ލާރާ …… 8 (ފަހުބައި)
އަހަރެން އެރޭނިދީ އަނެއްދުވަހަށް އިންތިޒާރު ކުރަމުންނެވެ. ބޭބީ މަންމަމެންނާއި އަހަރެން ހަވާލުކުރީ ކުރާހިތަކުންނޫނެވެ. ބޭބީ ދޫކޮށް އަހަރެން ދާހިތެއް ނުވިއެވެ. އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީ އެންމެންގެ ހެޔޮދުޢާއާއިއެކުއެވެ. ގޭގެއެންމެނަށް އަހަންނަކީ ލާރާކަން އެނގޭތީއެވެ. އަހަރެން ރާއްޖެއަންނަން ފުރީ ވަރަށް ތައްޔާރުވެގެންނެވެ. އެލެކްސްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާއަށް ވަރަށްބޮޑު ހަދިޔާއެއް ހިފައިގެންނެވެ. އަހަރެން ހުރިހާދުވަހު ލިޔުނު ސިޓީތައް ހިފައިގެންނެވެ. ފޮޓޯތައްވެސް ހިފައިގެންނެވެ.
ރާއްޖެއައިސް ދެމީހުންދިޔައީ ރިސޯޓަށެވެ. ދެމީހުންތިބީ ކުރީގައިވެސް ތިބިގޮތަށެވެ. ދެމީހުން ދެކޮޓަރީގައެވެ. ތަޤްދީރު ނިޔާކުރިގޮތުން އެރޭވަނީ އަހަރުމެންގެ އެނގޭޖްމެންޓް ކުރެވުނުތާ އެގާރައަހަރު ފުރޭ ދުވަހަށެވެ. އެކަން އެލެކްސްއަށްވެސް އެނގޭނެއެވެ. ރިސޯޓަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަހަރެން ބޭނުންވަނީ އަރާމުކޮށްލަންށޭ ބުނެ އަހަރެން މަސައްކަތްފެއްޓީ އެރެއަށް ތައްޔާރުވުމަށެވެ. އަހަރެންގޮސް ބިޒީވެލީ ރޫމްތައްޔާރުކުރުމަށެވެ. އަހަރެން އެތަން ވަރަށް ރީތިކުރީމެވެ. ހަނީމޫން ބައިވެރިންގެ ފުރަތަމަ ރޭގައި އެނދު ހުންނަގޮތަށް ރަތްފިނިފެންމަލުގެ ފިޔައިން އެނދު ތައްޔާރުކުރީމެވެ. އަދި ކޮޓަރިވެސް ހަމައެގޮތަށް ތައްޔާރުކުރީމެވެ. މުޅި ކޮޓަރީގައި ދެމީހުންގެ ފޮޓޯތައް ހަރުކުރީމެވެ. އެއަށްފަހު އަހަންނާއި އެލެކްސް ދިމާވީ ރޭގަނޑުގެ ކެއުމުންނެވެ. ދިހަގަޑި ބައިވާން އުޅެނިކޮށެވެ. އަހަރެން ކެއުން ވަރަށް އަވަސްއެރުވީމެވެ. އެލެކްސް ހުރީ ހައިރާންވެފައެވެ. އަހަރެން ބަހަނާއަކަށް ދެއްކީ ނިންޖެވެ. އެއީ ބާރަޖަހަންވާއިރަށް އަހަރެން ފެންވަރައި ތައްޔާރުވަށެވެ. ކައިނިމުމުން އަހަރެން ލަންޑަނުން އެލެކްސްއަށް ގެނައި ހަދިޔާއެއް އޭނަޔާއި ހަވާލުކުރީމެވެ. އޭގައި ވާނީ ކަޅުކުލައިގެ ގަމީހަކާއި ހަމައެކުލައިގެ ފަޓްލޫނެކެވެ. އެއީ އެލެކްސްއަށް އެންމެ ރީތި ކުލައެވެ. އެއާއިމެދު އެލެކްސް ސުވާލު ކުރިއެވެ. އަހަރެން ޖަވާބެއްނުދީ ގަނޑުކޮޅެއް ދިއްކޮށްލައިފައި ރޫމަށްއައީމެވެ. އޭގައި އޮންނާނީ އެރޭ ބާރަޖަހާއިރު އެހެދުމުގައި ބައްދަލުކޮށްލަން ބޭނުންވާވާހަކައެވެ. އަހަރެންގެ ރޫމުގައެވެ.
އަހަރެން ރޫމަށް އައިސް ވަރަށް ރީއްޗަށް ތައްޔާރުވެލީމެވެ. ދުވަހަކުވެސް ރީތި ނުވާހާ ވަރަށެވެ. އަދި ކޮލުގައިއިން މަލަންކޮޅުވެސް ނައްޓާލީމެވެ. އެތަންހުރީ ހުދުވެފައެވެ. އަހަރެންލީ ހުދުހެދުމެކެވެ. އެއީ އެލެކްސްގެ މަންމަދިން ހެދުމެކެވެ. ކައިވެނީގެ ހެދުމެކެވެ. އެއީ ވަރަށްވެސް ރީތި ހެދުމެކެވެ. ހެދުން ހުރީ އަހަރެން ގަޔަށް ވަރަށް ރީތިކޮށް ފިޓްވެފައެވެ. އަހަރެން މޭކަޕްކޮށްލުމަށްފަހު ހެދުމާއިއެކުގައި އޮތް މޫނުނިވާކުރާ ފޮތިކޮޅުން މޫނު ނިވާކޮށްލީމެވެ. މުޅިކޮޓަރިތެރެ ހުރީ ހުދުކުލައިގައެވެ. ކޮޓަރިތެރޭގައި ދުވަނީ މަޑުމަޑު ސެންޓެއްގެ ވަހެވެ. އަހަރެން ގަޑިޔަށް ބަލާލީމެވެ. ބާރަޖަހަން ފަނަރަ މިނިޓަށް ވެއްޖެވެ. އަހަރެން ސިޓީ ގިފްޓް ނަގައި އެނދުމަތީގައި ބެހެއްޓީމެވެ. އަދި އޭގެ ކައިރީގައި އަހަރެންގެ އެންގޭޖްމެންޓް ރިންގް ޕާރުސަލްކޮށްފައި ހުރި ގިފްޓް ބެހެއްޓީމެވެ. އެލެކްސްއާއި ދިމާވި ދުވަހުން ފަށައިގެން އަހަރެން އޮންނަނީ އެ ރިންގް ފޮރުވާފައެވެ. އޭގައި އޭނަގެ ނަން ލިޔެފައިވާތީއެވެ.
ވަގުތު ކުޑަތަންވަމުން ދާވަރަކަށް އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. އެންމެ ސިކުންތެއްވެސް އެހާވަރެވެ. އެހާ ކެތްމަދެވެ. އަހަރުތަކެއްގެ އިންތިޒާރުގެ ނިމުމުގެ ސިއްކަ މިހިތްގައިމުރޭ ޖެހޭނެކަން އަހަންނަށް އިހުސާސުވިއެވެ. އަހަރެން ސިހުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. އަހަރެން ގަޑި ބަލާލީމެވެ. ބާރަޖަހަން ތިންމިނިޓް ހުއްޓެވެ. އަހަރެން އަވަހަށް ލައިޓް ނިއްވާލީމެވެ. އޭރު އަހަރެންހުރީ ހުރިހާ އުއްބައްތިތަކެއް ދިއްލާފައެވެ. ކޮޓަރި ތެރޭގައިހުރީ ވަރަށް ރީތި އަލިކަމެކެވެ. އަހަރެން ގޮސް ހުއްޓުނީ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. އެލެކްސް ދޮރުން ވަންނައިރު އަހަރެން ހުންނާނީ އޭނަޔަށް ފުރަގަސް ދީގެންނެވެ. އަހަރެން ވަނުމަށް ގޮވާލީމެވެ. އެއާއިއެކު އެލެކްސް މަޑުމަޑުން އެތެރެއަށް ވަނެވެ. އޭނަގެ ސެންޓުގެ ވަހުން އަހަންނަށް އެއީ އެލެކްސްކަން ޔަގީންވިއެވެ. އަޑެއް ނީވުމުން، އެލެކްސް އެތެރެއަށްވަދެ ބަސްހުއްޓުނީހޭ އަހަރެންގެ ހިތަށްއެރިއެވެ. އޭނަ ހަމަގައިމުވެސް ހުންނާނީ ވާނުވާ ނޭނގިފައެވެ. އޭރުވެސް އަހަރެން ފަހަތަށް ނޭބުރެމެވެ. އަހަރެން އެދުނީ ގިފްޓް ކެނޑުމަށެވެ.
އެލެކްސް ގިފްޓް ކަޑާއަޑު އަހަންނަށް އިވުނެވެ. އިރުކޮޅަކަށް އަހަންނަށް ޖެހުނީ ކެތްކޮށްލާށެވެ. އަހަންނަށް ދެލޯ މަރާލެވުނީ އެލެކްސްގެ ދުލުން ލާރާއޭ ބުނުމުންނެވެ. ހަމައެއާއިއެކު އަހަރެން އެނބުރުނީމެވެ. އޭރު އެލްކްސްހުރީ ކޮޅަށެވެ. އަހަންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާހުރީ އަހަރެންދިން ހެދުންލައިގެން ވަރަށް ރީތިވެލައިގެންނެވެ. މޫނުގައިވަނީ ހައިރާންކަމެވެ. އެނދުމަތީގައި ދެތިން ސިޓީ ކިޔާފައި އޮތެވެ. އެލެކްސްހުރީ ހިތް އަވަސްވެފައި ކަންނޭނގެއެވެ. އޭނާގެ އަތުގައި އަހަރެންގެ ރިންގް އޮތެވެ. އޭނާ އަހަންނަށް އެސްފިޔަ ޖަހާނުލައި ބަލަމުންދިޔައެވެ. އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. އަހަރެން މޫނުގައި އަޅާފައިއޮތް ފޮތިކޮޅު މަޑުމަޑުން ހިއްލާލީމެވެ. އެލެކްސް އަހަރެން ކައިރިޔަށް އައެވެ. އަދި އެރިންގާއި ސިޓީތަކާއި ލިބުނީ ކިހިނަކުންހޭ ހައިރާންކަމާއިއެކު އަހާލިއެވެ. އޭރު ދެމީހުންތިބީ ވަރަށް ކައިރީގައެވެ. ހަތަރުކަޅި ބައްދަލުވެފައެވެ. އަހަރެން މޫނުމައްޗަށް އުފާވެރިކަމުން ފުރިގެންވާ ހިނިތުންވުމެއް ގެނައީމެވެ. އަހަރެންގެ މޫނުގައި އިން އަޑިކޮޅާއި، އޭގެތެރޭގައިއިން ކަޅުތިލަ އެލެކްސްއަށް ދެއްކުމަށްޓަކައެވެ. އެލެކްއަށް ހަމަރަނަގަޅަށްވެސް އަހަރެންގެ މޫނު ފެނުނީ ކަންނޭގެއެވެ. އޭނާގެ އަތުން ވަގުތުން ރިންގް ވެއްޓުނެވެ. އޭނާ ހުރީ ބަސްހުއްޓިފައެވެ. މޫނުމަތީގައި ހުރި ހައިރާންކަން ދެގުނަވިއެވެ. އަހަރެން މަޑުމަޑުން އެލެކްސްއަށް ގޮވާލީމެވެ. އެލެކްސްގެ ލޮލުން ފޭދިގެން ކަރުނަ ވެއްޓުނެވެ. އެއާޢިއެކު އެލެކްސް ކުރިޔަށް ޖެހިލާފައި އަހަރެން ގައިގައި ބާރަށް ބައްދާލިއެވެ. އަހަންނަށް މިފަހަރު ލޯ މަރާލެވުނީ އުފަލާއިއެކުއެވެ.
އެލްކްސްއަށް އޭނާގެ ލާރާ ލިބުނީއެވެ. އޭނާއަށް ކިޔާނެ ނުކިޔާނެ އެއްޗެއްވެސް ނޭގުނެވެ. ދެމީހުންގެ ނޭވާގެ ވައިޖެހޭ ހިސާބަށް އެލެކްސް އޭނާގެ މޫނު އަހަންނާއި ކައިރިކުރިއެވެ. އެލެކްސް އެއްޗެއް ބުނަންވެގެން އަނގަހުޅުވާލި ވަގުތު، އަހަރެން އޭނާ ހުއްޓުވީމެވެ. މާދަމާ ހުރިހާ ސުވާލަކަށް ޖަވާބުދޭނަމޭ ބުނަމުންނެވެ. އެލެކްސް އަހަރެން ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އެއަށްފަހު އަހަރެން ގޮވައިގެންގޮސް އެނދުގައި އިށީނީ އަހަންނަށް ބަލަމުންނެވެ. ދުވަހަކުވެސް ފެނިފައިނުވާ މީހެއް ފަދައިންނެވެ. އެލެކްސް އަހަންނާއި ކައިރިވުމާއިއެކު އަހަރެންގެ މޫނަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. އަހަރެން އެންމެ އަޑުއަހަން ބޭނުންވި އަގުބޮޑުބަސް އެލެކްސް ބުނެލީ ދެނެވެ. އޭނާ އިންތިހާޔަށް އަހަރެންދެކެ ލޯބިވާ ވާހަކައެވެ. އަހަރެންވެސް ޖަވާބު ރައްދުކުރީމެވެ. އެލެކްސް އަހަންނާއި ކައިރިވުމާއިއެކު އަހަންނަށް އެހެން އިޙުސާސެއް ނުކުރުވިއެވެ. އޭނަގެ ޖަޒުބާތީ ފިރުމުންތަކުން އަހަރެން މަސްތުވިއެވެ. ދައްކަމުންދިޔަ ވާހަކަތަކަށް ނިމުންއައިސް މާހައުލު ހަމަހިމޭންވިއެވެ. މާހައުލަށް އެހެންކުލައެއް ވެރިވިއެވެ. ހަމަހިމޭންކަމަކީ ދުލުން ބުނާވަރަށްވުރެ ތޫނު ހަތިޔާރެކެވެ. އެލެކްސްގެ ހަށިގަނޑުގެ މީރުވަސް އަހަރެންގެ ހުރިހާ ހިއްސުތަކާއި ގުޅުނެވެ.
ލޯބީގެ މިހިތްގައިމުރޭ ނިމުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ނިމުނުލެއް ކިތަންމެހާވެސް އަވަހެވެ. ނިދުނީވެސް ކޮންއިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނުއިރު އަހަންނަށް އޮވެވުނީ އެލެކްސްގެ މޭމަތީގައި ބޯއަޅައިގެންނެވެ. އިރުކޮޅަކުން އެލެކްސްއަށްވެސް ހޭލެވުނެވެ. ހަމައެއާއިއެކު އުފާވެރި ހެދުނުގެ ތަހުނިޔާ ކިޔެވެ. އެއަށްފަހު ލޯތްބާއިއެކު އޭނާގެ ސުވާލުތައް ކުރިޔަށް ގެންދިޔައީމެވެ. އަހަރެން ހުރިހާ ސުވާލެއްގެ ޖަވާބުދިނީމެވެ. އެލެކްސްއަށް އަދިވެސް ގަބޫލުކުރަން ދައްޗެވެ. އޭނާ ދެރަވީ އެއޮށްހުރިހާދުވަހު ގާތުގައި އުޅުނުއިރު އަހަންނަކީ ލާރާކަން ނޭގުމުންނެވެ. އެކަމަކު މިހާރު އޭނަ އުފާކުރެއެވެ. އޭނާ ބުނިގޮތުގައި އޭނާއަށްވުރެ ބޮޑު ނަސީބުވެރިއަކު މިދުނިޔޭގައި ނުހުންނާނެވެ.
އެކުވެރިންނޭވެ! މިއީ ދޮގެއް ހެއްޔެވެ؟ ފުރަތަމަލޯބި ހާސިލުވުމަކީ ހާދަބޮޑު ނިޢުމަތެކެވެ. މިއީ ކެތްތެރިކަމުގެ ފޮނިމޭވާ ނޫންހެއްޔެވެ؟ ކައިވެންޏަކީ ކޮންމެމީހަކުވެސް ދެކޭނޭ ހުވަފެނެކެވެ. އެއީ އާޙަޔާތުގެ ފެށުމެވެ. އެޙަޔާތުގެ ފުރަތަމަ ޞޮފްޙާއެވެ. އެގޮތުން އަހަރެންވެސް އަހަރެންގެ އާޙަޔާތުގެ ފުރަތަމަ ޞޮފްޙާ އެލެކްސްއާއިއެކު އެއްލާލީ އެހާ ހިސާބުންނެވެ.
އަހަރުމެން ލަންކާއަށް ފުރީ އޭގެ ދެހަފްތާ ފަހުންނެވެ. އުފާވެރި ފޮނި ވަގުތުތަކެއް އެކުގައި ހޭދަކޮށްލާފައެވެ. އެއުފާތައް ދުވަހަކު ހަނދާނުން ފިލައިގެން ނުދާނެވެ. އަހަރެން އެނބުރި ދިޔައީ މާމަވެސް ގޮވައިގެންނެވެ. އެއީ އެނުބައި މީހުންއުޅޭ ގޭގައި މާމަ ނޯކަރެއްގެ ގޮތުގައި ބަހައްޓަން އަހަރެން ބޭނުންނުވާތީއެވެ. އަދި މާމަވެސް އަހަރެންނާއިއެކު ދާންބޭނުންވެފައި ވުމުންނެވެ. އެއަށްފަހު އަހަރެން އަހަރެންގެ ކުޑަ ޢާއިލާއާއިއެކު ހޭދަކުރަމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ﷲގެ އިރާދަފުޅާއިއެކު އަބަދުގެ އަބަދަށްޓަކައެވެ.
…… (ނިމުނީ) ……
20 Comments!
Comments are closed.


ވަރަށް ސަޅި. އެކަމް ތަންކޮޅެއް އަވަހީ ނިމުންލެއް…..
އެއީ ފުރަތަމަ ވާހަކަޔަށްވީމަ…..
hope to see another story of zoyasham soon
އިންޝާ ﷲ. ވަރަށް އަވަހަށް ފެންނާނެ…..
ވވވވވވވވވވ ސަޅި ވާހަކަ ތަންކޮޅެއް ދިގުކޮށްލިނަމަ
ލާރާ ފްރެންޑް…… ތޭންކްސް….. ފުރަތަމަ ވާހަކަޔަށް ވީމަ ކުރުކޮށްލީ……. އެކަމަކު ދިގު ވާހަކައެއްވެއްޖިއްޔާ ދެންފަހަރަކުން ދިގުކޮށްލާނަން.
I didn’t know that European are so beautiful. Boringggggggggggg
ޓިކެޓު ނެގިއިރުވެސް ނޭގެ ދޯ ލާރާ ކަމެއް ހެހެހެ…. އައިޑީ ކާޑު ބަދަލު ކޮއްލީ ދޯ…ހާދަ ފަސޭހަ އޭ ދޯ މިޒަމާނުގަ ކަންތައް ކޮއްލަން ހެހެހެ
އައިޑީކާޑު އެހާ ގިނަދުވަސްވީމަ ބަދަލުކޮށްލީ ކަމަށް ހީކޮށްލާ……. އެއީ ވާހަކަ ލިޔުނުއިރު ނުވިސްނުނު ތަންކޮޅެއް….. ތޭންކްސް ފާހަނގަ ކޮށްލީމަ…..
ޒޯޔާ މެއިލް ޗެކް ކޮށްލައްޗޭ…
ވަރަށް ރީތި ވާހަކައެއް.
ނައިސް… 🙂
ސަޅި
Nice
Storey ey
ok dhen
nice
Zoyaa ge story v v v v v v v v v v v v v v v v v v v v v v v v v vv v v v vv reathi
v v v v v v v v v v v v v v v v v v v v v v v v reethi vaahakaeh.so nice
NIce
This story is fantastic!!!