Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އަދު ރޮނީއޭ ނުދާށޭ – 18 ވަނަ ބައި –

Aathu Level 110 Stories
April 9, 2013 4 Mins Read
10 Comments

– 3 އޭޕްރީލްގެ ބަޔާއި ގުޅޭ –

“ވަރަށް ސަޕްރައިޒް ދޯ ލައި…. މަންމައަށް ފެނުނޭ ލައިގެ ފޮޓޯތައް…ނާހިލް ވަރަށް ސިއްރުން ގެންގުޅޭނީ..އެކަމަކު ނާހިލްގެ ކޮއްކޮ ޒަވުޝްއަށް ސިއްރުން އެއްޗެއް ނުގެންގުޅެވޭނެ. އެއީ މަންމަމެންނަށް އެނގުނު ގޮތަކީ. އޭރުވެސް މަންމަ ނުދެނެހުރިން މިއީ އަހަރެމެންގެ ދަރިއެއްފަދަ ކުއްޖެއް ކަމެއް.” ޒޫނާ ހިނިއައިސް އިނދެ، ކިޔައިދޭންފެށިއެވެ. އެހެނަސް ފޮޓޯތަކެކޭ ބުނި އަޑު އިވުމުން ލައިޝާއަށް ނާހިލްއަށް އަވަސް ނަޒަރެއް ދެވުނެވެ. ކުއްވެރިއެއް ފަދައިން ނާހިލް އިސް ޖަހަލުމުން ލައިޝާއަށް ޖަވާބު ލިބުނެވެ. އެކަމަކު ސުވާލަކީ ނާހިލް ލައިޝާގެ ތަސްވީރު ގެންގުޅެންވީ ކީއްވެގެން ހެއްޔެވެ؟

“ތިދެކުދިން ގާތު ފަހުން މިވާހަކަ ބުނާގޮތަށް އޮތީ..އެކަމަކު ދެން ލަސް ނުކޮށް ބުނުން ރަނގަޅު ކަމަށް ފެންނާތީ ބައްޕަމެން ނިންމީ މިއަދު ބުނަން..ކަންތައް ދިމާވި ގޮތުން ދެކުދިންވެސް ތިއައީ ހަމަ މި ވާހަކަ ދެކެވެނިކޮށް..” ފާއިޒް ކެއްސާލުމަށްފަހު، ބުނެލި ވާހަކައިން ނާހިލްއަށް ލައިޝާގެ ހިތަށް އަރާނެ އެއްޗެހި އިނގޭތީ ލައިޝާއާއި ދިމާއަށް ބަލައިލަންވެސް ނުކެރިފައި  އިނެވެ. އަދި މިއީ އެނާއާއި ގުުން ހުރި ކަމެއްނޫނޭ ބުނަން ބޭނުންވެފައި ހުއްޓެވެ. ނަމަވެސް އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ފެންނަނީ ނުހަނު ބޮޑު އުފާވެރި ކަމެކެވެ. އޭނާއައި ލައިޝާ ފިޔަވައި އެހެން މީހުން އުފާކުރަނީއެވެ.

“ބައްޕާ.އެކަމަކު އަޅުގަނޑު ކައިރީ މިހައި ބޮޑު ކަމެއް ނިންމާއިރު އަހާަލަން ވާނެއެއްނު…ޚުދު ލައިޝާވެސް ބޭނުމެއް ނުވާނެ މެރީ ކުރާކަށް…” ނާހިލްގެ އެ ލަފުޒުތަކުން އެންމެން ސިހުނުއިރު ފާއިޒްގެ މޫނުމަތިން ފަނޑުވި ހިނިތުންވުން މާޔޫސް ކަމުގެ ކުލައަށް ބަދަލުވިތަން އެތަނަށް އެންމެން ކައިރިއަށް ހަވީރުގެ ސަޔަށް ދައުވަތު ދެންއައި ފާއިގާގެ އިތުރުން ލައިޝާއަށްވެސް ފެނުނެވެ. އޭނާއަށް ޔަޤީންވި އެއް ކަމަކީ މިއީ އޭނާގެ ބައްޕަ ވަރަށް ބޭނުންވާ ކަމެއްކަމަށެވެ.

“ނާހިލް އަށް ކިހިނެއް އެނގެނީ ލައި ބޭނުންވާ ގޮތެއް…ލައިވެސް ބުނީމެއްނު ނާހިލް ކައިރީ އަވަހަށް މެރީ ކުރަން ބޭނުމޭ…އަނެއްކޮޅުން ދެފެމެލީއަށް މިހާރު މިގުޅުން އިނގުނީމަ ލަސްކުރާކަށް ލައި ބޭނުމެއްނޫން.” ވަރަށް ހިތްވަރުކޮށް ތެޅެމުން ދިޔަ ހިތަކާއިއެކީ ލައިޝާ އޭނާގެ ބަސް އިއްވީ އޭނާގެ ލޯބިވާ ބައްޕަގެ ޙައްްޤުގައެވެ. ލައިޝާއަށް ނޭނގުނީ  އެއީ އޭނަގެ ހިތުގެވެސް އަޑުކަމެވެ.

ދެންތިބި މީހުންނަށް ލައިޝާގެ ވާހަކައިން މާ ބޮޑު ބަދަލެއް ނައި ނަމަވެސް، ނާހިލްއަށް ލައިޝާ ބުނި އެއްޗެއް ސާފު ނުވިހެން ހީވާކަހަލައެވެ. އެއީ ހަމަ އޭނާދެކެ އިންތިހާއަށް ރުޅި އަންނަ ލައިޝާ ބޭނުންވި ގޮތް ހެއްޔެވެ؟ ނާހިލްގެ ޢާއިލާއިން އެދޭ ކަންތައް ކޮށްދިނުމަށް ލައިޝާ އެ ހުރީ ތައްޔާރުގައި ބާވައެވެ؟ އެހައި ބޮޑު ދޮގެއް އެ ހެދި ސަބަބެއް ނާހިލްއަކަށް ނުވިސްނުނެވެ.

“ނާހިލް އަޞްލު ލަދުން ކަންނޭނގެ އެކަހަލަ އެއްޗެހި އެކިޔަނީ…އެކަމަކު ކައިވެނި ނުކޮށް ގިނަ ދުވަހު ރަށްޓެހިވެގެން އުޅުން އެއީ ރަނގަޅު ކަމެއް ނޫނޭ ގިނަ މީހުން އެ ބުނަނީ..ދެން ހިނގާ ތާރީޚެއް ކަނޑައަޅައި، އަވަސް ކުރަމާ…” ޒޫނާގެ ވާހަ އެ ހިސާބަށް ދިޔަ ތަނުން ފާއިގާ އެދިގެން އެންމެން ހަވީރުގެ ސަޔަށް އިންޞާފު ކުރުމަށް ދިޔައެވެ. ޞުފުރާ މަތީގައިވެސް ދެކެވުނީ ކައިވެނީގެ ވާހަކަތަކެވެ. ލައިޝައާއި ނާހިލް ދެޢާއިލާގެ ވެރިން ބުނާއެއްޗަކަށް އާނ ހޫ ލައްވާލަ ލައްވާލާ ތިއްބެވެ.

ދުވެލާފައި ކަހަލަ ގޮތަަކަށް ގެއަށް އައިސް ވަން ލަޔާއަށް ސިޓިން ރޫމްއިން ނިކުންނަން ދިޔަ ޢާއިލާ ފާއިޒް ތަޢާރަފް ކޮށްދިނެވެ. އެމީހުންނާއެކީ ކުޑަ ވަގުތު ކޮޅެއް ވެލުމަށްފަހު، ލަޔާ އަވަހަށް ދިޔައީ އޭނާގެ ދޮންތި ހޯދާށެވެ. އެކަހަލަ ކަންތައް ތަކުގައި ލައިޝާއާއި ދިމާކޮށް ހެދުމަކީ ލަޔާ ވަރަށް ކުރާހިތްވާ ކަމެކެވެ. އޭނާއަށް ލައިޝާވެސް ކަންތައް ކުރަނީ އެ އުޞޫލުން ކަމުގައި ވާތީއެވެ. ނިކަން ހެވިފައިހުރެ ލައިޝާގެ ކޮޓަރީގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ގޮވާގޮވާވެސް އަނގަޔަކުން ނުބުންޏެވެ. ފާއިގާގެ ފަރާތުން ލަޔާއަށް ލަައިޝާގެ ފަައިހަލާކުވިކަން އެނގުމުން އަދި މާ ވަރަކަށް ދޮރު ހުޅުވޭތޯ އުޅުމުން ފާއިގާ ލަޔާ ހުއްޓުވީ  ދޮންތިއަށް ރެސްޓެއް ދޭށޭ ބުނެއެވެ.

އެހެންކަމުން ‘ގެޓް ވެލް ސޫން’ މެސެޖެއް ލައިޝާއަށް ފޮނުވުމަށްފަހު ޕަރޓީއަށް ދަނީ ކަމުގައި ބުނެ ލަޔާ އަވަސްވީ އޭނަ މިރެއަށް ޚާއްޞަކޮށް ފަހާފައިވާ ހެދުން އިސްތިރި ކުރުމަށެވެ. ވިލު ނޫކުލައެއްގެ ތުނިފޮތިން ފަހާފައިވާ އެ ދިގު ހެދުމުގެ މޭ މަތީގައިވަނީ ހިމަ ރޫބައެއް ނަގާލާފައެވެ. އެ ހެދުމުގެ އަޑީބައިގައި ގުޅުވަފައިވަނީ ހަމަ އެކުލައިގެ ތަންކޮޅެއް ބޯ ފޮއްޗެކެވެ. މެއާއި ދިމާއިން ތިރީގައި ވަށް ބައްޓަމަކަށްއިން ބަކަލްއެއް ފާޑުގެ އެއްޗެއް ހަރުކޮށްލާފައިވެއެވެ. އެއީ ލަޔާގެ އަމިއްލަ ޑިޒައިންއެކެވެ. ފަރުމާކުރުމަކީ އޭނާއަށް ލިބިފައިވާ މޮޅު ހުނަރެކެވެ. އެ ހެދުން ފެހީވެސް އޭނާގެ އަތުންނެވެ. ކުޑައިރުއްސުރެ ހޮބީއެއްގެ ގޮތުގައި ިކުރަމުން އައި ކަންތަކުން ލަޔާވަނީ ކުރިއަށް ގޮސްފައެވެ. ހިތްހަމަ ޖެހޭ ވަރަށް ހެދުން އިސްތިރި ކުރެވުމުން ލަޔާ ގަޑިއަށް ބަލާލިއެވެ. އޭރު ހަތްގަޑިބައިވަނިއެވެ.  އަށްގަޑިބަޔަށް އޭނާއަށް ޕާރޓި ހޯލަށް ދިއުމަށް ވަނީ އަންގާފައެވެ.”މާތް ކަލާކޯ! އިރު ކޮޅަކުން ގަޑި ޖެހިދާނެ” ލަޔާ އަމިއްލައަށް ހުރެ ވާހަކަ ދައްކަން ފެށިއެވެ. އެހެންކަމުން އަވަހަށް ފިނި ފިނިކޮށް ފެންވަރާލުމަށްފަހު އިސްތަށިގަނޑު ބްލޯޑްރަޔާއިން ހިއްކާލިއެވެ. އޭނާ ވިސްނާފައިވާ ގޮތަށް ވަރަށް އާދައިގެ ގޮތަކަށް އިސްތަށިގަނޑު ވިއްސާލައި، މަޑު ނޫކުލައެއްގެ ބޭންޑެއް ބޮލުގައި އަޅައިލިއިރު ނިތްކުރިމަތިން ދެފަރާތަށް ފްރިންޖްކޮޅުތައް ވައްޓާލިއެވެ.

ޝަހުމްއަށް ލަޔާ ދޭން ބޭނުންވި ސަޕްރައިޒް ނުދެވިދާނެތީ ހާސްވަންފެށިއެވެ. އަދި ހެދުމާއި ގުޅޭ ޕާރސްއެއް ހިފަިއގެން ހުދު ކުލައިގެ ހީލް ފައިވާން އަތަށް ލައިގެން ނިކުތް އިރު ނީލާ އައިސް ހުއްޓެވެ. ފާތުންނަށް ގުޅާލިއިރު އޭނާގެ ލޯބިވެރިޔާ މާލެއަށް އައިސް ހުރުމުން ޙަފްލާއަށް ދަނީ ޙުސެންއާއިއެކު ކަމަށް ބުންޏެވެ. ވަގުތު ބޭކާރު ނުކޮށް ދެކުދިން ލަޔާގެ ކާރުގައި ނައްޓާލިއެވެ.

“ނީލް. ކެން ވީ މެކް އިޓް ބި ފޮރ އެއިޓް؟” ލަޔާ ކަންބޮޑުވީ ގަޑިއަށް ނުދެވިދާނެތީއެވެ.

“ޔަރ…އެކަމަކު ބަލައިގެން ދުއްވާނީ. އަދި ހަތަރު މިނެޓްސް އެބައިން” ނީލާ އަކީ ސްޕީޑްބާރު ކޮށް ކާރު ދުއްވަންޏާ ބިރު ގަންނަ ކުއްޖެއްކަމުން މިފަހަރުވެސް  ނުސީދާކޮށް އެހެން ބުނެލިއެވެ.

ޒައިންއާއިއެކު އެ ހޯލަށް ވަދެވުނީއްސުރެ ޝަހުމް ގެ ލޯ އެކި ދިމަ ދިމާއަށް ހުއްޓެމުން ދިޔައީ ލަޔާ ނޫން ދެވަނަ މީހެއް ހޯދުމަކައެއް ނޫނެވެ. އެހެނަސް އޭނާގެ ނަޞީބު ދެރަކަމުން އޭނާއަށް ރެޕެންޒެލްގެ ނަންވެސް އެނގިފައެއްނެތެވެ. ލަޔާ ފެނުނަސް އަދި އަޅައިގެން ވެއްޓުނަސް ޝަހުމްއަށް އިނގޭނީ ކިހިނެއް ހެއްޔެވެ؟ މަޑުމަޑުން ފަހަތަށް ފިޔަވަޅެއް އަޅަމުން ދަނިކޮށް ޝަހުމް އެތަނުން މީހެއްގެ ގައިގައި ލައްވިއެެވެ. ފަހަތަސް އެނބުރި މަޢާފަށް އެދުމަށް އަނގަހުުވާލި ގޮތަށް ކުރި މައްޗަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. މިއަދު ހަވީރު އޭނާއަށް ފެނުނު ޕަރީ އެ ހުރީ އޭނާގެ ކުރިމަތީގައެވެ. ދެމީހުންވެސް ކުރިންތިބީ ފުރަގަސް ދީގެންކަމުން ދެމީހުންގެ ނަޒަރު ސީދާވީވެސް އެއް ވަގުތަކުއެވެ.

“ޝެމް! .ދެއަރ ޔޫ އަރ. ހެއި ..ކަމް ވިތް މީ” ޒައިން އައިސް އެދެމީހުން ކައިރިއަށް ހުއްޓުނީ އެ ވަގުތުއެވެ. ލަޔާ ހުރީ އޭނާގެ ޙަޤީޤަތް ޝަހުމް ކުރިމަތީ ބުނެވިދާނެތީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ޝަހުމްގެ ރީތިކަން އޭނާ ފެންނަ ކޮންމެ ފަހަރަކު ލަޔާ މޮޔަކޮށްލައެވެ. މިރޭ ޝަހުމް ހުރީ ފުލް ބްލެކް ވެގެންނެވެ. ރީތި ގޮތަކަށް އެ އިސްތަށިގަނޑު ކޮޅަށްނަގާފައި އޮތުމުން ޝަހުމްގެ މޫނުމަތީގެ އުޖާލާކަން އިތުރު ކޮށްދެއެވެ.

ޕާރޓީގައި ލަޔާގެ މަސައްކަތަކީ މެހެމާނުންގެ ހެދުންތަކުގައި މާ ހަރުކުރުމެވެ. އަދި މެހެމާނުން އަންނަން ނުފަށާތީ އެމީހުންގެ ގްރޫޕް ތިބީ ހޯލްގެ ފަހަތަށް ހުރި މޭޒެއް ކައިރީ ގޮނޑިތަކުގައި އިށީނދެ ލައިގެންނެވެ.

“ލަޔާ…ބޮސްގެ ސަންގެ ގަމީހަކު ނެތް މަލެއް ހަރުކޮށްފައެއް..ލަޔާ ދާންވީނުން މަލެއް ދޭން…” ޝިއުރާ ބުނިއެއްޗެއް ލަޔާއަށް އިވުން ތަނުން ތެދުވެ ހިނގައިގަތީ ޒައިން ފެނޭތޯއެވެ. އޭރު ޝަހުމްއާއި ދެމީހުން ސްޓޭޖް މަތީގައި ކޮންމެސް ކަމެއްގައި ތިއްބެވެ.

އެމީހުންނާއި ކައިރި ވާ ވަރަކަށް ލަޔާގެ ފިޔަވަޅުތަކުގެ ބަރުކަން އިޙްޞާޞް ކުރެވެމުން ދިޔައެވެ. އޭނައަށް ޝަހުމްގެ މޫނުން ނަޒަރެއް ވަކިކޮށެއް ނުލެވުނެވެ. ޝަހުމްއަށްވެސް އެމީހުނާއި ދިމާއަށްއައި ލަޔާ ފެނުނެވެ. އަދި ކުޑަކޮށް ކުރިއަށް ޖެހިލެވުނެވެ. ޝަހުމްއަށް ނޭނުގުނަސް އެ އަންހެން ކުއްޖާ ފެނުމުން ޝަހުމް ވަރަށް ހިތްހަމަޖެހެއެވެ. އަދި އަބަދުމެ އެ މޫނަށް ބަލާލަން ހިތް ގޮވަންފަށައެވެ.

“ސަރ…މަލެއް ޖަހަންވީނުންތޯ! “އިވުނު އަޑަށް އިސް އުފުލާ ބަލާލިއިރު ލަޔާހުރީ މާތައް އަލާފައިހުރި ތަބައް ހިފައިގެންނެވެ. އަދި ޝަހުމްއަށް ނިތްއެއްލީ އެތަނުން މަލެއް ނަގަންވީނުންހޭ ބުނާކަހަލަ ގޮތަކަށެވެ. މަޑުމަޑުން ތުރު ލަމުން ދިޔަ އަތުން ޝަހުމް އެތަނުން މަލެއް ނެގިއިރުވެސް ލަޔާއަށް ހުރެވުނީ ޝަހުމްގެ ލޮލަށް ބަލާށެވެ.

“ތެންކްސް” ޝަހުމްއަށް އެއްވެސް އިޚްތިޔާރަކާއިނުލައި ބުނެވުނެވެ.

” ލަޔާ..ލަޔާ..އަވަސް ކޮށް އާދެބާ..މީހުން އަންނަން ފަށައިފި..” އަތޫފްގެ އަޑަށް ލަޔާ އަވަސް ކޮށްލައިގެން އެމީހުންގެ ގާތަށް ދިޔައެވެ.

 ޙަފްލާ ފެށިގެން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް އެވޯރޑް ދިނުން އޮތެވެ. މިގޮތުން ލަޔާއަށްވެސް އެންމެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯރޑްގެ އިތުރުން އޮފީހަށް ރީތިނަން ހޯދައިދޭ މުވައްފު ކަމުގައި ވެސް އެވޮރޑް ލިބުނެވެ. އެއީ ލަޔާއަކީ އަބަދުވެސް އެހެންތަންތަނުން އޮންނަ ވޮރކް ޝޮޕްތަކުގައާއި ކުޅިވަރު މުބާރަތް ތަކުން އޮފީސް ކުރިއަރުވަން މަސައްކަތްކުރާ ކުއްޖެކެވެ.

-ނުނިމޭ-

Tags:

ހިތްއާތުވާހަކަލޯބި

Share Article

Follow Me Written By

Aathu

Level 110 Stories

Other Articles

Previous

ލޯބީގެ ވާހަކައެއް!

Next

އެރޭ ލިބުނު ފިނިފެންމާ

Next
April 10, 2013

އެރޭ ލިބުނު ފިނިފެންމާ

Previews
April 7, 2013

ލޯބީގެ ވާހަކައެއް!

10 Comments!

  1. ނާލީ says:
    April 9, 2013 at 10:29 pm

    ވަރަށް ރީތި. އަވަހަށް 19 ވަނަ ބައި އަޕް ކޮށްދެއްޗޭ

  2. xee says:
    April 10, 2013 at 10:51 am

    ހަމަ ހަބޭސް…………..ނެކްސްޓް ޕާރޓް ވވވވވވވވވވވވވ ސަޅި ވާނެހެން ހީވޭ….ހީވަނީއެއްނޫން…..ޔަޤީން….ހެހެހެ

  3. ޓާއީ says:
    April 11, 2013 at 1:23 pm

    ވ ވ ހަބޭސް……

  4. އޭންޖެލް says:
    April 12, 2013 at 9:24 pm

    ވާއު އޯލް ދި ޕާޓްސް އާ އޯސަމް 3> ވ.ވ.ވ.ވ.ވރީތި.. އަނެއްބައި ކިޔާ ހިތުން ކެތްމަދުވެފަ.. އަވަހަށް ގެނެސް ދެއްޗޭ އާތު. ޖަސްޓް އެމޭޒިން. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް…

  5. އާތު says:
    April 13, 2013 at 10:40 am

    ުހުރިހާ ކުދިންނަށްވެސް ޝުކުރިއްޔާ… މި ބަލަނީ ވީހާވެސް އަވަހަކަށް ކުރިއަށްހުރި ބައިތައް ގެނެސް ދެވޭތޯ.. އިރާދަކުރެއްވިއްޔާ ލަހެއް ނުވާނެ

  6. ނަޒާ says:
    April 13, 2013 at 1:28 pm

    ވަރަށް ރީތި 3>

  7. ނިތޫ says:
    April 13, 2013 at 6:25 pm

    މީ މިސައިޓްގެ ވާހަކައަކަށް ނިތޫ ކުރާ ފުރަތަމަ ކޮމެންޓް،،،، މިވާހަކަ ކިޔާލާފައި ހަމަ ކޮމެންޓް ކޮށްލާ ހިތްވީ…މިވާހަކަ ވަރަށް ސަޅި،،ވަރަށް ފުރިހަމަ،،،އެކަމް ތަންކޮޅެއް ކުރީ،،،އިގޭ ބިޒީވީމަކަންވެސް،،އެކަމްވެސް ދެން ކުރިއަށް ހުރިބައިތަށް މިއަށްވުރެ ދިގުވާނެކަމަށް އުއްމީދުކުރަން،،،،ލަޔާ ހާދަ މޮޅޭ ދޯ؟؟؟؟؟؟ ލައި އެން ނާހިލް ހާދަ ސަޕްރައިޒްވާނޭދޯ؟؟؟؟؟؟؟؟؟ އާތު ދެން ނާހިލް އެން ލައި ގުޅުވަ ބަލަ،،އޭރުންނެއްނުން ވާހަކަ އިތުރަށް ފުރިހަމަވާނީ ދޯ؟؟؟؟؟؟؟؟؟؟؟؟ ދެން ކޮންއިރަކުން 19ވަނަ ޕާޓް ގެނެސްދޭނީ؟؟؟؟؟؟؟؟ އެ ޕާޓް ވަރަށް އަވަހަށް ކިޔާލަން ލިބޭނެކަމަށް އުއްމީދުކުރަން،،،ދެން ބައި ބައި ޓ.ގ.ކ ހޭވް އަ ލަވްލީ ޑޭ

    1. Bison says:
      February 8, 2014 at 2:23 am

      That kind of thikinng shows you’re on top of your game

    2. purchase all-round says:
      September 24, 2014 at 12:33 am

      Stay with this guys, you’re helping a lot of people.

  8. Nagma says:
    February 12, 2020 at 1:50 pm

    Mi vaahakaige 19 vana bai koba ?

Comments are closed.


All Right Reserved!