

  2. Reesh says:
    April 11, 2013 at 1:27 pm

    ތެންކިޔު ސޯ މަޗް ތާހިރާ

Comments are closed.

Next Episodeއެރޭ ލިބުނު ފިނިފެންމާ – 3←


All Right Reserved!