
ހިތް އަދު ރޮނީއޭ ނުދާށޭ – 17 ވަނަ ބައި –
“ރަނގަޅު ކަމެއް ތީ ބޭބޭ…އެކުއްޖާ ތިކަހަލަ ކަމަކާއި ވިސްނާކަށް ޚިޔާލެއްވެސް ކުރި ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ…އެކަމަކު ރަނގަޅު ކުއްޖެއް ހޯދުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެއްނު ބޭބޭ…ލައި ހިތްހަމަ ޖެހެނީ ކޮންކަހަލަ ގޮތަކަށް އުޅެ ކުދިންނެއް ކަމެއްވެސް އެނގެނީއެއްނޫނެެއްނު…ދެން ހަދަން ވީގޮތަކީ….ހޫމް.. އަޅުގަނޑަށް ތިކަންތައް ދޫކޮށްލައްވާ ބޭބެ…”ފައިގާ ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
“ލައި އާ ވަރަށް އެކަށީގެންވާ ކުއްޖެއް އެބަހުރި…ޢާއިލާވެސް ހަމަ ވަރަށް ރަނގަޅު…” ފައިގުގެ އެ ޖުމުލައިން ފާއިގާއަށް ޙައިރާން ކަމެއް ލިބުނެވެ. ބޭބެ މިކަމުގައި ވަރަށް ކުރިއަށް ވިސްނާފައިވާ ކަމެއް އޭނާއަކަށް ނޭނގެއެވެ.
“ކޮންކުއްޖެއްތަ އެއީ؟..” އިތުރަށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަހަލަ ނަޒަރެއް ދެމުން ފާއިގާ ސޯފާގައި ރަނގަޅަށް ހަމަޖެހިލިއެވެ. ފާއިގުގެ ވާހަކައިން ހަށިފުރައި ނެވާއެއް ލެވުނީ ލިބުނު ހިތްހަމަ ޖެހުމަކުންނެވެ.ހަމަ އޭރު ވަރަށް ތަފްޞީލުކޮށް ދެބެންވެގެން ހުރިހައި ކަމެއް ރާވައި ނިންމާލައިފިއެވެ.
ލައިޝާއަށް މިއަދުވެސް ނާހިލްގެ އެ މަޑުމައިތިރި ކަމުން އުނދަގޫ ވިއެވެ. އެހެނަސް އޭނާއެއް ނާހިލްއަކާއި ވާހަކަ ދައްކާކަށް ނޫޅޭނެއެވެ. ހިތް ފަޅައިގެން ގޮސް ޖިސްމުއެކީ ފަަނާވެގެން ދިޔަސް އޭނާގެ އިޙްޞާޞްތައް ބޭރު ކުރުމަކީ ނުވާނެ ކަމެކެވެ.
ހަފްތާ ނިމުމުން ކޮންމެ ހުކުރު ދުވަހެއްގެ ފަހެއް ޖަހާއިރު އޮންނަ މީޓިން ނިމުމުން ހުރިހާ ޑޮކްޓަރުންވެސް އެމީހުން ކުރި މަސައްކަތްތަކުގެ ރިޕޯރޓްތައް ޑިޕާރޓްމަންޓް ތަކުގެ މީޓިންގއަށް ފަހު ސީނިއަރ ކޮށް ހުންނަ މުވައްޒަފާއި ޙަވާލުކުރެއެވެ. އެގޮތުން މިއަދަކީވެސް އޭޑީކޭގެ ކަރޑިއޮލޮޖީ ގެ ޑޮކްޓަރުން މަޝްވަރާކޮށް އެއްވެލާ ވަގުތު ކޮޅެވެ.
މީޓިންގ ނިމިގެން ދިޔައިރުވެސް ނާހިލް ލައިޝާއާއި ވާހަކަ ދައްކަނީ މަޖުބޫރުވެގެންނޭ ހީވާ ކަހަލައެވެ. ކޮންމެ އެއްޗެއް ބުނެލަާއިރަށްވެސް އިންނަނީ އިސްދަށަށް ޖަހައިގެން، އޭނާގެ ކުރިމަތީގައިވަާ ކަރުދާސްތަކަށް ސަމާލުކަން ދީގެންނެވެ.
މިކަމުން ލައިޝާގެ ހިތަށް ކިތަންމެ ވަރަކަށްވެސް ތަދު ވަމުން ދިޔައެވެ. އެންމެ ފަހުން ލައިޝާގެ ފައިލް ހަވާލު ކުރުމާއެކީ ދެން އިތުރު ކަމެއް މަޝްވަރާކުރަން ނެތްނަމަ ބައްދަލުވުން ނިންމަލަން ނާހިލް ބޭނުން ވިއެވެ. ހެނދުނުއްސުރެ ކޮންމެ ކާގަޑިއެއްގައި ކޮޓަރިއަށް ކޮފީއެއް ވައްދައިގެން ބޯލައިގެން ހުރެ ހުރެ ނާހިލްގެހަށިގަނޑު ވަނީ ވަރަށް ނިކަމެތި ވެފައެވެ. އަބަދުހެން ވަރުބަލި ވެއެވެ. މިއަދުވެސް ދެން އިތުރަށް އެތަނުގައި ނީނދެވޭނެހެން ހީވާތީ ބޭނުންވީ އަވަސްކޮށް ގެއަށް ދިއުމަށެވެ.
ލައިޝާ ފެންބޮވަފައި ހުރުމުން ރިސެޕްޝަން ބައިގެ އެތެރޭގައި ހުރި އައިސް އަލަމާރިން ފެންފުޅިއެއްނަގައި، ތަށްޓަކަށް ފެންއަޅަން ހުރި އިރު ވަރުބަލި ކަމުގައި ހިނގާފައި އައި ނާހިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. ނާހިލް އައީ އޭނާއާއި ދިމާއަށެވެ. ކަންބޮޑުވިވަރުން ލައިޝާގެ އަތުގައި ހުރި ބިއްލޫރި ތަށި ވެއްޓުނެވެ. އަދި އަވަސް އަރުވާލައިގެން އުޅެން ހަދައިގެން އެތަނުން ދާން އުޅުމުގެ ތެރޭގައި ލައިޝާއަށް އެރުނީ އެތަނުން ބޮޑުކޮށް އޮތް ބިއްލޫރި ތޮށި ކޮޅަށެވެ. ލައިޝާގެ ވޭނީ އާހުގެ އަޑު އޭނާއާއި ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ނާހިލްއަށް އިވުމާއިއެކީ އެ ދިމާއަށް އިސް އުފުލައި ބަލައިލިއެވެ. އެ ނަޒަރު ވެގެން ދިޔައީ ލައިޝާގެ ފައި ފަދައިން ނާހިލްގެ ހިތްވެސް ޒަޚަމްވިފަދަ އެއްޗަކަށެވެ. ދެން ފެނުނީވަރަށް ހަލުވި ކަމާއެކީ ނާހިލްގެ އަތްދަނޑި މައްޗަށް ލައިޝާ އުފުއްލާލި ތަނެވެ. އޭރު ރިސެޕްޝަނުގައި ތިބި ދެތިން ކުދިންގެ އެހީގައި ލައިޝާގެ ފައިން ލޭ މަނާކޮށް، ކުޑަހިނދު ކޮޅެއްގެ ތެރޭގައި ނާހިލް ބޭސް އަޅައިލިއެވެ. ލައިޝާއަށް ތަދުވާން ފެށީ އަދި އޭގެ އިރުކޮޅެއް ފަހުންނެވެ. ފައިގެ ފުންނާބަށް ވަރަށް ފުންކޮށް ބިއްލޫރި ގަނޑު ވަދެފައި އިނުމުން އެންމެ ފުރަތަމަ ލައިޝާއަށް އިންޖެކްޝަން ދިނެވެ. އޭގެ އައްސިކަން ކެނޑުމުން ފަހުން ތަދުވާން ފެށީއެވެ.
ކިތަންމެ ދެކޮޅުހަދަން ބޭނުން ވިއަސް އެކަނި ނުހިނގޭނެތީ ނާހިލް އާއި އެކު އޭނާގެ ކާރުގައި ގެއަށް ދާން ލައިޝާއަށް ޖެހުނެވެ. އުފުއްލާލައިިގެން ގެންގޮސް ކާރުގެ ކުރީ ސީޓަށް އެރުވި އިރުވެސް ލައިޝާ އޮތީ ލޯ މަރައިލައިގެންނެވެ. ނާހިލް ގެ އެ ސޫރައަށް ބަލައިލަންވެސް ބޭނުމެއް ނޫނޭ ބުނާ ކަހަލައެވެ.
ކާރު ދުއްވަމުން ދިޔައީ ފުދޭ ވަރަކަށް މަޑުންނެވެ. ނާހިލްއަށް އިރު އިރު ކޮޅަކާ ލައިޝާއާއި ދިމާއަށް ބަލައިލެވެއެވެ. އަދިވެސް އޭނާ އިނީ ދެލޯ މަރާލައިގެންނެވެ.
” ތަދުވަނީތަ މާ ބޮޑަށް؟…” ނާހިލްގެ އެ ހިތްގައިމު އަޑު އިވުނު ހިނދު ލައިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. ލަައިޝާ އަވަހަށް މޫނު އަނެއް ފަރާތަށް ލަމުން ނޫނޭ ބުނެލި އިރުވެސް ފުންނާބުގައި ރިއްސާވަރުން އިނދެވެނީއެއްނޫނެވެ. އޭނާގެ އިސްތަށިފަށްތައް މޫނު މަތީގައި ވިހުރިލާ ގޮތުން، އާ ޝޯޚުވެފައި ނާހިލްއަށް އެ ދިމާއަށް ބަލަން އިނދެވުނެވެ. އެއީވެސް އޭނާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިއްބައިދިން ކަމެކެވެ.
ގޭގެ ބޮޑު ސިޓިންގ ރޫމުގައި ވާހަކަދައްކަން ތިބި ފާއިޒްއަށާއި ޑޮްކްޓަރ ނާފިޒްގެ ދެމަފިރިންނަށް ހައިރާން ކަމެއް ލިބުނީ ލައިޝާ އަތްދަނޑި މައްޗަށް ލައިގެން އެތަނަށް އައި ނާހިލް ފެނުމުންނެވެ.
އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެތަނަށް އެއްވިއެވެ.
“ދަރިފުޅާ ކިހިނެއްވީ” ފާއިޒްއަށް ހާސްކަމާއެކީ އަހައިލެވުނެވެ. އޭރު ނާހިލް ލައިޝާއެތަނުން ސޯފާއެއްގައި ބައިންދަނީއެވެ.
“އަނހާ.ފަޔަށް މިއޮތީ ކިހިނެއް ވެފަތަ؟” ނާހިލް ގެ މަންމަ ޒޫނާގެ ލޮލުގައި ލައިޝާގެ ފައި ބެންޑޭޖް ކޮށްފައިވާތަން ފެނުނެވެ. އަދި ނާހިލްއަށް އެެސުވާލު އަމާޒުކޮށްލިއެވެ. އެހެނަސް ނާހިލް ހުރީ އޭނާގެ މައިންބަފައިން ލައިޝާގެ ގެއިން ފެނުމުން ވަރަށް ހައިރާންވެފައެެވެ.
“ބައްޕާ!…މާ ބޮޑު ކަމެއްނުވޭ…އަޅުގަނޑު އަތުން ވެއްޓުނު ތަށްޓެއްގެ ބިއްލޫރިކޮޅެއް ހެރުނީ…މިހާރު އިރާދަ ކުރެއްވިތީ ރަނގަޅު..” ލައިޝާ ފާއިޒްގެ ހާސް ކަން ފިލުވައިދިނެވެ.
“އެހެންވީ ދޯ… ނަސީބެއްނު ނާހިލް އަށް އެތަނުގައި ހުރެވުނުަކަން…ނާފިޒް ވަރަށް ހަމަ ޖެހިލާފައި ވާހަކަ ދެއްކިއެވެ. ” ދަރިފުޅަށް އިނގޭތަ މީ ކޮންބައެއްކަން؟” ފާއިޒް ލައިޝާގެ ވާހަަކައިން ހަމަޖެހުނެވެ. އަދި އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާ ލައިޝާއަށް ތަޢާރަފް ކޮށްދިނެވެ.
“ހަމަ ވަރަށް ލޯބި… ފޮޓޯއިން ފެނުނު އިރަށްވުރެ މާރީތިހެން ހީވަނީ ލައިޝާ.. މިމަންޖެ ވައްތަރީ ލައިލައާއި ދޯ ނާފިޒް…އެއީ ނާހިލްގެ މަންމަކަން އެނގުމުން ލައިޝާ އުފާވިއެވެ. އަދި އެހައި ގާތްކޮށް ވާހަކަ ދެއްކުމުން އިތުރަށް ހިތްހަމަޖެހުނެވެ.
“ދަރިފުޅާ…އަޞްލު މި ދެ ޢާއިލާ މިހާރު މިއުޅެނީ އެއް އާއިލާއަކަށްވާން…ބައްޕަމެން އެދެނީ ދަރިފުޅުމެން ދެކުދިންގެ ކައިވެނި ވަރަށް އަވަހަށް ވުމަށް” ފާއިޒްގެ މިވާހަކައިން ލައިޝާ ސިހުނެވެ. އަދި ސުވާލުން ފުރިގެންވީ ގޮތަކަށް ނާހިލްއަށާއި ލައިޝާގެ ބައްޕައާއި ދިމާއަށް ބަލައިލިއެވެ. ނާހިލްގެ މޫނުމަތިންވެސް ފެނުނީ އެ ޚަބަރާއި ބީ ރަށްޓެހި ކުލަވަރެކެވެ.
“ވަރަށް ސަޕްރައިޒް ދޯ ލައި…. މަންމައަށް ފެނުނޭ ލައިގެ ފޮޓޯތައް…ނާހިލް ވަރަށް ސިއްރުން ގެންގުޅޭނީ..އެކަމަކު ނާހިލްގެ ކޮއްކޮ ޒަވުޝްއަށް ސިއްރުން އެއްޗެއް ނުގެންގުޅެވޭނެ. އެއީ މަންމަމެންނަށް އެނގުނު ގޮތަކީ. އޭރުވެސް މަންމަ ނުދެނެހުރިން މިއީ އަހަރެމެންގެ ދަރިއެއްފަދަ ކުއްޖެއް ކަމެއް.” ޒޫނާ ހިނިއައިސް އިނދެ، ކިޔައިދޭންފެށިއެވެ.
-ނުނިމޭ-
4 Comments!
Comments are closed.
ތަންކޮޅެއް އަވަހަށް18ވަނަ ބައި އަޕްޑޭޓް ކޮ ދޭޖެ.. ވާހަކަވަރަށް ސަޅި… 🙂
ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި…. ދެން ލައިޝާ އޯކޭ ކުރުވައްޗެ އިނގެ…ހެހެހެ
nice vaahakaeh
ތޭންކްސް…އަޞްލު ބިޒީކޮށް އުޅެންޖެހޭތީ ނުލިޔެވެނީ..އެކަމަކު މިހާރު މިދަނީ ކުރިއަށް ހުރި ބަިއތައް ލިޔަމުން. ދެން އިރާދަކުރެއްވިއްޔާ ލަހެއް ނުވާނެ.